ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/245 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/245
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
ޤަޟިއްޔާ ނަންބަރ: 245/HC
-
A/2009
| އިސްތިއުނާފުކުރި ފަރާތް:
ން. ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް
ރެޖިސްޓްރީ ނަންބަރ.
އިޒް. ޢަބްދުﷲ އަޙްމަދު
ދާއިމީ އެޑްރެސް: ގ. ޗަމަން
މިހާރުގެ އެޑްރެސް:ގ. ޗަމަން
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ބޭންކް އޮފް މޯލްޑިވްސް ޕލކ.
* ރެޖިސްޓްރީ ނަންބަރ: 22
/
1982-C
* ވަކީލު: އޗ. ޝާހީން ޙަމީދު
ދާއިމީ އެޑްރެސް: 11 ބޮޑުތަކުރުފާނު މަގު/ ކ. މާލެ
މިހާރުގެ އެޑްރެސް:11 ބޮޑުތަކުރުފާނު މަގު/ ކ. މާލެ
ހުށަހެޅުނު ތާރީޚް: 18 އޯގަސްޓް 2009
* ނިމުނު ތާރީޚް: 17 އޮކްޓޯބަރ 2012
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2004/MC/99
ނިންމެވިކޯޓް: މަދަނީކޯޓު
މައްސަލައިގެ ބާވަތް: ޙުކުމް ތަންފީޒުކުރުން (ބޭންކް ލޯން)
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gv.mv
.ވެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/245
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2004/MC/99 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރި މިއިސްތިއުނާފް ދަޢުވާ ރައްދުވާ
ފަރާތަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ. އެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
01 މަދަނީކޯޓުގެ ނަންބަރު 2004/MC/99 ޤަޟިއްޔާ އަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 184/HC-A/2000 ޤަޟިއްޔާގެ ޙުކުމުގައި، ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް
ލިމިޓެޑުން، ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް 5,187,509
/
69ރ. (ފަސްމިލިއަން އެއްލައްކަ އަށްޑިހަ
ހަތްހާސް ފަސްސަތޭކަ ނުވަރުފިޔާ ފަސްދޮޅަސް ނުވަލާރި) ދައްކަންޖެހޭ ކަމަށާއި، އެފައިސާ 23 އޭޕްރީލް
2002 އިން ފެށިގެން 10 (ދިހައެއް) މަސްދުވަހުގެ ތެރޭގައި، ފުރަތަމަ 09 (ނުވައެއް) މަސްދުވަހު ކޮންމެ
މަހަކު 518,750196ރ. (ފަސްލައްކަ އަށާރަހާސް ހަތްސަތޭކަ ފަންސާސްރުފިޔާ ނުވަދިހަ ހަލާރި)
ދެއްކުމަށާއި، 10 (ދިހައެއް) ވަނަ މަހު 518,751
/
05ރ. (ފަސްލައްކަ އަށާރަހާސް ހަތްސަތޭކަ
ފަންސާސްއެއްރުފިޔާ ފަސްލާރި) ދެއްކުމަށާއި އެގޮތުގެ މަތީން މިފައިސާ ޗަމަން އެންޓަރ ޕްރައިޒަސް
ޕްރައިވެޓް ލިމިޓެޑުން ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ދައްކާ ޚަލާސް ނުކުރެވިއްޖެނަމަ މިފައިސާ
ދައްކާ ޚަލާޞްކުރުމަށް މިޙުކުމުގައި ކަނޑައެޅުނު 10 (ދިހައެއް) މަސް ދުވަސް ހަމަވާ ތާރީޚު ކަމުގައިވާ
23 ފެބުރުއަރީ 2009 ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި މަދަނީކޯޓުގެ ނަންބަރު
97/MC/155 ޤަޟިއްޔާގައި ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ކޮށްފައިވާ ދަޢުވާގައި ބުނާ 03
މިލިއަން ރުފިޔާގެ އޯވަރޑްރާފްޓަށް ރަހުނު ކުރެވިފައިވާކަން ސާބިތުވާ އެމް ވީ ޗަމަން ބިލްޑަރ ބޯޓް
ބޭންކް އޮފް މޯލްޑިވްސް ޕލ.. އާއި ޙަވާލުކުރުމަށް ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް
އަންގާ ޙުކުމް ކުރައްވާފައިވާތީ، އެޙުކުމް ތަންފީޒު ކޮށްދިނުން އެދި، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން
ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/245
cu.
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ: ދެންފަހެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 184/HC
-
A/2000 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކޮށްދެއްވުން އެދި ބޭންކް އޮފް މޯލްޑިވްސް
ޕީލކ. ގެ ފަރާތުން ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކުޅަ ދަޢުވާއަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 184/HC-A/2000 ޤަޟިއްޔާގެ ޙުކުމުގައިވާ ގޮތަށް ޗަމަން އެންޓަރ
ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ފައިސާ ދައްކާފައިނުވާ
ކަމާއި، މިގޮތުން 19 މެއި 2009 ގެ ނިޔަލަށް ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް 27,359,346
/
80ރ. (ހަތާވީސް މިލިއަން ތިންލައްކަ
ފަންސާސްނުވަހާސް ތިންސަތޭކަ ސާޅީސްހަރުފިޔާ އަށްޑިހަލާރި) ދައްކަންޖެހި ނުދައްކާވާކަން ޝަރީޢަތަށް
ހުށަހެޅިފައިވާ ލިޔެކިއުމުން ސާބިތުވާކަމާއި، މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 184/HC-A/2000
ޤަޟިއްޔާގެ ޙުކުމް ތަންތީޛު ކޮށްދެއްވުން އެދި ހުށަހަޅާފައިވާ ދެވަނަ ފަހަރު ކަމުގައިވާތީ، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 184/HC
-
A/2000 ޤަޟިއްޔާގެ ޙުކުމުގައި ޙަވާލާ ދެއްވާފައިވާ އެމް.ވީ ޗަމަން
ބިލްޑަރ ބޯޓް، ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ޙަވާލު ކުރުމަށް އެންގުމަށް ބަލާއިރު، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 50/HC
-
A/2002 ޤަޟިއްޔާގެ ދަށުން އެމް.ވީ ޗަމަން ބިލްޑަރ ބޯޓް ގ. ރަންގިރީގެ
އަޙްމަދު ޙަސަން މަނިކަށް ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވިއްކާ، އަޙްމަދު
ޙަސަން މަނިކުގެ ފަރާތުން އެބޯޓް އެހެން ތިންވަނަ ފަރާތަކަށް ވިއްކާ ބޯޓް ފައްތާލާ، ނައްތާލާފައިވާކަން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 50/HC-A/2002 ޤަޟިއްޔާއިން އެނގޭކަމާއި، އެމް.ވީ ޗަމަން
ބިލްޑަރ ބޯޓް ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވިއްކާފައިވަނީ ޗަމަން އެންޓަރ
ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ކިބައިން ނަގާފައިވާ
ކްރެޑިޓް ފެސިލިޓީ ތަކަކާއި ގުޅުވާ އެމް.ވީ ޗަމަން ބިލްޑަރ ބޯޓް ރަހުނުކޮށްފައި ވަނިކޮށް ކަމުގައިވާތީ،
ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް އެމް.ވީ ޗަމަން ބިލްޑަރ ވިއްކައިގެން ލިބިފައިވާ ފައިސާ
އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 50/HC
-
A/2002 ޤަޟިއްޔާގެ ދަށުން އަޙްމަދު ޙަސަން
މަނިކުގެ ކިބައިން ލިބިފައިވާ ހުރިހާ ފައިސާއަކީ، ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ޗަމަން އެންޓަރ
ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ކްރެޑިޓް ފެސިލިޓީތަކުގެ މައްޗަށް ދައްކަންޖެހޭ
ފައިސާކަމަށާއި، މިފައިސާ އާއި، މިކްރެޑިޓް ފެސިލިޓީތަކުގެ ދަށުން ދައްކަންޖެހޭ ހުރިހާ ފައިސާއަކީ،
ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ
ހއ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/245
CCCXOC
ދައްކަންޖެހޭ ފައިސާ ކަމުގައި ކަނޑައަޅާ، 19 މެއި 2009 ދުވަހުން ފެށިގެން 03 (ތިނެއް)
މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް މިފައިސާ ދައްކާ ޚަލާޞްކުރުމަށް ޗަމަން
އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް އަންގާ ޙުކުމް ކޮށްފީމެވެ.” މިފަދައިންކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން މަދަނީ ކޯޓުގެ ނަންބަރު 2004/MC/99
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ތިން ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ މަދަނީކޯޓުގެ ނަންބަރު 2004/MC/99 ޤަޟިއްޔާގައި ދަޢުވާކޮށްފައިވަނީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 184/HC-A/2000 ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމަށް
ކަމަށްވެފައި، އެޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާ ޢަދަދަށް އުނި އިތުރެއް ގެނެވޭނެ އެއްވެސް
ގޮތެއް އެ ޙުކުމުގައި ބަޔާންކޮށްފައި ނެތްއިރު، އެ ޙުކުމުގައި ކަނޑައަޅުއްވާފައިއޮތް ޢަދަދަށްވުރެ އެތައް
ގުނަ ބޮޑު ޢަދަދެއްގެ ފައިސާ ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް
ލިމިޓެޑުން ދައްކަންޖެހޭ ކަމަށް ކުރައްވާފައިވާ ޙުކުމް ރަގަޅުނޫން ކަމަށް ބަލަންޖެހޭ ކަމަށް ބުނެ ފާހަގަކުރި
cu O
0އވެ.
UCO O
• ދެވަނަ ނުކުތާއަކީ: ޗަމަން ބިލްޑަރ ބޯޓުގެ އަގުގެ ގޮތުގައި ރަންގިރީގޭ އަޙްމަދު ޙަސަން
މަނިކު އަތުން ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު އަދަދު ލިޔެކިއުމުން ފެންނަން
އޮތްއިރު، އެ ޢަދަދުގެ މައްޗަށް ނުބައްލަވާ އެބޯޓުގެ އަގުގެ ގޮތުގައި އަޙްމަދު ޙަސަން މަނިކުގެ އަތުން
ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ޢަދަދެއް ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް
ދައްކަންޖެހޭ ކަމަށް ކަނޑައެޅުއްވުމުގައި ދައްކަންޖެހޭ ޢަދަދެއް
ނުވާ ކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ޙުކުމް ތަންފީޒު ކުރުމުގެ ދެވަނަ މަރުޙަލާގައި ކުރަންޖެހޭ އެންމެ
މަސައްކަތަކީ ކުންފުނި އިފްލާސް ކުރުން ކަމަށްވާތީ، އެގޮތުން ޤާނޫނުގައިވާ މަގުން ބަލަންޖެހޭ އެންމެހާ
ކަންތައްތަކަށް ޝަރީޢަތުގެ ފަރާތުން ބައްލަވައި، އެކަމާއި ބެހޭ އެންމެހާ ލިޔެކިއުން ޝަރީޢަތަށް
38
47 / ހ
ބަޔާންކުރައްވާފައި
coc
ދިވެހިރާއްޖޭގެ ހައިކޯޓު، އާރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/245
އިހުއަށް
ce O
2000/HC-A/184
ހޯއްދަވާފައިވާއިރު، ރިޢާޔަތް ކުރެއްވުމެއް ނެތި ކުރައްވާފައިވާ ޙުކުމް ރަގަޅުނޫން ކަމަށް
ބަލަންޖެހޭ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- މަދަނީ ކޯޓުގެ ނަންބަރު 2004/MC/99 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ބޭންކް އޮފް މޯލްޑިވްސް ޕލކ.ގެ ފަރާތުން މަދަނީކޯޓުގެ ނަންބަރު 2004/MC/99
ޤަޟިއްޔާގެ ދަށުން ތަންފީޒުކުރުމަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު-HC/2000
184/A ޤަޟިއްޔާގެ ޙުކުމްކަމާއިގެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޙުކުމުގައި
ކަނޑައަޅުއްވާފައިވަނީ، ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން، ބޭންކް އޮފް މޯލްޑިވްސް
ޕީލކ. އަށް 5,187,509
/
69ރ. (ފަސްމިލިއަން އެއްލައްކަ އަށްޑިހަ ހަތްހާސް ފަސްސަތޭކަ ނުވަރުފިޔާ
ފަސްދޮޅަސް ނުވަލާރި) ދައްކަންޖެހޭ ކަމަށާއި، އެފައިސާ 23 އޭޕްރީލް 2002 އިން ފެށިގެން 10
(ދިހައެއް) މަސްދުވަހުގެ ތެރޭގައި، ފުރަތަމަ 09 (ނުވައެއް) މަސްދުވަހު ކޮންމެ މަހަކު 518,750
/
96ރ.
(ފަސްލައްކަ އަށާރަހާސް ހަތްސަތޭކަ ފަންސާސްރުފިޔާ ނުވަދިހަ ހަލާރި) ދެއްކުމަށާއި، 10 (ދިހައެއް) ވަނަ
މަހު 518,751
/
05ރ. (ފަސްލައްކަ އަށާރަހާސް ހަތްސަތޭކަ ފަންސާސްއެއްރުފިޔާ ފަސްލާރި) ދެއްކުމަށް
ކަމާއި، ވަކި އަދަދެއް ދެއްކުމަށް ކަނޑައެޅުއްވުމަށްފަހު ހަމަ އެޢަދަދު ދިހަ މަސްދުވަހަށް ބަހާލައިގެން
ދެއްކުމަށް ޙުކުމުގައި ކަނޑައަޅުއްވާފައި އޮތް އޮތުމަކީ އެޢަދަދު ސާބިތު (އިތުރު ނުވާ) އަދަދެއްގެ ގޮތުގައި
ކަނޑައެޅުއްވުން ކަމަށް ބެލެވޭ ކަމާއި؛
ހަމަ އެހެންމެ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން އިޝާރާތް ކުރެވުނު ހައިކޯޓުގެ
ޤަޟިއްޔާގެ ތަންފީޒުކޮށްދިނުމަށް އެދި ހުށަހެޅި ފުރަތަމަ ފަހަރު މަދަނީކޯޓުގެ
ނަންބަރު 2002/MC/1670 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި ޗަމަން އެންޓަރ ޕްރައިޒަސް
ޕްރައިވެޓް ލިމިޓެޑުން ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދެއްކުމަށް އަންގަވާފައިވަނީ ހަމައެކަނީ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/245
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 184/HC
-
A/2000 ޤަޟިއްޔާގެ ޙުކުމުގައި ސާބިތުކުރައްވާފައިވާ
5,187,509
/
69ރ. (ފަސްމިލިއަން އެއްލައްކަ އަށްޑިހަ ހަތްހާސް ފަސްސަތޭކަ ނުވަރުފިޔާ ފަސްދޮޅަސް
ނުވަލާރި) ކަން އެނގެން އޮތުމުގެ އިތުރުން، ހައިކޯޓުގެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޙުކުމުގައި ނުހިމެނޭ
ފައިސާއެއް އެޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރަން ހުށަހަޅާ މައްސަލައެއްގައި، އެޙުކުމް ތަންފީޒު ކުރުމުގެ
ގޮތުން ނަގައިނުދެވޭނެ ކަމަށްޓަކައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 184/HC-A/2000
ޤަޟިއްޔާގެ ޙުކުމުގައި ސާބިތުކުރައްވާފައިވާ 5,187,509
/
69ރ. (ފަސްމިލިއަން އެއްލައްކަ އަށްޑިހަ
ހަތްހާސް ފަސްސަތޭކަ ނުވަރުފިޔާ ފަސްދޮޅަސް ނުވަލާރި) ގެ އިތުރަށް ފައިސާދެއްކުމަށް އެޙުކުމް
ތަންފީޒުކުރުމަށް ހުށަހެޅުމުން މަދަނީކޯޓުން ބައްލަވާނިންވާފައިވާ އެކޯޓުގެ ނަންބަރު 2004/MC/99
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ރަގަޅަށް ކަމަކަށް ނުބެލެވެއެވެ.
(ނ) ”ޗަމަން ބިލްޑަރ. ބޯޓަކީ ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ
މިލްކުގައިވާ ބޯޓެއްކަމާއި، އެބޯޓު ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ޗަމަން އެންޓަރ ޕްރައިޒަސް
ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނު ކުރެވިފައިވަނިކޮށް ޗަމަން އެންޓަރ ޕްރައިޒަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރަންގިރީގެ އަޙްމަދު ޙަސަން މަނިކަށް 40000 (ސާޅީސްހާސް)
އެމެރިކާ ޑޮލަރުގެ އަގަށް ވިއްކާލުމުން އަޙްމަދު ޙަސަން މަނިކުގެ ފަރާތުން އެބޯޓް އެހެން ތިންވަނަ
ފަރާތަކަށް ވިއްކާ ބޯޓް ފައްތާލާ، ނައްތާލާފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 50/HC
-
A/2002
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭކަމާއި؛
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 50/HC-A/2002 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ
1998-11-01 ގައި “ޗަމަން ބިލްޑަރ، ބޯޓްގެ އަގު ހުރި މިންވަރެއް ޝަރީޢަތުގެ ފަރާތުން ބެއްލެވުމަށް
ފަހު، 40000 (ސާޅީސްހާސް) އެމެރިކާ ޑޮލަރަށްވުރެ ބޯޓުގެ އަގުން އިތުރުވާ މިންވަރެއް އަޙްމަދު ޙަސަން
މަނިކުގެ ފަރާތުން ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށް ކަމަށްވެފައި، އަދި
މިހާތަނަށް ޗަމަން ބިލްޑަރ، ބޯޓުގެ އަގު އިޝާރާތްކުރެވުނު ތާރީޚުގައި ހުރި މިންވަރެއް
ކަނޑައެޅިފައިނުވާކަން ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކުން އެނގެން އޮތުމުގެ އިތުރުން، އެބޯޓު ވިއްކާލެވިފައިވާ އަގެއްގެ ގޮތުގައި ލިޔެކިޔުމުން އެނގެން
އޮންނަ 40000 (ސާޅީސްހާސް) އެމެރިކާ ޑޮލަރަކީ ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ބެހެއްޓި ރަހުނަށް ލިބިފައިވާ ފައިސާ ކަމުގައި ބަލައި:15
6
ދިވެހިރާއްޖޭގެ ހައިކޯޓު، އާރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/245
44ހ4
އެފައިސާއަކީ އެރަހުނާގުޅިގެން ދައްކަންޖެހޭ ފައިސާކަމުގައި ބެލިކަމުގައިވީނަމަވެސް، ބޭންކް އޮފް
މޯލްޑިވްސް ޕލކ. ގެ ފަރާތުން ތަންފީޒުކުރުމަށްޓަކައި މަދަނީކޯޓަށް ހުށަހެޅުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 184/HC-A/2000 ޤަޟިއްޔާގެ ޙުކުމުގެ ދަށުން ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ދައްކަންޖެހޭ ކަމަށް ކަނޑައެޅިފައިވާ އަދަދަށް ބަދަލެއް އަންނާނެ ސަބަބެއް ކަމުގައި
ނުބެލެވޭ ކަމަށްޓަކައި، އަޙްމަދު ޙަސަން މަނިކުގެ އަތުން ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް
ލިމިޓެޑަށް ލިބުނު ޢަދަދެއް ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކަންޖެހޭ ކަމަށް ކަނޑައެޅުއްވުމުގައި
ދައްކަންޖެހޭ ޢަދަދެއް މިހާރު މިއިސްތިއުނާފު ކުރެވޭ މަދަނީކޯޓުގެ ނަންބަރު 2004/MC/99
ޤަޟިއްޔާގައި ބަޔާންކުރައްވާފައި ނުވުމަކީ އެޤަޟިއްޔާގެ ޙުކުމަށް އަސަރުފޯރާނެ ކަމެއް ކަމަށް ބެލެވެން
ނެތްކަން އެނގެއެވެ.
(ނ) ޙުކުމް ތަންފީޒު ކުރުމުގެ ދެވަނަ މަރުޙަލާގައި ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ
ކުންފުނި އިފްލާސް ކުރުން ކަމަށްވާތީ، އެގޮތުން ޤާނޫނުގައިވާ މަގުން ބަލަންޖެހޭ އެންމެހާ ކަންތައްތަކަށް
ޝަރީޢަތުގެ ފަރާތުން ބައްލަވައި، އެކަމާއި ބެހޭ އެންމެހާ ލިޔެކިއުން ޝަރީޢަތަށް ހޯއްދަވާފައިވާއިރު،
އެމައްޗަށް ރިޢާޔަތް ކުރެއްވުމެއްނެތި ކުރައްވާފައިވާ ޙުކުމް ރަގަޅުނޫން ކަމަށް ބުނެ ޗަމަން އެންޓަރ
ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރާއިރު،
2002 އޭޕްރީލް 23 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 184/HC
-
A/2000
ޤަޟިއްޔާގެ ޙުކުމުގައިވާ ގޮތުގެ މަތީން ވީ ޗަމަން ބިލްޑަރ، ބޯޓު ބޭންކް އޮފް މޯލްޑިވްސް ޕލކ
އާއި ޙަވާލު ކުރުމަށް ޗަމަން އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް އަންގަވާ ޙުކުމް ކުރެއްވިއިރު
އިޝާރާތް ކުރެވުނު ބޯޓު ފައްތާލާ ނައްތާލާފައިވާކަން 2002 ޖެނުއަރީ 20 ގައި މަދަނީކޯޓުން
ނިންމަވާފައިވާ ނަންބަރު 98/MC/1149 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
އޮތުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 184/HC
-
A/2000 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް
ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުން މަދަނީކޯޓުގެ ނަންބަރު 2002/MC/1670 ޤަޟިއްޔާގެ ދަށުން
2002 ސެޕްޓެމްބަރު 16 ވަނަ ދުވަހު ފުރަތަމަ ހުށަހެޅިއިރުވެސް ރަހުނު ނެތި ގޮސްފައިވާކަން
އެނގޭކަމާއިގެ
މިއިސްތިއުނާފު ކުރެވޭ މަދަނީކޯޓުގެ ނަންބަރު 2004/MC/99 ޤަޟިއްޔާއަކީ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 184/HC-A/2000 ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކޮށްދިނުމަށް އެދި ބޭންކް އޮޕް
"އެމް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.ވެ
8
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/245
މޯލްޑިވްސް ޕލކ.ގެ ފަރާތުން 2004 ޖެނުއަރީ 19 ވަނަ ދުވަހު ދެވަނަ ފަހަރަށް މަދަނީކޯޓަށް
ހުށަހެޅުމުން އެކޯޓުން ބައްލަވައި 2009 މާރޗް 19 ވަނަ ދުވަހު ނިންމަވާފައިވާ ޤަޟިއްޔާއެއްކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
2006 ފެބުރުއަރީ 15 ވަނަ ދުވަހު ޢަމަލު ކުރަން ފެށިފައިވާ ”ރަހުނެއް ނުހިމެނޭ ސާބިތު
ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާއިދު" އަށް ބަލާއިރު، އެޤަވާޢިދުގެ 14 ވަނަ
މާއްދާގައި އެޤަވާޢިދަށް ޢަމަލުކުރަން ފަށާއިރު އަދާކުރެވިފައިނުވާ ސާބިތު ދަރަނީގެ މައްސަލަތަކުގައި
ޢަމަލުކުރަންވާތީ އެޤަވާޢިދާ އެއްގޮތަށް ކަމަށް ބަޔާންކޮށްފައިވުމާއެކު، މިއިސްތިއުނާފު ކުރެވޭ މަދަނީކޯޓުގެ
ނަންބަރު 2004/MC/99 ޤަޟިއްޔާގައިވެސް ޢަމަލުކުރަންވާނީ ”ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ
މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާއިދު“ ގައިވާ ގޮތުގެ މަތީންކަން އެނގޭކަމާއިގެ
ސާބިތު ދަރަންޏަށް ފައިސާ ނުދައްކައިގެން ހުށަހެޅި ފުރަތަމަ ފަހަރު ސާބިތު ދަރަންޏަށް
ފައިސާ ނުދެއްކި ކުންފުނި ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖޫރިމަނާކޮށް، ޙުކުމާއި
ޢަމަލުކުރުމަށް އަންގާ މައްސަލަ ނިންމާފައިވަނިކޮށްވެސް ފައިސާ ނުދައްކައިގެން ފައިސާ
ލިބެންވާ ފަރާތުން މައްސަލަ ހުށަހަޅައިފިނަމަ، ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާނޫނު) ގެ 18
ވަނަ މާއްދާގެ 74 ވަނަ މާއްދާ 80 ވަނަ މާއްދާ އަދި 91 މާއްދާއާއި މިހަތަރު މާއްދާއިން އެންމެ
އެކަށީގެންވާ މާއްދާއެއް ނުވަތަ މާއްދާތަކެއްގެ ދަށުން ފައިސާ ނުދައްކާ ކުންފުންޏާމެދު ފިޔަވަޅު އަޅާ
މައްސަލަ ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަން ”ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ
މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާއިދު” ގެ 13 ވަނަ މާއްދާއިން އެނގެން އޮތުމުން،
މިއިސްތިއުނާފު ކުރެވޭ މަދަނީކޯޓުގެ ނަންބަރު 2004/MC/99 ޤަޟިއްޔާގައި ޢަމަލު ކުރެވެންވާނީ
ޢިޝާރާތްކުރެނު ޤަވާޢިދުގެ އިޝާރާތްކުރެވުނު މާއްދާގެ ދަށުންކަމާއި، އެމާއްދާގެ ދަށުން ޢަމަލު ކުރުމުގެ
ގޮތުން، އެންމެ އެކަށީގެންވާ މާއްދާ ކަނޑައެޅުމުގައި ނުވަތަ އިޚްތިޔާރުކުރުމުގައި އިސްކަން ދޭންވާނީ
ޙައްޤުގެ ވެރިފަރާތަށް ޙައްޤުލިބިދެވޭނެ ބީދައަކުން އެފަރާތުގެ ޙައްޤު ޙިމާޔަތްކުރެވި އެފަރާތަށް އެންމެ
މަޞްލަޙަތު ރަގަޅުވާނެ ގޮތެއްގެ މަތީންކަމަށް މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުން
ދެކެއެވެ.
e
8 *ހ4
COX
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.ވެ
9
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/245
cu o
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ މަދަނީކޯޓުގެ
ނަންބަރު 2004/MC/99 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
ހ4 430
9
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ހިކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
މަދަނީކޯޓުގެ ނަންބަރު 2004/MC/99 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، އެޤަޟިއްޔާގެ
ދަށުން ބެލުނު ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ މިޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލާއި
ގޮތުގެ މަތީން އަލުންބަލާ ނިންމުމަށް ސިވިލްކޯޓަށް ތަޙްލީލުކުރުމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
2
0
4
އައިޤީ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv