ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/34 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/34
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
L
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 34/HC-A/2013
އިސްތިއުނާފު ކުރި ފަރާތް:
* ނަން: މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
* ދާއިމީ އެޑްރެސް: ކޯޕަރޭޓް އޮފީސް، ހުޅުލެ 22000
* ރަޖިސްޓްރީ ނަންބަރު: 239
/
2009-C މީހާރުގެ އެޑްރެސް: ކޯޕަރޭޓް އޮފީސް، ހުޅުލެ 22000
* ކުންފުނީގެ ފަރާތުން: އދ. މަޒްލާން ރަޝީދު، މ. ރަތްވިލާގެ/ މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޝަމްޢީލް ރަޝީދު
އައި.ޑީ ކާޑު ނަންބަރު: A036531
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 6721، މާލެ
މިހާރުގެ އެޑްރެސް: މ. ވިންޑް ސްކްރީން، މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 19 ރަބީޢުލްއައްވަލް 1434 * ނިމުނު ތާރީޚް: 23 ޖުމާދަލްއޫލާ 1434
31 ޖެނުއަރީ 2013
04 އޭޕްރިލް 2013
0
0
އިސްތިއުނާފް ކުރެވުނު މައްސަލަ ނަންބަރު: 2017/VTR/38
ނިންމެވި ފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
މައްސަލަ ހުށަހެޅުނު ތާރީޚް: 12 މާރޗް 2012
މައްސަލަ ނިމުނު ތާރީޚް: 07 އޮކްޓޯބަރ 2012
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު، ޔޫސުފް ޙުސައިން ފަނޑިޔާރުން ޢަބްދުއްރައޫފު އިބްރާހީމް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/34
0
ދަޢުވާގެ ޚުލާޞާ
8
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/38 މައްސަލަ ނިމިފައިވާ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެމައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު 6721، ޝަމްޢީލް
ރަޝީދެވެ.
ފާހަގަކުރެވުނު ނުކުތާތައް:
.1
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/38 މައްސަލަ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެމައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2
މާލެ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/38 މައްސަލަ ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އޭވިއޭޝަން ސެކިއުރިޓީ
ކޮމާންޑްގެ ސެކިއުރިޓީ އޮފިސަރ ގްރޭޑް 3 ގެ މަޤާމުގައި ހުރި ދަފްތަރު ނަންބަރު 6721/ ކ.
ޝަމްޢީލް ރަޝީދު، (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A036531) އަށް ވަޒީފާގެ
ކުރިއެރުމެއް ދިނުމެއްނެތި އެއަރޕޯޓްސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި، އެއް ރޭންކެއްގައި
މީހުންނަށް 9 ޖެނުއަރީ 2012 ގައި ވަޒީފާގެ ކުރިއެރުން ދީފައިވަނީ ސިޔާސީ
މަސައްކަތްކުރާ
އއ
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/34
ވިސްނުމެއްގައި، ވަޒީފާގެ ކުރިއެރުން ދިނުމުގެ ޕޮލިސީއާއި ޚިލާފަށް، އުޞޫލެއް ހަމައެއްނެތި ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް، މަސައްކަތްކުރާ ހަމަހަމަ މީހުންގެ
މެދުގައި ކޮށްފައިވާ ތަފާތުކުރުމެއްކަމުގައި ޤަބޫލުކުރެވޭތީ އެކަން ކަނޑައަޅައި އެހެން މުވައްޒަފުންނަށްވެސް
ވަޒީފާގެ ކުރިއެރުން ދިންފަދައިން މައްސަލަ ހުށަހެޅި ފަރާތަށްވެސް އެތާރީޚުން ފެށިގެން ވަޒީފާގެ ކުރިއެރުން
ދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ރައްދުވާގޮތަށް 12 މާރޗް 2012 ވަނަ ދުވަހު
ޝަމްޢީލް ރަޝީދު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަމާއި،
44 ދވ
އޭނާއަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލަ ނިންމަވާފައިވަނީ، "ދެންފަހެ، މައްސަލަ ހުށަހެޅި
ފަރާތާއި ރައްދުވި ފަރާތުން ހުށަހެޅި އެންމެހާ ލިޔެކިޔުމާއި ފާހަގަކުރި ކަންކަމަށް ރިޢާޔަތްކުރާއިރު، މައްސަލަ
ހުށަހެޅި ޝަމްޢީލް ރަޝީދުއާއި އެއް ފެންވަރެއްގައި އެއަރޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި
މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް 9 ޖެނުއަރީ 2012ގައި ވަޒީފާގެ ކުރިއެރުން ލިބުނުއިރު
ވަޒީފާގެ ކުރިއެރުން ދީފައިނުވަނީ އޭނާ ސިޔާސީ ގޮތުން ގެންގުޅޭ ފިކުރުގެ ސަބަބުން ކަމަށާއި، އެކަމަކީ
ޤާނޫނު ނަންބަރު 2008/2(ވަޒީފާއާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ހ)އާއި ޚިލާފަށް މަސައްކަތްކުރާ
ހަމަހަމަ މީހުންގެ މެދުގައި ތަފާތުކުރުންކަމަށް ޤަބޫލުކުރާކަމަށާއި، އަދި އެއީ ވަޒީފާގެ ކުރިއެރުން ދިނުމުގެ
ޕޮލިސީއާއި ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ދެކިގެން، އޭނާއަށް ވަޒީފާގެ ކުރިއެރުމެއް ދިނުމެއްނެތި
އެހެން މުވައްޒަފުންތަކަކަށް ވަޒީފާގެ ކުރިއެރުން ދީފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ އެ
މާއްދާއާއި ޚިލާފަށްކަމަށް ކަނޑައަޅައިދިނުމާއެކު، އެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިން ފަދައިން
މައްސަލަ ހުށަހެޅި ޝަމްޢީލް ރަޝީދުއަށް އެތާރީޚުން ފެށިގެން ވަޒީފާގެ ކުރިއެރުން ދިނުމަށް މައްސަލަ
ރައްދުވި ފަރާތަށް އަމުރުކޮށްދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދުނުހިނދު، މައްސަލަ ހުށަހެޅި ފަރާތަށް
ވަޒީފާގެ ކުރިއެރުން ނުދިނުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 4ވަނަ މާއްދާގެ (ހ)ގައި ވާފަދަ ތަފާތުކުރުމެއް
ގެންގުޅެފައިނުވާނޭކަމާއި، މައްސަލަ ހުށަހެޅި ފަރާތަށް ވަޒީފާގެ ކުރިއެރުން ނުދިނުމުގައި މައްސަލަ
އނއ
އެއް ފެންވަރެއްގައި ތިބި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/34
ރައްދުވާފަރާތުން ޢަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 37ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރާފަދަ
ހަމަހަމަކަމާއިއެކުގައިކަން މައްސަލަ ރައްދުވާފަރާތުން ސާބިތުކޮށްދީފައިނުވާކަމަށް މައްސަލަ ބެލި މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތާއި އެއް ފެންވަރެއްގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ
ކުރިއެރުން ދިނުމުގައި ޢަމަލުކޮށްފައިވާ ގޮތަށް ޝަމްޢީލް ރަޝީދުއަށް ވަޒީފާގެ ކުރިއެރުން ދިނުމާއި ބެހޭ މި
މައްސަލައިގައި ޢަމަލުކުރުމަށާއި، މައްސަލަ ރައްދުވާ ކުންފުނީގެ މުވައްޒަފުންގެ ވަޒީފާގެ އެންމެހާ ކަންކަމުގައި
ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ޢަމަލުކުރަމުން ގެންދިއުމަށް މައްސަލަ ރައްދުވި މޯލްޑިވެސް އެއާޕޯރޓްސް
ކޮމްޕެނީ ލިމިޓެޑް (ރެޖިސްޓްރޭޝަން ނަންބަރު 239
/
2009-C) އަށް އަންގާ އަމުރުކުރަމެވެ."
މިފަދައިންކަން އެމައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
.3
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/38 މައްސަލަ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެމައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި މޯލްޑިމް
މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
cu O
ccc
uc
(ހ) ފުރަތަމަ ނުކުތާއަކީ: މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި މިވަގުތު
ޢަމަލުކުރާނެ ވަޒީފާގެ ކުރިއެރުން ދިނުމާބެހޭ ޕޮލިސީއެއް ނުވަތަ އުޞޫލެއް ނެތްއިރު މޯލްޑިވްސް އެއަރޕޯޓްސް
ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން 9 ޖެނުއަރީ 2012 ގައި ވަޒީފާގެ ކުރިއެރުން 5 މުވައްޒަފަކަށް ދިނުމުން
މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ ޝަމްޢީލް ރަޝީދާއި މެދު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ
ފަރާތުން ތަފާތުކޮށްފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމެވިއިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
ލިމިޓެޑްގެ މިއަމަލަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ހ)އާ ޚިލާފަށް،
މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި ތަފާތުކުރުންކަމަށް ނިންމެވުމުގެ މާނައަކީ މޯލްޑިވްސް އެއަރޕޯޓްސް
ދިވެހިރާއްޖޭގެ
ޑީޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/34
ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ޢަމަލުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ބަލައި ޤާނޫނާއި ޚިލާފަށް (ވަޒީފާގެ
ކުރިއެރުން ދިނުމާބެހޭ ޕޮލިސީއެއް ނުވަތަ އުޞޫލެއް ނެތްއިރު) ވަޒީފާގެ ކުރިއެރުން 5 މުވައްޒަފަކަށް
ދެވިފައިވަނިކޮށް ހަމަ އެއުޞޫލުން (ޤާނޫނާ ޚިލާފަށް) މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ ޝަމްޢީލް ރަޝީދަށް
ވަޒީފާގެ ކުރިއެރުން ދިނުމަށް ޤާނޫނީ ހަމަތަކުގެމަތިން ޓްރައިބިއުނަލަށް އެންގޭނެ ކަމަށް ނުދެކޭކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
(ނ) ދެވަނަ ނުކުތާއަކީ: ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކޮށްފައިވާ ކަމަކާއި އެއްގޮތަށް އަލުން
ޢަމަލުކުރުމުގެ ބަދަލުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ވަޒީފާގެ ކުރިއެރުން
ދިނުމާބެހޭ ޕޮލިސީއެއް ނުވަތަ އުޞޫލެއް ނެތި ޤާނޫނާއި ޚިލާފަށް ވަޒީފާގެ ކުރިއެރުން ދެވިފައިވާ މުވައްޒަފުންގެ
ޕްރޮމޯޝަން ނަފީކޮށް އަލުން ހުރިހާ މުވައްޒަފުން ހިމެނޭ ގޮތަށް ވަޒީފާގެ ކުރިއެރުން ދިނުމާބެހޭ ޕޮލިސީއެއް
އިކުލަވާލުމަށްފަހު އެންމެން އުޞޫލަކުން މިނާކިރައިގެން ވަޒީފާގެ ކުރިއެރުން ދިނުމަކީ އެންމެ
އިންސާފުވެރި ގޮތްކަމުން އެގޮތަށް ޢަމަލުކުރުމަށް އެންގެވުމުގެ ބަދަލުގައި ޤާނޫނާއި ޚިލާފަށް އަލުން
ޢަމަލުކުރުމަށް ޓްރައިބިއުނަލުން
އިބިއުނަލުން އަންގަވާފައިވާކަމީ ޤާނޫނީ ހަމަތަކާއި ޚިލާފްކަމެއްކަމުގައި ބުނެ ހުށަހެޅި
އެއް
ނުކުތާއެވެ.
.4
މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ހުށަހެޅިފައިވާ ލިޔުންތަކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/38 މައްސަލަ ނިމިފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ
ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދަފްތަރު ނަންބަރު 6721، ޝަމްޢީލް ރަޝީދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/34
(ހ) ފުރަތަމަ ކަމަކީ، ޝަމްޢީލް ރަޝީދު އަކީ 21 ޖޫން 1998 ން ފެށިގެން މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި ވަޒީފާ އަދާކުރަމުން އަންނަ މީހަކުކަމާއި، 26 މާރޗް 2003 ގައި
ޝަމްޢީލް ރަޝީދަށް އިންޒާރެއް ދީފައިވާކަމާއި، ނަމަވެސް އޭގެ ފަހުން 17 ޖޫން 2004 ގައި، އެއަރޕޯޓްސް
ސެކިއުރިޓީ އޮފިސަރ ގްރޭޑް 1 ން އެއަރޕޯޓްސް ސެކިއުރިޓީ އޮފިސަރ ގްރޭޑް 2 އަށް އަދި 1 ޖުލައި
2007 ގައި އެއަރޕޯޓްސް ސެކިއުރިޓީ އޮފިސަރ ގްރޭޑް 3 އަށް ބަދަލުވެ ވަޒީފާގެ ކުރިއެރުން
ލިބިފައިވާކަމާއި،
ޝަމްޢީލް ރަޝީދަކީ ޙާޟިރީއަށް ވަރަށް ފަރުވާތެރި އަދި މަސައްކަތަށް ފަރުވާ ބަހައްޓާ
މުވައްޒަފެއްކަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ޤަބޫލުކުރާކަމާއި، އެކަން އެކޮމްޕެނީގެ
ނަންބަރު 2012
/
0059/ENT
-
A "ސިޓީގެ ޖަވާބު" (16 ފެބްރުއަރީ 2012) ން ވެސް އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ، ޝަމްޢީލް ރަޝީދާއެކު އެއަރޕޯޓްސް އޭވިއޭޝަން ސެކިއުރިޓީ
ކޮމާންޑުގައި އެއް ރޭންކެއްގައި މަސައްކަތްކުރަމުންދިޔަ 5 މީހަކަށް 9 ޖެނުއަރީ 2012 ގައި ވަޒީފާގެ
ކުރިއެރުން ދީފައިވާއިރު ޖަމްޢީލް ރަޝީދަށް ވަޒީފާގެ ކުރިއެރުން ދީފައި ނުވުމަކީ ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި
ތަފާތުކުރުންކަމަށް ބުނެ އެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިން ފަދައިން ޝަމްޢީލް ރަޝީދަށްވެސް
އެތާރީޚުން ފެށިގެން ވަޒީފާގެ ކުރިއެރުން ދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މައްޗަށް
އަމުރު ކޮށްދެއްވުން އެދި ޖަމްޢީލް ރަޝީދު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލަ ބެއްލެވުމަށްފަހު ނިންމަވާފައިވަނީ، މައްސަލަ
ހުށަހެޅި ފަރާތަށް ވަޒީފާގެ ކުރިއެރުން ނުދިނުމުގައި މައްސަލަ ރައްދުވާފަރާތުން ޢަމަލުކޮށްފައިވަނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/34
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) ގައި ބަޔާން
ޔާންކުރާފަދަ ހަމަހަމަކަމާއިއެކުގައިކަން
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސާބިތުކޮށްދީފައިނުވާކަމަށާއި، ޝަމްޢީލް ރަޝީދު އެއް
ފެންވަރެއްގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
ލިމިޓެޑްގެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތަށް ޝަމްޢީލް ރަޝީދުއަށްވެސް ވަޒީފާގެ ކުރިއެރުން ދިނުމަށްކަން
އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި މިވަގުތު ޢަމަލުކުރާނެ
ވަޒީފާގެ ކުރިއެރުން ދިނުމާބެހޭ ޕޮލިސީއެއް ނުވަތަ އުޞޫލެއް ނެތްއިރު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
ލިމިޓެޑްގެ ފަރާތުން 9 ޖެނުއަރީ 2012 ގައި ވަޒީފާގެ ކުރިއެރުން 5 މުވައްޒަފަކަށް ދިނުމުން މައްސަލަ
ހުށަހެޅި ފަރާތްކަމުގައިވާ ޝަމްޢީލް ރަޝީދާ މެދު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން
ތަފާތުކޮށްފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމެވިއިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
ލިމިޓެޑްގެ މިއަމަލަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ހ) އާއި
ޚިލާފަށް، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި ތަފާތުކުރުންކަމަށް ނިންމެވުމުގެ މާނައަކީ މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ޢަމަލުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ބަލައި ޤާނޫނާއި ޚިލާފަށް
(ވަޒީފާގެ ކުރިއެރުން ދިނުމާބެހޭ ޕޮލިސީއެއް ނުވަތަ އުޞޫލެއް ނެތްއިރު) ވަޒީފާގެ ކުރިއެރުން 5 މުވައްޒަފަކަށް
ދެވިފައިވަނިކޮށް ހަމަ އެއުޞޫލުން (ޤާނޫނާ ޚިލާފަށް) މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ ޝަމްޢީލް ރަޝީދަށް
ވަޒީފާގެ ކުރިއެރުން ދިނުމަށް ޤާނޫނީ ހަމަތަކުގެމަތިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ނުދެކޭކަމަށް ބުނެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބެލިއިރު،
އެންގޭނެ ކަމަށް
ޤާނޫނާއި ޚިލާފަށް ވަޒީފާގެ ކުރިއެރުން 5 މުވައްޒަފަކަށް ދެވިފައިވާކަމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނިންމެވުމުގައި ކަނޑައަޅުއްވާފައިނުވާކަމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމެވުމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/34
އެމައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅުއްވާފައިވަނީ އެޓްރައިބިއުނަލަށް އެމައްސަލަ ހުށަހެޅި
ފަރާތްކަމުގައިވާ ޝަމްޢީލް ރަޝީދަށް ވަޒީފާގެ ކުރިއެރުން ނުދިނުމުގައި މައްސަލަ ރައްދުވާ ފަރާތްކަމުގައިވާ
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ޢަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ ހަމަހަމަކަމާ އެކުގައިކަން މައްސަލަ
ރައްދުވާފަރާތުން ސާބިތުކޮށްދީފައިނުވާކަމަށްކަމާއި، އަދި ޝަމްޢީލް ރަޝީދާ އެއްފެންވަރެއްގައި ތިބި
މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ޢަމަލުކޮށްފައިވާ
ގޮތަށް ޝަމްޢީލް ރަޝީދަށް ވަޒީފާގެ ކުރިއެރުން ދިނުމުގައިވެސް ޢަމަލުކުރުމަށްކަން އެނގޭކަމާއި،
*ހ2
37
ވަނަ
2 4 84
2 / ހ924ޑ 4
(24ކރވ
ރއސ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
(ށ) ގައި
ހަމަހަމަކަމާއެކު
އިކާތެރި މާޙައުލެއްގައި މަސައްކަތްކުރުމާއި، ކުރާ މަސައްކަތާ
އެކަށީގެންވާ އުޖޫރައެއް ލިބުމާއި، ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން
ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި، އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤު ކޮންމެ މީހަކަންމެ
ލިބިގެންވެއެވެ" މިފަދައިން ބަޔާންވެފައިވާއިރު،
އަދި މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް ގޮތަކުން ތަފާތުކުރުމަކީ
މަނާކަމެއްކަން ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކުރެވިފައިވާއިރު، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ހ) އާ
ޚިލާފްވެއްޖެކަމުގެ ޝަކުވާއެއް ހުށަހެޅިއްޖެނަމަ، ތަފާތެއް ނުކުރެވޭ ކަމަށް ނުވަތަ ތަފާތު ގެނައީ، އެމާއްދާގެ
(ހ) އާ ޚިލާފުނުވާ ގޮތުގެމަތިން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުކޮށްދިނުމަކީ، ވަޒީފާ
ދޭފަރާތުގެ ޒިންމާއެއްކަމަ އެމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާކަމާއި، ނަމަވެސް ޝަމްޢީލް ރަޝީދަށް
COCO
29ނ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/34
ވަޒީފާގެ ކުރިއެރުން ނުދީ ހިފެހެއްޓުމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން، ޢަމަލުކޮށްފައިވަނީ
އެގޮތަށްކަން އެ ކޮމްޕެނީއިން ސާބިތުކޮށްދީފައިނުވާކަން
ފައިނުވާކަން އެނގެންއޮންނަކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކޮށްފައިވާ ކަމަކާއި އެއްގޮތަށް އަލުން
ޢަމަލުކުރުމުގެ ބަދަލުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ވަޒީފާގެ ކުރިއެރުން
ދިނުމާބެހޭ ޕޮލިސީއެއް ނުވަތަ އުޞޫލެއް ނެތި ޤާނޫނާއި ޚިލާފަށް ވަޒީފާގެ ކުރިއެރުން ދެވިފައިވާ މުވައްޒަފުންގެ
ޕްރޮމޯޝަން ނަފީކޮށް އަލުން ހުރިހާ މުވައްޒަފުން ހިމެނޭ ގޮތަށް ވަޒީފާގެ ކުރިއެރުން ދިނުމާބެހޭ ޕޮލިސީއެއް
އެކުލަވާލުމަށްފަހު ފެމެން އެއް އުޞޫލަކުން މިނެކިރައިގެން ވަޒީފާގެ ކުރިއެރުން ދިނުމަކީ އެންމެ
އިންސާފުވެރި
ބަދަލުގައި ޤާނޫނާ ޚިލާފަށް އަލުން
ޢަމަލުކުރުމަށް ޓްރައިބިއުނަލުން އަންގަވާފައިވާކަމީ ޤާނޫނީ ހަމަތަކާއި ޚިލާފްކަމެއްކަމުގައި ބުނެ މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބެލިއިރު،
އިން
ހ9 8
ގޭނެކަމުން
ހ2
އިޤްeށް
ޢަމަލުކުރުމު
އެންގެފުމެޤީ
މިނުކުތާގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެފަދައިން
ބުނެފައިވީނަމަވެސް، ވަޒީފާގެ ކުރިއެރުން ލިބުނު މުވައްޒަފުންނަށް ކުރިއެރުން ދީފައިވަނީ ޤާނޫނާ ޚިލާފަށްތޯ
ބެލުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެމައްސަލައިގެ މައުޟޫއެއް ނޫންކަމާއި، އަދި އެކަން
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލާގައި ބައްލަވާފައިވެސް ނުވާކަމާއި، އަދި ޝަމްޢީލް ރަޝީދަށް ވަޒީފާގެ
ކުރިއެރުން ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އަންގަވާފައި
ވަނީވެސް ޤާނޫނާ ޚިލާފަށް ނޫންކަމާއި، އަދި އެގޮތަށް އެންގެވި އެންގެވުމަކީވެސް ޤާނޫނާ ޚިލާފަށް
ޢަމަލުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އެންގެވި އެންގެވުމެއްވެސް ނޫންކަން
އެނގޭކަމާއި،
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/34
އެހެނީ، ޝަމްޢީލް ރަޝީދު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ އޭނާއަށް ވަޒީފާގެ
ކުރިއެރުމެއް ދިނުމެއްނެތި އެއަރޕޯޓްސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި އެއް ޓޭންކެއްގައި
މަސައްކަތްކުރާ ބައެއް މީހުންނަށް ވަޒީފާގެ ކުރިއެރުން ދީފައިވާ ދިނުމަކީ މަސައްކަތްކުރާ ހަމަހަމަ މީހުންގެ
މެދުގައި ކޮށްފައިވާ ތަފާތުކުރުމެއްކަމުގައި ޤަބޫލުކުރެވޭކަމަށް ބުނެ، އެމުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން
ދިންފަދައިން އޭނާއަށް ވެސް ވަޒީފާގެ ކުރިއެރުން ލިބުން އެދިގެންކަން އެނގޭއިރު،
ކަ
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ޝަމްޢީލް ރަޝީދުގެ ދަޢުވާއަށް ދީފައިވާ
ޖަވާބުގައި އެމައްސަލާގައި އެދިފައިވަނީ ޝަމްޢީލް ރަޝީދަށް ވަޒީފާގެ ކުރިއެރުން ދޭން ނުޖެހޭކަމަށް
ކަނޑައަޅުއްވައި ދެއްވައި އެ މައްސަލަ ނިންމަވައި ދެއްވުމަށް ކަމާއި އެކަން މައްސަލައިގެ ޖަވާބު ހުށަހަޅާ
ފޯމުން އެނގޭކަމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅުއްވަން ޖެހޭނެކަމަށް އިސްތިއުނާފުކުރެވިފައި މިވާ
މައްސަލާގައި ހުށަހެޅިފައިވާ މިނުކުތާގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފައިވާ ގޮތަށް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި، މައްސަލައިގެ ޖަވާބުގައި
އެދިފައިވެސް ނުވާކަމާއި،
އަދި އެދަޢުވާއާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމެވި ނިންމެވުމަށާއި އެނިންމެވުން
ބިނާކުރި ސަބަބުތަކަށް ބަލާއިރުވެސް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މިނުކުތާގައި
ބުނެފައިވާގޮތަށް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ވަޒީފާގެ ކުރިއެރުން ދިނުމާބެހޭ
ޕޮލިސީއެއް ނުވަތަ އުޞޫލެއް ނެތި، ޤާނޫނާއި ޚިލާފަށް ވަޒީފާގެ ކުރިއެރުން ދެވިފައިވާކަމަށާއި އެހެންކަމުން
އެމުވައްޒަފުންގެ ޕްރޮމޯޝަން ނަފީކޮށް، ވަޒީފާގެ ކުރިއެރުން ދިނުމާބެހޭ ޕޮލިސީއެއް އެކުލަވާލުމަށްފަހު އަލުން
ހުރިހާ މުވައްޒަފުން ހިމެނޭ ގޮތަށް ވަޒީފާގެ ކުރިއެރުން ދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަންގާނެ ހަމައެއް
އޮތްކަމަށް ނުފެންނަކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/34
(ބ) ފަސްވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/38 މައްސަލަ
އިސްތިއުނާފްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ
މައްޗަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބަލާނެތަނެއް ނެތްކަމަށެވެ.
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުން،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/38 މައްސަލަ އިސްތިއުނާފްކުރުމަށް މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލާއިރު، ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ނިންމަވާފައިވާ އެނިންމެވުން ރަނގަޅުކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv