ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/244 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/244
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 244/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރު: 218
/
2008-C
ދާއިމީ އެޑްރެސް: ފ. މެހެލިގެ / ކ.މާލެ
މިހާރުގެ އެޑްރެސް:ހ. މެހެލިގެ / ކ.މާލެ
އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 810
/
2008-C
ދާއިމީ އެޑްރެސް: ލ. ބަގީޗާ | ކ.މާލެ
މިހާރުގެ އެޑްރެސް: މ. ބަގީޗާ | ކ.މާލެ
• ރަޖިސްޓްރީކުރި ތާރީޚް: 16 ޛުލްޤައިދާ 1435
01 ސެޕްޓެމްބަރު 2014
ނިމުނު ތާރީޚް: 08 ޞަފަރު 1436
30 ނޮވެމްބަރު 2014
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/695 ޤަޟިއްޔާ
ނިންމެވި ކޯޓު ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: ފައިސާހޯދުން
ހުށަހެޅި ތާރީޚް: 2014-03-26
، ނިމުނު ތާރީޚް: 20.07.2014
މިހިރާއްޖޭގެ
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު އަބޫބަސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2014/HC-A/244
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/695 ޤަޟިއްޔާ، އެ ކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި
މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް އެވެ.
2 2 2 4 8
ފާހަގަބތްފަން 462:
1) އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/695 ޤަޟިއްޔާއަކީ، މައިކްރޯ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދީފައިވާ
-/
132,500ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) ގެ ސޭންޑް ޕަންޕް ހޯސްއަށް ފައިސާ
ދީފައިނުވާތީ، އެފައިސާ އާއި، އިންވޮއިސްގައި ބުނެފައިވާ މުއްދަތުގައި ފައިސާ ދައްކާފައިނުވާތީ، ފައިސާ
ނުދައްކައިވާ ކޮންމެ ދުވަހަކަށް އަރަމުންދާ %5 ގެ ޖޫރިމަނާގެ ފައިސާއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް
ލިމިޓެޑުން މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅުއްވައި، އަދި
އެ އިންވޮއިސްގައިވާ ޢަދަދު ދެއްކުމަށް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މަސައްކަތްކޮށްފައިވާ
ތާރީޚުކަމުގައިވާ 10 މާރޗް 2014 އާ ހަމައަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ -/
3,411,875ރ.
(ތިންމިލިއަން ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ ހަތްދިހަފަސް ރުފިޔާ) އާއި އެކުޖުމްލަ -/3,544,375ރ.
(ތިންމިލިއަން ފަސްލައްކަ ސާޅީސްހަތަރުހާސް ތިންސަތޭކަ ހަތްދިހަފަސް ރުފިޔާ) ލިބިގަތުމަށް އެދި އައި.އެންޑް.ޓީ
މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މައިކްރޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން
ބެލުނު މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވިފައިވާ ނުކުތަކުގެ މައް
މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، މައިކްރޯ އިންވެސްޓްމަންޓް
0 0 2 02 4
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/244
ޕްރައިވެޓް ލިމިޓެޑުން އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދީފައިވާ -/
132,500ރ.
(އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) ގެ ސޭންޑް ޕަންޕް ހޯސްއަށް ފައިސާ ދީފައިނުވާތީ، އެފައިސާ
އާއި، އިންވޮއިސްގައި ބުނެފައިވާ މުއްދަތުގައި ފައިސާ ދައްކާފައިނުވާތީ، ފައިސާ ނުދައްކައިވާ ކޮންމެ ދުވަހަކަށް
އަރަމުންދާ %5 ގެ ޖޫރިމަނާގެ ފައިސާއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މައިކްރޯ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، އަދި އެ އިންވޮއިސްގައިވާ
ޢަދަދު ދެއްކުމަށް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މަސައްކަތްކޮށްފައިވާ ތާރީޚުކަމުގައިވާ 10
މާރޗް 2014 އާ ހަމައަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ
-3,411,8751ރ. (ތިންމިލިއަން ހަތަރުލައްކަ
އެގާރަހާސް އަށްސަތޭކަ ހަތްދިހަފަސް ރުފިޔާ) އާއި އެކުޖުމްލަ -/3,544,375ރ. (ތިންމިލިއަން ފަސްލައްކަ
ސާޅީސްހަތަރުހާސް ތިންސަތޭކަ ހަތްދިހަފަސް ރުފިޔާ) ލިބިގަތުމަށް އެދި އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް
ލިމިޓެޑުގެ މައްޗަށް މައިކްރޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ މި މައްސަލަ ޝަރީޢަތުން
ooooo
ބެލިއިރުގައި،
0 0 2 0 0 2 0
މައިކްރޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް
ލިމިޓެޑަށް -/
132,500ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) ގެ ސޭންޑް ޕަންޕް ހޯސްއެއް
ފޯރުކޮށްދީފައިވާކަމާއި، އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ މި މުދަލަށް ފައިސާ
ދައްކާފައިވާކަން ސާބިތުކޮށްދިނުމަކީ މިފައިސާ ދައްކަންޖެހޭ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ
ންމާއެއްކަމުގައިވާއިރު، މި ފައިސާ ދައްކައިފައިވާކަން އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް
ސާބިތުކޮށްދެވިފައިނުވާތީ، މިފައިސާއަކީ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އައި.އެންޑް.ޓީ
މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއްކަމާއި،
Oo ooo
މި މައްސަލައިގައި ޖޫރިމަނާގެ ޢަދަދު ހިސާބުކުރެވިފައިވާ -/l38500އާއިލާ
ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) ބަޔާންކޮށް ތައްޔާރުކުރެވިފައިވާ ނަންބަރު: 113/I/ 2
އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ރައްދުކުރެވިފައިވާކަން އެއިންވޮއިސްއަށް މަރުވާޓްދީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
2014/HC-A/244
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލިޔުމަކުންވެސް ދެނެގަނެވެން ނެތުމުން، އެއިންވޮއިސްގައިވާ ޝަރުތެއްގެ މައްޗަށް ބިނާކޮށް ޖޫރިމަނާގެ ފައިސާ
ނަގައިދެވެން ނެތްކަމާއި،
މި މައްސަލައިގައި ސާބިތުވެފައިވާ -/
132,500ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ
ރުފިޔާ) މައިކްރޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި، މިފައިސާ މިއަދު 20 ޖުލައި
2014 އިން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުމެ މަދުވެގެން އެ މަހަކަށްޖެހޭ
މިންވަރު މިކޯޓަށް ދައްކަމުންގޮސް، މި ފައިސާ މި މުއްދަތުގެ ތެރޭގައި އެއްކޮށް
ކުރުމަށް
އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ޣައިރު ޙާޟިރުގައި އަންގައި ޙުކުމްކޮށް" މައްސަލަ
ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ދައްކައި ޚަލާޞްކުރުމަކީ
(2) ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/695 ޤަޟިއްޔާ، އެ ކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރަމުން، މައިކްރޯ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ
އިންވޮއިސްއަކީ، ރައްދުވެފައިވާ އިންވޮއިސްއެއްކަން ދަޢުވާފޯމުގެ 7.3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާނެ
ކަމަށާއި، އަދި ސިވިލް ކޯޓުގެ ޝަރީޢަތުގައި ޤާޟީ ކުރެއްވި ސުވާލަކަށް ޖަވާބުދިނުމުގެ ގޮތުން، އެއިންވޮއިސްގައި
ސޮއިކޮށް 25 ސެޕްޓެމްބަރު 2012 ގެ ތާރީޚު ޖަހާފައިވަނީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ
މުވައްޒަފެއްކަން ޝަރީޢަތުގައި ދަންނަވާފައިވީއިރު، އަދި އެއީ ޝަރީޢަތަށް ޤަބޫލުކުރެއްވޭހިރާއްޖޭގެއްނޫޓް
ގޮތުގައި އެ އިންވޮއިސްގައި ސޮއިކޮށްފައިވާ ފަރާތް ޝަރީޢަތަށް ހާޟިކު
ދެއްވުމެއްނެތި މައްސަލާގެ ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
2 02 04
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/244
• ދެވަނަ ނުކުތާއަކީ، ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާ ހޯދުމަށްއެދި ފޮނުވި އިންވޮއިސްގައިވާ
އަގުކަމަށްވާ -/
132,500ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) އަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ފައިސާކަމުގައި ޙުކުމްކުރެއްވުމަށްފަހު ހަމަ އެއިންވޮއިސްގައިވާ
ޝަރުތެއްގެ ދަށުން ޖޫރިމަނާ ފައިސާ ދައްކަންނުޖެހޭކަމަށް ކަނޑައެޅުއްވުމަކީ
ހަމަޖެހޭކަމެއްނޫންކަމަށް ބުނެ
ހުށަހެޅި ނުކުތާ
2) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/695 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/695
ޤަޟިއްޔާގައި މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް
ފޯރުކޮށްދީފައިވާ ސޭންޑް ޕަންޕް ހޯސްއަށް ދައްކަންޖެހޭ ފައިސާ، އިންވޮއިސްގައި ބުނެފައިވާ މުއްދަތުގައި
ދައްކާފައިނުވާތީ، ބުނެވުނު ސޭންޑް ޕަންޕް ހޯސްގެ އަގަށް ވާ ފައިސާއާއި، އިންވޮއިސްގައިވާ ފަދައިން ފައިސާ
ނުދައްކާވީ ކޮންމެ ދުވަހަކަށް އަރަމުންދާ %5 (ފަހެއް އިންސައްތަ) ޖޫރިމަނާ ގެ ފައިސާ އައި.އެންޑް.ޓީ
މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް ދަޢުވާކުރުމުން، ބުނެވުނު އިންވޮއިސްއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް
ޕްރައިވެޓް ލިމިޓެޑަށް ރައްދު ކުރެވިފައިވާ އިންވޮއިސްއެއްކަން އެނގެންނެތުމުން، އެ އިންވޮއިސްގައިވާ ޝަރުތެއްގެ
މައްޗަށް ޖޫރިމަނާ ފައިސާ ނަގައިދެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވާކަމާއި، އެހެން
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ސޭންޑް ޕަންޕް ކޯސް، އައި.ލެންޑް..
ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދީފައިވާކަން އެނގެން އޮތްކަމަށް ވިދާޅުވެ، ބުނެވުނު ސޭންޑް ންޕް އަގަށްމ
-/132,500 ރ. (އެއްލައްކަ ތިރީސް ދެހާސް ފަސްސަތޭކަ ރުފިޔާ) އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް
427 0.
ou
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/244
ލިމިޓެޑުން މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަމަށް ކަނޑައަޅުއްވައި، އައި.އެންޑް.ޓީ
މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވާކަން އިސްތިއުނާފުކުރެވޭ
ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/695 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން
ޙަކަމެވެ.
(ނ) ދެވަނަ ކަމަކީ، މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އައި.އެންޑް.ޓީ
މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދީފައިވާ ސޭންޑް ޕަންޕް ހޯސްއާ ގުޅިގެން 09 އޮކްޓޯބަރު 2012 ގައި
އެއް އިންވޮއިސް ނަންބަރެއް (ނަންބަރު 113/MI/2012) ގައި ދެ އިންވޮއިސްއެއް އައި.އެންޑް.ޓީ މެނޭޖްމަންޓް
ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާކަން ފާހަގަކުރެވޭކަމާއި، އެގޮތުން، އެއް އިންވޮއިސްއެއްގައި ދައްކަންޖެހޭ
ފައިސާގެ ޖުމްލަ ޢަދަދުކަމަށް ބަޔާންކޮށްފައިވަނީ 137,270.00ރ. (އެއްލައްކަ ތިރީސްހަތްހާސް ދުއިސައްތަ
ހަތްދިހަ ރުފިޔާ) ކަމުގައިވާއިރު، އިސްވެ ބުނެވުނު ތާރީޚުގައި ފޮނުވުނު ދެވަނަ އިންވޮއިސްގައި ޖުމްލަ
ދައްކަންޖެހޭ ޢަދަދުކަމަށް ބަޔާންކޮށްފައިއޮތީ 132,500.00ރ. (އެއްލައްކަ ތިރީސް ދެހާސް ފަސްސަތޭކަ ރުފިޔާ)
ކަން ފާހަގަކުރެވޭކަމާއި،
ބުނެވުނު އިންވޮއިސްތަކުގެ ތެރެއިން ފުރަތަމަ އިންވޮއިސްއަކީ ކުރިން ފޮނުވުނު
އިންވޮއިސްކަމަށާއި، އަދި ފަހުން ފޮނުވުނު އިންވޮއިސްއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ޑިސްކައުންޓަކަށް އެދުމުން ފޮނުވުނު އިންވޮއިސްއެއްކަމަށް މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމާއި، އަދި އިސްވެ ބުނެވުނު ދެ އިންވޮއިސްވެސް
އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބުނުކަމަށް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި، އަދި މި މައްޕައިޑް
ޕަންޕް ހޯސްގެ އަގަކީ 132,500.00ރ. (އެއްލައްކަ ތިރީސް ދެހާސް ފަސްސަތޭކަ ރުފިޔާ)
ދެފަރާތުގެ ބަހުންވެސް އެނގެން އޮންނަކަމާއި، އަދި އިސްވެ އިޝާރާތްކުރެވި
04
04
44
/ތކުރެވުނު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/244
އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބުނު އެއްޗެއްކަމަށް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
މި މައްސަލައަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ޙާޟިރުގައި ހިންގުނު
މައްސަލައެއްކަން އިސްތިއުނާފުކުރެވޭ މައްސަލާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮތްއިރު، މި
މައްސަލައާ ގުޅިގެން އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އެއްވެސް މަޙްޝަރު ބަޔާނެއް ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިނުވާކަމާއި، ބުނެވުނު އިންވޮއިސްތަކާ ގުޅިގެން އައި.އެންޑް.ޓީ މެނޭޖްމަންޓް
ޕްރައިވެޓް ލިމިޓެޑްގެ ބަހެއް ލިބިފައިނުވާކަން އެނގޭތީ އެ ފަރާތަށް ސޭންޑް ޕަންޕް ހޯސް ފޯރުކޮށްދެވިފައިވާކަމަށް
ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/695 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ މައިކްރޯ އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑުން ފޮނުވި ނަންބަރު 2012-0910-D0 ޑެލިވަރީ ނޯޓަށް ބައްލަވައިގެ
މިގެންކަން ފާހަގަކުރެވެން
އޮންނަކަމެވެ.
6 24
(ނ) ތިންވަނަ ކަމަކީ، އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މައިކްރޯ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ޖުމްލަ ޢަދަދަކީ 132,500.00ރ. (އެއްލައްކަ ތިރީސް
ދެހާސް ފަސްސަތޭކަ ރުފިޔާ) ކަމަށް ބުނެ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ނަންބަރު
113/MI/2012 އިންވޮއިސްއަށް ބަލާއިރު، އެ އިންވޮއިސްގައި ޝަރުޠުތަކެއް ކަނޑައެޅިފައިވާކަމާއި، އެގޮތުން
އެ އިންވޮއިސްގައިވާ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކަންޖެހޭނެ ކަމަށާއި، މުދަލަށް އެއްވެސް
ގެއްލުމެއްވެފައިވާނަމަ، ނުވަތަ އެހެންވެސް ޝަކުވާއެއް އޮތް ނަމަ ލިޔުމުން 24 ގަޑިއިރުގެ ތެރޭގައި
އަންގަންވާނެކަމަށާއި، އެއަށްވުރެ ލަސްވެއްޖެނަމަ އެ ޝަކުވާއެއް ބަލައިނުގަނެވޭނެކަމަށް ބަޔާންކޮށްފައިވާއިރު،
އިންވޮއިސްގައި ބުނެފައިވާ އަގު 15 ދުވަސް ތެރޭގައި ނުދައްކާނަމަ، އިތުރުވާ ކޮންމެ ދުވަހަކަށް
ޖުމްލަ އަގުގެ (ފަހެއް އިންސައްތަ) އިންޓަރެސްޓް
ފާހަގަކުރެވޭކަމާއި،
ގެ
1/0/
5%
/0ނ.ދީންކަމަށް
އިމުކުه
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/244
ޤަބޫލުކޮށްފައިވާކަން ދައްކައިދޭ ހަރުދަނާ ޤަރީނާއެއްކަމަށް ސުޕްރީމް ކޯޓުން ފާހަގަކުރައްވާފައި އޮތުމުން؟
އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ބުނެވުނު ސޭންޑް
ޕަންޕް ހޯސް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަމަށާއި، ނަމަވެސް އެ ސޭންޑް ޕަންޕް
ހޯސްއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެދިފައިވާ ސްޕެސިފިކޭޝަންސް އާ
އެއްގޮތަށް ފޮނުވާފައިވާ އެއްޗެއް ނޫންކަމަށާއި، އަދި މި މައްސަލާގައި ހުށަހެޅުނު ދެ އިންވޮއިސްއަކީވެސް
އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ދެ އިންވޮއިސްކަމަށް އައި.އެންޑް.ޓީ މެނޭޖްމަންޓް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާއިރު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 27:SC
-
A;2013 ޤަޟިއްޔާގެ އަޣުލަބިއްޔަތު
ރަޢުޔުގެ ފާހަގަކުރެއްވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގެ 3 ގައި، އެކި އެކި މުޢާމަލާތްތަކާ ގުޅިގެން ހެދޭ
އިންވޮއިސްތަކުގައި ޝަރީޢަތާއި ޤާނޫނާ ޚިލާފުނުވާ ފަދަ ޖަޒާއީ ޝަރުޠުތައް ހިމެނުމަކީ ދިވެހިރާއްޖޭގައި
އިސްތިޤުރާރުވެފައިވާ ކަމަކަށް ވާއިރު، އިސްލާމީ ޝަރީޢަތުގެ އުޞޫލުތައް ނިޔާކުރާ ގޮތުގެ މައްޗަށް ބަލާއިރު،
މާލީ އެކި އެކި މުޢާމަލާތްތަކާ ގުޅިގެން ހެދޭ ކޮންޓްރެކްޓްތަކާއި އިންވޮއިސްތަކުގައި ބުނެވިދިޔަ ފަދަ ޖަޒާއީ
ރުޠުތައް ހިމެނުމަކީ މުޢާމަލާތެއްކުރާ ފަރާތްތަކަށް އިޚްތިޔާރު ލިބިގެންވާ ހުއްދަކަމެއްކަމަށާއި، އެފަދަ
ޝަރުޠުތަކުގެ ތެރެއިން މުޠުލަޤުގޮތެއްގައި މަނާކަމެއްކަ ބެލެވޭނީ ހަމައެކަނި ޝަރީޢަތުގެ އަޞްލަކާ ޚިލާފުކަން
ޝަރުޢީ ދަލީލަކުން ސާބިތުވާ ޝަރުޠުތައްކަމަށް ބަޔާންކުރައްވާފައިވާއިރު، އެ ޤަޟިއްޔާގެ އަޣުލަބިއްޔަތު ރަޢުޔުގެ
ގަކުރެއްވުނު ނުކުތާތަކުގެ 3 ގެ 7 ވަނަ ނަންބަރުގައި، އިންވޮއިސްގައި ޤަބޫލުނުކުރާ މައްސަލައެއް އޮތްނަމަ
ނުވަތަ އެއްވެސް ޑިސްކްރެޕެންސީއެއް އޮތްނަމަ އެކަމެއް ޙައްލުކުރުމަށް ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ
ފުރުޞަތުގެ ބޭނުން ނުކުރުމަކީ ޝިމްނީ ގޮތުން އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ ޖަޒާއީ ޝަރުޠު
އެޗަށް
ދެ ފަރާތްދެމެދު ކުރެވޭ މުޢާމަލާތްތަކުގެ މައްޗަށް ބިނާކޮށް، ކޮށްފައިވާ
ބަލައިގަނެ، އިންވޮއިސްގައިވާ ޝަރުޠުތަކާ އެއްގޮތަށް އެ މުދަލެއް ޤަބޫލުކޮށްފިނަމަ، ބުނެވުނުވެ، ވިން.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/244
ދަށުން ދައްކަންޖެހޭ ޢަދަދު ދެއްކުމަށް އެ މުދާ ގަތް ފަރާތުން ޝިމްނީ ގޮތެއްގައި އެއްބަސްވީކަމަށް
ބެލެވޭނޭކަމާއި،
އެހެންކަމުން ހުށަހެޅިފައިމިވާ މައްސަލާގައި، މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން
ފޮނުވި ސޭންޑް ޕަންޕް ހޯސްއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ މުދަލެއްކަމަށް
އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނާއިރު، ބުނެވުނު ސޭންޑް ޕަންޕް ހޯސްއާ ގުޅިގެން
ފުރަތަމަ ފޮނުވުނު އިންވޮއިސްގައިވާ އަގު ކުޑަކޮށްދިނުމަށް އެދި ޑިސްކައުންޓަކަށް އައި.އެންޑް.ޓީ މެނޭޖްމަންޓް
ޕްރައިވެޓް ލިމިޓެޑުން އެދުމުން، މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އޭގެ އަގު ކުޑަކޮށްދީފައިވާކަން
އެނގޭކަމާއި، އަދި ބުނެވުނު ދެ އިންވޮއިސްއަކީވެސް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ
އިންވޮއިސްތަކެއްކަމަށް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބުނެފައިވާކަމާއި، އަދި މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދީފައިވާ މުދަލަކީ އައި.އެންޑް.ޓީ
މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ސްޕެސިފިކޭޝަންސްއާ އެއްގޮތަށް ފޯރުކޮށްދީފައިވާ
މުދަލެއްނޫންކަމަށް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވީނަމަވެސް، އައި.އެންޑް.ޓީ
މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްވެސް ޝަކުވާއެއް ނެތި މުދާ ބަލައިގެންފައިވާކަން އެނގޭކަމާއި،
އިންވޮއިސް ލިބުމުން އެ އިންވޮއިސްގައި ބުނެފައިވާ ފަދައިން 24 ގަޑިއިރު ތެރޭގައި އެކަމާމެދު އެއްވެސް
އިޢުތިރާޒެއް އޮތްކަން މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިނުވާކަމާއި، ބުނެވުނު
މުޙުލަތުގައި އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އިޢުތިރާޒެއް އޮތްކަން އަންގާފައިނުވުމަކީ،
އިސްވެބުނެވުނު ސުޕްރީމް ކޯޓުގެ ނަންބަރު 27/SC
-
A/2013 ޤަޟިއްޔާގައިވާ ފަދައިން، އިންވޮއިސްގައި
ބަޔާންކޮށްފައިވާ ޖަޒާއީ ޝަރުޠު، އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ޝިމްނީގޮތުން
ޤަބޫލުކޮށްފައިވާކަން އަންގައިދޭ ހަރުދަނާ ޤަރީނާއެއްކަމަށް ބެލެވެން އޮތަތީ،
އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ސޭންޑް ޕަންޕް ހޯއަށް
ދީނާއި
ފައިސާގެ ޢަދަދަކީ 132,500.00ރ. (އެއްލައްކަ ތިރީސް ދެހާސް ފަސްސަތޭކަ ރުފިޔާ)
0
4
8 0 4 04c
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/244
0 0 2 0 0 2 0
މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ނަންބަރު 113/MI/2012 އިންވޮއިސްގެ ދަށުން 10
މާރޗް 2014 އާ ހަމައަށް ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާއަށް -/
3,411,875ރ. (ތިންމިލިއަން ހަތަރުލައްކަ
އެގާރަހާސް އަށްސަތޭކަ ހަތްދިހަފަސް ރުފިޔާ) އަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މައިކްރޯ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ޢަދަދެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ
ބެލުމުގައި ބައިވެރިވި ހުރިހާ ފަނޑިޔާރުންނަށް ވެސް ފެނުނުކަމެވެ.
4
OOOL
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު، އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ
ނަންބަރު 2014/Cv
-
C/695 ޤަޟިއްޔާގެ ޙުކުމްގައި، އެ މައްސަލާގައި ސާބިތުވެފައިވާ -/
132,500ރ.
(އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) އަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މައިކްރޯ
އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭނެ ފައިސާއެއްކަމަށް ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް
ކަމުގައިވީނަމަވެސް، އެ ޤަޟިއްޔާގެ ޙުކުމްގައި ޖޫރިމަނާގެ ޢަދަދު ހިސާބުކުރެވިފައިވާ -/
132,500ރ. (އެއްލައްކަ
ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) ބަޔާންކޮށް ތައްޔާރުކުރެވިފައިވާ ނަންބަރު 113/MI/2012 އިންވޮއިސްއަކީ،
އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ރައްދުކުރެވިފައިވާ ލިޔުމެއްކަން އެނގެން ނެތްކަމަށް ވިދާޅުވެ،
އެ އިންވޮއިސްގައިވާ ޝަރުތެއްގެ ބިނާކޮށް ޖޫރިމަނާގެ ފައިސާ ނަގައިދެވެން ނެތްކަމަށް
ކަނޑައަޅުއްވާފައިވާ ބަޔަށް ބަދަލުގެންނަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި
ބައިވެރިވި ފަނޑިޔާރުންނަށް އިއްތިފާގުވެވުނެވެ.
މައްޗަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2014/HC-A/244
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
39
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު،
ސިވިލް ކޯޓުގެ ނަންބަރު
0 024
ތ 00
2014/Cv
-
C/695 ޤަޟިއްޔާގެ ޙުކުމްގައި،
ސޮޑީ
ހޯސްގެ އަގަށްވާ -/132,500 ރ. (އެއްލައްކަ
ތިރީސް ދެހާސް ފަސްސަތޭކަ ރުފިޔާ) އަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މައިކްރޯ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް
ތާއީދުކުރުމާއެކު، ޖޫރިމަނާގެ ޢަދަދު ހިސާބުކުރެވިފައިވާ (-:
132,500ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ
ރުފިޔާ) ބަޔާންކޮށް ތައްޔާރުކުރެވިފައިވާ) ނަންބަރު 113;MI;2012 އިންވޮއިސްއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް
ޕްރައިވެޓް ލިމިޓެޑަށް ރައްދުކުރެވިފައިވާ ލިޔުމެއްކަން އެނގެން ނެތްކަމަށް ވިދާޅުވެ، އެ އިންވޮއިސްގައިވާ
ޝަރުތެއްގެ މައްޗަށް ބިނާކޮށް ޖޫރިމަނާގެ ފައިސާ ނަގައިދެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވާ ބައި
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، އައި.އެންޑް.ޓީ
މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ސޭންޑް ޕަންޕް ހޯސްއަށް ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ 132,500.00ރ.
(އެއްލައްކަ ތިރީސް ދެހާސް ފަސްސަތޭކަ ރުފިޔާ) ކަމަށް ބަޔާންކޮށް، މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުން ފޮނުވި ނަންބަރު 113/MI/2012 އިންވޮއިސްއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް
ލިބުނު
އިންވޮއިސްއެއްކަމަށް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ބަހުން އެނގެން އޮތަތީ އާއި، އެ
އިންވޮއިސްގައި ބަޔާންކޮށްފައިވާ މުއްދަތުގައި ފައިސާ ދައްކާފައިނުވާތީ، ފައިސާ ނުދައްކާ ހޭދަވާ ކޮންމެ
ދުވަހަކަށް އަރަމުންދާ %5 (ފަހެއް އިންސައްތަ) ގެ ޖޫރިމަނާ ފައިސާއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް
ލިމިޓެޑުން މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، ސިވިލް
ކޯޓުގެ ނަންބަރު 2014/Cv
-
C/695 ޤަޟިއްޔާގެ ޙުކުމްގައި، އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް
ލިމިޓެޑުން މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަމަށް ކަޑައެއެއް
-/
132,500ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ)، އެ ޙުކުމުގައި ކަނޑައަޅުހެޅާފަ
ދައްކާ ޚަލާސްކުރުމުގެ އިތުރުން، އިންވޮއިސްގައިވާ ޢަދަދަށް ފައިސާ ދެއްކުމަށް އައި.އެންޑް.ޓީ/މެންޖުމެނޭޓް
0
02 ދ ތ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/244
ޕްރައިވެޓް ލިމިޓެޑުން މަސައްކަތް ކޮށްފައިވާ ތާރީޚު ކަމަށްވާ 10 މާރޗް 2014 އާ ހަމައަށް، ޖޫރިމަނާގެ
ގޮތުގައި، އިންވޮއިސްގައިވާ ޢަދަދުގެ %5 (ފަހެއް އިންސައްތަ) އަށްވާ -/3,411,875ރ. (ތިންމިލިއަން
ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ ހަތްދިހަފަސް ރުފިޔާ) މިއަދު (30 ނޮވެމްބަރު 2014) އިން ފެށިގެން 8
(އަށެއް) މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކުމެ އެމީހަކަށްޖެހޭ ޢަދަދެއް ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް
އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;