ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/52 ޤަޟިއްޔާގެ ޙުކުމް
: ބައި "
1
2{16/HC-A/52
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 52/HC
-
A/2016
• އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު:
އެޑްރެސް: -
މިހާރުގެ އެޑްރެސް:
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: މުޙައްމަދު މާނިޙް
އައިޑީ ކާޑު ނަންބަރު: A237784
*
* ދާއިމީ އެޑްރެސް: ރ.އިނގުރައިދޫ ނީރަންގެ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 29 ރަބީޢުލްއާޚިރު 14.7
08 ފެބްރުއަރީ 2016
ނިމުނު ތާރީޚް 15 ޖުމާދަލްއޫލާ 1437
24 ފެބުރުއަރީ 2016
ޑ 9
13
0
ފެކުރެވުނު ކޯޓުއަމުރު ނަންބަރު: 2016
/
347/J
/
MD-145
• އަމުރު ބާވަތް: ކޯޓު އަމުރު
• ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
* ހުށަހެޅުނު ތާރީޚް: 17 ޖެނުއަރީ 2016 ނިމުނު ތާރީޚް: 17 ޖެނުއަރީ 2016
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އިޒް. ޢަލީ ސަމީރު، ފަނޑިޔާރު އ. ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/52
ދަޢުވާގެ ޚުލާސާ
ޑބ xހ2 22
2
އާއި 8.3ނ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
347/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރެފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
<
(އައި.ޑީ.ކާޑު ނަންބަރު: A237784) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
3 30
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
347/J
/
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެ
.އވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
347/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު
އަމުރު ނެރެފައިވަނީ، 18 ޖެނުއަރީ 2016 ދުވަހުގެ 19:44 އިން ފެށިގެން 28 ޖެނުއަރީ 2016
ވަނަ ދުވަހުގެ 19:43 އަށް ރ.އިނގުރައިދޫ ނީރަންގެ މުޙައްމަދު މާނިޙް (އައި.ޑީ.ކާޑު ނަންބަރު
A237784) ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްކަމާއި، މިގޮތަށް މުޙައްމަދު މާނިއް
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރެއްވި ސަބަބަކީ، "މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި
އަދި ހެކި ގެއްލުވާލުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި" ކަމަށް މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
347/J
/
MD-145 ކޯޓު އަމުރު ނެރެފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫންކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް ނުކުތާ ފާހަގަކޮށް،
އެނުކުތާތަކާމެދު
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
#
ޤަޟިއްޔާ ނިމުނު
ދެޔަ ދވުނު ޤުތުގެ ދެވެ
2016/HC-A/52
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ޕްރޮސެކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ:
ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
347/J
/
MD-145 ކޯޓު އަމުރަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ ޚިލާފަށް ނެރުއްވާފައިވާ އަމުރަކަށްވުން
ކަމަށް ބުނެހުށަހަޅާފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް
ރިޢާޔަތްކުރެއްވުމަކާނުލައި ނެރުއްވާފައިވާ އަމުރަކަށްވުންކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމަށްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް
ނެރުއްވާފައިވާ އަމުރަކަށްވުން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން
ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33:SC
-
A;2011 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނިކޮށް،
ކްރިމިނަލް ކޯޓުން އަމުރު ނެރުއްވިއިރު، އެ އުޞޫލަށް ރިޢާޔަތް ނުކުރައްވައި އަމުރު ނެރުއްވާފައިވުންކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
347/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/52
ފުރަތަމަކަމަކީ، އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު
2016
/
347/J
/
MD-145 ކޯޓު އަމުރުން، ރ.އިނގުރައިދޫ ނީރަންގެ މުޙައްމަދު މާނިޙް ގޭގައި
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު، ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ނިންމި ސަބަބެއްކަމަށް
އެ އަމުރުގައި ބަޔާންކޮށްފައިވަނީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހެކި ގެއްލުވާލުމަށް
މަސައްކަތްކޮށްފާނެކަމަށްޓަކައި ކަން އެއަމުރަށް ބެލުމުން އެނގެން އޮންނަކަމާއި،
ބުނެވުނު އަމުރުގައި ޙަވާލާދީފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
139235/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" ގައި މުޙައްމަދު މާނިޙް އިތުރަށް
ބަންދުގައި ބަހައްޓަން ބޭނުންވާ
ބަޔާންކޮށްފައިވަނީ، މިމައްސަލައިގެ ބާވަތުންނާއި
މިމައްސަލައިގައި ލިބިފައިވާ ހެކީ ޤަރީނާ އަށް ބަލާއިރު މީނާ މިވަގުތު ދޫކޮށްލައިފިނަމަ މީނާގެ ފަރާތުން
މުޖުތަމަޢުއަށް ނޭދެވޭ އަސަރުކޮށްފާނެތީކަމަށް އެ ފޯމުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ސަބަބެއްކަމަކީ
19
(ށ) ދެވަނަކަމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް
ނިންމުމަށްޓަކައި ފަނޑިޔާރުގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓަންޖެހޭނީ
އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެފަދަ ތަނެއްގައިކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 194/HC
-
A/2012 ޤަޟިއްޔާއާއި 260/HC
-
A/2012 ޤަޟިއްޔާފަދަ އެތައް
މައްސަލަތަކެއްގައި މީގެ ކުރިން ކަނޑައަޅުއްވާފައިވާކަމާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
355/HC
-
A/2013 ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، މީހަކު ބަންދުގައި ބަހައްޓަންޖެހޭ
ޙާލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނެތިކޮށްލެވޭނީ، އޭނާ ކޮންތާކު، ކޮންގޮތަކަށް ބަންދުކޮށްގެންކަން
ކަނޑައެޅުމަށް އެންމެ ރަނގަޅަށް އެނގޭނެ، އެ ސަބަބުތައް ނެތިކޮށްލުމުގެ ޒިންމާ އެ ބަޔަކާ
މަތިކުރުވާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ މިނިސްޓްރީ
އޮފް ހޯމް އެފެއާރޒްގެ ދަށުން ހިނގަމުންދާ މުއައްސަސާއެއްކަމަށްވާތީ، ބަންދުގައި ބަހައްޓާނެ ތަނެއް
ކަނޑައެޅުމަށް އެންމެ އެކަށޭނެ ފަރާތަކީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒްކަމަށް ކަނޑައަޅާފައިވާކަން
ހުންނަކަމެވެ.
0x
3
4
2 ބ xތ
ހ ޤަކރވެން އޮންނ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/52
(ނ) ތިންވަނަކަމަކީ، އިސްތިއުނާފު ކުރެވޭ ކޯޓު އަމުރުގައި މުޙައްމަދު މާނިޙަކީ
މުޖްތަމަޢުއަށް ހުރި ނުރައްކަލެއްކަމަށް މައްސަލަ ބެލި ޤާޟީ ކަނޑައަޅާފައިވީ ނަމަވެސް، އޭނާ
ބަންދުކޮށްފައި ބަހައްޓަންވީ ގޭގައިކަމަށް އަމުރުކޮށްފައިވާކަމާއި، މުޙައްމަދު މާނިއްގެ މައްޗަށް ތުހުމަތު
ކުރެވޭ މައްސަލައަކީ އިތުރު ބަޔަކާއެކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އެތަކެތި
ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްކަމަށްވެފައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
139235/MF "ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމު" ގައި މުޙައްމަދު މާނިއް އިތުރަށް
ބަންދުގައި ބެހެއްޓުމަށް އެދިފައިވާ ސަބަބަށާއި މީނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަށް ބެލުމުން
މުޙައްމަދު މާނިޙަކީ މުޖްތަމަޢުއަށް ނުރައްކާތެރި މީހެއްކަމަށާއި މީނާގެ ފަރާތުން މުޖުތަމަޢަށް ފޯރުވޭނެ
ނުރައްކާ ނެތިކޮށް، މީނާ ބަންދުގައި ބެހެއްޓޭނީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާތަނެއްގައި
ކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުކަމެވެ.
(ދ) ހަތަރުވަނަކަމަކީ، އިސްތިއުނާފުކުރެވޭ މިމައްސަލައިގައި ދައުލަތުގެ ފަރާތުން
އެދިފައިވާ ގޮތަކީ އިސްވެ އިޝާރާތްކުރެވުނު އަމުރު ބާތިލުކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން
ކަނޑައަޅާ ތަނެއްގައި މުޙައްމަދު މާއް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްދިނުންކަމުގައި ވީނަމަވެސް،
މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިނގަމުންދަނިކޮށް އިސްތިއުނާފުކުރެވޭ ކޯޓު އަމުރުގެ ފާޢިލިއްޔަތު
ނެތި ގޮސްފައިވާތީ، އިސްތިއުނާފުކުރެވޭ މައްސަލައިގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުން އިތުރު އަމުރެއް
ކުރުމުގެ މަޞްލަޙަތެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނުކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތު
2016/HC-A/52
کی عمری
ދެލި
ޙުކުމް:
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް
ބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފު ކުރެވިފައިމިވާ
ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
347/J
/
MD-145 ކޯޓު އަމުރު ބާޠިލުކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ދިވެހިން)ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv