ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/320 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/320
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 320/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތްތައް:
• ނަން: ޙަބީބާ ޙުސައިން ޙަބީބް
އައިޑީ
ދާއިމީ އެޑްރެސް: މއ. މާންދޫވިލާ މާލެ
މިހާރުގެ އެޑްރެސް: މއ. މާންދޫވިލާ މާލެ
A056582 :
0
އިސްތިއުނާފް ރައްދުވި ފަރާތްތައް:
ނަން: އެޓާރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު:-
ދާއިމީ އެޑްރެސް: އެޓާރނީ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: އެޓާރނީ ޖެނެރަލްގެ އޮފީސް
*
L
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 05 ޞަފަރު 1436
27 ނޮވެމްބަރ 2014
ނިމުނު ތާރީޚް: 17 މުޙައްރަމް 1438
18 އޮކްޓޯބަރ 2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cv-C/531
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް
ފަނޑިޔާރު އގ.ޢަލީ ސަމީރު، އިސްފަނޑިޔާރު އޗ.ޢަބްދުﷲ ދީދީ، ފަނޑިޔާރު އޖ.ޢަބްދުﷲ ޙަމީދު
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ތަން ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/320
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/531 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މާންދޫވިލާ
ޙަބީބާ ޙުސައިން ޙަބީބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
2 2 2 4 8
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް
01- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/531 ޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މއ. މާންދޫވިލާ ޙަބީބާ ޙުސައިން ޙަބީބު (ދ.ރ. ކާޑު ނަންބަރު
A056582) އަށް 01 ނޮވެންބަރު 1968 ވަނަ ދުވަހުން ފެށިގެން ވަރުވާއަށް ލިޔެދީފައިވާ އަތޮޅު
މާރިކިލު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކުއްލިގޮތަކަށް 29 ސެޕްޓެމްބަރު
2013 ވަނަ ދުވަހުންފެށިގެން ވަކިކޮށްފައިވާކަމަށްބުނެ، އެގޮތަށް ވަކިކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 40 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 21
ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައި އެ ނިންމުން ބާޠިލްކޮށްދެއްވުމަށް އެދި މިނިސްޓްރީ
އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ޙަބީބާ ޙުސައިން
ޙަބީބު ދަޢުވާކުރުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
އެމައްސަލައިގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، މއ. މާންދޫވިލާ ޙަބީބާ ޙުސައިން
ޙަބީބު (ދ. ރ ކާޑް ނަންބަރު: A056582) އަށް 01 ނޮވެންބަރު 1968 ވަނަ ދުވަހުން ފެށިގެން
ވަރުވާއަށް ލިޔެދީފައިވާ ބ. އަތޮލު މާރިކިލު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން
ކުއްލިގޮތަކަށް 29 ސެޕްޓެމްބަރު 2013 ވަނަ ދުވަހުންފެށިގެން ވަކިކޮށްފައިވާތީ، އެގޮތަށް ވަކިކުރުމަކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނޑުދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް: www.highcourt.gov.mv
ޤާޖޫ42
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/320
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 40 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 4/91
(ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައި އެ ނިންމުން
ބާޠިލްކޮށްދެއްވުމަށް އެދި މިނިސްޓްރީ އޮފް ފިޝަރީޒް އެންދް އެގްރިކަލްޗަރ އަށް ދަޢުވާ ރައްދުވާގޮތަށް
ދިވެހި ދައުލަތުގެ މައްޗަށް ޙަބީބާ ޙުސައިން ޙަބީބު ދަޢުވާކޮށްފައިވާހިނދު،
1 2
އަޅު
4
ދ 2 ހއ
ފަރުވާއަށް
ދަޢުވާއަށް ދައުލަތުގެ ފަރާތުން އިންކާރުކޮށްފައިވާކަމާއި، 01 ނޮވެންބަރު 1968 ވަނަ ދުވަހުން
ފެށިގެން ޙަބީބާ ޙުސައިން ހަބީބު އަށް އަތޮޅު މާރިކިލު ފަޅުރަށް ވަރުވާއަށް ލިޔެދީފައިވާކަމާއި،
މާރިކިލު 29 ސެޕްޓެމްބަރު 2013 ވަނަ ދުވަހު ޙަބީބާ ޙުސައިން ޙަބީބުގެ އަތުން
ވަކިކޮށްފައިވާކަން އެނގެން އޮންނަކަމާއި، ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށަކީ ދައުލަތުގެ މިލްކެއްކަމާއި،
ލިޔެދިނުމަކީ ފަޅުރަށްރަށަށް ދިރުވާ އާލާކޮށް ބެލެހެއްޓުމަށް ޙަވާލުކުރެވޭ ޙަވާލުކުރެވުމެއްކަމާއި،
ލިޔެދީފައިވާ ފަޅުރަށެއް ވަކިކުރެވޭ ގޮތްތަކަކީ ކޮބައިތޯ ބަލާއިރު ޤާނޫނު ނަންބަރު 20/98
(ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ނުވަތަ ބުނެވިދިޔަ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދަކާއި ނުވަތަ އެ
ރަށެއް ވަރުވާއަށް ލިޔެދިނުމުގެ ޝަރުތަކާ ޚިލާފު ނުވާނަމަ ބުނެވިދިޔަ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައިވާ
ގޮތުގެ މަތީން ވަރުވާއަށް ލިޔެދީފައިވާ ފަރާތަށް ބަދަލުދީފައި ވަކިކުރެވިދާނެކަން ބުނެވިދިޔަ ޤާނޫނުގެ 9
ވަނަ މާއްދާއިން އެނގެން އޮންނަކަމާއި، "ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ބެހޭ ޤަވާޢިދު" އަށް ބަލާއިރު
ވަރުވާއަށް ލިޔެދީފައިވާ ރަށެއް ވަކިކުރެވިދާނެ ޙާލަތްތަކުގެ ތެރޭގައި ދައުލަތުގެ ބޭނުމަކަށް ނުވަތަ ސަރުކާރު
ރާ މަސައްކަތެއް ކުރުމަށް ނުވަތަ ރާއްޖޭގެ ދިފާއަށްޓަކައި އަޅަންޖެހޭ ފިޔަވަޅަކާ ގުޅިގެން އެ ރަށެއް
ވަކިކުރެވިދާނެކަން ބުނެވިދިޔަ ޤަވާޢިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
އަތޮޅު މާރިކިލު؛
ކިޔާ ފަޅުރަށް ޙަބީބާ ޙުސައިން ޙަބީބު ގެ އަތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން
29 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ޙަބީބާ ހުސައިން ޙަބީބު އަށް ފޮނުވި ސިޓީއަށް ބަލާއިރު އެރަށް
ވަކިކޮށްފައިވަނީ ދައުލަތުގެ ބޭނުމަކަށް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވާކަމާއި، ބަދަލުގެ ގޮތުގައި 2
އަހަރުދުވަހުގެ ވަރުވާއަށްވާ ފައިސާ ލިބިދެވޭނެކަން އަންގާފައިވާކަމާއި، އަދި ޙަބީބާ ޙުސައިން ޙަބީބުގެ
އެއްވެސް މުދަލެއް ވާނަމަ 30 ދުވަހުގެ ތެރޭގައި އެރަށުން ގެންގޮސް ނިންމެވުމުގެ ފުރުޞަތު ޙަބީބާ
ޙުސައިން ޙަބީބުއަށް ލިބިދީފައިވާކަން އެނގެން އޮންނަކަމާއި، ވަރުވާއަށް ލިޔެދީފައިވާ ރަށެއް ބުނެވިދިޔަ
ފަދައިން ވަކިކުރާނަމަ ބަދަލުގެ ގޮތުން އެރަށެއްގެ 2 (ދޭއް) އަހަރުދުވަހުގެ ވަރުވާއާ އެއްވަރު ޢަދަދެއްގެ
29
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން، ތީމުގޭ ނަޓަގު(ދެޙާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/320
10
ފައިސާ ރަށް ވަކިކުރެވުނު ފަރާތަށް ދޭންވާނެކަން "ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ބެހޭ ޤަވާޢިދު" ގެ 10
ވަނަ މާއްދާއިން އެނގެން އޮތްހިނދު، ވަރުވާއަށް ލިޔެދީފައިވާ އަތޮޅު މާރިކިލު ކިޔާ ފަޅުރަށް ޙަބީބާ
ޙުސައިން ޙަބީބުގެ އަތުން ވަކިކޮށްފައިވަނީ ބަދަލުގެ ގޮތުން 2 (ދޭއް) އަހަރުދުވަހުގެ ވަރުވާގެ ޢަދަދަށްވާ
ފައިސާ ލިބޭގޮތަށްކަން ދަޢުވާކުރާ ފަރާތުގެ ބަހުންވެސް އެނގެން އޮންނަކަމަށްޓަކައި،
ބ. އަތޮޅު މާރިކިލު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން 29 ސެޕްޓެމްބަރު
2013 ވަނަ ދުވަހުންފެށިގެން ޙަބީބާ ޙުސައިން ޙަބީބު ގެ އަތުން ވަކިކޮށްފައިވަނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 40 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ
ޤާނޫނު) ގެ 21 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 20/9 (ދިވެހިރާއް
ހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު)
އެ ޤާނޫނުގެ ދަށުން ހެދިފައިވާ "ދިވެހިރާ
ޚިލާފަށްކަމަށް
ކަނޑައަޅާނެތަނެއް ނެތްކަމަށް ޙުކުމްކޮށްފީމެވެ."މިފަދައިންނެވެ.
22
4 ޑ
.ރ.އޖޭ3
ހގ ހށ ފޗ ޑ 4
ފަޅުރަށްރަށުބޮހޭ
ޤަވާޢިދު"
02- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/531 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި މއ. މާންދޫވިލާ
ޙަބީބާ ޙުސައިން ޙަބީބުގެ ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާއަކީގެ
ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއިން
ކަށަވަރުކޮށްދީފައިވާ މުދާހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤާއި ތަޢާރަޒްވާގޮތަށް މައްސަލަ ނިންމަވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާއެ
ކިތައްފ.
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 124/HC-A/2012 ނަންބަރު
ޤަޟިއްޔާއިން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކުރުމަކާނުލައި މައްސަލަ ނިންމަވާފައި
ވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/320
03- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/531 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި މާންދޫވިލާ
ޙަބީބާ ޙުސައިން ޙަބީބުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުން ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
CU O
0ކށް
42
ދ 2
3
4
2 ހއ
ރއދިޤަށް
UCOCOO
(ހ) ފުރަތަމަކަމަކީ، މާންދޫވިލާ ޙަބީބާ ޙުސައިން ޙަބީބުގެ ފަރާތުން ދައުލަތުގެ މައްޗަށް
ސިވިލްކޯޓުގައި އުފުލި ދަޢުވާއަކީ، ބ.އަތޮޅު މާރިކިލު އެވެ ކިޔާ ފަޅުރަށް 01 ނޮވެމްބަރ
1968 ވަނަ ދުވަހުން ފެށިގެން ޙަބީބާ ޙުސައިން ޙަބީބަށް ވަރުވާއަށް ލިޔެދީފައިވަނިކޮށް، މިރަށް ޙަބީބާ
ޙުސައިން ޙަބީބުގެ އަތުން 29 ސެޕްޓެމްބަރ 2013 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ފިޝަރީޒް
އެންޑް އެގްރިކަލްޗަރ އިން ވަކިކުރިކުރުމަކީ ޤާނޫނު އަސާސީގެ 40 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު
4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައި މިނިސްޓްރީ
އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އެ ނިންމުން ބާޠިލްކޮށްދެއްވުމަށް އެދި ހުށަހެޅުމުން ބެލުނު
މައްސަލައެއްކަން އެނގެން އޮންނައިރު، ޙަބީބާ ޙުސައިން ޙަބީބަށް ބ.އަތޮޅު މާރިކިލު ވަރުވާއަށް ލިބުމުގައި
ދައުލަތާއި ޙަބީބާ ޙުސައިން އާއި ދެމެދު ލިޔެކިޔުމުންވެފައިވާ އެއްވެސް އެއްބަސްވުމެއް މިމައްސަލައިގެ
ތެރޭގައި ހުށަހެޅިފައިނުވާކަން އެނގެން އޮންނަކަމާއި އެހެންނަމަވެސް 01 ނޮވެމްބަރ 1968 ވަނަ
ދުވަހުން ފެށިގެން ޙަބީބާ ޙުސައިން ޙަބީބަށް ބ.އަތޮޅު މާރިކިލު ވަރުވާއަށް ލިޔެދިންކަން އަދި 29
ސެޕްޓެމްބަރ 2013 ގައި އެރަށް ޙަބީބާ ޙުސައިން ޙަބީބުގެ އަތުން ވަކިކުރެވިފައިވާކަމަށް ޙަބީބާ ޙުސައިން
ޙަބީބުގެ ފަރާތުން ބުނާ ބުނުމަށް ދައުލަތުގެ ފަރާތުން އިންކާރު ނުކުރާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ، ޤާނޫނު ނަންބަރު 20/08 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ ދަށުން
ހެދިފައިވާ ޤަވާޢިދުގެ 9 ވަނަ މާއްދާގައި، ދައުލަތުގެ ބޭނުމަކަށް ނުވަތަ ސަރުކާރު ޤަބޫލުކުރާ
މަސައްކަތެއްކުރަން އެރަށެއް ވަރުވާއަށް ލިޔެގެން އުޅޭ ފަރާތެއްގެ ކިބައިން ވަކިކުރެވިދާނެކަން އެނގެން
އޮންނައިރު، ވަރުވާއަށް ލިޔެގެން އުޅޭ ފަރާތެއްގެ ކިބައިން އެރަށެއް ވަކިކުރާނަމަ ބަދަލުގެ ގޮތުގައި
ދޭންޖެހެނީ އެރަށެއްގެ ދެއަހަރުދުވަހުގެ ވަރުވާއާ އެއްވަރުގެ ޢަދަދެއްގެ ފައިސާކަމަށް އެޤަވާޢިދުގެ 10 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
6
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/320
c etc
މާއްދާގައި ބުނެފައިވާކަން އެނގެން އޮންނަކަމާއި، ޙަބީބާ ޙުސައިން ޙަބީބަށް ވަރުވާ އަށް ލިޔެދީފައިވާ
މާރިކިލުއެވެ ކިޔާ ރަށް ޙަބީބާ ޙުސައިން ޙަބީބުގެ ގެ އަތުން ވަކިކުރުމަށް ދައުލަތުގެ ފަރާތުން
ނިންމަވާފައިވަނީ ދައުލަތުގެ ބޭނުމަކަށްކަން އަދި މިގޮތަށް ވަކިކުރެވޭ އިރު ބަދަލުގެ ގޮތުގައި 2 އަހަރު
ދުވަހުގެ ވަރުވާއަށްވާ ފައިސާ ލިބިދެވޭނެކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން
ޙަބީބާ ޙުސައިން ޙަބީބަށް އަންގާފައިވާކަމާއި، މީގެ އިތުރުން ޙަބީބާ ޙުސައިން ޙަބީބުގެ އެއްވެސް މުދަލެއް
މާރިކިލުގައިވާނަމަ އެމުދަލެއް 30 ދުވަހުގެ ތެރޭގައި އެރަށުން ގެންގޮސް ނިންމުމުގެ ފުރުސަތު
ޙަބީބާ ޙުސައިން ޙަބީބަށް ދައުލަތުގެ ފަރާތުން ދީފައިވާކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް
އެގްރިކަލްޗަރ އިން 29 ސެޕްޓެމްބަރ 2013 ގައި ޙަބީބާ ޙުސައިން ޙަބީބަށް ފޮނުވާފައިވާ ސިޓީއަށް
ބެލުމުން އެނގެން އޮންނަކަމެވެ.
ހ3
4 ، 332
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 20/08 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާއިބެހޭ
ޤާނޫނު) އަށް ބެލުމުން ވަރުވާއަށް ދޫކުރެވޭ ރަށްރަށުގެ ވަރުވާގެ އެއްބަސްވުން ކުރިއަށްދާ މުއްދަތުގައި،
ވަރުވާއަށް ދޫކުރެވޭ ރަށްރަށަކީ ދައުލަތުގެ މިލްކެއް ކަމާއި، އެއީ އެރަށް ވަރުވާއަށް ލިޔެގެން އުޅޭ
ފަރާތެއްގެ މިލްކެއް ނޫންކަމާއި، ވަރުވާއަށް ފަޅުރަށެއް ލިޔެދިނުމަކީ ފަޅުރަށްރަށް ދިރުވާ ބެލެހެއްޓުމަށް
ޙަވާލުކުރެވޭ ޙަވާލުކުރެވުމެއްކަން އެނގެން އޮންނައިރު، މިރަށް ވަރުވާއަށް ލިޔެދިނުމުގައި ޙަބީބާ ޙުސައިން
ޙަބީބާއި ދައުލަތާއި ދެމެދު ލިޔެކިޔުމުން އިތުރު އެއްބަސްވުމެއްވެފައިވާކަން އެނގެން ނެތްކަމާއި އަދި
މިރަށް ޙަބީބާ ޙުސައިން ޙަބީބުގެ އަތުން ދައުލަތަށް އަނބުރާ ހޯދުމުގައި ޢަމަލުކުރަން މިދެފަރާތުގެ
ދެމެދުގައި ކުރިން އެއްބަސްވެވިފައިވާ ގޮތެއްވެސް އެނގެން ނެތްކަމާއި، މިހެންކަމުން މިކަމުގައި ދެން
ޢަމަލުކުރަންޖެހޭނީ މިފަދަ ކަންކަމުގައި ޢަމަލުކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކުގައިވާ
އިޖުރާއާތުތަކާއި އެއްގޮތްވާ ގޮތުގެ މަތީންކަމާއި، މިގޮތުން ބަލާއިރު، މިމައްސަލައިގައި ފެންނަން ހުރި
ލިޔެކިޔުންތަކުގެ މައްޗަށާއި ދެފަރާތުން ދެއްކި ވާހަކަތަކަށް ބެލުމުން ޙަބީބާ ޙުސައިން ޙަބީބަށް ވަރުވާއަށް
ލިޔެދީފައިވާ ބ.އަތޮޅު މާރިކިލު އޭނާގެ އަތުން ވަކި ކުރެވިފައިވަނީ ދައުލަތުގެ ބޭނުމަކަށްކަން، އަދި
މިރަށުގައި ޙަބީބާ ޙުސައިން ޙަބީބުގެ އަމިއްލަ އެއްވެސް މުދަލެއްހު
ފިއްހުރި ނަމަ އެމުދަލެއް ހުސްކުރުމަށް
އެކަށީގެންވާ ވަގުތު ދީފައިވާކަން އަދި ވަރުވާއަށް ލިޔެގެން އުޅޭ ފަރާތެއްގެ ކިބައިން ރަށެއް ވަކިކުރާނަމަ
ބަދަލުގެ ގޮތުގައި ދޭންޖެހޭނެކަމަށް ޤާނޫނުގައި ބުނާ މިންވަރުގެ ބަދަލު ލިބިދެވޭ ގޮތަށްކަން އެނގެން
2
244 ހއ
44
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/320
އިތުމުން،
މާރިކިލު ޙަބީބާ ޙުސައިން ޙަބީބުގެ އަތުން ވަކިކުރަން ދައުލަތުގެ ފަރާތުން ނިންމި
ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި ޚިލާފު އަދި މީގެ ކުރިން
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކުގައި ޤާއިމުކޮށްފައިވާ އުސޫލުތަކާއި ޚިލާފު
ކަމުގައި ބެލެވެން.
8
9 ,8 ހ9 ހ
cca Occcc
7/22/
8 އ ޑ
ބޮލިފިންނޭކަމެވެ.
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/531 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފަ
ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް
ފެންނަންނެތްކަމުގައެވެ.
2
4
059
އެކްމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، ސިވިލް
ކޯޓުގެ ނަންބަރު 2014/Cv
-
C/531 ޤަޟިއްޔާ، އިސްތިއުނާފު ކުރުމަށް މއ. މާންދޫވިލާ ޙަބީބާ
ޙުސައިން ޙަބީބުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި އެ ކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ޤަޟިއްޔާ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ޢާއިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv