ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/29 ޤަޟިއްޔާގެ ޙުކުމް
1
2009HC-A/29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ނޫއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 29/HC
-
A/2009
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޔާސިރު އަޙްމަދު
އައިޑީ ކާޑު ނަންބަރ: A095795
ދާއިމީ
އެޑްރެސް: މިއ. ބެލްޖިއަމްގެ
މިހާރުގެ އެޑްރެސް: މއ. ބެލްޖިއަމްގެ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ.
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީކުރެވުނު ތާރީޚް: 08 ޞަފަރު 1430
05 ފެބްރުއަރީ 2009
، ނިމުނު ތާރީޚް: 09 ރަބީޢުލްއައްވަލް 1431
23 ފެބްރުއަރީ 2010
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު 2008/JC/1147 * ނިންމެވިކޯޓް: ޖިނާޢީ ކޯޓް
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުން
ހުށަހެޅުނުތާރީޚް: 2008-06-23
ނިމުނު ތާރީޚް: 2009-01-13
ދިވެހިރާއްޖޭގެ ހައިކޯޓް، އޯބުތުޒުހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށި މޯލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2009/HC-A/29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
C
OX
"13
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1147 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުންއެދި ބެލްޖިއަމްގޭ ޔާސިރު
އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި
މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
« ފާހަގަކުރެވުނު ނުކުތާތައް:
• މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި
ޝަރީޢަތުގެ މަޖިލިސްއަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި އަދި ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1147
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފްކަމަށްބުނެ ޔާސިރު އަޙްމަދުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
(ހ) ފުރަތަމަކަމަކީ މއ. ފެރިދޫހިޔާގޭގެ ކޮޓަރިއެއްގެ ތެރޭގައި ބަޔަކު މަސްތުވާތަކެތި ގެންގުޅޭ
ކަމުގެ މަޢުލޫމާތު ލިބުމާގުޅިގެން ފުލުހުން އެގެއަށްގޮސް މަޢުލޫމާތު ލިބުނު ކޮޓަރި ބެލިއިރު އެކޮޓަރިތެރޭގައި
މިޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުންއެދި ހުށަހަޅާފައިވާ ބެލްޖިއަމްގޭ ޔާސިރު އަޙްމަދުވެސް ހިމެނޭ
ގޮތަށް ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1147 ޤަޟިއްޔާގައި ދަޢުވާ 06 މީހުންތިބިކަމާއި އަދި އެމީހުން
ތިބިކޮޓަރި ތެރޭގައިހުރި އަލަމާރިއެއްގެ ތެރެއިން ލަކުޑިން ހަދާފައިހުރި ތައްޓެއްގެ ތެރޭގައި ކެނަބިސް އަޅާ
އެއްކޮށްފައިހުރި ސިގިރެޓް ދުންފަތްތަކާއި ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކުޑަވަޅިއަކާއި ފިލްމުއަޅާ ދެދަޅެއްގައި
54.7895 ގްރާމް ކެނަބިސްގެ އިތުރަށް ކެނަބިސްއަށް ޕޮޒިޓިވް ބައެއް އެހެނިހެންތަކެތި ފެނިފައިވާކަން
މިމައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީސްއަށް ހުށަހެޅިފައިވާ ލިޔުންތަކުން ރަނގަޅަށް
އެނގެ
2
8
xތ ދަ2
x
2
2
,ނގެނއން24$"
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒުހިނގުން، ތީމުގޭ 3 ނަންބަރު، ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2009/HC-A/29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
19
(ށ) ދެވަނަކަމަކީ،
ބެލްޖިއަމްގޭ ޔާސިރު އަޙްމަދުވެސް ހިމެނޭ ގޮތަށް ޖިނާއީކޯޓުގެ ނަންބަރު
2008/JC/1147 ޤަޟިއްޔާގައި ދަޢުވާ ލިބުނު ފަރާތްތަކުގެ ކުޑަކަމުދާތަކެތި ތަޙުލީލްކޮށް ބެލިއިރު
އެހަމީހުންގެ ޔޫރިންވެސް ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާކަން މިމައްސަލައާއި ގުޅިގެން ޝަރީޢަތުގެ
މަޖިލީސްއަށް ހުށަހެޅިފައިވާ މޯލްޑިވްސް ޕޮލިސްސަރވިސްގެ ފޮރެންސިކް ޑިޕާރޓްމަންޓުގެ ލެބޯޓްރީ އެނަލައިސް
ރިޕޯޓުތަކުން ރަނގަޅަށް އެނގެން އޮންނައިރު ކުށުގެ ވެށިން ގެނެވުނު ތަކެއްޗާއި ބުނެވިދިޔަ ފަރާތްތަކުގެ
ކުޑަކަމުދާ ތަކެތި ތަޙްލީލް ކުރި ފަރާތް ޝަރީޢަތުގެ މަޖިލީސްއަށް ޙާޟިރުކުރެވި އޭނާގެ ހެކިބަސް
ޝަރީޢަތަށް ލިބިފައިވާކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.
(ނ) ތިންވަނަކަމަކީ،
ފެރިދޫހިޔާއެވެކިޔާގޭގެ ކޮޓަރިއަކަށް ޖިނާއީ ކޯޓުގެ ނަންބަރު
2008/JC/1147 ޤަޟިއްޔާގައި ދަޢުވާލިބުނު ފަރާތްތަކުން އެއްވެތިބި މީހުންނާއި ޔާސިރު އަޙްމަދުއާއެކު
އޮތްގާތް ކަމެއްގެ ސަބަބުން ކަމާއި އެތަނުގެ ބޭނުންކުރާ ފަރާތަކީ ޔާސިރު އަޙްމަދުކަން މިމައްސަލައާއި ގުޅިގެން
ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީސްގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު
އެކަންނަފީ ކުރުމަށްޓަކައި ބޭނުންވާ ކާފީހެކި ޔާސިރު އަޙްމަދަށް ޝަރީޢަތަށް ހުށަހެޅިފައި ނުވާކަން
ފާހަގަކުރެވިފައި އޮންނައޮތުމެވެ.
(ރ) ހަތަރުވަނަކަމަކީ، މަސްތުވާ އެއްޗެއް މީހަކު ބޭނުންކޮށްފައިވާކަން ނުވަތަ ބޭނުންކޮށްފައިވާ
49
މަސްތުވާ އެއްޗެއްގެ ބާވަތް ނުވަތަ މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ މިންވަރު ދެނެގަތުމަށް ސައިންޓިފިކް
އުޞޫލުގެ މަތިން ބަލަންޖެހޭ ބެލުންތައް ބެލުމަށް ބޭނުންވާ ތަޢުލީމީ ފާހާއި ތަޖުރިބާ ލިބިފައިވާ މީހަކު މިއިން
ކަމެއް ބެލުމަށްފަހު ޝަރީޢަތުގެ މަޖިލީސްގައި ދޭ ބަޔާނަކީ އެކަމެއް ޘާބިތު ކުރުމަށްޓަކައި ލިބޭ ހަރުދަނާ
ޤަރީނާއެއް ކަމަށް ޤާނޫނު ނަންބަރު 1717 ގެ 18 ވަނަމާއްދާގެ (ހ) ގައި ސާފުބަހުން ބުނުމަށްފަހު
އެމާއްދާގައިވާފަދަ ތަޢުލީމީ ފާސް ލިބިފައިވާ މީހަކު މަސްތުވާއެއްޗެއްގެ
ސިފަކޮށްދޭދިނުމާއި އޭގެ ބަރުދަން އަދި މަސްތުވާއެއްޗެއްގެ ތެރެއަށް އެހެން އެއްޗެއް އެއްކޮށްފައިވާނަމަ
ބާވަތާއި ނަން، މަސްތުވާޑީބީޑތ
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުންޏާހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2009/HC-A/29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެއެއްޗެއްގެ ބާވަތާއި ނަން އަދި އެފަދަ އެއްޗެއް ބަހައްޓާފައިވާ އެއްޗަކާއި މަސްތުވާއެއްޗެއް ތަޙްލީލް
އޭގެނަތީޖާ ފަދަކަންކަމާބެހޭ ގޮތުން ޝަރީޢަތުގެ މަޖިލީސްގައި ދޭ ބަޔާނަކީ
ޝަރީޢަތަށް ކުރެވޭ
ގައި ސާފުބަހުން ބުނެފައިވާކަން
ކުރެވެންގ3
ޚި22x22
ہی مل جر م کر کرسی
ޤަބޫލުކުގެ26
484ތ ތކތ
އއdއެ9ށ
4
2 ބ 4
پر ترک
ފާހަގަކުރެވިފައިވެއެވެ.
(ބ) ފަސްވަނަކަމަކީ، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1147 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާގައި
54.1895
ބުނެފައިވާ މަސްތުވާތަކެތި ފެނިފައިވާ ކޮޓަރިއަކީ ޔާސިރު އަޙްމަދު ދިރިއުޅޭ ނުވަތަ ޔާސިރު އަޙްމަދުގެ ބެލުމުގެ
ދަށުގައިވާ ކޮޓަރިއެއްކަމަށް ޤަބޫލު ކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާތީއާއި ފުލުހުންނަށް ލިބުނު
ރިޕޯޓް ގުޅިގެން އެތަނަށްދިޔަ ފުލުހުންނަށް އެކޮޓަރީގެ ތެރެއިން
ގްރާމަށްވުރެ
ގިނަމަސްތުވާތަކެއްޗާއި އެތަކެތި ބޭނުންކުރުމަށްޓަކައި ބޭނުންކުރާ ސާމާނު ފެނިފައިވާތީއާއި އަދި ޔާސިރު
އަޙްމަދުވެސް ހިމެނޭ ގޮތަށް އެޤަޟިއްޔާގައި ދަޢުވާލިބުނު 06 މީހުންގެ ޔޫރިންވެސް ކެނަބިސްއަށް ޕޮޒިޓިވް
ވެފައިވާތީ ޔާސިރު އަޙްމަދު އަކީ ބުނެވިދިޔަ ޤަޟިއްޔާގައި އުފުލިފައިވާ ދަޢުވާއިން ބަރީޢަ ޙާލަތެއްގައި
ހުރިމީހެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވޭނެ ތަނެއް ނެތުމާއެކު ބުނެވިދިޔަ
އިސްތިއުނާފު ކޮށްދިނުން އެދި ހުށަހަޅާފައިވާ ސަބަބުތަކަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ހަމަޖެހޭ އަސާސެއްގެ
މައްޗަށް ބިނާކުރެވިފައިވާ ސަބަބުތަކެއްކަމަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒުހިނގުން، ތީމުގޭ 3 ނަންބަރު، ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2009/HC-A/29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް:
ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1147 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ ޚިލާފް ކަމަށް ބެލެވޭނެ ތަނެއްނެތް ކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ އެޤަޟިއްޔާގައި ޔާސިރު އަޙްމަދާބެހޭ ގޮތުން ކުރައްވާފައިވާ ޙުކުމުގެ
އެބަޔަށް ތާޢީދު ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ނިޔާކަނޑައެޅީ
އައި
މީރު މުޙައްމަދު
(ފުނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
ޙަމީދު
(ފަނޑިޔާރު)
ދި
(ފަނޑިޔާރު)
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒުހިނގުން، ތީމުގޭ 3 ނަންބަރު، ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv