ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/287 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/287
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 287/HC
-
A/2012
އިސްތިއުނާފް ކުރިފަރާތް:
* ނަން: ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: ގ. އޮއިވާލި މާލެ
ރަޖިސްޓްރީ ނަންބަރު: 71
/
99-C
* ވަކީލު: އގ. އިބްރާހީމް ޝަފީޢު
އިސްތިއުނާފު ރައްދުވި ފަރާތް:
• ހުށަހެޅުނު ތާރީޚް: 04 އޮކްޓޯބަރ 2012
* ނިމުނު ތާރީޚް: 30 މެއި 2013
އިސްތިއުނާފުކުރެވުނު ނިންމުމުގެ ނަންބަރު: 2012
/
07/Cv
-
c
/
DFJ
• ނިންވިކޯޓް: ސިވިލްކޯޓު
ހުށަހެޅުނުތާރީޚް: 14-06-2012 * ނިމުނު ތާރީޚް: 26-06-2012
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/287
ދަޢުވާގެ ޚުލާޞާ
މިއީ،
ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައުލަތަށް ދަޢުވާލިބޭ ގޮތަށް
މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސްގެ މައްޗަށް ދަޢުވާކުރަން ސިވިލް ކޯޓަށް
ހުށަހެޅި މައްސަލައަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 5 ގެ
3 ގެ (ހ)ގެ ދަށުން ސިވިލް ކޯޓަށް ބަލައިގަނެ ރަޖިސްޓްރީކުރެވެން އޮތް މައްސަލައެއްކަމުގައި ނުވާކަމަށް
ބުނެ އެދަޢުވާ ފޯމު އެކޯޓުގެ ރަޖިސްޓްރާރ ރައްދުކޮށްފައިވާތީ، ރަޖިސްޓްރާރގެ އެނިންމުން އަލުން
ބަލައިދިނުމަށް އެދި ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން ރަޖިސްޓްރާރގެ
އެނިންމުމަށް ތާއިދުކޮށް އެމައްސަލައަކީ އެކޯޓުގައި ރަޖިސްޓްރީކޮށް ހިންގޭނެ ޤާނޫނީ ބިނާއެއް އޮތްކަމުގައި
ނުދެކޭކަމަށް ވިދާޅުވެ ސިވިލް ކޯޓުގެ ނަންބަރު 2012
/
07/Cv
-
c
/
DFJ ”ރަޖިސްޓްރާރގެ ނިންމުން
އަލުން ބަލައިދިނުމަށް ހުށަހަޅާ ފޯމުގެ ޖަވާބުން އަންގާފައިވާތީ، އެނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ބުނެ އެނިންމުން އިސްތިއުނާފު ކޮށްދިނުމަށް އެދި،
ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު
ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
ނިންމުމެއްކަމަށް
ce O
CCC
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2012
/
07/Cv
-
c
/
DFJ [ރަޖިސްޓްރާރގެ ނިންމުން އަލުން
ބަލައިދިނުމަށް ހުށަހަޅާ ފޯމުގެ ޖަވާބު، އަކީ، ދައުލަތަށް ދަޢުވާލިބޭ ގޮތަށް މިނިސްޓްރީ އޮފް ހިއުމަން
ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސްގެ މައްޗަށް ދަޢުވާކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 5 ގެ 3 ގެ (ހ)ގެ ދަށުން ސިވިލް
ކޯޓަށް ބަލައިގަނެ ރަޖިސްޓްރީކުރެވެން އޮތް މައްސަލައެއްކަމުގައި ނުވާކަމަށް ބުނެ އެދައުވާ ފޯމު އެކޯޓުގެ
ރަޖިސްޓްރާރ ރައްދުކޮށްފައިވާތީ، ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި
ހުށަހެޅި ފޯމުގެ ޖަވާބުކަމާއި؛
އެޖަވާބުގައި ވަނީ ”ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 69
ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞްކަމުގައި ވެފައި، އެޤާނޫނުގެ 70
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/287
ވަނަ މާއްދާގައި، ވަކި ކޯޓަކަށްފައިވާ ވަކި އިޚްތިޞާ ޞަކާއި ބަޔާންކުރެވުނު އިޚްތިޞާޞް ފުށުއަރައިފި
ހިނދެއްގައި، އެމައްސަލައެއް ބަލާނީ ވަކި އިޚްތިޞާޞް ލިބިގެންވާ ކޯޓެއްކަމުގައި ބަޔާންކޮށްފައިވާހިނދު،
އަދި ސިވިލް ކޯޓަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 1 އިން
ވަކި އިޚްތިޞާޞް ލިބިގެންވާ ކޯޓެއްކަމުގައިވާހިނދު، އެޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ މާއްދާގައި
”މިޤާނޫނުގެ އެހެން މާއްދާއެއްގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ވަކި ރަށަކާއި ގުޅޭ ގޮތުން
ކުރިމަތިވާ އަންނަނިވި ބާވަތްތަކުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ބަލާނީ އެރަށެއްގެ
މެޖިސްޓްރޭޓް ކޯޓުންނެވެ. މިފަދައިން ބަޔާންކޮށް، އެމާއްދާގެ (ހ) ގައި "އެރަށެއްގެ ބިންބިމާއި،
ޢިމާރާތްތަކާއި ގޯތިގެދޮރާއި، އެރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތައް، މިފަދައިން ބަޔާންކޮށްފައިވާތީ،
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 69 އަދި 70 ވަނަ
މާއްދާއަށް އެކަނި ރިޢާޔަތްކުރުމުން، ތިޔަފަރާތުން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ މައްސަލައިގެ
އިޚްތިޞާޞް ލިބިގެންވަނީ ސިވިލް ކޯޓަށް ކަމުގައިވާނަމަވެސް، ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 5 ގެ 3 ވަނަ މާއްދާއަކީ އެޤާނޫނުގައިވާ އެހެން
މާއްދާތަކުގެ މައްޗަށް ހިނގާ މާއްދާއެއްކަން ސާފުކޮށް އެނގެން އޮތުމުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 06/SC-SJ/2011 (02 އޯގަސްޓް 2011) ރިޓް އޮފް ޕްރޮހިބިޝަންއަށް ބެލުމުންވެސް
ސިވިލް ކޯޓަށް އިޚްތިޞާޞް ލިބިގެންވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު)ގެ ޖަދުވަލު 5 ގެ 3 ވަނަ މާއްދާގައި ބުނާ މައްސަލަތައް ފިޔަވާ، ސިވިލް ކޯޓަށް އިޚްތިޞާޞް
ލިބިފައިވާ މައްސަލަތަކަށްކަން އެނގެން އޮންނާތީ، ތިޔަ ފަރާތުން ކުރައްވަން ބޭނުންފުޅުވާ ދަޢު
ދަޢުވާއަކީ
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 5 ގެ 3 ވަނަ މާއްދާގައި
ޙަވާލާދޭފަދަ ޢިމާރާތަކާއި ގުޅޭ މައްސަލައެއް ކަމުގައިވާތީ،
18 އޭޕްރީލް 2012 ގެ ތާރީޚުގައި މިކޯޓުގެ ރަޖިސްޓްރާރ ނިންމަވާފައިވާ ނިންމުމަށް
ތާއީދުކޮށް، ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިވަޑައިގެންފައިވާ ފަދައިން
އެމައްސަލަ މިކޯޓުގައި ރަޖިސްޓްރީކޮށް ހިންގޭނެ ޤާނޫނީ ބިނާއެއް އޮތްކަމުގައި ނުދެކޭކަމުގައި
ދަންނަވަމެވެ.“ މިފަދައިންކަން އެގެން އޮވެއެވެ.
Occ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/287
02- ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން ބަލައިދިނުމަށް އެދި ހުށަހެޅި ފޯމުގެ
ޖަވާބުގައި، އިސްވެ ބަޔާން ކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2012
/
07/Cv
-
C
/
DFJ
ޖަވާބުން އަންގަވާފައިވުމުން، ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެނިންމުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފު ކުރުމަށް އަންނަނިވި ނުކުތާ ފާހަގަކޮށް އެ ނުކުތާއާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެނުކުތާއަކީގެ
މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް އިން ސޫރާ
ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރުވި ހުޅުމާލޭގައި ބިނާކުރި ޔޫތު ސެންޓަރުގައި
ކުރެވުނު މަސައްކަތަށް އެމިނިސްޓްރީއަށް ހުށަހެޅި ބިލްތަކުގެ ތެރެއިން ފައިސާ ނުލިބިއޮތް 2 ބިލަށް
ފައިސާ ލިބުނު އިރު ބިލުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން، ފައިސާ ނުލިބި އިތުރަށް ހިނގާފައިވާ
ދުވަސްތަކަށް ލިބެންވާ ޗާޖްގެ ފައިސާ އާއި، އެތާނގެ މަސައްކަތް ހިނގަމުން ދިޔައިރު (މިނިސްޓްރީގެ
ސަބަބުން) ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލާއިއެކު ޖުމްލަ 4,727,107.17ރ. (ހަތަރު މިލިއަން
ހަތްލައްކަ ހަތާވީސްހާސް އެއްސަތޭކަ ހަތެއް ޕޮއިންޓް އެކެއް ހަތެއް ރުފިޔާ) ހޯދުން ކަމަށްވާއިރު، މާލޭގައި
ޤާއިމުވެހުރި މުއައްސަސާއަކުން ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރި މަސައްކަތަކަށް
ދައްކަންޖެހިފައިވާ ފައިސާ ނުލިބިގެން އެފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ އެކޯޓުން
ބަލައިގަނެ ހިންގުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއް ނޫންކަމުގައި ވިދާޅުވެ، ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 5 ގެ 3 ގެ (ހ) އަށް ޙަވާލާދެއްވާ ދެއްވި
ޖަވާބަކީ އަދި ރަޖިސްޓްރާރގެ ނިންމުން ރަނގަޅު ކަމުގައި ދެއްވާފައިވާ ޖަވާބުގައި ހަމަ އެޤާނޫނާ ޙަވާލާ
ދެއްވާ ދެއްވި ޖަވާބަކީވެސް އެޤާނޫނުގެ ރޫޙާ އެއްގޮތްނޫން ނިންމެވުމަކަށްވާތީ، ސިވިލްކޯޓުގެ ނިންމެވުމަކީ
އިސްލާމީ ޢަދާލަތާއި ޤާނޫނާ ޚިލާފަށް ނިންމެވި ނިންމެވުމެއް ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
C-cDFJ201207
03- ސިވިލް ކޯޓުގެ
ނަންބަރު
ޖަވާބަށާއި،
ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި،
އެނުކުތާއާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/287
(ހ) ސިވިލް ކޯޓަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ
(ހ) އިން ބާރު ލިބިގެން، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 53 ވަނަ
މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށްކަމުގައިވާ މާލޭގައި އުފައްދާފައިވާ މަތީ ގިންތީގެ
ސުޕީރިއަރ ކޯޓެއްކަމާއި،
ސުޕީރިއަރ ކޯޓުތަކުގެ އިޚްތިޞާޞް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު)ގެ 57 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި، ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ސިވިލް
ކޯޓުގެ އިޚްތިޞާޞް އިޝާރާތް ކުރެވުނު ޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާއިރު،
މެޖިސްޓްރޭޓް ކޯޓުތަކަކީ، ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން،
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން
އުފައްދާފައިވާ ތިރީ ގިންތީގެ ކޯޓު ތަކެއްކަމާއި،
މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި، އެކޯޓުތަކުގެ އިޚްތިޞާޞް އެޤާނޫނުގެ
ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާކަމާއި،
Occ
އެ ޖަދުވަލުގައި ނުވަތަ އެޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި
އިސްތިސްނާ ކޮށްފައިވާ މައްސަލަތައް ފިޔަވައި އެކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ އެންމެހައި
ޖިނާއީ، މަދަނީ، އަދި ޢާއިލީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިދީފައިވާކަން
އެނގެން އޮވެއެވެ.
ހއ 2
3
3
3
ބަޔާންކުރެވުން
ceto
(ހ) އިސްވެ
ސުޕީރިއަރ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ
އިޚްތިޞާޞްތަކުގެ އިތުރުން، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69
ވަނަ މާއްދާގައި ކޯޓުތަކަށް ލިބިގެންވާ ސަރަޙައްދީ އިޚްތިޞާޞްތަކެއްވެސް ކަނޑައަޅައި
ބަޔާންކޮށްފައިވާކަމާއި؟
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/287
ފ ) 01
OC)
އިދާރާއަކަށް
އެގޮތުން ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު އެމާއްދާގައި
ޤާނޫނު އަސާސީއާއި އެޤާނޫނުން ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞްތަކުގެ އިތުރުން ދައުލަތުގެ
ނުވަތަ މުއައްސަސާއެއްގެ މައްޗަށް ކުރެވޭ ދަޢުވާއެއްނަމަ،
އެއިދާރާއެއް
މުއައްސަސާއެއް ހުރި ދާއިރާއެއްގެ ކޯޓަކަށް އެމައްސަލައެއް ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞްވެސް
ލިބިގެންވާކަން އެމާއްދާގެ (ނ) އިން އެނގެން އޮންނަކަމާއިގެ
ނުވަތަ
3
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި ކޯޓުތަކަށް ސަރަޙައްދީގޮތުން
ކަނޑައެޅިފައިވާ އިޚްތިޞާޞަކީ، ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ރޫޙާ އެއްގޮތަށް،
ޢަދުލްއިންސާފު ހޯދުމަށް އެދޭ ފަރާތަށާއި ޢަދުލްއިންޞާފު ފޯރުކޮށްދޭ ފަރާތަށް އަދި މައްސަލާގައި ހިމެނޭ
ފަރާތްތަކަށް ދިމާވާ ތަކުލީފު ކުޑަ ކުރެވޭނެ ގޮތެއްގެ މަތިން ވީހާވެސް ކައިރިން ފަސޭހަކަމާއެކު ޢަދުލު
އިންސާފަށް ވާޞިލްވެވޭނެ މަގު ފަހިކުރުމުގެ ގޮތުން ކަނޑައެޅިފައިވާ އިޚްތިޞާޞްތަކެއްކަން އެނގެން
އޮންނަކަމާއި،
cu co
އެގޮތުން 69 ވަނަ މާއްދާގެ (ނ) ގައި ”ދައުލަތުގެ އިދާރާއަކަށް ނުވަތަ މުއައްސަސާއެއްގެ
މައްޗަށް ކުރެވޭ ދަޢުވާއެއްނަމަ، އެއިދާރާއެއް ނުވަތަ މުއައްސަސާއެއް ހުރި ދާއިރާއެއްގެ ކޯޓަށްވުން.“
މިފަދައިން ބަޔާންކޮށްފައިވާއިރު، މިއަކުރު މާނަ ކުރެވެން ޖެހޭނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69
ވަނަ މާއްދާގެ ދަށުން ކޯޓުތަކަށް ލިބިދީފައިވާ ސަރަޙައްދީ އިޚްތިޞާޞްގެ މަޤުޞަދު ނުގެއްލޭގޮތަށް،
އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި އެކަމެއް މާނަކުރުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 68 ވަނަ މާއްދާއާއި 69 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތް
ކުރެވި، އެ މާއްދާތަކުގެ މަފްހޫމް އާއި އެއްގޮތަށް
އެގޮތަށް އިންޞާފު ލިބުމުގެ ޙައްޤު ހަނިކުރެވިގެން ނުދާނެ އަދި
އެޙައްޤު ލިބިދިނުމަށް ހުރަހެއް ނޭޅޭނެފަދަ ގޮތެއްގައި ކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަބެލި
މަޖިލީހުގެ ފަނޑިޔާރުންދެކެއެވެ.
CCCCO?
(ނ) ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ
މައްސަލައިގެ ދަޢުވާ ފޯމަށް ބަލާއިރު އެމައްސަލައަކީ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/287
ސްޕޯޓްސް އިން ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރުވި ހުޅުމާލޭގައި
ބިނާކުރި ޔޫތު ސެންޓަރުގައި ކުރެވުނު މަސައްކަތަށް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް
ސްޕޯޓްސްއަށް ހުށަހެޅި ބިލްތަކުގެ ތެރެއިން ފައިސާ ނުލިބިއޮތް 2 ބިލަށް ފައިސާ ލިބުނު އިރު ބިލުގައި
ކަނޑައެޅިފައިވާ ގޮތުގެ މަތިން، ފައިސާ ނުލިބި އިތުރަށް ހިނގާފައިވާ ދުވަސްތަކަށް ލިބެންވާ ޗާޖްގެ
ފައިސާ އާއި، އެތާނގެ މަސައްކަތް ހިނގަމުން ދިޔައިރު (މިނިސްޓްރީގެ ސަބަބުން) ކުންފުންޏަށް ލިބުނު
ގެއްލުމުގެ ބަދަލާއިއެކު ޖުމްލަ
4,727,107.17ރ. (ހަތަރު މިލިއަން ހަތްލައްކަ ހަތާވީސްހާސް އެއްސަތޭކަ
ހަތެއް ޕޮއިންޓް އެކެއް ހަތެއް ރުފިޔާ) ހޯދުމަށް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް
ސްޕޯޓްސްގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއެއްކަން އެނގެން އޮންނަކަމާއިގެ
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 5 ގެ 3 ވަނަ
މާއްދާގައި "މިޤާނޫނުގެ އެހެން މާއްދާއެއްގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ވަކި ރަށަކާއި
ގުޅޭ ގޮތުން ކުރިމަތިވާ އަންނަނިވި ބާވަތްތަކުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ބަލާނީ
އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުންނެވެ.“ މިފަދައިން ބަޔާންކުރުމަށްފަހު، އެމާއްދާގެ (ހ) ގައި [އެރަށެއްގެ
ބިންބިމާއި، ޢިމާރާތްތަކާއި ގޯތިގެދޮރާއި، އެރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތައް، މިފަދައިން
ބަޔާންކޮށްފައިވާ އޮންނަކަމާއިގެ
ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ދަޢުވާގެ މައުޟޫޢަކީ، މަސައްކަތުގެ
އުޖޫރައިގެ ބައެއް ލިބިފައިނުވާތީ އެ ފައިސާ ހޯދުން ކަމާއި، ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ބިނާކުރި ޢިމާރާތް ހުރީ ހުޅުމާލޭގައި ކަމުގައިވީނަމަވެސް އެކުންފުނީގެ ދަޢުވާއަކީ
އެފަރާތުން ބިނާކުރި ޢިމާރާތާއި ގޮތުން ނުވަތަ އެމަސައްކަތް ކޮށްފައިވާ ގޮތް ނުވަތަ މަސައްކަތުގެ
ފެންވަރާމެދު ކުރެވޭ ދަޢުވާއެއް ނޫންކަމާއި، ހަމައެހެންމެ އެޢިމާރާތްހުރި ބިމާއި ގުޅިގެން އުފެދިފައިވާ
ޚުޞޫމަތަކާއިބެހޭ މައްސަލައެއް ނޫންކަން އެނގެން އޮންނަކަމާއި
ބެހޭގީ
44
ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާކޮށްފައިވަނީ މަސައްކަތުގެ
ފައިސާ ހަމަޔަށް ލިބިފައިވާނުވާތީ މަސައްކަތް ޙަވާލުކުރިފަރާތުގެ ހައިސިއްޔަތުން މިނިސްޓްރީ އޮފް ހިއުމަން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/287
ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސްގެ މައްޗަށްކަމާއި، އެމިނިސްޓްރީއަކީ މާލޭގައި ޤާއިމުވެފައިވާ
މުއައްސަސާއެއްކަމުން ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ފަދަ
ފައިސާ ހޯދުމުގެ މައްސަލަތަކުގައި އެމަސައްކަތް ޙަވާލުކުރި މުއައްސަސާ ޤާއިމުވެފައިވާ ދާއިރާގެ ކޯޓަކަށް
އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާކަން އެނގެއެވެ.
cu o
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަމަށް ރިޢާޔަތް ކުރުމުން، ސޫރާ ކޮންސްޓްރަކްޝަން
ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސްއިން ހަވާލުކުރި
މަސައްކަތަށް ދައްކަންޖެހިފައިވާ ފައިސާ ނުލިބިގެން އެފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި
މައްސަލައަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 5 ގެ 3 ގެ
(ހ) އަށް ޙަވާލާދެއްވާ ސިވިލް ކޯޓުން ބަލައިގަނެ ހިންގުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއް
ސިވިލް ކޯޓުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤުވެވިފައިވެއެވެ.
ތ ދދވ
ނނށ2ނ،
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު އެންމެހައި ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތްކޮށް، ކޯޓުތަކުގެ
ސަރަޙައްދީ އިޚްތިޞާޞް ކަނޑައަޅާފައިވާ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު)ގެ 69 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، އެއަކުރުގައި ޤާނޫނު އަސާސީއާއި އެޤާނޫނުން ކޯޓުތަކަށް
ކަނޑައަޅާފައިވާ އިޚްތިޞާޞްތަކުގެ އިތުރުން، ދައުލަތުގެ އިދާރާއަކަށް ނުވަތަ މުއައްސަސާއެއްގެ މައްޗަށް
ކުރެވޭ ދަޢުވާއެއްނަމަ، އެއިދާރާއެއް ނުވަތަ މުއައްސަސާއެއް ހުރި ދާއިރާއެއްގެ ކޯޓަކަށް އެމައްސަލައެއް
ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞްވެސް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާއިރު، ސޫރާ ކޮންސްޓްރަކްޝަން
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސްގެ މައްޗަށް
ކޮށްފައިވާ ދަޢުވާއަކީ އެމިނިސްޓްރީން ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތްތަކަކަށް ދައްކަންޖެހިފައިވާ
ފައިސާ ނުލިބިގެން، އެފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްކަން އެނގެން އޮންނާ
އޮންނާތީ،
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 5 ގެ 3 ގެ (ހ) އަށް
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
.
9
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/287
ޙަވާލާދެއްވާ ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް ހިއުމަން
ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސްގެ މައްޗަށް ހުށަހެޅި އެމައްސަލައަކީ ސިވިލް ކޯޓުން ބަލައިގަނެ
ހިންގުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއް ނޫންކަމަށް، ސިވިލް ކޯޓުން ނިންމަވާފައިވާ (ނަންބަރު
2012
/
07/Cv
-
c
/
DFJ) ނިންމެވުން މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން ބާތިލްކޮށް، ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ
އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސްގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މައްސަލަ، ސޫރާ
ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ ބެލުމަށް އަންގާ
ޙުކުމްކޮށްފީމެވެ.
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv