ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/105 ޤަޟިއްޔާގެ ޙުކުމް
1
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
21/HC-A/105
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
U
• ޤަޟިއްޔާ ނަންބަރު: 105/HC
-
A/2010
އިސްތިއުނާފު ކުރިފަރާތް:
* ނަން: ރީތިރަށް ރިސޯޓް ޕިވޓ ލޓޑ
ފަރާތުން: މުޙައްމަދު ޖަލީލު
އައިޑީ ކާޑު ނަންބަރު: A011943
ވަކީލު: އޗ.އަރީފް އަޙްމަދު ނަޞީރު
އައިޑީ ކާޑު ނަންބަރު: A061676
ދާއިމީ އެޑްރެސް: މ.ފެހިވިލާގެ
* ދާއިމީ އެޑްރެސް: ބ.ދަރަވަންދޫ ނަސްފަރު
ދާއިމީ އެޑްރެސް
މިމދ.ދަފްރަތު 5052
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުލްމުޙްސިނު
ކާޑު ނަންބަރު: A001545
ބަދަލުގައި: މުޙައްމަދު އިޙްސާން އިބްރާހީމް
އައިޑީ
ކާޑު ނަންބަރު: A090123
ދާއިމީ އެޑްރެސް: ގއ.ދެއްވަދޫ އުތުރުގެ
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 20 ޖުމާދަލްއޫލާ 1431
މެއި 2010
ނިމުނު ތާރީޚް: 29 ޖުމާދަލްއާޚިރާ 1433
05
20
2012
etc
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2009/VTR/53
• ޤައްޔާގެ ބާވަތް: ވަޒީފާއާއިބެހޭ
ނިންމެވި ކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު: އަޙްމަދު ޝަރީފް ، ފަނޑިޔާރު: ޔޫސުފު ޙުސައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 2316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/105
53/VTR/2009
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ،
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު ކޮށްދިނުން
އެދި ވަން.އެންޑް.އޮންލީ ރީތި ރަށް ރިސޯޓް ޕވޓ ލޓޑ ގެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލޭ
މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު 5052 ޢަބްދުލްމުޙުސިންއެވެ.
* ފާހަގަކުރެވުނު ނުކުތާތައް
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/53 މައްސަލަ ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ "ޢަބްދުލްމުޙުސިން (001545-A}، މ.މ.ދ. ދަފްތަރު 5052، ވަން
އެންޑް އޮންލީ ރީތިރަށް މޯލްޑިވްސްގެ ޝެފް ޑެ ޕާޓީގެ މަޤާމުން 10 ޖޫން 2009 ގައި ވަކިކޮށްފައިވާތީ،
އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޞައްޙަގޮތެއްގައިތޯ ބަލައިދިނުމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ
ޞައްޙަނޫން ގޮތެއްގައިނަމަ، އޭނާގެ ގެއްލިފައިވާ ވަޒީފާ އަނބުރާ ހޯދައިދިނުމަށާއި، އޭނާއަށް ލިބިފައިވާ
މާލީ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް އެދި ޢަބްދުލްމުޙުސިން 21 ޖޫން 2009 ގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
2ދޑ މި29
-ނހ24
ދިޔަ ޝެފް
އެމައްސަލަ ނިންމަވާފައިވަނީ "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވި
ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މައްސަލަ ހުށަހެޅި
ފަރާތްކަމުގައިވާ ޢަބްދުލްމުޙުސިން ވަން އެންޑް އޮންލީ ރީތިރަށް މޯލްޑިވްސްގައި އަދާކުރަމުން
ދި ޕާޓީގެ މަޤާމުން 11 ޖޫން 2009 ގައި ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން
ސާބިތުކޮށްދިނުމަކީ މައްސަލަ ރައްދުވާ ފަރާތުގެ ޒިންމާއަކަށްވީ ހިނދު، އެކަން މައްސަލަ ރައްދުވާ
ފަރާތްކަމުގައިވާ ރީތިރަށް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައި ނުވާތީ ޤާނޫނު ނަންބަރު
02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޢަބްދުލްމުޙުސިން
ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ
A
ހައިކޯޓް
*
ވެވީ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް:
316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/105
މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު)
ގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން ޢަބްދުލްމުހުސިނަށް ބަދަލުގެ ގޮތުގައި 76,882.26 (ހަތްދިހަ
ހަހާސް އައްސަތޭކަ އަށްޑިހަ ދޭއް ޕޮއިންޓް ދޭއް ހައެއް) ރުފިޔާ 27 ޖެނުއަރީ 2010 ން ފެށިގެން 15
ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ޢަބްދުލްމުޙުސިނަށް ދައްކާ ނިންމައި، އެކަން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ލިޔުމަކުން އެންގުމަށް ރީތިރަށް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑަށް އަންގާ އަމުރުކު
މިފަދައިންކަން އެނގެއެވެ.
ކުރީމެވެ"
44 4
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/53 މައްސަލަ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ވަން.އެންޑް.އޮންލީ ރީތި ރަށް ރިސޯޓް ޕވޓ ލޓޑ
ގެފަރާތުން 03 (ތިނެއް) ނުކުތާއެއް
ހުށައަޅާ އެނުކުތާތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
4 34 s
ޖެހޭގެތުން
(ހ) ފުރަތަމަ ނުކުތާއަކީ، ރީތިރަށް ރިޒޯޓްގެ ވަޒީފާއިން ޢަބްދުލްމުހުސިން ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުންކަމަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން
ޤަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ މައްސަލަ ނިންމެވިއިރު ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން މިމައްސަލަ
ނިންމަވަމުން ފާހަގަކުރެއްވި ނުކުތާތަކުގެ 3.11 ގައި ޢަބްދުލްމުޙުސިން އިސްވެހުރެގެން "ސަންޖަޔާ ކުމާރު"
ޗުއްޓީގައި ހުއްޓާ އޭނާ ރަށުގައި ހުރިކަމަށް ބަޔާންކުރާ އެޓެންޑެންސް ޝީޓެއްގައި ސޮއިކޮށްފައިވާކަން ފާހަގަ
ކުރައްވާ އަދި މިއީ ޢަބްދުލްމުޙުސިން ކޮށްފައިވާ ކުށެއްކަމަށް ޤަބޫލުކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
8
2/ =
(ނ) ދެވަނަ ނުކުތާއަކީ، ވަޒީފާދޭފަރާތާ، ވަޒީފާ އަދާކުރާ ފަރާތާއި ދެމެދު އޮންނަ އިތުބާރާއި
ޔަޤީންކަމަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ވަޒީފާ އަދާކުރާ ފަރާތުން ޢަމަލު ކުރުމުން އެފަރާތަށް ހަމައެކަނި
ނަޞޭޙަތްދީ އެކަން ރަނގަޅު ކުރުމަށް އެންގުން ފިޔަވާ އިތުރު ފިޔަވަޅެއް ނޭޅޭނެކަމުގެ
ސްޓީނެކަމުގެ މާނަ ދޭހަވާ ގޮތަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލަ ނިންމެވިއިރު ޢަބްދުލްމުޙުރ
ލްމުޙުސިން ކޮށްފައިވާ ޢަމަލަކީ
މުސްތަޤުބަލަށް ބަލާއިރު ވަރަށް ނޭދެވޭ ކަންތައްތަކެއް ހިނގުމަށް މަގުފަހިވާފަދަ ގޮތަކަށް
ހުޅުވިފައިވާ ޢަމަލަކަށްވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް: 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
4
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/105
(ނ) ތިންވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޤާނޫނަކީ ހަމައެކަނި ވަޒީފާއަދާކުރާ ފަރާތުގެ ޙައްޤުތައް
ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް ފާސްކޮށްފައިވާ ޤާނޫނަކަށްނުވެފައި، އެކަމަކު އެއީ ވަޒީފާދޭފަރާތުގެ
އެންމެހާ ޙައްޤުތަކެއްވެސް ރައްކާތެރިކޮށް ޙިމާޔަތްކޮށްދޭގޮތަށް ފާސްކޮށްފައިވާ ޤާނޫނަކަށްވާއިރު، ރީތި ރަށް
ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުގެ ޙައްޤުތަކަށް އެންމެ ފުރިހަމައަށް މިމައްސަލަ ނިންމެވުމުގައި
ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށައެޅި ނުކުތާ
03- މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/53
މައްސަލަ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
އނށ ބލ
5052
44
އ
(ހ) ފުރަތަމަކަމަކީ، މމޚުދ ޢަބްދުލްމުޙުސިންގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށައެޅި މައްސަލައަކީ، އޭނާ ވަން އެންޑް އޮންލީ ރީތިރަށް މޯލްޑިވްސްގެ ޝެފް ޑެ ޕާޓީގެ
މަޤާމުން 11 ޖޫން 2009 ގައި ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ސައްޙަ ގޮތެއްގައިތޯ
ބަލައިދިނުމަށާއި، އޭނާ ވަޒީފާއިންވަކިކޮށްފައިވަނީ ސައްޙަނޫން ގޮތެއްގައިނަމަ، ގެއްލިފައިވާ ވަޒީފާ އަނބުރާ
ހޯދުމަށާއި ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށައެޅި މައްސަލައެއްކަން އެނގޭކަމާއި،
ޤާނޫނުނަންބަރު 02/2008 ( ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ
އެކަށީގެންވާ ސަބަބެއް އޮވެގެންކަން، އެޤާނޫނުގެ 21 އަދި 28 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި
ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ
29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، އެހެނިހެން ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ
ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންވެގެން އޮންނަކަން އެނގެއެވެ. ރާއްޖޭގެ
[
44
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
އެހާ ހދޑ 8
43 ހS
5
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/105
44
4
(ނ) ދެވަނަކަމަކީ، ޢަބްދުލް މުޙުސިން ވަން އެންޑް އޮންލީ ރީތިރަށް ރިޒޯޓުގައި އަދާކުރަމުން
ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ، 10 ޖޫން 2010 ގައި ވަން އެންޑް އޮންލީ ރީތިރަށް މޯލްޑިވްސް އިން
ޢަބްދުލް މުޙުސިނަށް ފޮނުވާފައިވާ ލިޔުމަކުންކަން އެނގޭކަމާއި، އެލިޔުމުގައި ވަޒީފާއިން ވަކިކުރި
ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ”misappropriation of founds
މިފަދައިންކަމާއި،
މިކަމުގެ ތަފްސީލުގައި ވަން.އެންޑް އޮންލީ ރީތި ރަށް ރިސޯޓް ޕވޓ ގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލްގައި ބުނެފައިވަނީ، ރީތި ރަށް ރިސޯޓުގައި މަސައްކަތްކުރި ސަންޖަނާކުމާރު ކިޔާ އެރިސޯޓުގެ
އެހެން މުވައްޒަފަކު ޗުއްޓީގައި ހުއްޓާ އޭނާ ރަށުގައި ހުރިކަމަށް ބަޔާންކުރާ އެޓެންޑެންސް ޝީޓުގައި
ޢަބްދުލް މުޙުސިން ސޮއިކޮށްފާވާތީ، މި
ޝީޓުގައި ޢަބްދުލް މުޙުސިން ސޮއިކޮށްފާ ވުމުގެ ސަބަބުން
ސަންޖަނާ ކުމާރު ރަށުގައި ނެތް ދުވަސްތަކަކަށް ރީތި ރަށް ރިސޯޓުން ސަންޖަނާކުމާރަށް މުސާރަދޭން
ޖެހުނުކަމަށާއި، ޢަބްދުލް މުޙުސިންގެ މި އަމަލަކީ، ރިސޯޓުގެ މެނޭޖްމަންޓަށް ޢަބްދުލް މުޙުސިން ވެފައިވާ
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 2 އަށް ރިޢާޔަތްކޮށް، އެ މާއްދާއިން
ރިސޯޓުގެ މެނޭޖްމަންޓަށް ލިބިދޭ ބާރުގެ ދަށުން ޢަބްދުލް މުޙުސިން ރަށް ރިސޯޓުގައި އަދާކުރަމުން
ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ކަމަށެވެ.
ތ
ތީ ދީ ގއ ހ03
ޚިޔާނާތެއްކަމުން،
(ނ) ތިންވަނަކަމަކީ، ޤާނޫނުނަންބަރު 02/2008 ( ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ
(ށ) ގެ (2) އަށް ބަލާއިރު، ޚިޔާނަތެއް ވެފައިވުމަކީ ނޯޓިހެއް ދިނުމަކާއިނުލައި، ވަޒީފާއަދާކުރާ ފަރާތެއް
އޭނާގެ ވަޒީފާއިން ވަކިކުރެވޭނެ އެކަށީގެންވާ ސަބަބެއްކަމުގައި ބަޔާންވެގެންވާކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމެވުގައި ފާހަގަކުރެއްވި ފަދައިން ޚިޔާނަތައްވެފައިވާކަމުގެ
ތުހުމަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، ޚިޔާނާތެއްވިކަމަށް ތުހުމަތުކުރާކަންކަން އެކަށީގެންވާ
ގޮތެއްގައި ބެލެވިފައި އޮންނަންވާނެކަމާއި އެހެނީ މިފަދަ ތުހުމަތެއްގައި ވަޒީފާއިން
އޭނާއަށް އެހެން
ވަޒީފާގެ ފުރުސަތު ލިބުމަށް ހުރަސް އެޅުމުގެ އިތުރުން އޭނާގެ އަބުރާކަރާމަ
އަސަރުކުރާނެކަމީ ޤަބޫލުކުރެވެން އޮތް ޙަޤީޤަތެއްކަމާއި، މިހެންކަމުން މިފަދަ ތުހުމަތެއްގައި މުވައްޒަފަކު
ވަޒީފާއިން ވަކިކުރާނަމަ، އަދި ޖުމްލަގޮތެއްގައި އެއްވެސް މުވައްޒަފަކު ކުށެއްކުރިކަމަށް ތުހުމަތުކޮށް
ވަޒީފާއިން ވަކިކުރާނަމަ، އެމީހެއްގެ ވަޒީފާއިން ވަކިކުރުމުގެ ފިޔަވަޅު އަޅަންވާނީ ޢަދުލު އިންސާފުގެ
ހަމަތަކާއި އެއްގޮތަށް އަދި ވަޒީފާއިން ވަކިކުރުމުގެ ކުރިން ޝަކުލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން
ލާޒިމްވެފައިވާ ކަންތައްތަކަށް ވަޒީފާދިން ފަރާތުން ތަބާވުމަށްފަހު، މިފަދަ ފިޔަވަޅެއް އެޅުޚު ޕެސްޓްއެންއި
ބަލަންޖެހޭ ބެލުންތަކެއް އެކަށީގެންވާ މިންވަރަކަށް ބެލުމަށްފަހު، ޑިއު ޕްރޮސެސް(due process
މީގެ ސަބަބުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/105
ޕްރޮސީޖަރަލް ފެއާނަސް (procedural fairness} ޤާއިމުކުރުމަށް ފަހުގައިކަމާއި، މިއީ ދުނިޔޭގެ
ތަހުޒީބު ވެފައިވާ މުޖުތަމަޢުތަކުގައި ވެސް ކަންކުރެވޭ އުސޫލުކަމާއި އަދި މިއުސޫލަކީ ދިވެހިރާއްޖޭގެ
ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ، އިދާރީ ހިންގުމުގެ
ދާއިރާއިން ކޮންމެ މީހަކާއި މެދުވެސް، ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން، ޢަދުލު އިންސާފުގެ ހަމަތަކާއި
ކަންކުރެވު އޮންނަ އަސާސީ ޙައްޤު އިތުރަށް ޔަޤީންކުރުމަށްޓަކައި
ލާޒިމުވާކަމެއްކަމުގައި ބެލެވޭކަމެއްކަން އެނގެއެވެ.
ޑ 8 *ހ2
އއ eނ
2
6
2 ހއ
މަށް
ހހހ
އަވަވަ
.ކުރިކަމުގެ
/42ކ3431ނ
ނަކަމަކީ، މުވައްޒަފެއްގެ އަޚުލާޤީ މައްސަލައަކާއި ގުޅިގެން ނުވަތަ ކުށެއްކުރި
ތުހުމަ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ނުވަތަ އެނޫންވެސް އެފަދަ ފިޔަވަޅެއް އެޅުމުގެ
ކުރިން ތުހުމަތުކުރެވޭކަމަކާއި މެދު މުވައްޒަފުގެ ބަހެއްހޯދާ، އެމުވައް
އެމުވައްޒަފަކަށް ކަމުގެ ޙަޤީޤަތްހާމަކުރަ
ފުރުސަތުދެވުމަކީ އަދި އެމައްސަލައެއްގައި ކަން ހިނގާދިޔަގޮތް އޮޅުފިލުވާ އެކަން ހިނގާދިޔައީ ކިހިނެތްކަން
ބެލެވެން އޮތް މިންވަރަކުން ބެލުމަކީ މިފަދަ މައްސަލަތަކުގައި ޑިއު ޕްރޮސެސް(due process) ނުވަތަ
ޕްރޮސީޖަރަލް ފެއާނަސް (procedural fairness} ޤާއިމުކުރުމަށް ލާޒިމުކުރާކަމެއްކަން އެނގޭއިރު،
ޢަބްދުލް މުޙުސިންގެ މައްޗަށް ތުހުމަތުކުރެވުނު ކުށާއި ގުޅިގެން އޭނާގެ ދިފާޢުގައި ވާހަކަ ދެއްކުމުގެ
ފުރުސަތު ދެވިފާނުވާކަމަށް ޢަބްދުލް މުޙުސިން ބުނެފައިވާކަމާއި އަދި އެފުރުސަތު ޢަބްދުލް މުޙުސިން އަށް
ދެވިފައިވާކަން ހުށައެޅިފައިވާ ލިޔެކިޔުންތަކުން އެނގެންނެތްކަމާއި، އަދި މިކަން ހިނގާދިޔަގޮތެއްވެސް
އެކަށީގެންވާ މިންވަރަކަށް ބެލިފައިނެތްކަން އެނގޭކަމާއި،
ދިޔާނާތެއްގެ ސަބަބުން
9 0ނ
ޢަބްދުލް މުޙުސިން ވަޒީފާއިން ވަކިކުރަންޖެހުނީ ވަން އެންޑް އޮންލީ ރީތިރަށް ރިޒޯޓުގެ އެހެން
މުވައްޒަފެއްކަމަށްވާ ސަންޖަނާ ކުމާރު ޗުއްޓީގައި ހުރި މުއްދަތުގައި ޢަބްދުލް މުޙުސިން އޭނާގެ ޙާޟިރީ
ޝީޓުގައި ސޮއިކުރި ކުރުމުން އެމުއްދަތަށް ސަންޖަނާކުމާރަށް މުސާރަ ދެވުނީ ޢަބްދުލް މުޙުސިން ވެފައިވާ
ވަން.އެންޑް.އޮންލީ ރީތި ރަށް ރިސޯޓް ޕވޓ ލޓޑން ބުނެފައިވާއިރު،
މިމައްސަލައިގައި ޙަވާލާދެވެމުންމިދާ ޙާޟިރީ ޝީޓުގައި ޢަބްދުލް މުޙުސިން ސޮއިކުރީ ސިންޖަނާކުމާރަ
ޕޭލީވް ދެވިފައި އޮތުމުންކަމަށާއި، އަދި އެކަންކުރީ އެ ޝީޓުގައި ސަންޖަނާކުމާރު ޙާޟިރުވިކަމަށް
ސޮއިކުރުމަށް ޢަބްދުލް މުޙުސިން މަސައްކަތްކުރާ ޑިޕާރޓްމަންޓުގެ އިސްވެރިޔާ ޙަސަން ޢަލީ
އަންގާފައިވުމުންކަމަށާއި، ސަންޖަނާ ކުމާރަކީ ޕްލީވް ދެވިފައިވާ މުވައްޒަފަކަށްވާތީ، އޭނާގެ
ޝީޓުގައި އެންމެ ފުރަތަމަ ސޮއިކުރަމުން ދިޔައީ ޙަސަން ޢަލީކަމަށާއި، މި
TE
eމ 4
ގެން
ލައިކޯޓް
مهر
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 36471، ދިވެހިންQ
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/105
ދުވަސްވަންދެން ޙަސަން ޢަލީ ސޮއިކުރުމަށްފަހު، ޙަސަން ޢަލީ އަމިއްލަ ބޭނުމެއްގައި ޗުއްޓީ ނެގުމުގެ
ސަބަބުން ދެން ޝެކް ޝަން ހިންގުމުގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން ޙަސަން ޢަލީގެ ހުއްދައާއި
ލަފާގެ މަތިން ޢަބްދުލް މުޙުސިން ސޮއިކުރީ 7 ދުވަހު ކަމަށާއި، ޢަބްދުލް މުޙުސިން އެވަގުތު ހުރި މަޤާމުގެ
ގޮތުން ޢަބްދުލް މުޙުސިންގެ ޒިންމާއަކީ ޝީޓު ތައްޔާރުކު
އިރުކުރުމަށްފަހު މި ޝީޓް ރިސޯޓްގެ ހިއުމަން
ރިސޯސަސް ޑިޕާރޓްމަންޓަށް ފޮނުވުންކަމަށާއި، މުވައްޒަފުންގެ މުސާރައިގެ ކަންކަން ހަމަޖެހެނީ މި ޝީޓް
ހިއުމަން ރިސޯސް ޑިޕާރޓްމަންޓުން އެޕްރޫވްކުރު
ކުރުމަށްފަހު ފައިނޭންސް ޑިޕާރޓްމަންޓުން މުސާރައިގެ
ކަންކަން ހަމަޖެއްސުމުންކަމަށް ޢަބްދުލް މުޙުސިން ބުނެފައިވާކަމާއި،
ހދ 4
ރިކށް
ce
އެނގޭނެ
ޢަބްދުލް މުޙުސިން އޭނާގެ ދިފާޢުގައި ހުށައެޅި މިކަންތައްތަކުގެ މައްޗަށް
މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށައެޅުނު ހެކިތަކާއި ލިޔެކިޔުންތަކަށްބަލާއިރު،
ސަންޖަނާކުމާރަށް މުސާރަ ދެވިފައިވާ މުއްދަތުގައި ސަންޖަނާކުމާރަށް ދެވިފައިވަނީ ކޮންކަހަލަ ޗުއްޓީއެއްކަން
އެއްވެސް ލިޔުމެއް ރީތިރަށް ރިސޯޓުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް
ހުށައަޅާފައިވާކަން އެނގެންނެތްކަމާއި، މީގެ އިތުރުން މުސާރަ ދެވުނު މުއްދަތުގައި ސަންޖަނާކުމާރަށް ޕޭލީވް
ދެވިފައިނުވާކަން ސާބިތުކޮށްދޭ އެއްވެސް ލިޔެކިޔުމެއް ރީތިރަށް ރިސޯޓަށް ދެއްކިފައިނުވާކަމާއި،
މިމައްސަލައިގައި ކަންހިނގާދިޔަގޮތްކަމަށް ބަޔާންކުރާ ގޮތުގެ މައްޗަށް ރިޢާޔަތްކުރާއިރު، ސަންޖަނާކުމާރާއި
ދޭތެރޭ ރީތިރަށް ރިސޯޓުގެ ފަރާތުން ޢަމަލުތައް ބަހައްޓާފައިވާގޮތުން އޭނާ ރިޒޯޓުން ބޭރަށް ގޮސްފައިވަނީ
ޗުއްޓީއެއްގައިކަން އަދި ރިސޯޓުގެ މެނޭޖްމަންޓަށް އެކަން އެނގި މެނޭޖްމަންޓުގެ ހުއްދަލިބިގެންކަން
ފާހަގަކުރެވެން އޮންނަކަމާއި،
މައްސަލައާއި ގުޅިގެން ޙަވާލާދެވޭ އެޓެންޑެންސް ޝީޓުގައި ޢަބްދުލް މުޙުސިން ސޮއިކުރުމުގެ
ކުރިން ސަންޖަނާކުމާރު ރިސޯޓުގައި ނެތްދުވަސްތަކެއްގައި ސަންޖަނާކުމާރަ ވަޒީފާއަށް ޙާޟިރުވިކަމަށް،
ޢަބްދުލް މުޙުސިންގެ މައްޗަށް ވެރިއެއްގެ ގޮތުގައި ހުރި ފަރާތަކުން ސޮއިކޮށްފައިވާކަމަށާއި، އަދި ޢަބްދުލް
މުޙުސިންގެ މައްޗަށް ވެރިއެއްގެ ގޮތުގައި ހުރި މީހާ ސޮއިކުރަމުން އައި ސޮއިކުރުމެއް ޢަބްދުލް
މުޙުސިންވެސް ކުރީކަމަށް ރީތިރަށް ރިސޯޓުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީސް
އަށް 19 މެއި 2010 ގައި ދީފައިވާ ބަޔާނުގައި ބުނެފައި އޮންނަކަމާއި މިހެންކަމުން ޢަބްދުލް މުޙުސިން
އެޓެންޑްސް ޝީޓުގައި ސޮއިކުރަމުން ދިޔައީ ޢަބްދުލް މުޙުސިންގެ ވެރިޔަކަށް ހުރިފަރާތުގެ ބެލުމުގެ
އަދި އޭނާގެ އެންގުމަކަށް ކަމުގައި ބެލުމުގެ ޖާގަ ލިބޭކަމާއި، އެހެންނަމަ
އެޓެންޑް
ގެ ހައިކް
, އދ 4
ނަނމަވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް:
3316477
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/105
etc
ދި 80 ތ
ބަޔާންކޮށްފައި
އޮން،
ޢަބްދުލް މުޙުސިން 7 ދުވަހު ސޮއިކޮށްގެން ޢަބްދުލް މުޙުސިން ވަޒީފާއިން ވަކިކުރަން ނިންމިއިރު، ޢަބްދުލް
މުޙުސިންގެ ވެރިއެއްގެ ގޮތުގައި ހުރި އަދި މިއެޓެންޑެންސް ޝީޓުގައި 23 ދުވަހު ސޮއިކުރި ފަރާތާއި މެދު
އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން ލިޔުންތަކުން އެނގެންނެތްކަމަށާއި، އޭނާއާ މެދު އެޅުނު ފިޔަވަޅަކީ
އަނގަބަހުން ނަސޭޙަތްތެރިވުންކަމަށް ރީތި ރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާކަމާއި، ޤާނޫނު
ނަންބަރ 2/2008 ( ވަޒީފާއާބެހޭ ޤާނޫނު) ގެ އަސާސީ އުސޫލުތަކުގެ ތެރޭގައި އެޤާނޫނުގެ 4 ވަނަ
މާއްދާގެ (ހ) ގައި ތަފާތު ނުކުރުން ހިމެނޭއިރު، ވަޒީފާއިން ވަކިކުރުމުގައްޔާއި، ވަޒީފާއަދާކުރުމުގައި ދިމާވާ
އެހެނިހެން ކަންކަމުގައި ، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި ތަފާތުކުރުމަކީ މަނާކަމެއްކަމުގައި
ންނަކަމާއި،އަދި ތަފާތެއް ނުކުރެވޭކަމަށް ނުވަތަ ތަފާތެއް ގެނައީ ، ވަޒީފާއާބެހޭ ޤާނޫނުގެ
4 ވަނަ މާއްދާގެ (ހ) އާއި ޚިލާފުނުވާގޮތެއްގެ މަތިން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްގެންކަން
ސާބިތުކޮށްދިނުމަކީ، ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން މި މާއްދާގެ (ރ) ގައި ބަޔާންވެގެ ފެނަކަމާއި،
ޢަބްދުލް މުޙުސިން އާއި، އެވަގުތު ޢަބްދުލް މުޙުސިންގެ މައްޗަށް ހުރި ވެރިފަރާތުން ކުރީ އެއް
ލެއްކަމުގައިވާއިރު، ޢަބްދުލް މުޙުސިން ވަޒީފާއިން ވަކިކުރަން ނިންމާ އޭނާގެ ވެރިޔަކަށް ހުރި ފަރާތަށް
ނަސޭޙަތް ދިނުމަކީ
ވަޒީފާއާބެހޭ ޤާނޫނުގެ ވަނަ މާއްދާގައި ބުނާފަދަ
ކުރުމެއްކަމާއި،
ޢަމަލެއްކުރުމުގައި ބައިވެރިވެ ދެމުވައްޒަފެއްގެ ދެމެދުގައި
މިތަފާތުކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްގެން ކަން ރީތިރަށް ރިސޯޓް ޕްރައިވެޓް
ލިމިޓެޑަށް ސާބިތުކޮށްދެވިފައި ނުވާކަމާއި،
34
3 * ޏ ސ ޑ
ދ / އ ސ ޑ ވ
ބަޔާންވެގެން އަންނަކަމާއި
6 24
04އ2
23
އަނގަތަ ބަހުން
4
ދި 99 5ޑ 8
ފާސްކުރެއެ.
COX
އeނޑީ -4
18
ންސް ޝީޓުގައި ޢަބްދުލް މުޙުސިން ސޮއިކުރާކުރުމެއްގެ މައްޗަށް އެކަނި
މުސާރަ
ސާރަދޫނުކުރެވޭނެކަން އަދި މުސާރަ ދޫކުރެވެނީ މި އެޓެންޑެންސްޝީޓް ރީތިރަށް ރިޒޯޓުގެ އެޗް. އާރު
އަދި ފައިސާއާއި ޑިޕާރޓްމަންޓުން ބަލާ ޗެކްކުރުމަށް ފަހުގައިކަން އަދި ޙާޟިރީ ޝީޓް އެޕްރޫވް
ކުރަނީ އެޗް.އާރު ޑިޕާރޓްމަންޓުންކަން، މި މައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ޙާޟިރުކުރެވުނު ވަން.އެންޑް އޮންލީ ރީތި ރަށުގެ އެޗް.އާރ.އެގްޒެކެޓިވް އެއްގެ މަޤާމުގައި ހުރި މުޙަ
މުޙައްމަދު
ޝަރަފުގެ ބަހުން އެނގޭކަމާއި، މިހެންކަމުން ސަންޖަނާ ކުމާރު ރިސޯޓުގައި މަސައްކަތްނުކުރާ ދުވަސްތަކަށް
މުސާރަ ދޫކުރެވުނީ ޢަބްދުލް މުޙުސިން އެޓެންޑެންސް ޝީޓުގައި ސޮއިކުރި ކުރުމުގެ މައްޗަށް އެކަނި
ނޫންކަން އެނގެއެވެ.
CCC
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 331647I
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
9
2010/HC-A/105
ކަންކަމުގެ އަލީގައި
(.) ފަސްވަނަކަމަކީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް އިސްވެ ފާހަގަކުރެވުނު
ބަލާއިރު ، ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓުގައި ޢަބްދުލް މުޙުސިން
ވަޒީފާއަދާކުރަމުން ދަނިކޮށް އޭނާ އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ، ޢަބްދުލް މުޙުސިންގެ
މައްޗަށް ތުހުމަތު ކުރެވުނު ކަމުގެ މައްޗަށް އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤެއް ހިންގުމެއްނެތި އަދި ޢަބްދުލް
މުޙުސިންގެ މައްޗަށް ތުހުމަތު ކުރެވުނު ކުށާއި ގުޅިގެން ޢަބްދުލް މުޙުސިންގެ ދިފާޢުގައި އެއްޗެއް ބުނުމުގެ
ފުރުސަތު ނުލިބިކަން އެނގެން އޮތް އޮތުމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާފަދަ
ތަފާތުކުރުމެއް ޢަބްދުލް މުޙުސިން އާދެތެރޭ ރިޒޯޓުން ގެންގުޅެފައިވާކަން އެނގެން އޮތް އޮތުމަށާއި،
މިމައްސަލައިގައި ޙަވާލާދެވޭ އެޓެންޑެންސް
ންސް ޝީޓުގައި ޢަބްދުލްމުޙުސިން ސޮއިކުރަން ޖެހުނު ކަމަށްބުނާ
ސަބަބާއި
އަދި ޙާލަތަށް ރިޢާޔަތްކޮށް ފެންނަންހުރި ލިޔެކިޔުންތަކާއި ހުށައެޅުނު ހެކިތަކުގެ އަލީގައި
ޝީޓުގައި ޢަބްދުލް މުޙުސިން ސޮއިކޮށްފައިވަނީ ރީތި ރަށް ރިޒޯޓަށް ކަނޑައެޅިގެން
ލުން ދިނުމަށް އަދި ޚިޔާނާތްތެރިވުމުގެ ޤަސްދު އޮވެގެންކަން އެނގެން ނެތްނެތުމަށާއި، މި އެންމެހާ
ކަންކަމުގެ މައްޗަށްބަލާ ޢަބްދުލް މުޙުސިން ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ރީތި ރަށް ރިޒޯޓަށް ސާބިތުކޮށްދެވިފައިނުވާކަމަށް،
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އިން ލިބިދޭ ޤާނޫނީ
ޙައްލު ޢަބްދުލް މުޙުސިނަށް ލިބިދިނުމަށް އެ ޓްރައިބިއުނަލް އިން ނިންމާފައިވާ ނިންމުން ބަދަލުކުރަން ޖެހޭ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ޓ ޓ ޓ ޓ 0
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން:3325329، ފެކްސް: 338471 ވޯ. ޖެހިއްޖެ
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޙުކުމް
4 22
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު،ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/53 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފުނޫންކަމަށް މިމައްސަލަބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ހިރާއްޖޭގެ"
ހައިކޯ
1)
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/105
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/53
މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށްފީމެވެ.
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv