ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/243 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/243
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
بم استان مراسیم
MA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
• ޤަޟިއްޔާ ނަންބަރު:243/HC
-
A/2012
• އިސްތިއުނާފް ކުރިފަރާތް:
އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރޭޝަން ނަންބަރު: 956
/
2007-C
ދާއިމީ އެޑްރެސް: ހުޅުމާލޭ ޚައިރާތު / މާލެ
*
ނަން:އެސްބޭ
*
* މިހާރުގެ އެޑްރެސް: މ. ނޫހިރި/ މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙަސަން ޔޫސުފް
* ދާއިމީ އެޑްރެސް: ލ. ތިލައައްސޭރި : މާލެ
އައި.ޑީ ކާރޑް ނަންބަރު: JR3142715
މިހާރުގެ އެޑްރެސް: ކަސީރާގެ/ މާލެ
...
* ރަޖިސްޓްރީ ކުރެވުނު ތާރީޚް: 12 އޯގަސްޓް 2012
ނިމުނު ތާރީޚް: 24 ޖޫން 2014
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
* ނަންބަރު:2011/Cv
-
C/2349
* ކޯޓު: ސިވިލް ކޯޓު
ޤަޟިއްޔާގެ
އާގެ ބާވަތް: ފައިސާ ހޯދުން
*
• މައްސަލަ ބެވީ ފަނޑިޔާރުންގެ މަޖްލިސް:
0
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު،
ފަނޑިޔާރު ޢަބްދުﷲ ޙަމީދުވީ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 36471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
2
2{12/HC-A/243
ޤަޟިއްޔާ ނިމުނު
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2349 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ
9
ތިލައައްސޭރި، ޙަސަން ޔޫސުފެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2349 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2349 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ 2008 ޖުލައި 29 ވަނަ ދުވަހު ޙަސަން ޔޫސުފާއި އެސްޓޭޓް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ޙަސަން ޔޫސުފްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ
މ. ތިލައައްސޭރި އެވެ ކިޔާ ގޯތީގައި ޢިމާރާތްކުރުމަށް ފައިސާ އިންތިޒާމް ކުރުމާއި ދިގު މުއްދަތަކަށް
ޢިމާރާތުގެ 9 އަދި 10 ވަނަ ފަންގިފިލާ އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް
ކުރެވުނު އެއްބަސްވުމާއި ޚިލާފަށް އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އިންވޮއިކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{12/HC-A/243
کی مرکی
=32
ލ ލ 04
032
+ތކެވެމުން،
3 ޤަޟިއްޔާ ނިމުނު ގޮތު
ފައިސާ ދައްކާފައިނުވާތީ، ކޮންޓްރެކްޓަރ މިހާރު މަސައްކަތް ހުއްޓާލައި އެކަމަށް ގިނަ ދުވަސްތަ
ޢިމާރާތުގެ ދަގަނޑުތަކުގައި ދަބަރު ޖަހާ އަދި އިތުރު 2 އަހަރު ޙަސަން ޔޫސުފާއި ޙަސަން ޔޫސު އާއިލާ
ކުއްޔަށް އުޅެން ޖެހުމުގެ ސަބަބުން އެކަމަށް ހޭދަވާ -/600,000ރ (ހަލައްކަ ރުފިޔާ) އެސްޓޭޓް
އިންޓަރޝަނަލް ޕްރައިވެޓް ލިމިޓެޑުން ދައްކާފައި ނުވާތީއާއި، ތިލައައްސޭރި އެއްބަސްވުމުގައިވާ
މުއްދަތަށް ޢިމާރާތްކޮށް ނިމިފައިވާނަމަ ޢިމާރާތުގެ ފަންގިފިލާތައް ކުއްޔަށް ދޫކޮށްގެން ޙަސަން ޔޫސުފަށް
-/2,855,000ރ (ދެމިލިއަން އަށްލައްކަ ފަންސާސް ފަސްހާސް ރުފިޔާ) ނުލިބިވަނީ އެސްޓޭޓް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުންކަމަށްވާތީ، މިފައިސާތައް
އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޯދުމަށާއި، މިދެފަރާތް ދެމެދު ވެފައިވާ
އެއްބަސްވުން ބާޠިލްކުރުމަށް
ތިލައައްސޭރި | (ހ.ކަސީރާގެ) ޙަސަން ޔޫސުފުގެ ފަރާތުން
ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާދެމެދު
ކ.ތިލައައްސޭރިއެވެ ކިޔާ ގޯތީގައި ޢިމާރާތްކުރުމަށް ފައިސާ އިންތިޒާމްކުރުމާއި، ދިގު މުއްދަތަކަށް
ޢިމާރާތުގެ ބައެއް އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް 23 ޖުލައި 2008 ގައި
އެއްބަސްވުމެއްވެފައިވާކަމާއި،
ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ 3.2 ވަނަ
މާއްދާގައި މިއެއްބަސްވުމުގައިވާ ގޮތުގެ މަތިން މ.ތިލައައްސޭރީގައި ޢިމާރާތްކުރުމަށް
މަށް ބޭނުންވާ ޖަދުވަލު 2
ގެ ފޭސް 1 އަދި 3 ގައިވާ ފައިސާ ބޭންކު މެދުވެރިކޮށް ހޯދުމަށް ގޯއްޗާއި ޢިމާރާތުގެ ރަޖިސްޓްރީ
ބޭންކުގައި ރަހުނުކުރާނީ ގޯތީގެ ވެރިފަރާތުންކަމަށް ބަޔާންކޮށްފައި އޮތުމުން، ގޯތި ރަހުނުކޮށް ލޯނު ހޯދުމަށް
ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަކީ ގޯތީގެ ވެރިފަރާތުގެ އެހެނީ ދަޢުވާކުރާ ފަރާތުގެ ޛިންމާއެއްކަމުގައި
މާނަ ނުކުރެވޭކަމާއި،
ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ
މައިގަނޑު އެއްމަޤްސަދަކީ މ.ތިލައައްސޭރި އެވެ ކިޔާ ގޯތީގައި ކުރުމަށް ބޭނުންވާ
90
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2012/HC-A/243
يمر متر مربع
,3.5
ޤަޟިއްޔާ ނިމުނު "
ޢިމާރާތްކުރުމަށްޓަކައި ފައިނޭންސްކުރުން ކަމުގައި ވީހިނދު، އަދި އެއްބަސްވުމުގެ 1.1 ވަނަ މާއްދާގައި
މިއެއްބަސްވުމަކީ މ.ތިލައައްސޭރި އެވެ ކިޔާ ގޯތީގައި ކުރެހުމާއި އެއްގޮތަށް 10 ފަންގިފިލާގެ ޢިމާރާތެއް
ކުރުމަށް ބޭނުންވާ ފައިސާ (ޖަދުވަލު 1 އަދި 2 ގައިވާ ގޮތުގެ މަތިން ) ބޭންކް މެދުވެރިކޮށް
ހަމަޖެއްސުމަށާއި މިފަދައިން ބަޔާންކޮށްފައި އޮތް އޮތުމުން މި އިމާރާތް ކުރުމަށްޓަކައި ބޭންކް މެދުވެރިކޮށް
ލޯނު ހޯދުމާގުޅޭ އެންމެހާ ކަންކަން ކުރަންޖެހޭ ފަރާތަކީ ދަޢުވާލިބޭ ފަރާތްކަމުގައި ބަލަންޖެހޭ ކަމާއި، އަދި
ދަޢުވާލިބޭ ފަރާތައް އޮތީ ބޭންކުން ލޯނު ހޯދުމަށްޓަކައި ބޭނުންވާނެ ގޯތީގެ ރަޖިސްޓްރީ ފޯރުކޮށްދިނުމާއި އަދި
ގޯތީގެ ވެރިފަރާތުގެ ޙައިޘިއްޔަތުން ފުރިހަމަކޮށްދޭންޖެހޭ
އެނޫންވެސް
ކަންކަން ފުރިހަމަކޮށްދީ
ފަހިކޮށްދިނުންކަމަށް ބަލަންޖެހޭކަމާއި،
ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ 3.2، 3.3،
3.6 މިމާއްދާތަކަށް ބެލުމުން ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ކުރެވުނު
މިއެއްބަސްވުމުގައި ޢިމާރާތްކުރުމަށްޓަކައި ގޯތި ބޭންކުގައި ރަހުނުކޮށް ލޯނު ހޯދުމަކީ ދެފަރާތްދެމެދު
އެއްބަސްވެފައިވާ އެކަމެއްގެ މައްޗަށް އެއްބަސްވުމުގެ ކަންތައްތަކެއް ބިނާކުރެވިގެންވާ ކަމެއްކަމާއި، އަދި
ގޯތި ރަހުނުކޮށް ބޭންކުން ލޯނު ހޯދުމަކީ ދަޢުވާކުރާ ފަރާތުން އެކަމަށް އެއްބަސްވާކަމެއްކަން އެނގޭހިނދު،
އެއްބަސްވުމުގައި ދެފަރާތުން އެއްބަސްވެފައިވާ ކަމަކީ އެއްބަސްވުމުގެ އެއްބައިވެރިއަކު މިހާރު
ކަންކުރުމަށް ބޭނުންވާ އަދި އިޢުތިރާޟްކުރާ ކަމެއްކަމުގައި ބެލޭނީ އެކަން އެގޮތަށް އޮތްކަމުގެ
އޮތްކަމުގެ މައްޗަށް
ހެކިހުރެގެން ނުވަތަ އިޢުތިރާ
ރާޟްކުރާކަމަށްބުނާ ފަރާތުން އެފަދައިން ހާމަކުރާނަމަކަމާއި، ގޯތި ރަހުނުކޮށް
ބޭންކުން ލޯނު ހޯދުމަކީ ދަޢުވާކުރާ ފަރާތުން އެއްބަސްވެފައިވާކަމެއްކަން ދަޢުވާލިބޭ ފަރާތާއެކު ވެފައިވާ
އެއްބަސްވުމަށް ބެލުމުން އެނގޭހިނދު، ގޯތި ރަހުނުކޮށް ބޭންކުން ލޯނު ނެގުމަށް ދަޢުވާކުރާ ފަރާތުން
އިޢުތިރާޟްނުކުރާކަމަށާއި، އަދި އެފަދައިން ކަންކޮށްފައި ނުވާކަމަށް ދަޢުވާކުރާފަރާތުން ބުނާ ހިނދު، ގޯތި
ރަހުނުކޮށް ބޭންކުން ލޯނު ނެގިފައިނުވަނީ ދަޢުވާކުރާ ފަރާތުން އިޢުތިރާޟްކޮށްގެން އެކަމާގުޅޭގޮތުން
ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާދެމެދު ކުރެވިފައިވާ އެއްވެސް މުޢާމަލާތެއްވެސް
4 2 2 4 2 22
x4ދޏ
ہے کہ مری
8 4:
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [1331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 43
2012/HC-A/243
کی مرکی
ދެވެ
ގތު
5 ޤަޟިއްޔާ ނިމުނު ގޮ
ނެތްކަމުން، ގޯތި ރަހުނުކޮށް ބޭންކުން ލޯނު ނެގިފައިނުވަނީ ދަޢުވާކުރާ ފަރާތުގެ ސަބަބުންކަމަށް
ޖުބުންކަމަށް ބަލަންޖެހޭ
ސަބަބެއްނެތްކަމާއި،
ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ 6 ވަނަ
މާއްދާއަށް ބެލުމުން 1.1 ވަނަ މާއްދާގައި އިޝާރާތްކުރާ ޖަދުވަލު 1 ގެ ށ އަކީ މަޝްރޫޢުގައި ހިމެނޭ
އެހެނިހެން ޚަރަދުކަމާއި، އޭގެ ތެރޭގައި ކޮންޓްރެކްޓަރަށް ފައިސާ ލިބިދެވޭ ތާވަލް ހިމަނާފައިވުމުން،
ކޮންޓްރެކްޓަށްދޭންޖެހޭ ފައިސާ ހަމަޖައްސައި ދިނުމަކީ ދަޢުވާލިބޭ ފަރާތުގެ ޛިންމާއެއްކަމާއި، މިގޮތުން
ދަޢުވާލިބޭ ފަރާތުން ކުރާ ޚަރަދުތަކަކީ ބޭންކުން ނަގާ ލޯނުން އެޚަރަދުތަކުގެ ބަދަލު ދަޢުވާލިބޭ ފަރާތަށް
ލިބިދެވޭނެ ޚަރަދުތަކެއްކަން އެއްބަސްވުމުގެ 3.3 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި،
މިގޮތުން މައްސަލައާއި ގުޅިގެން ޙާޟިރުކުރެވުނު ހެކީންގެ ހެކިބަހުން
މ. ތިލައައްސޭރި އެވެ ކިޔާ ގޯތީގައި ހަދާ ޢިމާރާތާއި ގުޅިގެން ބޭންކުން ލޯން ނެގުމާއި ޙަވާލުވީ ދަޢުވާލިބޭ
ފަރާތުންކަމާއި، ގޯތީގައި ކޮންޓްރެކްޓަރ ކުރި މަސައްކަތްތަކަށް ދަޢުވާލިބޭ ފަރާތުން ޤަވާއިދުން ފައިސާ
ދައްކަމުން ގޮސްފައިނުވާކަން އެނގޭކަމާއި،
މިހެންކަމުން، ދަޢުވާލިބޭ ފަރާތާއި ދަޢުވާކުރާ ފަރާތާއި ދެމެދު ކުރެވިފައިވާ
އެއްބަސްވުމުގައި ބަޔާންވެގެންވާ ފަދައިން ދަޢުވާލިބޭ ފަރާތުން ކުރަންޖެހޭ ކަންކަން އެއްބަސްވުމުގައިވާ
ފަދައިން ދަޢުވާލިބޭ ފަރާތުންކޮށްފައިނުވާކަމާއި، މިގޮތުން ދެފަރާތްދެމެދު ކުރެވިފައިވާ އެއްބަސްވުމާއި
ދަޢުވާލިބޭ ފަރާތުން ޚިލާފުވެފައިވާކަން އެނގެން އޮތުމުން،
ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ކުރެވުނު އެއްބަސްވުމުގެ
5.1 ވަނަ
މާއްދާއަކީ ދެފަރާތުންކުރެ ފަރާތަކުން މިއެއްބަސްވުމުގެ މުއްދަތުގައި އެއްބަސްވުން ބާޠިލްކުރުމަށް ބޭނުންވާ
ޙާލަތުގައި ދެފަރާތުގެ ޙައްޤުތައް ކަނޑައެޅޭގޮތް ބަޔާންކުރާ މާއްދާގެ
އްދާއެއްކަމާއި، ދެފަރާތުންކުރެ ފަރާތަކުން
އެއްބަސްވުމާއި ޚިލާފުވެގެން އެއްބަސްވުން ބާޠިލްކުރެވޭ ޙާލަތުގައި ޢަމަލުކުރާނެގޮތާއި، އެހާލަތުގައި
ދެފަރާތުގެ
ކަނޑައެޅޭނެގޮތް ބަޔާންކުރާ ވަކި މާއްދާއެއް
އެއްބަސްވުމުގައި ނެތުމުން
4...
/20ވ
پر ہی گرمی
ޤުތައް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/243
4 3 2 0 2 04
ދެފަރާތުންކުރެ ފަރާތަކުން އެއްބަސްވުމުގެ މުއްދަތުގައި އެއްބަސްވުން ނިމުމަކަށް ގެންނަން ބޭނުންވާ
ޙާލަތުގައި ދެފަރާތުގެ ޙައްޤުތައް ކަނޑައެޅުމަށް ދެފަރާތުން އެއްބަސްވެ، އެއްބަސްވުމުގެ 5.1 ވަނަ
މާއްދާގައި ހިމަނާފައިވާ އުޞޫލަކީ އެއްބަސްވުމާއި ޚިލާފުވެގެން އެއްބަސްވުން ބާޠިލްކުރެވޭހިނދުގައިވެސް،
މިއެއްބަސްވުމުގެ މަޤްޞަދަށްޓަކައި ދެފަރާތުގެ ޙައްޤުތައް ކަނޑައެޅޭނޭ އުޞޫލުކަމަށް ބެލުމަކީ
ޢަދުލުވެރިގޮތެއްކަމުގައި ޝަރީޢަތަށް ޤަބޫލުކުރެވޭތީ،
ތ. ތިލައައްސޭރި އެވެކިޔާ ގޯތީގައި ޢިމާރާތްކުރުމަށް ފައިސާ އިންތިޒާމްކުރުމާއި، ދިގު
މުއްދަތަކަށް ޢިމާރާތުގެ ބައެއް އެސްޓޭޓް އިންޓަނަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް 29 ޖުލައި
2008 ގައި ޙަސަން ޔޫސުފާއި އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ
އެއްބަސްވުން ބާޠިލްކުރެވިފައިމިވަނީ ދަޢުވާކުރެވޭ އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން
އެއްބަސްވުމާއި ޚިލާފުވެގެންކަމުގައިވާތީ، އެއްބަސްވުން ބާޠިލްވުމުގެ ސަބަބުން އެއްބަސްވުމުގެ 5.1 ވަނަ
މާއްދާގައި
އުޞޫލާއި އެއްގޮތްވާގޮތުގެމަތިން އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުން
އެއްބަސްވުން
ބާޠިލްކުރާނަމަ
ދެފަރާތުގެ ޙައްޤުތައް ކަނޑައެޅިފައިވާގޮތަށް،
މ. ތިލައައްސޭރި އެވެކިޔާ ގޯތީގައި ދައުވާލިބޭ ފަރާތުން މަސައްކަތެއް އަދި ޚަރަދެއްކޮށްފައިވީނަމަވެސް،
އެކަމުގެ ބަދަލު ލިބިދޭނެތަނެއް ނެތްކަމަށާއި، އެއްބަސްވުމުގެ ދަށުން، އެސްޓޭޓް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑަށް ދެފަންގިފިލާ ލިބިދެވޭނެ ތަނެއްނެތްކަމަށް ކަނޑައަޅުއްވައިކަން އެނގެން އޮންނަކަމެވެ.
ހ2 2
4
2 ބ 2
ބައްދީން ޤަވާ
OLC o
3- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2349 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މައިގަނޑު 05 (ފަހެއް) ނުކުތާއެއް
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
0 0
<
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 516471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
2{12/HC-A/243
7 ޤަޟިއްޔާ ނިމުނު ގޮތު
مری متمي ب
(ހ) ފުރަތަމަ ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2349 ޤަޟިއްޔާގައި
ތިލައައްސޭރި ޙަސަން ޔޫސުފުގެ ފަރާތުން އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް
ކޮށްފައިވާ ދަޢުވާގައި، ބަޔާންކޮށްފައިވާ ރަޖިސްޓްރީ ނަންބަރ 618
/
2008-MC
/
C (22 ސެޕްޓެމްބަރ
2008) ގެ އެއްބަސްވުމުގެ ދަށުން، އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ޤާނޫނީ
ޒިންމާއަކީ، މުޅި ޢިމާރާތަށް ޚަރަދުކުރުން ކަމަށް ކަނޑައަޅާފައިވަނީ، ވެފައިވާ އެއްބަސްވުމާއި،
ކޮންޓްރެކްޓާ ބެހޭ ޤާނޫނާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
OLC
2 02 0 0
(ށ) ދެވަނަ ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2349 ޤަޟިއްޔާގެ
ދަޢުވާގައި، ބަޔާންކޮށްފައިވާ ރަޖިސްޓްރީ ނަންބަރު 618
/
2008-MC
/
C (22 ސެޕްޓެޕްބަރ 2008) ގެ
އެއްބަސްވުމުގެ ދަށުން، ބޭންކު މެދުވެރިކޮށް ލޯނު ހޯދުމާ ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް
ކުރަންޖެހޭނީ އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކަމަށް ކަނޑައަޅުއްވާފައިވަނީ
ވެފައިވާ އެއްބަސްވުމާއި ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2349 ޤަޟިއްޔާގެ
ދަޢުވާގައި، ބަޔާންކޮށްފައިވާ ރަޖިސްޓްރީ ނަންބަރު 618
/
2008-MC
/
C (22 ސެޕްޓެޕްބަރ 2008) ގެ
އެއްބަސްވުމުގެ ދަށުން، އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަސައްކަތެއް ނުވަތަ
ޚަރަދެއް ކޮށްފައިވީނަމަވެސް އެކަމުގެ ބަދަލު ލިބިދޭނެތަނެއް ނެތްކަމަށާއި، އެސްޓޭޓް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑަށް ލިބިދީފައިވާ ދެ ފަންގިފިލާ ލިބިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ،
ހުށަހެޅިފައިވާ ދަޢުވާއާއި، ވެފައިވާ އެއްބަސްވުމާއި، ކުރެވުނު ޝަރީޢަތާއި އަދި ކޮންޓްރެކްޓާބެހޭ ޤާނޫނާއި
ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: !34647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތު
2{12/HC-A/243
کمی متمي ب
2349/Cv-C/2011
(ރ) ހަތަރުވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ދަޢުވާގައި، ބަޔާންކޮށްފައިވާ ރަޖިސްޓްރީ ނަންބަރު 618
/
2008-MC
/
C (22 ސެޕްޓެޕްބަރ
2008) ގެ އެއްބަސްވުމާއި ޚިލާފުވެފައިވަނީ، އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ކަމަށް ކަނޑައަޅުއްވައި، އެ އެއްބަސްވުން 14 މާރޗް 2012 ވަނަ ދުވަހުން ފެށިގެން ބާޠިލްވެއްޖެ ކަމަށް
ކަނޑައަޅުއްވާފައިވަނީ، ވެފައިވާ އެއްބަސްވުމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި
«
•) ފަސްވަނަ ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2349 ޤަޟިއްޔާގެ
ދަޢުވާގައި،
ބަޔާންކޮށްފައިވާ ރަޖިސްޓްރީ ނަންބަރު 618
/
2008-MC
/
C (22 ސެޕްޓެޕްބަރ 2008) ގެ
އެއްބަސްވުމަކީ، 6 މާއްދާގެ މައްޗަށް ވެފައިވާ އެއްބަސްވުމެއް ކަމަށް ކަނޑައަޅުއްވާފައިވަނީ ވެފައިވާ
އެއްބަސްވުމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނާއި ޚިލާފުކަމަށްބުނެ ހުށަހެޅި ނުކުތާ.
3
2 ހތ
ކުރުމަށް
ޖ9& ހތ 22
کرم تر ترم
<
-
C/2349 ޤަޟިއްޔާ، އިސްތިއުނާފު
އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ
ގޮތުން އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެސްޓޭޓް) ގެ ފަރާތުންނާއި މިއިސްތިއުނާފް
ތިލައައްސޭރި، ޙަސަން ޔޫސުފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2349 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ހތދތ
843ނ
0 /
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
2{12/HC-A/243
ޤަޟިއްޔާ ނިމުނު ގޮތު
کمر تميم ب
9
ގިނަ ދުވަސްތަކެއްތު
(ހ) ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2349 ޤަޟިއްޔާއަކީ،
ތިލައައްސޭރި، ޙަސަން ޔޫސުފުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ތިލައައްސޭރި އެވެ ކިޔާ
ގޯތީގައި ޢިމާރާތް ކުރުމަށް ފައިސާ އިންތިޒާމް ކުރުމާއި ދިގު މުއްދަތަކަށް ޢިމާރާތުގެ 9 އަދި 10 ވަނަ
ފަންގިފިލާ އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް 2008 ޖުލައި 29 ވަނަ ދުވަހު
ޙަސަން ޔޫސުފާއި އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމާއި ޚިލާފަށް
އެސްޓޭޓުން އިންވޮއިސަށް ފައިސާ ދައްކާފައިނުވާތީ، ކޮންޓްރެކްޓަރ މިހާރު މަސައްކަތް ހުއްޓާލައި އެކަމަށް
ކެއްވުމުން، ޢިމާރާތުގެ ދަގަނޑުތަކުގައި ދަބަރު ޖަހައި އަދި އިތުރު 2 އަހަރު ޙަސަން
ޔޫސުފާއި ޙަސަން ޔޫސުފުގެ އާއިލާ ކުއްޔަށް އުޅެން ޖެހުމުގެ ސަބަބުން އެކަމަށް ހޭދަވާ -/600,000ރ
(ހަލައްކަ ރުފިޔާ) އެސްޓޭޓުން ދައްކާފައި ނުވާކަމަށާއި، ތިލައައްސޭރި އެއްބަސްވުމުގައިވާ މުއްދަތަށް
ޢިމާރާތްކޮށް ނިމިފައިވާނަމަ ޢިމާރާތުގެ ފަންގިފިލާތައް ކުއްޔަށް ދޫކޮށްގެން ޙަސަން ޔޫސުފަށް
-/2,855,000ރ (ދެމިލިއަން އަށްލައްކަ ފަންސާސް ފަސްހާސް ރުފިޔާ) ނުލިބިވަނީ އެސްޓޭޓުން
އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުންކަމަށްބުނެ، މިފައިސާ އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ހޯދުމަށާއި، މިދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލްކުރުމަށް އެދި
ތިލައައްސޭރި (ހ. ކަސީރާގެ) ޙަސަން ޔޫސުފުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ބެލެވުނު
19
ވެ.
ޤަޟިއްޔާއްކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ތިލައައްސޭރި އެވެ ކިޔާ ގޯތީގައި ޢިމާރާތް ކުރުމަށް ފައިސާ
އިންތިޒާމް ކުރުމާއި ދިގު މުއްދަތަކަށް ޢިމާރާތުގެ ބައެއް (9 އަދި 10 ވަނަ ފަންގިފިލާ) އެސްޓޭޓް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް 2008 ޖުލައި 29 ވަނަ ދުވަހު ޙަސަން ޔޫސުފާއި
އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއި ކުރެވުނު އެއްބަސްވުމަށް ބަލާއިޑީއެއްގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{12/HC-A/243
10 ޤަޟިއްޔާ ނިމުނު "
کی عمری
:
އެއްބަސްމުވަކީ ތިލައައްސޭރި ގޯތީގައި ކުރެހުމާއި އެއްގޮތަށް، 10 ފަންގިފިލާގެ އިމާރާތެއް ކުރުމަށް
ބޭނުންވާ ފައިސާ (ޖަދުވަލު 1 އަދި 2 ގައިވާ ގޮތުގެ މަތީން} ބޭންކް މެދުވެރިކޮށް ހަމަޖެއްސުމަށާއި،
ކ. ތިލައައްސޭރީގައި ޢިމާރާތްކުރާ 10 ފަންގިފިލާގެ ޢިމާރާތުން 2 ފަންގިފިލާ 18 އަހަރު ދުވަހުގެ
މުއްދަތަށް، އެސްޓޭޓަށް ކުއްޔެއް ނުނަގާ ދިނުމާ މެދު ގޯއްޗާއި ޢިމާރާތުގެ ވެރިފަރާތް ކަމުގައިވާ، މ.
ތިލައައްސޭރި، ޙަސަން ޔޫސުފާއި އެސްޓޭޓާ ދެމެދު ވެވުނު އެއްބަސްވުމެއްކަމާއި، އެ އެއްބަސްވުމުގެ ދަށުން
ޢިމާރާތުގެ މަސައްކަތް ބަހާލެވިފައިވަނީ ދެ ފިޔަވައްސަކަށް ކަމަށާއި އެތަނުން ފުރަތަމަ ފިޔަވަހީގައި
ހިމެނެނީ ސްޓްރަކްޗަރަލް މަސައްކަތްތައް ކަމަށާއި، ދެވަނަ ފިޔަވަހީގައި ހިމެނެނީ ފިނިޝިންގ އަދި
ސަރވިސްގެ މަސައްކަތްތައްކަން އެ އެއްބަސްވުމުގެ 1.1 އާއި 1.2 ވަނަ މާއްދާއިން އެނގޭކަމާއި، އެ
އެއްބަސްވުމުގައި ޢިމާރާތް ކުރުމަށް ޚަރަދުވާނެކަމަށް އަންދާޒާ ކުރެވޭ ފައިސާގެ ޖުމްލައަކީ
18،000,000.00ރ (އަށާރަ މިލިޔަން ރުފިޔާ) ކަމަށާއި، އެއްބަސްވުމުގައިވާ ވާގޮތުގެ މަތީން
ތިލައައްސޭރީގައި ޢިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ބޭންކް މެދުވެރިކޮށް ހޯދުމަށް، ގޯއްޗާއި ޢިމާރާތުގެ
ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރާނީ ގޯތީގެ ވެރިފަރާތުންކަމަށާއި، ބޭންކުގައި ބަހައްޓަންޖެހޭ ފައިސާ
ބަހައްޓާނީ ނުވަތަ ފައިސާގެ ގެރެންޓީ ދިނުމުގެ ޒިންމާ ނަގާނީ އެސްޓޭޓުގެ ފަރާތުންކަމަށާއި، އެގޮތުން
ނަގާ ލޯނު ފައިސާ ބަހައްޓަންވާނީ ގޯތީގެ ވެރިފަރާތުންނާއި އެސްޓޭޓުގެ ފަރާތުން ސޮއިކުރާ އެކައުންޓެއްގެ
ދަށުންކަމަށާއި، ތިލައައްސޭރީގައި ޢިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހޭދަވާ މުއްދަތުގައި
(މަސައްކަތް އަވަސް ކުރުމުގެ ގޮތުން) މަސައްކަތް ކުރިއަށް ގެންދިއުމަށް ހޭދަވާ ފައިސާ ޖަދުވަލު 1
ގައިވާ ގޮތުގެ މަތީން ހޭދަކުރާނީ، އެސްޓޭ
ސްޓޭޓުންކަމަށާއި، އެ ގޮތުން ހޭދަކުރާ ފައިސާ ބޭންކު ލޯނު ލިބުމުން
އެސްޓޭޓަށް ދިނުމަށް ގޯތީގެ ވެރިފަރާތުން އެއްބަސްވާކަމަށާއި، މިފައިސާ ޢިމާރާތާއި ގޯތީގެ ވެރިފަރާތުން
އެސްޓޭޓަށް ލޯނުގެ ފައިސާ ލިބޭ މިންވަރުން ދައްކައި ޚަލާސް ކުރަންވާނެކަމަށާއި، ތިލައައްސޭރީގައި
އިމާރާތް ކުރުމަށް ވެރިފަރާތުން މ. ތިލައައްސޭރި ކިޔާ ގޯއްޗާއި ޢިމާރާތުގެ ނަމުގައި ނަގާ ލޯނު، ބޭންކުން
ކަނޑައަޅާ އުސޫލެއްގެ މަތީން އަދާކޮށް ޚަލާޞްކުރާނީ (މ. ތިލައައްސޭރީގައި އިމާރާތް ކުރީގެ އިސް
0
ވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު "
و مری
2012/HC-A/243
=32
ފަންގިފިލާގެ ތެރެއިން، އެސްޓޭޓަށް ދިނުމަށް ކަނޑައަޅާފައިވާ 2 ފަންގިފިލާ ފިޔަވައި ބާކީ ހުރި
ފަންގިފިލާތައް ކުއްޔަށް ދީގެން) ގޯއްޗާއި އިމާރާތުގެ ވެރިފަރާތުންކަމަށާއި، އަދި ތިލައައްސޭރީގައި ޢިމާރާތް
ކުރުމަށް ނަގާ ބޭންކް ލޯނު، ބޭންކުން ކަނޑައަޅާފައިވާ ގޮތުގެމަތީން އަދާކުރުމުގައި ދަތިތަކާއި
ކުރިމަތިލާންޖެހިއްޖެ ހިނދެއްގައި، އެކަން ގޯތީގެ ވެރިފަރާތުން އެސްޓޭޓަށް ދުރާލައި އަންގަންވާނެކަމަށާއި
އެގޮތުން ލޯނު އަދާކުރުމުގައި ގޯތީގެ ވެރިފަރާތަށް ދިމާވާ ދަތިތަކާ ގުޅިގެން ލޯނު އަދާ ނުކުރެވިއްޖެނަމަ،
ދެފަރާތުގެ ދެމެދުގައި މަޝްވަރާކޮށް އެއްބަސްވާ ގޮތެއްގެ މަތީން ލޯނު ދެއްކުމުގައި އެހީތެރިވުމަށް
އެސްޓޭޓުން އެއްބަސްވާކަން އެ އެއްބަސްވުމުގެ 3.1 އާއި 3.2 އާއި 3.3 އާއި 3.5 އަދި 3.6 އަށް
ބެލުމުން އެނގޭކަމާއި،
ތިލައައްސޭރީގައި ކުރާ އިމާރާތުގެ ކޮންޓްރެކްޓަރެއް އައްޔަން ކުރާނީ ޙަސަން
ޔޫސުފާއި އެސްޓޭޓާ ދެމެދު ވާހަކަ ދައްކައިގެން ކަމަށާއި، މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމާއި އަދި
މަސައްކަތުގެ ފެންވަރު ދެނެގަންނާނެ މީހުން ކަނޑައަޅާނީ ގޯތީގެ ވެރިފަރާތުންކަމަށް ބުނެފައިވާކަން އެ
އެއްބަސްވުމުގެ 3.4 ވަނަ މާއްދާއިން އެނގޭކަމާއި، އެ މާއްދާގައިވާ ގޮތުގެމަތިން ކޮންޓްރެކްޓަރެއްގެ
ގޮތުގައި ޖިއޯ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް ކަނޑައަޅައި އެ
މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވާކަން ޖިއޯ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ
ޕްރައިވެޓް ލިމިޓެޑާއި ޙަސަން ޔޫސުފާ ދެމެދު 23 އޯގަސްޓް 2008 ގައި ސޮއިކޮށްފައިވާ އެއްބަސްވުމަށް
ބެލުމުން އެނގޭކަމާއި، އެ އެއްބަސްވުމުގެ ދަށުން އެ މަސައްކަތް، އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ
16,716,831.28ރ (ބޯޅަ މިލިޔަން ހަތްލައްކަ ސޯޅަހާސް އައްސަތޭކަ އެއްތިރީސް ރުފިޔާ އަށާވީސް
ލާރި) އަށްކަމާއި، އެ އެއްބަސްވުމުގެ ދަށުން ހަވާލުކުރެވޭ މަސައްކަތް ފަށާ ތާރީޚުން ފެށިގެން 575
ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ކްލަޔަންޓާ ހަވާލުކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަން އެނގޭއިރު،
.. ތިލައައްސޭރި އެވެ. ކިޔާ ގޯތީގައި ކުރެވޭ ޢިމާރާތުގެ މަސައްކަތްތަކުގެ ތެރެއިން 10
ބުރީ ފައުންޑޭޝަން އަޅައި، ގްރައުންޑް ފްލޯރއާއި، ފަސްޓް ފްލޯރގެ މަސައްކަތް ނިންމައި،
kރެވޭ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/243
:
*8
ފުލޯރގެ ޝީޓު އަޅައި ނިމިފައިވާ ކަމަށާއި އެ މަސައްކަތް ކޮށްފައިވަނީ އެސްޓޭޓުގެ އަމިއްލަ ޚަރަދުގައި
ކަމަށާއި، އެ މަސައްކަތަށް އެސްޓޭޓުން 3،379,127.00ރ (ތިން މިލިޔަން ތިންސަތޭކަހަތްދިހަ ނުވަހާސް
އެއްސަތޭކަ ހަތާވީސް ރުފިޔާ) ޚަރަދުކޮށްފައިވާކަމަށާއި، އެއީ އެ އިމާރާތުގެ މަސައްކަތުގެ %33
(ތެއްތިރީސް އިން ސައްތަ) ކަމަށާއި، އިމާރާތުގެ މަސައްކަތް ހުއްޓިފައިވަނީ މ. ތިލައައްސޭރި އެވެ ކިޔާ
ޢިމާރާތާއި ގޯތި ބޭންކްގައި ރަހުނު ކުރުމަށް މ. ތިލައައްސޭރި ޙަސަން ޔޫސުފް އިންކާރު ކުރުމުގެ
ސަބަބުން ކަމަށާއި، އަދި އޭގެ ފަހުން ޢިމާރާތުގެ މައްޗަށް ޙަސަން ޔޫސުފް އަތް ގަދަކޮށް އެސްޓޭޓުގެ
އިޒުނަ ނުހޯދައި އިމާރާތުގެ ތަރޑް ފްލޯރގެ ޝީޓު އަޅާފައިވާ ކަމަށާއި، ގޭގެ ވެރިފަރާތުން އެގްރީމަންޓް
ބާޠިލް ކުރަން ބޭނުންވާނަމަ، އެސްޓޭޓުގެ މަދަނީ ޙައްޤުތައް ލިބިދެއްވުމަށްފަހު، އެގްރީމަންޓާ އެއްގޮތަށް
ޢަމަލު ކުރުމަށް އެދޭ ކަމަށް ބުނެފައިވާކަން ސިވިލް ކޯޓަށް އެސްޓޭޓުގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކަށް
ބެލުމުން އެނގޭއިރު،
ތިލައައްސޭރި ގޯތީގެ އިމާރާތުގެ މަސައްކަތް ކުރުމަށް ބޭންކުން ހޯދަންޖެހޭ ލޯނު
ނެގުމަށްޓަކައި އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ތަކެތި އެއްވެސް ޝަރުތެއްނެތި ޙަސަން ޔޫސުފުގެ ފަރާތުން
ތިބި ކަމަށާއި، އަދި އިމާރާތުގެ ކޮންޓްރެކްޓަރަށް ދައްކަންޖެހޭ ފައިސާ އެސްޓޭޓަށް ފޮނުވައިގެން
ލިބިފައިނުވާތީ އެފައިސާ ދެއްކުމަށް އެދިފައިވާނެކަމަށާއި، ޢިމާރާތަށް އެސްޓޭޓުން 3،379,127.00ރ
(ތިން މިލިޔަން ތިންސަތޭކަހަތްދިހަ ނުވަހާސް އެއްސަތޭކަ ހަތާވީސް ރުފިޔާ) ޚަރަދުކޮށްފައިވާކަމަށް
ޤަބޫލުކުރާ ކަމަށާއި، ނަމަވެސް، އިމާރާތުގެ މަސައްކަތް އެގްރީމަންޓުގައިވާ ގޮތުން 18 މަސް ދުވަހުގެ
ތެރޭގައި ނިންމޭނޭ ގޮތަށް ފައިސާގެ އިންތިޒާމް ބޭންކް މެދުވެރިކޮށް ހަމަޖައްސައިދީފައިނުވުމާއި،
ކޮންޓްރެކްޓަރ ކޮށްފައިވާ މަސައްކަތަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް އިންކާރުކޮށްފައިވާ
ކަމަށާއި އިމާރާތް ކުރުމަށް ގޭގެ ވެރިފަރާތަށް ބޭނުންވާ ފައިސާ ހޯދައި ދިނުމަށް ތަކުރާރުކޮށް އެދުމުންވެސް
އެކަމަށް އިޖާބަ ދީފައިނުވާކަމަށާއި، އެސްޓޭޓުން އިމާރާތަށް ކޮށްފައިވާ ޚަރަދު އަނބުރާ ދެއްކުމަށް
ކަނޑައެޅިފައިވަނީ، ބޭންކް ލޯނު ހަމަޖެހުމުން އަދި ލޯނު ފައިސާ ލިބޭ މިންވަރަކުން ކަމަށްވާތީ، ލޯނުއްޒްގެ ހަ
3ތ24 ހއ
ހށްހޅުޗެށް ##
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: B16471"
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 *3
13 ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/243
کی عمری
ދެވެ
4 2
0226
9
ފައިސާ ނުލިބެނީސް ވެރިފަރާތުން އެފައިސާ އެސްޓޭޓަށް ދައްކަން ޖެހޭނެކަމަށް ނުދެކޭ ކަމަށާއި، ލޯނު
ހޯދުމަށް ހުށަހަޅާ އެޕްލިކޭޝަނުގެ މަސައްކަތް ނުކޮށް ލޯނު ހޯދުމަކީ ގޯތީގެ ވެރިފަރާތުގެ ޒިންމާއެއް
ކަމުގައި ހަދަން އެސްޓޭޓުން މަސައްކަތް ކުރުމަކީ އެގްރީމަންޓާ ޚިލާފު ކަމެއްކަމަށާއި، މެދުވެރިކޮށް
ލޯނުގެ ފައިސާ ހޯދުމަށް ގޯތީގެ ވެރިފަރާތުން އިންކާރު ކޮށްފައިނުވާނެކަމަށާއި އަދި އެކަން
ހަމަޖައްސައިދޭންޖެހޭ ފަރާތަކީ އެސްޓޭޓް ކަމަށްވެފައި، އެކަން ހަމަނުޖެއްސުމުން އެކަން
ހަމަޖައްސައިދިނުމަށް އެދި ސިޓީ ފޮނުވާފައިވީނަމަވެސް އެއްވެސް ޖަވާބެއް ނުދޭކަމަށް ޙަސަން ޔޫސުފުގެ
ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ބަޔާންތަކުގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ؛ ތިލައައްސޭރީގައި އިމާރާތް ކުރާ 10 ފަންގިފިލާގެ މަސައްކަތް
ފުރިހަމަ ކުރުމަށް އެސްޓޭޓުން ކުރާ މަސައްކަތާއި ހޭދައިގެ ބަދަލުގެ ގޮތުގައި ތިލައައްސޭރީގައި
އިމާރާތްކުރާ 10 ފަންގިފިލާގެ ތެރެއިން 9 އަދި 10 ވަނަ ފަންގިފިލާ އެސްޓޭޓަށް 18 އަހަރު ދުވަހުގެ
މުއްދަތަށް ކުއްޔެއް ނުނަގައި ދިނުމަށް ޙަސަން ޔޫސުފް އެއްބަސްވެފައިވާކަން އެ އެއްބަސްވުމުގެ 4.1 އިން
އެނގޭކަމާއި އެ އިމާރާތުގެ މަސައްކަތް ހުއްޓާލިއިރު، އެ އިމާރާތުގެ 10 ބުރީ ފައުންޑޭޝަން އަޅައި،
ގްރައުންޑް ފްލޯރއާއި، ފަސްޓް ފްލޯރ ފިނިޝިންގ މަސައްކަތް ނިންމައި ސެކަންޑް ފްލޯރގެ ޝީޓު
އަޅާފައިވާކަމާއި، އަދި އެ މަސައްކަތްތަކަށް ކޮންޓްރެކްޓަރަށް ދައްކަންޖެހޭ ފައިސާވެސް އެސްޓޭޓުން
ދައްކާފައިވާ ކަމާއި، އޭގެ އިތުރުން އެ އިމާރާތުގެ ތަރޑް ފްލޯރގެ ޝީޓް، އެސްޓޭޓުގެ އިޒުނަނެތި
ކޮންޓްރެކްޓަރ މެދުވެރިކޮށް ޙަސަން ޔޫސުފް އަޅާފައިވާކަމަށް އެސްޓޭޓުގެ ފަރާތުން ބުނެފައިވާކަން އެނގެން
9
8
އޮންނަކަމެވެ.
ވެ
(ރ) ހަތަރުވަނަ ކަމަކީ؛ ތިލައައްސޭރި، ޙަސަން ޔޫސުފާއި އެސްޓޭޓް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭ މައްސަލައެއް އެންމެ ފުރަތަމަ
ސިވިލް ކޯޓަށް ހުށަހެޅީ އެސްޓޭޓުގެ ފަރާތުން ކަމާއި އެ މައްސަލަ ސިވިލް ކޯޓުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 31316471+
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{12/HC-A/243
و مری
ދެވެ
14 ޤަޟިއްޔާ ނިމުނު ގޮ
2010/MC
/
2010
)
405
/
Cv
-
C/804) ޤަޟިއްޔާގައި ބެލެވިފައިވާ ކަމާއި އެ މައްސަލައިގައި
އެސްޓޭޓުގެ ފަރާތުން އެދިފައިވަނީ މ. ތިލައައްސޭރީގައި އިމާރާތް ކުރުމުގެ ތެރޭގައި ދެފަރާތުގެ ދެމެދުގައި
އުފެދިފައިވާ މައްސަލަތައް ކޯޓު މީޑިއޭޝަނަށް ގޮސްގެން ޞުލްޙަވެރި ޙައްލެއް ހޯދުމަށްކަން އެނގޭކަމާއި
އެ ގޮތުން ދެފަރާތުގެ ދެމެދުގައި ސުލްޙަވެރި ޙައްލެއް ފެނޭތޯ މަސައްކަތް ކުރެވިފައިވީނަމަވެސް،
ސުލްހަވެރި ހައްލެއް ފެނިފައިނުވާކަން އެނގޭއިރު، އެ ޤަޟިއްޔާ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް،
ޙަސަން ޔޫސުފާއި އެސްޓޭޓާ ދެމެދު ވެފައިވާ އެގްރީމެންޓް ބާޠިލް ކުރުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް
އެދި ޙަސަން ޔޫސުފުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމާއި، އަދި އެ މައްސަލަ
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/850 ޤަޟިއްޔާއިން ބެލެވެމުންދާތީއާއި އެޤަޟިއްޔާގައި
ދެފަރާތުގެ ދެމެދުގައި ސޮއި ކުރެވިފައިވާ އެގްރީމެންޓް ބާޠިލް ކުރުމާއިމެދު ވަކި ގޮތެއް ކަނޑައެޅޭނެ ކަމަށް
ފެނިވަޑައިގަންނަވާކަމަށް ބަޔާންކުރައްވައި، އެ އެގްރީމަންޓް ބާޠިލް ކުރުމާމެދު ސިވިލް ކޯޓުގެ ނަންބަރު
2010/MC
/
2010
)
405
/
Cv
-
C/804) ޤަޟިއްޔާގައި ވަކިގޮތެއް ކަނޑައެޅުމަކީ ކުރެވެން އޮތްކަމެއް
ނޫންކަމަށް ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައިވާކަން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/405
(2010/MC/804) ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭކަމާއި،
އެ ގޮތަށް އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނިކޮށް، ޙަސަން ޔޫސުފާއި އެސްޓޭޓް
ދެމެދު ވެފައިވާ އެގްރީމެންޓް ބާޠިލް ކުރުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޙަސަން ޔޫސުފުގެ
ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބައްލަވަމުންދިޔަ، ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C/850 ޤަޟިއްޔާ ހިންގުމަށްޓަކައި ދެ ފަހަރުގެ މަތިން ކޯޓަށް ޙާޟިރުވުމުގެ އަމުރު
ފޮނުވިއިރު ދަޢުވާކުރާ ފަރާތުން (ޙަސަން ޔޫސުފް) ދީފައިވާ އެޑްރެހުގައި ނޫޅޭތީ "ކޯޓަށް މީހުން ޙާޟިރު
ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 18 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޙަސަން
ޔޫސުފް ޢަމަލުކޮށްފައިނުވާތީ، އެމާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ބުނެވިދިޔަ ޤަވާޢިދުގެ 29 ވަނަ މާއްދާގެ
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
15 ޤަޟިއްޔާ ނިމުނު ގޮ
=32
2012/HC-A/243
(ހ) ގެ 01 ވަނަ ނަންބަރުގެ ދަށުން އެ މައްސަލައިގެ ދަޢުވާފޯމް ބާޠިލް ކުރައްވާފައިވާކަން އެނގެން
އޮންނައިރު،
އެ ގޮތަށް އެ ޤަޟިއްޔާގެ ދަޢުވާފޯމް ބާޠިލް ކުރެއްވުމުން ޙަސަން ޔޫސުފުގެ ފަރާތުން
07 ޑިސެމްބަރު 2011 ދުވަހު އަލުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C}2349 ޤަޟިއްޔާގައި (މިހާރު އިސްތިއުނާފު ކުރެވިފައިވާ ޤަޟިއްޔާގައި) އެ މައްސަލަ
ބައްލަވައި، މ. ތިލައައްސޭރި އެވެކިޔާ ގޯތީގައި ޢިމާރާތްކުރުމަށް ފައިސާ އިންތިޒާމް ކުރުމާއި، ދިގު
މުއްދަތަކަށް ޢިމާރާތުގެ ބައެއް އެސްޓޭޓް އިންޓަނަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް 29 ޖުލައި
2008 ގައި، ޙަސަން ޔޫސުފާއި އެސްޓޭޓާ ދެމެދު ސޮއި ކުރެވިފައިވާ އެއްބަސްވުން 2012 މާޗް 14 ވަނަ
ދުވަހުން ފެށިގެން ބާޠިލް ވެއްޖެކަމަށާއި، އެ އެއްބަސްވުން ބާޠިލްކުރެވިފައިވަނީ އެސްޓޭޓުން އެއްބަސްވުމާއި
މިކަމުގައި
އިވާތީ، އެއްބަސްވުން ބާޠިލްވުމުގެ ސަބަބުން، އެއްބަސްވުމުގެ 5.1 ވަނަ މާއްދާގައި
އުޞޫލާއި އެއްގޮތްވާ ގޮތުގެމަތިން އެސްޓޭޓުން އެއްބަސްވުން ބާޠިލްކުރާނަމަ ދެފަރާތުގެ
ޙައްޤުތައް ކަނޑައެޅިފައިވާގޮތަށް،
މ. ތިލައައްސޭރި އެވެކިޔާ ގޯތީގައި ދަޢުވާލިބޭ ފަރާތުން މަސައްކަތެއް
އަދި ޚަރަދެއް ކޮށްފައިވީނަމަވެސް، އެކަމުގެ ބަދަލު ލިބިދޭނެތަނެއް ނެތްކަމަށާއި، އަދި އެއްބަސްވުމުގެ
ދަށުން، އެސްޓޭޓަށް ދެ ފަންގިފިލާ ލިބިދެވޭނެ ތަނެއްނެތްކަމަށް ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައިވާކަ
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2349 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން
4422
0 ވ2
ލިފަޤީންކަމުގައި
ތޛު ޏ ސ ޑ ޖ ޗ
3319ނ
އެނގެން އޮންނަކަމެވެ.
(.) ފަސްވަނަ ކަމަކީ: ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކުރުމަށް ގޭގެ
ވެރިފަރާތުންނާއި އަދި އެސްޓޭޓުގެ ފަރާތުން ބޭނުންވެއްޖެ ހާލަތުގައި ޢަމަލުކުރާނެ ގޮތް އެ އެއްބަސްވުމުގެ
އެގޮތުން އެ އެއްބަސްވުން ބާޠިލްކުރަން ގޭ ގެ ވެރިފަރާތުން
އެ އެއްބަސްވުމުގެ 1 ގައިވާ ގޮތުގެމަތިން ގޭގެ ވެރިފަރާތުން އެސްޓޭޓަށް
5.1
މައި
ހ2 0
xތ ގ 2 ހ2
ބަޔާންކޮށްފައިވާކަމަ
ބޭނުންވެއްޖެނަމަ،
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
16 ޤަޟިއްޔާ ނިމުނު ގޮ
2{012HC-A/243
ދެވެ
2
ހ4/2ތ 22
2 ه4
2 ހދޏ
/0އއް ނުކުރެވެންކަމަށް ބަ
ފަންގިފިލާ އެކުގައި ކުއްޔަށް ދީގެން ކުލީގެ ގޮތުގައި އެސްޓޭޓަށް ލިބޭނެކަމަށް ލަފާކުރާ ޖުމްލަ ފައިސާ
(އެއްބަސްވުން ބާޠިލްކުރަން ގޭގެ ވެރިފަރާތުން ބޭނުންވިއިރު މުއްދަތު ހަމަނުވެއޮތް ދުވަސްތަކަށް އެކުގައި)
އެކީ އެއްފަހަރާ އެސްޓޭޓަށް ދިނުމަށްފަހު، އެއްބަސްވުން ބާޠިލް ކުރެވިދާނެ ކަމަށާއި، އެ ގޮތުން
ބަދަލުދިނުމުގައި ބަލާނީ އެއިރެއްގެ މާރކެޓް ރޭޓަށްކަމަށާއި، އަދި އެއްވެސް ސަބަބަކާ ހުރެ އެ
އެއްބަސްވުން ބާޠިލްކުރުމަށް އެސްޓޭޓުން ބޭނުންވެއްޖެނަމަ، ތިލައައްސޭރީގައި ކުރުމަށް ހަމަޖެހިފައިވާ
10 ފަންގިފިލާގެ އިމާރާތް ކުރުމަށް ނުވަތަ އެކަމާގުޅޭ މަސައްކަތްތަކަށް އެހާ ހިސާބަށް ކޮށްފައިވާ ޚަރަދާއި
ފައިސާ އަދި އެސްޓޭޓަށް އެ އެގްރީމަންޓް ގައި ކަނޑައެޅިފައިވާ މުއްދަތަށް ދެވޭ 2 ފަންގިފިލަ ހޯދުމަށް
ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
2008 ޖުލައި 29 ވަނަ ދުވަހު ޙަސަން ޔޫސުފާއި އެސްޓޭޓާ ދެމެދު ޙަސަން ޔޫސުފުގެ
ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މ. ތިލައައްސޭރި އެވެ ކިޔާ ގޯތީގައި ޢިމާރާތްކުރުމަށް ފައިސާ އިންތިޒާމް
ކުރުމާއި ދިގު މުއްދަތަކަށް ޢިމާރާތުގެ 9 އަދި 10 ވަނަ ފަންގިފިލާ އެސްޓޭޓަށް ދިނުމަށް ކުރެވުނު
އެއްބަސްވުން ބާޠިލްކޮށް ދިނުމަށް އެދިފައިވަނީ ޙަސަން ޔޫސުފުގެ ފަރާތުންކަން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/2349 ޤަޟިއްޔާގައި އެސްޓޭޓުގެ މައްޗަށް ޙަސަން ޔޫސުފުގެ ފަރާތުން ކޮށްފައިވާ
ދަޢުވާއަށް ބެލުމުން އެނގޭކަމާއި، އަދި އެ އެއްބަސްވުން ބާޠިލްކުރުމަށް ޙަސަން ޔޫސުފުގެ ފަރާތުން
އެދޭނަމަ، އެ އެއްބަސްވުމުގެ ދަށުން އެސްޓޭޓަށް ލިބިދޭންޖެހޭ ޙައްޤުތައް ލިބުމަށް އެސްޓޭޓުން އެދޭކަމަށް
އެސްޓޭޓުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމަވެ.
(ޅ) ހަވަނަ ކަމަކީ: 2008 ޖުލައި 29 ވަނަ ދުވަހު ޙަސަން ޔޫސުފާއި އެސްޓޭޓާ ދެމެދު
ވެވުނު އެއްބަސްވުމަކީ ޙަސަން ޔޫސުފުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ތިލައައްސޭރި އެވެ ކިޔާ
ގޯތީގައި ޢިމާރާތްކުރުމަށް ފައިސާ އިންތިޒާމް ކުރުމާއި ދިގު މުއްދަތަކަށް ޢިމާރާތުގެ 9 އަދި 10 ވަނަ
ފަންގިފިލާ އެސްޓޭޓަށް ދިނުމަށް ވެވުނު އެއްބަސްވުމެއްކަން އެނގެން އޮންނަކަމާއި، އެއްބަސްވުމުގެޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/243
17 ޤަޟިއްޔާ ނިމުނު ގޮ
کی عمری
ޗެ3=
ފައިސާގެ އިންތިޒާމްތައް ހަމަޖައްސާނެ ގޮތް ބަޔާންކޮށްފައިވަނީ އެ އެއްބަސްވުމުގެ 3 ވަނަ މާއްދާގައިކަން
އެނގޭކަމާއި،
އެ ގޮތުން އެއްބަސްވުމުގައިވާ ގޮތުގެ މަތީން ތިލައައްސޭރި ގައި ޢިމާރާތްކުރުމަށް
ބޭނުންވާ ފައިސާ، ބޭންކް މެދުވެރިކޮށް ހޯދުމަށް، ގޯއްޗާއި ޢިމާރާތުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނުކުރާނީ
ގޯތީގެ ވެރިފަރާތުންކަމާއި، ފ. ތިލައައްސޭރީ ގައި ޢިމާރާތްކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހޭދަވާ
މުއްދަތުގައި (މަސައްކަތް އަވަސްކުރުމުގެ ގޮތުން) މަސައްކަތް ކުރިއަށް ގެންދިއުމަށް އެސްޓޭޓުން ހޭދަކުރާ
ފައިސާ ބޭންކް ލޯނު ލިބުމުން އެސްޓޭޓަށް ދިނުމަށް ގޯތީގެ ވެރިފަރާތްކަމުގައިވާ ޙަސަން ޔޫސުފް
އެއްބަސްވާކަމާއި، މިފައިސާ ޢިމާރާތާއި ގޯތީގެ ވެރިފަރާތުން އެސްޓޭޓަށް ލޯނުގެ ފައިސާ ލިބޭ މިންވަރުން
ދައްކައި ނިންމަންވާނެކަމާއި، ޢިމާރާތްކުރުމަށް ވެރިފަރާތުން ތިލައައްސޭރި އެވެ ކިޔާ ގޯއްޗާއި
ޢިމާރާތުގެ ނަމުގައި ނަގާ ލޯނު ބޭންކުން ކަނޑައަޅާ އުޞޫލެއްގެ މަތީން އަދާކޮށް ޚަލާސްކުރާނީ ގޯތީގެ
ވެރިފަރާތުންކަމަށް އެ އެއްބަސްވުމުގެ 3 ވަނަމާއްދާގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ތިލައައްސޭރީ ގައި ޢިމާރާތްކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހޭދަވާ މުއްދަތުގައި
(މަސައްކަތް އަވަސްކުރުމުގެ ގޮތުން) މަސައްކަތް ކުރިއަށް ގެންދިއުމަށް ހޭދަވާ ފައިސާ ހޭދަކުރާނީ،
އެސްޓޭޓުކަމާއި، އަދި ލޯނާ ގުޅިގެން ބޭންކުގައި ފައިސާއެއް ބަހައްޓަން ޖެހިއްޖެނަމަ، އެ ފައިސާ
ބެހެއްޓުން ނުވަތަ ފައިސާގެ ގެރެންޓީ ދިނުމާއި، ޢިމާރާތް ކުރުމަށް ވެރިފަރާތުން ނަގާ ލޯނު އެ ފަރާތަށް
ނުދެއްކިޖެއްނަމަ،
ހު، އެ ލޯނު ދެއްކުމުގައި ދެ ފަރާތުން މަޝްވަރާކޮށް އެއްބަސްވާ ގޮތެއްގެ މަތީން ލޯނު
ދެއްކުމުގައި އެހީތެރިވުމަށް އެސްޓޭޓުގެ ފަރާތުން އެއްބަސްވެފައިވާކަން އެނގޭކަމާއި،
އިސްވެ ބަޔާންކުރެވުނު މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ބަލާއިރު،
ތިލައައްސޭރީގައި 10 ބުރި ޢިމާރާތެއް ކުރުމަށް ދެފަރާތުން އެއްބަސްވެފައިވަނީ ބޭންކުން ލޯނު
ނަގައިގެންކަމާއި، އެ ލޯނު ނަގާނީ މ. ތިލައައްސޭރި ގޯއްޗާއި ޢިމާރާތުގެ ވެރިފަރާތް ކަމުގައިވާ ޙަސަން
ޔޫސުފް ކަމާއި، ބޭންކުން ނަގާ ލޯނުގެ ރަހުނުގެ ގޮތުގައި ގޯއްޗާއި ޢިމާރާތުގެ ރަޖިސްޓްރީ ބޭންޝް
2
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3/16471"
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
18 ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/243
کی عمری
ރަހުނު ކުރުމަށް ޙަސަން ޔޫސުފް އެއްބަސްވެފައިވާ ކަމާއި، ބޭންކުން ނަގާ ލޯނު އަނބުރާ ބޭންކަށް
ދައްކާނީވެސް ޙަސަން ޔޫސުފް ކަމާއި، އަދި ޢިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ބޭންކުން ހޯދުމަށް ދާ
މުއްދަތުގައި މަސައްކަތް ކުރިއަށް ގެންދިއުމަށް އެސްޓޭޓުން ހޭދަކުރާ ފައިސާ، ބޭންކް ލޯނު ލިބުމުން
އެސްޓޭޓަށް ދެއްކުމަށް ޙަސަން ޔޫސުފް އެއްބަސްވާކަން އެނގޭއިރު،
މ. ތިލައައްސޭރި އެވެ. ކިޔާ ގޯތީގައި ކުރެވޭ ޢިމާރާތުގެ މަސައްކަތްތަކުގެ ތެރެއިން 10
ބުރީ ފައުންޑޭޝަން އަޅައި، ގްރައުންޑް ފްލޯރއާއި، ފަސްޓް ފްލޯރގެ މަސައްކަތް ނިމި،ސެކަންޑް ފްލޯރގެ
ޝީޓު އަޅައި ނިމިފައިވާ ކަމާއި، އެ މަސައްކަތްކޮށްފައިވަނީ އެސްޓޭޓުން ޚަރަދުކޮށްގެންކަމާއި، އެ
މަސައްކަތްތަކަށް އެސްޓޭޓުން 3،379,127.00ރ (ތިން މިލިޔަން ތިންސަތޭކަ ހަތްދިހަނުވާހާސް
އެއްސަތޭކަ ހަތާވީސް ރުފިޔާ) ޚަރަދުކޮށްފައިވާކަމަށް ޚުދު ޙަސަން ޔޫސުފްވެސް ޤަބޫލުކުރާއިރު، އެ
އިމާރާތުގެ މަސައްކަތް ފުރިހަމަ ކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވަނީ މ. ތިލައައްސޭރި ކިޔާ
އިމާރާތާއި ގޯތި ބޭންކްގައި ރަހުނުކޮށް ބޭންކުން ލޯނު ނަގައިގެންކަން އެނގޭއިރު، ލޯނު ނެގުމާއި، ރަހުނު
ބެހެއްޓުމާއި، އެ ލޯނުގެ ފައިސާ އަނބުރާ ބޭންކަށް ދެއްކުމަށް ޙަސަން ޔޫސުފް އެއްބަސްވެފައިވާކަން
އެނގޭކަމާއި، އަދި ބޭންކުން ލޯނު ހޯދުމުގައި އެސްޓޭޓްގެ މައްޗަށް އޮތް ކަމަކީ އެހީތެރިވެދިނުމުގެ
ދައުރެއްކަން އެނގެން އޮންނަކަމެވެ.
2349/Cv-C/2011
އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް މިޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލު ކުރެވޭތީ، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭކަމަށް މިޤްޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވެއެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471)
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{12/HC-A/243
19 ޤަޟިއްޔާ ނިމުނު ގޮތު
مری معلى ب
29
94
ދެންފަހެ އިސްވެ
ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު،
OXO
،
"
ކޯޓުގެ ނަންބަރު 2011/Cv-C/2349 ޤަޟިއްޔާގައި، ޙަސަން ޔޫސުފާއި އެސްޓޭޓް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާޠިލް ކުރެވިފައިމިވަނީ، އެސްޓޭޓް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާއި ޚިލާފުވެގެން ކަމުގައިވާތީ، އެއްބަސްވުން
ބާޠިލްވުމުގެ ސަބަބުން އެއްބަސްވުމުގެ 5.1 ވަނަ މާއްދާގައި ބަޔާންވެގެންވާ އުޞޫލާ އެއްގޮތްވާ
ގޮތުގެމަތިން އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުން ބާޠިލްކުރާނަމަ ދެފަރާތުގެ
ޙައްޤުތައް ކަނޑައެޅިފައިވާގޮތަށް، ތިލައައްސޭރި އެވެކިޔާ ގޯތީގައި ދައުވާލިބޭ ފަރާތުން މަސައްކަތެއް
އަދި ޚަރަދެއްކޮށްފައިވީނަމަވެސް، އެކަމުގެ ބަދަލު ލިބިދޭނެތަނެއް ނެތްކަމަށް ނިންމި ނިންމުން ބާޠިލްކޮށް،
ތިލައައްސޭރި އެވެކިޔާ ގޯތީގައި ޢިމާރާތްކުރުމަށް ފައިސާ އިންތިޒާމް ކުރުމާއި، ދިގު
މުއްދަތަކަށް ޢިމާރާތުގެ ބައެއް އެސްޓޭޓް އިންޓަނަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް 20 ޖުލައި
2008 ގައި ޙަސަން ޔޫސުފާއި އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ
އެއްބަސްވުމުގެ ދަށުން ތިލައައްސޭރީގައި ކޮށްފައިވާ އިމާރާތުގެ މަސައްކަތްތަކަށް އެސްޓޭޓް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 3،379,127.00ރ (ތިން މިލިޔަން ތިންސަތޭކަހަތްދިހަ
ނުވަހާސް އެއްސަތޭކަ ހަތާވީސް ރުފިޔާ) ޚަރަދުކޮށްފައިވާކަމަށް އެ ކުންފުނީގެ ފަރާތުން
ޙަސަން ޔޫސުފުގެ ފަރާތުން އެއްބަސްވީ ހިނދު،
ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލް ކުރުމަށް އެދިފައިވަނީ
ތިލައައްސޭރި ޙަސަން ޔޫސުފުގެ ފަރާތުންކަން އެނގޭއިރު، ޙަސަން ޔޫސުފުގެ ފަރާތުން އެދިފައިވާ
ގޮތަށް އެއްބަސްވުން ބާޠިލް ކުރާނަމަ، އެސްޓޭޓުގެ ޙައްޤު ލިބިދިނުމަށް އެސްޓޭޓުގެ ފަރާތުން ބުނެފައިވާތީ،
ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އިތުރަށް ދެމެހެއްޓުމަށް އެ
*2
2
22 2ދ8
19
އެއްބަސްވާ
އެއްބަސްވުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471/
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{12/HC-A/243
9
OLO
20 ޤަޟިއްޔާ ނިމުނު "
ކަމުގައިވާ ތިލައައްސޭރި ޙަސަން ޔޫސުފާއި އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ބޭނުންނުވާކަން އެނގޭހިނދު، މި ހާލަތުގައި ދެ ފަރާތަށްވެސް އެންމެ މަސްލަހަތު ބޮޑު، ޢަދުލުވެރި
ގޮތަކީ، އެ އެއްބަސްވުން ނިމުމަކަށް ގެނައުންކަމަށް ޝަރީޢަތަށް ޤަބޫލު ކުރެވޭތީ،
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2349 ޤަޟިއްޔާގައި، ތިލައައްސޭރި
އެވެކިޔާ ގޯތީގައި ޢިމާރާތްކުރުމަށް ފައިސާ އިންތިޒާމް ކުރުމާއި، ދިގު މުއްދަތަކަށް ޢިމާރާތުގެ ބައެއް
އެސްޓޭޓް އިންޓަނަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް 29 ޖުލައި 2008 ގައި ޙަސަން ޔޫސުފާއި
އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއި ކުރެވިފައިވާ އެއްބަސްވުން ބާޠިލްކަމަށް
ކަނޑައެޅި ކަނޑައެޅުމަށް
ޑައެޅުމަށް ތާއީދުކޮށް، އެއްބަސްވުން ބާޠިލް ކުރުމަށް އެދިފައިވަނީ ޙަސަން ޔޫސުފުގެ
ފަރާތުން ކަމަށްވާތީއާއި، މ. ތިލައައްސޭރި ކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތަށް އެސްޓޭޓުގެ ފަރާތުން
3,379,127.00ރ (ތިން މިލިޔަން ތިންސަތޭކަހަތްދިހަ ނުވަހާސް އެއްސަތޭކަ ހަތާވީސް ރުފިޔާ) ޚަރަދު
ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ފައިސާއަކީ، ޙަސަން ޔޫސުފުގެ ފަރާތުން
އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، އެ ފައިސާ
އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން، މިއަދު 24 ޖޫން 2014) އިން
ފެށިގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެމަހަކަށް ޖެހޭ މިންވަރަށް ވުރެ މަދުނޫން
ޢަދަދެއްގެ ފައިސާ، ސިވިލް ކޯޓަށް ދައްކައި، އެދަރަނި ޚަލާޞް ކުރުމަށް މ. ތިލައައްސޭރި ޙަސަން
84 އ ބ 2
3
4
میری روح کی
ދަށުން ލ.
ޔޫސުފަށް އަންގައި،
އެ
ތިލައައްސޭރި،
ޙަސަން ޔޫސުފަށާއި އެސްޓޭޓް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އިތުރު ޙައްޤެއް ލިބެންޖެހޭކަމަށް އެ ދެފަރާތުން ދެކޭނަމަ، އެ
ކަމެއްގެ މައްސަލަ ކަމާބެހޭ ދަށު ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ޙައްޤު އެ ދެފަރާތަށް
ލިބިގެންވާކަމަށް، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
މިރާއްޖޭގެ ހައި
އެގޮތުގެމަތީން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv