ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/238 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/238
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރ: 238/HC-A/2013
، އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (އެޓާރނީ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަޙްމަދު ނައުފަލް
އައިޑީ ކާޑު ނަންބަރ: A329555
ވަކީލު: އަލްއުސްތާޛު ޙަސަން ފަލާޙް
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ޝިފާނާވިލާ މާލެ
ޝިފާނާވިލާ މާލެ
*
• ހުށަހެޅުނު ތާރީޚް: 27 ޖުލައި 2013
* ނިމުނު ތާރީޚް: 07 އޮގަސްޓް 2013
އިސްތިއުނާފުކުރެވުން ނިންމުން: ނަންބަރު 2013
/
02/B
-
CR
-
4
/
IN ”އިޖުރާއީ ގޮތުން ނިންމިގޮތް
ނިންމެވިކޯޓު: ސިވިލްކޯޓު
ނިންމި ތާރީޚް: 25 ޖުލައި 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/238
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1484 ޤަޟިއްޔާ އާއި ގުޅިގެން އެކޯޓުން
ނިންމަވާފައިވާ ނަންބަރު 2013
/
02/B
-
CR
-
4
/
IN (25 ޖުލައި 2013) ”އިޖުރާއީ ގޮތުން ނިންމިގޮތް
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފުވާ ކަމަށް ބުނެ ދައުލަތް (އެޓާރނީ ޖެނެރަލްގެ އޮފީސް) ގެ
ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ، . ޝިފާނާވިލާ އަޙްމަދު ނައުފަލެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1484 ޤަޟިއްޔާ އާއި ގުޅިގެން އެކޯޓުން
ނިންމަވާފައިވާ ނަންބަރު 2013
/
02/B
-
CR
-
4
/
IN (25 ޖުލައި 2013) ”އިޖުރާއީ ގޮތުން ނިންމިގޮތް“
އަށް ބަލާއިރު އެނިންމެވުމުގައިވަނީ: [2013 ވަނަ އަހަރުގެ މިނިވަން ދުވަސް (ޖުލައި 26) ފާހަގަކުރުމުގެ
ޙަފްލާ، 27 ޖުލައި 2013 ވާ ހޮނިހިރު ދުވަހުގެރޭ ޤައުމީ ދާރުލްއާސާރުގައި ބޭއްވުމަށް
ބޭއްވުމަށް ދިވެހިސަރުކާރުން
ނިންމާފައިވާއިރު، މިފަދަ އެކިއެކި ޙަފްލާތައް ޤައުމީ ދާރުލްއާސާރުގައި ބޭއްވުމަކީ އެތަނުގައި ހުރި އާސާރީ
ތަކެއްޗަށް ގެއްލުންލިބޭ ކަމެއްކަމުގައިވާތީ، މިފަދަ އެކިއެކި ޙަފްލާތައް ޤައުމީ ދާރުލްއާސާރުގައި ބޭއްވުމަކީ
ޤާނޫނު ނަންބަރު 27/79 (ދިވެހިރާއްޖޭގައި ހުރި އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެއްޗާ ބެހޭ ޤާނޫނު)
އާއި، އަދި ދިވެހިރާއްޖެއިން އެއްބަސްވެފައިވާ ”ކޮންވެންޝަން ކޮންސަރނިންގ ދަ ޕްރޮޓެކްޝަން އޮފް ދަ
ވޯރލްޑް ކަލްޗަރަލް އެންޑް ނެޗުރަލް ހެރިޓޭޖް“ އާ ޚިލާފުކަމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިގެންނާއި އަދި
ޤައުމީ ދާރުލްއާސާރުގައި ހުރި ތަކެތި، ކޮންމެހެން އެއްތަނުން އަނެއް ތަނަށް ބަދަލުކުރަންޖެހޭ ޙާލަތުގައި މެނުވީ
އެތަކެތި އެއްތަނުން އަނެއްތަނަށް ބަދަލުކޮށްގެން ނުވާނެކަމަށް ކަނޑައަޅައިދިނުމަށް އެދިގެންނާއި، އަދި ހަމަ
ކުރިން ބަޔާންކުރެވުނު ފަދަ އެކިއެކި ޙަފްލާތައް ޤައުމީ ދާރުލްއާސާރުގައި ބޭއްވުމަކީ ޤާނޫނު
ނަންބަރު 27179 (ދިވެހިރާއްޖޭގައި ހުރި އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެއްޗާ ބެހޭ ޤާނޫނު) އާއި، އަދި
ދިވެހިރާއްޖެއިން އެއްބަސްވެފައިވާ ”ކޮންވެންޝަން ކޮންސަރނިންގ ދަ ޕްރޮޓެކްޝަން އޮފް ދަ ވޯރލްޑް
ކަލްޗަރަލް އެންޑް ނެޗުރަލް ހެރިޓޭޖް“ ޚިލާފުކަމެއް ކަމަށް ކަނޑައަޅައިދެވެން ނެތްކަމުގައިވާނަމަ ޤައުމީ
ދެރުލްއާސާރުގައި އެކިއެކި ޙަފްލާތައް ބާއްވާއިރު އެތަނުގައިވާ ތަކެތި އެއްތަނުން ތަނަށް
8 0 4 6
އ 06
އަނެއް
A+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/238
ކުރުމެއްނެތި، އަދި ތަނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ގޮތެއްގެ މަތިން އެފަދަ ކަންކަން ކުރުމަށް
އަމުރުކޮށްދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ހ.
ޝިފާނާވިލާ އަޙްމަދު ނައުފަލް ހުށަހަޅާފައިވާ މިމައްސަލައިގައި، ދިވެހި ދައުލަތުގެ ފަރާތުން އިޖްރާއީ ގޮތުން
ނަގާފައިވާ ނުކުތާތަކާމެދު ގޮތެއް ކަނޑައަޅަން ބެލިއިރު،
ދިވެހި ދައުލަތުގެ ތަންފީދީ ބާރުން ނިންމާ ނިންމުމަކީވެސް އޭގެ ސަބަބުން އެއްވެސް މީހެއްގެ
ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް، އަދި އެމީހެއްގެ ވާޖިބަކަށް ނުވަތަ މަސްއޫލިއްޔަތަކަށް ސީދާ ގޮތުން
އަސަރުކުރާ ނިންމުމެއްކަމުގައިވާނަމަ، ކަމަކަށް އިންސާފުވެރި ޙައްލެއް ހޯދުމަށް އެދި ޤަޟާޢީ ރަޤާބާ
ކުރެވޭނެކަން އެނގެން އޮވެފައި، ޤައުމީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެވެސް
މަސްއޫލިއްޔަތެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ށ) އިން އެނގެން
އޮންނާތީ، ދިވެހި ދައުލަތުގެ ތަންފީޛު ބާރުން ނިންމާ ނިންމުމެއްގެ ސަބަބުން ނުވަތަ ކުރާ ކަމަކުން،
ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހުރި އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެއްޗަށް ގެއްލުމެއްވާނަމަ، ނުވަތަ
ގެއްލުމެއް ވެދާނެކަމުގެ ބިރު އޮތްނަމަ، އެކަން ހުއްޓުވައިދިނުމަށް އެދި ނުވަތަ އެކަމަށް ޙައްލެއް ހޯދުމަށް އެދި
ކޯޓަށް އައުމުގެ ޤާނޫނީ ޙައިޘިއްޔަތު ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާކަން ފާހަގަކުރެވޭކަމާއި،
އަދި މިމައްސަލާގައި ބަޔާންވެގެންވާފަދަ ކަންކަން ކުރުމުގެ ސަބަބުން ޤައުމީ ދާރުލްއާސާރުގައި ހުރި
އާސާރީ ތަކެއްޗަށް ގެއްލުންލިބިފައިވާކަން ސާބިތުކޮށްދިނުމަށް ދަޢުވާކުރާ ފަރާތުން ހެކިން ހުށަހަޅާފައިވާތީއާއި،
އަދި އެތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިއުމަކީ އެތަކެއްޗަށް ގެއްލުންވާނެ ކަމެއްކަން ޢިލްމީގޮތުން
ސާބިތުކޮށްދިނުމަށްޓަކައި، ޚަބަރުންގެ ބަސް ހުށަހަޅުމަށް ދަޢުވާކުރާ ފަރާތުން އެދިފައިވާއިރު، ޤައުމީ
ދާރުލްއާސާރުގައި ހުރި އާސާރީ 03 (ތިނެއް) އާޓެފެކްޓް ހުރިތަނުން ކުޑަ ތަންކޮޅެއް ދުރައްޖައްސާފައިވާކަން
ދައުލަތުގެ ބަހުންވެސް އެނގެން އޮތުމުން، މިމައްސަލާގައި ދިވެހި ދައުލަތުގެ ފަރާތުން މައުޟޫޢީގޮތުން
ޖަވާބުދާރީ ވާންޖެހޭ ފަދަ ދަޢުވާއެއް މައުޖޫދުވެ އޮތްކަމުގައި ބެލެވެން އޮންނަކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން ބުނެވިދިޔަ ކަންކަން އެގޮތުގައި ފާހަގަކުރެވެން ހުރުމާއެކު، މައްސަލާގައި ދިވެހި
ދައުލަތުގެ ފަރާތުން މައުޟޫޢީގޮތުން ޖަވާދުވާރީވާންޖެހޭނެކަމަށް ކަނޑައަޅައިފީމެވެ.“ މިފަދައިން ކަން އެނގެން
¢ ¢ ¢a
އފއވާ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/238
cu o
02- އިސްވެ ބަޔާންކުރެވުނު ”އިޖުރާއީ ގޮތުން ނިންމިގޮތް“ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި
ޚިލާފުވާ ކަމަށް ބުނެ ދައުލަތުގެ ފަރާތުން ދެ ނުކުތާއެއް ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެނުކުތާތަކަކީ:
• ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ދާރުލްއާސާރު ހުންނަންވީ ތަނާއި، އެތަން ހިންގާނެ ގޮތަކީ
ސަރުކާރުގެ ފުރިހަމަ އެގްޒެކްޓިވް ބާރެއްކަމުގައިވާތީ އާއި، ސަރުކާރުގެ ޢިމާރާތެއްގައި ދައުލަތުގެ
ޙަފްލާއެއް ބޭއްވުމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއްކަމުގައިވާތީ، މިމައްސަލައިގައި
އެދިފައިވާ ސީޣާއާ އެއްގޮތަށް މިމައްސަލަ ބެލޭނެކަމަށް ދައުލަތުން ނުދެކޭ ކަމަށް ބުނެ ފާހަގަ ކުރި
ނުވެއެވެ.
• ދެވަނަ ނުކުތާއަކީ: ސަރުކާރު ހިންގުމުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން، ފުރިހަމަ ޤާނޫނީ ބާރާއެކު
ކޮށްފައިވާ އެގްޒެކްޓިވް ޢަމަލެއް ޤާނޫނާ ޚިލާފުއެއްވެސް ޢަމަލެއް ހިންގާފައިވާ ކަމުގެ އެއްވެސް
ހެއްކެއް ޤަރީނާއެއް ނެތި ކޯޓަށް ބަލައިގަތުމަކީ ކޯޓުތަކުގެ ބާރުން ބޭރުގެ ކަމެއްކަމުގައި ދައުލަތުން
ދެކޭ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2013
/
02/B
-
CR
-
4
/
IN (25 ޖުލައި 2013) ”އިޖުރާއީ ގޮތުން
ނިންމިގޮތް“ އަށާއި އެނިންމުން އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި
ގުޅުންހުރި ލިއުންތަކަށާއި ޝަރުއީ ޤާނޫނީ ނައްޞުތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޤާނޫނު ނަންބަރު 27179 (ދިވެހިރާއްޖޭގައި ހުރި އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެއްޗާ ބެހޭ
ޤާނޫނު) ޚިލާފަށް އަދި، ދިވެހިރާއްޖެއިން އެއްބަސްވެފައިވާ ”ކޮންވެންޝަން ކޮންސަރނިންގ ދަ
ޕްރޮޓެކްޝަން އޮފް ދަ ވޯރލްޑް ކަލްޗަރަލް އެންޑް ނެޗުރަލް ހެރިޓޭޖް، އާ ޚިލާފަށް 2013 ވަނަ އަހަރުގެ
ޖުލައި 26 ވަނަ ދުވަސް ފާހަގަކުރުމުން، ޤައުމީ ދާރުލްއާސާރުގައި ބާއްވަން ރައީސުލްޖުމްހޫރިއްޔާ އޮފީހުން
ނިންމާފައިވާއިރު، މިފަދަ އެކިއެކި ޙަފްލާތައް ޤައުމީ ދާރުލްއާސާރުގައި ބޭއްވުމަކީ، ބުނެވިދިޔަ ޤާނޫނާއި
ކޮންވެންޝަނާ ޚިލާފުކަމެއްކަމަށް ކަނޑައަޅުއްވައިދެއްވުން އެދިގެންނާއި އަދި ޤައުމީ ދާރުލްއާސާރުގައި ހުރި
70
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/238
އެއްތަނުން
ދ ޏ ސ ހ އ
އޯނޭ އެތަނަށް
ތަކެތި، ކޮންމެހެން އަނެއް ތަނަށް ބަދަލުކުރަންޖެހޭ ޙާލަތުގައި މެނުވީ އެތަކެތި އެއްތަނުން
ބަދަލުކޮށްގެން ނުވާނެކަމަށް ކަނޑައަޅައިދިނުމަށް އެދިގެންނާއި، އަދި ހަމަ އެހެންމެ، ކުރިން
ބަޔާންކުރެވުނު ފަދަ އެކިއެކި ޙަފްލާތައް ޤައުމީ ދާރުލްއާސާރުގައި ބޭއްވުމަކީ ޤާނޫނު ނަންބަރު 27/79
(ދިވެހިރާއްޖޭގައި ހުރި އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެއްޗާ ބެހޭ ޤާނޫނު) އާއި، އަދި ދިވެހިރާއްޖެއިން
އެއްބަސްވެފައިވާ ކޮންވެންޝަން ކޮންސަރނިންގ ދަ ޕްރޮޓެކްޝަން އޮފް ދަ ވޯރލްޑް ކަލްޗަރަލް އެންޑް
ނެޗުރަލް ހެރިޓޭޖް، އާ ޚިލާފުކަމެއް ކަމަށް ކަނޑައަޅައިދެވެން ނެތްކަމުގައިވާނަމަ ޤައުމީ ދާރުލްއާސާރުގައި
އެކިއެކި ޙަފްލާތައް ބާއްވާއިރު އެތަނުގައިވާ ތަކެތި އެއްތަނުން އަނެއް ތަނަށް ބަދަލުކުރުމެއްނެތި، އަދި ތަނަށް
އެއްވެސް ގެއްލުމެއް ނުލިބޭނެ ގޮތެއްގެ މަތިން އެފަދަ ކަންކަން ކުރުމަށް އަމުރުކޮށްދެއްވުން އެދި
ޝިފާނާވިލާ އަޙްމަދު ނައުފަލު ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1484 ޤަޟިއްޔާގައި
ދަޢުވާކޮށްފައިވާކަން އެނގެން އޮވެއެވެ.
OC
(އ) ދިވެހިރާއްޖޭގެ ދާރުލްއާސާރު ހުންނަންވީ ތަނާއި، އެތަން ހިންގާނެ ގޮތަކީ ސަރުކާރުގެ ފުރިހަމަ
އެގްޒެކްޓިވް ބާރެއްކަމުގައިވާތީ އާއި، ސަރުކާރުގެ ޢިމާރާތެއްގައި ދައުލަތުގެ ޙަފްލާއެއް ބޭއްވުމަކީ ސީދާ
ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއްކަމުގައިވާތީ، މިމައްސަލައިގައި އެދިފައިވާ ސީޣާއާ އެއްގޮތަށް
މިމައްސަލަ ބެލޭނެކަމަށް ދައުލަތުން ނުދެކޭކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއަށް ނަޒަރުކުރާއިރުގެ
ދިވެހިރާއްޖޭގެ ދާރުލްއާސާރު ހުންނަންވީ ތަނާއި، އެތަން ހިންގާނެ ގޮތަކީ ސަރުކާރުގެ ފުރިހަމަ
އެގްޒެކްޓިވް ބާރެއްކަމާއި، ސަރުކާރުގެ ޢިމާރާތެއްގައި ދައުލަތުގެ ޙަފްލާއެއް ބޭއްވުމަކީ ސީދާ
ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއްކަމާއިމެދު މިމައްސަލައިގެ ޚަޞްމުންގެ މެދުގައި ޚިލާފެއް އޮތްކަމަށް
ބެލެވެން ނެތްކަމާއި، އެހެންނަމަވެސް އަޙްމަދު ނައުފަލުގެ ފަރާތުން ދަޢުވާކޮށްފައިވަނީ، މިނިވަންދުވަސް
ފާހަގަކުރުން ފަދަ އެކިއެކި ޙަފްލާތައް ޤައުމީ ދާރުލްއާސާރުގައި ބޭއްވުމުގައި އެތަނުގައި ހުރި އާސާރީތަކެތި
އެއްތަނުން އަނެއްތަނަށް ބަދަލުކުރުމުގެ ސަބަބުން ތަކެއްޗަށް ގެއްލުންލިބޭނެ ކަމެއްކަމުގައިވާތީ، އެކަމަށް
ޤަޟާއީ ޙައްލެއް ލިބިދިނުމަށް އެދިގެންކަން އެނގެން އޮންނަކަމާއި،
cu
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/238
ދިވެހި ދައުލަތުގެ ތަންފީޛު ބާރުން ނިންމާ ނިންމުމަކީވެސް އޭގެ ސަބަބުން އެއްވެސް މީހެއްގެ
ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް، އަދި އެމީހެއްގެ ވާޖިބަކަށް ނުވަތަ މަސްއޫލިއްޔަތަކަށް ސީދާ ގޮތުން
އަސަރުކުރާ ނިންމުމެއްކަމުގައިވާނަމަ، އެކަމަކަށް އިންސާފުވެރި ޙައްލެއް ހޯދައިދިނުމަކީ ޤަޝާއި ރަޤާބާއިން
ބޭރުގައިވާ ކަމެއްކަމަށް ބެލެވެންނެތްކަމާއި،
ދިވެހިދައުލަތުގެ ދީން ކަމުގައިވާ އިސްލާމްދީނާއި، ރާއްޖޭގެ ޘަޤާފަތާއި، މާދަރީ ބަހާއި، ޤައުމީ ތަރިކަ
ރައްކާތެރިކޮށް ދެމެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެވެސް މަސްއޫލިއްޔަތެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނާތީ، ދިވެހި ދައުލަތުގެ ތަންފީޛު ބާރުން
ނިންމާ ނިންމުމެއްގެ ސަބަބުން ނުވަތަ ކުރާ ކަމަކުން، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހުރި އާސާރީ އަދި
ތާރީޚީ ތަންތަނާއި ތަކެއްޗަށް ގެއްލުމެއްވާނަމަ، ނުވަތަ ގެއްލުމެއް ވެދާނެކަމުގެ ބިރު އޮތްނަމަ، އެކަން
ހުއްޓުވައިދިނުމަށް އެދި ނުވަތަ އެކަމަށް ޙައްލެއް ހޯދުމަށް އެދި ކޯޓަށް އައުމުގެ ޤާނޫނީ ޙައިޘިއްޔަތު ދިވެހި
ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާކަން އެނގެން އޮންނާތީ، އަޙްމަދު ނައުފަލުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ
އެގޮތުގައި ކުރިޔަށް ގެންދިއުން މަނާކުރާ ޤާނޫނީ ނުވަތަ ޝަރުއީ ސަބަބެއް އޮތްކަމަށް ބެލެވެން ނެތްކަން
އެނގެއެވެ.
cuto
ރާއެކު ކޮށްފައިވާ
(ނ) ސަރުކާރު ހިންގުމުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން، ފުރިހަމަ ޤާނޫނީ ބާރާއެކު
އެގްޒެކްޓިވް ޢަމަލެއް ޤާނޫނާ ޚިލާފުއެއްވެސް ޢަމަލެއް ހިންގާފައިވާ ކަމުގެ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި
ކޯޓަށް ބަލައިގަތުމަކީ ކޯޓުތަކުގެ ބާރުން ބޭރުގެ ކަމެއްކަމުގައި ދައުލަތުން ދެކޭކަމަށް ބުނެ ފާހަގަކޮށްފައިވާ
ނުކުތާއަށް ބަލާއިރު،
ޤާނޫނު ނަންބަރު 27/79 (ދިވެހިރާއްޖޭގައި ހުރި އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެއްޗާ ބެހޭ
ޤާނޫނު) ގައި ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައިވާ އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެއްޗަށް ގެއްލުން
ދިނުމަކީ މަނާކަމެއް ބަޔާންކޮށްފައިވާކަމާއި،
2012 ވަނަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެ އަހަރުވެސް ޙަފްލާއެއް ޤައުމީ
ބާއްވާފައިވާކަމާއި، އެކަމުގެ ސަބަބުންވެސް ޤައުމީ ދާރުލްއާސާރުގައި ހުރި ތަކެއްކަށް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/238
ޕީއެލިން 23
OOCC
81
ފެންވެފައިވާކަމަށް އަޙްމަދު ނައުފަލުގެ ފަރާތުން ބުނެފައިވާއިރު، 2013 ވަނަ އަހަރުގެ މިނިވަންދުވަސް
ފާހަގަކުރުމުގެ ޙަފްލާ ބޭއްވުމަށްޓަކައި ޤައުމީ ދާރުލްއާސާރުގައި ހުރި އާސާރީ 03 (ތިނެއް) އާޓެފެކްޓް
ހުރިތަނުން ކުޑަ ތަންކޮޅެއް ދުރައްޖައްސާފައިވާކަން ދައުލަތުގެ ބަހުންވެސް އެނގެން އޮތުމުގެ އިތުރުން،
ޢާންމު އުޞޫލެއްގެ ގޮތުން ދާރުލްއާސާރަށް ކާބޯތަކެތި ވެއްދުމަކީ މަނާކުރެވިފައިވާ ކަމެއް
ކަމުގައިވީނަމަވެސް މިފަދަ ޙަފްލާތައް ބޭއްވުމުގައި ކާބޯތަކެތި ވައްދާކަމާއި، އެކަމުގެ ސަބަބުން އެތަނުގައި
ސޫފާސޫފި އާލާވެ ގެއްލުންދެނިވި ބެކްޓީރިއާގެ އަސަރު ދާރުލްއާސާރުގައި ބަހައްޓާފައިހުރި އާސާރީ ތަކެއްޗަށް
ފޯރާނެކަމަށާއި، އަދި ދާރުލްއާސާރުގައި ބަހައްޓާފައިވާ ހުރި ތަކެތި އެއްތަނުން އަނެއްތަނަށް ޖެއްސުން ނުވަތަ
ބަދަލުކުރުމުގެ ސަބަބުން އެތަކެތީގެ އުމުރަށް ބަދަލުއަންނާނެ ކަމީ ޢިލްމީ ގޮތުން ސާބިތުކުރެވިފައިވާ
ކަމަށް އަޙްމަދު ނައުފަލުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، އެކަންކަން
ސާބިތުކުރުމުގެ ގޮތުން ހެކިން ހުށަހަޅާފައިވާކަން އެނގެން އޮތުމުން ސިވިލް ކޯޓުގެ ނަންބަރު -Cv/1484
2013/C ޤަޟިއްޔާގައި ހިމެނޭ މައްސަލަ އެކޯޓުން ބަލައިގަނެފައިވަނީ އެކޯޓުގެ އިޚްތިޞާޞުން ބޭރުން ކަމަށް
ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1484 ޤަޟިއްޔާގައި ނިންމަވާފައިވާ އެކޯޓުގެ
ނަންބަރު 2013
/
02/B
-
CR
-
4
/
IN (25 ޖުލައި 2013) ”އިޖުރާއީ ގޮތުން ނިންމިގޮތް“ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފުކަމަށް މި މައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް
2 4 3 2 3
ނަވާން..
0
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/1484 ޤަޟިއްޔާގައި ނިންމަވާފައިވާ އެކޯޓުގެ ނަންބަރު 2013
/
02/B
-
CR
-
4
/
IN (25
ޖުލައި 2013) ”އިޖުރާއީ ގޮތުން ނިންމިގޮތް، ޝަރުޢީ ނުވަތަ ޤާނޫނީ ވިޔަސް އުޞޫލަކާއި ޚިލާފުކަމަށް
ބެލެވޭނެ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv