ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/161 ޤަޟިއްޔާގެ ޙުކުމް
20 MHC-A/161
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ހ(
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 161/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
*ނަން: މުޙައްމަދު ޙުސައިން
އައިޑީ ކާޑު ނަންބަރު: A309226
ވަކީލު: އޗ ޢަލީ ޝާހު
* އައިޑީ ކާޑު ނަންބަރު: A092898
ދާއިމީ އެޑްރެސް: ގއ.ވިލިނގިލި/ އަޅިވިލާގެ
މިހާރުގެ އެޑްރެސް: މ.ޞަންމާމްގެ
0
އިސްތިއުނާފު ރައްދުވި ފަރާތް:
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލާ: އޖ.ޖިހާދާ އަނީސް
ކާޑު ނަންބަރު: A073132
މިހާރުގެ އެޑްރެސް: ..ރެސްޓްޕޮއިންޓް
ހީކުރެވުނު ތާރީޚް: 27 ރަޖަބު 1432 * ނިމުނު ތާރީޚް: 22 ޛުލްޤައިދާ 1432
29 ޖޫން 2011
20 އޮކްޓޯބަރ 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާނަންބަރު: 2009/P2C/106
ނިންމެވި ކޯޓް: ހުވަދު އަތޮޅު ވިލިނގިލި މެޖިސްޓްރޭޓް ކޯޓް
• ޤަޟިއްޔާގެ ބާވަތް: ޣައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރިވުން
ހުށަހެޅުނު ތާރީޚް: 09 ޖުލައި 2009 * ނިމުނު ތާރީޚް: 04 މެއި 2011
މައްސަލަ ބެއްލެވި ފަނޑިޔާރުން: އގ.ޢަލީ ސަމީރު، އޏ.ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޑރ.އަޒްމިރާލްދާ ޒާހިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒުހިނގުން، ތީމުގެ ގޮވުނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
44
+
4
2
2011/HC-A/11
ދަޢުވާގެ ޚުލާޞާ
ޚާއީ،
ހުވަދު އަތޮޅު އުތުރުބުރީ
ވިލިނގިލީ މެޖިސްޓްރޭޓް
ނަންބަރު
2009/P7C/106 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ
އެއްގޮތް
ނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން އެދި ގއ.ވިލިނގިލީ! އަޅިވިލާގެ މުޙައްމަދު
ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް
01- ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2009/P2C/106 ޤަޟިއްޔާ، އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގއ. ވިލިނގިލީ، އަޅިވިލާގެ
މުޙައްމަދު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
4
ނަންބަރު
02- ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ
މެޖިސްޓްރޭޓް ކޯޓުގެ
2009/P2C/106 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ
ވިލިނގިލީ ފަތަނގުވިލާ އަޙްމަދު އަކުބަރާއި ގއ.ވިލިނގިލީގެ ގުލްފާމުގޭ މުޙައްމަދު
ޝަޤީލާއި، ގއ.ވިލިނގިލީ އަޅިވިލާގޭ މުޙައްމަދު ޙުސައިނާއި، ގއ.ވިލިނގިލީފެހިވިނަ ޝަޤީތު
އީސާއާއި، ގއ.ވިލިނގިލީ ގުލްފާމުގޭ މުޙައްމަދު ޝަމީޒާ، މި 5 މީހުން 08 ފެބުރުއަރީ 2009
ދުވަހުގެ ރޭގެ 22:00 އާއި 23:00 އާ ދެމެދުގެ ވަގުތެއްގައި
ގއ. ވިލިނގިލީ އިރުން ފެންނުގެއަށް
ވަދެ އެގޭގައި ދިރިއުޅޭ އެރަށު ހުދުރުވާގޭ ތަބީބު ޢަލީގެ ލޮލަށް ތެޅިމިރުސް ޖަހައި، މާރާމާރީ
(0 $ & /ޑހ2
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
މެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2011/HC-A/16]
ހިންގައި އަނިޔާކޮށްފައިވާތީ މި 5 މީހުންގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 46 ވަނަ މާއްދާގެ 3 ވަނަ
ނަންބަރާ ހަވާލާދީ ޤާނޫނުލްޢުޤޫބާތުގެ 48 ވަނަ މާއްދާގެ ދަށުން ޣައިރުޤާނޫނީ އެއްވުމެއްގައި
ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި އެކުށުގެ ޢަމަލުގެ ސަބަބުން ލަބީބު ޢަލީއަށް ލިބުނު އަނިޔާއަށް
ފަރުވާކުރުމަށް
ރުމަށް ދިޔަ ޚަރަދު ހޯދުމަށް ލަބީބު ޢަލީ އެދޭ މައްސަލަ ހުށަހެޅުމުން ބެލުވުނު
ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދަޢުވާލިބޭ އަޙްމަދު އަކްބަރާއި މުޙައްމަދު
މީޒާއި މުޙައްމަދު ޝަޤީލާއި މުޙައްމަދު ޙުސައިން ދައުވާއަށް އިންކާރުކުރިނަމަވެސް، ލަބީބު
ޢަލީގެ ލޮލަނާއި ބޮލަށް ތެޅިމިރުސް ޖަހާފައިވާތަނާއި ބަނޑުގެ އެއްފަރާތަށް ތޫނު އެއްޗަކުން
ހަމާލާދީ ޒަޚަމްކޮށްލާފައިވާ ތަނާއި ބޮލަށް އަނިޔާކޮށްފައިވާ ތަން ދުށްކަމަށާއި އަދި އެކަން
ހިންގާފައި އެވަގުތު ގއ. ވިލިނގިލީ، ފެހިވިނަ ޝަޤީތު ޢީސާ އާއި އެރަށު ފަތަނގުވިލާ އަޙްމަދު
އަކުބަރު ގއ. ވިލިނގިލީ އިރަށްފެންނަގެ އިން ނުކުތްތަން ދަށްކަމަށް ބުނެ ގއ. ވިލިނގިލީ
ހުދުރުވާގޭ ޒުނައިރާ ޢަބްދުﷲ ހެކިބަސް ދީފައިވުމާއި، ޝަޤީތު ޢީސާ އާއި މުހައްމަދު ޝަރީޒްއި
އަޙްމަދު އަކުބަރާއި މުޙައްމަދު ޙުސައިނާއި އިތުރު ބަޔަކު ގއ. ވިލިނގިލީ އިރަށް ފެންނަގެއަށް ވަދެ
ލަބީބު ޢަލީގެ ލޮލަށް ތެޅިމިރުސްޖަހައި، އޭނާގެ ގައިގާ ތަޅައި މާރާމާރީ ހިންގިކަން އެނގޭކަމަށް
ބުނެ ގއ. ވިލިނގިލީ އިރަށް ފެންނަގޭ ނަސްރީނާ ޢަލީ ހެކިބަސް ދީފައިވުމާއި، އަދި ލަބީބު ޢަލީގެ
މެޑިކޯ ލީގަލް ރިޕޯޓުން އޭނާއަށް އަނިޔާކޮށްފައިވާކަން އެނގެން އޮންނާތީއާއި ހާދިސާ ހިނގައިދިޔަ
ގޮތަށާއި މަގުތަށާއި
ނާއި ހާލަތަށާއި، ޤާނޫނު ނަންބަރު 24/76(ހެއްކާބެހޭ ޤާނޫނު)ގެ 6 ވަނަ މައްދާއަށް
ރިޢާޔަތް ކޮށް ބެލިބެލުމުން، ޖިނާއީ މިންގަނޑުން ކުށް ސާބިތުވާވަރަށް ހެކިބަސް ލިބިފައިނުވާތީ،
ގއ.ވިލިނގިލީ ގުލްފާމުގޭ މުޙައްމަދު ސަޤީލުގެ މައްޗަށް މިކުން ސާބިތުނުވާކަމަށް ކަނޑައަޅުއްވައި،
ގއ. ވިލިނގިލީ، ފަތަނގުވިލާ އަޙްމަދު އަކްބަރާއި، އެރަށު އަޅިވިލާގޭ މުޙައްމަދު ޙުސައިނުގެ
މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 46 ވަނަ މާއްދާގެ 3 ވަނަ ނަންބަރާ ހަވާލާދީ 48 ވަނަ މާއްދާގެ
ގތު
ދިވެހިއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން. ތިމާގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2011/HC-A/161
42984
ދަށުން ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅުއްވައި،
އެކުށުގެ ޢުޤޫބާތެއްގެ ގޮތުން އެދެމީހުންކުރެ ކޮންމެ މީހަކު 6(ހައެއް) މަސް ދުވަހުގެ މުއްދަތަށް
ޖަލަށްލުމަށް ޙުކުމްކުރައްވައި، ލަބީބު ޢަލީއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެހެން
ޤަޟިއްޔާއެއްގައި ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވާކަން އަންގަވައި، އެޤަޟިއްޔާގައި ކޯޓަށް
ހާޒިރުކުރެވިފައިނުވާ، ގއ. ވިލިނގިލީ ފެހިވިނު ސަޤީތު ޢީސާއާއި އެރަށު ގުލްފާމުގޭ މުހައްމަދު
ޝަމީޒުގެ ބައި، އެހެން ޤަޟިއްޔާއެއްގައި ހިންގޭނެކަން އަންގަވައިކަން، އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
3937
###
Ox04
03- ހުވަދު އަތޮޅު
ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު
2009/P2C/106 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ
އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ގއ.ވިލިނގިލީ؛ އަޅިވިލާގެ މުޙައްމަދު ޙުސައިންގެ
ފަރާތުން 04 (ހަތަރު) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
04 / 33
• ފުރަތަމަ ނުކުތާއަކީ، ދައުލަތުގެ ފަރާތުން މުޙައްމަދު ޙުސައިންގެ މައްޗަށް ކޮށްފައިވާ
ޣައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއަށާއި، މައްސަލައިގެ އަޞްލަށް
މުޙައްމަދު ޙުސައިން އިންކާރުކޮށްފައިވަނިކޮށް، އެފަދަ އެއްވުމެއްގައި ބައިވެރިވެފައިވާކަން އަނިޔާ
ލިބުނު މީހާ (ގއ.ވިލިނގިލީ! ހުދުރުވާގެ ލަބީބު ޢަލީ) ގެ ފަރާތުންވެސް އަދި އެ ޙާދިސާ ހިނގި
ވަގުތު ގއ.ވިލިނގިލީ! ހުދުރުވާގެ ލަބީބު ޢަލީގެ މަންމަ ބުނެފައި ނުވާހިނދު، މުޙައްމަދު
ޙުސައިންގެ މައްޗަށް ހެކި ޤަރީނާ ލިބިފައިނެތީސް، ދައުލަތުން ކުޅި ދަޢުވާ ސާބިތުވާކަމަށް ޙުކުމް
ކުރައްވާފައިވުން.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުޓުހިނގުން،ތީމުގެ 3ވަނަދޮރޯނި މާވެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2011/HC-A/161
• ދެވަނަ ނުކުތާއަކީ، މުޙައްމަދު ޙުސައިންގެ މައްޗަށް ހެކިބަސް ދީފައިވާ ހަމައެކަނި
ފަރާތަކީ މިމައްސަލާގައި އަނިޔާ ލިބުނު ގއ.ވިލިނގިލީ! ހުދުރުވާގެ ލަބީބު ޢަލީގެ ދައްތައެއްކަމާއި،
އެ ފަރާތަކީ މުޅިން ބުއްދި ހަމަޖެހޭ ފަރާތަކަށް ނުވާއިރު، އަދި ލަބީބް ޢަލީގެ ދައްތައެއްގެ
މަޤާމުގައި ހުރި އަންހެނަކު ހަމައެކަނި ބުނެފައިވާ ބުނުމަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވުން.
44
• ތިންވަނަ ނުކުތާއަކީ، އަނިޔާ ލިބުނު ގއ.ވިލިނގިލީ! ހުދުރުވާގެ ލަބީބު ޢަލީގެ ލެޑިކޯ
ލީގަލް ރިޕޯޓުގައި ނުވަތަ ލަބީބް ޢަލީގެ ފަރާތުން ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި ލަބީބް ޢަލީއާއި
މެދު އެ ޢަމަލު ހިންގި މީހުންގެ ތެރޭގައި މުޙައްމަދު ޙުސައިން ހުރިކަމަށް ބުނެފައި ނުވާއިރު،
އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާއަކީ، މުޙައްމަދު ޙުސައިން ކުޅަ ޢަމަލެއްގެ ސަބަބުން
ލިބިފައިވާ އަނިޔާއެއްކަން އެނގެން ނެތްހިނދު، އެކަންކަމަށް ޝަރީޢަތުން ރިޢާޔަތް ކުރައްވާފައި
9 1 4 4
495
.
• ހަތަރުވަނަ ނުކުތާއަކީ، ހުށަހެޅިފައިވާ މައްސަލަ (ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/P7C/106 ނަންބަރު ޤަޟިއްޔާ) ސާބިތުވާކަމަ
ނިންމެވިއިރު، ހެކި ޤަރީނާ ވަޒަން ކުރުމުގައި ޝަރީޢަތުން ފުރިހަމައަށް ރިޢާޔަތް ކުރައްވާފައި
03
ވެ
2*2
04- ހުވަދު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2009/P2C/106 ނަންބަރު ޤަޟިއްޔާ އިސް
ނަންބަރު ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ގއ.ވިލިނގިލީ، އަޅިވިލާގެ
މުޙައްމަދު ޙުސައިންގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅޭގޮތުން މުޙައްމަދު
ޙުސައިންގެ ފަރާތުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
20[/HC-A/161
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/P7C/106 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ޣައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއަށް
މުޙައްމަދު ޙުސައިން ދަށުކޯޓުގައި އިންކާރުކޮށްފައިވާކަމާއި، މުޙައްމަދު ޙުސައިންގެ މައްޗަށް
ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށް ސާބިތުވާކަމަށް ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/P2C/106 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ،
ވިލިނގިލީ ފެހިވިލާގެ ޝަޤީތު ޢީސާ އާއި ގުލްފާމުގެ މުޙައްމަދު ޝަމީޒާއި ދޫކޮކާ އަޙްމަދު
އަކުބަރާއި މުޙައްމަދު ޙުސައިނާއި އިތުރު ބަޔަކު ގއ. ވިލިނގިލީ އިރަށް ފެންނަގެއަށް ވަދެ ލަބީބު
ޢަލީގެ ލޮލަށް ތެޅިމިރުސްޖަހައި، އޭނާގެ ގައިގާ ތަޅައި މާރާމާރީ ހިންގިކަން އެނގޭކަމަށް ގއ.
މިލިލީ އިރަށް ފެންނަގޭ ނަޞްރީނާ ޢަލީ ޝަރީޢަތަށް ދީފައިވާ ބަޔާނުން އެނގޭކަމަށްބުނެ އަދި
ލަބީބު ޢަލީގެ މެޑިކޯ ލީގަލް ރިޕޯޓުން އޭނާއަށް އަނިޔާލިބިފައިވާކަން އެނގެން އޮންނަކަމަށްބުނެ،
މިމައްސަލައިގެ ހާދިސާ ހިނގާފައިވާ ގޮތާއި ހާލަތާއި ތަނާއި ވަގުތަށް ބައްލަވައި، ގއ. ވިލިނގިލީ
.ދުރުވާގޭ ލަބީބު ޢަލީއަށް އަނިޔާކުރި މީހުންގެ ތެރޭގައި މުޙައްމަދު ޙުސައިން ހުރެ، އެޣައިރުޤާނޫނީ
އެއްވުމުގައި ބައިވެރިވެފައިވާކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވާތީކަމަށް ހުވަދު
އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/P2C/106 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަން.
290
44
OU OO
08
(ށ) ދެވަނަ ކަމަކީ، މިމައްސަލައާއި ގުޅިގެން ޙާދިސާގެ ތަފްސީލް އެންމެ ބޮޑަށް ދެވޭނެ
ފަރާތަކީ މާރާމާރީގައި އަނިޔާލިބުނު ލަބީބު ޢަލީކަން އެނގޭކަމާއި، ނަމަވެސް މި މައްސަލައާއި
ގުޅިގެން ލަބީބު ޢަލީގެ ބަހެއް ޝަރީޢަތުގެ ފަރާތުން ނަގާފައިވާކަން އެނގެންނެތްކަމާއި، ލަބީބު ޢަލީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ ގޮވާނަދޮރޯނި މާވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]
.
[
TIV
ވެބް ސައިޓް: www.highcourt.gov.mv
1
2011/HC-A/16
OX
16 ފެބުރުއަރީ 2009 ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ތަޙްޤީޤު ބަޔާނުގައި
މީނާއަށް ޙަމަލާ ދިން މީހުންނާއި، ލަބީބު ޢަލީ އެވަގުތުހުރި ގޭގެތެރެއަށް ވަތް މީހުންގެ ނަންތައް
ބަޔާންކޮށްފާވާއިރު އޭގެ ތެރޭގައި މުޙައްމަދު ޙުސައިން ހުރި ކަމަށް ބުނެފައި ނުވާކަމާއި، ލަބީބު ޢަލީ
ބުނެފައިވަނީ މުޙައްމަދު ޙުސައިން ގޯތި ތެރެއަށްވަންނަ ދޮރުކައިރީގައި މަޑުކޮށްގެންހުރިތަން ފެނުނު
ކަމުގައި ކަން އެނގެން އޮތް އިރު، މިމައްސަލައާއި ގުޅިގެން ހެކިބަސްދީފައިވާ ގއ.ވިލިނގިލީ
ހުދުރުވާގެ ޖުނައިރާ ޢަބްދުﷲ ( ލަބީބު ޢަލީގެ މަންމަ) ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް
ދީފައިވާ ބަޔާނުގައި ޙާދިސާ ހިންގާފައި ގެއިން ނުކުތް ގުރޫޕްގެ ތެރެއިން ފެނިފައިވަނީ
ގއ.ވިލިނގިލީ ފެހިވިނަ ޝަޤީތު ޢީސާއާއި، އަޙުމަދު އަކުބަރު ކަމަށާއި، މިމީހުންގެ ތެރޭގައި
މުޙައްމަދު ޙުސައިން ހުރިކަމުގައި ބުނެފައިނުވާކަން.
/
I
(ނ) ތިންވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ދަށުކޯޓުން މުޙައްމަދު ޙުސައިންގެ މައްޗަށް
ޣައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި އެހެކިބަހެއްގެ
މައްޗަށްބުރަވާ ގއ.ވިލިނގިލީ އިރަށްފެންނަގެ ނަސްރީނާ ޢަލީ ޝަރީޢަތުގެ މަޖިލިސް އަށް ދީފައިވާ
ބަޔާނަށް ބެލިއިރު، އެ ބަޔާނުގައި ބުނެފައިވަނީ " 08 ފެބުރުއަރީ 2010 ދުވަހުގެ 23:00 ހާއިރު
ޝަޤީތު ޢީސާ، މުޙައްމަދު ޝަމީޒު، އަހުމަދު އަކުބަރު، މުޙައްމަދު ޙުސައިން އާއި ޢަދަދު ނޭނގޭ
މީހުންތަކެއް އަޅުގަނޑުމެންގެ ގެ ގއ.ވިލިނގިލީ! އިރަށްފެންނަގެއަށް ވަދެ އަޅުގަނޑުގެ އެއްބަޑު
އެއްބަފާ ކޮއްކޮ ލަބީބް ޢަލީ ގައިގައި ތަޅައި މާރާމާރީ ހިންގައި އޭނާގެ ލޮލަށް މިރުސް
ޖަހާފައިވެއެވެ" މި ފަދައިން ކަމާއި، ނަމަވެސް މި ޙާދިސާ ހިނގި ވަގުތު ނަސްރީނާ ޢަލީ ހުރި
ތަނެއް އަދި މި ޙާދިސާ ނަސްރީނާ ޢަލީ އަށް ފެނުނު ގޮތެއް މީނާ ޝަރީޢަތުގެ މަޖިލިސްގައި
ބުނެދީފައިވާ ކަން އެނގެންނެތްކަމާއި، 16 ފެބުރުއަރީ 2009 ގައި ނަސްރީނާ ޢަލީ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބެލިއިރު އެބަޔާނުގައި އޭނާ ބުނެފައިވަނީ " ގއ.
ވިލިނގިލީ ރަމާޓް
ފިހާރައަ ފެންވެގެން އެރޭ ދިޔަ ކަމަށާއި، ނަމަވެސް ފިހާރައަށް
olx
1
wހ94
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯނި މާވެ، ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
21/HC-A/16
ނުވަދެ އަނބުރާލާފަ އައިތަނުން ގއ. ވިލިނގިލީ އިރަށް ފެންނަގޭ ކައިރީގައި ވަރަށް ގިނަ ބަޔަކު
ތިބުމުން ވެގެން އުޅޭ ގޮތެއް ބެލުމަށް ގެއަށް ވަންނަން ދިޔައިރު ގޭތެރެއިން 05 މީހަކު ނިކުމެގެން
ދާތަން ފެނުނު ކަމަށާއި، ގެއަށް ގޮސް ލަބީބު ޢަލީގެ ކޮޓަރިއަށް ވަންއިރު ލަބީބު ޢަލީގެ މޫނު
މައްޗަށް ތެޅި މިރުސް ޖަހާފައި ހުރިތަން ފެނުނުކަމަށެވެ" މި ފަދައިން ކަމާއި، ނަސްރީނާ ޢަލީ
ޕޮލިސް ސަރވިސް އަށް ދިން މި ބަޔާނަށް ބެލުމުން ނަސްރީނާ ޢަލީ އަށް މި ޙާދިސާ ހިނގިތަން
ފެނިފައިވާކަމުގައި ބެލެވެންނެތްކަން.
4
(ނ) ހަތަރުވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ
(އ) ގައި " އެމީހަކު ކުރެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ، ޝަރީޢަތުގައި
ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމުގައި
އޮންނަކަވައި، މި މައްސަލައާއި ގުޅިގެން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި އަނިޔާލިބުނު ލަބީބު
ޢަލީގެ ބަޔާނެއް ނެގިފައިވާ ނެތުމުންނާއި، ލަބީބު ޢަލީ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް
ދީފައިވާ ބަޔާނުގައި މުޙައްމަދު ޙުސައިން ލަބީބު ޢަލީ އަށް އަނިޔާކުރިކަމަށް ނުވަތަ އަނިޔާކުރި އިރު
އެގޭތެރެއަށް ވަދެފައިވާ ކަމުގައި ބުނެފައި ނެތުމުންނާއި، އަދި ލަބީބު ޢަލީ ފިޔަވާ އެ ޙާދިސާ
އެންމެ ފުރަތަމަ ފެނުނުކަމަށް ބެލެވޭ ލަބީބު ޢަލީގެ މަންމަ ޖުނައިރާ އަބްދުﷲ ގެ ބަހުންވެސް
ލަބީބު ޢަލީ އަށް އަނިޔާކުރުމުގެ މި ޢަމަލުގައި ބައިވެރިވުމަށްޓަކައި ގއ.ވިލިގިލި އިރަށް
ފެންނަގެއަށް މުޙައްމަދު ޙުސައިން ވަދެ އެޢަމަލުގައި ބައިވެރިވެފައިވާ ކަމުގައި ބުނެފައި
ނެތުމުންނާއި، ގއ.ވިލިގިލި އިރަށްފެންނަގެ ނަސްރީނާޢަލީ ގއ.ވިލިގިލި މެޖިސްޓްރޭޓް ކޯޓަށް
ދީފައިވާ ބަޔާނުގައި މި ޙާދިސާ މީނާއަށް ފެނުނު ގޮތެއް ބުނެދީފައިނެތުމުންނާއި، އަދި ޙާދިސާ
ހިނގިއިރު ނަސްރީނާޢަލީ ހުރީ ކޮންތާކުކަން އަދި މުޙައްމަދު ޙުސައިން ހުރީ ކޮންތަނެއްގައިކަން
ބުނެދެވިފައިނެތުމުންނާއި، ނަސްރީނާ ޢަލީ މި ޙާދިސާ ހިނގިއިރު ހުރީ ، މި ޙާދިސާ ހިނގި
ގއ.ވިލިގިލި އިރަށްފެންނަގޭގެ ތެރޭގައި ނޫންކަން ނަސްރީނާ ޢަލީ މޯލްޑިވްސް ޕޮލިސް ސަރވިސް
L
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2011/HC-A/16
0453
އަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮތުމުން، ހަމައެކަނި ނަސްރީނާޢަލީގެ ހެކިބަހާއި، ލަބީބް
ޢަލީގެ ލެޑިކޯ ލީގަލް ރެކޯޑްގެ މައްޗަށް ބުރަވެ، މުޙައްމަދު ޙުސައިން ޣައިރު ޤާނޫނީ އެއްވުމުގައި
ބައިވެރިވެފައިވާކަމުގެ ތާއީދު ލިބޭ އިތުރުހެއްކާއި ޤަރީނާ ނެތީސް ޤާނޫނުލްޢުޤޫބާތުގެ 46
ވަނަމާއްދާގެ 03 ވަނަ ނަންބަރުގައިވާ އެއްވެސް މީހެއްގެ މިލްކަކަށް ނުވަތަ ނަފްސަކަށް
އެއްވެސް މާނައެއްގެ ހަލާކެއް، އުނިކަމެއް، ޖެއްސުމެއް ނުވަތަ ރުޅިވެރިކަމެއް، މެދުވެރިކުރުމާއި،
ޣަޞްބުން އަތްލުން، ގަޔަށްއެރުން، ނުވަތަ މިނޫންވެސް ކުށެއްކުރުން" ފަދަ ޢަމަލެއްގައި މުޙައްމަދު
ޙުސައިން ބައިވެރިވެފައިވާ ކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި
ޝަރީޢަތަށް
ބިތުވާންނެތްކަން.
4
ބ) ފަސްވަނަކަމަކީ، އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމުން،
މުޙައްމަދު ޙުސައިންގެ ގެ މައްޗަށް ޣައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށް ޝަރީޢަތަށް
ސާބިތުވާކަމަށް އަދި މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން މުޙައްމަދު ޙުސައިން 06 ( ހައެއް)
މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ގއ.ވިލިގިލި މެޖިސްޓްރޭޓްކޯޓުން ކުރި ޙުކުމަށް ބަދަލު
ގެންނަން ޖެހޭނެ ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވެއެ
433
ދެންފަހެ، ގއ.ވިލިގިލި! އަޅިވިލާގެ މުޙައްމަދު ޙުސައިންގެ މައްޗަށް ޣައިރުޤާނޫނީ
އެއްވުމެއްގައި ބައިވެރިވުމުގެ ކުށް ސާބިތުވާކަމަށާއި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން މުޙައްމަދު
ޙުސައިން 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ގއ.ވިލިގިލި މެޖިސްޓްރޭޓްކޯޓު
ނަންބަރު 2009/P2C/106 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާތިލުވެއްޖެ ކަމަށް ކަނޑައަޅައި،
ޙުކުމް ކޮށްފީމެވެ.
8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި މާވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv