ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-SH/01 ޤަޟިއްޔާގެ ޙުކުމް
2011/HC-I-SH/01
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 01/HC
-
I
-
SH/2011
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
* ނަން: މޫސާ ޔާރިދު
ދާއިމީ އެޑްރެސް: ސަންރޭ ހއ.
އައިޑީ ކާޑު ނަންބަރ: A009484 މިހާރުގެ އެޑްރެސް: މއ. ސިލްވަރލައިޓް 4 ވަނަ ބުރި
އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް:
ނަން: އިލެކްޝަންސް ކޮމިޝަން
#
• މައްސަލައިގާ ތަދައްޚުލްވި ފަރާތް:
* ނަން: ދިވެހިރައްޔިތުންގެ ޕާޓީ
• ހުށަހެޅުނު ތާރީޚް: 13 ފެބުރުއަރީ 2011
ނިމުނު ތާރީޚް: 17 މާޗް 2011
• ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ޝަކުވާ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2
2011/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ލޯކަލް ކައުންސިލް އިންތިޚާބު 2011 ގެ
ކެލާ ދާއިރާގެ
ކެލާ ރަށު
ކައުންސިލަށާއި، ހއ. ކެލާ ދާއިރާގެ އަތޮޅު ކައުންސިލަށް ވޯޓުލުމަށްޓަކައި ހއ. ކެލާގައި ބަހައްޓާފައިވާ
ވޯޓު ފޮށި ނަންބަރު: A05.06.01 ގައި ވޯޓުލުމުގެ ކަންތައްތައް ކުރިޔަށް ގެންގޮސްފައިވަނީ
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، ބުނެވި ދިޔަ
ދާއިރާގެ ކެލާގައި ބަހައްޓާފައިވާ ވޯޓު ފޮށީގެ ނަތީޖާ ބާތިލުކޮށްދެއްވާ، އަލުން އެދާއިރާގައި
ކެލާގައި އެއިންތިޚާބު ބާއްވާދިނުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްދެއްވުމަށާއި؛
މިމައްސަލަ ވަކި ގޮތަކަށް ނިމެންދެން ހއ. ކެލާ ދާއިރާގެ ދާއިމީ ނަތީޖާ އިޢްލާން ކުރުން
ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވައި އަމުރުކޮށްދެއްވުން އެދި، ހއ. ކެލާ! ސަންރޭ މޫސާ
އާހިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
ހއ
ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާއި ގުޅިގެން މޫސާ ޔާރިދުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، އެސަބަބުތަކާއި
ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވާ ފަރާތުންނާއި، މިމައްސަލައިގާ ތަދައްޚުލުވި
ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ލޯކަލް ކައުންސިލް އިންތިޚާބު 2011 ގެ
ކެލާ ދާއިރާގެ
ކެލާ ރަށު
ކައުންސިލަށާއި، ހއ. ކެލާ ދާއިރާގެ އަތޮޅު ކައުންސިލަށް ވޯޓުލުމަށްޓަކައި ކެލާގައި ބަހައްޓާފައިވާ
ނަންބަރު: A05.06.01 ވޯޓު ފޮށީގައި ވޯޓުލުމުގެ ކަންތައްތައް ކުރިޔަށް ގެންގޮސްފައިވަނީ އިންތިޚާބުތަކާބެހޭ
ޢާންމު ޤާނޫނާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ހއ. ކެލާގައި އަލުން
އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށް ދިނުމަށް މޫސާ ޔާރިދުގެ ފަރާތުން
އެދިފައިވާކަން މޫސާ ޔާހިދު ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހަޅާ ފޯމުން އެނގެން
ހއ
22 2x
އަޅަޅ
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
3
2011/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) މިމައްސަލައާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދައްކާފައިވާ ވާހަކަ ތަކަށް
ބަލާއިރު، ވޯޓުލުމުގެ ކަންތައްތައް ހިންގަން ޖެހޭނީ އެކަމަށް ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކުގެ އަލީގައި
ކަމަށާއި، ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށް ވަކިބަޔަކު ބޭނުންވާ ގޮތަށް ވޯޓުގެ ކަންތައްތައް
ބައްޓަންކޮށްގެން ބޭނުން ގަޑިއެއްގައި ވޯޓުލުމުގެ ފުރުޞަތު ގެއްލިގެން ކުރާ ޢަމަލުތަކާއި އެއްގޮތަސް ވޯޓު
ދިނުމުގެ ޙައްޤު ދެވިއްޖެ ނަމަ އެކަމަކީ މުސްތަޤުބަލުގައި އެކަމުގެ ނޭދެވޭ އަސަރު އިންތިޚާބުތަކަށް ފޯރާފާނެ
ކަމެއް ކަމަށާއި،
އެބަޔަކު ބޭނުންވާ ނަތީޖާއެއް ޙާޞިލު ނުވެދާނެ ހެން ހީވީމާ މައްސަލަ އުފައްދައިގެން ވޯޓުގެ
ކަންތައްތައް ކުރިއަށް ގެންދިޔަނުދޭން ނުވަތަ ވޯޓު ދިނުމަށް ފަސްޖެހުމުން އަލުން އިންތިޚާބު ބާއްވައިދިނުމުގެ
އުޞޫލެއް ކަނޑައެޅިއްޖެ ނަމަ އެކަމަކީ ވަރަށް ގިނަ ދާއިރާ ތަކުގެ މީހުން ބަލައިގަންނަން ފަށާފާނެ
އުޞޫލެއް ކަމަށާއި،
އޭރުން އެކަމަކީ މިނިވަން އިންޞާފުވެރި އިންތިޚާބަކަށްވުމުގެ ބަދަލުގައި ތިމާމެން އެދޭ ގޮތަށް
ބައްޓަން ކުރެވި ބޭނުންވާ ނަތީޖާ ޙާޞިލުކުރުމަށް ދޭންނުޖެހޭ ފުރުޞަތުދެވި ޑިމޮކްރެސީގެ ރީތި އާދަތަކާ
ޚިލާފު ގޮތަކަށް ޕްރެކްޓިސް ކުރެވިދާނެ ކަމަކަށްވާތީ، އެފުރުޞަތުތައް ނުދިނުމުގެ އަހަންމިއްޔަތު ދަޢުވާލިބޭ
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ފާހަގަކުރާ ކަމަށާއި،
ކެލާގައި ބޭއްވުނު ރަށުކައުންސިލުގެ އިންތިޚާބާއި ކެލާދާއިރާގެ ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބަކީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ރައްޔިތުންނަށް ފުރުޞަތު ދީގެން ބޭއްވުނު އިންތިޚާބެއް ކަމުގައި
ނިންމަވައި މައްސަލަ ނިންމަވައި ދެއްވުން އެދޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވެއެވެ.
(ނ) ކޮންމެ ވޯޓެއް ނަގައި ނިމުމާއެކު، ވޯޓުލާ ކޮންމެ މަރުކަޒެއްގައިމެ، އިލެކްޝަންސް
ކޮމިޝަނުން އެ މަރުކަޒެއް ޙަވާލުކޮށްފައިވާ މީހަކު ކުރިމަތިލީ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ
މީހުން
ޑައެއްގެ ހާޒިރުގައި އަދި އެ ވޯޓެއް ގުނުމުގެ ކަންތައްތައް ބެލުމަށް ޤާނޫނު ހުއްދަކުރާ
އިއްގެ ހާޒިރުގައި އެމަރުކަޒެއްގެ ވޯޓު ގުނައި، ކޮންމެ ކެންޑިޑޭޓަކަށް އެ މަރުކަޒަކުން ލިބުނު
ވޯޓުގެ ޢަދަދު ލިޔެ ބަލަހައްޓައި، އެމަރުކަޒެއްގައި ނެގުނު ވޯޓުގެ ނަތީޖާ އެ މަރުކަޒެއްގައި އިޢްލާން
ކުރާންވާނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 171 ވަނަ މާއްދާގެ (ށ) ގެ ސާފު
،ރާތުން އެނގެން އޮތުމުގެ އިތުރުން؛
ނަމަ
4 މ 04
4
4ބއެއް
އެނޫންވެސް ބައެއް
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
4
2011/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 ه2
ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ
(ހ) ގައި: ވޯޓު ނެގުމާއި، ވޯޓު ގުނުމާއި، ނަތީޖާ އިޢްލާން ކުރުމާއި، އިންތިޚާބާބެހޭ ޝަކުވާއާއި، ފައިސާ
އާއި، މާލީ ކަންކަމާގުޅޭ ގޮތުންނާއި، އިންތިޚާބާބެހޭ ކުށާއި، އަދަބާގުޅޭ ގޮތުން ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގައި ޢަމަލު ކުރަންވާނީ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގައި
އެކަމަށް ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވާއިރު، އެމަރުކަޒެއްގެ ވަގުތީ ނަތީޖާ ވަގުތުން
އެމަރުކަޒުގައި އިޢްލާންކޮށް ޢާންމުކޮށް ފެންނަގޮތަށް އެމަރުކަޒެއްގައި ބަހައްޓަންވާނެކަމަށް އިންތިޚާބުތަކާ ބެހޭ
ޢާންމު ޤާނޫނުގެ 57 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.
(ހ) ހއ. ކެލާ ރަށު ކައުންސިލަށާއި، ހއ. ކެލާ ދާއިރާގެ އަތޮޅު ކައުންސިލަށް ވޯޓުލުމަށްޓަކައި
ކެލާގައި ބަހައްޓާފައިވާ ނަންބަރު: A05.06.01 ވޯޓު ފޮށީގެ ވޯޓު ގުނައި، ވަގުތީ ނަތީޖާ
އެމަރުކަޒުގައި ޤާނޫނުގައި ބުނެފައިވާ ގޮތަށް އިޢްލާން ކުރެވިފައިނުވާ ކަމާއި، އެވޯޓު ފޮށީގެ ވޯޓު ގުނާ،
ވޯޓުގެ ވަގުތީ ނަތީޖާ އިޢްލާން ކުރެވިފައިވަނީ ހަނިމާދޫގައި ކަން އިލެކްޝަންސް ކޮމިޝަންގެ ބަހުން
ޝަރީޢަތަށް ސާބިތުވެއެވެ.
(ބ) ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 298 ވަނަ މާއްދާއަށް ނަޒަރު ކުރާއިރު، އެމާއްދާގައި
”ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު
ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު ކޮމިޝަންތަކާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި،
ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަޤާމުތަކާ ޙަވާލުވެތިބި މީހުންނާއި، އެންމެހައި ރައްޔިތުން
މިޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށުމާއެކު މިޤާނޫނު އަސާސީގައިވާ އެންމެހައި ކަންތައްތަކަށް
ފުރިހަމަޔަށް ކިޔަމަންވެ ޢަމަލުކުރާންވާނެ“ ކަމަށް ބަޔާންކުރެވިފައިވާކަން އެނގެން އޮވެފައި، "ކޮންމެ ވޯޓެއް
ނަގައި ނިމުމާއެކު، އެމަރުކަޒެއްގެ ވޯޓު ގުނައި، ކޮންމެ ކެންޑިޑޭޓަކަށް އެ މަރުކަޒަކުން ލިބުނު ވޯޓުގެ ޢަދަދު
ލިޔެ ބަލަހައްޓައި، އެމަރުކަޒެއްގައި ނެގުނު ވޯޓުގެ ނަތީޖާ އެ މަރުކަޒެއްގައި އިޢްލާން ކުރާންވާނެ، ކަމަށް
ޤާނޫނު އަސާސީގެ 171 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ޢިބާރާތުގައި ބަޔާންކޮށްފައިވާއިރު، ލޯކަލް
ކައުންސިލް އިންތިޚާބު 2011 ގެ ހއ. ކެލާ ދާއިރާގެ ހއ. ކެލާ ރަށު ކައުންސިލަށާއި، ހއ. ކެލާ
ދާއިރާގެ އަތޮޅު ކައުންސިލަށް ވޯޓުލުމަށްޓަކައި ހއ. ކެލާގައި ބެހެއްޓުނު ވޯޓު ފޮށި ގުނާ، އަދި ވަގުތީ ނަތީޖާ
އިޢްލާން ކޮށްފައިވަނީ، ޤާނޫނު އަސާސީގެ އިޝާރާތްކުރެވުނު ނައްޞާއި ކަނޑައެޅިގެން ޚިލާފަށް، އެވޯޓު ފޮށި
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2011/HC-I-SH/01
$
ހއ
ހއ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެ ހުރި ތަނުން ގެން ދިއުމަށްފަހު، ވޯޓު ގުނައި ނަތީޖާ އިޢްލާން ކޮށްފައިވަނީ
ހަނިމާދޫގައި ކަން
އިލެކްޝަންސް ކޮމިޝަނުގެ އިޢްތިރާފުން ޝަރީޢަތަށް ސާބިތުވާއިރު؟
ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގައި "މިޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު
ކަމެއް“ ކަމުގައި ބަޔާންކޮށްފައިވާ ޢިބާރާތަށް ރިޢާޔަތް ކުރުމުން، ލޯކަލް ކައުންސިލް އިންތިޚާބު 2011 ގެ
ހއ. ކެލާ ދާއިރާގެ ކެލާ ރަށު ކައުންސިލަށާއި، ކެލާ ދާއިރާގެ އަތޮޅު ކައުންސިލަށް
ވޯޓުލުމަށްޓަކައި ކެލާގައި ބެހެއްޓުނު ވޯޓު ފޮށި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހއ.
ހަނިމާދޫގައި ގުނުމާއި އަދި ވަގުތީ ނަތީޖާ އެރަށުގައި އިޢްލާންކުރި ކުރުމަކީ ބާތިލު ކަމެއް ކަމުގައި
ބަލަންޖެހުމުގެ އިތުރުން، ބާތިލު ކަމެއްގެ މައްޗަށް ތަރުތީބު ވެގެން އަންނަ ނަތީޖާ އަކީވެސް ބާތިލު
ނަތީޖާއެއް ނޫން ކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަން އެނގެއެވެ.
(ފ) ދިވެހިރާއްޖޭގައި ބޭއްވޭ އެންމެހައި އިންތިޚާބުތަކަކީ ދީމުޤްރާތީ އަސާސްތަކުގެ މައްޗަށް
ބިނާވެފައިވާ ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން، އިންޞާފުވެރި، ބިރުވެރިކަމާއި،
ބިރުދެއްކުމާއި، ތަޅާފޮޅުމެއް ނުވަތަ ނުރަނގަޅު ނުފޫޒެއްވިޔަސް ނެތް ހާމަކަންބޮޑު އަދި އިތުބާރު ކުރުވަނިވި
ގޮތުގެމަތިން ބޭއްވޭ އިންތިޚާބުތަކެއްކަން ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 100 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނާތީ،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އެއްވެސް އިންތިޚާބަކާ ގުޅިގެން ބުނެވިދިޔަ ދީމުގުރާތީ
އުޞޫލުތަކާއި ޤާނޫނާއި ޚިލާފަށް ދިވެހިރާއްޖޭގެ އެއްވެސް އިންތިޚާބީ ދާއިރާއެއްގައި ސީދާ ރައްޔިތުންގެ
ބައިވެރިވުން އޮންނަ، މިނިވަން، އިންޞާފުވެރި އަދި އިތުބާރު ކުރުވަނިވި ގޮތުގެމަތިން ބޭއްވޭ އިންތިޚާބެއް
ބޭއްވުމަށް އެއްވެސް ސަބަބަކާހުރެ، އަދި އެއްވެސް ފަރާތެއްގެ ޤާނޫނާއި ޚިލާފު ނުފޫޒެއްގެ ސަބަބުން
ހުރަސްއެޅިއްޖެނަމަ ނުވަތަ ހުރަސްއެޅިދާފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ބިރުވެރިކަމަކާއި ނުލައި އިޚްތިޔާރާއި
ރުހުމުގައި އެދާއިރާއެއްގެ މީހުން ޚިޔާރުކުރާ ފަރާތަކަށް މިނިވަންކަމާއެކު ވޯޓްލެވޭނެ އިންތިޒާމް
ހަމަޖެއްސުމަކީވެސް އިލެކްޝަންސް ކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތަކަށް މެނުވީ ނުވާނެކަމަށާއި،
މިފަދަ އިންތިޚާބު ތަކަކީ ޞައްޙަ އިންތިޚާބު ތަކެއްކަމަށް ޤާނޫނީގޮތުން ބެލެވޭނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ތަކާއި 171 ވަނަ މާއްދާގައި
ބުނެފައިވާ ކަންކަން ފުރިހަމަވާގޮތަށް ބޭއްވޭ އިންތިޚާބުތަކަކަށް ވެގެން ކަމަށް ވާތީ، އިންތިޚާބުތައް
4 22
4 04
LG OLC
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
6
2011/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 0 2 02
ބޭއްވެންވާނީ
/ ހ 0
0
2x
މެޗައެއްގައި ހާމަކަންބޮޑު
ދީމުޤްރާތީ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެއްވެސް ނުފޫޒެއްނެތި މިނިވަން އިންޞާފުވެރި
ގޮތެއްގައި، އޮޅުވާލުމުގެ އެއްވެސް ކުލަވަރެއް ނެތް މާޙައުލެއްގައި ކަމަށާއި، އަދި
އިންތިޚާބުތައް ކާމިޔާބުކުރާ ފަރާތްތަކާއި އިންތިޚާބުގެ ކަންތައްތައް ޤާނޫނުގައިވާގޮތުގެ މަތިން ހިންގާ ތަންޒީމް
ކުރުމުގެ މަސްއޫލިއްޔަތު ޙަވާލުވެފައިވާ ފަރާތްތަކުގެ މައްޗަށް އޮންނަންޖެހޭ އިތުބާރާއި ޔަޤީންކަމަށް އެއްވެސް
ސިފައެއްގައި ބުރުލެއް ނާންނާނެ ގޮތެއްގެ މަތިން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެއެވެ.
• ޙުކުމް
ހއ. ކެލާ
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު އެންމެހައި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ލޯކަލް
ކައުންސިލް އިންތިޚާބު 2011 ގެ ހއ. ކެލާ ދާއިރާގެ ހއ. ކެލާ ރަށު ކައުންސިލަށާއި،
ދާއިރާގެ އަތޮޅު ކައުންސިލަށް ވޯޓުލުމަށްޓަކައި ހއ. ކެލާގައި ބަހައްޓާފައިވާ ނަންބަރު: A05.06.01 ވޯޓު
ފޮށީގައި ވޯޓުލުމުގެ
ކަންތައްތައް ކުރިޔަށް ގެންގޮސްފައިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި،
އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، ބުނެވި ދިޔަ ދާއިރާގެ ކެލާގައި
ބަހައްޓާފައިވާ ވޯޓު ފޮށީގެ ނަތީޖާ ބާތިލުކޮށްދެއްވާ، އަލުން އެދާއިރާގައި ހއ. ކެލާގައި އެއިންތިޚާބު
ބާއްވާދިނުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްދެއްވުމަށް އެދި، ހއ. ކެލާ ސަންރޭ، މޫސާ ޔާރިދުގެ
ފަރާތުން ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ ދަޢުވާއަށް ނަޒަރުކުރާއިރު
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގައި "ވެރިކަން ހިންގާ ފަރާތުންނާއި،
ރައްޔިތުންގެ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި،
މުސްތަޤިއްލު ކޮމިޝަންތަކާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި،
ދައުލަތުގެ
މުއައްސަސާތަކުންނާއި، ދައުލަތުގެ މަޤާމުތަކާ ޙަވާލުވެތިބި މީހުންނާއި، އެންމެހައި ރައްޔިތުން މިޤާނޫނު
އަސާސީއަށް ޢަމަލު ކުރަން ފެށުމާއެކު މިޤާނޫނު އަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމަޔަށް
ކިޔަމަންވެ ޢަމަލުކުރާންވާނެ، ކަމަށް ބަޔާންކުރެވި
ކުރެވިފައިވާކަން އެނގެން އޮންނާތީ އާއި،
އެމަރުކަޒެއްގެ ވޯޓު ގުނައި، ކޮންމެ ކެންޑިޑޭޓަކަށް އެ
މަރުކަޒަކުން ލިބުނު ވޯޓުގެ ޢަދަދު ލިޔެ ބަލަހައްޓައި، އެމަރުކަޒެއްގައި ނެގުނު ވޯޓުގެ ނަތީޖާ އެ
މަރުކަޒެއްގައި އިޢްލާން ކުރާންވާނެ، ކަމަށް ޤާނޫނު އަސާސީގެ 171 ވަނަ މާއްދާގެ (ނ) ގެ ޞަރީޙަ
,5ކޮންމެ ވޯޓެއް ނަގައި ނިމުމާއެކު،
2 20
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2011/HC-I-SH/01
ހއ
ވެރިންގެ ހައިވި، 1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޢިބާރާތުގައި ބަޔާންކޮށްފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބު 2011 ގެ ހއ. ކެލާ ދާއިރާގެ އ. ކެލާ
ރަށު ކައުންސިލަށާއި، ހއ. ކެލާ ދާއިރާގެ އަތޮޅު ކައުންސިލަށް ވޯޓުލުމަށްޓަކައި ހއ.
ކެލާގައި ބެހެއްޓުނު
ވޯޓު ފޮށި ގުނާ، އަދި ވަގުތީ ނަތީޖާ އިޢްލާން ކޮށްފައިވަނީ، ޤާނޫނު އަސާސީގެ އިޝާރާތްކުރެވުނު ނައްޞާއި
ކަނޑައެޅިގެން ޚިލާފަށްކަން އިލެކްޝަންސް ކޮމިޝަނުގެ އިޢްތިރާފުން ޝަރީޢަތަށް ސާބިތުވުމުގެ އިތުރުން؛
ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި "މިޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު
ކަމެއް“ ކަމުގައި ބަޔާންކޮށްފައިވާތީ އާއި، ބާތިލު ކަމެއްގެ މައްޗަށް ތަރުތީބު ވެގެން އަންނަ ނަތީޖާ އަކީ
ބާތިލު ނަތީޖާއަކަށް ވާނެތީ، ލޯކަލް ކައުންސިލް އިންތިޚާބު 2011 ގެ ހއ. ކެލާ ދާއިރާގެ ހއ. ކެލާ ރަށު
ކައުންސިލަށާއި، ހއ. ކެލާ ދާއިރާގެ އަތޮޅު ކައުންސިލަށް ވޯޓުލުމަށްޓަކައި ކެލާގައި ބޭއްވުނު
އިންތިޚާބަކީ ބާތިލު އިންތިޚާބެއް ކަމަށް، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އިއްތިފާޤުން
ކަނޑައަޅައި، މިއަދު (2011 މާޗް 19 ވަނަ ދުވަހު) ން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ
ތެރޭގައި، ކެލާ ރަށު ކައުންސިލަށާއި، އަތޮޅު ކައުންސިލަށް ކެލާ ދާއިރާއިން މެންބަރުން
އިންތިޚާބު ކުރުމަށްޓަކައި ހއ. ކެލާގައި، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާއާއި،
171 ވަނަ މާއްދާއާއި ޚިލާފު ނުވާނޭ ގޮތެއްގެ މަތީން ވޯޓުލުން ބާއްވާ، އިންތިޚާބުގެ އެންމެހައި ކަންކަން
އިންތިޒާމު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާ ޙުކުމްކު އިލެކްޝަންސް ކޮމިޝަނަށް
ބޭނުންވެއްޖެ ކޮންމެހިނދެއްގައި ބުނެވިދިޔަ އިންތިޚާބުގެ އެންމެހައި ކަންކަމުގައި ފުރިހަމަ އެއްބާރުލުން
ދިނުމަށް ދައުލަތުގެ ކަމާބެހޭ ސަލާމަތީ ބާރުތަކަށް އަމުރުކޮށްފީމެވެ.
ނޯޓު: ދިވެހިރާއްޖޭގެ ހައިކޯޓަށް ކެލާ! ސަންރޭ، މޫސާ ޔާހިދު ހުށަހަޅާފައިވާ ނަންބަރު
01/HC
-
I
-
SH/2011 ޤަޟިއްޔާ އާއި، ހއ. ކެލާ/ ޝަބުނަމުގެ ޢަބްދުﷲ ޚަލީލު ހުށަހަޅާފައިވާ ނަންބަރު
02/HC
-
I
-
SH/2011 ޤަޟިއްޔާ އާއި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ނަންބަރު
03/HC
-
I
-
SH/2011 ޤަޟިއްޔާ އާއި، މި ތިން ޤާޟިއްޔާއަކީ އެއް ކަމަކާއި ގުޅިގެން އެއް ބީޣާއެއްގައި
ހުށަހަޅާފައިވާ ތިން ޤަޟިއްޔާ ކަމަށްވާތީ، މިކޯޓުގެ ނަންބަރު 01/HC
-
I
-
SH/2011 ޤަޟިއްޔާގައި ގޮތެއް
ކަނޑައެޅުމުން، ދެން އޮތް ދެ ޤަޟިއްޔާގައިވެސް ގޮތެއް ކަނޑައެޅުނީއެވެ.
24ތ
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv