ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/202 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A2 02
بماند التمر الاسیم
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 202/HC-A/2015
އިސްތިއުނާފު ކުރިފަރާތް:
* ނަން: ބާޞިތު އިބްރާޙީމް
ދާއިމީ އެޑްރެސް: އަލިމަސްގެ / ސ.ހިތަދޫ
* އައިޑީކާޑު ނަންބަރު: A022072
މިހާރުގެ އެޑްރެސް: މ.ނާޒިލް / މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ޕީ.ޖީ. އޮފީސް | މާލެ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 24 މެއި 2015
ނިމުނު ތާރީޚް: 28 މެއި 2015
އިސްތިއުނާފު ކުރެވުނު ކޯޓު އަމުރު.
* ނަންބަރު:2015
/
3713/J
(
MD-145
* ކޯޓު: ކްރިމިނަލް ކޯޓު
*ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
ނިންމެވި ތާރީޚް: 17 މެއި 2015
0
، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު،
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/202
ދައުވާގެ ޚުލާޞާ:
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3713(J(MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ސ.ހިތަދޫ، އަލިމަސްގެ | ބާޠު އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3713(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ސ.ހިތަދޫ، އަލިމަސް | ބާޞިޠު އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
އެކޯޓު އަމުރަކީ
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3713(J(MD-145 ކޯޓު އަމުރަށް ބަލާއިރު،
ހިތަދޫ، އަލިމަސްގެ/ ބާޞިޠު އިބްރާހީމްގެ މައްޗަށް ޓެރަރިޚަމް، އަމުރަށް
ނުކިޔަމަންތެރިވުން، ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، 17 މެއި 2015
ދުވަހު 15:45 އިން ފެށިގެން 24 މެއި 2015 ދުވަހު 15:44 އަށް، 07 (ހަތެއް) ދުވަހުގެ މުއްދަތަށް
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބާޠު އިބްރާހީމް ބަންދުކޮށްފައި
އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަމާއި، އެއަމުރު ނެރުއްވި ސަބަބަކީ، މުޖުތަމަޢުގެ ސަލާމަތާއި
ރައްކާތެރިކަމަށްޓަކައިކަން އެނގެން އޮންނަކަމެވެ.
ޑ 8
3
02
ބެހެއްޓުމަށް
ދިވެހިރާއްޖޭގެ
އައިކޯޓް
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv
ދިވެހިރާއްޖެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/22
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3713(J(MD-145 ކޯޓު އަމުރު އިސްތިއުނާފު
ހިތަދޫ، އަލިމަސްގެ/ ބާޞިޠު އިބްރާހީމްގެ ފަރާތުން 04 (ހަތަރެއް ނުކުތާ ހުށަހަޅައި، އެ
ނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ކުރުމަށް ސ.
cc
04- ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3713(J(MD-145 ކޯޓު އަމުރު އިސްތިއުނާފު
ހިތަދޫ، އަލިމަސްގެ/ ބާޞިޠު އިބްރާހީމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ
ގޮތުން އޭނާގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ފާހަގަކުރެވިފައިވެއެވެ.
މ 4 ހއ ހއ
ކަންeއeއ
ކުބެ58
ގޮތެއް ނިންމުމުގެ
(ހ) ފުރަތަމަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަކީ ކުށެއްގެ ތުހުމަތުގައިވާ މީހާ ހައްޔަރުގައި ނުވަތަ ބަންދުގައި
ބެހެއްޓުމުގެ އަމުރު ނެރުއްވުމުގައި ފަނޑިޔާރު ބައްލަވަންޖެހޭނެ ކަންކަން ބަޔާންކޮށްފައިވާ މާއްދާތަށް ކަމާއި،
މިގޮތުން އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް
ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް،
ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެ ހިނދެއްގައި އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމާއި،
އަދި އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ
ދިވެހިރާއްa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv
4
2015/HC-A/22
433ދs
ތާކީ eeކ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށް ބެލުމުން
އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު
9 ވަނަ ނަންބަރުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު
ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެޙާދިސާ ތަޙްޤީޤުކުރުމުގައި
ހުރީ ކިހާމިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ
ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ
ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، ހެކިތަކާކުޅެ ހެކިތައް
ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ބަޔާންކުރައްވާފައިވާކަ
(29އ)
ބަޔާންކު
ދ28 29
مے سرا
44
އެމާއްދާގައި ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް
އިންކޮށްފައިވާ ކަންކަން
ކުރުމަކީ
ބަންދާއިމެދު
ގޮތެއް ނިންމުމުގެ މައްސަލައާއިއެކު ހުށަހެޅޭ އެންމެހައި ހެކި ޤަރީނާތަކާއި ދައްކާ ވާހަކަތަކުގެ
މައްޗަށް ބިނާކޮށް ބަންދާއިމެދު ގޮތެއް ނިންމުމުގެ މައްސަލަ ބައްލަވާ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން
އެކަންކަން ވަޒަންކުރުމަށް ދޫކޮށްލެވިފައިވާ ކަންތައްތަކެއްކަމާ
ކަންތައްތަކެއްކަމާއި، އަދި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުންގެ ބަންދުގެ މައްސަލަތަކުގައި ކޯޓަށް ހެކި ހުށަހަޅަންޖެހޭނީ ކުށެއްކުރިކަން ސާބިތުވާ މިންވަރުގެ އެކި
ޤަރީނާ ނޫންކަމަށާއި، އެފަދަ މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކުށެއް ކުރިކަމުގެ
ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ޤަރީނާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 263/HC
-
A/2012
ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ސ.ހިތަދޫ، އަލިމަސް | ބާޞިތު އިބްރާހީމް ހައްޔަރުކޮށްފައިވަނީ
2015 މެއި 01 ވަނަ ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ބޭނުންކުރަމުންދިޔަ ރަޖިސްޓްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/22
ނަންބަރު އޭސީ.ޒީރޯ.އޭ | 1318 ޓީ ލޮރީގައި މީނާ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިދާގޮތަށް
ބާރު ދުވެއްޔެއްގައި ދަތުރުކުރަމުން، ބޮޑުތަކުރުފާނުމަގު މަސްމާރުކޭޓް ސަރަހައްދުގައި ސަލާމަތީކަންކަން
ބަލަހައްޓަމުންދިޔަ ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައިގޮސް ޗާންދަނީމަގައި އަމީރުއަޙްމަދު މަގާއި ގުޅުނު
ހިސާބުގައި ޖަހާފައިވާ ބެރިކޭޑްތައް ފޫއަޅުވާލައި، އެސަރަހައްދުގައި އަމަން ބަލަހައްޓަމުން ދިޔަ ފުލުހުންގެ
ފުރާނައަށް ނުރައްކާވާފަދަ ނުރައްކާތެރި ގޮތަކަށް ދުއްވާފައިގޮސް ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ
މުޖުތަމައުގެ ޢާއްމު ސަލާމަތް ގެއްލުވާލާފައިވާ މައްސަލާގައިކަމާއި، ބާޞިޠު އިބްރާހީމް ބަންދުކޮށްފައި
ބަހައްޓަން ބޭނުންވަނީ އެކަމުގެ ސަބަބުން މުޖުތަމަޢުގައި ދިރިއުޅޭ މީހުންގެ ހިތްތަކުގައި ބިރުވެރިކަން
އުފެދިފައިވުމުގެ ސަބަބުންނާއި، ވާޞިތު އިބްރާހީމް ދޫކޮށްލައިފިނަމަ ބާޞިތު އިބްރާހީމްގެ ފުށުން މިފަދަ
ކުށުގެ ޢަމަލެއް ތަކުރާ
ކުރާރުކޮށްފާނެކަމަށް ބެލެވޭތީވެ، މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް
ކުރިމަތިވެދާނެކަމަށްޓަކައިކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 128523/MF ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ކުށެއްގެ ތަޙްޤީޤު ނިމި ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހަށް ފޮނުވާ މައްސަލައެއްގައި، ހިމެނޭ ފަރާތެއް ބަންދުގައި އިތުރަށް ބަހައްޓަންޖެހޭކަން ނުވަތަ ނޫންކަމަށް
ކަނޑައަޅާނީ ޕްރޮސިކިއުޓަރ ޖެނެރަލް ކަމާއި، އެފަދަ ފަރާތެއް ބަންދުގައި އިތުރަށް ބަހަށްޓަންޖެހޭކަމަށް
ކަނޑައަޅާނީ އެމައްސަލަ ތަޙްޤީޤު ކުރި ފަރާތުން ނޫންކަން ޖިނާއީ އިޖްރާއާތުގެ އުސޫލުތަކަށް ބެލުމުން
އެނގެން އޮންނަކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 84/HC
-
A/2013 ޤަޟިއްޔާގައި
ކަނޑައަޅާފައިވާކަމާއި،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަޢުވާ ކުރުމަށްޓަކައި ފޮނުވާ މައްސަލައެއްގައި ތުހުމަތު
ކުރެވޭ މީހާ ބަންދުގައި އިތުރަށް ބަހައްޓަން ބޭނުންވާ ސަބަބެއް އޮތްނަމަ،
އޮތްނަމަ، އެ ކަމުގެ މައްޗަށް ރިޢާޔަތްކޮށް
އެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށްޓަކައި ފަނޑިޔާރަކަށް ހުށަހެޅުމަށް ނިންމާނީ ޕްރޮސިކިޒުޓަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/22
ޖެނެރަލްކަން އެނގޭކަމާއި، އެގޮތަށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ
މައްސަލައަކީ ދަޢުވާ ހުށަހެޅިފައިނުވާ މައްސަލައެއްނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ނިންމުމުގެ މައްޗަށް
ބިނާކޮށް، މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެ މައްސަލަ ތަޙްޤީޤުކުރި
ފަރާތަށް ކޯޓަށް ހުށަހެޅި ދާނެކަމާއި، އަދި އެގޮތަށް އެދޭއިރު، އެމީކު ބަންދުގައި ބެހެއްޓުމަށް އެދެނީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިގެންކަން ސާބިތުކޮށް ދިނުމަކީ އެ މީހެއްގެ ބަންދުގެ މުއްދަތު
އިތުރުކޮށް ދިނުމަށް އެދޭ ފަރާތުގެ ޒިންމާއެއްކަމާއި، އަދި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހެއްގެ
މައްޗަށް ކުރެވޭ ދަޢުވާ ކޯޓަށް ހުށަހަޅާފައިވާނަމަ، އެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދި
ހުށަހަޅަންވާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
156/HC-A/2014 ޤަޟިއްޔާއިން ކަނޑައަޅާފައިވާކަން އެނގެން އޮންނަކަމެވެ.
.
(ރ) ހަތަރުވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3713(J
(
MD-145 ކޯޓު
އަމުރުގައި ހިތަދޫ، އަލިމަސްގެ | ބާޞިޠު އިބްރާހީމް ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބަކީ
ބާޠު އިބްރާހީމްގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައިކަން
އެނގޭއިރު، މިމައްސަލައިގެ ބާވަތަށާއި، ކަން ހިނގިގޮތް ކަމަށް ބަޔާންކުރާ ގޮތުގެ މައްޗަށާއި މުޅި
މައްސަލައިގެ ވަށައިގެންވާ އެހެނިހެން ކަންތައްތަކުގެ މައްޗަށް ބެލުމުން، އިސްތިއުނާފު ކުރެވިފައިމިވާ
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު ނެރުއްވިއިރު، ބާޞިޠު އިބްރާހީމް ބަންދުން ދޫކޮށްލައިފިނަމަ، މުޖްތަމަޢުގެ
ހަމަޖެހުމާއި ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އިޙްތިމާލު އޮތްކަމަށް ބެލެވެން އޮންނަކަމެވެ.
އެހެންކަމުން،
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ކްރިމިނަލް
ކޯޓުގެ ނަންބަރު 2015
/
3713/J
(
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަން ޖެހޭފަދަ ޝަރުޢީ އަދި
ޤާނޫނީ ސަބަބެއްނެތްކަމަށެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/22
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3713(J
(
MD-145 ކޯޓު އަމުރަށް ބަދަލު
ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv