ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/47 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
249}HC-A/47
y/
63
ދިވެހިޔާ884 އިޖު
بم استان مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 47/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
ނަން: އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރޭޝަން ނަންބަރު.
* ދާއިމީ އެޑްރެސް: އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ / މާލެ * މިހާރުގެ އެޑްރެސް: އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ / މާލެ
ޤާނޫނީ ވަކީލް: އަލްއުސްތާޛު ޢަބްދުﷲ އަޙްމަދު (A057643} ގ. ގޯލްޑަންސްޓަރ / މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ތަން: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ރަޖިސްޓްރޭޝަން ނަންބަރު:186
/
2001-C
ދާއިމީ އެޑްރެސް: އެސް.ޓީ.އޯ ބިލްޑިންގ | މާލެ * މިހާރުގެ އެޑްރެސް: އެސް.ޓީ.އޯ ބިލްޑިންގ | މާލެ
ޤާނޫނީ ވަކީލް އަލްއުސްތާޛު ޢަބްދުލްޙަންނާނު އަޙްމަދު އަސްމަހި / މާލެ
* ހުށަހެޅުނު ތާރީޚް: 12 މާރޗް 2009 * ނިމުނު ތާރީޚް: 24 ޖޫން 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ.
# ނަންބަރު 2005/MC/700
* ނިންމެވި ކޯޓް: މަދަނީ ކޯޓު
| ނިންމެވި ތާރީޚް: 03 ޖުލައި 2007
، މައްސަލަބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
40
ޤި
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
249}HC-A/47
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2005/MC/700 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށެކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް
ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް
01- މަދަނީ ކޯޓުގެ ނަންބަރު 2005/MC/700 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
LC XO
02- މަދަނީ ކޯޓުގެ ނަންބަރު 2005/MC/700 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، އެސް.ޓީ.އޯގެ އެޖެންޓުކަމުގެ ދަށުން ރާއްޖެއައި އިންޑޮނޭޝިޔާގެ
އެމް.ވީ.ކަރަކަޖާޔާ ބޯޓުގައިހުރި ހިލައާއި، ހިލަވެލި ތިލަފުއްޓަށް ބޭލުމަށްޓަކައި ފުރައިގެން އައިސް
ތިލަފުއްޓާއި ކައިރިކުރި ކުރުމުގއި އެޕޯލޯ ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޖެޓީގައި ބޯޓުޖެހި ޖެޓީން ބޮޑު
ބައެއް ހަލާކުވެ، އެހާދިސާއާ ގުޅިގެން އެޕޯލޯ ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުންތަކުގެ ތެރެއިން
ފެންނަންހުރި ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި 96,344.86$US (ނުވަދިހަހަހާސް ތިންސަތޭކަ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{{9/HC-A/47
ހަތަރެއް ޕޮއިންޓް އަށެއް ހައެއް ޔޫއެސްޑޮލަރ) ހޯދުމަށްއެދި ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ މައްޗަށް ދަޢުވާކޮށް ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލުގެ ޒިންމާ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކއިން އުފުލަންޖެހޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅުއްވައިކަން
އެނގެއެވެ.
03- މަދަނީ ކޯޓުގެ ނަންބަރު 2005/MC/700 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އެޕޯލޯ ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 3 (ތިނެއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާބެހޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: ދަޢުވާގައި ބަޔާންކޮށްފައިވާ ބޯޓް (އެމް.ވީ.ކަރަކަޖާޔާ) އެޕޯލޯ
ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޖެޓީގައި ޖެހި، އެކްސިޑެންޓްވީ އެބޯޓުގެ އެޖެންޓް ކަމުގައިވާ އެސް.ޓީ.އޯގެ
އިހްމާލުންކަން އެނގެން އޮތްއިރު، އެނުކުތާގެ މައްޗަށް އިންސާފުވެރި ކަމާއެކު ނަޒަރު ކުރެއްވުމެއްނެތި
ކުރައްވާފައިވާ އެޙުކުމްގައި، ޢަދުލުވެރިކަމެއް ނެތް ކަމަށްބުނެ ހުށަހެޅި ނުކުތާ .
(ށ) ދެވަނަ ނުކުތާއަކީ: ލޯކަލް ޝިޕިންގ އެޖެންޓެއްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް
ސަރވިސްގައި ރަޖިސްޓަރީ ކޮށްދެއްވަނީ އެޖެންޓް ކަމުގެ ދަށުން ދުއްވާ އުޅަންދުފަހަރަށް ދިމާވާ އެންމެހައި،
މައްސަލަތަކުގެ ޒިންމާ އުފުލަން ޝަރުތުކޮށް ކަމަށްވާއިރު، އަދި އެޒިންމާތައް އުފުލުމަށް އެބުނާ ބުނުމަކީ
ތަރުޖަމާކުރަން ނުޖެހޭ ސާފު ބުނުމަކަށްވުމުން އެބުނުން ތަރުޖަމާ ކުރުމުގެ ޙައްޤު އެސް.ޓީ.އޯ އަށް ލިބިގެން
ނުވާއިރު، ޙައްޤުނޫން ގޮތެއްގައި އެސް.ޓީ.އޯއިން ކޮށްފައިވާ ތަރުޖަމާގެ މައްޗަށް
ބުރަވެވަޑައިގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
249}HC-A/47
ކަނޑައަޅުއްވާފައިވާ އެޙުކުމުގެ ސަބަބުން އެޕޯލޯ ހޯލްޑިގްސް ޕްރައިވެޓް ލިމިޓެޑުގެ ޙައްޤު ގެއްލިފައިވާކަމަށްބުނެ
ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: އެމް.ވީ.ކަރަކަޖާޔާ ބޯޓު ރާއްޖެއަށް އައީ އެސް.ޓީ.އޯ.ގެ އެޖެންޓް
ކަމުގެ ދަށުން ކަމަށްވެފައި، އެއެކްސިޑެންޓްގެ މައްސަލަ ހިގަމުންދަނިކޮށް، ބޯޓް ފުރުވާލުމަށް ކްލިއަރެންސް
ހޯދުމަށް ހުށަހަޅައި، އެ ކްލިއަރެންސް ނަގައިދީ އެބޯޓު ރާއްޖެއިން ފުރުވާލީ އެސް.ޓީ.އޯ އިން ކަމަށްވުމުން އެ
އެކްސިޑެންޓްގެ އެންމެހައި ޒިންމާ ޤާނޫނީ ހަމަތަކުގެ މަތިން އެސް.ޓީ.އޯއިން އުފުލާފައިވާކަން ޝަރީޢަތަށް
ސާބިތުވާއިރު، އެޒިންމާ އެސް.ޓީ.އޯ އިން އުފުލަންޖެހޭނެ ޤާނޫނީ ހަމައެއްނެތްކަމަށް އެޙުކުމުގައި ކަނޑައެޅުއްވި
ގޮތުގައި ޢަދުލުވެރިކަން ނެތް ކަމަށްބުނެ ހުށަހެޅި ނުކުތާ.
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ ގޮތުން އެޕޯލޯ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި އިސްތިއުނާއީ ދަޢުވާ ރައްދުވާ ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު 2005/MC/700 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 160/HC-A/2007 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
22 2
އައިކޯޓް
ދިވެހިރާއްޖޭހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިންޖީ
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{{9/HC-A/47
2
(ހ) ފުރަތަމަ ކަމަކީ: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.)
އިން ގެންނަ 3400 ޓަނުގެ 9 ޝިޕްމަންޓް ހިލައާއި ހިލަވެލި ބޯޓުން ބާލައި،
ތިލަފުށީގައި ހުންނަ
އެސް.ޓީ.އޯގެ ގުދަނުގައި ޖެއްސުމާބެހޭ ގޮތުން އެސް.ޓީ.އޯ. އާއި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ
ދެމެދު 14 އޮކްޓޯބަރ 2004 ގައި، އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮންނަކަމާއި، އެއެއްބަސްވުމުގެ ދަށުން
ކުރާ މަސައްކަތަށް ބޭނުންވާ މީހުންނާއި ދޯނިފަހަރާއި ލޮރީ އާއި އަދި މިނޫނަސް މިމަސައްކަތާއި ގުޅިގެން
ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ މަސައްކަތާއި ހަވާލުވި ފަރާތުންކަމަށާއި، މުދާ ބޭލުމުގެ މަސައްކަތް
ކުރަން ފަށާނީ، މުދާ ހިފައިގެން އަންނަ ބޯޓު ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑުގެ ޖެޓީއަށް އެލޯންގ ސައިޑް ކުރުމުންކަމަށް ބަޔާންކޮށްފައި އޮންނައިރު، އެ ދަތުރުގައި ބޯޓަށް ޕައިލެޓް
އަރުވާފައިވަނީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުންކަމަށްވީނަމަވެސް، އެގޮތަށް ޕައިލެޓް އަރުވާފައިވަނީ
އެސް.ޓީ.އޯ.ގެ ފަރާތުން އަރުވަންޖެހޭ ޕައިލެޓް ހޯދުމުގެ ކަންތައްތައް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ
ހަވާލުކޮށްފައިވާތީކަމަށާއި، މިގޮތަށް އަރުވާ ޕައިލެޓަށް ދޭންޖެހޭ އުޖޫރަ ދެނީ އެސް.ޓީ.އޯ.އިން ކަމަށާއި، އެގޮތަކީ
އޭގެ ކުރިންވެސް އެސް.ޓީ.އޯ.ގެ އެޖެންޓްކަމުގެ ދަށުން އަންނަ ބޯޓުފަހަރުތަކުގައި ޢަމަލުކޮށްފައިވާ ގޮތް ކަމަށް
އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
#
92
OXO
(ށ) ދެވަނަ ކަމަކީ: އެސް.ޓީ.އޯ.އިން ގެންނަ ހިލައާއި، ހިލަވެލި ހިފައިގެން ރާއްޖެއައި އެމްވީ
ކަރަކަޖާޔާ ނިއާގާ III-32 ބޯޓު 27 އޮކްޓޯބަރ 2004 ދުވަހުގެ ހަވީރުގެ ވަގުތެއްގައި މުދާ ބޭލުމަށްޓަކައި،
.. ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ޖެޓީއަށް ކައިރިކުރުމުގެ ތެރޭގައި ޖެޓީގައި
ބޯޓުން ޖެހި އެކްސިޑެންޓްވި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކޮށް ތައްޔާރުކޮށްފައިވާ
ރިޕޯޓަށް ބަލާއިރު، ބޯޓުން ޖެޓީގައިޖެހި، އެޖެޓީން ދިގުމިނުގައި 5.9 މީޓަރ، ފުޅާމިނުގައި 3.5 މީޓަރު އަދި
ފުން މިނުގައި 25 ސެންޓި މީޓަރުގެ ތަނެއް ހަލާކުވެފައިވާކަމާއި، މިގޮތަށް އެކްސިޑެންޓްވާން މެދުވެރި
27 އޮކްޓޯބަރ 2004 ދުވަހަކީ މޫސުމް ގޯސް ދުވަހަކަށް
ދުވަހަކަށްވެފައި، ބޯޓް ޖެޓީ އާއި ކައިރިކުރާއިރު
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{{9/HC-A/43
22
0
2
2 ދ ތ
ބާކީވާނެކަމަށް
44c
އެހީ
އެމްވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓުގެ ކެޕްޓަން އިސްކަންދަރ (ޕާސްޕޯޓް ނަންބަރ
M953934އިންޑޮނޭޝިޔާ) އެބޯޓުގެ ޕައިލެޓްކަން ކު، ހ. ފައިނަބީޗް ޢަލީ ރަޝީދު އިބްރާހީމުގެ ގާތުގައި
ބުނުމުން، ޢަލީ ރަޝީދު އިބްރާހީމުގެ ބެލުމުގެ ދަށުން އެބޯޓު ކުރީ ފަހަރަކުވެސް ޖެޓީއާއި ކައިރި
ކޮށްފައިވާކަމަށާއި، އެހެންކަމުން އެފަހަރުވެސް ޓަގު ބޯޓެއްގެ އެހީ އާއި ނުލައި ބޯޓު ޖެޓީއާއި ކައިރި
ކުރެވޭނެކަމަށް ޢަލީ ރަޝީދު އިބްރާހީމް ބުނެ، ބޯޓު ޖެޓީ އާއި ކައިރިކުރުމުގައި ޕައިލެޓް ޢަލީ ރަޝީދު
އިބްރާހީމް ޓަގް ބޯޓެއްގެ އެހީ ހޯދާފައި ނުވުމާއި، ޕައިލެޓް އަންގަންޖެހޭ އެންގުންތައް އަންގަންޖެހޭ ވަގުތަށްވުރެ
ލަހުން އެންގުމުންކަމަށް
ވުމަށް އެބޯޓުގެ ކެޕްޓަން އިސްކަންދަރު ބުނެފައި އޮންނަކަމާއި، އަދި އެއެކްސިޑެންޓް
ހިނގާފައިވަނީ ބޯޓުގެ ކެޕްޓަން އިސްކަންދަރު ބުނެފައިވާ ގޮތަށް ކަމަށް އެއެކްސިޑެންޓް ހިނގި ވަގުތު ބޯޓުގެ
ބްރިޖްގައި ތިބި ބޯޓުގެ އޭބީ ބިން ޔާމިން (ޕާސްޕޯޓް ނަންބަރ K782509 | އިންޑޮނޭޝިޔާ) އާއި، ބޯޓުގެ
ޗީފް އޮފިސަރ ވިނޯސާ ޑާމިންޓޯ (ޕާސްޕޯޓް ނަންބަރ D114025 | އިންޑޮނޭޝިޔާ) ބުނެފައިވާކަމާއި، އަދި
އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯޓުގެ ކެޕްޓަން ބާރު ސްޕީޑެއްގައި އައިސް ޖެޓީއާއި ކައިރިކުރަން އުޅުމުގެ
ތެރޭގައި ކޮންޓްރޯލް ނުވެގެންކަމަށާއި، އެދުވަހަކީ ކަނޑުގަދަ ދުވަހަކަށްވާތީ ޓަގް ބޯޓެއްގެ އެހީ ހޯދުމަށް ބޯޓުގެ
ކެޕްޓަންގެ ގާތުގައި ބުނުމުން އެކަމަށް އޭނާ އިންކާރުކޮށްފައިވާކަމަށް ޢަލީ ރަޝީދު އިބްރާހީމް ބުނެފައިވާކަން
އެނގެން އޮތުމުން، އެހާދިސާ ހިނގަން މެދުވެރިވީ ގޮތާމެދު އެބޯޓުގެ ކެޕްޓަނާއި ފަޅުވެރިން ބުނާގޮތާއި، ބޯޓުގެ
ޕައިލެޓްގެ ގޮތުގައި މަސައްކަތްކުރި، ޢަލީ ރަޝީދު އިބްރާހީމުގެ ބަސް ތަޢާރުޒުވާކަން އެނގެން އޮންނަކަމާއި،
އެއެކްސިޑެންޓުގެ ސަބަބުން ޖެޓީއަށް ލިބުނު ގެއްލުން މަރާމާތު ކުރުމަށް 1,228،397.00ރ (އެއްމިލިޔަން
ދުއިސައްތައަށާވީސްހާސް ތިންސަތޭކަ ނުވަދިހަހަތްރުފިޔާ) ޚަރަދުވާނެކަމަށް އެޕޯލޯ ހޯލްޑިގްސް ޕްރައިވެޓް
ލިމިޓެޑުން ބުނެފައިވާކަމަށްވެސް އެރިޕޯޓުގައި ބަޔާންކޮށްފައި އޮންނަކަމެވެ.
404
(ނ) ތިންވަނަ ކަމަކީ: އެސް.ޓީ.އޯ.ގެ މައްޗަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން
ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، އެދަޢުވާއަކީ، އެމްވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓު 27 އޮކްޓޯބަރ 2004
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
7
2{{09/HC-A/47
0 0 0
އަށެއެ
ހައެއް
ދުވަހުގެ ހަވީރުގެ ވަގުތެއްގައި މުދާ ބޭލުމަށްޓަކައި، ކ. ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑުގެ ޖެޓީއަށް ކައިރިކުރުމުގެ ތެރޭގައި ޖެޓީގައި ބޯޓުންޖެހި ޖެޓީން ބޮޑު ބައެއް ހަލާކުވުމުގެ ސަބަބުން
އެޕޯލޯ ހޯލްޑިގްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުންތަކުގެ ތެރެއިން ފެންނަންހުރި ގެއްލުންތަކުގެ ބަދަލުގެ
ގޮތުގައި 96,344.86$US (ނުވަދިހަހަހާސް ތިންސަތޭކަ ސާޅީސްހަތަރެއް ޕޮއިންޓް
ޔޫއެސްޑޮލަރ) ހޯދުމަށްއެދި ކޮށްފައިވާ ދަޢުވާއެއް ކަމުގައިވީނަމަވެސް، ޖެޓީން ހަލާކުވީ ތަން މަރާމާތުކުރުމަށް
ހަވާލުކުރި ފަރާތުން އެތަން މަރާމާތުކުރުމުގެ
މަރާމާތުކުރުމުގެ އަގު (ކޯޓޭޝަން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާއިންކަން އެނގެން
އޮންނަކަމާއި، އަދި އެފަރާތަށް ފައިސާ ދައްކާފައިވަނީވެސް ދިވެހި ރުފިޔާއިން ކަން، އެތަން މަރާމާތުކުރި ބިލްޑް
މޯލްޑިވްސް ކޮމްޕެނީ ޕވޓ ލޓޑގެ ނަންބަރު 0064
/
2005/BMC (102 މާޗް 2005) ގެ އިންވޮއިސްއަށް
xo
ބެލުމުން އެނގެން އޮންނަކަމެވެ.
އޯނަރުގެ
(ނ) ހަތަރުވަނަ ކަމަކީ: އެސް.ޓީ.އޯ އިން ގެންނަ ހިލަޔާއި، ހިލަވެލި ހިފައިގެން ރާއްޖެއަށް
އައި އެމްވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓު ރާއްޖެއަށް އައީ، އިންޑިޔާގެ ކުންފުންޏެއްކަމުގައިވާ ކަޕްރޯ
ކަނެކްޝަނުން ޗާޓަރކޮށްގެން ކަމަށާއި، އެބޯޓަކީ ކަޕްރޯ ކަނެކްޝަނުގެ މިލްކް ބޯޓެއް ނޫންކަމަށާއި، އެބޯޓަކީ
އިންޑޮނީޝިޔާގެ ކުންފުންޏެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއްކަމަށާއި، އެސް.ޓީ.އޯ.އަކީ، އެބޯޓުގެ
އޭޖެންޓެއްނޫން
ނޫންކަމަށާއި، އެސް.ޓީ.އޯ. އޭޖެންޓްކަން ކުރީ ކަޕްރޯ ކަނެކްޝަނުގެ ފަރާތުންކަމަށްބުނެ
އެމްވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓު، ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ
ޖެޓީގައި ޖެހިވީ އެކްސިޑެންޓުގައި ލިބުނު ގެއްލުމުގެ ޒިންމާ އުފުލަން ނުޖެހޭކަމަށް އެސް.ޓީ.އޯ.އިން ބުނާއިރު،
ކަޕްރޯ ކަނެކްޝަނުގެ އޭޖެންޓްކަން ކުރުމަށް އެސް.ޓީ.އޯ.އާއި އެކުންފުންޏާއި ދެމެދު ވެފައިވާ އެއްބަސްވުމެއް
އަދި އެއްބަސްވެފައިވާ ގޮތެއްވެސް އެސް.ޓީ.އޯ.އަށް ބަޔާންކޮށްދެވިފައިނުވާކަމާއި، އަދި ކަޕްރޯ ކަނެކްޝަނަކީ
ޗާޓަރ ޕާޓީކަމަށާއި އެބޯޓުގެ މިލްކްވެރިފަރާތަކީ އިންޑޮނީޝިޔާގެ ކުންފުންޏެއްކަމަށް އެސް.ޓީ.އޯ.އިން
ބުނެފައިވާއިރު، ބޯޓެއް ޗާޓަރކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ މައްޗަށް ބަލާއިރު، time (ވަގުތު) ޗާޓަޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{{9/HC-A/47
OX
voyage (ދަތުރު) ޗާޓަރާއި demise (ކުއްޔަށް) ޗާޓަރ، މިއިން ގޮތަކަށް ޗާޓަރކޮށް އުޅޭކަމާއި، މިއިން
ގޮތަކަށް ޗާޓަރކުރުމުގައި ބޯޓުގެ ވެރިފަރާތާއި ޗާޓަރ ޕާޓީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ތަފާތުވާކަން
އެނގޭކަމާއި، މިގޮތަށް ޗާޓަރކުރުމުގައި ޢަމަލުކުރެވެނީ ބޯޓުގެ ވެރިފަރާތާއި ޗާޓަރ ޕާޓީއާ ދެމެދު ވެފައިވާ
އެއްބަސްވުމުގެ ދަށުންކަން އެނގޭކަމާއި، އެބޯޓު ޗާޓަރކުރީ ކޮން ކަންތައްތަކެއްގެ މައްޗަށް އެއްބަސްވެގެން
ކަމެއް އަދި ވެފައިވާ އެއްބަސްވުމެއްވެސް އެސް.ޓީ.އޯ.އަށް ހުށަހެޅިފައިނުވާކަމާއި، އަދި އެއްބަސްވެފައިވާ
ގޮތެއްވެސް ބަޔާންކޮށް ދެވިފައިނުވާކަމާއި، ޝަރީޢަތުގެ މަޖިލީހުގައި އެފަރާތުން ބުނާއެއްޗެއް ސާބިތުކޮށް
ދިނުމުގެ ބުރައަކީ އެފަރާތުގެ މައްޗަށް އޮތް ބުރައެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކަށް ބެލުމުން އެނގެން
އޮންނަކަމާއި، އެމްވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓު، އެޕޯލޯ ހޯލްޑިންގްސް ގެ ޖެޓީއަށް ކައިރިކުރުމުގައި ވީ
އެކްސިޑެންޓުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ، އެޕޯލޯއިންކަމަށް އެބޯޓުގެ އޯނަރާއި އަދި ޗާޓަރ ޕާޓީގެ ފަރާތުން
ދެކޭކަމަށް ބަޔާންކޮށް، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އެސް.ޓީ.އޯ.އިން 28 އޮކްޓޯބަރ 2004
ގައި ފޮނުވާފައިވާ "ލެޓަރ އޮފް ޕްރޮޓެސްޓް" އިން އެނގެން އޮތުމުން އެބޯޓު ރާއްޖޭގައި ތަމްސީލުކުރާ ފަރާތަކީ
އެބޯޓުގެ އޭޖެންޓްކަން އެނގެން އޮންނަކަމާއި، އަދި އެބޯޓު ރާއްޖޭގެ ސަރަހައްދުގައި ނެތް އިރު، އަދި އެބޯޓުގެ
އޯނަރަކީ ކޮންފަރާތެއްކަން ނޭނގޭއިރު، އެބޯޓުގެ ފަރާތުން ދިމާވާ އެންމެހައި ކަންތައްތަކުގައި ޒިންމާ
އުފުލަންޖެހޭނީ އެބޯޓުގެ އެޖެންޓްކަން އެނގޭއިރު، ރާއްޖެއަށް އަންނަ ބޯޓެއް ރާއްޖެއިން ބޭރަށް ފުރައިގެން
ދެވޭނީ އެބޯޓުގެ ފަރާތުން އުފުލަންޖެހޭ އެންމެހައި ޒިންމާތައް އަދާކޮށްފައިވާ ކަމުގެ "ކްލިއަރެންސް"
ކަސްޓަމްސްއިން ލިބިގެންކަން އެނގޭކަމާއި، މިގޮތުން މިކްލިއަރެންސް ދެވެނީ އެފަދަ ޒިންމާއެއް އަދާކުރަން
ނެތްކަމަށް އެބޯޓުގެ އޭޖެންޓު ހުށަހެޅުމުންކަން އެނގޭތީއާއި، ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރާއި
ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ އުޅަނދުފަހަރުގެ އެޖެންޓްކަން ކުރެވޭނީ އެޖެންޓު ތަމްސީލުކުރާ
އުޅަނދުފަހަރަށް ދިމާވާ އެންމެހައި މައްސަލަތަކުގައި ޒިންމާވާނެކަމުގެ ލިޔުން ލޯކަލް ޝިޕިންގ އެޖެންޓް
ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، ހުށަހެޅުމުންކަން އެނގޭއިރު، އެސް.ޓީ.އޯ.އަކީ ލޯކަލް ޝިޕިންގ އެޖެންޓެއްގެ
ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏެއްކަމަށާއި، އެމްވީކަރަކާޖާޔާ ނިއާގާ III-32 ބޯޓު 27 އޮ
2 20
20 2 22 22 22
ހަޢީކްa
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{{9/HC-A/47
2004 ގައި ރާއްޖެއަށް އައީ އެސް.ޓީ.އޯ.ގެ އެޖެންޓްކަމުގެ ދަށުންކަމަށްވާތީއާއި، ކ. ތިލަފުށީގައި އޮންނަ
އެޕޯލޯ ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޖެޓީގައި އެމްވީކަރަކާޖާޔާ ނިއާގާ III-32 ބޯޓުން ޖެހި އެޖެޓީއަށް
ގެއްލުން ލިބިފައިވާކަން އެނގޭތީ އެބޯޓުގެ އޭޖެންޓުގެ ހައިސިއްޔަތުން އެސް.ޓީ.އޯ.އިން އުފުލަންޖެހޭ ޒިންމާއިން
ބަރީޢަވާފަދަ ޝަރުޢީ އަދި ޤާނޫނީ ހުއްޖަތެއް އެސް.ޓީ.އޯ.ގެ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައި ނުވާކަމެވެ.
80
(ބ) ފަސްވަނަ ކަމަކީ: ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރުގެ އޭޖެންޓްކަން
ކުރުމަށްޓަކައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ލޯކަލް ޝިޕިންގް އެޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީ
ކުރަންޖެހޭ އިރު، ރާއްޖެއަށް އަންނަ އުޅަނދުފަހަރާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރުގެ
އެޖެންޓުކަން ކުރެވޭނީ އެކުންފުންޏެއް ލޯކަލް ޝިޕިންގ އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީ
ކުރުމަށްފަހުގައި ކަމަށާއި، ލޯކަލް ޝިޕިންގ އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީކުރުމަށް
ހުށަހަޅާއިރު އެކުންފުންޏެއްގެ އޭޖެންޓު ކަމުގެ ދަށުގައިވާ އުޅަދުފަހަރަށް ދިމާވާ އެންމެހައި މައްސަލަތަކުގައި
ޒިންމާ އުފުލާނެކަމުގެ ލިޔުމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީއިން ދޫކުރައްވާފައިވާ ކުންފުނީގެ
ރަޖިސްޓަރީގެ ކޮޕީއަކާއި، ކުންފުނީގެ އަސާސީ ޤަވާއިދު (މެމޮރެންޑަމް އޮފް އެސޯސިއޭޝަން) ގެ ކޮޕީއެއް
ހުށަހަޅަންވާނެކަމާއި، އަދި އެޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ކުންފުންޏަކީ އެކުންފުނީގެ
މަޤްޞަދުތަކުގެ ތެރޭގައި ލޯކަލް ޝިޕިންގ އެޖެންޓުކަންކުރުން ހިމެނޭ ކުންފުންޏަކަށްވާންވާނެ ކަމަށް
ބަޔާންކޮށްފައިވާކަމާއި، އެސް.ޓީ.އޯ، ލޯކަލް ޝިޕިންގ އެޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވަނީ،
އެކުންފުނީގެ އެޖެންޓްކަމުގެ ދަށުން ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް ދިމާވާ އެންމެހައި މައްސަލަތަކުގައި
ޒިއްމާއުފުލާނެ ކަމުގެ އިޤްރާރު ލިޔުމުން ހުށަހަޅާފައިވާތީކަމަށް ޤަބޫލުކުރެވޭއިރު، އެމް.ވީ ކަރަކަޖާޔާ III-32
ބޯޓު ރާއްޖެއަށް އައީ އެސް.ޓީ.އޯ.ގެ އޭޖެންޓުކަމުގެ ދަށުން ކަމަށްވެފައި، އެމް.ވީ ކަރަކަޖާޔާ III-32 ބޯޓަށް
ދިމާވާ އެންމެހައި މައްސަލަތަކުގައި ޒިއްމާ އުފުލަންޖެހޭ ފަރާތަކީ އެބޯޓުގެ އޭޖެންޓްކަން ކުރި ފަރާތުންކަމަށް
ޤަބޫލުކުރެވޭތީ، ކ. ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ޖެޓީގައި އެމްވީ ކަމަރުވެ 9
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
249}HC-A/47
ނިއާގާ II-32 ބޯޓުން ޖެހި އެޖެޓީއަށް ލިބުނު ގެއްލުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އެސް.ޓީ.އޯ.ކަން
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭކަމެވެ.
އެހެންކަމުން މަދަނީ ކޯޓުގެ ނަންބަރު 2005/MC/700 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
249}HC-A/47
055
34
ދެންފަހެ، އިސްވެ.
ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން މަދަނީ ކޯޓުގެ
ނަންބަރު 2005/MC/700 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، އެސް.ޓީ.އޯ.ގެ އެޖެންޓްކަމުގެ
ދަށުން ރާއްޖެއައި، އެމްވީ ކަރަކާޖާޔާ ނިއާގާ III-32 ބޯޓު 27 އޮކްޓޯބަރ 2004 ދުވަހުގެ ހަވީރުގެ
ވަގުތެއްގައި، ކ. ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ޖެޓީއަށް ކައިރިކުރުމުގައި،
ބޯޓުން އެޖެޓީގައި ޖެހި އެޖެޓީއަށް ގެއްލުންލިބިފައިވާކަން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި،
އެޖެޓީއަށް ލިބުނު ގެއްލުން މަރާމާތު ކުރުމަށް ޚަރަދުވެފައިވާ 1228397.00ރ (އެއްމިލިޔަން
ދުއިސައްތައަށާވީސްހާސް ތިންސަތޭކަ ނުވަދިހަހަތް ރުފިޔާ) އަކީ، އެސް.ޓީ.އޯ.އިން އެޕޯލޯ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، މިފައިސާ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް
ލިބިދިނުމަށްޓަކައި، މިއަދު 24 ޖޫން 2012 ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެފައިސާ
އެއްކޮށް ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އެސްޓީއޯ.އަށް އަންގައި، މިގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
OXO
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv