ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/363 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/363
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 363/HC-A/2009
އިސްތިއުނާފުކުރި ފަރާތް:
ނަން: އިސްމާޢީލް ޙުސައިން
ކާޑު ނަންބަރު: A098466
*
ދާއިމީ އެޑްރެސް: ނިޒާމް /ހދ.ކުޅުދުއްފުށި
މިހާރުގެ
އެޑްރެސް
0
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް:
، މިހާރުގެ އެޑްރެސް:
ކާޑުނަންބަރު: -
ރަޖިސްޓްރީ ތާރީޚް: 06 މުޙައްރަމް 1431
23 ޑިސެމްބަރު 2009
ނިމުނު ތާރީޚް: 20 ޖުމާދަލްއޫލާ 1433
12 އެޕްރީލް 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ޖިނާއީ ކޯޓުގެ ނަންބަރު: 2007/JC/948
ނިންމެވި ފަރާތް: ޖިނާއީ ކޯޓު
މައްސަލައިގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް، ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުން
ހުށަހެޅި ތާރީޚް: 20.06.2007
ނިމުނު ތާރީޚް: 08.11.2009
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
އިސްފަނޑިޔާރު އަޙްމަދު ޝަރީފު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/363
ދައުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/948 ޤަޟިއްޔާ، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހދ.ކުޅުދުއްފުށި (ނިޒާމް އިސްމާޢީލް
ޙުސައިންގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ
0
ފާހަގަކުރެވުނު ނުކުތާތައް:
{l
އިސްތިއުނާފުކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/948 ޤަޟިއްޔާގައި
ހދ.ކުޅުދުއްފުށި ނިޒާމް އިސްމާޢީލް ޙުސައިން ހދ.ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް
ލިބުނު މަޢުލޫމާތަކާއި ގުޅިގެން 24 މާރޗް 2007 ދުވަހުގެ 14:45 ހާއިރު އިސްމާޢީލް ޙުސައިންގެ
ފިހާރައެއް ކަމަށްވާ ހދ.ކުޅުދުއްފުށި "އެހީތެރިޔާ" ފިހާރައިގައި އިސްމާޢީލް ޙުސައިން އިންދާ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ބޭކަލުން އެތަނަށް ދުރުވެ އެތަނުގައިހުރި "އެހީތެރިޔާ އިސްމާޢީލް" ޖަހާ، ޓޭޕް އަޅާ
ބަންދުކޮށްފައިވާ ފޮށިގަނޑަކާއި ބެހޭގޮތުން ސުވާލުކުރެއްވުމުން، އެފޮށިގަނޑަކީ މީނާގެ ރައްޓެއްސަކު މީނާއަށް
ފޮނުވާފައިވާ މޭވާ ފޮށިގަނޑެއްކަމަށް އެވަގުތު އިސްމާޢީލް ޙުސައިން ބުނެފައިވާތީއާއި، މިފޮށިގަނޑާއެކު
ތިލަދުންމަތީ ދެކުނުބުރީ ޕޮލިސް ސްޓޭޝަނަށް އިސްމާޢީލް ޙުސައިން ޙާޟިރުކުރެއްވުމަށްފަހު، އެފޮށިގަނޑު
ހުޅުވާ ބެއްލެވިއިރު، އޭގެ ތެރޭގައި އޮތް ރޯއަލަނާސިގަނޑެއްގެ ފުލުގައި އިން މާގަނޑު ނައްޓާ އަލަނާސި
ގަނޑު ތެރެއަށް ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕް އަޅާ ބަންދުކޮށްފައިވާ، ގާތްގަނޑަކަށް ދޮޅު އިންޗި ދިގު،
ބައި އިންޗި ފުޅާ ވަށް އެއްޗެއް ވައްދާފައިވަނިކޮށް ފެނިފައިވާތީއާއި، އޭގައި 4.1324 ގްރާމް ހެރޮއިން
އެކުލެވިގެންވާކަމަށް އޭގެ ތަޙްލީލު ރިޕޯޓުން ދައްކާތީއާއި، އިސްމާޢީލް ޙުސައިންގެ ކުޑަކަމުދާ ތަކެތި ތަޙްލީލު
ކުރެއްވިއިރު އޯޕީއޭޓްސްއަށް ޕޮޒިޓިވް ވެފައިވާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ
4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން، އިސްމާޢީލް ޙުސައިންގެ މައްޗަށް މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާ
ދަޢުވާއާއި، އެޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިސްމާޢީލް
28
ދިވެހިރާއްa
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/363
4 އ ހ8 x
4
އެތަނަށް
0 34
OCO
ބޮހޭގެތުން،
ޙުސައިންގެ މައްޗަށް މަނާ ކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުށުގެ
ދަޢުވާ ދަޢުލަތުން ކުރައްވާފައިވާތީ، ޖިނާއީ ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "... ހދ.ކުޅުދުއްފުށި ނިޒާމް، އިސްމާޢީލް
ޙުސައިންގެ މައްޗަށް ދަޢުލަތުން ކުޅެ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ވިޔަފާރިކުރުމަށްޓަކައި
އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިބެލުމުން، އިސްމާޢީލް ޙުސައިން ހދ.ކުޅުދުއްފުއްޓަށް
މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން 24
މާރޗް 2007 ދުވަހުގެ 14:45 ހާއިރު، އިސްމާޢީލް ޙުސައިންގެ ފިހާރައެއްކަމަށްވާ ހދ.ކުޅުދުއްފުށީ
"އެހީތެރިޔާ" ފިހާރައިގައި އިސްމާޢީލް ޙުސައިން އިންދާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފުލުހުން
ނަށްގޮސް، އެތަނުގައިހުރި "އެހީތެރިޔާ އިސްމާޢީލް" ޖަހާ ޓޭޕް އަޅާ ބަންދުކޮށްފައިވާ ފޮށިގަނޑަކާ
އިސްމާޢީލް ޙުސައިންއާ ސުވާލުކުރުމުން، އެފޮށިގަނޑަކީ މީނާގެ ރައްޓެއްސަކު މީނާއަށް
ފޮނުވާފައިވާ މޭވާ ފޮށިގަނޑެއްކަމަށް އިސްމާޢީލް ޙުސައިން އެވަގުތު ބުނެފައިވާކަމަށް މިމައްސަލާގައި ހުށަހެޅި
ހެކިންގެ ހެކިބަހުން އެނގެންއޮންނާތީއާއި، އިސްމާޢީލް ޙުސައިންގެ ދިފާޢުގައި ހުށަހެޅި އަޙްމަދު އާދަމްގެ
ހެކިބަހުން ސިކަންދަރު ބޯޓުން ގެނައި ފޮށިގަނޑެއް 24 މާރޗް 2007 ދުވަހު އިސްމާޢީލް ޙުސައިންގެ
"އެހީތެރިޔާ” ފިހާރައަށް ގެންގޮސްދީފައިވާކަމާއި، އަޙްމަދު އާދަމް މިފޮށިގަނޑު "އެހީތެރިޔާ” ފިހާރައަށް
ގެންދިޔައިރު އިސްމާޢީލް ޙުސައިން އެފިހާރައިގައި ހުއްޓާ އަޙްމަދު އާދަމް މިހިރީ "އެހީތެރިޔާ" އަށް ހުރި
ފޮށިގަނޑެކޭ އިސްމާޢީލް ޙުސައިން ކައިރީގައި ބުނުމުން، އިސްމާޢީލް ޙުސައިން ފިހާރަ ތެރެއަށް
އިޝާރާތްކޮށްލާފައި ތިޔަފޮށިގަނޑު ބަހައްޓާށޭ އަޙްމަދު އާދަމް ބުނެފައިވާކަމަށް އަޙްމަދު އާދަމްގެ ހެކިބަހުން
އޮންނާތީއާއި، އިސްމާޢީލް ޙުސައިންގެ ޙާޟިރުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފުލުހުން އެފޮށިގަނޑު
ހުޅުވާ ބެލިއިރު، އޭގެ ތެރޭގައި އޮތް ރޯއަލަނާސި ގަނޑެއްގެ ތެރެއިން ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕްއޮޅާ
ބަންދުކޮށްފައިވާ ގާތްގަނޑަކަށް ދޮޅު އިންޗި ދިގު، ބައި އިންޗި ފުޅާ ވަށް އެއްޗެއް ފެނިގެން ނަގާފައިވާކަން
އިސްމާޢީލް ޙުސައިންގެ ބަހުންނާއި، ހެކިންގެ ހެކިބަހުން އެނގެން އޮތުމާއި، ފެނިފައިވާ ތަކެތީގައި
އެއްގުރާމަށްވުރެ ގިނަ ހެރޮއިން އެކުލެވިގެންވާކަމަށް ތަޙްލީލު ރިޕޯޓުން އެނގެން އޮންނާތީ، ހެކިންގެ
ހެކިބަހުންނާއި، ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ
ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި ޙަވާލާދީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން އިސްމާޢީލް ޙުސައިން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި،
މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 2 ވަނަ މާއްދާގެ (ރ) ގެ ދަށުން އިސްމާޢީލް ޙުސައިން
ޢުމުރަށް ޖަލަށްލުމަށް ޙުކުމްކޮށް، އިސްމާޢީލް ޙުސައިންގެ މައްޗަށް ދައުލަތުން ކުޅެ މަނާކުރެވިފައިވާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009HC-A/363
މަސްތުވާއެއްޗެއް
می ترسرشرم
ބޭނުޑް ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުވާވަރުގެ ހެކި ލިބިފައިނުވާތީ،
މަނާކުރެވިފައިވާ މަސްތު ބޭނުންކުރުމުގެ ކުށް އިސްމާޢީލް ޙުސައިންގެ މައްޗަށް ޝަރީޢަތަށް
ސާބިތު ޙުކުމްކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
,8
83
2 ބޑތ
eވާއެއިdއ
cccx
09ނފަބހަށް
(2
ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/948 ޤަޟިއްޔާ، އެކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހދ.ކުޅުދުއްފުށި ނިޒާމް، އިސްމާޢީލް ޙުސައިންގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 07 (ހަތެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، އިސްމާޢީލް ޙުސައިންގެ މައްޗަށް ދަޢުވާކުރެވިފައިވާ
މަނާކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކުރުމާއި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ އިސްމާޢީލް
ޙުސައިންގެ މައްޗަށް ސާބިތުވާކަމަށް ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުން ޖިނާއީ
މައްސަލައެއް ސާބިތުކުރުމުގައި ބަލަންވާ މިންގަނޑަށް އިސްމާޢީލް ޙުސައިންގެ މައްޗަށް އެކަށީގެންވާ
ޤަރީނާ ނެތި ޝަރުޢީ އަދި ޤާނޫނީ އަސާސްތަކާއި އުޞޫލުތަކާ ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، އިސްމާޢީލް ޙުސައިންގެ މައްޗަށް މަސްތުވާތަކެތި
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ދަޢުވާ ސާބިތުވާކަމަށް ކުރައްވާފައިވާއިރު،
އިސްމާޢީލް ޙުސައިންގެ އަތުން މަސްތުވާ އެއްވެސް އެއްޗެއް ފެނިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ހީކުވެ
ތިންވަނަ ނުކުތާއަކީ، މައްސަލައިގައި ފެނުނުކަމަށް ބުނާ މަސްތުވާތަކެއްޗަކީ
އިސްމާޢީލް ޙުސައިން ހިންގާ "އެހީތެރިޔާ" ފިހާރައިގައި ހުރި ޓޭޕް އަޅާ ބަންދުކޮށްފައިހުރި
ފޮށިގަނޑެއްގެ ތެރޭގައި އޮތް ރޯއަލަނާސިގަނޑެއްގެ ތެރޭގައި އޮތް އެއްޗަކަށްވާއިރު، އެފޮށިގަނޑު ހުރީ
މީހުން ވަދެ ނިކުމެވާ ފިހާރައެއްގައިކަމާއި އަދި އެފޮށިގަނޑު ފިހާރަތެރެއަށް ގެނައި މީހާ ޝަރީޢަތުގެ
ރާއްޖޭގެ ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/363
މަޖިލިހުގައި ސާބިތުކޮށް ދެވިފައިވާކަމާއި އަދި އިސްމާޢީލް ޙުސައިންއަށް އެފޮށިގަނޑު ކަނޑައި ބަލައި
އޭގައި ހުރީ ކޮން އެއްޗެއްތޯ ބެލުމުގެ ފުރުޞަތެއް ނުލިބޭތީއާއި އޭގައި މަސްތުވާތަކެތި ހުރިކަން
ނޭނގޭތީއްއި އަދި އެފޮށިގަނޑު އިސްމާޢީލް ޙުސައިން ހިންގާ ފިހާރައަށް ގެނައި އިސްމާޢީލް ޙުސައިން
ބުނެގެންކަން އެއްވެސް މީހެއްގެ ބަޔާނުން އަދި ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކައިންވެސް
އެނގެން ނެތުމާއި އެފޮށިގަނޑު އިސްމާޢީލް ޙުސައިން ހިންގާ ފިހާރައަށް ގެނައުމަށް ޙަވާލުކުރީވެސް
އިސްމާޢީލް ޙުސައިން ނުވަތަ އިސްމާޢީލް ޙުސައިންއާ ގުޅުންހުރި މީހެއްކަންވެސް އެއްގޮތަކަށްވެސް
އެނގެން ނެތުމުން އެފޮށިގަނޑުގައި މަސްތުވާ
ތުވާއެއްޗެއް ހުރިނަމަވެސް އެފޮށިގަނޑުގައި ހުރި
އެޗަކަށް އިސްމާޢީލް ޙުސައިން ޒިންމާވާންޖެހޭނެކަމަށް ޤަބޫލުނުކުރެވޭކަމަށް ބުނެ ހުށަހެޅި
ނުކުތާ.
ދ ތ ލ ތ ގ އދ ވ
މެސެންފައެއެކ
0
ހަތަރުވަނަ ނުކުތާއަކީ، މައްސަލައިގައި އިސްމާޢީލް ޙުސައިން ތަޙުޤީޤުގައި
ދީފައިވާ ބަޔާނަކީ ޤާނޫނުއަސާސީއާ ޚިލާފަށް ވަކީލެއްގެ ފުރުޞަތު ނުދީ ނަގާފައިވާ ބަޔާނެއްކަން
ޝަރީޢަތުގައި ސާފުވެފައިވާނޭކަމާއި އެބަޔާނުގެ މައްޗަށް ރިޢާޔަތްނުކުރައްވާކަމަށް ފާހަގަކުރެވޭ
ނުކުތާތަކުގައި ފާހަގަކުރައްވާފައިވީނަމަވެސް މައްސަލައިގެ ޙުކުމަށް ބަލާއިރު، ތަޙުޤީޤުގައި ޤާނޫނާ
ޚިލާފަށް ނަގާފައިވާ ބަޔާނަށް ރިޢާޔަތް ކުރައްވާފައިވާކަމަށް ބެލެވޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
ފަސްވަނަ ނުކުތާއަކީ، މައްސަލައިގައި އިސްމާޢީލް ޙުސައިންގެ މައްޗަށް ކުށް
ސާބިތުވާކަމަށް ކަނޑައެޅުމުގައި މައިގަނޑު ގޮތެއްގައި ރިޢާޔަތްކޮށްފައިވަނީ ފުލުހުންގެ ދެމީހަކު
ތަޙުޤީޤު މަރުހަލާގައި އިސްމާޢީލް ޙުސައިން ބުނިކަމަށް ބުނި އެއްޗެއްގެ މައްޗަށްކަން ޙުކުމުން
އެނގެން އޮންނަކަމާއި، މިގޮތުން "އިސްމާޢީލް ޙުސައިންއާ ސުވާލުކުރުމުން އެފޮށިގަނޑަކީ
ފޮނުވާފައިވާ މޭވާ ފޮށިގަނޑެއްކަމަށް ބުނި" ކަމަށް ފުލުހުންގެ ދެމީހަކު ބުނެފައިވާ
ބުނުމެއްގެ މައްޗަށްކަން ވަރަށް ބޮޑަށް އެނގެން އޮންނައިރު، ތަޙުޤީޤު މަރުޙަލާގައި މީހަކު ކުށަކަށް
އިޢުތިރާފުވެފައި ޝަރީޢަތުގެ މަރުޙަލާގައި އިންކާރުކޮށް ފިނަމަ، ތަޙުޤީޤުގައިވާ އިޢުތިރާފަކީ ޞައްޙަ
އިޢުތިރާފަކަށް ނުވާކަމަށް ޤާނޫނުއަސާސީގައި ސާފުކޮށް ބުނެފައިވާއިރު، އިސްމާޢީލް ޙުސައިން ތަޙުޤީޤު
ހއ ، 8
ރއeއެކު
ދިވެހިރާއްޖޭގެ
ވީ،
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2009/HC-A/363
54
މަރުޙަލާގައި ބުނި އެއްޗެއްކަމަށް ފުލުހުންގެ ތަޙުޤީޤު މަރުޙަލާގެ ބަޔާނުގައި ބުނެފައިވާ އެއްޗެއްގެ
މައްޗަށް ބަލައި ޖިނާއީ ބޮޑު ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުކުރުމަކީ ޤާނޫނުއަސާސީއާއި
ރޫޙާ ފުށުއަރާ ކަމެއްކަމުގައި ދެކޭކަމާއި، އަދި ޝަރީޢަތުގެ މަޖިލިހުގައި އިސްމާޢީލް ޙުސައިން ދީފައިވާ
ބަޔާނުގައި އަދި ފުލުހުންގެ ދެމީހުންގެ ބަޔާނުގައިވެސް އެފަދަ ވާހަކައެއް ބުނެފައިނުވާކަން
ފާހަގަކުރެވޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހަވަނަ ނުކުތާއަކީ، މިމައްސަލައަކީ އިސްމާޢީލް ޙުސައިން ހދ.ކުޅުދުއްފުއްޓަށް
މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޢާންމު ފަރާތަކުން ފުލުހުންނަށް ދީފައިވާ މަޢުލޫމާތަކާ ގުޅިގެން
ހިންގި އޮޕަރޭޝަނެއްކަމުގައި ފާހަގަކޮށްފައިވާއިރު، މިމައްސަލައިގައި މައްސަލަ ޖެހުނު ފޮށިގަނޑުގައި
މަސްތުވާތަކެތި ހުރިކަމާއި އަދި އެތަކެތި ފޮށިގަނޑުގައި ރައްކާކޮށްފައިވަނީ ކޮންގޮތަކަށްކަން ވަރަށް
ތަފްޞީލުކޮށް އެނގިފައިވާކަމަށް ފުލުހުންގެ ޙާދިސާ ރިޕޯޓާއި ފުލުހުންގެ ބަހުންވެސް ބެލެވެން
އޮތްއިރު، އެމަޢުލޫމާތު ދީފައިވަނީ ޢާންމު ފަރާތަކުންކަމަށާއި އެފަރާތެއް ފުލުހުންނަށްވެސް ނޭނގޭކަމަށް
ބުނާއިރު، އެފަދަ ތަފްޞީލު މަޢުލޫމާތެއް ދެވޭނީ އެކަމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާ މީހެއްކަމަށް
ބުއްދީގެ ހަމަތަކުން ބެލެވޭއިރު، އިސްމާޢީލް ޙުސައިންއަކީ ރަށުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ
މީހަކަށްވާތީ، ހަސަދަވެރިކަމެއްގައި ނުވަތަ ދެކޮޅުވެރިކަމެއްގައި، މިކަމަކީ ގަސްތުގައި އިސްމާޢީލް
ޙުސައިންއަށް ބޮނޑިއެއް ދިނުމުގެ މަޤްޞަދުގައި މީހަކު ނުވަތަ ބަޔަކު ކޮށްފައިވާ ޢަމަލެއްކަމަށް
ވަރަށް ބޮޑަށް ބެލެވޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހަތްވަނަ ނުކުތާއަކީ، މަތީގައި ބުނެވިދިޔަ ނުކުތާތަކަށް ބަލާއިރުވެސް
އިސްމާޢީލް ޙުސައިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި ޝައްކު އުފެދޭ ކަންތައްތަކެއް
ހުންނަކަމަށް ބުނެ ހުށަހެޅި ނުކުތާ.
(3
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/948 ޤަޟިއްޔާގެ ޝަރީޢަތް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/363
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
6 24
(ހ) ފުރަތަމަ ކަމަކީ، 24 މާރޗް 2007 ގައި އިސްމާޢީލް ޙުސައިންގެ
ފިހާރައެއްކަމަށްވާ "އެހީތެރިޔާ” ފިހާރައިގައި އިސްމާޢީލް ޙުސައިން އިންދާ ފުލުހުން އެ ފިހާރައަށް
ވަދެ، އެތަނުގައި ހުރި "އެހީތެރިޔާ، އިސްމާޢީލް" ޖަހާ ޓޭޕް އަޅާ ބަންދުކޮށްފައިވާ ފޮށިގަނޑަކާއި ބެހޭ
ގޮތުން ސުވާލުކުރުމުން، އެ ފޮށިގަނޑަކީ އިސްމާޢީލް ޙުސައިންގެ ފޮށިގަނޑެއްކަމަށާއި އަދި އެއީ
އޭނާގެ ރައްޓެއްސެއް އޭނާއަށް ފޮނުވާފައިވާ މޭވާ ފޮށިގަނޑެއްކަމަށް އެވަގުތު ބުނެފައިވާކަމާއި، އަދި
އިސްމާޢީލް ޙުސައިންއާއި ކޮންސްޓަބަލް ފަރުހަތު މުޙައްމަދުއާއި، ލާންސް ކޯރޕްރަލް މުޙައްމަދު
ޙަސަންގެ ޙާޟިރުގައި ކޮންސްޓަބަލް މުޙައްމަދު ޢަބްދުއްރަޙީމް އެ ފޮށިގަނޑު ކަނޑާ ބަލާ
ފާސްކުރަމުން ދަނިކޮށް އެ ފޮށިގަނޑު ތެރޭގައި އޮތް 9 އޮރެންޖާއި 2 ރޯ އަލަނާސިގަނޑުގެ
ތެރެއިން، އެއް ރޯ އަލަނާސިގަނޑުގެ މާގަނޑު ނައްޓާ، އަލަނާސިގަނޑުގެ ތެރެއަށް، ކަޅުކުލައިގެ
އިންސިއުލޭޝަން ޓޭޕް އަޅާ ބަންދުކޮށްފައިވާ ގާތްގަނޑަކަށް 1/2
1 އިންޗި ދިގު / އިންޗި ފުޅާ ވަށް
އެއްޗެއް ވައްދާލާފައި ވަނިކޮށް ފެނިފައިވާކަމާއި، އަދި މި ވަށް އެއްޗާއި ބެހޭ ގޮތުން ކޮންސްޓަބަލް
މުޙައްމަދު ޢަބްދުއްރަޙީމް އިސްމާޢީލް ޙުސައިންއާ ވާލުކުރުމުން، އެއީ އިސްމާޢީލް ޙުސައިންގެ
އްނޫންކަމަށާއި އެއީ ކޮންއެއްޗެއްކަމެއް އިސްމާޢީލް ޙުސައިންއަށް ނޭގޭކަމަށް ބުނެފައިވާކަމާއި،
އެހެންކަމުން، ފޮށިގަނޑާއެކު އިސްމާޢީލް ޙުސައިން ތިލަދުންމަތީ ދެކުނުބުރީ ޕޮލިސް ސްޓޭޝަނަށް
ގެންދިއުމަށް ފަހު އިސްމާޢީލް ޙުސައިންގެ ހަށިގަނޑާއި، އިސްމާޢީލް ޙުސައިންއާއެކު ގެނެވުނު
ފޮށިގަނޑާއި އޭގައިހުރި ތަކެތި އިތުރަށް ޗެކްކުރީކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް
ކޯރޕްރަލް މުޙައްމަދު ޙަސަންއާއި ކޮންސްޓަބަލް މުޙައްމަދު ޢަބްދުއްރަޙީމް 25 މާރޗް 2007 ގައި
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަކަމާއި، ލާންސް
ކޯރޕްރަލް މުޙައްމަދު ޙަސަންއާއި ކޮންސްޓަބަލް މުޙައްމަދު ޢަބްދުއްރަޙީމްއާ ދެމީހުންވެސް ޖިނާއީ
ކޯޓުގެ ނަންބަރު 2007/JC/948 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުކުރައްވާފައިވާކަމާއި،
މިދެފަރާތުންވެސް ބުނެފައިވަނީ އިސްވެ އިޝާރާތް ކުރެވުނު ބަޔާންތަކަކީ އެމީހުން ދީފައިވާ ތެދު
2285
8 މހ4
އެއްޗެއްނޫން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/363
ހދ
1 5 6
ޞައްޙަ ބަޔާންކަމަށާއި، އެ ބަޔާންތަކުގައި އެވަނީ 24 މާރޗް 2007 ގައި ކަން ހިނގާދިޔަގޮތްކަމަށް
ބުނެފައިވާކަން އެނގެންއޮންނަކަމާއި،
ލާންސް ކޯރޕްރަލް މުޙައްމަދު ޙަސަންއާއި ކޮންސްޓަބަލް މުޙައްމަދު
ޢަބްދުއްރަޙީމް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާންތަކުގައި "އެހީތެރިޔާ" ފިހާރަތެރޭގައި
ހުރި ފޮށިގަނޑާއި އޭގައިހުރި ތަކެތި ޗެކްކުރިއިރު ފެނުނު އެތީގެ އިތުރުން އެއްވެސް އެހެން އެއްޗެއް
އެ ފޮށިގަނޑު ތިލަދުންމަތީ ދެކުނުބުރީ ޕޮލިސް ސްޓޭޝަނަށް ގެންދެވުނު ފަހުން ފެނިފައިނުވާކަމަށް
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އިސްމާޢީލް ޙުސައިންގެ ކުޑަކަމުދާތަކެތީގެ ޓެސްޓެއް ހެދުނުކަމާއި އެ
ޓެސްޓުން އިސްމާޢީލް ޙުސައިންގެ ކުޑަކަމުދާތަކެތި އޯޕީއޭޓްސްއަށް ޕޮސިޓިވް ވެފައިވާކަމާއި،
މަނާކުރެވިފައިވާ މަސްތުވާ
ފިކުރުމުގެ ދަޢުވާވެސް ޖިނާއީ ކޯޓުގެ ނަންބަރު
2007/JC/948 ޤަޟިއްޔާގައި ދައުލަތުން އިސްމާޢީލް ޙުސައިންގެ މައްޗަށް އުފުލާފައިވާކަމާއި،
އެހެންނަމަވެސް އެކުށް އިސްމާޢީލް ޙުސައިންގެ މައްޗަށް ސާބިތުވެފައިނުވާކަން ބުނެވުނު ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮންނަކަމެވެ
834
އއ
هނންP/30
84
هހއިPe
ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 17/77 ( މަސްތުވާތަކެއްޗާއިބެހޭ ޤާނޫނު)
ގެ 2 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް
ދިވެހިރާއްޖޭގައި ހެއްދުމާއި، އުފެއްދުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖެއިން
ބޭރުކުރުމާއި، ވިއްކުމާއި، ގަތުމާއި، ދިނުމާއި، ވިޔަފާރީގެ ބޭނުމުގައި ގެންގުޅުމާއި، އަތުގައި
އެޓުމާއި، އަދި މިއިން ކަމެއްކުރަން އުޅުމާއި، މިއިން ކަމެއްގައި ބައިވެރިވުމަކީ ކުށެއްކަން
އެމާއްދާގައި ބަޔާންކުރެވިފައި އޮންނަކަމާއި، 2 ވަނަ މާއްދާގެ (ށ) ގައި މަނާކުރެވިފައިވާ މަސްތުވާ
އެއްގުރާމަށް ވުރެ ގިނައިން މީހެއްގެ އަތުގައި ހުރެއްޖެނަމަ ބެލޭނީ މަސްތުވާ ތަކެތީގެ
ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓީކަމަށް ބަޔާންކޮށްފައި އޮންނަކަމާއި،
ސުޕްރީމް ކޯޓުގެ ނަންބަރު 08/SC-A/2008 ޤަޟިއްޔާގައި މަސްތުވާ
އެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ، އިސްތިސްނާއެއްނެތި މުޠުލަޤު މަސްޢޫލިއްޔަތު ޤާނޫނީ ގޮތުން
އެއްޗެއް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/363
44
ހ2 26
ނުދެއްކޭހާ
އުފުލަންޖެހޭ ކުށެއްކަމާއި، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ
މަސްޢޫލިއްޔަތު އުފުލުމަށް ފުދޭ ކާފީ "ޤާނޫނީ ޤަރީނާ" އެއްކަން ޤާނޫނު ނަންބަރު 17/17
ތުވާތަކެއްޗާއިބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ނައްޞުން ކަނޑައެޅިގެން
އެނގެން އޮންނަކަމަށް އެ ޤަޟިއްޔާގައި ފާހަގަ ކުރައްވާފައިވާކަމާއި،
ސުޕްރީމް ކޯޓުގެ ނަންބަރު 07/SC
-
A/2010 ޤަޟިއްޔާގައި، ކޮންމެ
މީހަކީވެސް އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުންނަ ތަކެއްޗާއި މެދު ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި
ޒިންމާ އުފުލަންޖެހޭ މީހަކަށްވާއިރު، އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުރި އެއްޗެއްގެ ތެރެއިން
ފެނިފައިވާ މަސްތުވާތަކެއްޗާއި ބެހޭގޮތުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޒިންމާ އުފުލަންޖެހޭ
ހިނދަކު އެތަކެއްޗާއި މެދު ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި
ޖަވާބުދާރީވާންޖެހޭނީ އެމީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެންނަ މީހަކުކަން ބުނެވުނު
ޤަޟިއްޔާގައި ފާހަގަކުރައްވާފައި
ޢާންމު އުސޫލެއްގެ ގޮތުން، މަސްތުވާ ތަކެތި މީހެއްގެ ހިޔާޒަތުގައި ދަށުން
ފެނިއްޖެނަމަ އެމީހަކު ޤާނޫނީ ގޮތުން އެއެއްޗަކަށް މުޠުލަޤު މަސްޢޫލިއްޔަތު އުފުލަންޖެހޭ
މެޖެހޭނެކަން
އެނގެން އޮންނަކަމާއި، އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުރި އެއްޗެއްގެ ތެރެއިން ފެނިފައިވާ
މަސްތުވާތަކެއްޗާއި ބެހޭގޮތުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޒިންމާ އުފުލަންޖެހޭ އެހެން
ފަރާތެއް ދެއްކިއްޖެނަމަ، އެމީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެންނަމީހާ އެހުރީ
އެކުށްކޮށްފައިވާކަމާއިމެދު ޝަރުޢީ އަދި ޤާނޫނީ ގޮތުން ސުވާލު އުފެދޭފަދަ ޙާލަތެއްގައިކަމުގައި
ބެލެވޭނެކަމާއި، މިފަދަ ޙާލަތެއްގައި މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފުކަމެއްކަމަށް
ފާހަގަކުރެވޭކަމެވެ.
4 22
އޮތުމުން،
Cecc
ތިންވަނަ ކަމަކީ، އިސްމާޢީލް ޙުސައިންގެ އަތުން މަސްތުވާ އެއްވެސް އެއްޗެއް
ފެނިފައިނުވާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އިސްމާޢީލް ޙުސައިންގެ
ފަރާތުން
ބުނެފައިވާކަމާއި، މިމައްސަލައިގައި ފެނުނުކަމަށް ބުނާ މަސްތުވާއެއްޗަކީ އިސްމާޢީލް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/363
ޙުސައިން ހިންގާ "އެހީތެރިޔާ" ފިހާރައިގައި ހުރި ޓޭޕް އަޅާ ބަންދުކޮށްފައިހުރި ފޮށިގަނޑެއްގެ ތެރޭގައި
އޮތް ރޯއަލަނާސިގަނޑެއްގެ ތެރޭގައި އޮތް އެއްޗަކަށްވާއިރު، އެފޮށިގަނޑު ހުރީ މީހުން ވަދެ ނިކުމެވާ
ފިހާރައެއްގައިކަމަށާއި އަދި އެފޮށިގަނޑު ފިހާރަތެރެއަށް ގެނައި މީހާ ޝަރީޢަތުގެ މަޖިލިހުގައި
ސާބިތުކޮށްދެވިފައިވާކަމަށާއި އަދި އިސްމާޢީލް ޙުސައިންއަށް އެފޮށިގަނޑު ކަނޑައި ބަލައި އޭގައި ހުރީ
ކޮން އެއްޗެއްތޯ ބެލުމުގެ ފުރުޞަތެއް ނުލިބޭކަމަށާއި އޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭކަމަށާއި
އަދި އެފޮށިގަނޑު އިސްމާޢީލް ޙުސައިން ހިންގާ ފިހާރައަށް ގެނައި އިސްމާޢީލް ޙުސައިން ބުނެގެންކަން
އެއްވެސް މީހެއްގެ ބަޔާނުން އަދި ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކައިންވެސް އެނގެން
ނޯންނާނެކަމަށާއި އެފޮށިގަނޑު އިސްމާޢީލް ޙުސައިން ހިންގާ ފިހާރައަށް ގެނައުމަށް ޙަވާލުކުރީވެސް
އިސްމާޢީލް ޙުސައިން ނުވަތަ އިސްމާޢީލް ޙުސައިންއާ ގުޅުންހުރި މީހެއްކަންވެސް އެނގެން
ނޯންނާނެކަމަށާއި، އެފޮށިގަނޑުގައި މަސްތުވާއެއްޗެއް ހުރިނަމަވެސް އެފޮށިގަނޑުގައި ހުރި
މަސްތުވާއެއްޗަކަށް އިސްމާޢީލް ޙުސައިން ޒިންމާވާންޖެހޭނެކަމަށް ޤަބޫލުނުކުރެވޭކަމަށް އިސްމާޢީލް
ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވީނަމަވެސް،
މިމައްސަލައިގެ ވަޤާއިޢުތަކަށް ނަޒަރުކުރާއިރު، އިސްމާޢީލް ޙުސައިންގެ
ފިހާރައެއްކަމަށްވާ "އެހީތެރިޔާ" ފިހާރައިގައި އިސްމާޢީލް ޙުސައިން އިންދާ ހދ.ކުޅުދުއްފުށިމޫދުމާގެ
އަޙްމަދު އާދަމް އެ ފޮށިގަނޑު "އެހީތެރިޔާ" ފިހާރައަށް ގެންދިޔަ ކަމަށް އަޙްމަދު އާދަމް ޖިނާއީ ކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން އެނގޭކަމާއި، އެ ފޮށިގަނޑު ގެންދިޔައީ ސިކަންދަރު ބޯޓުގެ
ކެޕްޓަން، އާދަމް މަސްޢޫދު މޫސާ، އެފޮށިގަނޑު އެތަނަށް ގެންދިއުމަށް އަޙްމަދު އާދަމް ގާތު ބުނުމުން
ކަމަށާއި، ފިހާރައަށް އެ ފޮށިގަނޑު ގެންގޮސްފައި އިސްމާޢީލް ޙުސައިން ޤާތުގައި އެފޮށިގަނޑަކީ
"އެހީތެރިޔާ އަށް ހުރި ފޮށިގަނޑެއްކަމަށް ބުނުމުން، އިސްމާޢީލް ޙުސައިން އަތުން
އިޝާރާތްކޮށްލާފައި ތިތާ ބަހައްޓާށޭ ބުނިކަމަށާއި، އިސްމާޢީލް ޙުސައިން އެވަގުތުހުރީ
ކައުން އިކަމަށާއި، އަދި އަޙްމަދު އާދަމް އެތަނުގައި ހުއްޓާ އެ ފޮށިގަނޑު ނުބަލާކަމަށާއި،
ސިކަންދަރު ބޯޓުން "އެހީތެރިޔާ" ފިހާރައަށް ފޮށިގަނޑު ފަދަ ތަކެތި ނުގެންނަކަމަ
އަޙްމަދު އާދަމް ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ނ 8 *"
229 8 2
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/363
· 84
4ދ ހއ
އަންގެ
އަޙްމަދު އާދަމްއަކީ އިސްމާޢީލް ޙުސައިންގެ ފަރާތުން ޖިނާއީ ކޯޓަށް ހުށަހެޅި
ހެއްކެއްކަން ފާހަގަކުރެވޭކަމާއި، މި ހާދިސާ ހިނގިއިރު އެތަނުގައި ތިބި ދެ ފުލުހުންގެ ހެކިބަސްވެސް
ޖިނާއީ ކޯޓުގައި ނަންގަވާފައިވާކަމާއި، މިގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯރޕްރަލް
މުޙައްމަދު ޙަސަންއާއި ކޮންސްޓަބަލް މުޙައްމަދު ޢަބްދުއްރަޙީމް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ދީފައިވާ ބަޔާންތަކަށް ބެލުމުން، ފުލުހުން "އެހީތެރިޔާ" ފިހާރައަށް އެދުވަހު ގޮސް އެތަނުގައި ހުރި
"އެހީތެރިޔާ، އިސްމާޢީލް" ޖަހާ ޓޭޕް އަޅާ ބަންދުކޮށްފައިވާ ފޮށިގަނޑަކާއި ބެހޭ ގޮތުން އިސްމާޢީލް
ޙުސައިންއާ ސުވާލުކުރުމުން، އެ ފޮށިގަނޑަކީ އިސްމާޢީލް ޙުސައިންގެ ފޮށިގަނޑެއްކަމަށާއި އަދި އެއީ
ރައްޓެއްސެއް ފޮނުވާފައިވާ މޭވާ ފޮށިގަނޑެއްކަމަށް އެވަގުތު ބުނެފައިވާކަން
ފާހަގަކުރެވޭކަމުން،
"އެހީތެރިޔާ" ފިހާރައަކީ އެކި މީހުން ވަދެ ނިކުމެވާ ތަނަކަށް ވީނަމަވެސް،
24 މާރޗް 2007 ގައި އަޙްމަދު އާދަމް އެ ފޮށިގަނޑު ގެންދިޔައީ އިސްމާޢީލް ޙުސައިން
ފިހާރައިގައި އިންދާކަން އެނގޭކަމާއި، އަޙްމަދު އާދަމް އެ ފޮށިގަނޑު އިސްމާޢީލް ޙުސައިންއަށް
ޙަވާލުކުރިކަމަށް އިސްމާޢީލް ޙުސައިންވެސް އިންކާރުކޮށްފައިނުވާކަން އެނގޭކަމާއި، އަދި އެ
ފޮށިގަނޑަކީ އިސްމާޢީލް ޙުސައިން ބުނެގެން ގެންދިޔަ ފޮށިގަނޑެއްކަން އެއްވެސް މީހެއްގެ ބަޔާނުން
އަދި ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކުންވެސް އެނގެން ނޯންނާނެކަމަށް އިސްމާޢީލް
ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި،
އެފޮށިގަނޑު އިސްމާޢީލް ޙުސައިން ހިންގާ ފިހާރައަށް ގެނައުމަށް ޙަވާލުކުރީވެސް އިސްމާޢީލް ޙުސައިން
ނުވަތަ އިސްމާޢީލް ޙުސައިންއާ ގުޅުންހުރި މީހެއްކަންވެސް އެއްގޮތަކަށްވެސް އެނގެން ނޯންނާ
ންނާނެކަ
އިސްމާޢިލް ޙުސައިން ބުނެފައިވީނަމަވެސް،
ސިކަންދަރު ބޯޓުން ޢާންމުގޮތެއްގައި "އެހީތެރިޔާ" ފިހާރައަށް ތަކެތި
ނުގެންނަކަމަށް އަޙްމަދު އާދަމްވެސް ފާހަގަކޮށްފައިވާކަމާއި، އަޙްމަދު އާދަމް އެ ފޮށިގަނޑު
"އެހީތެރިޔާ" ފިހާރައަށް ގެންދިޔުމުން އެ ފޮށިގަނޑާއިބެހޭ ގޮތުން އިސްމާޢީލް ޙުސައިން އެއްވެސް
ސުވާލެއްނުކޮށް ނުވަތަ އެއްވެސް މަޢުލޫމާތެއް އޮޅުންނުފިލުވާ އެ ވަކި ތަނެއްގައި ބެހެއްޓުމަށް
/ވމިށް
ދިވެހިރާއްޖޭގެ
ހައިކޯޓް
t
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/363
2008/SC-A/08
ބުނުމުން، އެ ފޮށިގަނޑު އިސްމާޢީލް ޙުސައިން ބަލައިގެން، އިސްމާޢީލް ޙުސައިންގެ ބެލުމުގެދަށަށް
ގެނައިކަން އެނގެން އޮތުމުން،
ސުޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ބަޔާންކުރެވިފައިވާ ފަދައިން، މަސްތުވާ އެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ، އިސްތިސްނާއެއްނެތި
މުޠުލަޤު މަސްއޫލިއްޔަތު ޤާނޫނީ ގޮތުން އުފުލަންޖެހޭ ކުށެއްކަމާއި، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ މަސްޢޫލިއްޔަތު އުފުލުމަށް ފުދޭ ކާފީ "ޤާނޫނީ ޤަރީނާ"
އަކަށްވީހިނދު، އެ ފޮށިގަނޑާއި އޭގެ ތެރޭގައި ހުރި މަސްތުވާތަކެއްޗާއި ބެހޭގޮތުން ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެ މަތިން ޒިންމާ އުފުލަންޖެހޭ ފަރާތެއް އިސްމާޢީލް ޙުސައިންއަށް ދެއްކިފައިނުވުމުން،
ސުޕްރީމް ކޯޓުގެ ނަންބަރު 07/SC-A/2010 ޤަޟިއްޔާގައިވާ ފަދައިން، އެތަކެއްޗާއި މެދު
ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭނީ އެމީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި
ފެންނަ މީހާކަމުން، އެ ފޮށިގަނޑަކީ އިސްމާޢީލް ޙުސައިންގެ ހިޔާޒަތުގައި ހުރި އެއްޗަކަށްވާތީ، ޖިނާއީ
ކޯޓުގެ ނަންބަރު 2007/JC/948 ޤަޟިއްޔާގައި އެ ފޮށިގަނޑުގައި އޮތް އަލަނާސިގަނޑެއްގެ
ތެރެއިން ފެނުނު މަސްތުވާ ތަކެއްޗަކީ އިސްމާޢީލް ޙުސައިންގެ އަތުން ފެނުނު މަސްތުވާތަކެތިކަމަށް
ނިންމަވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި
މިމައްސަލަ ބެލި
ފަނޑިޔާރުންނަށް
2003ށ
2294
3
4 4ހ +
3ބލަހރތމެވެ.
ހަތަރުވަނަ ކަމަކީ، މިމައްސަލައިގައި އިސްމާޢީލް ޙުސައިން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ތަޙުޤީޤުގައި ދީފައިވާ ބަޔާނަކީ ޤާނޫނުއަސާސީއާ ޚިލާފަށް ވަކީލެއްގެ ފުރުޞަތު ނުދީ
ނަގާފައިވާ ބަޔާނެއްކަން ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/948 ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވާނޭކަމަށާއި، އެބަޔާނުގެ މައްޗަށް ރިޢާޔަތްނުކުރައްވާކަމަށް ބުނެވުނު ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވޭ ނުކުތާތަކުގައި ފާހަގަކުރައްވާފައިވީނަމަވެސް،
މައްސަލައިގެ ޙުކުމަށް ބަލާއިރު، ތަޙުޤީޤުގައި ޤާނޫނާ ޚިލާފަށް ނަގާފައިވާ ބަޔާނަށް ރިޢާޔަތް
ކުރައްވާފައިވާކަމަށް އިސްމާޢީލް ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތުސާފުކުރަމުން
ބުނެފައިވާކަމާއި،
ވީހިރާއްޖޭގެ ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/363
ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/948 ޤަޟިއްޔާގެ ޙުކުމަށް
ބަލާއިރުގައި، އިސްމާޢީލް ޙުސައިންގެ މައްޗަށް ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ
ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޙަވާލާދީ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން އިސްމާޢީލް ޙުސައިން ކުށްވެރިވެއްޖެކަމަށް
މައްސަލަ ބެއްލެވި ޤާޟީ ކަނޑައަޅުއްވާފައިވަނީ 24 މާރޗް 2007 ދުވަހު އިސްމާޢީލް ޙުސައިންގެ
"އެހީތެރިޔާ" ފިހާރައިގައި ހިނގި ހާދިސާގައި ޝަރީޢަތަށް ހެކިބަސްދީފައިވާ ފުލުހުންގެ ހެކިބަހުންނާއި،
އިސްމާޢީލް ޙުސައިންގެ ފަރާތުން ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/948 ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލިހުގައި ހުށަހެޅުމުން ޙާޟިރުކުރެވުނު އަޙްމަދު އާދަމްގެ ހެކިބަހުންނާއި، ފުލުހުން އެ ފޮށިގަނޑު
ހުޅުވާ ބެލިއިރު އޭގެ ތެރޭގައި އޮތް ރޯ އަލަނާސިގަނޑެއްގެ ތެރެއިން ކަޅުކުލައިގެ އިންސިއުލޭޝަން
ޓޭޕް އަޅައި ބަންދުކޮށްފައިވާ ގާތްގަނޑަކަށް ދޮޅު އިންޗި ދިގު، ބައި އިންޗި ފުޅާ ވަށް އެއްޗެއް
ފެނިގެން ނަގާފައިވާކަން އިސްމާޢީލް ޙުސައިންގެ ބަހުންނާއި، ހެކިންގެ ހެކިބަހާއި އަދި ގުޅިފައިވާ
ޤާރީނާތަކުގެ މައްޗަށް ބިނާކުރައްވައިގެންކަން އެ ޙުކުމުގައި ބަޔާންކުރައްވާފައި އޮތުމުން،
ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/948 ޤަޟިއްޔާގެ ޙުކުމުގައި
އިސްމާޢީލް ޙުސައިން ދީފައިވާ ހެކިބަސްކަމަށް ބަޔާންކުރައްވާފައިވަނީ ފުލުހުން އެ ފޮށިގަނޑު ހުޅުވާ
ބެލިއިރު އޭގެ ތެރޭގައި އޮތް ރޯ އަލަނާސިގަނޑެއްގެ ތެރެއިން ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕް
އަޅައި ބަންދުކޮށްފައިވާ ގާތްގަނޑަކަށް ދޮޅު އިންޗި ދިގު، ބައި އިންޗި ފުޅާ ވަށް އެއްޗެއް ފެނިގެން
ނަގާފައިވާކަމަށް އިސްމާޢީލް ޙުސައިންގެ ހެކިބަހުން އެނގެން އޮންނާތީކަން ފާހަގަކުރެވޭކަމާއި،
13
ނޮވެމްބަރ 2007 ގައި ޖިނާއީ ކޯޓަށް އިސްމާޢީލް ޙުސައިން ދީފައިވާ ބަޔާނުގައި، އިސްމާޢީލް
ޙުސައިންގެ ޙާޟިރުގައި ފުލުހުން އެފޮށިގަނޑު ބަލާ ފާސްކުރިއިރު އޭގެ ތެރެއިން ދަޢުވާގައި އެބުނާ
ތަކެތި ނަގާފައި އިސްމާޢީލް ޙުސައިންއަށް ދެއްކިކަމަށް އެ ބަޔާނުގައި އިސްމާޢީލް ޙުސައިން
ބުނެފައިވާކަން ފާހަގަކުރެވޭކަމުން، ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/948 ޤަޟިއްޔާގެ ޙުކުމުގައި
އިސްމާޢީލް ޙުސައިން ތަހުޤީޤަށް ދީފައިވާ ބަޔާނަށް ޖިނާއީ ކޯޓުން ރިޢާޔަތްކުރައްވާފައިވާކަން އެނގެން
ނޯންނަކަމެވެ.
1.42
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2009/HC-A/363
(-
ފަސްވަނަ ކަމަކީ، މައްސަލައިގައި އިސްމާޢީލް ޙުސައިންގެ މައްޗަށް ކުށް
ސާބިތުވާކަމަށް ކަނޑައެޅުމުގައި މައިގަނޑު ގޮތެއްގައި ރިޢާޔަތްކުރައްވާފައިވަނީ ފުލުހުންގެ ދެމީހަކު
ތަޙުޤީޤު މަރުހަލާގައި އިސްމާޢީލް ޙުސައިން ބުނިކަމަށް ބުނި އެއްޗެއްގެ މައްޗަށްކަން ޙުކުމުން
އެނގެން އޮންނަކަމަށް އިސްމާޢީލް ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވީނަމަވެސް،
އިސްވެ ފާހަގަކުރެވުނު ހަތަރުވަނަ ނުކުތާގައި، މިމައްސަލައިގެ އެކި
ވަޤާއިޢުތައް ޔަޤީންކުރުމަށްޓަކައި އެކި މީހުންގެ ހެކިބަހަށް ޖިނާއީ ކޯޓުން ރިޢާޔަތް ކުރައްވާފައިވާކަން
އެކޯޓުގެ ނަންބަރު 2007/JC/948 ޤަޟިއްޔާގެ ޙުކުމުން ޞަރީޙަކޮށް އެނގެންއޮންނަކަމާއި،
ލާންސް ކޯރޕްރަލް މުޙައްމަދު ޙަސަންއާއި ކޮންސްޓަބަލް މުޙައްމަދު
ޢަބްދުއްރަޙީމް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާންތަކުގައި "އިސްމާޢީލް ޙުސައިންއާ
ސުވާލުކުރުމުން އެފޮށިގަނޑަކީ ރައްޓެއްސަކު ފޮނުވާފައިވާ މޭވާ ފޮށިގަނޑެއްކަމަށް ބުނި" ކަމަށް
އެދެފުލުހުން ބުނެފައިވާ ބުނުމެއްގެ މައްޗަށް ޖިނާއީ ކޯޓުން ރިޢާޔަތް ކުރައްވާފައިވާކަމާއި، މިހެންކަމުން،
ތަޙުޤީޤު މަރުޙަލާގައި މީހަކު ކުށަކަށް އިޢުތިރާފުވެފައި ޝަރީޢަތުގެ މަރުޙަލާގައި އިންކާރުކޮށް ފިނަމަ،
ތަޙުޤީޤުގައިވާ އިޢުތިރާފަކީ ޞައްޙަ އިޢުތިރާފަކަށް ނުވާކަމަށް ޤާނޫނުއަސާސީގައި ސާފުކޮށް
ބުނެފައިވާއިރު، އިސްމާޢީލް ޙުސައިން ތަޙުޤީޤު މަރުޙަލާގައި ބުނި އެއްޗެއްކަމަށް ފުލުހުންގެ ތަޙުޤީޤު
މަރުޙަލާގެ ބަޔާނުގައި ބުނެފައިވާ އެއްޗެއްގެ މައްޗަށް ބަލައި ޖިނާއީ ބޮޑު ކުށެއްގެ ދަޢުވާ މީހެއްގެ
މައްޗަށް ސާބިތުކުރުމަކީ ޤާނޫނުއަސާސީއާއި އޭގެ ރޫޙާ ފުށުއަރާ ކަމެއްކަމާއި، އަދި ޝަރީޢަތުގެ
މަޖިލިހުގައި އިސްމާޢީލް ޙުސައިން ދީފައިވާ ބަޔާނުގައި އަދި ފުލުހުންގެ ދެމީހުންގެ ބަޔާނުގައިވެސް
އެފަދަ ވާހަކައެއް ބުނެފައިނުވާނެކަމަށް ބުނެ އިސްމާޢީލް ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ހުށަހެޅި ނުކުތާއާ ވިދިގެން،
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ތުހުމަތު ކުރެވޭ މީހާ ބުއްދި
ޝަރީޢަތުގެ މަޖިލިހުގައިވާ އިޢުތިރާފު ފިޔަވައި އެހެން އިޢުތިރާފުތަކަކީ
ހެއްކެއްކަމުގައެއް ނުބެލެވޭނެކަމާއި، މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި
ހ4ހ83މުގެ
/42ހ
Cecc >
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/363
ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެކަމެއް ނޫންކަމާއި، އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް
ޝަރީޢަތަށް ޤަބޫލުކޮށްގެން ނުވާނެކަން ބުނެވުނު މާއްދާގައި ބަޔާންކޮށްފައި އޮންނަކަމާއި،
ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/948 ޤަޟިއްޔާގައި އިސްމާޢީލް
ޙުސައިން ތަހުޤީޤަށްދިން ބަޔާނަށް އިންކާރުކޮށްފައި އޮތުމުން، އެ ބަޔާނަށް ރިޢާޔަތް ނުކުރައްވާކަމަށް
އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކުރައްވާފައިވާކަމާއި، އަދި އެ މައްސަލައިގެ
ޙުކުމުގައިވެސް އިސްމާޢީލް ޙުސައިން ތަހުޤީޤަށް ދީފައިވާ ބަޔާނަށް ރިޢާޔަތް ކުރައްވާފައިވާކަން
އެނގެން ނޯންނަކަމާއި،
ލާންސް ކޯރޕްރަލް މުޙައްމަދު ޙަސަންއާއި ކޮންސްޓަބަލް މުޙައްމަދު
ޢަބްދުއްރަޙީމް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާންތަކުގައި "އިސްމާޢީލް ޙުސައިންއާ
ސުވާލުކުރުމުން އެފޮށިގަނޑަކީ ރައްޓެއްސަކު ފޮނުވާފައިވާ މޭވާ ފޮށިގަނޑެއްކަމަށް ބުނި" ކަމަށް
ރިޢާޔަތް ކުރައްވާފައިވަނީ ބުނެވުނު ދެ ފުލުހުން "އެހީތެރިޔާ" ފިހާރައިން އެފޮށިގަނޑު ފެނުނު
ދުވަސްނޫން އަނެއް ދުވަހު، އެއީ 25 މާރޗް 2007 ގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ދީފައިވާ ބަޔާންތަކަށް ބައްލަވާފައިކަން އެނގޭކަމާއި، ލާންސް ކޯރޕްރަލް މުޙައްމަދު ޙަސަންއާއި
ކޮންސްޓަބަލް މުޙައްމަދު ޢަބްދުއްރަޙީމްއާ ދެމީހުންވެސް ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/948
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުކުރެވުނުކަމާއި، އަދި މި ދެ ފުލުހުން ޖިނާއީ ކޯޓަށް
ދިފައިވާ ބަޔާންތަކަށް ބަލާއިރު، މިދެމީހުންވެސް ބުނެފައިވަނީ އެމީހުން ތަހުޤީޤަށް ދީފައިވާ
ބަޔާންތަކަކީ ޞައްޙަ ބަޔާންކަމަށާއި، އެ ބަޔާންތަކަށް ބެލުމުން، އެ ބަޔާންތަކަކީ 24 މާރޗް 2007
ގައި "އެހީތެރިޔާ" ފިހާރައިގައި ކަންހިނގާދިޔަ ގޮތާ ގޮތުން ލާންސް ކޯރޕްރަލް މުޙައްމަދު
ޙަސަންއާއި ކޮންސްޓަބަލް މުޙައްމަދު ޢަބްދުއްރަޙީމްއާ ދެމީހުން ދީފައިވާ
އެނގެ
ނގެންއޮންނަކަމާއި، އެ ބަޔާންތަކަކީ އިސްމާޢީލް ޙުސައިން ތިލަދުންމަތީ ދެކުނުބުރީ ޕޮލިސް
ސްޓޭޝަނަށް ޙާޟިރުކުރެވުމަށްފަހު، އެތަނުގައި އިސްމާޢީލް ޙުސައިން ދައްކާފައިވާ ވާހަކަތަކާއިބެހޭ
ގޮތުން ދީފައިވާ
ބަޔާންތަކެއް ނޫންކަން އެނގެންއޮންނަކަމާއި، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް
އަމަލުކުރުމުގެ
ގޮތުން،
ތަހުޤީޤު މަރުޙަލާގައި ދީފައިވާ ބަޔާނަށް ޝަރީޢަތުގައި މީހަކު
ބެހޭގޮތް
ބަޔާންތައްކަން
etc
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
16
2009/HC-A/363
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
etc
އިންކާރުކޮށްފިނަމަ، އެ ބަޔާނަކީ ޞައްޙަ ބަޔާނެއްނޫންކަމަށް ބަލައި، އެމީހަކު ޝަރީޢަތުގެ މަޖިލިހުގައި
ދައްކާ ވާހަކަތަކަށް ކޯޓުތަކުން ރިޢާޔަތްކުރާކަމާއި،
އެހެންނަމަވެސް
ވެސް އޭގެ މާނައަކީ ތުހުމަތު ކުރެވޭ މީހާއާއި ތުހުމަތު ކުރެވުނު
ހާދިސާއާބެހޭ ގޮތުން އެތަނުގައި ތިބި އެހެންމީހުންނަށް އެކަމާއިބެހޭ ގޮތުން ޝަރީޢަތުގައި ހެކިބަސް
ނުދެވޭނެކަން ނޫންކަމާއި، މިގޮތަށް މާނަކުރަންވެއްޖެނަމަ، ތުހުމަތު ކުރެވޭ މީހާ ޝަރީޢަތުގެ
މަޖިލިހުގައި ދައްކާ ވާހަކަ ފިޔަވައި އެހެން އެއްވެސް ހެއްކަކަށް ޝަރީޢަތުން ރިޢާޔަތް
ނުކުރެވޭނެކަމާއި، އަދި މިކަންވާނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި ޚިލާފުކަމެއްކަމަށް
ޤަބޫލުކުރެވޭތީ،
މިމައްސަލައިގައި ލާންސް ކޯރޕްރަލް މުޙައްމަދު ޙަސަންއާއި ކޮންސްޓަބަލް
މުޙައްމަދު ޢަބްދުއްރަޙީމް 24 މާރޗްގައި ކަންހިނގާ ދިޔަ ގޮތާ ބެހޭ ގޮތުން މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ދީފައިވާ ބަޔާންތަކަކީ ޞައްޙަ ބަޔާންތަކެއްކަން ޖިނާއީ ކޯޓުގައި ބުނެވުނު ދެ ފަރާތް
ޙާޟިރު ކުރެއްވުމަށްފަހު، އެކަން ޔަޤީންކުރެއްވުމުން، ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/948
ޤަޟިއްޔާގައި ލާންސް ކޯރޕްރަލް މުޙައްމަދު ޙަސަންއާއި ކޮންސްޓަބަލް މުޙައްމަދު ޢަބްދުއްރަޙީމްގެ
ބަޔާންތަކަށް ރިޢާޔަތް ކުރައްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުސޫލުތަކާ އެއްގޮތަށްކަން އެނގެން
ކަމެވެ.
4 އދ 6
އނނކމ
ބ)
ހޭ2ރ
مرند میانه
ހަވަނަ ކަމަކީ، މިމައްސަލައަކީ އިސްމާޢީލް ޙުސައިން ހދ.ކުޅުދުއްފުއްޓަށް
މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޢާންމު ފަރާތަކުން ފުލުހުންނަށް ދީފައިވާ މަޢުލޫމާތަކާ ގުޅިގެން
ހިންގި އޮޕަރޭޝަނެއްކަމުގައި ފާހަގަކޮށްފައިވާއިރު، މިމައްސަލައިގައި މައްސަލަ ޖެހުނު ފޮށިގަނޑުގައި
މަސްތުވާތަކެތި ހުރިކަމާއި އަދި އެތަކެތި ފޮށިގަނޑުގައި ރައްކާކޮށްފައިވަނީ
ގޮތަކަށްކަން ވަރަށް
ތަފްޞީލުކޮށް އެނގިފައިވާކަމަށް ފުލުހުންގެ ޙާދިސާ ރިޕޯޓާއި ފުލުހުންގެ ބަހުންވެސް ބެލެވެން
އޮތްއިރު، އެމަޢުލޫމާތު ދީފައިވަނީ ޢާންމު ފަރާތަކުންކަމަށާއި އެފަރާތެއް ފުލުހުންނަށްވެސް ނޭނގޭކަމަށް
ބުނާއިރު، އެފަދަ ތަފްޞީލު މަޢުލޫމާތެއް ދެވޭނީ އެކަމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާ
ފަރާތަކަށްކަމަށް ބުއްދީގެ ހަމަތަކުން ބެލެވޭއިރު، އިސްމާޢީލް ޙުސައިންއަކީ ރަށުގައި ފުޅާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/363
ފަރާތަކުން
ދާއިރާއެއްގައި ވިޔަފާރިކުރާ މީހަކަށްވާތީ، މިކަމަކީ ހަސަދަވެރިކަމެއްގައި ނުވަތަ ދެކޮޅުވެރިކަމެއްގައި
ގަސްތުގައި އިސްމާޢީލް ޙުސައިންއަށް ބޮނޑިއެއް ދިނުމުގެ މަޤްޞަދުގައި މީހަކު ނުވަތަ ބަޔަކު
ކޮށްފައިވާ ޢަމަލެއްކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް އިސްމާޢީލް ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން،
މިމައްސަލައިގައިވާ ފަދައިން، މަސްތުވާތަކެތި ކާބޯތަކެތީގެ ތެރޭގައި
ފޮރުވައިގެން ބޯޓުފަހަރުން ގެނައުމަކީ ހދ.ކުޅުދުއްފުއްޓަށް އައުކަމެއް ނޫންކަން ފާހަގަކުރެވޭކަމާއި،
ބަލަމުން މިދާ ޤަޟިއްޔާގައި ކުރިން އިޝާރާތްކުރެވުނު ސުޕްރީމް ކޯޓުގެ ނަންބަރު
07/SC-A/2010 ޤަޟިއްޔާގައި 4 ޖޫން 2005 ގައި ހދ.ކުޅުދުއްފުއްޓަށް ދިޔަ ސިކަންދަރު
ބޯޓުން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމަށް ތިލަދުންމަތީ ދެކުނުބުރީ ޕޮލިސް ސްޓޭޝަނަށް ޢާންމު
ކުން ދިން މަޢުލޫމާތަކާއި ގުޅިގެން، މަޢުލޫމާތު ދިން ފަރާތުން ބުނި ގޮތަށް ހުރި ބިސްކޭހެއް
ހދ.ކުޅުދުއްފުށި(އުއްދަޑިމާގެ ޢަބްދުﷲ ރަޝީދު ސިކަންދަރު ބޯޓުން ބާލައިގެން ދަނިކޮށް، ޢަބްދު
ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޢަބްދުﷲ ރަޝީދު ހިފައިގެން ހުރި ބިސްކޭސް ޗެކްކުރި
ކުރުމުގައި އެ ބިސް ކޭހުގައި 1 (އެކެއް) ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ހުރިކަމާއި،
އެމައްސަލައިގައި ކަންހިނގާ ދިޔަ ގޮތަށް ބެލުމުން، ސިކަންދަރު ބޯޓުގެ ކެޕްޓަން
ހދ.ކުޅުދުއްފުށި ހިޔާފިނިގެ އާދަމް މަސްޢޫދު މޫސާ 3 ޖޫން 2005 ދުވަހު 19:00 ހާއިރު ބޯޓުގައި
އުޅެނިކޮށް ދެ ކުއްޖަކު އައިސް ބިސްކޭހެއް ޙަވާލުކޮށް، އެއަށް ނާލު ދެއްކުމަށްފަހު ހދ.ކުޅުދުއްފުށި
ހުވަފެނީއައްސޭރިއަށް ރައްދުކޮށްދިނުމަށް އެދިފައިވާކަން އާދަމް މަސްޢޫދު މޫސާގެ ބަހުން
އެނގެންއޮތްކަމާއި،
ބިސްކޭހުގައި "ހުވަފެނީއައްސޭރި" ޖަހާފައިވާކަމާއި، މިމައްސަލައިގައި
ރެވުނު ޢަބްދުﷲ ރަޝީދު ރަޖިސްޓްރީ ކުރެވިފައި އޮތީ ހދ.ކުޅުދުއްފުށި އުއްދަޑިމާގެ
އަށްކަމާއި، ޢަބްދުﷲ ރަޝީދުގެ ދައުރަކީ ހަމައެކަނި އެ ފޮށިގަނޑު ހދ.ކުޅުދުއްފުށި ހުވަފެނީއައްސޭރި
ފަތުޙުﷲ ޙަސަން ބުނެގެން ރަޙްމަތްތެރިއަކު ބުނިކަމެއް ކޮށްދިނުމުގެ ގޮތުން އެ ބިސްކޭސް ބޯޓުން
ގެންގޮސްދިނުމުގެ ގޮތުން ކުރިކަމެއް ކަމަށް ޢަބްދުﷲ ރަޝީދު ބުނެފައިވީނަމަވެސް،
އެ މައްސަލައިގައި ޢަބްދުﷲ ރަޝީދުގެ ބެލުމާއި ހިޔާޒަތުގެ ދަށަށް އެ
ބިސްކޭސް އައިގޮތް ޢަބްދުﷲ ރަޝީދުއަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ، ކޮންމެ މީހަކީވެސް
ނމ 2
3
4
3
ދަޢުވާކުރެވެ
އެގެއަށް
Cox
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/363
އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުންނަ ތަކެއްޗާއިމެދު ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި
ޒިންމާއުފުލަންޖެހޭ މީހަކަށްވާއިރު، ޢަބްދުﷲ ރަޝީދުގެ ހިޔާޒަތުގެ ދަށުގައިހުރި ބިސްކޯހުގެ ތެރެއިން
ފެނުނު މަސްތުވާތަކެއްޗާ
ވިއްޗާ ބެހޭ ގޮތުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޒިންމާ އުފުލަންޖެހޭ
ފަރާތެއް ޢަބްދުﷲ ރަޝީދުއަށް ދެއްކިފައިނުވުމުން، އެތަކެއްޗަށް ޒިންމާ އުފުލަންޖެހޭނީ އަދި
ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭނީ ޢަބްދުﷲ ރަޝީދުކަމަށް ކަނޑައަޅުއްވައި
އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާކަމާއި،
މިހާރު ބަލަމުންމިދާ މައްސަލައިގައި، އަލަނާސިގަނޑެއްގެ މާގަނޑު
ނައްޓާލާފައި އަލަނާސިގަނޑުގެ ތެރެއިން 4.1324 ގްރާމްގެ ހެރޮއިން އަޅާފައިއޮތް ކަޅުކުލައިގެ
އިންސިއުލޭޝަން ޓޭޕްއަޅާ ބަންދުކޮށްފައިވާ ގާތްގަނޑަކަށް ދޮޅު އިންޗި ދިގު، ބައި އިންޗި ފުޅާ ވަށް
އެއްޗެއް ފުލުހުން އެފޮށިގަނޑު ބަލާ ފާސްކުރިއިރު ފެނުމަކީ، ބަޔަކު އިސްމާޢީލް ޙުސައިންއަށް
ބޮނޑިއެއް ދިނުމުގެ މަޤްޞަދުގައި ކުރިކަމެއްކަން ދައްކުވައިދޭ ޤާނޫނީ ނުވަތަ ޝަރުޢީ
ހުއްޖަތެއްނޫންކަން އެނގެން އޮންނަކަމެވެ.
ލ ލ ލ ގ އ މގ އ ދވ
އެމްއެކު*
ވީމާ، އިސްވެ ފާހަގަކުރެވުނު ޤާނޫނީ އަދި ޝަރުޢީ ކަންކަން އެގޮތަށް
އިސްމާޢީލް ޙުސައިންގެ މައްޗަށް ދަޢުވާކުރެވިފައިވާ މަނާކުރެވިފައިވާ މަސްތުވާތަކެތި
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ އިސްމާޢީލް ޙުސައިންގެ މައްޗަށް ސާބިތުވާކަމަށް
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުން ޖިނާއީ މައްސަލައެއް ސާބިތުކުރުމުގައި ބަލަންވާ
މިންގަނޑަށް، އިސްމާޢީލް ޙުސައިންގެ މައްޗަށް އެކަށީގެންވާ ހެއްކާއި ޤަރީނާ ހުރެ، ޝަރުޢީ އަދި ޤާނޫނީ
އަސާސްތަކާއި އުޞޫލުތަ
ލުތަކާ އެއްގޮތަށްކަމަށް މިމައްސަލަބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
0
ޙުކުމް:
ޖިނާއީ ކޯޓުގެ
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު،
ނަންބަރު 2007/JC/948 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ހދ.ކުޅުދުއްފުށި ނިޒާމް އިސްމާޢީލް
ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ޖިނާއީ ކޯޓުގެ އިސްވެ ބަޔާންކުރެވުނު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/363
ޤަޟިއްޔާއަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް ފެންނާތީ، ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/948 ޤަޟިއްޔާ ތާއީދުކޮށް،
މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv