ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/211 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/211
ޤަޟިއްޔާ ނިމުނު ގޮތު
ދެލި
بسم ابنها احمر السیسم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
، ޤަޟިއްޔާ ނަންބަރ: 111/HC
-
A/2012
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ސިވިލް ސަރވިސް ކޮމިޝަން
ރަޖިސްޓްރީ ނަންބަރ:
* ދާއިމީ އެޑްރެސް: ވެލާނާގެ | މާލެ
މިހާރުގެ އެޑްރެސް: ވެލާނާގެ | މާލެ
*
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ޢަލީ
އައިޑީ ކާޑު ނަންބަރ: A322933
ދާއިމީ އެޑްރެސް: ޑައިމަންޑްވިލާ ށ. މަރޮށި
މިހާރުގެ އެޑްރެސް: ލ. ގަރާޑީގެ / މާލެ
*
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 11 ރަމަޟާން 1433
30 ޖުލައި 2012
ނިމުނު ތާރީޚް: 07 ޞަފަރު 1435
10 ޑިސެމްބަރ 2013
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/VTR/24
ނިންމިކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ޤަޟިއްޔާގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނު ތާރީޚް: 21 ފެބުރުއަރީ 2012 * ނިމުނު ތާރީޚް: 29 އޭޕްރީލް 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސްގެ
ou
0
ދިވެހިރާއްޖޭގެ ރި
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
2012/HC-A/211
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދަޢުވާގެ ޚުލާޞާ
24/VTR2012
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެމައްސަލަ
އިސްތިއުނާފު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ.
ލިޤާޟިއްޔާގައި އިސްތިޢުނާފް ރައްދުވާ ފަރާތަކީ، ށ. މަރޮށި ޑައިމަންޑްވިލާ މުޙައްމަދު
ޢަލީއެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012;VTR;24 މައްސަލަ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކުމަށް ސިވިލް ސަރވިސް
ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
22 / /
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/24 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، ށ. މަރޮށީ، ޑައިމަންޑް ވިލާ، މުޙައްމަދު ޢަލީ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު: A322933) 01 ޖަނަވަރީ 1994 ން ފެށިގެން ށ. މަރޮށީ އަލްމަދްރަސަތުލް
މުނައްވަރާގެ އިސްލާމް މުދައްރިސެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، 15 ފެބުރުއަރީ 2007 ގައި
އެމަދަރުސާ، ސަރުކާރުގެ ސްކޫލަކަށް ބަދަލުވުމާ ގުޅިގެން މުޙައްމަދު ޢަލީއަކީ ސަރުކާރުގެ މުވައްޒަފަކަޓީގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮ
کی مری متى ب
2012/HC-A/211
ޓީޗަރެއްގެ މަޤާމަށް
ހަދައިދޭނެކަމަށް ބުނެ 18 އަހަރު އެސްކޫލަށް ޚިދުމަތް ކޮށްފައިވަނިކޮށް އޭނާއަކީ
ޝަރުޠު ފުރިހަމަނުވާ މުވައްޒަފަކަށްވާތީ ވަޒީފާ ދާއިމީކޮށްދެވެން ނެތް މީހެއްކަމަށްބުނެ 19 ޖަނަވަރީ 2012
ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާ އަލުން އަނބުރާ ހޯދައިދިނުމަށާއި، މުޙައްމަދު ޢަލީގެ މުސާރައިން
އުނިކޮށްފައިވާ ބައި ހޯދައިދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް 21 ފެބްރުއަރީ 2012
ގައި ހުށަހެޅުމުން
ބެލެވުނު މައްސަލައެއްކަމާއި،
އެމައްސަލަ ނިންމާފައިވަނީ، މުޙައްމަދު ޢަލީއަކީ 1994 ވަނަ އަހަރުން ފެށިގެން
މަރޮށި، އަލްމަދަރުސަތުލް މުނައްވަރާގައި މަސައްކަތްކުރަމުން އައިސްފައިވާ މީހެއްކަމަށާއި، އެ ސްކޫލް
2007 ވަނަ އަހަރު ސަރުކާރު ސްކޫލަކަށް ބަދަލުވެ އެ ސްކޫލުގެ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ
ދތ ވ4 2
މުނައްވަރުގެ
މުވައްޒަފުންނަށް ބަދަލުވިއިރު މުޙައްމަދު ޢަލީއަކީ މަރޮށީ، އަލްމަދަރުސަތުލް
މުވައްޒަފެއްކަން އެނގެން އޮތުމުން، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ
މާއްދާގެ (ށ) އާއި 177 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޙައްމަދު ޢަލީ ހުރި މަޤާމަކީ ދިވެހި ސިވިލް
ސަރވިސްގެ ދާއިމީ މަޤާމެއްކަމަށް ބަލަންޖެހޭ ހިނދު، ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މަޤާމެއްގައި ހުރި
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުގައި ކަނޑައަޅާފައިވާ
އުސޫލުން މުޙައްމަދު ޢަލީ އާމެދު ޢަމަލުކޮށްފައި ނުވާތީ، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު)
ގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޙައްމަދު ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި
ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ ޚިލާފަށް ކަމަށް މައްސަލަ
ބެލިމަޖިލީހުގެ އިއްތިފާޤުން ކަނޑައަޅުއްވައި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29
ވަނަ މާއްދާގެ ދަށުން އޭނާ ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި
ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި އޭނާ ވަޒީފާއިން ވަކިކުރި ތާރީޚުކަމަށް ބުނާ ތާރީޚުން
ފެށިގެން އޭނާއަށް ދޭންޖެހޭ މުސާރައާއި އެންމެހައި ޢިނާޔަތްތަކަށްވާ ފައިސާ 29 އޭޕްރީލް 2012 ން
އިޖްހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
331647
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2012/HC-A/211
ޤަޟިއްޔާ ނިމުނު
کی عمری
=32
ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އޭނާއަށް ދިނުމަށްފަހު، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ލިޔުމުން އެންގުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަންގަވައިކަން އެނގެން އޮންނަކަމެވެ.
3. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/24 މައްސަލަ އެޓްރައިބިއުނަލުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަނުގެ
ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ސިވިލް ސަރވިސް
ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ
ފުރަތަމަ ނުކުތާއަކީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 38 ވަނަ މާއްދާގައި
ބަޔާންކުރާ ވަޒީފާ ދިނުމުގެ އަސާސީ މިންގަނޑުގެ ތެރެއިން އެމާއްދާގެ (ށ) ގައިވާ ފަދައިން ޝަރުތު
ހަމަނުވާ ފަރާތަކަށް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޚިލާފަށް ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާކަމަށްބުނެ ހުށަހެޅި ނުކުތާ.
24 2
• ދެވަނަ ނުކުތާއަކީ: ސިވިލް ސަރވިސް ކޮމިޝަނުން ދިވެހި ސިވިލް ސަރވިސްގެ
ވަޒީފާއެއް މުޙައްމަދު ޢަލީ އަށް ދީފައި ނުވަނީސް، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ 87 ވަނަ
މާއްދާއާ ޚިލާފަށް އޭނާއަކީ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ހުރި މީހެއްކަމަށް ބަލައި، މުސާރައާއި
އިނާޔަތް ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފައިވަނީ
އެޓްރައިބިއުނަލަށް ޤާނޫނުން ލިބިދީފައިނުވާ އިޚްތިޔާރެއްގެ ދަށުންކަމަށްބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1647
33
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ސަބަކަން
5
443
2012/HC-A/211
کی عمری
ޤަޟިއްޔާ ނިމުނު 1
ތިންވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) އަދި އެޤާނޫނުގެ
17 ވަނަ މާއްދާއަށް ރިޢާޔަތްކޮށްކަމަށް ބަޔާންކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ނިންމާފައިވަނީގެ އިޓް
ބުނެވިދިޔަ މާއްދާތަކުގެ މަޤްސަދާއި ރޫހާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ
4. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/24 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފު ކުރަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ފާހަގަކޮށްފައިވާ
ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
2c
(ހ) ފުރަތަމަކަމަކީ: ށ. މަރޮށީ، ޑައިމަންޑްވިލާ މުޙައްމަދު ޢަލީއަކީ 1994 ވަނަ އަހަރުން
ފެށިގެން ށ. މަރޮށީ އަލްމަދްރަސަތުލް މުނައްވަރާގެ އިސްލާމް މުދަރިއްސެއްގެ ވަޒީފާ އަދާކުރަމުން ދިޔަ
އެމަދްރަސާގެ މުވައްޒަފެއްކަމާއި، މުޙައްމަދު ޢަލީގެ ކިބައިގައި އޭނާ އަދާކުރަމުންދިޔަ މަޤާމުގެ ޝަރުތު
ފުރިހަމަ ނުވާކަމަށް ބުނެ، 19 ޖެނުއަރީ 2012 ގައި މުޙައްމަދު ޢަލީ އަދާކުރަމުން ދިޔަ ވަޒީފާއިން
ވަކިކުރުމަށް 20 އޮކްޓޯބަރ 2011 ގައި މުޙައްމަދު ޢަލީއަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ނޯޓިސް
ދީ ވަޒީފާއިން ވަކިކޮށްފައިވާކަމާއި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ
މާއްދާ އަށް ބަލާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި
ބަޔާންވެގެން އޮންނަކަމާއި، އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށަހަޅާ
ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ
ސާބިތުކޮށް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި،
އެހެނިހެން ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި
ބަޔާންވެގެން އޮންނަކަމާއި، މުޙައްމަދު ޢަލީ އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކުރެވިފައިވަނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
..
6
2012/HC-A/211
کی مری
ދެވެ
ޤަޟިއްޔާ ނިމުނު
އަލްމަދްރަސަތުލް މުނައްވަރާ އަކީ ކުރިން އަމިއްލަ ސުކޫލަކަށްވެފައި އެސްކޫލާއި 15 ފެބުރުއަރީ 2007
ގައި ސަރުކާރުން ޙަވާލުވުމަށްފަހު، ޝަރުތު ހަމަނުވާ މީހުން ވަޒީފާގައި ބޭތިއްބުމަކީ ވަޒީފާދިނުމުގެ
އުސޫލުތަކާއި ޚިލާފުކަމަކަށްވާތީ އަދި މުޙައްމަދު ޢަލީ އަކީ އިސްލާމް މުދަރިއްސެއްގެ މަޤާމުގެ ޝަރުތު
ހަމަވާ ފަރާތެއް ނޫންކަމުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ
ނަންބަރަކާއި، އެޤާނޫނުގެ 70 ވަނަ މާއްދާއަށް ރިޢާޔަތްކޮށްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ: މުޙައްމަދު ޢަލީ އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކުރި އިރު
ސިވިލް ސަރވިސް ކޮމިޝަނުން ރިޢާޔަތްކޮށްފައިވާކަމަށް ބުނާ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނު) ގެ 38 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާއަކީ ސިވިލް ސަރވިސްގެ ވަޒީފާ
ދިނުމުގެ އަސާސީ މިންގަނޑު ބަޔާންކޮށްދޭ މާއްދާއެއް ކަމާއި، އެ މާއްދާގެ (ހ) ގައި ދިވެހި ސިވިލް
ސަރވިސްގެ މަޤާމަކަށް ސިވިލް ސަރވިސްގައި ހިމެނޭ މީހަކު ވިޔަސް އަދި ނުހިމެނޭ މީހަކު ވިޔަސް
ޢައްޔަނުކުރަން ވާނީ ސިޔާސީ ނުފޫޒުތަކުން އެކަހެރި ވެފައިވާ ގޮތެއްގައި މެރިޓް އަކީ އަސާސީ މިންގަނޑު
ކަމަށް ބަލައިގެން ކަމަށް އޮންނައިރު އެ މާއްދާގެ (ށ) ގައި އަސާސީ މިންގަނޑަކީ މެރިޓް ކަމަށް ބަލައިގެން
ވަޒީފާ ދިން ކަމަށް ބެލެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ކަމާއި އެ ގޮތުން 38 ވަނަ މާއްދާގެ (ށ) ގެ 1
ގައި ބަޔާންވެގެންވަނީ "ޢައްޔަން ކުރެވުނު މީހަކީ ވަޒީފާގެ ޝަރުތު ފުރިހަމަވާ މީހެއްކަމުގައި ވުން"
މިފަދައިން ކަމާއި، މީގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ އެއްވެސް މަޤާމެއް، ޢިނާޔަތެއް ލިބިދިނުމުގެ
ގޮތުން މީހަކަށް ހަމަޖައްސައިދީގެން ނުވާނެކަމަށާއި، އަދި ދިވެހި ސިވިލް ސަރވިސްގެ މަސައްކަތަށް
ނިކުންނަން ނުޖެހޭގޮތަށް ވަޒީފާއެއް ހަމަޖައްސައިދީގެން ނުވާނެކަމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ
70 ވަނަ މާއްދާގައި ބަޔާން ކުރެވިގެން ވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1647
33
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/211
ދެވެ
ދިވެހިރާއްޖޭގެ
ހައިކޯ
*ގއިދީ
އެނގޭ
(ނ) ތިންވަނަކަމަކީ: މިމައްސަލައާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ވަޒީފާއާބެހޭ
ޓްރައިބިއުނަލްގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މުޙައްމަދު ޢަލީ ށ.
މަރޮށީ އަލްމަދްރަސަތުލް މުނައްވަރާގެ އިސްލާމް މުދައްރިސްގެ ވަޒީފާ އަދާ ކުރަން ފަށާފައިވަނީ 1994
ވަނަ އަހަރުގައި ކަމާއި، އޭރު އެމަދަރުސާ ހިންގަމުން ދިޔައީ އަމިއްލަ ފަރާތަކުން ނަމަވެސް 15 ފެބުރު
2007 ގައި އެމަދަރުސާ ސަރުކާރުގެ މަދަރުސާ އަކަށް ބަދަލުވެގެން ގޮސްފައިވާކަން
ސަރުކާރުގެ މަދަރުސާ އަކަށް މި މަދަރުސާ ބަދަލުވުމަށް ފަހުގައި ވެސް މުޙައްމަދު ޢަލީ އެމަދަރުސާގައި
އަދާކުރަމުންދިޔަ ވަޒީފާގައި ދެމިހުރި ކަން އެނގޭކަމާއި، އަދި މަދަރުސާ ސަރުކާރުގެ މަދަރުސާ އަކަށް
ބަދަލުވުމަށް ފަހު މުޙައްމަދު ޢަލީ އެމަދަރުސާގައި އަދާކުރަމުން ދިޔައީ ސަރުކާރުގެ ވަޒީފާއެއް ނޫންކަމަށް
ސިވިލް ސާރވިސް ކޮމިޝަނަށް ސާބިތު ކޮށްދެވިފައިނުވާކަމާއި، މިހެންކަމުން އެހެން ގޮތަކަށް ޝަރީޢަތަށް
ސާބިތުވާން ނެތް ޙާލަތުގައި މުޙައްމަދު ޢަލީގެ ވަޒީފާއަކީ އޭރު ސަރުކާރުގެ ވަޒީފާއެއްކަމުގައި ބެލެވެން
ޖެހޭނެކަމާއި، މުޙައްމަދު ޢަލީގެ ވަޒީފާ ސަރުކާރުގެ ވަޒީފާއަކަށް ބަދަލުވެގެން ގޮސް ފައިވަނީ ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކަން އެނގެން އޮތް އިރު، ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނު އައުމުގެ ކުރިން ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައިތިބި ފަރާތްތަކާއި މެދު ޢަމަލުކުރަން ޖެހޭގޮތް
ބަޔާންކޮށްދީފައިވާ ސިވިލް ސަރވިސްގެ ޤާނޫނުގެ 73 ވަނަ މާއްދާގެ (ނ) ގައި "މި ޤާނޫނަށް ޢަމަލުކުރަން
ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރު މުވައްޒަފުންގެ ގޮތުގައި ތިބި، ނަމަވެސް
ޤާނޫނުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ނުވާ ހުރިހާ ފަރާތްތަކާއި އޮންނަ
ޚިދުމަތުގެ ގުޅުމަށް ނިމުން ގެންނަންވާނެކަމަށާއި މިގޮތުން ކޮމިޝަނުން ލިއުމުން ފޮނުވާ ނޯޓިހަކުން މިކަން
ރައްދުވާ ފަރާތްތަކަށް އަންގަންވާނެއެވެ." މިފަދައިން އޮންނައިރު، އެމާއްދާގެ (ރ) ގައި "މިޤާނޫނަށް
ޢަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި، މިޤާނޫނުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ
މުވައްޒަފުންކަމަށް ކަނޑައަޅާ މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާ ހަމަޖައްސަންވާނެއެވެ.'
މިފަދައިން ބަޔާންކޮށްފައިވާކަން އެނގޭކަމާއި އެހެންނަމަވެސް މިއިން އެއްވެސް ފިޔަވަޅެއް ޤާނޫނުގައި
ކަނޑައެޅިފައިވާ މުއްދަތުގައި ސިވިލް ސަރވިސް ކޮމިޝަނުން މުޙައްމަދު ޢަލީއާ މެދު އަޅާފައިވާކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1647
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ހކީ
OXO
ފެށުމާއެކު،
8
=32
2012/HC-A/211
ޤަޟިއްޔާ ނިމުނު
އެނގެން ނެތްއިރު، މުޙައްމަދު ޢަލީ އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނަށް ޢަމަލުކުރަން ފެށިތާ 3 އަހަރު ދުވަސް ފާއިތުވެގެން ދިޔަ ފަހުންކަން އެނގެން
އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ހދު 0
xތ
(ރ) ހަތަރުވަނަކަމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)
ނަންބަރ 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި މި ދެޤާނޫނަކީވެސް ދިވެހި ސިވިލް
ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މައްޗަށް ހިންގޭނެ ދެޤާނޫނުކަން އެނގޭއިރު، ވަޒީފާއާބެހޭ
ޤާނޫނުގެ 13 ވަނަ މާއްދާގައި މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުމުގެ ބާވަތް ތިން ބާވަތެއްގެ ވަޒީފާގެ
އެއްބަސްވުންތަކަށް ބަހާލެވިގެންވާކަން އެނގޭކަމާއި މި ގޮތުން ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާ
އެއްބަސްވުމާއި، ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމާއި، ވަކި މަސައްކަތަކަށް
ޚާއްސަކޮށްފައިވާ އެއްބަސްވުން ހިމެނިގެންވާ ކަމުގައި އެމާއްދާގައި ބަޔާންވެފައި އޮންނައިރު، ވަޒީފާގެ
އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްތޯ ނުވަތަ ނޫންތޯ ބަލާނެ މިންގަނޑެއް
ންކޮށްދިނުމުގެ ގޮތުން ވަޒީފާއާ ބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި (ވަޒީފާއާބެހޭ ޤާނޫނަށް 1
ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 02 ވަނަ މާއްދާ) ބަޔާންކުރަނީ، "ވަކި މުއްދަތެއް ކަނޑައެޅިފައިވާ
ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާގެ ޖުމްލަ މުއްދަތު ދެއަހަރު ދުވަހަށްވުރެ އިތުރުވާގޮތަށް އާކޮށްފިނަމަ، ނުވަތަ
އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ނުވަތަ ދެފަރާތުންމެ ޢަމަލުތައް ބަހައްޓާގޮތަކުން، އާކޮށްފިކަން،
ނުވަތަ އިތުރުކޮށްފިކަން
އެއެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ
އެއްބަސްވުމެއްކަމަށް ބަލަންޖެހޭނެއެވެ." މިފަދައިން ކަމާއި، މިމާއްދާއަށް ރިޢާޔަތްކޮށް މުޙައްމަދު ޢަލީގެ
ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަން ނުވަތަ ވަގުތީ ވަޒީފާއެއްކަން ދެނެގަތުމަށް ބަލާއިރު، މުޙައްމަދު ޢަލީގެ
ވަޒީފާ ށ. މަރޮށި އަލް މަދްރަސަތުލް މުނައްވަރާއިން ހަމަޖެހި، އެސްކޫލް ސަރުކާރުގެ ސްކޫލަކަށް ބަދަލުވީ
ފަހުން، އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް 01 މެއި 2008 ގައި ޢަމަލުކުރަން ފަށާ، އޭނާ
އަދާކުރަމުން ދިޔަ ވަޒީފާއިން 19 ޖެނުއަރީ 2012 ގައި ވަޒީފާއިން ވަކި ކުރަންދެން އޭނާ އެވަޒީފާގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1647
33
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2cދދު ދ ތ
ދޭހަވާނަމަ،
I
9
2012/HC-A/211
ޤަޟިއްޔާ ނިމުނު "
کی عمری
=32
18ކނފައެއް
ދެމިހުރިކަން އެނގެން އޮތުމުން މުޙައްމަދު ޢަލީ އާއި މެދު ސިވިލް ސަރވިސް ކޮމިޝަންގެ ޢަމަލުތައް
ބެހެއްޓި ގޮތުން އޭނާ އަދާ ކުރަމުން ދިޔަ ވަޒީފާއަކީ ވަޒީފާއާ ބެހޭ ޤާނޫނުގެ އިސްވެ އިޝާރާކުރެވުނު
މާއްދާގެ ދަށުން ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސް
މިބަސްވުމެއް ދަށުން ދާއިމީ ވަޒީފާއެއްގައި
ހުރި މީހަކު ކަމުގައި ބަލަން ޖެހޭކަން އެނގޭކަމެވެ.
(ބ) ފަސްވަނަކަމަކީ އިސްވެ އިޝާރާތްކުރެވުނު ކަންކަމުގެ އަލީގައި ބަލާއިރު، މުޙައްމަދު
ޢަލީ އަކީ ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފެއްގެ ގޮތުގައި ބެލެވެން އޮތުމުން، މުޙައްމަދު ޢަލީގެ
ވަޒީފާއިން އޭނާ ވަކިކުރަން ޖެހޭނީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު)
ގައިވާ ގޮތުގެ މަތިން ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްޓަކައި
ކަނޑައަޅައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީންކަމާއި، މި ގޮތުން ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް
ކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކި ކުރެވިދާނެ ސަބަބުތައް އެޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 1
ން 7 އާއި ހަމައަށް އޮންނަ އަކުރުތަކުގައި
ކުރެވިފައިވާއިރު، އެއިން އެއްވެސް ސަބަބެއް
މުޙައްމަދު
ޢަލީގެ ވަޒީފާއިން ވަކިކުރި ސަބަބުގެ ތެރޭގައި ބަޔާންވެގެން ނުވާކަން އެނގޭކަމާއި، އަދި ހަމަ މިއާއި އެކު
ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2010 ގައި، ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގައި ޢަމަލު ކުރަން ޖެހޭ އުސޫލާއި އެފަދަ މުވައްޒަފަކު ވަޒީފާއިން ދޫކޮށްލެވޭ ޙާލަތްތައް
އެ ޤަވާޢިދުގެ 117 ވަނަ މާއްދާގެ (ހ) އިން ފެށިގެން (އ) ހަމައަށް އޮންނަ އަކުރުތަ
އަކުރުތަކުގައި
ބަޔާންވެގެންވާއިރު، މުޙައްމަދު ޢަލީގެ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ މިއިން ކޮން ޙާލަތެއް
މެދުވެރިވެގެންކަން ސިވިލް ސަރވިސް ކޮމިޝަނަށް ބަޔާން ކޮށްދެވިފައިނުވާކަމާއި، މުވައްޒަފުގެ ޤާބިލުކަން
ނެތިގެން ވަޒީފާއިން ދޫކޮށްލަންޖެހުމަކީ ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 117 ވަނަ މާއްދާގެ (ރ)
ގެ ދަށުން ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން ދޫކޮށްލެވިދާނެ
ސަބަބެއް ކަމުގައި ވީނަމަވެސް މިއަކުރުގެ ދަށުންވެސް މުވައްޒަފަކު ދޫކޮށްލަންޖެހޭނީ ވަޒީފާ އަދާކުރުމުގައި
ގެންގުޅެންޖެހޭ ޓެކްނޮލޮޖީއާއި ގޮތްތައް ބަދަލުވެގެން ތަމްރީންގެ ފުރުސަތު ދެވި، ނަމަވެސް ފުރުސަތުގެ
އެދެވޭ ނަތީޖާ ޙާސިލު ނުކުރެވުމުގެ ސަބަބުން ނުވަތަ މުވައްޒަފުން އަދާކުރަން ޖެހޭ ވަޒީފާގެ މަސައްކަތަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮ
2{12/HC-A/211
کی عمری
2 0 7 2
ބިން
ކެރި ކުޅަދާނަކަން ނެތިގެންކަން މި އަކުރަށް ބެލުމުން އެނގޭއިރު، މުޙައްމަދު ޢަލީ
އަދާކުރަމުންދިޔަ ވަޒީފާއަށް އިތުރަށް އަހުލުވެރިވުމުގެ ތަމްރީން ފުރުސަތު ސިވިލް ސަރވިސްކޮމިޝަނުން
މުޙައްމަދު ޢަލީއަށް ދިންކަން އަދި އެފަދަ ފުރުސަތެއް ދިނުމުން އެކަމުގެ އެދެވޭ ނަތީޖާ ޙާސިލް
ނުކުރެވިވާކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާކަމާއި އަދި މުޙައްމަދު ޢަލީއަކީ
1994 ވަނަ އަހަރުން ފެށިގެން އޭނާ އެވަޒީފާއިން ވަކިކުރުމާއި ހަމައަށް ވަޒީފާގައި 18 (އަށާރަ) ވަރަކަށް
އަހަރުވާންދެން ވަޒީފާ އަދާކުރަމުން ގޮސްފައިވާ ފަރާތަކަށްވާއިރު އޭނާގެ ވަޒީފާގެ މަސައްކަތަށް ބޭނުންވާ
ކެރި ކުޅަދާނަކަން ނެތްކަމުގައި ބެލެވެން ނެތްއިރު އެކަންވެސް ސިވިލް ސަރވިސް ކޮމިޝަނަށް
ސާބިތުކޮށްދެވިފައި ނުވާކަން އެނގޭކަމެވެ.
(ތ) ހަވަނަކަމަކީ: މުޙައްމަދު ޢަލީގެ ވަޒީފާއާ މެދު ސިވިލް ސަރވިސް ކޮމިޝަންގެ
ޢަމަލުތައް ބަހައްޓާފައިވާ ގޮތުގެ ނަތީޖާއެއްގެ ގޮތުން މުޙައްމަދު ޢަލީއަކީ ދިވެހި ސިވިލް ސަރވިސްގެ ދާއިމީ
މުވައްޒަފެއްގެ ގޮތުގައި ދާއިމީ މަޤާމެއް ހުރި ފަރާތެއް ކަމުގައި ބަލަން ޖެހޭތީ، އޭނާއާ މެދު ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގެ 38 ވަނަ މާއްދާގައިވާ ވަޒީފާ ދިނުމުގައި ޢަމަލު ކުރަން ޖެހޭނެ އުސޫލު މިހާރު
ތަޠުބީޤު ކުރެވޭނެކަމުގައި ބެލެވެން ނެތުމުންނާއި، މުޙައްމަދު ޢަލީގެ ވަޒީފާ ދާއިމީވެފާވާ ވުމަކީ ދިވެހި
ސިވިލް ސަރވިސްގެ މަޤާމެއް، ޢިނާޔަތެއް ލިބިދިނުމުގެ ގޮތުން ހަމަޖައްސައިދިން ދިނުމެއްކަމުގައި ބެލެވެން
ތުމުންނާއި، މުޙައްމަދު ޢަލީ ސިވިލް ސަރވިސްގައި އަދާކުރަމުން ދިޔަ ދާއިމީ ވަޒީފާއިން އޭނާ
ވަކިކުރުމުގައި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސަރވިސްގެ
ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން
ސަބަބެއް މުޙައްމަދު ޢަލީގެ ކިބައިގައި ހުރިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތު ކޮށްދެވިފައި
ނެތުމުގެ އިތުރުން މުޙައްމަދު ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ދިވެހި
ސިވިލް ސަރވިސްގެ ޤަވަޢިދު 2010 ގައި، ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި ޢަމަލު ކުރަން ޖެހޭ އުސޫލު ބަޔާންކޮށްފައިވާ ޗެޕްޓަރ 9 ގައި ބަޔާންކޮށްފައިވާ ގޮތާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
"ދިވެހިން184 މައިކްޓް
11
2{12/HC-A/211
کی عمری
/ 02
xތ
ޤަޟިއްޔާ ނިމުނު ގޮތު
ޚިލާފަށް ކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފެނުނު
ހިނދު، ވަޒީފާއާބެހޭ ޤާނޫނުގެ
27 ވަނަ މާއްދާއަށް ރިޢާޔަތް މުޙައްމަދު ޢަލީ ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތިކަމުގައިކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާ ވަޒީފާއާބެހޭ
ޤާނޫނުގެ 29 ވަނަ މާއްދާއިން ލިބިދޭ ޤާނޫނީ ޙައްލު މުޙައްމަދު ޢަލީއަށް ލިބިދިނުމަށް އެ ޓްރައިބިއުނަލް
އިން ނިންމާފައިވާ ނިންމުމަށް ބަދަލެއްގެންނަން ޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް
މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އޮތްކަމަކަށް ޤަޟިއްޔާ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމެވެ.
ހު
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއިއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/24 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
އިސްތިއުނާފުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލާއިރު،
ވަޒީފާއާބެހޭ ޓްރައިބިނަލުން އެމައްސަލައި ނިންމާފައި ނިންމުން ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި
ޚިލާފުނޫންކަމަށް މިޤާޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/24 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ
ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1647
33
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv