ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/344 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/344
بم است از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 344/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: މިރުފަތު ޙަނީފް
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 5652/މާލެ
* އައިޑީ ކާޑު ނަންބަރު: A073725
މިހާރުގެ އެޑްރެސް: މއ. ދިއްގާ / ކ.މާލެ
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އެޑްރެސް:
+
ޕީ.ޓީ. އޮފީސް
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީ ތާރީޚް:
31 ޑިސެމްބަރު 2014
0
* ނިމުނު ތާރީޚް:
14 ޖުލައި 2016
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ
• ނަންބަތު: 2013/Cr
-
C/588
• ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
• މައްސަލައިގެ ބާވަތް: ޑައިމޯފިން ޓްރެފިކްކުރުން
ހުށަހެޅި ތާރީޚް: 20 މެއި 2013
ނިމުނު ތާރީޚް: 09 ޖުލައި 2014
މައްސަލަ ބެއްލެވި ފަނޑިޔާށުން:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢަލީ
ޚަޠީކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2{014/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/588 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ދަފްތަރު ނަންބަރު 5652/ މާލެ، މިރުފަތު އަނީފްގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިޤާޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
2 22 22
• ފާހަގަ ކުރެވުނު ނުކުތާތައް:
1) އިސްތިއުނާފު ކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/588 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ކ.މާލެ | ދަފްތަރު. ނަންބަރު 5652، މިރުފަތު
އަރީފާއި އިބްރާހީމް ޝިޔާޘްގެ މައްޗަށް ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103
ވަނަ މާއްދާއާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާކުރުމުން ބެލެވުނު
ޤަޟިއްޔާއެއްކަމާއި،
އެދަޢުވާ ހުށަހަޅާފައިވަނީ، އިބްރާހީމް ޝިޔާޘްއާއި މިރުފަތު އަނީފް، 20 އޮކްޓޯބަރު 2012 ދުވަހު
22:08 އެހައިކަށްހައިއިރު، ފުލުހުން ކޯޓު އަމުރެއްގެ ދަށުން ގ. ކަމަދޫ 3 ގެ ބަލައި ފާސްކުރަނިކޮށް، މިރުފަތު
ޙަނީފް އެގޭގެ ތިރީބައިގައިހުރި ކޮޓަރީގެ ދޮރު ލެއްޕުމުން ފުލުހުން އެކޮޓަރީގެ ދޮރު ހުޅުވައި ބެލިއިރު، އެކޮޓަރި
ތެރޭގައި އިބްރާހީމް ޝިޔާޘް ހުއްޓާ ފެނިގެން މިދެމީހުންގެ ޙާޟިރުގައި އެކޮޓަރިތެރެ ބަލައިފާސްކުރިއިރު، އެކޮޓަރި
ތެރޭގައިހުރި އަލަމާރީގެ ވަތްގަނޑު ތެރޭގައި އޮތް ޓިޝޫގަނޑެއްގެ ތެރެއިން ފެނުނު ބްލެޓް ސައިޒްގެ 4
(ހަތަރެއް) ރަބަރު ޕެކެޓްގައި 4.5912 ގްރާމް ޑައިމޯފިން ހުރިކަމަށާއި، އެވަތްގަނޑު ތެރޭގައި އޮތް ފަނުން
ލިޔެފައިވާ އުރައެއްގެ ތެރެއިން ފެނުނު ބްލެޓް ސައިޒްގެ 2 (ދޭއް) ރަބަރު ޕެކެޓްގައި 5.2799 ގްރާމް ޑައިމޯފިން
ހުރިކަމަށާއި، އެވަތްގަނޑުގެ ތެރޭގައި އޮތް ލަކުޑިން ހަދާފައިވާ ކުޑަ ފޮއްޓެއްގެ ތެރޭގައި އޮތް 15 (ފަނަރަ)
ފެކެޓްގައި 0.8460 ގްރާމް ޑައިމޯފިން ހުރިކަމަށާއި، ހަމަ އެވަތްގަނޑު ތެރޭގައި ޓޭޕް އޮޅާފައި އޮތް ރަބަރު
ކޮޅުގައި 1.2228 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީކަން އެނގޭއިރު،
OLC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2{014/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OLC
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، މާލެ ! މ.މާހަލްހުޅަނގުބައި، އިބްރާހީމް
ޣިޔާޘުއާއި، މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު ނަންބަރު 5652 | މިރުފަތު ޙަނީފްގެ މައްޗަށްކުޅަ ޑައިމޯފިން
ޓްރެފިކް ކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، 20 އޮކްޓޯބަރު 2012 ދުވަހު 22:08
އެހައިކަށްހައިއިރު، ފުލުހުން ކޯޓް އަމުރެއްގެ ދަށުން ގ. ކަމަދޫ 3 ގެ ބަލައި ފާސްކުރަނިކޮށް، މިރުފަތު އަނީފް
އެގޭގެ ތިރީބައިގައިހުރި ކޮޓަރީގެ ދޮރު ލެއްޕުމުން ފުލުހުން އެކޮޓަރީގެ ދޮރު ހުޅުވައި ބެލިއިރު، އެކޮޓަރި ތެރޭގައި
އިބްރާހީމް ޝިޔާޘް ހުއްޓާ ފެނިގެން މިދެމީހުންގެ ޙާޟިރުގައި އެކޮޓަރިތެރެ ބަލައިފާސްކުރިއިރު، އެކޮޓަރި
ތެރޭގައިހުރި އަލަމާރީގެ ވަތްގަނޑު ތެރޭގައި އޮތް ޓިޝޫގަނޑެއްގެ ތެރެއިން ބްލެޓް ސައިޒްގެ 4 (ހަތަރެއް)
ރަބަރު ޕެކެޓާއި، ވަތްގަނޑު ތެރޭގައި އޮތް ފަނުން ވިޔެފައިވާ އުރައެއްގެ ތެރެއިން ބްލެޓް ސައިޒްގެ 2 (ދޭއް)
ރަބަރު ޕެކެޓާއި، އެވަތްގަނޑުގެ ތެރޭގައި އޮތް ލަކުޑިން ހަދާފައިވާ ކުޑަ ފޮއްޓެއްގެ ތެރޭގައި އޮތް 15 (ފަނަރަ)
ފެކެޓާއި، ހަމަ އެވަތްގަނޑު ތެރެއިން ޓޭޕް އޮޅާފައި އޮތް ރަބަރުކޮޅެއް ފެނިފައިވާކަން ހެކިންގެ ހެކިބަހުން
އެނގެން އޮންނާތީއާއި، ބުނެވިދިޔަތަކެތި ތަޙުލީލުކުރިއިރު އެތަކެތީގެ ޖުމްލަ ބަރުދަނުގައި 11.9399 ގްރާމް
ޑައިމޯފިން ހުރިކަން އެތަކެތީގެ ތަޙުލީލު ރިޕޯޓުން އެނގެން އޮންނާތީ، ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ
ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރ 17/2011 (މަސްތު
ސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ
މާއްދައިގެ (ހ) އާއި ޙަވާލާދީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން މިރުފަތު ޙަނީފް ކުއްވެރި ވެއްޖެކަމަށް
ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޚާއްދައިގެ (ނ) ގެ ދަށުން މިރުފަތު ޙަނީފް ޢުމުރަށް
ޖަލަށްލުމާއެކު -/100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް މިފައިސާ މިއަދުން ފެށިގެން 1 (އެކެއް)
މަސްދުވަހުގެ ތެރޭގައި މިކޯޓަށް ދެއްކުމަށް މިރުފަތު ޒަނީފަށް އަންގައި މިގޮތުގެމަތިން ޙުކުމްކޮށް، މިޤާޟިއްޔާގައި
ދަޢުވާލިބޭ އިބްރާހީމް ޝިޔާޘްގެ މައްޗަށް މިދަޢުވާ ޝަރީޢަތަށް ސާބިތުވާވަރުގެ ކާފީހެކި ޤާރީނާ ލިބިފައިނުވާތީ،
އިބްރާހީމް ޝިޔާޘްގެ މައްޗަށް މިދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅައި، މިރުފަތު ޙަނީފާއި، އިބްރާހީމް ޝިޔާޘްގެ
އަތުންފެނިފައިވާ ފައިސާއަކީ މިދެމީހުން މަސްތުވާތަކެތިން ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ޝަރީޢަތަށް
ސާބިތުކޮށްދެވިފައިނުވާތީ، މިފައިސާ ދައުލަތަށް ނަގައިދެވެންނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށް... ވައްކޮށް އި
ނިންމަވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2{014/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަންބަރު
588/Cr-C/2013
20 8
2) ކްރިމިނަލް ކޯޓުގެ
ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ދަފްތަރު ނަންބަރު 5652| މާލެ،
މިރުފަތު އަނީފްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި،
އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
0 2
<< O
(ހ) ފުރަތަމަ ނުކުތާއަކީ، ގޯތިގެދޮރަށް ވަދެ، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ނ) އާއި
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ކުށް ސާބިތުވާކަމަށް
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
52
(ނ) ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 141
ވަނަ މާއްދާގެ ފެށުމުގައި " އެހެން ގޮތަކަށް ސާބިތުނުވާހިނދަކު، އަންނަނިވި ޙާލަތުތަކުގެ ތެރެއިން ޙާލަތެއްގައިވާ
މީހާގެ އަތުގައި މަސްތުވާއެއްޗެއް ހުރީކަމުގައި ބެލެވޭނެއެވެ." މިހެން ބަޔާންކޮށްފައި އޮންނަ ހަމައާއި އެމާއްދާ އާއި
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 212/HC
-
A/2009 ޤަޟިއްޔާއާ ޚިލާފަށް ކުށް ސާބިތުވާކަމަށް
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
1421718
(ނ) ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ
މި މާއްދާތަކަށް ބަލާއިރު ޓްރެފިކްކުރިކަމަށް ބަލަން އޮންނަ ހަމަތަކާއި މިންގަނޑުން
ކުށްސާބިތުނުވާއިރު ކުށް ސާބިތުވާކަމަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
-3
3- މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/588 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2{14/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3x
ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/588
ޤަޟިއްޔާގައި، ދަޢުލަތުން ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ
(ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، މިރުފަތު ހަނީފްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ
ދަޢުވާކޮށްފައިވަނީ، 20 އޮކްޓޯބަރު 2012 ދުވަހު 22:08 އެހައިކަށްހައިއިރު، ފުލުހުން ކޯޓު އަމުރެއްގެ ދަށުން
ގ. ކަމަދޫ 3 ގެ ބަލައި ފާސްކުރަނިކޮށް، . މާލެ | ދަފްތަރު ނަންބަރު 5652 މިރުފަތު ޙަނީފާ، އެ ގޭގެ
ތިރީބައިގައިހުރި ކޮޓަރީގެ ދޮރު ލެއްޕުމުން ފުލުހުން އެކޮޓަރީގެ ދޮރު ހުޅުވައި ބެލިއިރު، އެކޮޓަރި ތެރޭގައި
ކ.މާލެ ! މާހަލް ހުޅަނގުބައި، އިބްރާހީމް ޝިޔާޘް ހުއްޓާ ފެނިގެން މި ދެމީހުންގެ ޙާޟިރުގައި އެ ކޮޓަރިތެރެ
ބަލައިފާސްކުރިއިރު، އެ ކޮޓަރި ތެރޭގައި ހުރި އަލަމާރީގެ ވަތްގަނޑު ތެރޭގައި އޮތް ޓިޝޫގަނޑެއްގެ ތެރެއިން
ފެނުނު ބްލެޓް ސައިޒްގެ 4 (ހަތަރެއް) ރަބަރު ޕެކެޓްގައި 4.5912 ގްރާމް ޑައިމޯފިން ހުރިކަމަށާއި، އެ
ވަތްގަނޑު ތެރޭގައި އޮތް ފަނުން ވިޔެފައިވާ އުރައެއްގެ ތެރެއިން ފެނުނު ބްލެޓް ސައިޒްގެ 2 (ދޭއް) ރަބަރު
ޕެކެޓްގައި 5.2799 ގްރާމް ޑައިމޯފިން ހުރިކަމަށާއި، އެވަތްގަނޑުގެ ތެރޭގައި އޮތް ލަކުޑިން ހަދާފައިވާ ކުޑަ
ފޮއްޓެއްގެ ތެރޭގައި އޮތް 15 (ފަނަރަ) ފެކެޓްގައި 0.8460 ގްރާމް ޑައިމޯފިން ހުރިކަމަށާއި، ހަމަ އެވަތްގަ
ތެރޭގައި ޓޭޕް އޮޅާފައި އޮތް ރަބަރު ކޮޅުގައި 1.2228 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން
ދައްކާތީކަން އެނގެން އޮންނަކަމެވެ.
2
(ށ) ދެވަނަ ކަމަކީ: ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ
މާއްދާގެ (ހ) ގައި ޑައިމޯފިން ޓްރެފިކް ކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެ މާއްދާގެ (ނ) ގައި
އެކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއި އެކު -/100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން -/10,000,000
(ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުންކަމަށް ބަޔާންކޮށްފައި އޮންނަކަމާއި،
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގައި ޓްރެ
ކުރުމަކީ ކޮބައިކަން ބަޔާންކޮށްފައިވާކަމާއި، އެގޮތުން، ޓްރެފިކް ކުރުމަކީ ޕެޑްލަރަކަށް ނުވާމީހަކު،
ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވާ ގޮތަށް މަސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
142
s
6
2{014/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މުޢާމަލާތުކުރުމަށް،
މަށް، ނުވަތަ ޕެޑްލަރަކަށްހުރެ، އެޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން
ދެކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތްކުރުންކަމަށް ބަޔާންކޮށްފައިވާކަމާއި، "ޕެޑްވަރު" އަކީ
މަސްތުވާތަކެތިން މުޢާމަލާތްކުރާ، މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާމީހާކަމަށް ބުނެވުނު ޤާނޫނުގެ 20 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
އިޝާރާތްކުރެވޭ ޤާނޫނުގެ 142 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި، "މި ޤާނޫނުގައި
އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މަސްތުވާތަކެތިން މުޢާމަލާތްކުރާ މީހަކު، އަންނަނިވި ކަންކަމުގެ
ތެރެއިން ކަމެއް ކޮށްފިކަމަށް ސާބިތުކުރެވޭނަމަ، އޭނާއަކީ މަސްތުވާތަކެތި ޓްރެފިކްކުރި މީހެއްކަމަށް ބެލެވޭނެއެވެ."4
މިފަދައިން ބަޔާންކޮށް ޖުމްލަ 11 (އެގާރަ) ކަމެއް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ހ) ގައި "ޓްރެފިކްކުރާ
މީހެއްކަމަށް ބެލެވޭ މިންވަރުކަމަށް މި ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް މަސްތުވާތަކެތި އަތުގައި
މިފަދައިން ބަޔާންކޮށްފައިވާއިރު، ބުނެވުނު ޤާނޫނުގެ 135 ވަނަ މައްދާގެ (ބ) ގައި މަސްތުވާތަކެއްޗަށް
ދެވިހިފާފައިނުވާ މީހެއްގެ އަތުގައި 4 (ހަތަރެއް) ގްރާމަށްވުރެ ގިނަ ޢަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، އެ
އެއްޗެއް އޭނާގެ އަތުގައި އެ ހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށްކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި
ބުނެވުނު ޤާނޫނުގެ 141 ވަނަ މާއްދާގައި، އެ ޤާނޫނުގެ ބޭނުމަށްޓަކައި މަސްތުވާތަކެތި އަތުގައި ހުރީކަމަށް
ބެލެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ރ) ގައި މީހެއްގެ ކޮންޓްރޯލް ދަށުގައި ހުންނަ ތަނެއްގައި
ނުވަތަ އެއްޗެއްގައި މަސްތުވާއެއްޗެއް އެއްޗެއް އޭނާގެ އަތުގައި ހުރީކަމުގައި ބެލެވޭނެ ޙާލަތެއްކަމަށް
ބަޔާންކޮށްފައިވާކަން ފާހަގަކުރެވެންއޮންނަކަމެވެ.
ހުރުން"
ހުރުމަކީ
ކި އެ
(ނ) ތިންވަނަ ކަމަކީ: ގޯތިގެދޮރަށް ވަދެ، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ކުށް ސާބިތުވާކަމަށް
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު، އެދެމާއްދާއާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް
މިރުފަތު ޙަނީފާގެ ފަރާތުން ދެކެނީ، ކްރިމިނަލް ކޯޓުން 72 (ހަތްދިހަ ދޭއް) ގަޑިއިރަށް ބާރުހިނގާގޮތަށް
ދޫކޮށްފައިވާ ކޯޓު އަމުރަކުން 82 (އަށްޑިހަ ދޭއް) ގަޑިއިރު ފަހުން .ކަމަދޫ 3 ބަލާފާސްކުރަން
ވަދެފައިވާކަމަށާއި، ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލާ ފާސްކުރާއިރު ފުލުހުން ޢަމަލުކުރަންޖެހޭ އިޖުރާއާތު
"ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" ގެ
މާއްދާގައި ބަޔާންކޮށްފައިވާއިރު، ފުލުހުން ގ.ކަމަދޫ 3 އަށް ވަދެފައިވަނީ ޤާނޫނީ ބުރަދަނެއް ނެތް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{014/HC-A/344
کہ
52
ދި 2
0
xތ ދ
ހަމަވެފައިވާ ކޯޓު އަމުރެއްގެ ދަށުންކަމަށާއި، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި ބުނާފަދަ ވަގުތުން
ފިޔަވަޅު އަޅަންޖެހޭ ފަދަ ޙާލަތެއްގައި ނޫންކަމަށާއި، އެ ގެއަށް ވަނުމުގައި އެ ގޭގައި ދިރިއުޅޭ ބައެއްގެ ހުއްދަ
ހޯދާފައިނުވާކަމަށާއި، ކޯޓު އަމުރެއްވެސް ދައްކާފައިނުވާކަން ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން
އޮންނާތީކަމާއި،
ދިވެހިރާއްޖޭ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި ގޮވަތި ގެދޮރާއި
މީހުން ދިރިއުޅޭ ތަންތަނަކީ ޙުރުމަތްތެރިވެގެންވާ ތަންތަންކަމަށާއި، ވަގުތުން ފިޔަވަޅެއް ނާޅައިފިނަމަ މީހެއްގެ
މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ގެއްލުމަކުން އެ މުދަލެއް ނުވަތަ އެ މީހަކު ސަލާމަތްކުރުމަށްޓަކައި، ނުވަތަ
ކޯޓު އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ދިރިއުޅޭތަނަކަށް އެ މީހަކުގެ ނުރުހުމުގައި
ވަދެގެންނުވާނެކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނާ ޚިލާފަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް
ޤަބޫލުކޮށްގެންނުވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމާއި،
ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން
ބާރުލިބިގެން އެކުލަވާލެވިފައިވާ ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން
ހިފުމާބެހޭ ޤަވާޢިދު" އަށް ބަލާއިރު، ބުނެވުނު ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ނ) ގައި ކޯޓު އަމުރުގެ ދަށުން
ބަލާފާސްކުރުމަށް ކަނޑައެޅޭތަނެއް އަމުރުގައި ކަނޑައަޅާފައިވާ މުއްދަތުގައި ބަލާފާސްކުރަންވާނެކަމަށާއި، އަދި އެ
މާއްދާގެ (ބ) ގައި ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލާފާސްކުރުމަށް ފުލުހަކު ދާއިރު އެ ތަނެއްގެ ވެރިފަރާތް އެ
ތަނެއްގައި ޙާޟިރުވެހުރިނަމަ، އެ ތަން ބަލާފާސްކުރުމަށް ކޯޓުން ނެރެފައިވާ ބަލާފާސްކުރުމުގެ ކޯޓު އަމުރުގެ
ކޮޕީއެއް އެ ތަނުގެ ވެރިފަރާތަށް ދޭންވާނެކަމަށް ބަޔާންކޮށްފައިވާއިރު،
ހުށަހެޅިފައިމިވާ މައްސަލާގައި ގ. ކަމަދޫ 3 ގެ ބަލައި ފާސްކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/578(JB-145 ކޯޓު އަމުރުގެ ދަށުންކަމާއި، ބުނެވުނު އަމުރަށް ބަލާއިރު އެ އަމުރަކީ
ބަނގުރަލާއި، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގ.ކަމަދޫ 3
ގައި ބަނގުރަލާއި މަސްތުވާތަކެތި ހުރިކަމަށް ތުހުމަތުކުރެވޭ ތަންތަނާއި ތަކެތި ބަލާފާސްކުރުމަށް، ބަލާފާސްކުރަން
ފަށާ ވަގުތުން ފެށިގެން 4 (ހަތަރެއް) ގަޑިއިރަށް މުއްދަތު ހިނގާގޮތަށް ނެރެފައިވާ އަމުރެއްކަމާއި، އެ އަމުރުގެ
ބާރު ހިނގާނީ އަމުރު ނެރޭ ވަގުތުން ފެށިގެން 48 ގަޑިއިރުގެ މުއްދަތަށްކަމާއި، އަދި އެ އަމުރު ނެރެފައިވަނީ20ގެ
އޮކްޓޯބަރު 2012 ގެ 19:15 ގައި ކަން އިޝާރާތްކުރެވޭ އަމުރަށް ބެލުމުން އެނގެންއޮންނައިރު، ގ.ކަމަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{014/HC-A/344
ދައްކާފައިވާ
އެވެ ކިޔާ ގޯތި ފުލުހުން ބަލާފާސްކޮށްފައިވަނީ 20 އޮކްޓޯބަރު 2012 ގެ 22:08 ގައިކަން "މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމް" އަށާއި މި މައްސަލާގައި ދެ ފަރާތުން
ވާހަކަތަކުން އެނގެންއޮތުމުން، ބ.ކަމަދޫ 3 ގެ ބަލާފާސްކުރެވިފައިވަނީ އިޝާރާތްކުރެވޭ ކްރިމިނަލް
ކޯޓުގެ ނަންބަރު 2012/578(J
(
BF-145 ކޯޓު އަމުރުގެ ބާރު ހިނގާ މުއްދަތުގައިކަން އެނގޭކަމާއި،
ގ.ކަމަދޫ 3 އަށް ވަނުމުގައި އެ ގޭގައި ދިރިއުޅޭ ބައެއްގެ ހުއްދަ ހޯދާފައިނުވާކަމަށާއި
އަމުރެއްވެސް ދައްކާފައިނުވާކަމަށް މިރުފަތު އަނީފްގެ ފަރާތުން ބުނެފައިވާއިރު، ބަލައިފާސްކުރުމަށް މިރުފަތު
ޙަނީފާއަށް ކޯޓު އަމުރު ދައްކާ ޙަވާލުކޮށްފައިވާކަމަށް ބުނެ ދައުލަތުން ހުށަހެޅި ލިޔުމުގައި، އިޝާރާތްކުރެވޭ އަމުރު
ދައްކާފައިވާކަމަށް މިރުފަތު ޢަނީފް ނަމުގައި ސޮއިކޮށްފައިވާކަން އެނގޭކަމާއި، ބުނެވުނު ސޮޔަކީ މިރުފަތު ހަނީފްގެ
ސޮޔެއްނޫންކަމަށް މިރުފަތު ހަނީފްގެ ފަރާތުން ބުނެފައިވީނަމަވެސް، ފުލުހުން ސޮއިކުރުވާފައިވަނީ ފޮތެއްގައި ނުވަތަ
ގަނޑެއްގައި ނޫންކަމަށާއި ސޮއިކުރުވީ ކޯޓު އަމުރެއްގައިކަމަށް މިރުފަތު ހަނީފްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވެން އޮތުމުން، ބަލާފާސްކުރުމުގެ ކޯޓު އަމުރުގެ
ކޮޕީއެއް މިރުފަތު ޙަނީފާއަށް ފުލުހުން ދައްކާފައިވާކަން މި މައްސަލާގައި މިރުފަތު ޒަނީފް ދައްކާފައިވާ ވާހަކަތަކުން
އެނގެން އޮންނަކަމާއި، ހުށަހެޅިފައިމިވާ މައްސަލާގައި މިރުފަތު ޙަނީފާއާ ދެކޮޅަށް ހުށަހެޅުނު ހެއްކަކީ ކްރިމިނަލް
ކޯޓުގެ ނަންބަރު 2012/578(J
(
BF-145 ކޯޓު އަމުރުގެ ބާރު ހިނގާ މުއްދަތުގައި ގ.ކަމަދޫ 3 ގެ
ބަލާފާސްކުރުމުގެ ތެރޭގައި އެތަނުން ފެނިފައިވާ މަސްތުވާތަކެތިކަން އެނގެން އޮތުމުން، އެ ހެއްކަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ނ) އާއި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް
ހޯދާފައިވާ ހެކިކަމަށް ބެލެވެން ނެތް ކަމާއި، އަދި ކޯޓު އަމުރެއްގައި ފުލުހުން ސޮއިކުރުވިކަމަށް ޚުދު މިރުފަތު
ޙަނީފާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަން ފާހަގަކުރެވެން އޮތުމުން، ބުނެވުނު ކޯޓު އަމުރުގެ
ދަށުން ފުލުހުން ގ. ކަމަދޫ 3 ގެ ބަލާފާސްކޮށްފައިވަނީ "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި
އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއާތާ ޚިލާފަށްކަމަށް
ބެލެވެންނެތްކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2{014/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ރ) ހަތަރުވަނަ ކަމަކީ، މިރުފަތު އަނީފްގެ ފަރާތުން މި މައްސަލާގެ ތަޙްޤީޤަށް ދީފައިވާ
ބަޔާނުގައި، މިރުފަތު ޙަނީފް ކުއްޔަށް ހިފައިގެން އުޅޭ ގެ ބަލާފާސްކުރުމުގެ ތެރޭގައި އަލަމާރި ވަތްގަނޑުގެ
ތަޅުދަނޑި ދިނުމަށް ފުލުހުން ބުނިކަމަށާއި، އެ ވަތްގަނޑަކީ މިރުފަތު ޙަނީފާގެ މުޙިއްމު ލިޔެކިޔުންތަކާއި ފައިސާ
ފަދަ ތަކެތި ބެހެއްޓުމަށް މިރުފަތު އަނީފް ތަޅުލާފައި ހުންނަ ތަނެއްކަމަށާއި، ނަމަވެސް އެ ވަގުތު ތަޅުދަނޑި
ބޭއްވުނު ތަނެއް ނޭނގޭކަމަށް ފުލުހުން ގާތު ބުނުމުން، ގަދަކަމުން ވަތްގަނޑު ހުޅުވިކަމަށާއި، ވަތްގަނޑުގެ
ތެރެއިން ފައިސާއާއި މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނިކަމަށާއި، މިރުފަތު ޙަނީފާއަކީ އެއްވެސް
އިރެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅޭ މީހެއްނޫންކަމަށާއި، އެ ގޭގައި މިރުފަތު ޙަނީފްގެ
އިތުރުން އުޅެނީ މަހަކު 2000ރ (ދެހާސް ރުފިޔާ) ދީގެން ގެންގުޅޭ އަންހެން ކުދިންތަކެއްކަމަށް ބުނެފައިވާއިރު،
ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި މިރުފަތު އަނީފްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް
ބަލާއިރު، މި ދަޢުވާއަށް މިރުފަތު ޒަނީފް އިންކާރުކުރާކަމަށާއި، މަސްތުވާތަކެތި ފެނިފައިވަނީ މިރުފަތު ޙަނީފް
ކުއްޔަށް ހިފާފައި ހުރި ކޮޓަރިއެއްގެ ތެރެއިންކަމަށާއި، އެ ގެއަކީ ކުދިން ކުއްޔަށް ބަހައްޓައި، ބައިވަރު މީހުން ވަދެ
އުޅޭ ގެއެއްކަމަށާއި، މަސްތުވާތަކެތި ފެނުނު ވަތްގަނޑަކީ މިރުފަތު އަނީފް ހުޅުވާ ފައިސާ ރައްކާކުރާ
ވަތްގަނޑެއްކަމަށާއި، އެހެންނަމަވެސް އެ ތަކެތި އެ ވަތްގަނޑަށް ދިޔަ ގޮތެއް މިރުފަތު ޙަނީފާއަށް ނޭނގޭކަމަށާއި،
މި ތަކެއްޗާމެދު ޒިންމާނަގާ އެހެން މީހެއް ހުރިކަމަށާއި، އެއީ ހއ.ހޯރަފުށި ! އަލިވާގެ އަޙްމަދު އަމީތުކަމަށާއި،
އެއީ އެ ގޭގައި ކައިބޮއި އުޅޭ އެ ގޭގައި ނިދާ ހަދާމީހެއްކަމަށާއި، ތަޙުޤީގު މަރުޙަލާގައި އިބްރާހީމް ޝިޔާޘް އެ
ވާހަކަ ބުނެފައިވާކަމަށް މިރުފަތު ޙަނީފާގެ ފަރާތުން ބުނެފައިވާ ކަމާއި،
އިބްރާހީމް ޝިޔާޘް މި މައްސަލާގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި 2012 އޮކްޓޯބަރު 18 ވަނަ
ދުވަހުގެ މެންދުރުގެ ވަގުތެއްގައި އަޙްމަދު އަމީން އެ ކޮޓަރީގެ މަސްތުވާތަކެތި ފެނުނު އަލަމާރި ކައިރީގައި ހުއްޓާ
ދުށިންކަމަށާއި، އޭނާގެ އަމަލުތައް ހުރިގޮތުން އެ ފެނުނު މަސްތުވާތަކެތި އަލަމާރީގެ ވަތްގަނޑު ތެރެއަށްލީ
އޭނާކަމަށް ތުހުމަތުކުރެވޭކަމަށާއި، އަޙްމަދު އަމީތުއަކީ އިބްރާހީމް ޝިޔާޘްއާއި މިރުފަތު އަނީފްގެ ރައްޓެހިކަމުގައި އެ
ގެއަށް ވަދެ ހަދާ މީހެއްކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އަޙްމަދު އަމީތު މި މައްސަލާގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި މިރުފަތު ޙަނީފާއަކީ އޭނާ ދަންނަ
ވީ
ދުވަހުގެ އެއްވެސް ވަގު
ވަގުތެއްގައި އަޙްމަދު އަމީތު މިރު
މިރުފަތުގެ
ދިރިއުޅޭ ކ.މާލެ/ ގ.ކަމަދޫ 3 ގެއަށް ގޮސް މިރުފަތު އަނީފްގެ ކޮޓަރިއަށް ވަދެ ހުއްޓާ ފެނުނުކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
10
2{14/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 20
މީހަކު ނުވަތަ ބަޔަކު ބުނާނަމަ އެ ހަދަނީ ދޮގުކަމަށް ބުނެފައިވާއިރު، އަޙްމަދު އަމީތު ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި ގ.ކަމަދޫ 3 އަކީ އަޙްމަދު އަމީތު ދިރިއުޅޭގެ ކަމަށާއި، އެގެއަށް ދަނީ
އިބްރާހީމް ޝިޔާޘްއާއި މިރުފަތު ޙަނީފާގެ ރައްޓެހިކަމުގައި ކަމަށާއި، މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ އަޙްމަދު
އަމީތް ނިދާހަދާ ކޮޓަރިކަމަށާއި، ގިނަ ވަގުތު އެ ކޮޓަރީގައި އުޅެނީ އަޙްމަދު އަމީތްކަމަށާއި، އެ ކޮޓަރިއަކީ
އަޙްމަދު އަމީތް އެކަނި ދިރިއުޅޭ ކޮޓަރިއެއްކަމަށާއި، އެ ކަބަޑުން ފެނުނު މަސްތުވާތަކެއްޗަކީ އަޙްމަދު އަމީތް
ބޭނުންކުރަން ގެންގުޅުނު މަސްތުވާތަކެތިކަމަށާއި، އެ ކަބަޑުގެ ތަޅުދަނޑި އޮންނާނީ އަޙްމަދު އަމީތުގެ
ޖީބުގައިކަމަށާއި، ބޭރަށް ގޮސްއުޅުމުގެ ތެރޭގައި އެ ތަޅުދަނޑިއާއެކު އެހެން މައްސަލައެއްގައި އަޙްމަދު އަމީތް
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި، ތަޅުދަނޑި ނެގީ ޑްރެސިންގ ޓޭބަލް މަތީގައި އޮއްވާކަމަށާއި،
އެ އަލަމާރި ތެރޭގައި އަޙްމަދު އަމީތް އެއްޗިހި ހުންނާނެކަމަށާއި، އެ ވަގުތު އިބްރާހީމް ޝިޔާޘްއާއި މިރުފަތު ޙަނީފް
ތިބީ ޓިވީބަލަންކަމަށާއި، ޕޮލިހަށް ގެންގޮސް ހައްޔަރުކުރެވިފައިވަނީ އޭގެ އަނެއް ދުވަހުކަމަށް އަޙްމަދު އަމީތް
ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
1421718
)
2 20
(ރ) ފަސްވަނަ ކަމަކީ: ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ
މާއްދާތަކަށް ބަލާއިރު ޓްރެފިކްކުރިކަމަށް ބަލަން އޮންނަ ހަމަތަކާއި މިންގަނޑުން
ކުށްސާބިތުނުވާއިރު ކުށް ސާބިތުވާކަމަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރާއިރު،
ގ.ކަމަދޫ 3 ގެ ބަލާފާސްކުރަނިކޮށް އެ ގޭގެ ތިރީބައިގައި ހުރި ކޮޓަރީގެ ތެރޭގައި ހުރި
އަލަމާރިއެއްގެ ވަތްގަނޑުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާކަމަށް ޚާދިސާ ހިނގާދިޔަތަނަށް ދިޔަ
ފުލުހުންކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް ޙުސައިން ރަޝީދުއާއި، ކޯޕްރަލް ނަހްސަން
ކޯޕްރަލް ޙައްމާދު ޢަބްދުﷲއާއި، ލާންސް ކޯޕްރަލް އަޙްމަދު ޝަފާޒްއާއި ލާންސް ކޯޕްރަލް
މުޙައްމަދު ޙުސައިންގެ ހެކިބަހުން އެނގެން އޮންނަކަމާއި، އަދި ބުނެވުނު ތަކެތި ތަޙްލީލުކުރި އިރު، އެ ތަކެތީގައި
ޖުމްލަ ބަރުދަނުގައި 11.9399 ގްރާމް ޑައިމޯފިން ހުރިކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
2012
/
1541/Ke
)
/
DR ލެބޯރޓްރީ ތަޙުލީލު ރިޕޯޓުން އެނގެން އޮންނަކަމާއި،
ބުނެވުނު މަސްތުވާތަކެއްޗަކީ، މިރުފަތު އަނީފް ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރީގައި ހުރި
އަލަމާރިއެއްގެ ތެރޭގައި ހުރި ވަތްގަނޑެއްގެ ތެރެއިން ފެނިފައިވާ ތަކެތިކަމާމެދު މިރުފަތު ޙަނީފާގެ ފަރާތު
އެއްބަސްވާކަމާއި، އަދި އެ ވަތްގަނޑަކީ މިރުފަތު އަނީފްގެ މުޙިއްމު ލިޔެކިޔުންތަކާއި ފައިސާ
ކހ/1111،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
11
2{14/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަހައްޓާ ވަތްގަނޑެއްކަމަށާއި، އެ ވަތްގަނޑު ބޭނުންކުރާ އިތުރު މީހަކު އެނގިގެން ނުހުންނާނެކަމަށާއި،
ވަތްގަނޑު ބަހައްޓަނީ ތަޅުލާފައިކަން މިރުފަތު ޙަނީފް ކްރިމިނަލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން
އޮންނައިރު، އެ ވަތްގަނޑަކީ މިރުފަތު ޙަނީފްގެ މުޙިއްމު ލިޔެކިޔުންތަކާއި ފައިސާ ރައްކާކޮށްފައި ބަހައްޓައިގެން
ގެންގުޅޭ ތަޅުލާފައި ހުންނަ ވަތްގަނޑެއްކަމަށާއި، އެ ވަތްގަނޑު ހުޅުވާ ލައްޕާ ހަދަނީ މިރުފަތު ޙަނީފާކަމަށް
މިރުފަތު އަނީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ބުނެފައިވާކަމާއި، އަދި މިރުފަތު އަނީފްއަކީ
މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅޭ މީހެއްނޫންކަމަށް މައްސަލާގެ ތަޙުޤީޤުގައާއި ދަށުކޯޓުގައިވެސް
މިރުފަތު ޙަނީފާގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެން އޮންނައިރު،
އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/588 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 19 ވަނަ ނުކުތާގައި މި މައްސަލައާ ގުޅިގެން މިރުފަތު
ޙަނީފްގެ ކުށުގެ ރެކޯޑް ސާފުކޮށް ބެލިބެލުމު މީގެ ކުރިން މީނާގެ މައްޗަށް
ބާވަތުގެ ކުށެއް ޝަރީޢަތަށް
ސާބިތުވެފައިނުވާކަމަށް ފާހަގަ ކުރައްވާފައިވާކަން އެނގެން އޮތުމުން،
ޤާނޫނު ނަންބަރު
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު)
މިރުފަތު ޙަނީފާއަކީ ޕެޑްލަރެއްނޫން (މަސްތުވާތަކެ
ދެވިހިފާފައިނުވާ މީހެއް) ކަން އެނގޭކަމާއި، މިރުފަތު އަނީފްގެ އަތުން ފެނިފައިވާ މަސްތުވާތަކެތީގެ ޖުމްލަ
ބަރުދަނުގައި 11.9399 ގްރާމް ހުރިކަން އެ ތަކެތީގެ ތަޙްލީލް ރިޕޯޓުން އެނގެންއޮންނާތީ، ބުނެވުނު ޤާނޫނުގެ
142 ވަނަ މާއްދާގެ (ހ) އަށާއި 135 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް،
ޔަތްކޮށް، މިރުފަތު ޙަނީފަކީ މަސްތުވާތަކެތި
ޓްރެފިކްކުރާ މީހެއްކަމަށް ބެލެވެން އޮންނަ ކަމެވެ.
79ވ
މި
11/2011
22 22&
2008/SC-A/08
02x
(ބ) ހަވަނަ ކަމަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ، އިސްތިސްނާއެއްނެތި މުޠުލަޤު މަސްއޫލިއްޔަތު ޤާނޫނީ
އުފުލަންޖެހޭ ކުށެއްކަމާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ
މަސްއޫލިއްޔަތު އުފުލުމަށް ފުދޭ ކާފީ "ޤާނޫނީ ޤާރީނާ" އެއްކަން ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ
ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ނައްސުން ކަނޑައެޅިގެން އެނގެން އޮންނަކަމަށް އެ
ޤަޟިއްޔާގައި ފާހަގަ ކުރައްވާފައިވާ ކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 07/SC
-
A/2010 ޤަޟިއްޔާގައި ކޮންމެ މީހަކީވެސް
އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުންނަ ތަކެއްޗާމެދު ޒިންމާ އުފުލަންޖެހޭ މީހަކަށްވާއިރު،
ތަކެއްޗާމެދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
12
2{14/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހ 4
2 ބ 2
.ޤުން
އުފުލަންޖެހޭ ފަރާތެއް ނުދެއްކޭހާ ހިނދަކު ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ
އެމީހެއްގެ ހިޔާޒަތުގައި ދަށުގައި އެއެއްޗެއް ހުރި މީހާކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެ މީހެއްގެ ހިޔާޒަތުގެ
ދަށުން ފެނިފައިވާ މަސްތުވާތަކެއްޗާއި މެދު ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޒިންމާ އުފުލަންޖެހޭ އެހެން
ފަރާތެއް ދެއްކިއްޖެނަމަ، އެ މީހަކީ އެ ކުށުގެ ޒިންމާއިން ބަރީޢަވެގެ މީހެއްކަން ކޯޓުގެ ނަންބަރު
212/HC
-
A/2009 ޤަޟިއްޔާއަ
ކިޔާއަށް ބެލުމުން އެނގޭކަމާއި،
އެ ގޮތުން، މީހެއްގެ އަތުން ނުވަތަ މީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެނިފައިވާ
ޙާލަތުގައި، އެ ތަކެއްޗަކީ އެމީހެއްގެ އަތުން އެތަކެތި ފެނުނުމީހާގެ އެއްޗެއް ނޫން ކަމަށް ނުވަތަ އެ ތަކެއްޗަކީ
މިވެނި މީހެއްގެ ތަކެތިކަމަށް ހަމައެކަނި ބުނެލާ ބުނުމަކުން އެ ތަކެއްޗާމެދު އުފުލަންޖެހޭ ޒިންމާއިން ބަރީޢަ
ނުވެވޭނޭކަމާއި، ނަމަވެސް، މައްސަލާގެ ޙާލަތާއި، ވަގުތާއި އަދި އެކަމުގައި ވަށައިގެންވާ ކަންކަމުގެ މައްޗަށް
ރިޢާޔަތްކުރަން ޖެހޭކަން މިކޯޓުގެ ނަންބަރު 151/HC
-
A/2014 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަށް
0994
2
27,
22
0
xތ
ބޭނުންކޮށް
އިސްވެ ޙަވާލާދެވުނު އުޞޫލުތައް ހުށަހެޅިފައިވާ މައްސަލައަށް ތަޠްބީޤްކުރާއިރު، މި މައްސަލާގައި
މަސްތުވާތަކެތި ފެނިފައިވަނީ މިރުފަތު ޙަނީފް ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރިއެއްގައި ހުރި އަލަމާރިއެއްގެ
ވަތްގަނޑަކުންކަމާއި، އެ ވަތްގަނޑަކީ މިރުފަތު ޙަނީފާ ތަޅުލައިގެން ގެންގުޅޭ ވަތްގަނޑެއްކަމަށް މިރުފަތު ޙަނީފްގެ
ފަރާތުން ދަށުކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ބުނެފައިވާއިރު، މައްސަލާގެ ތަޙްޤީޤުގައި މިރުފަތު
ޙަނީފާއަކީ މަސްތުވާތަކެތި ގެންގުޅޭ މީހެއްނޫންކަމަށް ބުނިނަމަވެސް، އެ ތަކެއްޗަކީ އެހެންމީހެއްގެ
ތަކެތިކަމަށާއި އަދި އެ ކޮޓަރީގައި އަޙްމަދު އަމީތް ކިޔާ މީހަކު އުޅޭކަމަށް މިރުފަތު ޙަނީފްގެ ފަރާތުން
ބުނެފައިނުވާކަމާއި، އަދި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެވުނު ވަތްގަނޑަށް މަސްތުވާތަކެތި އައި
ނޭނގޭކަމަށް މިރުފަތު ޙަނީފާގެ ފަރާތުން ބުނުމަށްފަހު، އެ ތަކެއްޗަށް އަޙްމަދު އަމީތް ޒިންމާވާކަމަށް
ބުނެފައިވާކަމާއި، އަޙްމަދު އަމީތް ކްރިމިނަލް ކޯޓުގައި އެ ތަކެއްޗަކީ އަޙްމަދު އަމީތް ބަހައްޓާފައިހުރި
ތަކެތިކަމަށާއި، އެ ކޮޓަރިއަކީ އަޙްމަދު އަމީތް ދިރިއުޅޭ ކޮޓަރިކަމަށް ބުނެފައިވާއިރު، އަޙްމަދު އަމީތް މި
މައްސަލައިގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި މިރުފަތު ޙަނީފާއަކީ، އަޙްމަދު އަމީތް ދަންނަ މީހެއް ނޫންކަމަށާއި،
މި މައްސަލައިގެ ހާދިސާ ހިނގި ދުވަހު މިރުފަތު ޙަނީފާ ދިރިއުޅޭ ގެއަށް ގޮސްފައިނުވާނެކަމަށް ބުނެފައިވާކަން
ފާހަގަ ކުރެވެން އޮތުމުން، އަޙްމަދު އަމީތް މި މައްސަލާގެ ތަޙްޤީޤުގައާއި ކްރިމިނަލް ކޯޓުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަ ކުރެވުމުގެ އިތުރަށް،
کر فری
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
13
2{14/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3
މިރުފަތު ޙަނީފާއާއި އަޙްމަދު އަމީތް ދައްކާފައިވާ ވާހަކަތަކުގައިވެސް ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ފާހަގަ
ކުރެވޭކަމާއި،
މަސްތުވާތަކެތި ފެނިފައިވާ ވަތްގަނޑަށް އެ ތަކެތި ލާފައިވަނީ އަޙްމަދު އަމީތުކަމަށާއި، އަޙްމަދު
އަމީތުގެ ޖީބުގައި އެ ވަތްގަނޑުގެ ތަޅުދަނޑި އޮއްވާ ހާދިސާ ހިނގި ދުވަހުގެ އެއްދުވަސް ކުރިން އެ
ތަޅުދަނޑިއާއެކު އަޙްމަދު އަމީތު އެހެން މައްސަލައެއްގައި ހައްޔަރުކުރެވުނުކަމަށް އަޙްމަދު އަމީތް ކްރިމިނަލް
ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/588 ޤަޟިއްޔާގެ
ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 13 ވަނަ ނުކުތާގައި، އަޙްމަދު އަމީތު 2012
އޮކްޓޯބަރު 19 ވަނަ ދުވަހުގެ 18:15 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުއިރު، އަޙްމަދު އަމީތުގެ
އަތުން ފުލުހުން ނެގި ތަކެތީގެ ތެރޭގައި 3 (ތިނެއް) ތަޅުދަނޑި ހިމެނޭކަމަށް ދަޢުލަތުން ބުނެފައިވާކަމަށް ފާހަގަ
ކުރައްވާފައިވާ ކަމާއި، ފުލުހުންގެ ބެލުމުގެ ދަށަށް އަޙްމަދު އަމީތް ގެންދެވުނު އިރު ނާގެ އަތުން
ތަޅުދަނޑިތަކެއް ފެނިފައި ވީނަމަވެސް، އެ ތަޅުދަނޑިތަކަކީ މިރުފަތު ޙަނީފާގެ ވަތްގަނޑުގެ ތަޅުދަނޑިކަން މި
މައްސަލާގައި ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅުނު އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތް ކަމާއި، އަދި އެ
ކަން ސާބިތުކުރުމުގެ ގޮތުން މިރުފަތު އަނީފްގެ ފަރާތުން އެއްވެސް ވާހަކައެއް ދައްކާފައިނުވާކަން
ފާހަގަކުރެވޭކަމާއި، މައްސަލައިގެ ހާދިސާ ހިނގާދިޔަ ދުވަހުގެ އެއް ދުވަސްކުރިން އަލަމާރީގެ ވަތްގަނޑުގެ
ތަޅުދަނޑިއާއެކު ހައްޔަރު ކުރެވުނުކަމަށް އަޙްމަދު އަމީތުގެ ފަރާތުން ދަށުކޯޓުގައި ބުނެފައިވާއިރު، އެ
ވަތްގަނޑުގައި ރައްކާކޮށްފައި ހުންނަނީ މިރުފަތު ޒަނީފްގެ މުޙިއްމު ލިޔެކިޔުންތަކާއި ފައިސާކަމަށް މިރުފަތު
ހަނީފްގެ ފަރާތުން ބުނެފައިވާކަމާއި، އަދި ފުލުހުން މިރުފަތު ހަނީފް ދިރިއުޅޭ ގެ ބަލާފާސްކުރަން ދިޔައީ،
ތަޅުދަނޑިއާއެކީ އަޙްމަދު އަމީތު ހައްޔަރު ކުރެވުނުތާ އެއްދުވަސް ފަހުންކަން މި މައްސަލާގައި ދައްކާފައިވާ
ވާހަކަތަކުން އެނގެން އޮންނައިރު، މިރުފަތު އަނީފްގެ މުޙިއްމު ލިޔުންތަކާއި ފައިސާ ރައްކާކޮށްފައި ހުރި
ވަތްގަނޑުގެ ތަޅުދަނޑި އެހެން މީހެއްގެ ނުވަތަ ފަރާތެއްގެ ބެލުމުގެ ދަށުގައިވާކަމަށް ނުވަތަ ގެންގުޅޭކަމުގެ
އެއްވެސް ވާހަކައެއް މިރުފަތު ޙަނީފްގެ ފަރާތުން ބުނެފައިނުވާކަން ފާހަގަކުރެވޭތީއާއި، މި މައްސަލާގައި ފެނިފައިވާ
މަސްތުވާތަކެއްޗަކީ އަޙްމަދު އަމީތުގެ ތަކެތިކަމަށް އަޙްމަދު އަމީތު ބުނެފައިވާ ބުނުން ފިޔަވައި، އެކަމަށް ބާރު
ލިބިދޭ އެހެން އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަހެޅިފައިނުވާތީއާއި، މައްސަލާގައި ކަންހިނގާފައިވާ ގޮތަށާއި،
ދައްކާފައިވާ ވާހަކަތަކުގައި ހުރި ފުށުއެރުންތަކަށާއި، އަދި މައްސަލާގެ ވަށައިގެންވާ އެހެނިހެން ކަންކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
14
2{014/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 22
ޤަޅ
04 04
ރިޢާޔަތްކުރާއިރު، އަޙްމަދު އަމީތުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ހެކިބަހަކީ
މިރުފަތު ޙަނީފް ކުށުން ބަރީޢަކުރުމަށް ޙަޤީޤަތާ ޚިލާފަށް ދީފައިވާ ހެކިބަހެއްކަމަށް ބެލެވެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 212:HC
-
A;2009 ޤަޟިއްޔާއަށް ބަލާއިރު، އެ
ޟިއްޔާއާއި އިސްތިއުނާފުކުރެވޭ ޤަޟިއްޔާއާއި ހުރި ތަފާތަކީ މިކޯޓުގެ ނަންބަރު 212/HC
-
A/2009
ޤަޟިއްޔާގައި މަސްތުވާތަކެތި ފެނިފައިވަނީ ބަންދުކޮށްގެން ގެންގުޅޭ ފޮށި، އަލަމާރި ފަދަ ވަތްގަނޑަކުން
ނޫންކަމާއި، ނަމަވެސް، މަސްތުވާތަކެތި ފެނިފައިވަނީ އިބްރާހީމް ނާފިޛުގެ ކޮޓަރީގައި ހުރި އަލަމާރިއެއްގެ މަތީގައި
އޮތް ސިޓީއުރަ އަކުންކަމާއި، އެ ކޮޓަރިއަކީ އިބްރާހީމް ނާފިޛުގެ ރައްޓެހިން ވަދެ ނިކުމެ ހަދާ ކޮޓަރިއެއްކަމަށް
އިބްރާހީމް ނާފިޘްގެ ފަރާތުން ބުނެފައިވާއިރު، އެ ތަކެއްޗާއި އިބްރާހީމް ނާފިޘްއާއި ހުރި ގުޅުން ބަޔާންކޮށްދޭ
އެއްވެސް ހެއްކެއް ޤަރީނާއެއް އެ ޤަޟިއްޔާގައި ހުށަހަޅާފައިނުވާކަމާއި، އެގޮތަށް އަލަމާރި މަތީގައި ސިޓީ އުރައެއް
ބޭއްވުމަކީ އެ ކޮޓަރިއަށް ވަދެ ނިކުމެހަދާ މީހަކު ކޮށްފާނެ ކަމެއްކަމުގެ އިޙްތިމާލު އޮތުމުންކަމަށް އެ ޤަޟިއްޔާގައި
ފާހަގަ ކުރައްވާފައިވާ ކަމާއި،
އެއާ ޚިލާފަށް، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ޤަޟިއްޔާގައި މަސްތުވާތަކެތި ފެނިފައިވަނީ
މިރުފަތު ޙަނީފް ކުއްޔަށް ހިފައިގެން އުޅޭ އެޕާޓްމަންޓްގައި ހުރި ކޮޓަރިއެއްގައި ހުރި އަލަމާރިއެއްގެ ތެރޭގައި ހުރި
ވަތްގަނޑަކުން ކަމުގައިވާއިރު، އެ ވަތްގަނޑަކީ މިރުފަތު ޙަނީފާގެ މުޙިއްމު ލިޔެކިޔުންތަކާއި ފައިސާ ރައްކާކޮށްފައި
ތަޅުލާފައި ބަހައްޓާ ވަތްގަނޑެއްކަމަށާއި، އެ ވަތްގަނޑު އެހެން މީހަކު ބޭނުންނުކުރާކަން މައްސަލާގައި
މިރުފަތު ޙަނީފް ދަށު ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން، މިރުފަތު
ޙަނީފާ ތަޅުލައިގެން ގެންގުޅޭ ބުނެވުނު ވަތްގަނޑަކުން މަސްތުވާތަކެތި ފެނުމަކީ އެއްވެސް އިސްތިސްނާއެއްނެތި
މުޠުލަޤު މަސްޢޫލިއްޔަތު އުފުލަންޖެހޭ ކުށެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 08/SC
-
A/2008
ޤަޟިއްޔާއަށް ރިޢާޔަތްކުރުމުން އެނގެން އޮންނަކަމާއި، އަދި ބުނެވުނު މަސްތުވާތަކެއްޗާމެދު ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު އަމީތު ޒިންމާ ނަގާފައިވާކަން އެނގެން އޮތްނަމަވެސް، އަޙްމަދު އަމީތުގެ ބަހަށް
ބާރު ލިއްބައިދޭ އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ހުށަހެޅިފައިނުވާތީއާއި، އޭނާގެ ހެކިބަހުގައި ހުރި
ފުށުއެރުންތަކާއި، މައްސަލައިގެ ހަދިސާ ހިނގި ވަގުތާއި، ޙާލަތާއި، އަދި މައްސަލާގެ ވަށައިގެންވާ އެހެނިހެން
ކަންކަމަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 151/HC
-
A/2014 ޤަޟިއްޔާގައި
ކަނޑައަޅާފައިވާ ފަދައިން ހަމައެކަނި އަޙްމަދު އަމީތް ބުނެލާ ބުނެލުމެއްގެ މައްޗަށް ރިޢާޔަތްކޮށް، މިރުފަތު ޙަފުގެ ހަ
ޒިންމާއިން ބަރީޢަ ނުވެވޭނޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{014/HC-A/344
އެހެންކަމުން، މިރުފަތު ޙަނީފާ ތަޅުލައިގެން ގެންގުޅޭ އޭނާގެ މުހިއްމު ލިޔެކިޔުންތަކާއި ފައިސާ
ރައްކާ ކުރުމަށް ގެންގުޅޭ ވަތްގަނޑުން ފެނިފައިވާ މަސްތުވާތަކެތީގެ ޒިންމާ މިރުފަތު ޙަނީފް ފިޔަވައި އުފުލަންޖެހޭ
އެހެން ފަރާތެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން މިރުފަތު ޙަނީފާއަށް ދެއްކިފައިނުވާތީ، ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/Cr
-
C/588 ޤަޟިއްޔާގައި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް މިރުފަތު އަނީފްގެ މައްޗަށް
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު
2013/Cr
-
C/588 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދަފްތަރު ނަންބަރު 5652| މާލެ، މިރުފަތު ޙަނީފާގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ކްރިމިނަލް ކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާގެ ޙުކުމަށް
ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މި ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
0
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv