ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/303 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/303
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 303/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 793
/
2008-C
-1
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޝާމް ޢަލީ މުޙައްމަދު
ދ.ރ.ކ. ނަންބަރު: A048255
2- * ނަން: އިނާޔާ ޢަލީ
ދާއިމީ އެޑްރެސް: ބ.ހިޔާ/ ކ.މާލެ
މިހާރުގެ އެޑްރެސް: ހުޅުމާލެ ފްލެޓް 01-G-20
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 8636
މިހާރުގެ އެޑްރެސް: ހދ.މަކުނުދޫ ފެހިގެ
k
ދ.ވ.ކ. ނަންތަ
ނޭނވެ.
A077423
.ރަޖިސްޓްރީ ކުރެވުނު ތާރީޚް: 10 ޛުލްޤަޢިދާ 1436
25 އޮގަސްޓް 2015
•ނިމުނު ތާރީޚް: 12 ރަމަޝާން 1438
ޖޫން 2017
(07
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/HMC-45-21
• ނިންމެވި ކޯޓު: ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު
• މައްސަލައިގެ ބާވަތް: އެހެނިހެން މަދަނީ މައްސަލަ
ހުށަހެޅުނު ތާރީޚް: 07 އޮގަސްޓް 2011 • ނިމުނު ތާރީޚް: 02 ނޮވެމްބަރު 2011
• މިމައްސަލަ ބެލި ފަނޑިޔާރުގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު: ޢަބްދުﷲދީދީ، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޓެ އޯޓް
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/303
ދަޢުވާގެ ޚުލާޞާ
މިއީ؟
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/HMC-45
/
21 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކޮށްދިނުން
އެދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ، ގ.ހިޔާ/ ކ.މާލެ ޝާމް ޢަލީ އާއި
ދަފްތަރު ނަންބަރު ރސ 8636 ޢިނާޔާ ޢަލީ އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ޓް
01- ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/HMC-45
/
21 ޤަޟިއްޔާގެ ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ގ.ހިޔާ ޝާމް ޢަލީ މުޙައްމަދަށް ލިބިފައިވާ ހުޅުމާލޭގެ
ނަންބަރު 01
20 ފުލެޓް ކުއްޔަށް ހިފުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި،
ގ.ހިޔާ ޝާމް ޢަލީ މުޙައްމަދާއި، އޭނާގެ ކުރީގެ އަނބި ދަފްތަރު ނަންބަރު 8636 ޢިނާޔާ ޢަލީގެ މެދުގައި
21 އޮކްޓޯބަރ 2009 ދުވަހު ވެފައިވާ ނަންބަރު 09
/
604/HDC
/
FTS އެއްބަސްވުމުގެ ދަށުން ޢިނާޔާ
ޢަލީ ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާތީ، އެފައިސާ ދެއްކުމަށް ޢިނާޔާ ޢަލީގެ މައްޗަށް ޝާމް ޢަލީ
މުޙައްމަދު ދަޢުވާ ކުރުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، ގ.ހިޔާ
ޝާމް ޢަލީ މުޙައްމަދު (އައިޑީކާޑު ނަންބަރު A077423) ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑުގެ މެދުގައި 21 އޮކްޓޯބަރ 2009 ދުވަހު ހުޅުމާލޭގެ ނަންބަރު 01
ޖީ
20 ފުލެޓް ކުއްޔަށް
ހިފުމަށް ވެފައިވާ ނަންބަރު 09
/
604/HDC
/
FTS އެއްބަސްވުމުން އިނާޔާ ޢަލީގެ އަމިއްލަ އިޚްތިޔާރުގައި
ތަނާޒުލު ވެފައިވާ ކަމަށްޓަކައި ހުޅުމާލޭގެ ނަންބަރު 01
20 ފުލެޓަށް ޢިނާޔާ ޢަލީއާއި، ޝާމް ޢަލީ
މުޙައްމަދު 21 އޮކްޓޯބަރ 2009 ދުވަހު އެޗް.ޑީ.ސީގެ މެދުގައި ވެފައިވާ 09
/
604/HDC
/
FTS
އެއްބަސްވުމުން ދަފްތަރު ނަންބަރު 8636 އިނާޔާ ޢަލީގެ ނަން އުނިކުރުމަށްފަހު، ހުޅުމާލޭގެ ނަންބަރު 01
20 ފުލެޓް އެއްބަސްވުން ގ.ހިޔާ ޝާމް ޢަލީ މުޙައްމަދުގެ ނަމަށް ބަދަލު ކުރުމަށް ހައުސިންގ
އި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 16471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
"ދިވެހިޒްގެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/303
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑު (އެޗް.ޑީ.ސީ) ގެ މައްޗަށް އަމުރުކޮށް މިޤަޟިއްޔާ ނިންމީއެވެ."
މިފަދައިންނެވެ.
02- ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/HMC-45
/
21 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކޮށްދިނުން
އެދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅާ
އެނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
އެގޮތުން ހުށަހަޅާފައިވާ؟
¢ ¢ ¢
• ފުރަތަމަ ނުކުތާއަކީ، ދަޢުވާލިބޭ .ހިޔާ ޝާމް ޢަލީ މުޙައްމަދު (ދ.ރ.އ ކާޑު ނަންބަރު
A048255) ގެ ފަރާތުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު -45/21
2011/HMC ޤަޟިއްޔާއިން، ޝާމް ޢަލީ މުޙައްމަދުގެ ނަމަށް އެއްބަސްވުން ބަދަލުކުރަން އަމުރު
ކުރައްވައި ޙުކުމް ކުރެއްވިއިރު، އެޗްޑީސީއަކީ ފުލެޓުގެ މިލްކުވެރި ފަރާތުގެ އިތުރުން، ފުލެޓު ވިއްކާ
ފަރާތުގެ ހައިސިއްޔަތުން އެއްބަސްވުމުގެ ބައިވެރިޔާކަމަށްވެފައި، އެމައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް
ކޯޓުގައި ހިންގެވިއިރު، އެޗްޑީސީ ޙާޟިރުކޮށްފައިނުވުމާއި، އެމައްސަލާގައި އެޗްޑީސީގެ ބަހެއް ޝަރީޢަތުން
ހޯއްދަވާފައިނުވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8
• ދެވަނަ ނުކުތާއަކީ، އެޗްޑީސީއަކީ ފުލެޓުގެ މިލްކުރެވި ފަރާތަށްވެފައި، އެޗްޑީސީއާއި،
ޝާމް ޢަލީ މުޙައްމަދާއި، ޢިނާޔާ ޢަލީ އާއި ތިން ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން
ގަނެވިއްކުމުގެ ޢަޤުދު ފުރިހަމަވެފައިނުވާ ހިނދު، އެ އެއްބަސްވުމުގެ ދަށުން އެޗްޑީސީއަށް ލިބިފައިވާ
މިލްކުވެރިކަމުގެ
.ގެ ޙައްޤުތައް އޭގެ ތެރެއިން އެއް ފަރާތަށް ބަދަލު ކުރުމަށް ކޯޓުން އަމުރުކުރައްވާފައިވަނީ
ޤާނޫނާއި، ދެ ފަރާތުގެ މެދުގައިވެފައިވާ އެއްބަސްވުމާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި
UCOCOOX
ކނeރe@ހ
ނމ 0އވެ.
ތިންވަނަ ނުކުތާއަކީ، ޝާމް ޢަލީ މުޙައްމަދުގެ ނަމަށް އެއްބަސްވުން ބަދަލު ކުރުމަށް
ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން ޙުކުމް ކުރެއްވިއިރު، އެހިނދު ޝާމް ޢަލީ މުޙައްމަދަކީ ފުލެޓް ގަތުމުގެ
ޝަރުޠު ހަމަނުވާ ނުވަތަ އެހައިޞިއްޔަތު ގެއްލިފައިވާ މީހަކަށް ވީއިރު، އެކަމަށް ކޯޓުން ރިޢާޔަތް
ކުރައްވާފައިނުވުން ކަމަށް ބުނެ ނެޅި
3ޖ 2
4
ނޭގެ ބައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް A71/33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
بنوري
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/303
Ox
ކަންބޮއއ
ހުރި ދ31 4
46 ·
ފާހގަކުރެއެވެ.
ޓް
ގޮތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ބައިވެރިވުން ހިމެނޭ އެއްބަސްވުމެއް 8ގެ ހައި
03- ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/HMC-45/21 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކޮށްދިނުން
އެދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ފަހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/HMC-45
/
21 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއިން ތ.ހިޔާ ޝާމް ޢަލީ މުޙައްމަދުގެ
ފަރާތުން އުފުލާފައިވާ ދަޢުވާގެ ސީޝާއަށް ބަލާއިރު އެދަޢުވާގައި ޝާމް ޢަލީ މުޙައްމަދުގެ ފަރާތުން
އެދިފައިވަނީ ހުޅުމާލޭގެ ނަންބަރު 01
20 ފުލެޓް ގަތުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑާއި، ގ.ހިޔާ ޝާމް ޢަލީ މުޙައްމަދާއި، އޭނާގެ ކުރީގެ އަނބި ދަފްތަރު ނަންބަރު 8636 ޢިނާޔާ
ޢަލީގެ މެދުގައި 21 އޮކްޓޯބަރ 2009 ދުވަހު ވެފައިވާ ނަންބަރު 09
/
604/HDC
/
FTS އެއްބަސްވުމުގެ
ދަށުން ޢިނާޔާ ޢަލީ ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާތީ، އެފައިސާ އިނާޔާ ޢަލީގެ ކިބައިން
ހޯދުމަށްކަން އެނގެން އޮންނައިރު، މިމައްސަލައިގައި އެކޯޓުން ޙުކުމްކުރައްވާފައިވަނީ އިޝާރާތްކުރެވުނު
ޢިނާޔާ ޢަލީގެ އަމިއްލަ އިޚްތިޔާރުގައި ތަނާޒުލު ވެފައިވާ ކަމަށްޓަކައި ހުޅުމާލޭގެ ނަންބަރު
20 ފުލެޓަށް އިނާޔާ ޢަލީއާއި، ޝާމް ޢަލީ މުޙައްމަދު 21 އޮކްޓޯބަރ 2009 ދުވަހު
އެޗް.ޑީ.ސީގެ މެދުގައި ވެފައިވާ 09
/
604/HDC
/
FTS އެއްބަސްވުމުން އިނާޔާ ޢަލީގެ ނަން
އުނިކުރުމަށްފަހު، ހުޅުމާލޭގެ ނަންބަރު 01
20 ފުލެޓް އެއްބަސްވުން ތ.ހިޔާ ޝާމް ޢަލީ މުޙައްމަދުގެ
ނަމަށް ބަދަލު ކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑު (އެޗް.ޑީ.ސީ) ގެ މައްޗަށް
އަމުރުކޮށް ކަން އެނގޭކަމާއި، މިހެންކަމުން މިއީ ޝާމް ޢަލީ މުޙައްމަދުގެ ދަޢުވާގެ ސީޣާ އޭނާ
އެދިފައިނުވާކަމެއްގެ މައްޗަށް ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ، މިމައްސަލައިގައި ޙަވާލާދެވޭ ހުޅުމާލޭގެ ނަންބަރު 01
20 ފުލެޓް
ގަތުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި، ގ.ހިޔާ ޝާމް ޢަލީ މުޙައްމަދާއި، އޭނާގެ
ކުރީގެ އަނބި ދަފްތަރު ނަންބަރު 8636 ޢިނާޔާ ޢަލީގެ މެދުގައި 21 އޮކްޓޯބަރ 2009 ދުވަހު ވެފައިވާ
ނަންބަރު 09
/
604/HDC
/
FTS އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމަކީ އެއްބަސްވުމުގެ ބައިވެރިއެއްގެ
އެއްބަސްވުމުން
01
ޖީ
ޖީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/303
އެނގޭކަމުން މިއެއްބަސްވުމަކީ މިއެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ
މަސްލަޙަތު ހިމެނޭ އެއްބަސްވުމެއްކަން އެނގޭކަމާއި، މިހެންކަމުން މިއެއްބަސްވުމަށް އެއްވެސް އުނިއިތުރެއް
ގެނެއުމަށް އަމުރުކުރެވޭނީ
މިމައްސަލައިގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް
ޖަވާބުދާރީވާން ފުރުސަތު ދިނުމަށްފަހު އެފަރާތުގެވެސް ބަހެއް ޝަރީޢަތުން ހޯދުމަށް ފަހުގައިކަން
އެނގޭކަމާއި، އެހެންނަމަވެސް މިމައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން ނިންމަވާ ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ކަމެއް ލާޒިމްކޮށްފައިވާއިރު، އެފަރާތުގެ ބަހެއް ޝަރީޢަތުގެ
ފަރާތުން ހޯދާފައިނުވާކަން އެނގޭކަމެވެ.
ވީމާ، އިސްވެ ދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/HMC-45
/
21 ޤަޟިއްޔާގައި
އެކޯޓުން ނިންމަވާފައިވާ ނިންމުމަށް ބަދަލު
4
42
44
2 ހ3ދ
تر سر مرد و پیمر
، ޙުކުމް:
cu o
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ހުޅުމާލޭ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/HMC-45/21 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލުގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވާތީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/HMC-45/21 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާތިލުކޮށް އެގޮތުގެ މަތީން މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv