ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/310 ޤަޟިއްޔާގެ ޙުކުމް
1
2{13/HC-A/310
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 310/HC
-
A/2013
އިސްތިއުނާފުކުރި ފަރާތް:
al
* ނަން: ޢަލީ ރާފިޢު
، ދާއިމީ އެޑްރެސް: މޯނިންގް ހެޕީ! އއ.ރަސްދޫ
މިހާރުގެ އެޑްރެސް: މޯނިންގް ހެޕީ! އއ.ރަސްދޫ
އައިޑީ ކާޑުނަންބަރު: A280895
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 01 އޮކްޓޯބަރ 2013
ނިމުނު ތާރީޚް: 07 އޮކްޓޯބަރ 2013
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު:2013/8500(JMD-145
ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
• ނިންމެވި ތާރީޚް: 26 ސެޕްޓެމްބަރ 2013
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ، ފަނޑިޔާރު އަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/31{
ދަޢުވާގެ ޚުލާޞާ
145-J(MD)2013/8500
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު
އަމުރު
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ އއ. ރަސްދޫ ، މޯނިންގްހެޕީ ޢަލީ
ރާފިޢުގެ ފަރާތުން އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މި އިސްތިއުނާއީ ދަޢުވާ ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
،
ފާހަގަކުރެވުނު ނުކުތާތައް:
1- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8500(JMD-145 ކޯޓު އަމުރަށް ބަލާއިރު،
އެކޯޓު އަމުރަކީ، އއ. ރަސްދޫ ، މޯނިންގްހެޕީ ޢަލީ ނާފިޢުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ފުލުހުންގެ
ގައިގާ ތަޅާމާރާ މާރީ ހިންގާ ފުލހުންގެ ވާޖިބަށް ހުރަސް އެޅުމުގެ މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ
ކަންކަމާއި ހާދިޘާ ހިނގާފައިވާ ގޮތަށް ބަލާ ރިޢާޔަތް ކުރާއިރު މިވަގުތު ޢަލީ ނާފިޢު ދޫކޮށްލުމަކީ
މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ރައްކާތެރި ކަމެއް ކަމަށް ނުފެންނާތީ މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށްޓަކައި ޢަލީ ރާފިޢު 2013 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ 16:30 އިން ފެށިގެން 2013
އޮކްޓޯބަރ 06 ވަނަ ދުވަހުގެ 16:29 ގެ ނިޔަލަށް، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ
ތަނެއްގައި ބަންދުކޮށްފައި ބެހެޓުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
22 2x
2- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8500(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވައިފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން
އއ. ރަސްދޫ ، މޯނިންގްހެޕީ ޢަލީ ރާފިޢުގެ ފަރާތުން 03 (ތިނެއް) ނުކުތާ ފާހަގަކޮށް، އެ ނުކުތާތަކާއި
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 46 ވަނަ މާއްދާއާއި 49 ވަނަ މާއްދާ އާއި ޚިލާފަށް، އަދި އެ މާއްދާއަށް ފެތޭ މީހެއްތޯ
ބެއްލެވުމެއްނެތި ހަމައެކަނި ފުލުހުން ބުނާބުނުމެއްގެ މައްޗަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ
އައިކާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
3
ޘާޝިބިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/31{
ކުށެއްގެ ތުހުމަތުގައި
* ދެވަނަ ނުކުތާއަކީ: ބަންދުގެ މުއްދަތު އިތުރު
އިތުރުކޮށްފައިވަނީ
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ
މާއްދާއާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ތިންވަނަ ނުކުތާއަކީ: ބަންދުގައި ބެހެއްޓެވުމަށް ޤާޟީ ނިންމެވި ނިންމެވުމަށް ވާޞިލުވި
ސަބަބު ބަޔާންކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8500(J
(
MD-145 ކޯޓު
އަމުރަށާއި އެއަމުރު
އިސްތިއުނާފު ކުރުމަށް އއ. ރަސްދޫ ، މޯނިންގްހެޕީ ޢަލީ ރާފިޢުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަ ކުރެވެއެވެ.
11
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފު ކުރެވިފައިމިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު
2013/8500(J
(
MD-145 ކޯޓު އަމުރަކީ، ރަސްދޫ މޯނިންގްހެޕީ ޢަލީ ރާފިޢުގެ މައްޗަށް ތުހުމަތު
ކުރެވުނު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި އަދި
ފުލުހުންގެ ގައިގާ މާރާމާރީ ހިންގިކަމުގެ ކުށުގެ މައްސަލައިގައި، 26 ސެޕްޓެމްބަރ 2013 ދުވަހު 16:30
އިން ފެށިގެން 06 އޮކްޓޯބަރ 2013 ދުވަހު 16:29 އަށް، 10 (ދިހައެއް) ދުވަހުގެ މުއްދަތަށް މިނިސްޓްރީ
އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ޢަލީ ރާފިޢު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި
ނެރުއްވާފައިވާ އަމުރެއްކަމާއި، އެއަމުރު ނެރުއްވި ސަބަބަކީ، އެވަގުތު އަލީ ނާފިޢު ދޫކޮށްލުމަކީ މުޖުތަމަޢުގެ
ހަމަޖެހުމާއި ސަލާމަތަށް ރައްކާތެރި ކަމެއްކަމަށް ފެނިވަޑައިނުގަންނަވާތީ، މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށްޓަކައި ކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ޙައިކާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
4
2{13/HC-A/310
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ނ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި، 49
ވަނަ މާއްދާއާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާއާ ޚިލާފަށް، އަދި ޢަލީ ރާފިއަކީ އެމާއްދާތަކަށް ފެތޭ
މީހެއްތޯ ބެއްލެވުމެއްނެތި، ހަމައެކަނި ފުލުހުން ބުނާބުނުމެއްގެ މައްޗަށް ޢަލީ ނާފިޢުގެ ބަންދުގެ މުއްދަތު
އިތުރުކޮށްދެއްވާފައިވާކަމަށް ބުނެ އަލީ ރާފިޢުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބެލިއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއަކީ ކުށެއްގެ ތުހުމަތުގައި މީހަކު
ހައްޔަރު ނުވަތަ ބަންދުކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާ މާއްދާކަމާއި، މި މާއްދާގައި ވަނީ "ހައްޔަރު ކުރާ
މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ އެވަގުތު އެއުޅެނީ ކުށެއް ކުރާން ކަމަށް
ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން
ހުއްދަލިބިގެން މެނުވީ އެއްވެސް މީހަކު ހިފައި
ނުވަތަ ބަންދުކޮށްގެނެއް ނުވާނެއެވެ"
މިފަދައިންކަމަށްވާއިރު،
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާ ފުލުހުންގެ ގައިގާ ތަޅާ މާރާމާރީ ހިންގިކަމުގެ
ތުހުމަތުގައި، ޢަލީ ނާފިޢު ހައްޔަރުކުރުމު އަމުރަކަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
އަރިއަތޮޅު އުތުރުބުރީ
ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އެކޯޓުގެ
ނަންބަރު
2013
/
48/HA
)
U2MC
-
B) ކޯޓު އަމުރުން 25 ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ 23
:
45އިން ފެށިގެން
24 ގަޑިއިރުގެ ތެރޭގައި، ރަސްދޫ މޯނިންގްހެޕީ ޢަލީ ރާފިޢުގެ
ނެރެދެއްވާފައިވާކަން އެއަމުރަށް ބެލުމުން އެނގެން އޮންނަކަމާއި
އެހެންކަމުން ޢަލީ
ރާފިޢު
ހައްޔަރުކުރެވިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ހދ 0x20
/11/ތށި،
ޗ 23
2
3
4
4
އަލިސކނކުރެ
ޙާލަތެއްނެތި،
ޤާނޫނުއަ
46
ވަނަ
މުއްދ
ޚިލާފަށްކަމަށް
ދިވެހިރާއްޖޭގެ
44
24
4 ވ 02
04
9(ނއނމ
ނެތްކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
5
2{013/HC-A/31{
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) އަކީ ކުށެއްގެ ތުހުމަތުގައި ވާ މީހާ ހައްޔަރުގައި ނުވަތަ
ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރުއްވުމުގައި ފަނޑިޔާރު ބައްލަވަންޖެހޭނެ ކަންކަން ބަޔާންކޮށްފައިވާ
މާއްދާތަށްކަމާއި، މިގޮތުން އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެ ހިނދެއްގައި އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ
ބާރު ފަނޑިޔާރަށް ލިބިގެންވާކަމާއި،
އަދި އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު
ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ)
އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު،
ބަންދުގެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތައް ވަޒަންކޮށް
ކޮށް، ކުށުގެ ތުހުމަތުގައިވާ މީހެއްގެ
ކިބައިގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ސަބަބުތަކުން ކުރި ސަބަބެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަކީ ބަންދުގެ މައްސަލަ ބައްލަވާ
ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 93/HC
-
A/2012
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
6
2{013/HC-A/31{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެޙާދިސާ
ތަޙްޤީޤުކުރުމުގައި ހުރީ ކިހާމިންވަރެއްގެ ގޮށްޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ
ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ޕިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި،
ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް
ބަޔާންކުރައްވާފައިވާކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު : TD057364 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ބަންދު ކުރިތާ 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ
ފޯމް" އަށް ބަލާއިރު ޢަލީ ރާފިޢުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން
ދައްކައި، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންގެ ގައިގާ ތަޅައި މާރާމާރީ ހިންގުމުގެ ކުށްކަން އެފޯމް
އަށް ބެލުމުން އެނގެން އޮންނަކަމާއި އަދި ޢަލީ ރަފީޢުގެ މައްޗަށް މިތުހުމަތުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް
ހުރިކަން އެފޯމަށް ބެލުމުން އެނގޭކަމާއި
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާވެ، އަމަން އަމާންކަން ގެއްލިދާފަދަ ކަމެއްކަމާއި، އަދި މިކަން މިގޮތަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ
ނަންބަރު
ޤަޟިއްޔާ އާއި،
ޤަޟިއްޔާގައިވެސް
ފާހަގަކުރައްވާފައިވާކަން އެނގެންއޮންނަކަމާއި،
2012/HC-A/213
2013/HC-A/120
2 2x
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި "މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާ
ސަބަބެއް އޮންނަމަ ގިނަވެގެން 15 ދުވަހުގެ މުއްދަތަށް އެމީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި
کرمی
ދިވެހިރާއްޖޭގެ ފީ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/31{
ބެހެއްޓުމުގެ އަމުރު ފަނޑިޔާރަށް ނެރެދެވިދާނެއެވެ" މިފަދައިން ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ (ރ)
ގައި "އެމީހަކު ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބު ފަނޑިޔާރު ފޯމުގައި ލިޔަންވާނެއެވެ." މިފަދައިން
ބަޔާންކޮށްފައިވާއިރު،
އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8500(JMD-145 ކޯޓު އަމުރުގައި
އއ. ރަސްދޫ ، މޯނިންގްހެޕީ ޢަލީ ރާފިޢު ބަންދުގައި ބަހައްޓަންވީ މުއްދަތުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ
10 (ދިހައެއް) ދުވަހުގެ މުއްދަތުކަން އެ އަމުރަށް ބެލުމުން އެނގެންއޮންނަކަމާއި، އަދި އެއަމުރުގައި ޢަލީ
ރާފިޢު ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުގެ ގޮތުގައި "މީނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ފުލުހުންގެ
ގައިގާ ތަޅާމާރީ ހިންގާ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ މިމައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ކަންކަމާއި،
ހާދިޘާ ހިނގާފައިވާ ގޮތަށް ބަލާ ރިޢާޔަތްކުރާއިރު މިވަގުތު މީނާ ދޫކޮށްލުމަކީ މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށް ރައްކާތެރިކަމެއްކަމަށް ނުފެންނާތީ މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި" ކަމަށް
ބަޔާންކުރައްވާފައިވާކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2013,8500(J
/
MD-145 ކޯޓު އަމުރަކީ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާއާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއް
ކަމަށް ބެލޭނެ ތަނެއް ނެތްކަމާއި އަދި ޢަލީ ރާފިޢު ބަންދުގައި ބެހެއްޓުމަށް ނިންމެވި ނިންމެވުމަށް ވާޞިލްވި
ފެނުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަމުގައި ބެލެވޭނެތަނެއްނެތް ކަންވެސް ފާހަގަކުރެވެއެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8500(J
(
MD-145 ކޯޓު
އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރެފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް
ދިވެހިރާއްޖޭގެ
އައިކާގެ
02 ދވތ 4
2
سمیر کرو
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
8
2{13/HC-A/310
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
...
3
9 27
ދެންފަހެ، އިސްވެ
ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް
ކޯޓުގެ ނަންބަރު 2013/8500(J
(
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv