ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/185 ޤަޟިއްޔާގެ ޙުކުމް
2008/HC-A/185
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓު
• ޤަޟިއްޔާ ނަންބަރު: 185/HC
-
A/2008
އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު އިބްރާހީމް
އައިޑީކާޑު ނަންބަރު: 084307
A
، ދާއިމީ އެޑްރެސް: ލ. ކަންމަތީގެ/މާލެ
މިހާރުގެ އެޑްރެސް: ބ. ކަންމަތީގެ/މާލެ
• އިސްތިއުނާފުރައްދުވި ފަރާތް:
އެޓާރނީ ޖެނެރަލްގެ އޮފީސް
އައިޑީކާޑު ނަންބަރގެ
* ހުށަހެޅުނު ތާރީޚް: 25 ޖޫން 2008
ދާއިމީ އެޑް
މިހާރުގެ އެޑްރެސް:
* ނިމުނު ތާރީޚް: 09 އޯގަސްޓް 2011
PX
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 1976/PCD/112
ނިންމެވި ކޯޓް: މިނިސްޓްރީ އޮފް ޖަސްޓިސް ކޯޓު ނަންބަރު 6 ( ޕީ އެންޑް އޯ ޑިވިޜަން)
ޤަޟިއްޔާގެ ބާވަތް: އަގުކުރުން
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް
320 638/
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
ކުއްޖާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، ތީމު ތިންސަންބަރުދޮޔާށިމާވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: infor
@
highcourt gv.mv ވެބްސައިޓް: www.highcourt.gov.mv
ހައިކޯޓް
2008/HC-A/185
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދައުވާގެ ޚުލާޞާ
މިއީ، މިނިސްޓްރީ އޮފް ޖަސްޓިހުގެ ކޯޓު ނަންބަރު 6 ގެ ނަންބަރު 76/PCD/112 ޤަޟިއްޔާ، އެކޯޓުން
ބައްލަވައި ޙުކުމްކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފުންކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު
ކަންމަތީގޭ މުޙައްމަދު އިބްރާހީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
މައްސަލައެކެވެ.
· 3
ކުރުމަށް، މ.
ހށއޅަ2
މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ އެޓާރނީ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. މިނިސްޓްރީ އޮފް ޖަސްޓިހުގެ ކޯޓު ނަންބަރު 6 ގެ ނަންބަރު 76/PCD/112 ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް 06 އޭޕްރީލް 2008 ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާއިފިނަމަ، އެޤަޟިއްޔާ ބަލައިދިނުމަށް ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގެ ނަންބަރު 2624
/
2008-PRS (06 އޭޕްރީލް 2008) "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު"
އިން މ. ކަންމަތީގެ މުޙައްމަދު އިބްރާހީމަށް ޖަވާބު ދެއްވާފައިވާކަން އެނގެން އޮތްއިރު، އިސްވެ
އިޝާރާތްކުރެވުނު ޤަޟިއްޔާ، ކޯޓު ނަންބަރު 6 އިން ބައްލަވައި ޙުކުމް ކުރައްވާފައިވަނީ، ޝަރުޢީ އަދި
ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް 25 ޖޫން 2008 ގައި
މުޙައްމަދު އިބްރާހީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2
2- ކޯޓު ނަންބަރު 6 ގެ ނަންބަރު 76/PCD/112 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، މާލޭ ދެކުނު ފަރާތުގެ ފަޅުން 170 ނަންބަރު ކޮށިން މ. ކަންމަތީގެ
މުޙައްމަދު އިބްރާހީމް މަނިކު ހިއްކާދެއްކި 1090 އަކަފޫޓު ގޯތި (މާލޭ ފަޅުން ބިން ހިއްކި 19 ނަންބަރު
ގޯތި) ކޮލިފްލާވަރ، ކިޔާ ގޯތީގެ އަމިއްލަ ބައިގެ 545 އަކަފޫޓްގެ ބޮޑުމިނަށް ގާނޫނު ނަންބަރު
4
/
68ޖީ (ޢާއްމު ޤާނޫނު ތަކެއް) ގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބަދަލު ދިނުމަށް ބޭނުންވާތީ
އެތަން އަގުކުރުމަށް
ޑިޕާރޓްމަންޓް އޮފް ހޯމްއެފެއާޒް/ ރަޖިސްޓްރޭޝަންސް ޑިވިޜަން (ނ) އިން
ދިވެހިރާއްޖޭގެ
ރާއްޖޭގެހައިކޯޓް، އޭބުރުޒުހިނގުން، ތީމުމެތިންނަންބަރުދޮރާށިމުވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް
www.highcourt.gov.mviens; [email protected] mensa
2008/HC-A/185
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، މިނިސްޓްރީ
އޮފްޖަސްޓިހުގެ އަގުކޮމެޓީން އިސްވެ ބަޔާންކުރެވުނު ގޯތީގައި އަޅާފައިހުރި ތަކެތީގެ އަގަށްކަމަށް
އަގުކޮމެޓީންގެ އިއުތިފާޤުން ކަނޑައަޅުއްވާފައިވާ 18- 804ރ (އައްސަތޭކަ ހަތަރު ރުފިޔާ އައްލާރި)
މިއަގުތަކުގެ ތަފްޞީލާއެކު ލިޔެ މިޑިވިޜަނުގެ ނަންބަރު 34
/
76
/
39/B-9 ސިޓީން ޑިޕާރޓްމަންޓް އޮޕް
ހޯމްއެފެއާޒް/ ރެޖިސްޓްރޭޝަންސް ޑިވިޜަން (ނ) ގައި ދަންނަވައި މައްސަލަ ނިންމީ، މިގޮތުގެ
މަތިންކަން އެނގެއެވެ.
3- މިނިސްޓްރީ އޮފް ޖަސްޓިހުގެ ކޯޓު ނަންބަރު 6 ގެ ނަންބަރު 76/PCD/112 ޤަޟިއްޔާ، އެކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް މުޙައްމަދު އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 2
(ދޭއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާއި ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: މާލޭ ދެކުނު ފަރާތުގެ ފަޅުން 170 ނަންބަރު ކޮށިން މުޙައްމަދު އިބްރާހީމް
ހިއްކާ ދެއްކި 1090 އަކަފޫޓުގެ ގޯތި "މއ.ކޮލިފްލާވަރ" (މާލޭގެ ފަޅުން ބިންހިއްކި 19 ނަންބަރު
ގޯތި) ދައުލަތަށް ނަންގަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި
ނުކުތާ
(ނ) ދެވަނަ ނުކުތާއަކީ: މާލޭގެ ބިމުން މީހަކަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ
ގޯއްޖެއްވިޔަސް ދައުލަތަށް ނަންގަވަނީ، ހަމައެފަދަ ގޯއްޗެއްފެބިމައް) އެމީހަކަށް
ދިނުމަށްފަހުގައިކަމަށްވާއިރު، މުޙައްމަދު އިބްރާހީމްގެ އަމިއްލަ ޚަރަދާއި މަސައްކަތުން މާލޭ ދެކުނު
ފަރާތުގެ ފަޅުން ހިއްކި ގޯތި، "މއ.ކޮލިފްލާވަރ" އެވެ. ކިޔާ އަމިއްލަ!ބަންޑާރަ ގޯތި ދައުލަތަށް
ނެންގެވިއިރު، މާލޭގެ ބިމުން މުޙައްމަދު އިބްރާހީމަށް އެފަދަ ބިމެއް(ގޯއްޗެއް) ދީފައިނުވާކަމަށާއި
އެކަމަކު ހަމަ އެދުވަސްވަރު ދައުލަތަށް ނެންގެވި ހ.ގަލޮޅުގޭ ޢަބްދުލްޙައްނާނު ޙުލީމު ހިއްކާފައިވާ
ތަނެއް(މިހާރުގެ ޓީވީ މޯލްޑިވްސް އަޅާފައިވާބިން)ގެ ބަދަލުގައި އެއާޖެހިގެން ހުޅަނގަށް އޮތް ކޮށިން
ދިވެހިރާއްޖޭގެރައިކޯޓް
ރާއްޖޭގެހައިކޯޓް، ޢިބުރުޒުހިނގުން، ތީޅުގެތިންނަށް ނުދޮންނިމާލެ، ދިވެހިރާއްޖެ، ފޯން: 3.325029، ފެކްސް: 3316471
އީމެއިލް: ވެބްސައިޓް:
ހައިކޯޓް
www.highcourt.gov.mv : [email protected]
2008/HC-A{185
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ހަމައެވަރުގެ ތަނެއް ހިއްކާފައި އޭނާއަށް ދެއްވާފައިވުމުން، މީސްމީހުންގެ މުދާ ދައުލަތުން
ނެންގެވުމުގައި ހަމަހަމަކަން ޤާއިމުވެފައިނުވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
32
4- މިނިސްޓްރީ އޮފް ޖަސްޓިގެ ކޯޓު ނަންބަރު 6 ގެ ނަންބަރު 76/I2
/
PCD ! ޤަޟިއްޔާ، އެކޯޓުން
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، މ. ކަންމަތީގެ މުޙައްމަދު
އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި، އިސްވެ ބަޔާންކުރެވުނު 2
(ދޭއް) ނުކުތާ ގުޅިގެން، މިއިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތްކަމުގައިވާ ދައުލަތުގެ އެޓާރނީ ޖެނެރަލްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ،
މާލޭ ދެކުނު ފަރާތު ފަޅުން މ. ކަންމަތީގެ މުޙައްމަދު އިބްރާހީމް ހިއްކި )109 އަކަފޫޓުގެ ގޯތި
"މއ.ކޮލިފްލާވަރ" ކިޔާ އަމިއްލަ/ބަންޑާރަ ގޯތި ދައުލަތަށް ނަންގަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ގޮތުން
ހަމަޖެހިފައި އޮންނަ ގޮތަށް މިނިސްޓްރީ އޮފް ޖަސްޓިހުގެ އަގުކޮމެޓީން އެތަން އަގުކުރެއްވުމަށްފަހު،
ކަނޑައެޅުއްވި އަގު ކަމުގައިވާ 804.08ރ (އައްސަތޭކަހަތަރު ރުފިޔާ އައްލާރި) މުޙައްމަދު އިބްރާހީމަށް
ލިބިދިނުމަށްފަހުގައި ކަމަށްވާތީއާއި އަދި އެއަގު މުޙައްމަދު އިބްރާހީމަށް ލިބިފައިވާކަމަށް މުޙައްމަދު
އިބްރާހީމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެފައިވާތީ، އެކަން ކޮށްފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްނޫންކަން އެނގޭ ކަމަށެވެ.
coco
5- ކޯޓު ނަންބަރު 6 ގެ ނަންބަރު 76/PCD/112 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭގޮތުން މިމައްސަލަ އިސްތިއުނާފު ކުރާފަރާތާއި އަދި އިސްތިއުނާފު
ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ކޯޓު
ނަންބަރު 6 ގެ ނަންބަރު 76/PCD/112 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަނާއި،
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޖް، އާބުރުޒުހިނގުން، ތީމުމެތިންނަންބަރުދޮރާނިމާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2d08/HC-A/185
5
ޤާޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ހ) ފުރަތަމަ ކަމަކީ: މިނިސްޓްރީ އޮފް ޖަސްޓިހުގެ ކޯޓު ނަންބަރު 6 ގެ ނަންބަރު 76/PCD/112
ޤަޟިއްޔާއަކީ މާލޭ ދެކުނު ފަރާތުގެ ފަޚުން 70
1 ނަންބަރު ކޮށިން މ. ކަންމަތީގެ މުޙައްމަދު އިބްރާހީމް
މަނިކު ހިއްކާ ދެއްކި 1090 އަކަފޫޓްގެ ގޯތީގެ އަމިއްލަވައިގެ 545 އަކަފޫޓުގެ ބޮޑުމިނަށް ދައުލަތުން ބަދަލު
ދެއްވުމަށްޓަކައި އެތަން އަގު ކުރުމަށްފަހު އެއަގުގެ ތަފްޞީލު ބޭނުންވާތީ ޑިޕާޓްމަންޓް އޮފް ހޯމްއެފެއާޒް(
ރަޖިސްޓްރޭޝަން ޑިވިޜަން (ށ) އިން ހުށަހެޅުމުން ބެލެވުނު އަގުކުރުމުގެ ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި
އެތަން އަގު ކުރެއްވުމަށްފަހު، އެތަނުގެ އަގެއްކަމަށް މިނިސްޓްރީ އޮފް ޖަސްޓިހުގެ އަގުކޮމިޓީން
ކަނޑައަޅުއްވާފައިވަނީ 804.08ރ (އައްސަތޭކަހަތަރު ރުފިޔާ އައްލާރި) ކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
58
(ނ) ދެވަނަ ކަމަކީ: މީހުންގެ މިލްކުގައިވާ ތަކެތި ޤާނޫނުގައި ބަޔާންވެގެންވާ ފަދައަކުން އެއެއްޗަކަށް އަދުލުވެރި
ގޮތަކަށް ބަދަލުދީފައި ދައުލަތަށް ނެގޭނީ ޤާނޫނުގައި ބަޔާންވެގެންވާ ހާލަތުތަކުގައި އާންމު ވެގެންވާ
މަންފާއަކަށްޓަކައި ކަމަށް އެދުވަސްވަރު އަމަލުކުރެވެމުން ދިޔަ 1968 ގެ ޤާނޫނުއަސާސީގެ 30 ވަނަ
މާއްދާގައި ބަޔާންކޮށްފައި އޮންނައިރު، ދައުލަތަށް ނުވަތަ ރައްޔިތުންގެ ޢާންމުވެގެންވާ ފައިދާއަކަށްޓަކައި
މީހުންގެ މިލްކު ގޯތިގެދޮރު ދައުލަތަށް ބޭނުންވެއްޖެނަމަ، އެއެއްޗެއް ހިފޭނީ އެއެއްޗެކަށް މިނިސްޓްރީ އޮފް
ޖަސްޓިހުގެ ފަރާތުން ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން އެއެއްޗެއްގެ ބަދަލު ދިނުމަށްފަހު، ނުވަތަ
އަގެއް ކިޔުއްވައި އެއަގު ދިނުމަށްފަހުގައިކަމަށް ގާނޫނު ނަންބަރު 4768ޖީ (ޢާއްމު ޤާނޫނުތަކެއް)ގެ 7 ވަނަ
މާއްދާގައި ބަޔާންކޮށްފައި އޮތުމުން، މީހުންގެ މިލްކުގައިވާ ތަކެތި ދައުލަތަށް ނެންގެވުމުގައި ތިންކަމެއް
އެއީ، އެއެއްޗެއް
ޗެއް ނުވަތަ އެތަނެއް ނެގެނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުންކުރެ
ހާލަތެއްގައިކުމަށްވުމާއި، އެއެއްޗެއް ނުވަތަ އެތަނެއް
ބޭނުމަކީ
އެޓަކައިކަމަށްވުމާއި،
އެއެއްޗަކަށް ނުވަތަ އެތަނަކަށް ޤާނޫނުގައި
ގޮތުގެމަތިން
ޢަދުލުވެރި ބަދަލެއް ލިބިދިނުމާ، މިތިންކަން ކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، މިނިސްޓްރީ އޮފް ޖަސްޓިހުގެ ކޯޓު ނަންބަރު 6 ގެ ނަންބަރު 76/PCD/12!
ޤަޟިއްޔާގެ ޝަރީޢަތް ހިނގި ދުވަސްވަރު ޢަމަލުކުރެވެމުންދިޔަ ގާނޫނުއަސާސީގެ 140 ވަނަ މާއްދާއާއި، ޤާނޫނު
ނަންބަރު 4/68 (ޢާންމު ޤާނޫނުތަކެއް)ގެ 7 ވަނަ މާއްދާއަށް ބަލާއިރު، އަމިއްލަ މީސްމީހުންގެ
ހ ށ 2
0
2
204
مر مرتع سراہ
40 + +3 24
އެންމެގެތެވެ
މަންފާއަކަށްވީ.
ހ4 8
6
4
0
8
ބ 39ވ
ދިވެހިރްއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، ތީމު ތިންނަންބުނުދޮރާށިންދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.ITV
އައިކޯޓް
2008/HC-A/185
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މިލްކުވެގެންވާ ތަކެތި ދައުލަތަށް ނެގޭނެ ހާލަތްތަކަކީ ގާނޫނުގައި ބަޔާންވެގެންވާ ހާލަތްތަކުގެ ތެރެއިން
ޙާލަތަކަށް ވާންޖެހޭކަމާއި، އެހާލަތުގައި އެތަން އެނެގޭ ބޭނުމަކީ ޢާންމުވެގެންވާ މަންފާއަކަށްޓަކައި ކަމަށް
ވާންޖެހޭނެކަމާއި، މިގޮތުން މިދެހާލަތު ފުރިހަމަވުމަށްފަހު، އެތަނެއް ނުވަތަ އެއެއްޗެއްގެ ބަދަލު ދެގޮތަކަށް
ދެވިދާނެކަމާއި، އެއީ، ޝަރީޢަތް މެދުވެރިކޮށް ކަނޑައަޅާ އަގެއް ދިނުން ނުވަތަ އަގެއް ކިޔައިގެން އެއަގު
ދިނުންކަމާއި، މިއިސްތިއުނާފު ކުރެވޭ ކޯޓު ނަންބަރު 6 ގެ ނަންބަރު 76/PCD/112 ޤަޟިއްޔާއަކީ، މާލޭ
ދެކުނު ފަރާތުގެ ފަޅުން 1760 ނަންބަރު ކޮށިން ކަންމަތީގެ މުޙައްމަދު އިބްރާހީމް މަނިކު ހިއްކާ ދެއްކި
1090 އަކަފޫޓްގެ ގޯތީގެ އަމިއްލަބައިގެ 54 އަކަފޫޓުގެ ބޮޑުމިނަށް ދައުލަތުން ބަދަލު ދެއްވުމަށްޓަކައި އެތަން
އަގުކުރުމަށްފަހު އެއަގުގެ ތަފްޞީލު ބޭނުންވާތީ ޑިޕާޓްމަންޓް އޮފް ހޯމްއެފެއާޒު/ ރަޖިސްޓްރޭޝަން ޑިވިޜަން
(ށ) އިން ހުށަހެޅުމުން ބެލެވުނު އަގުކުރުމުގެ ޤަޟިއްޔާއެއްކަމާއި، އެތަނުގެ އަގެއްކަމަށް އެޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވަނީ 804.08ރ (އައްސަތޭކަހަތަރު ރުފިޔާ އައްލާރި) ކަމާއި އަދި އެއަގު މުޙައްމަދު
އިބްރާހީމް މަނިކަށް ލިބިފައިވާކަމަށް މުޙައްމަދު އިބްރާހީމް މަނިކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ
މަޖިލީހުގައި ބުނެފައި އޮންނަކަމެވެ.
0
(ނ) ހަތަރުވަނަ ކަމަކީ، ކޯޓު ނަންބަރު 6 ގެ ނަންބަރު 76/PCD/112 ޤަޟިއްޔާއަކީ، އަގު ކަނޑައެޅުމުގެ
ޤަޟިއްޔާއަކަށްވާއިރު، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުޙައްމަދު މަނިކުގެ ފަރާތުން ހުށަހެޅި ނުކުތާތައް
ބިނާކޮށްފައިވަނީ މުޙައްމަދު އިބްރާހީމް މާލޭ ދެކުނު ފަރާތުން ހިއްކާ ދެއްކި ގޯތި ދައުލަތަށް ނަންގަވާފައިވަނީ
ގާނޫނާއި ޝަރުޢީ ހަމަތަކާ ޚިލާފަށްކަމަށްބުނެ ކަމަށްވާއިރު، މިއިސްތިއުނާފުކުރެވޭ ޤަޟިއްޔާއަކީ އެތަން
ދަޢުލަތަށްނެންގެވުމުގައި އަމަލުކުރެއްވި އިޖްރާއާތުތައް ޝަރީޢަތުން ބައްލަވައި އެކަމާމެދު
ކަނޑައަޅުއްވާފައިވާ ޤަޟިއްޔާއަކަށްނުވާތީއާއި މިހާރު އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި އެތަން
ނަންގަވާފައިވާގޮތާމެދު މަޢުޟޫޢީ ގޮތުން ބަލައި ފައިސަލާކޮށްފައިނުވާކަމާއި، ދަށުކޯޓުން ބަލައި
ފައިސަލާކޮށްފައިނުވާ ނުކުތާއެއް ދިވެހިރާއްޖޭގެ ހައިކޯޓުން އަލަށް ބެލުމަކީ އިސްތިޢުނާފް ދައުވާ ބެލުމުގައި
އަމަލުކުރަމުން އަންނަ އިޖްރާޢަތާ ފުށުއަރާކަމެއްކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ބަދަލު ދިނުމުގެ މައްސަލަތަކުގައި ދެގޮތަކަށް ބަދަލު ދެވޭކަމާއި، އެއީ، އަގެއް
ކިޔައިގެން އެއަގު ބަދަލެއްގެ ގޮތުގައި ދިނުމާއި، ޝަރީޢަތުން އެތަން އަގުކޮށް ކަނޑައަޅާ އަގެއް ދިނުމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، ތީމުގެންނަންބަރުދޮރާށިލާވެ، ދިވެހިރާއްޖެ، ފޯން: 3323029، ފެކްސް: 3316471
އީމެއިލް [email protected]ގެ ވެބްސައިޓް www.highcourt
.
Ex
?
v.mv
ދިވެހިރާއްޖޭގެ ދި
2008/HC-A/125
1
ޤަޟިއްޔާ ނިމުނު
މިދެގޮތުންކުރެ ގޮތަކަށް ކަން ޤާނޫނު ނަންބަރު 4/
68ޖ(ޢާންމު ޤާނޫނުތަކެއް) ގެ 7 ވަނަ މާއްދާއަށް ބެލެވުން
އެނގޭތީއާއި، ކޮލިފުލާވަރ ގޯތިން ދައުލަތަށް ނެންގެވުމަށް ކަނޑައެޅުއްވި
ކަނޑުއަޅުއްވާފައިވަނީ ޝަރީޢަތް މެދުވެރިކޮށްކަމަށްވާތީއާއި، އަދި އެއަގު މުޙައްމަދު އިބްރާހީމަށް އެތަނުގެ
ބަދަލެއްގެ ގޮތުގައި ދިންދިނުން، ރަނގަޅު ނޫންކަން ސާބިތުކޮށްދެވޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ހުއްޖަތެއް
މުޙައްމަދު އިބްރާހީމް މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައި ނުވާކަން އެނގެއެވެ.
ޙުކުމް
n8ރވެ
ދެންފަހެ، އިސްވެބަޔާބު އިވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން ކޯޓު ނަންބަރު 6 ގެ ނަންބަރު
76/PCD/112 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފަށްކަމަށް ބެލެވޭފަދަ ޝަރުޢީ އަދި ޤާނޫނީ އަސާސެއް މުޙައްމަދު އިބްރާހީމުގެ ފަރާތުން ޝަރީޢަތަށް
ސާބިތުކޮށްދެވިފައި ނުވާތީ، ކޯޓު ނަންބަރު 6 ގެ ނަންބަރު 76/CD/112 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލެއް ގެންނާނެތުނެއް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
84 ދ ތ4
ތެނެއް ނެތްކަމަށް
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، ތީމުޅެތިންދަންބަދުދޮރާށިމްވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: info
:
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv