ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2012/SC-C/36 ޤަޟިއްޔާ
ސަފްޙާ18ގެ1
CuO
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މާލެ
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
0
، ޤަޟިއްޔާ ނަންބަރު: 36/SC-C/2012
• ދަޢުވާކުރާ ފަރާތް: އަޙްމަދު ޞިއްދީޤް، އައިސާދަރުގެ | ގދ.
ފިޔޯރީ، އިބްރާހީމް ޙުސައިން،
ދަފްތަރު ނަންބަރު 3569
0
ދަޢުވާލިބޭ ފަރާތް: ރައްޔިތުންގެ މަޖިލިސް ( ދައުލަތް }
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
• މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭފޯމުން
• ހުށަހެޅުން ތާރީޚް: 03 ޑިސެންބަރ 2012
ނިމުނު ތާރީޚް: 14 މާރޗް 2013
• މައްސަލަ ނިންމި ގަޑި: 15:45
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން،
ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު،
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު
އަޙްމަދު މުޢުތަޞިމް ޢަދުނާން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް :3008554Fax
960 + | ފޯން:Tel
3009996
960 +
ސަފްހާ2318
މައްސަލައިގެ ޚުލާޞާ
ދ ޑ ވ ލ ތ ދވ
ބީއެއްކަންތައް
ދ .4
هއ
މިއީ، ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ކޮމެޓީތަކުން ނިންމާ
ފާސްކުރުމަށް ނެގޭ ވޯޓުތަކަކީ ސިއްރު ވޯޓުތަކެއްކަމަށް ކަނޑައަޅައި އެ މަޖިލީހުގެ ޤަވާޢިދުގެ
މާއްދާތަކަށް 03 ޑިސެމްބަރު 2012 ގައި ގެނެވުނު އިޞްލާޙަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 85 ވަނަ މާއްދާއިން ޤާއިމުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި އެ މަޖިލީހުގެ
ކޮމިޓީތަކުގެ ޖަލްސާތައް ހާމަކަން ބޮޑުގޮތެއްގައި ޢާންމުންނަށް ހުޅުވާލެވިފައި އޮތުމުގެ ޢާންމު އުޞޫލާ
ޚިލާފުކަމެއްކަމަށް ބުނެ، އެ އިޞްލާޙްތަކަކީ ބާޠިލު އިޞްލާޙުތަކެއްކަމަށް ކަނޑައަޅައިދިނުމަށާއި،
ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމުގައި
ހުރިމީހަކު އެމަޤާމުން ވަކިކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ
(ހ) އަދި (ށ) ގައިވާ ގޮތުގެ މަތިން ހުށަހަޅާ ޤަރާރެއް، ރައްޔިތުންގެ މަޖިލީހުން ފާސްވާނީ އެމަޖިލީހުގެ
ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ
މެންބަރުންކަމަށް ބަލަންޖެހޭ ދުސްތޫރީ މިންގަނޑު ބަޔާންކޮށް ދިނުމަށާއި، އަދި މި މިންގަނޑު
ބަޔާންކޮށްދިނުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ،
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ލާޒިމުކުރާ ޝަރުޠުތަކުގެ ތެރެއިން ޝަރުތެއް އުނިވެފައިވާ،
ސާބިތު ހެކިހުރި މެންބަރަކު، ނުވަތަ އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި މަނާކޮށްފައިވާ ކުށުގެ
ޢަމަލެއް ހިންގުމުގެ ތުހުމަތު ކުރެވިފައިވާ މެންބަރަކު ޖުމުލަ މެންބަރުންގެ ޢަދަދުގެ ތެރޭގައި ހިމެނުމާއި
ނުހިމެނުމުގެ މައްޗަށް ދުސްތޫރީ ހަމައެއް ކަނޑައަޅައި ދިނުމަށް އެދި ގދ. ފިޔޯރި، އައިސާދަރުގެ،
އަޙްމަދު ޞިއްދީޤް އާއި، ދަފްތަރު ނަންބަރު 3569، އިބްރާހީމް ޙުސައިން ދަޢުވާކުރުމުން ބެލިފައިވާ
މައްސަލައެކެވެ.
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ، | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް :3008554Fax
960 + | ފޯން:Tel
3009996
960 +
ސަފްޙާ3
18
މި މައްސަލާގައި ދަޢުވާ ލިބޭ ފަރާތަކީ ދިވެހި ދައުލަތެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މިމައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި،
ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭފަރާތުން ސުޕްރީމްކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ދުސްތޫރީ އަދި ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބަލައި ވިސްނިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
-l
މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 167 ވަނަ މާއްދާއަށާއި،
173 ވަނަ މާއްދާއަށާއި، 177 ވަނަ މާއްދާއަށް، 03 ޑިސެމްބަރު 2012 ގައި ގެނެވުނު އިޞްލާޙުތަކަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު އިޞްލާޙުތަކެއްކަމަށްބުނެ، އެ އިޞްލާޙުތައް
ބާޠިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގެ އަޞްލީ އިޚްތިޞާޞްގެތެރެއިން ހުށަހެޅިފައިވާ ދުސްތޫރީ
މައްސަލައެއްކަން އެނގެން އޮންނައިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ލާޒިމުކުރާ
ޝަރުޠުތަކުގެ ތެރެއިން ޝަރުތެއް އުނިވެފައިވާ، އަދި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި
މަނާކޮށްފައިވާ ކުށުގެ ޢަމަލެއް ހިންގުމުގެ ތުހުމަތު ކުރެވިފައިވާ ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ
ކަންކަން ނިންމުމުގައި ބައިވެރިވާކަމަށް ބުނެ، އެކަމާމެދު ގޮތެއް ކަނޑައަޅައި ދިނުމަށާ، އަދި އެފަދަ
މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދުގެ ތެރޭގައި ހިމެނުމާއި ނުހިމެނުމުގެ
މައްޗަށް
ކަނޑައަޅައި ދިނުމަށް އެދި މި މައްސަލާގައި ދަޢުވާކުރާ ފަރާތުން
ހުށަހަޅާފައިވީނަމަވެސް، ބުނެވިދިޔަ މެންބަރުންގެ މައްސަލަތަކަކީ ޝަރުޢީ އެކިއެކި މަރުޙަލާތަކުގައި
ހަމައެއް
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ، | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް :3008554Fax
960 + | ފޯން:Tel
3009996
960 +
ސަފްޙާ4318
ދަޢުވާކުރާފަރާތުން އެދިފައިވާ ކަންތަކާމެދު
ހިނގަމުންދާ މައްސަލަތަކަކަށްވާތީ، އެކަމާގުޅިގެން
މިމައްސަލައިގެ ތެރޭގައި ބެލުމަށް ކަނޑައެޅިފައި ނުވެއެވެ.
-2
CCC
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް 03 ޑިސެމްބަރު 2012 ގައި ފާސްކުރެވުނު
އިސްވެ ބަޔާންވެދިޔަ އިޞްލާޙުތަކުގެ ތަފްޞީލަށް ބަލާއިރު، އެއީ ތިން އިޞްލާޙެއްކަން އެނގެން
އޮންނަކަމާއި، ފުރަތަމަ އިޞްލާޙަކީ 2 މާރޗް 2010 ގައި ފާސްކުރެވި މިހާރު ޢަމަލުކުރަމުންދާ
ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 167 ވަނަ މާއްދާގެ (ހ) ގައި "ޤާނޫނުއަސާސީގައި ސިއްރު
ވޯޓުނެގުން ލާޒިމުކުރާ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި ނަގާނީ ޢާންމުކޮށް ހުޅުވާލެވިފައިވާ
ވޯޓެކެވެ." މިހެން ކަނޑައަޅާފައި ވަނިކޮށް ބުނެވިދިޔަ 167 ވަނަ މާއްދާގެ (ހ) ގައި "ޤާނޫނުއަސާސީގައި
ނުވަތަ
ޤަވާއިދުގައި ސިއްރު ވޯޓު ނެގުން ލާޒިމުކުރާ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި ނަގާނީ
ޢާންމުކޮށް ހުޅުވާލެވިފައިވާ ވޯޓެކެވެ." މިފަދައިން ބަދަލުކުރުން ކަމާއި، ދެވަނަ އިޞްލާޙަކީ ބުނެވިދިޔަ
ޤަވާއިދުގެ 173 ވަނަ މާއްދާއަށް (ރ) މި އަކުރު އިތުރުކުރުންކަމާއި، އަދި މި އަކުރުގެ ޢިބާރާތުގައި ވަނީ
"މި ޤަވާޢިދުގެ 172
ވަނަ މާއްދާ އާއި މި މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ
ކޮމިޓީތަކުގައި ވޯޓު ނަގަންޖެހޭ ޙާލަތްތަކުގައި ނަގާނީ ސިއްރު ވޯޓެވެ." މިފަދައިންކަމާއި، ރައްޔިތުންގެ
މަޖިލީހުގެ ޤަވާޢިދުގެ އިސްވެ އިޝާރާތްކުރެވުނު 172 ވަނަ މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން
ވަކިވާނޭ ޙާލަތްތަކާއި، އެފަދަ ޙާލަތްތަކުގައި މަޖިލީހުން ޢަމަލުކުރާނެ އިޖުރާޢަތު ބަޔާންކޮށްފައިވާ
މާއްދާއެއްކަމާއި، އަދި ތިންވަނަ އިޞްލާޙަކީ އިސްވެދިޔަ ޤަވާޢިދުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ
އިތުބާރުނެތްކަމުގެ ވޯޓުނެގުން" މި ސުރުޚީގެ ދަށުގައިވާ އެ ޤަވާއިދުގެ 177 ވަނަ މާއްދާއަށް (ޅ) މި
އަކުރު އިތުރުކުރުން ކަމާއި، މި އަކުރުގައި ވަނީ "މި މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި ވޯޓު
ނަގަންޖެހޭ ޙާލަތްތަކުގައި ނަގާނީ ސިއްރު ވޯޓެވެ." މިފަދައިންކަން އެނގެން އޮވެއެވެ.
etc.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާވެ. | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް :3008554Fax
960 + | ފޯން:Tel
3009996
960 +
ސަފްޙާ5:
18
ކަމާއި، މި
ޤާނޫނީ ދައުލަތެއްގެ އެންމެ މުހިއްމު އެއް އަސާސަކީ "މަބްދަޢުލް މަޝްރޫޢިއްޔާ"
(Principle of Legality) ގެ އަސާސްކަމާއި، މި މަބްދަޢުގެ މުރާދަކީ ދައުލަތުގައި ޤާނޫނުގެ ސިޔާދަތު
ކަށަވަރުވެ، ދައުލަތުގެ އެންމެހައި ބާރުތަކާއި، މުއައްސަސާތަކާއި، އިދާރާތަކާ، އަދި އެންމެހައި ރައްޔިތުން
ޤާނޫނަށް ބޯލެބުންކަމާއި، ތަހްޒީބުވެފައިވާ ދައުލަތްތަކުގައި މި މަބްދަޢު ގެރެންޓީކޮށްދޭ އެންމެ މުހިއްމު އެއް
ދުސްތޫރީ މައްދަޢަކީ "ސުމުއްވުއް ދުސްތޫރު" (supremacy of constitution) ގެ މަބްދަޢު ކަމާއި، އަދި
މިމަބްދައަކީ ދުނިޔޭގެ އެންމެހައި ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ ދުސްތޫރީ މައްދައެއްކަމަށްވާ
"މަބްދަޢުއް ދުސްތޫރިއްޔާ" (Principle of Constitutionality) އޭގެ މައްޗަށް ބިނާވެގެންވާ އަސާސް
މަބްދަޢުގެ މަފްހޫމަކީ ދައުލަތުގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެހައި ޤާނޫނީ ޤާޢިދާ
(Legal Rule) ތަކަކީ - އެއީ ޕާރލަމެންޓުން ފާސްކުރާ ޤާނޫނަކަށްވިއަސް، ދައުލަތުގެ އިދާރާއަކުން ނެރޭ
ޤަވާޢިދަކަށް ވިއަސް ނުވަތަ އިދާރީ ޤަރާރަކަށް ވިއަސް - ދައުލަތުގެ ޤާނޫނީ ހަރުފަތުގެ އެންމެ މަތީގައިވާ
ޤާނޫނުއަސާސީގެ ނައްޞަކާއި ނުވަތަ ޤާނޫނުއަސާސީން ޤާއިމުކޮށްފައިވާ އެއްވެސް ދުސްތޫރީ މައްދަޢަކާއި
ތަޢާރުޟުނުވާ ޤާޢިދާތަކަކަށް ވުންކަމާ، ބުނެވިދިޔަ "މަބްދަޢުއް ދުސްތޫރިއްޔާ" އަކީ ފަރުދުންގެ އަސާސީ
ޙައްޤުތަކާއި ޢާންމު މިނިވަންކަން ޙިމާޔަތްނުކުރެވޭ ފަދަ ޤާނޫނުތަކެއް ޤާނޫނުހެދުމުގެ ބާރުގެ ފަރާތުން ފާސް
ނުކުރެވޭނެކަން ކަށަވަރުކޮށްދޭ، އަދި ޤާނޫނުހަދާ މަޖިލީހަށް އިސްތިބްދާދުވުމާއި، ޚުދުމުޚްތާރު ވެގަތުމަށް
ހުރަސްއަޅާ މައްދައެއްކަން އެނގެން އޮންނަކަމާ، އަދި އިސްވެދިޔަ "މަބްދަޢުލް މަޝްރޫޢިއްޔާ" އާއި
"މަބްދަޢުއް ދުސްތޫރިއްޔާ" އާ ދެ މަބްދަޢު އެއްވެސް އޮޅުމެއް ނާރާފަދަ ގޮތަކަށް ކަށަވަރުކުރަމުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި،
"ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދަންވާނީ މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ
މަތިންނެވެ. މި
ޤާނޫނުއަސާސީން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެއެވެ. މި
ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިއަސް ވާނީ ބާޠިލު
268
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ، | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ކްސް: :Fax
3008554
960 + | ފޯން: :Tel
3009996
960+
ސަފްޙާ18ގެ6
ބެއެއެJ
އެއްޗަކަށެވެ. އަދި އެފަދަ ޤާނޫނެއް، ނުވަތަ
ބާރެއް ނުހިނގާނެއެވެ. މި
ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެކެވެ." މިފަދައިން ކަނޑައަޅައި
ބަޔާންކޮށްފައިވާއިރު، ދިވެހި ދައުލަތުގެ ވެރިކަމުގެ ބާރުތަކުގެތެރެއިން ކޮންމެ ބާރަކާ، އަދި ދައުލަތުގެ
އެންމެހައި އިދާރާތަކާއި މުއައްސަސާތަކުގެ ޤާނޫނީ އެންމެހައި ޢަމަލުތަކާއި ތަޞައްރުފާތުތައް
ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ޙުދޫދު ފަހަނަޅައި ގޮސްގެން ނުވާނެކަމީ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި
އިސްތިޤްރާރުވެފައިވާ ޢާންމު އުޞޫލެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދުސްތޫރީ ނިންމުންތަކުން
CCCX
ސާފުކޮށް އެނގެން އޮވެއެވެ.
-4
އިސްވެ ބަޔާންވެދިޔަ "ސުމުއްވުއް
އްވުއް ދުސްތޫރު" (supremacy of constitution)
ގެ ދުސްތޫރީ މަބްދަޢު ޤާނޫނީ ދައުލަތްތަކުގައި އިސްތިޤްރާރުވެފައި އޮތުމުގެ ނަތީޖާއަކީ، ދައުލަތުގެ ޤާނޫނީ
އޮނިގަނޑުގައި ހައިރާކީ (Hierarchy) ގޮތުން ތަފާތު ތިން ދަރަޖައެއްގެ ޤާނޫނީ ޤާޢިދާތައް ( Legal
Rules) ހިމެނިގެންވުންކަމާއި، މިގޮތުން ދައުލަތުގެ ޤާނޫނީ ހަރުފަތުގެ އެންމެ މަތީގައިވާ ޤާނޫނީ ޤާޢިދާ
ތަކަކީ ދުސްތޫރީ ޤާޢިދާތައް (Constitutional Rules) ކަމާއި، އެއީ ޤާނޫނުއަސާސީގައި ކަނޑައެޅިގެންވާ
ޤާޢިދާތައްކަމާއި، ދެވަނަ ދަރަޖައިގައިވާ ޤާނޫނީ ޤާޢިދާތަކަކީ "ތަޝްރީޢީ ޤާޢިދާތައް" ( Legislative
Rules) ނުވަތަ ޕާރލަމެންޓުން ފާސްކުރާ ޤާނޫނުތަކުގައި ކަނޑައެޅިގެންވާ ޤާޢިދާތައް ކަމާއި، އަދި
ތިންވަނަ ދަރަޖައިގެ ޤާނޫނީ ޤާޢިދާތަކަކީ ތަފާތު އިދާރާތަކުންނާއި މުއައްސަސާތަކުން ނެރޭ ޤަވާޢިދު
(Regulation) ތަކުގައި ކަނޑައެޅިގެންވާ ޤާޢިދާތައް ކަމާއި، މިގޮތުގެމަތިން ދައުލަތުގެ ޤާނޫނީ ނިޒާމުގައި
ހިމެނޭ ޤާނޫނީ ޤާޢިދާތައް ހައިރާކީގޮތުން ތަރުތީބުވެފައިވުމުން، ދަރަޖައިގެގޮތުން ދަށުގައިވާ ޤާޢިދާއެއް
މަތީގައިވާ ޤާޢިދާއަކާ ތަޢާރުޟު ނުވުމަކީ ލާޒިމުވެގެންވާ ކަމެއްކަމާ، ވުމާއެކު ދައުލަތުގެ އިދާރާތަކުންނާއި
މުއައްސަސާތަކުން ހަދާ ޤަވާޢިދުތަކަކީ ޝަކްލީގޮތުންނާއި މައުޟޫޢީގޮތުން ޕާރލަމެންޓުން ފާސްކުރާ
ޤާނޫނަކާ ނުވަތަ ޤާނޫނުއަސާސީއާއި ޚިލާފު ޤަވާޢިދުތަކަށް ނުވުމަކީ ލާޒިމުކަމެއް ކަމާއި، ޝަކްލީގޮތުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާވެ. | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް :3008554Fax
960 + | ފޯން:Tel
3009996
960 +
ސަފްޙާ718
ޚިލާފުނުވުމުގެ މާނައަކީ ޤަވާޢިދު ހަދާ ފަރާތަކީ ޤާނޫނުން ނުވަތަ ޤާނޫނުއަސާސީން ޤަވާޢިދުހެދުމުގެ
ބާރުދީފައިވާ ފަރާތަކަށްވުމުގެ އިތުރުން، ޤަވާޢިދު ހެދުމުގައި ޤާނޫނުން ނުވަތަ ޤާނޫނުއަސާސީން
ކަނޑައަޅާފައިވާ އިޖުރާއްތުތަކަށް ތަބާވުން ކަމާއި، މަޢުޟޫޢީގޮތުން ޚިލާފުނުވުމުގެ މާނައަކީ
އިދާރާތަކުންނާއި މުއައްސަސާތަކުން ހަދާ ޤަވާޢިދުތައް ޤާނޫނުގައި ނުވަތަ ޤާނޫނުއަސާސީގައި
ކަނޑައެޅިގެންވާ ޤާޢިދާތަކާ އެއްގޮތްވުންކަން އެނގެން އޮވެ
އޮވެއެވެ.
-5
ދައުލަތުގެ ޤާނޫނީ ހަރުފަތުގެ އެންމެ މަތީގައިވާ، އިސްވެ އިޝާރާތްކުރެވުނު
ދުސްތޫރީ ޤާޢިދާތަކުން ތަންޒީމްކުރާ މައުޟޫޢުތަކަކީ ޙަޤީޤަތުގައި ދައުލަތުގެ ކިޔާނާއި ނުވަތަ ވުޖޫދާ
ގުޅިފައިވާ ދުސްތޫރީ ޠަބީޢަތުގެ މައުޟޫޢުތައްކަމާއި، އޭގެތެރޭގައި ދައުލަތުގެ ވައްތަރާއި ދައުލަތުން ތަބާވާ
ސިޔާސީ އަދި ވެރިކަމުގެ ނިޒާމާއި، ސިޔާސީ ގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން
ދައުލަތުން ތަބާވާ އަސާސީ ފިކުރުތަކާއި ޝިޔަމް (Values) ތަކާއި، ދައުލަތުގެ ޤާނޫނީ ނިޒާމު އޭގެ
މައްޗަށް ބިނާވެގެންވާ ޤާނޫނީ މަޞްދަރުތަކާއި، ދައުލަތުގެ ބާރުތަކާއި، އެ ބާރުތައް އެކުލެވިގެންވާގޮތާއި،
އެ ބާރުތަކުގެ އިޚްތިޞާޞްތަކާއި، އެއް ބާރު އަނެއް ބާރާ ދެމެދު އޮންނަ ގުޅުމާއި، އެ ބާރުތަކާ ފަރުދުންގެ
މެދުގައި އޮންނަ ގުޅުމާއި، ފަރުދުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި ވާޖިބުތަކާއި، މިނިވަން
މުއައްސަސާތަކާއި މަޤާމުތައް ފަދަ ދުސްތޫރީ ޠަބީޢަތުގެ މައުޟޫޢުތައް ހިމެނިގެންވާކަމާއި، މިފަދަ
މައުޟޫޢުތައް އިންތިޒާމުކުރާ، ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންވެގެންވާ ދުސްތޫރީ ޤާޢިދާތަކާއި އެ
ޤާޢިދާތަކުން އިސްތިޚްލާޞްވާ ދުސްތޫރީ މަބްދަޢުތަކަކީ ދައުލަތުގެ ޤާނޫނީ ނިޒާމުގައި ވަކި ޚާއްޞަ
ޤަދަރަކާއި ޤުދުސިއްޔަތުކަން ލިބިގެންވާ ޤާޢިދާތަކާއި މަބްދަޢުތަކެއް ކަމާއި، ވުމާއެކު ދުސްތޫރީ އެއްވެސް
ޤާޢިދާއެއް ބަދަލުކުރެވޭނީ ހަމަ އެފަދަ ބާރު ހުރި ޤަޢިދާއަކުން ކަމާއި، މާނައަކީ ދުސްތޫރީ ޤާޢިދާއެއް
އާދައިގެ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ބަދަލު ނުކުރެވޭނެކަމާއި، އެފަދަ ޤާޢިދާއެއް އިސްލާޙުކުރެވޭނީ
OCCO
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ، | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް :3008554Fax
960 + | ފޯން:Tel
3009996
960 +
ސަފްޙާ8318
ނުވަތަ ބަދަލުކުރެވޭނީ ހަމަ ދުސްތޫރީ ޤާޢިދާއަކުން ކަމީ އިސްތިޤްރާރުވެފައިވާ ދުސްތޫރީ އުޞޫލެއްކަން
އެނގެން އޮވެއެވެ.
-6
އިސްވެ ބަޔާންވެދިޔަ ދުސްތޫރީ މަބްދަޢުތަކުގެ އަލީގައި، ރައްޔިތުންގެ މަޖިލީހުގެ
ޤަވާޢިދުގެ 167 ވަނަ މާއްދާއަށާއި، 173 ވަނަ މާއްދާއަށާއި، 177 ވަނަ މާއްދާއަށް، 03 ޑިސެމްބަރު
2012 ގައި ގެނެވުނު އިސްވެ ބަޔާންވެދިޔަ އިޞްލާޙުތަކުގެ ދުސްތޫރިއްޔަތުކަމާ މެދު، ނުވަތަ އެ
އިޞްލާޙްތަކަކީ ޤާނޫނު އަސާސީއާ އެއްގޮތް އިޞްލާޙުތަކެއްތޯ ޤާނޫނީގޮތުން ބަލައި ވިސްނައިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
ހ) ފުރަތަމަ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ ބުނެވިދިޔަ މާއްދާތަކަށް ގެނެވުނު
އިޞްލާޙުތަކަކީ، ރައްޔިތުންގެ މަޖިލީހުން ބައެއް ކަންތައް ފާސްކުރުމުގައި ނަގާ ވޯޓު ސިއްރުކުރުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ލާޒިމް ނުކުރާ ޙާލަތްތަކުގައިވެސް މަޖިލީހުގެ ޤަވާޢިދުގައި
ހިމަނައިގެން އެފަދަ ވޯޓު ސިއްރުކުރުމަށް ގެނެވުނު އިޞްލާޙުތަކެއްކަމާއި، މިގޮތުން ރައީސުލްޖުމްހޫރިއްޔާ
މަޤާމުން ވަކިކުރުމާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅިގެން ވޯޓު
ނަގަންޖެހޭ ޙާލަތްތަކުގައި މަޖިލީހުގައްޔާއި މަޖިލީހުގެ ކޮމިޓީތަކުގައި ނަގާނީ ސިއްރު ވޯޓުކަމަށް
ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ރ) އާއި 177 ވަނަ މާއްދާގެ (ޅ) ގައި
ކަނޑައެޅުނުކަން އެނގެން އޮންނަކަމެވެ.
ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގެ
ޞަރީޙަ ނައްޞުގައި "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މި ޤާނޫނުއަސާސީގައިވާ
ގޮތުގެމަތީންނެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި އޮންނަހިނދު، ދިވެހިރާއްޖޭގެ ޤާނޫނު ހެދުމުގެ
ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ އެންމެހައި އިޚްތިޞާޞްތަކަކީ ޤާނޫނުއަސާސީގެ ޙުދޫދުގެތެރޭގައި
އަދާކުރެވޭ އިޚްތިޞާޞްތަކަށް ވާންޖެހޭނެކަމާއި، މިގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިދާރީ އެންމެ ސައިންގެ ސްޕްރި
etc
4
ސުޕްރީމް ކޯވާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ، | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް :3008554Fax
960 + | ފޯން:Tel
3009996
960 +
ސަފްޙާ18 9
4 20 3 24
ބނަނީ ވ
ކަންތައްތަކާ ގުޅޭ ޤަވާއިދުތަކާއި، ރައްޔިތުންގެ މަޖިލީސް ހިންގުމަށް ޤަވާޢިދުތައް ހެދުމުގެ
އިޚްތިޞާޞްކީވެސް މުޠުލަޤުގޮތެއްގައި އަދާކުރެވޭ އިޚްތިޞާޏެއް ނޫންކަމާއި، އެ އިޚްތިޞާޞަކީ
އަބަދުވެސް އިސްވެ ބަޔާންވެދިޔަ "މަބްދަޢުއް ދުސްތޫރިއްޔާ" ގެ ޙުދޫދުގެ ތެރޭގައި ޤައިދުކުރެވިފައިވާ
އިޚްތިޞާޏެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް
އެނގެން އޮންނަކަމާއި، އެހެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ
ޞަރީޙަ ޢިބާރާތުގައި "މި ޤާނޫނުއަސާސީއާ ޚިލާފުނުވާނޭ ގޮތުގެ މަތިން: 1. ރައްޔިތުންގެ މަޖިލީހުގެ
އިދާރީ އެންމެހައި ކަންތައްތައް ހިންގުމާއި، މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، މުވައްޒަފުންގެ މުސާރަ
ކަނޑައެޅުމާއި، މަޖިލީހުގެ ޖަލްސާތަކާ ބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓާނީ ރައްޔިތުންގެ
މަޖިލީހުންނެވެ. އަދި މިކަންތައްތަކާ ގުޅޭ ޤަވާއިދުތައް ހަދާނީވެސް އެ މަޖިލީހުންނެވެ. 2. ރައްޔިތުން
ފުރިހަމައަށް ތަމްސީލުވާނޭ، އަދި އެބައިމީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނޭ ދިމިޤްރާތީ އުޞޫލުތައް
އެކުލެވޭނޭ، ޖަވާބުދާރީވާ، ހާމަކަން ބޮޑުގޮތަކަށް ރައްޔިތުންގެ މަޖިލީސް ހިންގުމަށް
ޤަވާޢިދުތަކާއި އުޞޫލުތައް އެ މަޖިލީހުން ކަނޑައަޅާންވާނެ އެވެ. އެ ޤަވާޢިދުތަކުގެ ތެރޭގައި ރައްޔިތުންގެ
މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތަކާއި، ހާޞިރީއާ ގުޅޭ އުޞޫލުތައް ހިމެނިދާނެއެވެ. އަދި
މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ މެންބަރެއްގެ މުސާރަ އާއި ޢިނާޔަތްތައް
ކެނޑޭނެ ގޮތްތައްވެސް ކަނޑައެޅިދާނެ އެވެ." މިފަދައިން ކަނޑައަޅައި ބަޔާންވެގެން ވާކަން އެނގެން
44
44 34
مي مشر روسي
އޮންނަކަމެވެ.
ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ
(ހ) އިން ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ޤަވާޢިދު ހެދުމުގެ ދާއިރާއަކީ، ރައްޔިތުންގެ މަޖިލީހުގެ އިދާރީ
އެންމެހައި ކަންތައްތަކާ ގުޅޭ ޤަވާޢިދުތަކާއި، ރައްޔިތުންގެ މަޖިލީސް ހިންގުމަށް ބޭނުންވާނޭ ޤަވާޢިދުތައް
ހެދުންކަން އެނގެން އޮންނައިރު، ޤާނޫނުއަސާސީގައި ކަނޑައަޅައި
ވަރަށްވުރެ
ހ 6 )
ބަޔާންވެގެންވާ
މިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާވެ. | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
www.supremecourt.gov.mv|ކްސް: :Fax
3008554
960 + | ފޯން: :Tel
3009996
960+
ސަފްޙާ18ގެ140
ޒ 2
0
44ه
ފުޅާދާއިރާއެއްގައި، ދައުލަތުގެ ބާރުތަކާއި، އެބާރުތަކުގެ މެދުގައި އޮންނަ ގުޅުމާއި އެބާރުލުމާއި،
ޗެކްސް އެންޑް ބެލެންސެސް އާ ގުޅޭ މައުޟޫޢީ ޤާޢިދާތަކަކީ އޭގެ ޒާތުގައި ރައްޔިތުންގެ މަޖިލީސް
ހިންގުމަށް ހެދޭ ޤަވާޢިދުތަކުގެ ތެރޭގައި ތަންޒީމްކުރެވޭނެ ޤާޢިދާތަކެއް ނޫންކަމާއި، އެފަދަ ދުސްތޫރީ
ޤާއިދާތަކާއި، ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަމާ ގުޅޭ ޤާޢިދާތަކުގެ އަޞްލީ ދާއިރާއަކީ، ޤާނޫނުއަސާސީއާ
ޚިލާފު ނުވާނޭގޮތުގެ މަތިން ހެދޭ ޤާނޫނުތައްކަން އެނގެން އޮންނަކަމެވެ.
4 2 2 4 86
ރ) ހަތަރުވަނަ ކަމަކީ، ޤާނޫނީ ދައުލަތެއްގައި ޤާއިމުވެފައިވާ ބާރުތަކާއި
މުއައްސަސާތަކާއި އިދާރާތައް އިސްތިބްދާދާއި ޚުދުމުޚްތާރުކަމުން ދުރުކޮށް، ފަރުދުންގެ އަސާސީ ޙައްޤުތަކާއި
މިނިވަންކަން ޙިމާޔަތްކޮށްދިނުން ކަށަވަރުކޮށްދޭ އަސާސީ ތިން ގެރެންޓީއެއް ވާކަމާއި، އެއީ ދައުލަތުގެ
ބާރުތައް ވަކިވެފައި އޮތުމާއި، ރަޤާބާ ޤަޝާއިއްޔާ (Judicial Review} ތަންޒީމް ވެފައި އޮތުމާއި،
ދީމްޤުރާޠީ ނިޒާމް ތަޠުބީޤުކުރުން ކަން އެނގެން އޮންނައިރު، ޒަމާނީ ދުސްތޫރީ ނިޒާމްތަކުގައި ފުޅާ
ދާއިރާއެއްގައި ތަޠްބީޤްކުރެވޭ "ދީމްޤުރާޠީއްޔާ ނިޔާބިއްޔާ" ނުވަތަ "ރެޕްރެޒެންޓޭޓިވް ޑިމޮކްރަސީ" ގެ
ނިޒާމު ދިވެހިރާއްޖޭގައިވެސް ޤާއިމުވެފައިވާކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ
މާއްދާއިން އެނގެން އޮނަނަކަމާއި، މިގޮތުން ރައްޔިތުން މިނިވަނަކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން
މެދުވެރިކޮށް ރައްޔިތުންގެ ކަންތައް ހިންގާނެ ދުސްތޫރީ މުއައްސަސާތަކާއި އިދާރާތައް ޤާއިމުވެފައިވާކަން
އެނގެން އޮންނަކަމާ، އޭގެ ތެރެއިން އެންމެ މުހިއްމު އެއް މުއައްސަސާއަކީ ދިވެހިރާއްޖޭގެ ޤާނޫނުހެމު
ޤާނޫނުހެދުމުގެ
ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލިސްކަން އެނގެން އޮންނަ ކަމެވެ.
U OCCOC!
ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޤާނޫނުހެދުމުގެ ބާރުކަމުގައިވާ ރައްޔިތުންގެ
މަޖިލީހަކީ "ރެޕްރެޒެންޓޭޓިވް ޑިމޮކްރަސީ" ގެ އުޞޫލުން ރައްޔިތުން ތަމްސީލުކުރުމަށްޓަކައި ރައްޔިތުން
އިންތިޚާބުކޮށްފައިވާ މަޖިލީހެއްކަމުގައި ވީހިނދު، އެ މަޖިލީހުން އަދާކުރާ އެންމެހައި އިޚްތިޞާޞްތަކަކީ،
އެއީ ޤާނޫނުހެދުމުގެ އިޚްތިޞާޞްކަމުގައި ވިޔަސް، ދައުލަތުގެ ޢާންމު ބަޖެޓް ފާސްކުރުމުގެ
ސުޕްރީމް eވާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ. | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް :3008554Fax
960 + | ފޯން:Tel
3009996
960 +
ސަފްޙާ11
:
18
CC
އިޚްތިޞާޞްކަމުގައި ވިޔަސް، އަދި އެއީ ޗެކްސް އެންޑް ބެލެންސެސް' ގެ އުޞޫލުގެ މަތިން،
ސެޕްރޭޝަން އޮފް ޕަވަރސްގެ މަބްދައާ ޚިލާފުނުވާނޭ ގޮތުގެ މަތިން ސަރުކާރަށާއި ސަރުކާރުގެ އިދާރާތަކުގެ
މައްޗަށާއި މިނިވަން މުއައްސަސާތަކުގެ މައްޗަށް "ރަޤާބާ" (oversight) ކުރުމުގެ އިޚްތިޞާޞްކަމުގައި
ވިޔަސް، އެ އިޚްތިޞާޞްތައް ރައްޔިތުންގެ މަޖިލީހުން އަދާކުރާންވާނީ، ޤާނޫނުއަސާސީގެ ޙުދޫދުގެ ތެރޭގައި
އެ މަޖިލިސް ތަމްސީލުކުރާ ރައްޔިތުންނަށް އެ މަޖިލީހުގެ އިޚްތިޞާޞްތައް އަދާކުރާގޮތް އެނގެނޭ، އަދި
އެކަން ވަޒަންކޮށް ތަޤްދީމް (evaluate ކުރެވޭފަދަ ހާމަކަން ބޮޑުގޮތަކަށް ކަމާ، އެހެންނޫނީ ރައްޔިތުން
އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަމްސީލު ނުކުރެވޭ، ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ޒަރީޢާއިން
އިޞްލާޙުކޮށް، ޤާނޫނީ ދައުލަތް ނެގެހެއްޓުމަށްޓަކައި ރައްޔިތުންނަށް ލިބިގެންވާ ދިމްޤުރާޠީ ވަސީލަތް އޭގެ
އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ގެއްލިގެން ހިނގައިދާނެކަމާއި، އެކަން
އެހެންވިޔަ ނުދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ވީހައިވެސް ހާމަކަން ބޮޑުގޮތަކަށް
ތަމްސީލުކުރެވޭނެ ދުސްތޫރީ ޤާޢިދާތައް ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާކަމާއި، މިގޮތުން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އުޞޫލެއްގެ ގޮތުން އޮންނަންވާނީ ޢާންމު ހުޅުވާލެވިފައިކަން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 85 ވަނަ މާއްދާގެ (ހ) ގައި "މި
މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތުގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، އެ
މަޖިލީހުގެ ކޮމިޓީތަކުގެ ޖަލްސާތައް އޮންނާންވާނީ ޢާންމުންނަށް ހުޅުވާލެވިފައެވެ." މިފަދައިން
ބަޔާންކުރުމަށްފަހު އެ މާއްދާގެ (ށ) ގައި "ޤައުމީ ސަލާމަތަށްޓަކައި ނުވަތަ،
ރައްކާތެރިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުވަތަ ޖަލްސާއަކުން ބައެއް ނުވަތަ އެ
މަޖިލީހުގެ ކޮމިޓީއެއްގެ ޖަލްސާއެއް ނުވަތަ ޖަލްސާއަކުން ބައެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި ބޭއްވިދާނެ
އެވެ. މިފަދަ ސިއްރު ޖަލްސާއެއް ބާއްވާންވާނީ ރައްޔިތުންގެ މަޖިލީހުގެ އެ ޖަލްސާއަކަށް ނުވަތަ ކޮމިޓީގެ
އެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޢުލަބިއްޔަތުން އެ ޖަލްސާއެއް ސިއްރު
#
IU
އަމަންޢާންމު
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ، | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް :3008554Fax
960 + | ފޯން:Tel
3009996
960 +
ސަފްޙާ12
:
18
رمان کنسر
ޖަލްސާއެއްގެ ގޮތުގައި ބާއްވަން ފާސްކޮށް ންނެވެ." މިފަދައިން ކަނޑައެޅުމަށްފަހު، ހަމަ އެމާއްދާގެ (ނ)
ގައި މާއްދާގެ (ށ) އެހެން އޮތުމަކުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ޖަލްސާއެއް ނުވަތަ
ޖަލްސާއަކުން ބައެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި ބޭއްވުމާބެހޭ އިތުރު ސަބަބުތައް ޤަވާޢިދުގައި
ކަނޑައެޅުމަކަށް ހުރަހެއް ނާޅައެވެ." މިފަދައިން ކަނޑައަޅައި ބަޔާންވެގެންވާކަން އެނގެން އޮންނަކަމާއި،
އަދި މީގެ އިތުރުން، ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނޭ، އަދި އެބައިމީހުންގެ ފުރިހަމަ ބައިވެރިވުން
ލިބޭނޭ ދިމްޤުރާޠީ އުޞޫލުތައް އެކުލެވޭނޭ، ޖަވާބުދާރީވާ، ހާމަކަންބޮޑުގޮތަކަށް ރައްޔިތުންގެ މަޖިލިސް
ހިންގުމަށް ބޭނުންވާ
ފުންވާނޭ ޤަވާޢިދުތަކާއި އުޞޫލުތައް އެ މަޖިލީހުން ކަނޑައަޅަންވާނެކަމަށް ޤާނޫނުއަސާސީގެ
88 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބަޔާންވެގެންވާކަން އެނގެން އޮންނަކަމެވެ.
44 45
ހ) 4
sޑ 8
JJ1ނ
ޅ) ހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 85 ވަނަ މާއްދާގައި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، އެ މަޖިލީހުގެ ކޮމިޓީތަކުގެ ޖަލްސާތައް ޢާންމުކޮށް
ހުޅުވައިލެވިފައި އޮތުމުގެ ޢާންމު ޤާޢިދާ، ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންވެގެންވާ އުޞޫލުތަކާ
ޚިލާފަށް ޤާނޫނަކުން ވިއަސް އަދި ޤަވާޢިދަކުން ވިއަސް ތަންޒީމް ނުކުރެވޭނެކަން އެނގެން އޮންނައިރު،
ޤާނޫނު އަސާސީގެ އިސްވެދިޔަ 85 ވަނަ މާއްދާގެ (ށ) ގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، އެ
މަޖިލީހުގެ ކޮމިޓީތަކުގެ ޖަލްސާތައް ސިއްރު ޖަލްސާތަކެއްގެ ގޮތުގައި އެވޭނީ ޝަރުތެއް
ފުރިހަމަވެގެންކަމަށް ބަޔާންކޮށްފައިވާ ކަމާއި؛
ފުރަތަމަ ޝަރުތަކީ ރައްޔިތުންގެ މަޖިލީހުގެ ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގެ ޖަލްސާއެއް
ސިއްރުކުރާ ސަބަބަކީ، ޤައުމީ ސަލާމަތަށްޓަކައި ނުވަތަ، އަމަންޢާންމު ރައްކާތެރިކުރުމަށްޓަކައި ކަމަށް ވުން
ކަމާއި، މިއިން ދޭހަވަނީ ޤައުމީ ސަލާމަތާއި ނުވަތަ، އަމަންޢާންމު ރައްކާތެރިކުރުމާ ގުޅުން ހުރި
ޙާލަތްތަކެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާ، އަދި އުޞޫލެއްގެ ގޮތުގައި އެ މަޖިލީހުގެ
ކޮމިޓީތަކުގެ ޖަލްސާތައްވެސް ޢާންމުންނަށް ހުޅުވާލެވިފައި އޮތުން ލާޒިމުވެގެން
ލާޒިމުވެގެންވާކަމާއި،
އެހެންނަމަ؟
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ، | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް :3008554Fax
960 + | ފޯން:Tel
3009996
960 +
ސަފްޙާ13
:
18
COC
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ޖަލްސާތައް ސިއްރު ޖަލްސާތަކެއްގެ ގޮތުގައި ބޭއްވިދާނެ އިތުރު
ސަބަބުތައް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ކަނޑައެޅިދާނެކަމަށް، ޤާނޫނުއަސާސީގެ އިސްވެދިޔަ 85
ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ހިނދު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި އެ މަޖިލީހުގެ
ކޮމިޓީތަކުގެ ޖަލްސާތައް ސިއްރު ޖަލްސާއެއްގެ ގޮތުގައި ބޭއްވިދާނެ ޙާލަތްތަކުގެ ތެރޭގައި: 1- ޤައުމީ
ރައްކާތެރިކަމާ ޤައުމީ ސަލާމަތާގުޅޭ މަޢުލޫމާތު ހާމަކުރަންޖެހޭ ޖަލްސާއަކަށްވުން، 2- މީހެއްގެ އަބުރާއި
ރީތިނަމަށް އުނިކަން ލިބޭފަދަ ވާހަކައެއް ދެކެވޭ ޖަލްސާއަކަށް ވުން، 3- މީހަކާމެދު ޢާންމުން ދެކޭގޮތް
ބަދަލުވެދާނެފަދަ ނުވަތަ އޭނާ ކުށެއް ކުރިކަމަށް މީހުންނަށް ޤަބޫލުކުރެވޭ ފަދަ މަޢުލޫމާތު ބަދަލުކުރެވޭ
ޖަލްސާއަކަށް ވުން، 4- ޤާނޫނު ތަންފީޒުކުރެވޭ އެކިއެކި އިދާރާތަކުގެ މެދުގައި ހިންގޭ އެކިއެކި
އޮޕަރޭޝަންތަކާއި ކުރެވޭ މަސައްކަތްތަކުގެ ތަފްޞީލު ހާމަކުރަންޖެހޭ ޖަލްސާއަކަށްވާ
.އަކަށްވުން، 5- ވިޔަފާރީގެ
މުޢާމަލާތެއްގެ ނުވަތަ މާލީ މުޢާމަލާތެއްގެ ސިއްރު މަޢުލޫމާތު ހާމަކުރަންޖެހޭ
ޤާނޫނެއްގެ ދަށުން ނުވަތަ ޤަވާއިދެއްގެ ދަށުން ސިއްރު މަޢުލޫމާތެއްގެ ގޮތުގައި ހިފަހައްޓަންޖެހޭ
މަޢުލޫމާތެއް ހާމަކުރަންޖެހޭ ޖަލްސާއަކަށްވުން، ޙާލަތްތައް ހިމެނިގެންވާކަން ރައްޔިތުންގެ މަޖިލީހުގެ
ޤަވާޢިދުގެ 34 ވަނަ މާއްދާގެ (ހ) އާއި، އެ ޤަވާޢިދުގެ 108 ވަނަ މާއްދާއިން އެނގެން އޮނަކަމާއި، އަދި
ބުނެވިދިޔަ ޙާލަތްތަކަކީ، ޤާނޫނު އަސާސީގެ 85 ވަނަ މާއްދާގައި ބަޔާންވެގެންވާ ޤައުމީ ސަލާމަތާއި
ނުވަތަ، އަމަންޢާންމު ރައްކާތެރިކުރުމުގެ ޢާންމު މަފްހޫމާ ގުޅޭ ޙާލަތްތަކެއްކަން ފާހަގަކުރެވިފައިވާ ކަމާއި،
ޖަލްސާއަކަށްވުން. 6-
ދެވަނަ ޝަރުޠަކީ، ރައްޔިތުންގެ މަޖިލީހުގެ ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގެ ޖަލްސާއެއް
ސިއްރުކުރުމުގެ ކުރިން އެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޢުލަބިއްޔަތުން އެ
ޖަލްސާއެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި ބާއްވަން ފާސްކުރުންކަމާއި، މިއިން ދޭހަވަނީ ޤާނޫނު އަސާސީގެ
85 ވަނަ މާއްދާގައި ބަޔާންވެގެންވާ ޤައުމީ ސަލާމަތާއި ނުވަތަ އަމަންޢާންމު ރައްކާތެރިކުރުމާ ގުޅުން ހުރި
ޙާލަތެއްގައިވެސް، ރައްޔިތުންގެ މަޖިލީހުގެ ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގެ ޖަލްސާއެއް ސިއްރު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާވެ. | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް :3008554Fax
960 + | ފޯން:Tel
3009996
960 +
ސަފްޙާ14
:
18
ޖަލްސާއެއްގެ ގޮތުގައި ބޭއްވުން ލާޒިމުވާނީ، އެ ޖަލްސާއެއް ސިއްރުކުރުމަށް ޖަލްސާއަށް ޙާޒިރުވި
މެންބަރުންގެމެދުގައި ފާސްވެގެންކަން އެނގެން އޮންނަކަމެވެ.
44
ހ) ހަތްވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، އެ މަޖިލީހުގެ ކޮމިޓީތަކުގެ
ޖަލްސާތަކަކީ އުޞޫލެއްގެ ގޮތުގައި ޢާންމުންނަށް ހުޅުވާލެވިފައިވާ ޖަލްސާތަކަކަށް ވުމުގެ އިތުރުން، އެ
ޖަލްސާތަކަކީ، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބަޔާންކޮށްފއިވާ ގޮތުގެ މަތިން
ހާމަކަން ބޮޑުގޮތަކަށް ހިންގޭ ޖަލްސާތަކަކަށް ވުން ލާޒިމްވެގެންވާކަމާ، މިގޮތުން ރައްޔިތުންގެ މަޖިލީހުގެ
ޖަލްސާތަކުގައި ކުރެވޭ ބަޙުޘްތަކާއި، ދެކެވޭ ވާހަކަތަކާއި، ނިންމާ ނިންމުންތަކާއި، ނިންމުންތައް
ނިންމުމުގައި މެންބަރުން ވޯޓުދިންގޮތާއި، މި އެންމެހައި ކަންތައްތަކަކީ ރައްޔިތުންގެ މަޖިލިސް ހާމަކަން
ބޮޑުގޮތަކަށް ހިންގުމުގެ މަފްހޫމުގެތެރޭގައި ޝާމިލްވާކަންތައްކަމާ، އެހެންކަމުން، ރައްޔިތުންގެ މަޖިލީހުން
ނިންމާ ނިންމުންތަކާއި، ފާސްކުރާ ފާސްކުރުންތަކުގައި މެންބަރުން ވޯޓު ދިންގޮތް ނޭގޭ ފަދަގޮތަކަށް ވޯޓް
ސިއްރުކުރެވިފައި އޮތުމަކީ، ރައްޔިތުންގެ މަޖިލީސް ހިނގާގޮތުގެ ހާމަކަމާއި، ޓްރާންސް
ންސްޕޭރަންސީ
ގެއްލިގެންދާނެ ކަމެއްކަމާ، ވުމާއެކު، ރައްޔިތުންގެ މަޖިލިސް ހާމަކަން ބޮޑުގޮތެއްގައި ހިންގުމަށް
ޤަވާޢިދުތަކާއި އުޞޫލުތައް އެ މަޖިލީހުން ކަނޑައެޅުމަކީ ދުސްތޫރީގޮތުން އެ މަޖިލީހުގެ މައްޗަށް
ލާޒިމުވެގެންވާ ކަމެއްކަމުގައި ވީހިނދު، އެއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގައި ކަންތައް ނިންމުމުގައި
ނަގާ ވޯޓު ސިއްރުކުރުމަށް މަޖިލީހުގެ ޤަވާޢިދުގައި ކަނޑައެޅުމަކީ ދުސްތޫރީގޮތުން ސައްޙަކަމެއް
ނޫންކަމާއި، ދުސްތޫރުގައި ކަނޑައެޅިފައިވާ ދުސްތޫރީ ޤާޢިދާއެއް ނުވަތަ އުޞޫލެއް ވިޔަސް، ޤަދުކުރެވޭނީ
ހަމަ އެ ދަރަޖާގެ ދުސްތޫރީ ޤާޢިދާއަކުން ކަމާއި، މިގޮތުން، ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގައި
ސިއްރު ވޯޓު ނެގުން ލާޒިމުކުރާ ޙާލަތް ފިޔަވައި އެހެން ޙާލަތެއްގައި ސިއްރު ވޯޓު ނެގުމަކީ ރައްޔިތުންގެ
މަޖިލީހުގެ ޤަވާޢިދުގައި ތަންޒީމްކުރެވޭނެ ކަމެއް ނޫންކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި
ބ ނުންފަނ
ސުޕްރީމް ކަމީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ، | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް :3008554Fax
960 + | ފޯން:Tel
3009996
960 +
ސަފްޙާ15
:
18
މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމުގައި
ނާއިބުރައީސް އިންތިޚާބުކުރަންވާނީ މަޖިލީހުގެ މެންބަރުންގެ
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
) އަށްވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބުރައީސް މަޖިލީހުގެ
މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން އިންތިޚާބުކުރުން އިސްވެ އިޝާރާތްކުރެވުނު ޤާނޫނުއަސާސީގެ
82 ވަނަ މާއްދާގެ (ހ) ގައި ލާޒިމްކޮށްފައި އޮތުމުގެ މުރާދަކީ (intendment}، އެނޫން ޙާލަތްތަކުގައި
ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓު ސިއްރުކުރުން ހުއްދަވުން، ނުވަތަ ސިއްރުކުރެވޭގޮތަށް ޤަވާއިދު
ހެދުމުގެ ބާރު ލިބުން ނޫންކަމާއި، އެހެނީ ޤާނޫނުއަސާސީގައި އެއްވެސް ފަރާތަކުން ޢަމަލުކުރަންޖެހޭނެ
ޢާންމު ޤާޢިދާއެއް ނުވަތަ އުޞޫލެއް ބަޔާންކުރުމަށް ފަހު، އެ ޤާޢިދާއެއް ނުވަތަ އުޞޫލެއް ޤާއިދުކުރެވޭނީ
ސީދާ ޤާނޫނުއަސާސީގެ ނައް ޞަކުން، ނުވަތަ ޤާނޫނުއަސާސީގެ ޙުދޫދުގެ ތެރޭގައި ހެދޭ ޤާނޫނަކުން ނުވަތަ
44
ޤަވާޢިދަކުންކަމާއި، މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަންޖެހޭނެ ޢާންމު އުޞޫލަކީ
ޢާންމުންނަށް ހުޅުވާލެވިގެންކަމަށާއި، އަދި ރައްޔިތުންގެ މަޖިލީސް ހިންގުމާބެހޭ ޤަވާޢިދުތަކާއި އުޞޫލުތައް
ހުންނަންވާނީ ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނޭ، އަދި އެބައިމީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނޭ
ދިމްޤްރާޠީ އުޞޫލުތައް އެކުލެވޭނޭ، ޖަވާބުދާރީވާ، ހާމަކަން ބޮޑުގޮތަކަށް
ކަމަށް ކަނޑައަޅައި
ޤާނޫނުއަސާސީގެ 85 ވަނަ މާއްދާގެ (ހ) ގައްޔާއި، 88 ވަނަ މާއްދާގެ (ހ) ގެ (2) ގައި
ކަނޑައަޅައިފައިވާ ޢާންމު އުޞޫލުތަކާ ޚިލާފަށް ނުވަތަ އެ އުޞޫލުތައް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ
މިންވަރަށްވުރެ ބޮޑަށް ޤައިދުކުރެވޭގޮތަށް ޤާނޫނެއްވިއަސް، އަދި ޤަވާއިދެއްވިއަސް ނެހެދޭނެކަން އެނގެން
އޮންނަކަމެވެ.
އަލް އިޤްތިރާޢުލް ޢާއްމު، ނުވަތަ 'ޔުނިވަރސަލް ސަފްރެޖް' ( Universal
Suffrage) ގެ ނިޒާމުގެދަށުން ތަންޒީމްކުރެވޭ ޢާންމު އިންތިޚާބުތަކުގައި، ރައްޔިތުން ދޭ ވޯޓު ސިއްރުކޮށް
އަސާސަކީ މިޒަމާނުގެ އެންމެހައި ދުސްތޫރީ ނިޒާމުތަކުގައި އިސްތިޤްރާރުވެފައިވާ އަސާސެއް
އޮތުމުގެ
ކއކމ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް :3008554Fax
960 + | ފޯން:Tel
3009996
960 +
ސަފްޙާ18ގެ16
ru
އޭގެ މަޤްޞަދަކީ ވޯޓުދި ރައްޔިތުންނަށް، އެ ބައިމީހުންނަށް ވަޒީފާ ދޭ ފަރާތްތަކާއި އެބައިމީހުން
ނިސްބަތްވާ ޖަމާޢަތްތަ
ޖަމާޢަތްތަކުގެ ލީޑަރުންނާއި، ވެރިން ފަދަ ބާރުގަދަ ފަރާތްތަކުގެ
ނުފޫޒުންނާއި،
ބިރުދެއްކުމުންނާއި، ރިޝްވަތު ހިފުންފަދަ ފަސާދައިގެ ނުވަތަ ނާޖާއިޒު ޢަމަލުތަކުން ދުރުގައި ތިބެ ފުރިހަމަ
މިނިވަންކަމާއެކު ވޯޓު ދެވޭނެ މާޙައުލެއް ފަހިކޮށް ދިނުންކަމާ، އެހެނީ ރައްޔިތުން ފާޅުގައި ވޯޓުދޭ
އިންތިޚާބީ ނިޒާމެއްގައި ވޯޓުދޭ މީހާގެ މިނިވަންކަން ގެއްލިގެން ދިއުމުގެ ނަތީޖާއަކީ ނުފޫޒުގަދަ،
"އޮލިގާރކީ" (oligarchy) ފަންތީގެ ބައެއްގެ މަޞްލަޙަތަށްޓަކައި ދައުލަތުގެ ދިމްޤުރާޠީ ނިޒާމް ނެތިގެން
ދިއުންކަމާއި، މި ސަބަބުތަކަށް ޓަކައި ޢާންމު އިންތިޚާބުތަކާއި ވޯޓްތަކުގައި ރައްޔިތުން ދޭ ވޯޓު
ސިއްރުކުރުމަކީ ކޮންމެހެން ޟަރޫރަތްތެރިކަމެއް ކަމުގައި ވީނަމަވެސް، ޕާރލަމެންޓްތަކާއި، ރައްޔިތުން
ތަމްސީލުކުރާ އެސެމްބްލީތަކުން ކަންތައް ނިންމުމުގައި މެންބަރުންގެ މައްޗަށް ވޯޓުދިނުން ލާޒިމްވެގެންވަނީ
އުޞޫލެއްގެ ގޮތުގައި ފާޅުކޮށް ނުވަތަ ޢާންމުކޮށް ހުޅުވާލައިގެންކަމީ، މިޒަމާނުގެ ދުސްތޫރީ ނިޒާމްތަކުގެ
ޕާރލަމެންޓަރީ ޕްރެކްޓިސްތަކުގައި އިސްތިޤްރާރުވެފައިވާ ކަމެއްކަމާއި، އޭގެ ބޭނުމަކީ ރައްޔިތުންނަށް
އެބައިމީހުން ތަމްސީލުކުރުމަށްޓަކައި އިންތިޚާބުކުރާ މެންބަރުންގެ މަސައްކަތްތަކާއި ނިންމުންތަކުގެ މައްޗަށް
ރަޤާބާކޮށް ވަޒަންކޮށް، ޖެހިގެން އަންނަ އިންތިޚާބުގައި އެ މެންބަރުން އަލުން އިޚްތިޔާރުކުރުމާއި މެދު
ރައުޔެއް ޤާއިމުކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިދިނުންކަމާއި، މިޒަމާނުގެ ދުސްތޫރީ ނިޒާމްތަކުގައި
ޕާރލަމެންޓްތަކާއި އެހެނިހެން ތަމްސީލީ އެސެމްބްލީތަކުގައި ނަގާ ވޯޓަކީ ޢާންމު އުޞޫލެއްގެ ގޮތުގައި،
ޢާންމުކޮށް ހުޅުވައިލެވިގެން ދޭ ވޯޓަކަށްވީ ނަމަވެސް، ބައެއް އިސްތިސްނާއީ ޙާލަތްތަކުގައި، ޕާރލަމެންޓުގެ
ރައީސާއި ނާއިބު ރައީސް ހޮވުންފަދަ ބައެއް ޢައްޔަ
ޢައްޔަންކުރުންތަކުގައި، ޢާންމު އުޞޫލެއްގެ ގޮތުގައި ސިއްރު
ވޯޓު ނެގުމުގެ ޕްރެކްޓިސް ޤާއިމުވެގެންވާކަމާއި، އެފަދަ އިސްތިސްނާތަކުގެ މައްޗަށް ޤިޔާސްކޮށް
ޕާރލަމެންޓްތަކުން ނިންމާ، ޤާނޫނު ފާސްކުރުމާއި، ބަޖެޓް ފާސްކުރުމާއި، ޗެކްސް އެންޑް ލެންސެސް' ގެ
އުޞޫލުން ސަރުކާރާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުން ޖަވާބުދާރީކުރުވުމާއި
މިފަދަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ. | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް :3008554Fax
960 + | ފޯން:Tel
3009996
960 +
ސަފްޙާ18 17
ނިންމުންތަކާއި ގުޅިގެން ނެގޭ ވޯޓު ސިއްރުކުރެވޭ ޙާލަތްތައް ފުޅާކުރުމަކީ މިޒަމާނުގެ ޕާރލަމެންޓްތަކުގައި
ޢަމަލުކުރެވޭ ދިމްޤުރާޠީ ނިޒާމާ ބީރައްޓެހި ޕްރެކްޓިސްއެއްކަމަށް ޕަބްލިކްލޯގެ ޖުރިސްޓުން ފާހަގަކުރާކަން
އެނގެން އޮންނަކަމާއި، ބައެއް ނާދިރު ޙާލަތްތަކުގައި، ޕާރލަމެންޓްތަކުގައި ވޯޓު ސިއްރުކުރެވޭ ޙާލަތްތައް
އިސްވެ ބަޔާންކުރެވުނު މިންވަރަށްވުރެ ފުޅާކޮށް ޤާއިމުކޮށްފައިވާ ދައުލަތެއްގައި އެކަން
ޤާއިމުކޮށްފައިވަނީ އެ ދައުލަތުގެ ދުސްތޫރުން ބާރުލިބިގެންކަމުގައި ވީހިނދު، އެއަށް ޤިޔާސްކޮށް އެކަން
ޤާއިމުކުރަން ހުއްދަ ނުކުރާ ދުސްތޫރީ ނިޒާމުތަކުގެ ޕާރލަމެންޓުތަކުގައި ނަގާ ވޯޓު
ސިއްރުކުރަންވާނީ ޤާނޫނުއަސާސީގެ ޙުދޫދުގެތެރޭގައިކަން ފާހަގަކުރެވެ އެވެ.
އެގޮތަށް
އެގޮތަށް
(
ce O
އިސްވެ ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގައި ސިއްރު ވޯޓުނެގުން
ލާޒިމުކުރާ ޙާލަތްތައް ނޫން އެހެން ބައެއް ޙާލަތްތަކުގައި ސިއްރު ވޯޓުނެގުން ލާޒިމްކޮށް ރައްޔިތުންގެ
މަޖިލީހުގެ ޤަވާޢިދުގެ 167 ވަނަ މާއްދާއަށާއި، 173 ވަނަ މާއްދާއަށާއި، 177 ވަނަ މާއްދާއަށް، 03
ޑިސެމްބަރު 2012 ގައި ގެނެވުނު އިޞްލާޙަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ
މާއްދާގެ (ހ) ގެ (2) ގައި، ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނޭ، އަދި އެބައިމީހުންގެ ފުރިހަމަ
ބައިވެރިވުން ލިބޭނޭ ދިމް ޤްރާޠީ އުޞޫލުތައް އެކުލެވޭނޭ، ޖަވާބުދާރީވާ، ހާމަކަންބޮޑުގޮތަކަ ރައްޔިތުންގެ
މަޖިލިސް ހިންގުމަށް ބޭނުންވާނޭ ޤަވާޢިދުތަކާއި އުޞޫލުތައް އެ މަޖިލީހުން ކަނޑައަޅަންވާނެކަމަށް
ބުނެފައިވާ ނައްޞާ ކަނޑައެޅިގެން ޚިލާފު އިޞްލާޙެއްކަމަށާއި، އަދި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 85 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި އެ
މަޖިލީހުގެ ކޮމިޓީތަކުގެ ޖަލްސާތައް ޢާންމުންނަށް ހުޅުވާލެވިފައި އޮތުމުގެ ޢާންމު އުޞޫލު، އެއްވެސް
ދުސްތޫރީ ނުވަތަ ޤާނޫނީ އަސާސަކާއި ނުލައި ޤައިދުކޮށްފައިވާ އިޞްލާޙެއްކަމަށާއި، އަދި އެ އިޞްލާޙަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ރައްޔިތުންގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ، | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް :3008554Fax
960 + | ފޯން:Tel
3009996
960 +
ސަފްޙާ18
:
18
ސިޔާދަތާއި،
ނުއަސާސީ
ތަސީގެ 26 ވަނަ މާއްދާގެ (ށ) އިން ސާބިތުވާ ރެޕްރެޒެންޓޭޓިވް ޑިމޮކްރަސީ ގެ
އަސާސީ ޚަޞާއިޞު (characteristics) ތަކުގެ ތެރޭގައި ހިމެނޭ، ރައްޔިތުންނަށް އެބައިމީހުން
ތަމްސީލުކުރުމަށްޓަކައި އިންތިޚާބުކުރާ މެންބަރުން ޖަވާބުދާރީކުރުމަށް ހުރަސްއަޅާ އިޞްލާހެއްކަމަށް މި
މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޢުލަބިއްޔަތަށް ފާހަގަކުރެވިފައިވެ އެވެ.
އުކުމު:
އިސްވެ ބަޔާން ކުރެވުނު ސަބަބުތައް އެހެން ހުރުމާއި އެކު، 03 ޑިސެމްބަރު 2012 ގައި
ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 167 ވަނަ މާއްދާގެ (ހ) އަށް ގެނެވުނު އިޞްލާޙާއި، ރައްޔިތުންގެ
މަޖިލީހުގެ ޤަވާޢިދުގެ 173 ވަނަ މާއްދާއަށް އިތުރުކުރެވުނު (ރ) އާއި، އަދި ރައްޔިތުންގެ މަޖިލީހުގެ
ޤަވާޢިދުގެ 177
ވަނަ މާއްދާއަށް އިތުރުކުރެވުނު (ޅ) އަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއާއި ޚިލާފު ބާޠިލު އިޞްލާޙުތަކެއްކަމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
7 ފަނޑިޔާރުންގެ ތެރެއިން 6 ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ، | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް :3008554Fax
960 + | ފޯން:Tel
3009996
960 +
ސަފްޙާ 10 ގެ 1
ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާންގެ ތަފާތުވި ރަޢުޔު
މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގައި ގދ. ފިޔޯރީ، އައިސާދަރުގެ އަޙްމަދު ޞިއްދީޤް އަދި ދަފްތަރު ނަންބަރު 3569
އިބްރާހީމް ޙުސައިން ދެއްކި ވާހަކަތަކަށާއި ރައްޔިތުންގެ މަޖިލިސް (ދިވެހި ދައުލަތު) ގެ ފަރާތުން ދެއްކި
ވާހަކަތަކަށާ އަދި އެ ދެފަރާތުންމެ ހުށަހެޅި ލިޔެކިތުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ
ބެލިއިރު، އަންނަނިވި ކަންތައްތައް އަހުރެންނަށް ފާހަގަ ކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، 03 ޑިސެމްބަރު 2012 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ
ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރުންގެ މަޖިލީހުގެ
މެންބަރުން މަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓު ސިއްރު ކުރުމަށް ރައްޔިތުންގެ
މަޖިލީހުން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 167 ވަނަ މާއްދާގެ (ހ) އަށް ގެނެވުނު
އިސްލާޙާއި އެ ޤަވާޢިދުގެ 173 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރި ކުރުން އަދި އެ ޤަވާޢިދުގެ
177 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރި ކުރުން އެއީ ޣައިރު ދުސްތޫރީ ކަމެއް ކަމަށް
މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ދެފަރާތުންމެ ބުނާކަމެވެ.
މި
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ
(ނ) ގައި ބުނާ ޙާލަތެއް މެދުވެރި ވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ށ) އަދި (ށ) ގައި ބުނާ ގޮތުގެ މަތިން
ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ
މަޖިލީހަށް ހުށަހަޅާ ޤަރާރެއްގައި ސޮއިކުރުމާއި އެ ޤަރާރު ފާސްކުރުމަށް ނެގޭ ވޯޓުގައި ބައިވެރިވުމާއި އަދި
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތެރޭގައި ހިމެނުމުގެ ދުސްތޫރީ ހަމައެއް ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 10 ގެ 2
ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި
ދެފަރާތުންމެ އެދޭ ކަމެވެ.
4 22
(ނ) ތިންވަނަ ކަމަކީ، އިސްލާމީ ޝަރީޢަތުގައި އަދި ޤާނޫނުގައި މަނާކޮށްފައިވާ
ކޮށްފައިވާ ކަމުގެ ތުޙުމަތުގައި ތަޙުޤީޤު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ
މަޖިލީހުގެ ކަންކަން ނިންމުމުގައި ބައިވެރިވުމާ މެދު ދުސްތޫރީ ގޮތުން ސުޕްރީމް ކޯޓުން ގޮތެއް
ކަނޑައަޅައި ދިނުމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ދެފަރާތުންމެ އެދޭ ކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ
މާއްދާގެ (ށ) އަށް ބަލާއިރު، އެ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ
ނައިބު މަޤާމުން ވަކިކުރުން ފަދަ ކަމަކަށް ހުށަހެޅޭ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ،
ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ
ލިޔުމަކުން ކަމަށާއި އަދި އެ މާއްދާގެ (ބ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުރި މީހަކު އެ މަޤާމުން ވަކި ކުރުމަށް އެ މާއްދާގެ (ށ) ގައި
ވާގޮތުގެ މަތިން ހުށަހެޅޭ ޤަރާރެއް، ރައްޔިތުންގެ މަޖިލީހުން ފާސްވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ
ތިންބައިކުޅަ ދެބައިގެ އަޢުލަބިއްޔަތުން ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުރި މީހަކު
ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުރި މީހަކު އެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ
މަޖިލީހުން ފާސްކޮށްފިނަމަ އެ މީހަކު މަޤާމުން ވަކިވީ ކަމަށާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސިގެ
.ގެ 101 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، އެ މާއްދާގައި ބުނަނީ، ވަޒީރުންގެ މަޖިލީހުގެ
މެންބަރެއްގެ އިތުބާރުނެތްކަމަށް ފާސް ވެއްޖެކަމަށް ބަލާނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ
އަޢުލަބިއްޔަތު، އެ މެންބަރެއްގެ
އިތުބާރުނެތްކަމަށް ހުށަހަޅާ ހުށަހެޅުމަށް، ލިބުމުން ކަމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 10 ގެ 3
(ބ) ފަސްވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހުން ވަކި ކަމެއް ފާސްކުރުމަށް ނަގަންޖެހޭނީ
ސިއްރުވޯޓުކަން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައި
އެބަހުރިކަމާއި މިގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގައި ރައްޔިތުންގެ
މަޖިލީހުގެ ރައީސް އަދި އެ މަޖިލީހުގެ ނައިބު ރައީސް ހޮވުމުގައި ސިއްރު ވޯޓު ނަގަންޖެހޭނެ ކަމަށް ބުނާ
ކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ވަކި ކަމެއް ފާސްކުރުމަށްޓަކައި ނަގާ ވޯޓް އެއީ
ކޮންވައްތަރެއްގެ ވޯޓެއްކަން ބަޔާން ކޮށްފައިނުވާ ޙާލަތްތައްވެސް އެބަހުރިމާއި، މިގޮތުން ރައްޔިތުންގެ
މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އެ މަޤާމުން ވަކިކުރުމަށް ނަގާނީ ކޮންކަހަލަ
ވޯޓެއްކަން ބަޔާންކޮށްފައި ނުވާ ކަމާއި އަދި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު
މަޤާމުން ވަކިކުރުމަށް ހުށަހެޅޭ ޤަރާރަށް ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓު ނެގުމުގައި ނަގާނީ ކޮންކަހަލަ
ވޯޓެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނެފައި ނެތް ނަމަވެސް؟
ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގައި ޢަމަލު ކުރާންވީ
އުޞޫލުތައް ރައްޔިތުންގެ މަޖިލީހުގެ ހިންގުމުގެ ޤަވާޢިދުގައި ކަނޑައަޅަންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞު ބުނާ ކަމާއި އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ
އިތުބާރު ނެތްކަމަށް ނަގާ ވޯޓު ނަގާންވާނީ ވަކި ގޮތަކަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސިގައި ބުނެފައި ނެތް ކަމެވެ.
oc
(ޅ) ހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ
(ޅ) އަށް ބަލާއިރު، އެ މާއްދާގައި ބުނަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން
ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގައި ޢަމަލުކުރަންވީ
ގޮތްތަކާއި އުޞޫލުތައް ތަފުޞީލުކޮށް އެނގޭނޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހިންގުމުގެ ޤަވާޢިދުގައި
ކަނޑައަޅަންވާނެ ކަމެވެ.
2 /
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމު | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 10 ގެ 4
(ކ) ހަތްވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ހިންގުމުގެ ޤަވާޢިދަކީ ރައްޔިތުންގެ
މަޖިލީހުން ފާސްކޮށް އެ މަޖިލީހުން އޭގެ މައްޗަށް ޢަމަލު ކުރެވެމުންދާ ޤަވާޢިދެއްކަމާއި އެ ޤަވާއިދަށް
އިސްލާޙު ގެނެއުމަކީ އެ މަޖިލީހުގެ ކަމެއް ކަމާއި އެކަމުގެ ތެރެއަށް އެހެން އެއްވެސް ފަރާތަކަށް ތަދައްޚުލް
ނުވެވޭނެ ކަމެވެ.
(އ) އައްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ
މާއްދާގެ (ޅ) އިން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ކަމެއް ލާޒިމްކޮށް އެ ލާޒިމް ކުރި ކުރުމުގެ މައްޗަށް
އެ މަޖިލީހުގެ ހިންގުމުގެ ޤަވާޢިދުގައި ކަމެއް ހިމެނުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ
ކަނޑައެޅިގެން ޚިލާފްނުވާހާ ހިނދަކު، ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ޗެލެންޖް" ކުރެވިދާނެ
ކަމެއްކަމަށް އަހުރެން ނުދެކޭ ކަމެވެ.
(ވ) ނުވަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ
މާއްދާގެ (ޅ) އިން ރައްޔިތުންގެ މަޖިލީހަށް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު
މަޤާމުން ވަކިކުރުމުގައި ޢަމަލު ކުރަންވީ ގޮތަކާއި އުޞޫލުތައް ތަފްޞީލުކޮށް އެނގޭނޭގޮތަށް ރައްޔިތުންގެ
މަޖިލީހުގެ ހިންގުމުގެ ޤަވާޢިދުގައި ކަނޑައަޅަންވާނެ ކަމަށް ބުނާ ބުނުމުގެ މައްޗަށް، ރައްޔިތުންގެ
މަޖިލީހުގެ ތަޅުމުން ފާސްކޮށް އެ މަޖިލީހުގެ ޤަވާއިދުގެ 167 ވަނަ މާއްދާގެ (ހ) އަށް، އެއީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ސިއްރު
ވޯޓުނެގުން ލާޒިމުކުރާ
މުކުރާ ޙާލަތްތައް ފިޔަވައި އެހެން ޚާލަތްތަކުގައި ނަގާނީ ޢާއްމުކޮށް ހުޅުވާލެވިފައިވާ ވޯޓު
ކަމަށް ބުނެ، ގެނައި އިސްލާޚު އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 17 ވަނަ މާއްދާއަށް އަކުރެއް
އިތުރުކޮށް، އެ އަކުރު (ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 173 ވަނަ މާއްދާގެ (ރ)) ގައި، މަޖިލީހުގެ
ޤަވާޢިދުގެ 172 ވަނަ މާއްދާ އާއި އެ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގަ އާއި ރައްޔިތުންގެ
މަޖިލީހުގެ ކޮމިޓީތަކުގައި ވޯޓުނަގަންޖެހޭ ޙާލަތްތަކުގައި ނަގާނީ ސިއްރު ވޯޓު ކަމަށް ބުނެފައިވާ ބުނުމަކީ
oc
ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޑް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 10ގެ 5
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކާ އެއްވެސް ވަރަކަށް ޚިލާފު މާއްދާއެއް
ކަމަށް އަހުރެންނަށް ނުފެންނަ ކަމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 177 ވަނަ މާއްދާގެ (ބ)
ގެ ފަހަތަށް (ޅ) އިތުރުކޮށް އެ އިތުރު ކުރި މާއްދާގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ
އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގައި ރައްޔިތުންގެ މަޖިލީހުން ނަގާން ޖެހޭނީ ސިއްރު ވޯޓުކަމަށް ރައްޔިތުންގެ
މަޖިލީހުން ކަނޑައެޅި ކަނޑައެޅުމަކީވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އެއްވެސް
މާއްދާއަކާ އެއްވެސް ވަރަކަށް ޚިލާފު މާއްދާއެއް ކަމަށް އަހުރެންނަށް ނުފެންނަ ކަމެވެ.
އެކީ 0
0
02
ދީނީ0ނނށ
ހ ށ 22
4
3
(މ) ދިހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 85 ވަނަ
މާއްދާއަށް ބަލާއިރު، އެ މާއްދާގެ (ހ) ގައި ބުނަނީ، އެ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ޙާލަތުގައި
މެނުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި އެ މަޖިލީހުގެ ކޮމިޓީތަކުގެ ޖަލްސާތައް އޮންނާންވާނީ
ހުޅުވާލެވިގެންކަމަށާއި އެ މާއްދާގެ (ށ) ގައި ބުނަނީ، ޤައުމީ ސަލާމަތަށްޓަކައި ނުވަތަ،
ރައްކާތެރި ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުވަތަ ޖަލްސާއަކުން ބައެއް
ނުވަތަ އެ މަޖިލީހުގެ ކޮމެޓީއެއްގެ ޖަލްސާއެއްގެ ނުވަތަ ޖަލްސާއަކުން ބައެއް ސިއްރު ޖަލްސާއެއްގެ
ގޮތުގައި ބޭއްވިދާނެ ކަމަށާއި އެފަދަ ސިއްރު ޖަލްސާއެއް ބާއްވަންވާނީ ރައްޔިތުންގެ މަޖިލީހުގެ އެ
ޖަލްސާއަކަށް ނުވަތަ ކޮމެޓީގެ އެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން
އެ ޖަލްސާއެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި ބާއްވަން ފާސްކުރުމުންކަމަށާއި އެ މާއްދާގެ (ނ) ގައި
ބުނަނީ، އެ މާއްދާގެ (ށ) އެހެން އޮތުމަކުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގެ ޖަލްސާއެއް ނުވަތަ
ޖަލްސާއަކުން ބައެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި ބޭއްވުމާ ބެހޭ އިތުރު ސަބަބުތައް ޤަވާޢިދުގައި
ކަނޑައެޅުމަކަށް ހުރަހެއް ނެތްކަމެވެ.
(ފ) އެގާރަވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓެއް ސިއްރުކުރާން ރައްޔިތުންގެ
މަޖިލީހުން ނިންމާ ނިންމުން އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 85 ވަނަ މާއްދާގައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 10 ގެ 6
ބުނާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ސިއްރުކުރުންކަމުގައި ނުބެލެވޭކަމާއި ރައްޔިތުންގެ މަޖިލީހުގެ
ޤަވާޢިދުގެ 173 ވަނަ މާއްދާގެ ދަށުން އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 177 ވަނަ މާއްދާގެ
ދަށުން ސިއްރު ވޯޓު ނެގުނުކަމުގައި ވިއަސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ސިއްރު ނުވާނެކަމާއި
ޖަލްސާގައި ކުރާ ބަޙުސްތަކާއި، މެންބަރުން ހުށަހަޅާ ހުށަހެޅުންތަކާއި، މަޖިލީހުގެ ޤަވާޢިދުގެ ދަށުން
ޖަލްސާގައި ކުރިއަށްދާ އެންމެހައި ކަންތައްތައް ކުރިއަށް ދާނީ ހުޅުވާލެވިގެން ކަމާއި، ޖަލްސާގައި ނަގާ
ސިއްރު ވޯޓު ނެގުމަކީވެސް ހުޅުވާލެވިގެން ފާޅުކަންމަތީ ކުރިއަށް ދާނެ ޙަރަކާތެއް ކަމާއި، ވޯޓުގެ
ނަތީޖާއަކީވެސް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ވާގޮތުގެމަތީން އެހެންވެސް ޖަލްސާތަކެކޭ އެއްގޮތަށް
އެއް އުޞޫލަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރަސްމީކޮށް އިޢުލާން ކުރައްވާނެ ނަތީޖާއެއް ކަމެވެ.
(ދ) ބާރަވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެންބަރުން މައްސަލައެއްގައި
ވޯޓުލެއްވި ގޮތް ނޭނގުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 85 ވަނަ މާއްދާގައި ބުނާ
ހުޅުވާލެވިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަންޖެހޭނެ ކަމަށް ބުނާ
ބުނުމާ ޚިލާފްކަމެއް ކަމަށް އަހުރެން ނުދެކޭކަމެވެ.
ތޭރަވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީ އިން އުފައްދާފައިވާ ދިވެހި ދައުލަތުގެ ބާރެއް ކަމާއި، އެ ބާރަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނާ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން
އަންނަ އަދި އެ ބާރު ދަމަހައްޓާ ރައްޔިތުން ތަމްސީލުކުރާ ދައުލަތުގެ ބާރެއްކަމާއި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހަށް ވަރަށް ޚާއް ޞަ ބާރުތަކެއް ދީފައިވާ ކަމާއި،
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އިންތިޚާބުވެ ޢައްޔަނުވާނީ ރައްޔިތުންގެ ވިސްނުމާއި ފިކުރު
ތަމްސީލުކުރާ މީހުން ކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް މަސައްކަތް ކުރާންވާނީ
ދިވެހިރާއްޖޭގެ
ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ނަގަހައްޓާ ޤައުމަށާއި ރައްޔިތުންނަށް، ވަކިން ޙާއްސަކޮށް
2
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 10 ގެ 7
މެންބަރަކު ތަމްސީލުކުރާ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި އަދި އެ މީހުންގެ ފިކުރު ކުރިއެރުވުމަށް
ކަމާއި، އެކަންކަން ޙާޞިލުކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި
އެހިނދެއްގެ ޤައުމުގެ ޙާލަތާއި ރައްޔިތުންގެ އެދުންތަކަށް ވިސްނާ ޤާނޫނުއަސާސީއިން ރައްޔިތުންގެ
މަޖިލީހަށް ދީފައިވާ ބާރުތައް ބޭނުން ކުރުމުގައި ޙިކުމަތްތެރިކަމާ އެކު ހަރަކާތްތެރިވާން ވާނެކަމާއި
ރައްޔިތުންގެ އެދުންތައް ޙާޞިލު ކުރުމަށް ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން
ކަންކަން ކުރަމުން އަންނައިރު، އެ ކަންކަން ހުއްޓުވަން ދައުލަތުގެ އެއްވެސް ބާރަކުން ވެސް އަދި
އަމިއްލަ ފަރުދަކު ވެސް މަސައްކަތް ކުރުމަކީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަ އަދި
އެ ބާރުތައް ދަމަހައްޓާ ފަރާތް ކަމުގައިވާ ރައްޔިތުންގެ ޙައްޤަށް އުނިކަން ލިބޭނެ ކަމެއް ކަމަށް އަހުރެންނަ
ފެންނަ ހިނދު، ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ކަނޑައެޅިގެން
ޚިލާފު ނުވާހާ ހިނދަކު، އެ މަޖިލީހުގެ ހަރަކާތްތަކަށް ނުވަތަ އެ މަޖިލީހުން ކުރާކަމަކަށް ހުރަސް އެޅޭނެ
3,
ocx
5) ޑ
cccc
އެއްވެސް ކަމެއް ކޮށްގެން ނުވާނެކެމެވެ.
(ލ) ސާދަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ
މާއްދާގެ (ނ) ގައި ބުނާ ޙާލަތެއް މެދުވެރިވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބުނާ ގޮތުގެ މަތިން
ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ
މަޖިލީހަށް ހުށަހަޅާ ޤަރާރެއްގައި ސޮއިކުރުމާއި އެ ޤަރާރު ފާސްކުރުމަށް ނެގޭ ވޯޓުގައި ބައިވެރިވުމާ އަދި
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތެރޭގައި ހިމެނުމުގެ ދުސްތޫރީ ހަމައެއް ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި
ދެފަރާތުންމެ އެދޭ ކަމާއި މި ދައުވާ ހުށަހެޅި ފަރާތުން އެ ބުނަނީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ
2 /
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 10 ގެ 8
ދާއިރާގެ މެންބަރު ހ. މޮހޮރީވިލާ މުޙައްމަދު ނާޝިޒް އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ
މެންބަރު ނިއުކުއީން ޢަލީ ޢާޒިމް ގެ ވާހަކަ ކަން ދައުވާ ހުށަހެޅި ފޯމުން އެނގެން އޮންނަ ކަމެވެ.
(ގ) ފަނަރަވަނަ ކަމަކީ، ފަރުދަކާ ދޭތެރޭ ތުހުމަތެއްކޮށް އެ ފަރުދަކަށް އެކަމުގެ
އަސަރުކުރާނެ ކަމެއް ކުރާނަމަ އެކަމެއް އެމީހަކަށް އަންގަންވާނެ ކަމާއި (advance notice)، އެކަމާ
ގުޅޭގޮތުން އެ މީހަކަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމާއި (audi alteram partem)،
ނެޗުރަލް ޖަސްޓިސްގެ އަސާސީ ދެ ހަމަކަމާއި މި މައްސަލާގައި އެ ދެ ފަރުދުން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓަށް ހާޒިރު ކުރެވިފައި ނުވާކަމާ އަދި މި މައްސަލާގައި އެބުނާ ދެ ފަރުދުންނާ ގުޅޭ މައްސަލަ
އެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ކަމާއި އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:
34/SC-C/2017 (ހުށަހެޅުނު ތާރީޚް: 23 ނޮވެމްބަރ 2012) ޤަޟިއްޔާއިން ކަމާއި އެއީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނާ
ޙާލަތް މެދުވެރި ވެފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ކަމާއި އެ މައްސަލަގައި ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުން ހުކުމެއް ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މި ދެ މެންބަރުންގެ މެންބަރުކަމާއި މެދު
އުފެދިފައިވާ ސުވާލުގެ ޖަވާބު ލިބިގެންދާނެކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް މަޤާމުން
ވަކިކުރާންޖެހިއްޖެތޯ ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާއި މެދު ޚިލާފުއުފެދިއްޖެ
ހިނދެއްގައި، އެ މެންބަރެއް މަޤާމުން ވަކި ވާނީ ނުވަތަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނީ، އެ
މައްސަލައަކާ މެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާ ވަގުތުން ފެށިގެންކަން ސުޕްރީމް ކޯޓުގެ ނަންބަރު
27/SC
-
C/2009 ޤަޟިއްޔާގެ ޙުކުމުން އެނގެން އޮންނަކަމެވެ.
(ނ) ސޯޅަވަނަ ކަމަކީ، އިސްލާމީ ޝަރީޢަތުގައި އަދި ޤާނޫނުގައި މަނާކޮށްފައިވާ ކުށެއް
ކޮށްފައިވާ ކަމުގެ ތުޙުމަތުގައި ތަޙްޤީޤް ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ
މަޖިލީހުގެ ކަންކަން ނިންމުމުގައި ބައިވެރިވުމާ މެދު ދުސްތޫރީ ގޮތުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 10 ގެ 9
ދިނުމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ދެފަރާތުންމެ، އެދޭ ކަމާއި އެއީ ކާށިދޫ
ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލް ޣަފޫރު އަދި
ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްދު ރަޝީދުގެ ވާހަކަ ކަން މި ދަޢުވާ ހުށަހެޅި ފޯމުން އެނގޭ
ކަމާއި ދިވެރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ ގައި މީހަކު ކުށެއްކޮށްފިކަން،
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް
މީހެއް ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަން ކަށަވަރުކޮށްދީފައި އޮތް އޮތުމުން، ޖިނާއީ ތަހުޤީޤަކަށް ފަހު،
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް މައްސަލަ އެއް ހުށަހެޅި އެ މައްސަލައެއް ބަލާ ޙުކުމެއް ކޮށް އެ މީހަކު
ކުށްވެރިވާ ކަމަށް ކަނޑަނާޅާހާ ހިނދަކު އެ މީހެއްގެ "ސިވިކް ރައިޓްސް" ނުހިފެހެއްޓޭނޭ ކަމެވެ.
44 0¢ ¢
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެހެން ހުރުމާއެކު، ރައްޔިތުންގެ މަޖިލީހުން
ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 167 ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާޙަކީ އަދި ރައްޔިތުންގެ
މަޖިލީހުގެ ޤަވާއިދުގެ 173 ގެ (ނ) ގެ ފަހަތަށް (ރ) އިތުރު ކުރި ކުރުމަކީ އަދި ރައްޔިތުންގެ މަޖިލީހުގެ
ޤަވާޢިދުގެ 177 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) އިތުރު ކުރި ކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީ އާ ޚިލާފް ކަމެއް ނޫންކަމަށާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް މަޤާމުން
ވަކިކުރާންޖެހިއްޖެތޯ ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާއި މެދު ޚިލާފުއުފެދިއްޖެ
ހިނދެއްގައި، އެ މެންބަރެއް މަޤާމުން ވަކި ވާނީ ނުވަތަ އެ މެންބަރެއްގެ ގޮނޑި ގެއްލެނީ، އެ މައްސަލައާ
މެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާ ވަގުތުން ފެށިގެންކަން ސުޕްރީމް ކޯޓުގެ ނަންބަރު
27/SC-C/2009 ޤަޟިއްޔާއިން އެނގެން އޮންނާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:
34/SC-C/2012 ޤަޟިއްޔާ ނިމި ގޮތެއް ކަނޑައަޅަންދެން، ރައްޔިތުންގެ މަޖިލީހުގެ
އަލިފުށީ
ދާއިރާގެ މެންބަރު ހ. މޮހޮރީވިލާ މުޙައްމަދު ނާޝިޒު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ
މެންބަރު ނިއުކޮއިން ޢަލީ ޢާޒިމް އަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އަދި ވޯޓުގައި ވެސް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 10 ގެ 10
ބައިވެރިވެވޭނެ ކަމަށާއި އިސްލާމީ ޝަރީޢަތުގައި އަދި ޤާނޫނުގައި މަނާކޮށްފައިވާ ކުށެއް ކޮށްފައިވާ ކަމުގެ
ތުޙުމަތުގައި ތަޙްޤީޤް ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް އެ މީހުންގެ މައްޗަށް
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ވަކިގޮތެއް ކަނޑަނާޅާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި
އަދި ވޯޓު ގައި ވެސް ބައިވެރިވެވޭނެ ކަމަށް ބުނެ އަހުރެންގެ ރަޢުޔު އިއްވީމެވެ.
ސުޕްރީމް ކޯ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމު | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel