ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/98 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/98
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު:98/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު އަޙްމަދު
* އައި.ޑީ ކާރޑް ނަންބަރ: A086381
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު ރސ 6158 | މާލެ
މިހާރުގެ އެޑްރެސް: ފ.އެދުރުވެހި، 3ވަނަ ފަންގިފިލާ، ވިލިމާލެ
• އިސްތިއުނާފު ރައްދުވި ފަރާތް
ނަން: ސިވިލް ސަރވިސް ކޮމިޝަން
ދާއިމީ އެޑްރެސް: ހ.ވެލާނާގެ، 12 ވަނަ ފަންގިފިލާ | މާލެ
މިހާރުގެ އެޑްރެސް: ހ.ވެލާނާގެ، 12 ވަނަ ފަންގިފިލާ / މާލެ
. ރަޖިސްޓްރީ ކުރެވުނު ތާރީޚް: 10 މާރިޗް 2015
ނިމުނު ތާރީޚް: 16 ސެޕްޓެމްބަރު 2015
•އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/VTR/117
.ނިންމެވި ޓްރައިބިއުނަލް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
،މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
• ހުށަހެޅި ތާރީޚް: 27 އޮގަސްޓް 2014 * ނިމުނު ތާރީޚް: 05 ނޮވެމްބަރު 2014
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޢަބްދު
ދިވެހިރާa
ޢަޢިކާޑު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޖާޢު ޢުޘްމާން،
ދަޢުވާގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
ޘާބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/98
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/117 މައްސަލަ އެ
ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ
އެމައްސަލަ އިސްތިއުނާފު ކުރުމަށް ދަފްތަރު ނަންބަރު ރސ މުޙައްމަދު އަޙްމަދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
6158
cu o
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަނެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
1- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/117 މައްސަލަ އެޓްރައިބިއުނަލުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު
ކުރުމަށް ދަފްތަރު ނަންބަރު ރސ 16158 މުޙައްމަދު އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
-2
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/117 މައްސަލައިގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ މައްސަލައަކީ މުޙައްމަދު އަޙްމަދު، ދަފްތަރު ނަންބަރު ރސ 6158،
2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ލ. މާވަށު ސްކޫލްގެ ޕްރިންސިޕަލްގެ
މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ދުވަހު އޭނާ
އަދާކުރަމުންދިޔަ މަޤާމުގެ ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގެ ކުރިން ޤާއިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖްރާޢީ ޢަދުލުވެރިކަން ޤާއިމްކުރުމަކާނުލައި
ކަމަށްވާތީ، އޭނާ ކުރިން އަދާކުރަމުންދިޔަ ވަޒީފާ އަލުން ހަމަޖައްސައިދިނުމަށް އެދި ސިވިލް ސާރވިސް
ކޮމިޝަނަށް ރައްދުވާ ގޮތަށް، 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު، ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް މުޙައްމަދު އަޙްމަދު ހުށަހެޅުމުން ބެލެވުނު މައްސަލައެއްކަމާ
އއކމއ،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/98
އެ މައްސަލަ ނިންމަވާފައިވަނީ ދަފްތަރު ނަންބަރު ރސ 6158/ މުޙައްމަދު އަޙްމަދު، ލ.
މާވަށު ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމުގައި 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުން
ފެށިގެން ވަޒީފާ އަދާކުރަމުންދަނިކޮށް، 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އޭނާ
އަދާކުރަމުންދިޔަ މަޤާމުގެ ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމްކުރަންޖެހޭ
މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމްކުރުމަކާނުލައި ކަމަށްވާތީ، އޭނާއަކީ ވަޒީފާއިން
ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި، ކުރިން ހުރި މަޤާމް ލިބިދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ
މައްޗަށް އަމުރުކޮށްދިނުމަށް އެދި، ސިވިލް ސަރވިސް ކޮމިޝަން ރައްދުވާގޮތަށް، 2014 ވަނަ އަހަރުގެ
އޯގަސްޓް މަހުގެ 27 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުއްވި މިމައްސަލައަކީ، އެމައްސަލައާ
ގުޅިގެން މައްސަލަ ހުށަހެޅުއްވި ފަރާތުންނާއި، މައްސަލަ ރައްދުވި ފަރާތުން ހުށަހެޅުއްވި ލިޔުންތައް
ދިރާސާކުރިއިރު، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) އާއި
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ބެލުމުން، ވަޒީފާއިން
ވަކިކުރި ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ފާއިތުވެފައިވާ މައްސަލައެއް ކަމުން،
މިމައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަމަށް މައްސަލަ ބެލި މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅުއްވައިކަން އެނގެން އޮންނަކަމެވެ.
-3
117VTR2014
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެ މައްސަލަ
އިސްތިއުނާފުކުރުމަށް ދަފްތަރު ނަންބަރު ރސ 6158| މުޙައްމަދު އަޙްމަދުގެ ފަރާތުން 5 (ފަހެއް) ނުކުތާ
ހުށަހަޅައި އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މިގޮތުން ހުށަހެޅި:
(ހ) ފުރަތަމަ ނުކުތާއަކީ: Substantive fairness އާއި Procedural fairness %
ޤާއިމް ކުރުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވާވުމަށް ރިޢާޔަތްކޮށްފައި ނެތުން، ހައިކޯޓުގެ ނަންބަ)
އައިސް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2{015/HC-A/98
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
124/HC
-
A/2011 ޤަޟިއްޔާގައި މީހަކު ވަޒީފާއިން ވަކި ކުރުމުގެ ކުރިން ޤާއިމް ކުރަންޖެހޭ ކަންކަން
ޞަރީޚަ ނައްޞުން ކަނޑައެޅިފައި ވަނިކޮށް އެޤަޟިއްޔާގައިވާ އެއްވެސް ކަމަކަށް ރިޢާޔަތް ނުކޮށް ވަޒީފާއިން
ވަކިކޮށްފައިވާއިރުވެސް، ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން އެކަމަށް އެއްވެސް މިންވަރަކަށް ބަލާފައިނެތުމުން
މިޤަޟިއްޔާއިން އިސްތިޤްރާރުވެ ކަނޑައަޅާފައިވާ ޖުޑިޝަލް ޕްރެސިޑެންޓްސް ތަކަށް އެ ޓްރައިބިއުނަލުން
އެއްވެސް މިންވަރަކަށް އަހައްމިއްޔަތުކަން ދީފައި ނެތްކަން އެނގެން އޮތްކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: އިކުއިޓީގެ އުޞޫލުތަކުގައި ކަނޑައެޅިފައިވާ ޤާނޫނުގެ އަކުރުން
އަކުރަށް ބަލައި ގޮތް ނުނިންމުމަށް ބުނެފައިވާ ބުނުމަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކުރައްވާފައިނުވާ
ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ވަޒީފާ ދިނުމުގައި ވަޒީފާއިން ވަކިކުރުމުގައި ބުނާ "ތަފާތު ނުކުރުން!
މައުޟޫއަށް ބެލުމެއްނެތި، ވަޒީފާދޭ ފަރާތަށް، މައްސަލައިގާ އެފަރާތުން އަޅާފައިވާ ފިޔަވަޅު އެޅި ސަބަބު
ސާބިތުކުރުމަށް ފުރުސަތު ދީފައިނުވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
24
(ށ) ހަތަރުވަނަ ނުކުތާއަކީ: އަސާސީ އުޞޫލަކާއި ޚިލާފަށްކަމެއް ކޮށްފައިވާ ހާލަތެއްގައި
އެކަމަށް ގޮތެއް ކަނޑައަޅައި އިންސާފު ހޯދައިދިނުމަކީ، ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ މެންޑޭޓަރީ ކަމެއްކަން
ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ ބާބުގައި ކަނޑައެޅިފައިވަނިކޮށް އެއަށް ރިޢާޔަތްކޮށްފައި ނެތުން، 5 ވަނަ
މާއްދާގެ (ށ)ގައި ވަނީ "ވަޒީފާ ދިނުމުގައިޔާއި... ވަޒީފާއިން ވަކިކުރުމުގައި... ތަފާތު ނުކުރެވޭ" ކަމާއި،
ނަމަވެސް މުޙައްމަދު އަޙްމަދަށް ވަޒީފާދިންއިރު ވަޒީފާއާއިބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި ބުނާ
ވަޒީފާގެ އެއްބަސްވުމެއް' ނަހަދާކަމާއި، އަދި 15 ވަނަ މާއްދާގެ (ހ) ގައި ބުނާ 'ވަޒީފާ 6 ބަޔާނެއް' ނުދޭކަމާއި،
އެހެންކަމުން ވަޒީފާ ދިނުމުގައި، ޤާނޫނުން ލާޒިމްކޮށްފައިވާ ކަންކަން ފުރިހަމަ ނުކޮށް ވާއިރުވެސް އެކަން
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާފައިނުވާކަމާއި، ވަޒީފާއިން ވަކިކުރުމުގައި 1 ވަނަ ނަންބަރުގައި ހަވާލާ
ދެވިފައިވާ ޕްރެސިޑެންޓްސްތަކަށް ބަލާފައި ނުވާހިނދު ވެސް އެކަމަށް ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅާފައި
ކަމަށްބުނެ ހުށަހެޅި ނުކުތާ.
22 / 2
އައިކޯޓް
3
2 ދ ތ 0
2
4
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2015/HC-A/98
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބ) ފަސްވަނަ ނުކުތާއަކީ، މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގައި ލަސްވި ސަބަބަށް
ބެލުމެއްނެތި ގޮތް ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
04- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/117 މައްސަލަ އިސްތިއުނާފު
ކުރުމަށް ދަފްތަރު ނަންބަރު 6158| މުޙައްމަދު އަޙްމަދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅޭގޮތުން މުޙައްމަދު އަޙްމަދުގެ ފަރާތުންނާއި، މިއިސްތިއުނާފް ދަޢުވާ ރައްދުވާ ސިވިލް
ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/117 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
24
(ހ) ފުރަތަމަ ކަމަކީ: ދަފްތަރު ނަންބަރު ރސ 6158 | މުޙައްމަދު އަޙްމަދު
އޮކްޓޯބަރ 2011 ވަނަ ދުވަހުން ފެށިގެން ލ.މާވަށު ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމް ހަމަޖެހުނު ކަމާއި،
މުޙައްމަދު އަޙްމަދުގެ ވަޒީފާ 24 އޮކްޓޯބަރ 2011 ވަނަ ދުވަހު ހަމަޖެހުނު ކަމުގައިވިޔަސް، އޭނާ ވަޒީފާއަށް
ނުކުމެފައިވަނީ 31 އޮކްޓޯބަރ 2011 ގައިކަމާއި، މިތާރީޚުގައި ސްކޫލަށް ނުކުން،
ކުންނެވުމަށްފަހު އަހަރީ
ޗުއްޓީއަކަށް އެސްކޫލުގައި އެދިވަޑައިގެން ޗުއްޓީ ހަމަނުޖެހެނީސް 18 ނޮވެމްބަރ 2011 އިން ފެށިގެން
ސްކޫލަށް ނުކުމެވަޑައިނުގެނެ، އުޅުއްވާ ވަކިތަނެއް ރަސްމީކޮށް ސްކޫލަށް އެންގުމަކާ ނުލައި އުޅުއްވަމުން
ގެންދަވާ ފަރާތެއްކަމުން، ސިވިލް ސަރވިސްގެ ޤަވާއިދުގެ 152 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސްގެ
ޤަވާއިދުގައި ކަނޑައެޅިފައިވާ ޗުއްޓީގެ ތެރެއިން ޗުއްޓީއެއް ހަމަނުޖެހި ވަޒީފާއަށް ޙާޟިރުނުވެ ހުރުމުން
ނޮވެމްބަރ 2012 ވަނަ ދުވަހުން ފެށިގެން މުޙައްމަދު އަޙްމަދު އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވާކަން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2{15/HC-A/98
ޝަސިވިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 2012
/
1113/CSC(2) ވަޒީފާއިން ވަކިކުރެއްވި ޗިޓް (21
ނޮވެމްބަރ 2012) އަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: މުޙައްމަދު އަޙްމަދު ލ.މާވަށު ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމަށް
ހަމަޖެއްސުމާއި ގުޅިގެން 31 އޮކްޓޯބަރ 2011 ގައި އެސްކޫލަށް ނުކުންނެވުމަށްފަހު އަހަރީ ޗުއްޓީއަކަށް
އެސްކޫލުގައި އެދިވަޑައިގެން ޗުއްޓީ ހަމަނުޖެހުނީސް 18 ނޮވެމްބަރ 2011 އިން ފެށިގެން ސްކޫލަށް ނުކުމެ
ވަޑައިނުގެން އުޅުއްވާ ވަކިތަނެއް ރަސްމީކޮށް ސްކޫލަށް އެންގުމަކާ ނުލައި އުޅުއްވަމުން
ގެންދަވާ
ފަރާތެއްކަމުން، 7 ދުވަހުގެ ތެރޭގައި ސްކޫލަށް ނުކުންނެވުމަށާއި، ނުނިކުންނަވައިފިނަމަ ސިވިލް ސަރވިސްގެ
ޤަވާއިދުގެ ތެރެއިން ވަކިކުރުމަށް ހުށަހަޅާނެކަމަށްބުނެ މުޙައްމަދު އަޙްމަދަށް އެންގުމަށް ޕޯސްޓުން ފޮނުވި
ލިޔުން އޭނާއާއި ހަވާލުނުކުރެވިގެން އަނބުރާ އައުމުން އެލިޔުން ހަވާލުކުރުމަށް މަސައްކަތް ކުރެވިފައިވާ ކަމާއި،
އޭގެ ފަހުން ލ. މާވަށު ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމު ހުސްކޮށްދެއްވައި އެމަޤާމަށް އަލުން މީހަކު ހޯދުމުގެ
ހުއްދައަށް އެދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިއުމަން ރިސޯސް ސެކްޝަނުގެ ނަންބަރު
2012
/
673/SA-22 (14 އޮކްޓޯބަރ 2012) ސިޓީއިން އެދިފައިވާކަން އެނގެން އޮންނަކަމާއި،
މިސިޓީއާއިއެކު ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު، މުޙައްމަދު އަޙްމަދު ހޯދުމަށް ގިނަ މަސައްކަތް
ކުރެވިފައިވާކަން އެނގެން އޮންނަކަމާއި، މިގޮތުން މުޙައްމަދު އަޙްމަދަށް ވަޒީފާއަށް ނުކުތުމަށް ފުރުސަތުވެސް
ދެވުނުކަމާއި، އަދި އެ ވަޒީފާއިން ވަކިކުރެވޭނެކަމުގެ ނޯޓިސްވެސް މުޙައްމަދު އަޙްމަދަށް ރައްދުކުރުމަށް އެކި
ގޮތްގޮތަށް މަސައްކަތްކުރުމަށްފަހު މުޙައްމަދު އަޙްމަދު އުޅޭ އެޑްރެހެއް ނުއެގުމުން 21 ނޮވެމްބަރ 2012 ވަނަ
ދުވަހު އޭނާ ވަޒީފާއިން ވަކިކުރެވުނުކަމާއި އަދި ވަޒީފާއިން ވަކިކުރިކަން އަންގާ ޗިޓް ލ. މާވަށު ސްކޫލަށް
ފޮނުވާފައިވާކަން މި މައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮންކަމެވެ.
(ނ) ތިންވަނަ ކަމަކީ: ސިވިލް ސަރވިސް ޤަވާޢިދު 2010 ގެ 152 ވަނަ މާއް
ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރާ މުވައްޒަފަކަށް ވަޒީފާއަށް ޙާޟިރުނުވެ ހުރެވޭނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
1
2015/HC-A/98
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް ކުރިއަށް ހަމަޖެހިގެންނެވެ. އެއީ އެއްވެސް ކަހަލަ ޗުއްޓީއެއްނަމަ
އެ ޗުއްޓީއަކަށް އެދި، ގަވާއިދުން ޗުއްޓީ ހަމަޖެހިގެންނެވެ. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރާ އެއްވެސް
މުވައްޒަފަކަށް، ވީނުވީ ގޮތެއް ނާންގައި، ހާޟިރުނުވެ، ވަޒީފާގައި ދެމިއެއް ނުހުރެވެ
ނުހުރެވޭނެއެވެ. އެގޮތަށް ހުންނަ
އެންމެ ދުވަހެއްވެސް ބެލެވޭނީ ވަޒީފާއަށާއި ޒިންމާއަށް އިހުމާލުވުމެއްކަމުގައެވެ. އަދި އެކަން އެމީހެއްގެ
މަސައްކަތުގެ ފެންވަރު ވަޒަންކުރާއިރު ބަލައި އެއަށް އިންސާފުކުރެވޭނެއެވެ. މުވައްޒަފަކު ވީނުވީއެއް ނާންގައި
15 ދުވަހަށް ހުރެއްޖެނަމަ، އިތުރު ނޯޓިހެއް ދިނުމަކާއި ނުލައި އެމީހަކު ވަޒީފާއިން ވަކިކުރެވޭނެއެވެ"
މިފަދައިން ބަޔާންކޮށްފައި އޮންނަކަމާއި، މުޙައްމަދު އަޙްމަދު ލ. މާވަށު ސްކޫލުގެ ވަޒީފާއަށް ނުކުތީ އެންމެ 7
ދުވަހުކަން އެނގެން އޮންނަކަމާއި، އެއަށްފަހު ޗުއްޓީއަކަށް އެދި ޗުއްޓީ ހަމަނުޖެހެނީސް އެއްވެސް
ހުއްދައަކާއިނުލައި އަމިއްލައަށް ޗުއްޓީއެއް ނަގައިގެން ވަޒީފާދިން ފަރާތަށް އެންގުމަކާއި ނުލައި ވަޒީފާއަށް
ނުކުމެފައިނުވާކަން އެނގެން އޮންނަކަމެވެ.
ترمیم کی
94
(ރ) ހަތަރުވަނަ ކަމަކީ: ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 28 ވަނަ
މާއްދާގެ (ހ) ގައި، ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާ ނުލައި ނަމަވެސް މުވައްޒަފަކު ވަޒީފާއިން
ވަކިކޮށްފިނަމަ، އެވަޒީފާއިން އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި ކަމުގައި ވަޒީފާ އަދާކުރި މީހާއަށް
ޤަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުންފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި، އެކަމުގެ
ޝަކުވާ، ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަމަށާއި، ވަޒީފާ އަދާކުރި މީހާއަށް ނޯޓިސް
ލިބުނު ތާރީޚުން ފެށިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް މި މާއްދާ ހުރަހެއް ނާޅާކަމަށް ބަޔާންވެފައި
އޮންނަކަން އެންގޭއިރު،
ވަޒީފާއާ ބެހޭ މައްސަލަތައް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގައި، ޢަމަލުކުރަންޖެހޭ
ގޮތާއި، މުއްދަތާއި އަދި އެހެނިހެން އުޞޫލުތައް "ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު"ގައި
ބަޔާންކޮށްފައިވާއިރު، އެޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) ގައި "ވަޒީފާއާބެހޭ ޤާނޫނުގައި އެހެންގޮތަކަށް ގެ
ދިވެހިރާއް
2&
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{15/HC-A/98
ކަނޑައެޅި ބަޔާންކޮށްފައި ނުވާނަމަ، ވަޒީފާއާ ގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް، އެމައްސަލައެއް ނުވަތަ
ޚިލާފެއް އުފެދުނު ތާރީޚުންފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެމައްސަލަ ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ. މިމުއްދަތު ފާއިތުވުމަށްފަހު ހުށަހެޅޭ މައްސަލައެއް ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ބަލައެއް ނުގަނެވޭނެނެއެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަކަމާއި،
އެޤަވާޢިދުގެ 6 ވަނަ މާއްދާގެ (ށ) ގައި އިސްވެ ދެންނެވުނު 3 (ތިނެއް) މަސްދުވަހުގެ
މުއްދަތު ފާއިތުވުމަށްފަހު، މައްސަލަ އެމުއްދަތުގައި ހުށަހެޅިފައިނުވާ ސަބަބު ބަޔާންކޮށް ހުށަހަޅާ
މައްސަލައެއްގައި، އެސަބަބަކީ މަޤްބޫލު ސަބަބެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފެންނަނަމަ އެކަމަށް
ރިޢާޔަތްކޮށް، އެމައްސަލައެއް ބަލައިގަތުމުގެ އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމަށް
ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، މުޙައްމަދު އަޙްމަދު ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅީ، އޭނާ ވަޒީފާއިން ވަކިކުރިތާ 1 އަހަރާއި 8 މަސް ދުވަސް ފަހުންކަން އެނގޭއިރު،
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ކަޑައެޅިފައިވާ މުއްދަތުގައި މައްސަލަ ހުށަނުއެޅުނު މަޤުބޫލު
ސަބަބެއް މުޙައްމަދު އަޙްމަދުގެ ފަރާތުން ހުށަހެޅިފައިނުވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
2014/VTR/117 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
(ބ) ފަސްވަނަ ކަމަކީ މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް މިއަދު (16 ސެޕްޓެމްބަރ
2015) ގެ 13:30 އަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވުމަށް މި މައްސަލަ އިސްތިއުނާފުކުރާ މުޙައްމަދު
އަޙްމަދަށް އަންގައި، ފޮނުވުނު މިކޯޓުގެ ނަންބަރު HC
-
B7
/
2015
/
376 (14 ސެޕްޓެމްބަރ 2015) ކޯޓަށް
ހާޒިރުވުމުގެ އަމުރު، މުޙައްމަދު އަޙްމަދަށް ރައްދުކުރެވިފައިވާއިރު، މުޙައްމަދު އަޙްމަދަކީ އޭނާގެ ބައްޔަކަށް
އިންޑިއާގެ ކިމްސް ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ މީހެއްކަމަށްބުނެ، އޭނާގެ ޣައިރު ޙާޟިރުގައި މި މައްސަލަ
ނިންމުމާމެދު އިޢުތިރާޟު ނުކުރާކަމަށް ބުނެ، 15 ސެޕްޓެމްބަރ 2015 ދުވަހު ދިވެހިރާއްޖޭގެ
ސިޓީ ފޮނުވާފައިވެއެވެ.
°e
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ބަބައްވ ހދ8 *
9
2{15/HC-A/98
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެހެންކަމުން، މި ޤާޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/117 މައްސަލަ އިސްތިއުނާފުކުރުމަށް މުޙައްމަދު އަޙްމަދުގެ ފަރާތުން
ހުށަހެޅި ސަބަބުތަކަކީ އެމައްސަލައިގެ ނިންމުމުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ސަބަބުތަކަކަށް ނުވާތީ،
އިސްވެ ބުނެވުނު މައްސަލާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ
OX
ސަބަބެއްނެތް ކަމަށެވެ.
LUGO
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ
ނަންބަރު 2014/VTR/117 މައްސަލާގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަން
ޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ
ޤަޟިއްޔާ ބެލީ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މި މައްސަލަ އިސްތިއުނާފުކުރާ ދަފްތަރު ނަންބަރު ރސ 16158
މުޙައްމަދު އަޙްމަދު ގެ ޣައިރު ޙާޟިރުގައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv