ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/219 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/219
އަA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
49
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 219/HC
-
A/2011
އިސްތިއުނާފު ކުރި ފަރާތް:
ނަން: އިޙްސާނާ މުޙައްމަދު ވަޙީދު
އައި.ޑީ.ކާޑު ނަންބަރު: A141838
25
ދާއިމީ އެޑްރެސް: ދީނާރު ގދ. މަޑަވެލި
މިހާރުގެ އެޑްރެސް: މ. ކުނޑިގެ
އިސްތިއުނާފު ރައްދުވި ފަރާތް:
އައި.ޑީ.ކާޑު ނަންބަރު.
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
، ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 ޝައްވާލް 1432
06 ސެޕްޓެމްބަރ 2011
ނިމުނު ތާރީޚް: 10 ރަމަޝާން 1434
ޖުލައި 2013
18
އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ ނަންބަރު: 196
/
2011
/
903/A-145 ސިޓީ.
ނިންމިކޯޓު: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް:
ސިޓީ ތާރީޚް: 23 އޯގަސްޓް 2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު: ޢައްބާސް ޝަރީފް، ފަނޑިޔާރުގެ ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2011/HC-A/219
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 196
/
2011
/
903/A-145 (27 އޯގަސްޓް 2011)
ސިޓީގައި އެކޯޓުން ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމަވާފައިވާ
ނިންމެވުމެއް ނޫންކަމަށްބުނެ، އެސިޓީ އިސްތިއުނާފުކޮށްދިނުމަށް އެދި، ގދ. މަޑަވެލި، ދީނާރު އިޙްސާނާ
މުޙައްމަދު ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1. ކް
ކްރިމިނަލް ކޯޓުގެ ނަންބަރު 196
/
2011
/
903/A-145 (27 އޯގަސްޓް 2011) ސިޓީގައި
އެކޯޓުން ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމަވާފައިވާ
ނިންމެވުމެއް ވުމަށްބުނެ، އެސިޓީ އިސްތިއުނާފުކޮށްދިނުމަށް އެދި، ގދ. މަޑަވެލި، ދީނާރު އިޙްސާނާ
މުޙައްމަދު ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
8 ހދ8
ނޫންކަމަށް
2. ޖިނާއީކޯޓުގެ ނަންބަރު 196
/
2011
/
903/A-145 (23 އޯގަސްޓް 2011) ސިޓީއަށް
ބެލިއިރު، އެސިޓީއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރ އިޙްސާން
މުޙައްމަދު ވަޙީދު ސަސްޕެންޓް ކުރުމާބެހޭގޮތުން ކްރިމިނަލް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް
ފޮނުއްވާފައިވާ ސިޓީއެއްކަން އެނގެން އޮންނަކަމާއި،
އެސިޓީގައި، ކްރިމިނަލް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގަވާފައިވަނީ "25 ޖުލައި
ހޯމަދުވަހުގެ 10:30 ގައި އޮތް މައްސަލަ އެދުވަހުގެ 13:00 ގައި ނިންމާނެކަމަށް ޝަރީޢަ
2011
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/219
މަޖިލީހުގައި ޤާޟީ އިޢުލާނުކޮށް، މައްސަލަ ހިންގި ސެކްޝަނުން އެދުވަހުގެ 13:00 އަށް ޙާޟިރުވުމަށް
ދައުލަތުގެ ވަކީލާ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރ އިޙްސާނާ މުޙައްމަދު ވަޙީދުއަށް އެންގުމުން "އެހެން
ދުވަހަކުން މައްސަލަ ނިންމާށޭ" ކިޔާ ކޯޓުން ނިކުމެގެން ގޮސްފައިވާތީ އާއި، އެދުވަހު މައްސަލައިގެ
ގަޑިޖެހުމުން މީނާ ކޯޓަށް ޙާޟިރުނުވުމުން، ކޯޓުން މީނާގެ ފޯނަށް ތަކުރާރުކޮށް ގުޅުމުން ފޯނަށް ޖަވާބުދީފައި
ނުވާތީއާއި، އެދުވަހު 16:00 ގެ ނިޔަލަށް ދަޢުވާލިބޭ ފަރާތާއި ޕެނިޓެންޝަރީގެ އޮފިސަރުން ކޯޓުގައި
މަޑުކުރުވުމަށްފަހު ވަކީލު ޙާޟިރުނުވުމުން ފޮނުވާލަން ޖެހިފައިވާތީ، މިކޯޓުގެ ޤާޟީންގެ މަޖިލީހުން މީނާ
23 އޯގަސްޓް 2011 ވަނަ ދުވަހުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފައިވާ
ވާހަކަ ދެންނެވީމެވެ" މިފަދައިންކަން އެނގެން އޮވެއެވެ.
3. ޖިނާއީކޯޓުގެ ނަންބަރު 196
/
2011
/
903/A-145 (27 އޯގަސްޓް 2011) ސިޓީ
އިސްތިއުނާފު ކުރުމަށް ގދ. މަޑަވެލި، ދީނާރު އިޙްސާނާ މުޙައްމަދު ވަޙީދުގެ ފަރާތުން 07 (ހަތެއް)
ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
ޑ 34
4
ބެހޭގޮތުން
(ހ) ފުރަތަމަ ނުކުތާއަކީ: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 1188/2011 ކްރިމިނަލް
ކޯޓުން ޝެޑިއުލްކޮށްފައިވަނީ 25 ޖުލައި 2011 ދުވަހުގެ 10:30 ގައި ކަމަށް، ކްރިމިނަލް ކޯޓުގެ ނަންބަރު
196
/
2011
/
903/A-145 (23 އޮގަސްޓް 2011) ސިޓީގައި ބަޔާންކޮށްފައިވީ ނަމަވެސް، އެދުވަހު
އެމައްސަލަ ޝެޑިއުލްކޮށްފައިވަނީ އެދުވަހުގެ 10:00 ގައި ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
(ށ) ދެވަނަ ނުކުތާއަކީ: "އެހެން ދުވަހަކުން މައްސަލަ ނިންމާށޭ" ކިޔާ ކޯޓުން ނިކުމެގެން
ގޮސްފައިނުވާނެ ކަމަށާއި، 10:00 ގެ މައްސަލަ ނިންމުމުގެ ޝަރީޢަތުގެ މަޖިލިސް 12:00 ވީތަނެt#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2011/HC-A/219
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ބާއްވާފައިނުވާތީ، 12:00 އަކީ ޕީ.ޖީ އޮފީހުން ބްރޭކް ގަޑިއަށް ހަމަޖައްސާފައިވާ ގަޑިކަމަށް ވާތީ، ބްރޭކަށް
ދަނީކަމަށް ބުނެ ގޮސްފައިވާކަމަށް ބުނެ ހުށަހެޅި
ރެކުތައ..
(ނ) ތިންވަނަ ނުކުތާއަކީ: ޝަރީޢަތުގެ މަޖިލީހުގައި 13:00 ގައި މައްސަލަ ނިންމަވާނެ ކަމަށް
ޤާޟީ ވިދާޅުވެފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ށ) ހަތަރުވަނަ ނުކުތާއަކީ: ޖިނާއީ ދަޢުވާކުރުމުގެ މަސްއޫލިއްޔަތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ
މަސްއޫލިއްޔަތަކަށްވާއިރު، ކްރިމިނަލް ކޯޓަށް އިޙްސާނާ މުޙައްމަދު ވަޙީދު އަމިއްލަ ހައިސިއްޔަތުން ޙާޒިރުވުމަށް
އެންގި އެންގުމަކީ އެއްވެސް ޤާނޫނީ އަސާސެއް އޮވެގެން އެންގި އެންގުމަކަށް ނުވާއިރުއާއި، އިޙްސާނާ
މުޙައްމަދު ވަޙީދަކީ އަމިއްލަ ހައިސިއްޔަތުން ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރުމުގެ ޙައްޤު އޮންނަ ފަރާތަކަށް
ނުވެފައި، އިޙްސާނާ މުޙައްމަދު ވަޙީދަކީ ދައުލަތުން ދަޢުވާކުރާ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން ކޯޓަށް ޙާޒިރުވާ މުވައްޒަފެއްގެ ހައިސިއްޔަތުން ކޯޓަށް ހާޟިރުވާ މީހަކަށްވާއިރު، ކޯޓުން
ސަސްޕެންޑް
.ޕެންޑްކުރައްވާނަމަ ކުރައްވަން ޖެހޭނީ ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ބ) ފަސްވަނަ ނުކުތާއަކީ: އެދުވަހުގެ 16:00 ގެ ނިޔަލަށް ދަޢުވާލިބޭ ފަރާތާއި ޕެނިޓެންޝަރީގެ
އޮފިސަރުން ކޯޓުގައި މަޑުކުރުމަށްފަހުގައި ވަކީލު ޙާޒިރުނުވުމުން ފޮނުވާލަން ޖެހިފައިވާކަމަށް ބަޔާންކޮށްފައިވާ
ބަޔާންކުރުމަށް އިޙްސާނާ މުޙައްމަދު ވަޙީދު ޒިންމާ ނަގަން ނުޖެހޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ޅ) ހަވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފަށް އެކިވަކީލުންނާ ދޭތެރޭ އެކި
ގޮތްގޮތަށް ޢަމަލުކޮށް ކްރިމިނަލް ކޯޓުން ވަކީލުންގެ މެދުގައި ހަމަހަމަކަން ޤާއިމްކޮށްފައިނުވުންކަމަށް ބުނެ
ހުށަހެޅި ނުކުރާއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/219
(ކ) ހަތްވަނަ ނުކުތާއަކީ: ސަސްޕެންޑްކޮށްފައިވަނީ އެއްވެސް ޤާނޫނެއް އަދި ޤަވާޢިދެއްގެ ދަށުން
ނޫންކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.
4. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، އަދި ކްރިމިނަލް ކޯޓުގެ ނަންބަރު 196
/
2011
/
903/A-145 (27 އޯގަސްޓް 2011)
ސިޓީ އިސްތިއުނާފު ކުރުމަށް ގދ. މަޑަވެލި، ދީނާރު އިޙްސާނާ މުޙައްމަދު ވަޙީދުގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
196
/
2011
/
903/A-145 (23 އޯގަސްޓް 2011) ސިޓީއަށް ބަލާއިރު، މިސިޓީއަކީ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރ އިޙްސާނާ މުޙައްމަދު ވަޙީދު 01 މަސްދުވަހުގެ
މުއްދަތަށް ސަސްޕެންޑްކޮށް، އެކަން ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަންގަވައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހަށް ކްރިމިނަލް ކޯޓުން ފޮނުއްވާފައިވާ ސިޓީއެއްކަން އެނގެން އޮންނަކަމާއި،
OXO.CO
މިސިޓީގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރ އިޙްސާނާ
މުޙައްމަދު ވަޙީދު 01 މަސްދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފައިވަނީ، 25 ޖުލައި 2011 ވީ ހޯމަދުވަހުގެ
10:30 ގައި އޮތް މައްސަލަ އެދުވަހުގެ 13:00 ގައި ނިންމާނެކަމަށް ޝަރީޢަތުގެ މަޖިލީހުގައި ޤާޟީ
އިޢުލާނުކޮށް، މައްސަލަ ހިންގި ސެކްޝަނުން އެދުވަހުގެ 13:00 އަށް ޙާޟިރުވުމަށް ދައުލަތުގެ ވަކީލާ
އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރ އިޙްސާނާ މުޙައްމަދު ވަޙީދުއަށް އެންގުމުން "އެހެން ދުވަހަކުޘްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/219
މައްސަލަ ނިންމާށޭ" ކިޔާ ކޯޓުން ނިކުމެގެން ގޮސްފައިވާތީއާއި، އެދުވަހު މައްސަލައިގެ ގަޑިޖެހުމުން މީނާ
ކޯޓަށް ޙާޟިރުނުވުމުން، ކޯޓުން މީނާގެ ފޯނަށް ތަކުރާރުކޮށް ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވާތީއާއި، އެދުވަހު
16:00 ގެ ނިޔަލަށް ދަޢުވާލިބޭ ފަރާތާއި ޕެނިޓެންޝަރީގެ އޮފިސަރުން ކޯޓުގައި މަޑުކުރުވުމަށްފަހު ވަކީލު
ޙާޟިރުނުވުމުން ފޮނުވާލަން ޖެހިފައިވާތީކަން ކްރިމިނަލް ކޯޓުގެ ނަންބަރު 196
/
2011
/
903/A-145 (23
އޯގަސްޓް 2011) ސިޓީއަށް ބެލުމުން އެނގެންއޮންނަކަމެވެ.
CC OXoc
(ނ) ދެވަނަ ކަމަކީ، ޖިނާއީ ދަޢުވާކުރުމުގެ މަސްއޫލިއްޔަތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ
މަސްއޫލިއްޔަތެއްކަމަށް ވާއިރު، އިޙުސާނާ މުޙައްމަދު ވަޙީދަކީ އަމިއްލަ ހައިސިއްޔަތުން ޖިނާއީ މައްސަލަތަކުގައި
ދަޢުވާކުރުމުގެ ޙައްޤު އޮންނަފަރާތަކަށް ނުވެފައި، އިޙްސާނާ މުޙައްމަދު ވަޙީދު ޖިނާއީ ކޯޓަށް ހާޒިރުވަނީ
ދައުލަތުން ދަޢުވާކުރާ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ހާޒިރުވާ މުވައްޒަފެއްގެ
ހައިސިއްޔަތުން ކަމަށްވާއިރު، ކޯޓަށް އިޙްސާނާ މުޙައްމަދު ވަޙީދު ސަސްޕެންޑް
އިޙްސާނާ މުޙައްމަދު ވަޙީދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
AWAއވަނީ 2ނނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ހ) އިން އެމާއްދާގެ (ފ) ގެ
ނިޔަލަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވާކަމާއި، މިގޮތުން އެމާއްދާގެ
(ހ) ގައި ޖިނާއީ ކުށްތަކާ ގުޅިގެން ދިވެހިރާއްޖޭގައި ކުރާ އެންމެހާ ދަޢުވާތަކާބެހޭކަންކަން ބެލެހެއްޓުން
ހިމެނޭކަމާއި،
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމާއި އޭނާއަށް ލިބިދޭ ބާރުގެ ދަށުން ކަމެއް
ހިންގުމުގައި އޭނާގެ އިރުޝާދުގެ ދަށުން އެކަމެއް ހިންގުން އޭނާގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ އެހެން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/219
މީހަކާ ނުވަތަ އެހެން
ބަޔަކު
ޙަވާލުކުރެވިދާނެކަމަށް ޤާނޫނުއަސާސީގެ
224
ވަނަ މާއްދާގައި
ބަޔާންކުރައްވާފައިވާއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު 196
/
2011
/
903/A-145 (23 އޯގަސްޓް 2011) ސިޓީގައި
ބަޔާންކުރައްވާފައިވާ 25 ޖުލައި 2011 ވަނަ ދުވަހުގެ 10:30 ގައި ކްރިމިނަލް ކޯޓުގައި އޮތް މައްސަލައަށް
އިޙްސާނާ މުޙައްމަދު ވަޙީދު ހާޒިރުވެފައިވަނީ އިސްވެދެންނެވުނު 224 ވަނަ މާއްދާގައިވާ ފަދައިން
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލް ތަމްސީލުކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލް
ފޮނުވުމުންކަން އެނގޭކަމާއި،
2 4 2 2 4 8
އަދި އިޙްސާނާ މުޙައްމަދު ވަޙީދަކީ އަމިއްލަ ހައިސިއްޔަތުން ކްރިމިނަލް ކޯޓަށް ހާޒިރުވެވޭނެ
ފަރާތަކަށް ނުވާއިރު، ކްރިމިނަލް ކޯޓުން އެމައްސަލާގައި އިޙްސާނާ މުޙައްމަދު ވަޙީދު ބަލައިގަނެފައިވަނީވެސް
އިސްވެދެންނެވުނު ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގައިވާ ގޮތުގެމަތީންކަން، ޕްރޮސިކިއުޓަރ ޖެނެރަލްއަށް
އެޑްރެސްކޮށް "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރ އިޙްސާނާ
މުޙައްމަދު ވަޙީދު ސަސްޕެންޑްކުރުމާބެހޭ" ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް، ކްރިމިނަލް ކޯޓުގެ
ނަންބަރު 196
/
2011
/
903/A-145 (27 އޯގަސްޓް 2011ސިޓީ ފޮނުއްވާފައިވުމުން ސާފުވާކަމާއި،
އަދި މިސިޓީއާ މެދު ހިތްހަމަ ނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިސިޓީގައި
ނިންމަވާފައިވާ ނިންމެވުން އިސްތިއުނާފުކޮށް، ނުވަތަ އެނޫންވެސް އެފަދަ ފިޔަވަޅެއް އަޅާފައިވާކަން
އެނގެންނެތްކަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްބްލިކް ޕްރޮސިކިއުޓަރ އިޙްސާނާ
މުޙައްމަދު ވަޙީދު ސަސްޕެންޑް ކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފެއްގެ
ހައިސިއްޔަތުންކަން އެނގެން އޮތްކަމެވެ.
“ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/219
"145-A/196/2011/903
8 0 4 6 8
(ނ) ތިންވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ
ނަންބަރު
(23 އޯގަސްޓް 2011) ސިޓީގައި އިޙްސާނާ މުޙައްމަދު ވަޙީދު 01 (އެކެއް) މަސްދުވަހުގެ މުއްދަތަށް
ސަސްޕެންޑްކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްބްލިކް ޕްރޮސިކިއުޓަރއެއްގެ
ޙައިސިއްޔަތުންކަމާއި، އެފިޔަވަޅު އެގޮތަށް އެޅުއްވުމަށްފަހު ކްރިމިނަލް ކޯޓުން އެކަން އަންގަވާފައި ވަނީވެސް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށްކަމާއި،
އެހެންކަމުން، ކްރިމިނަލް ކޯޓުން އަޅުއްވާފައިވާ އެފިޔަވަޅަކީ އިޙްސާނާ މުޙައްމަދު ވަޙީދުގެ އަމިއްލަ
ހައިސިއްޔަތުން ކޯޓަށް ޙާޒިރުވުން މަނާކޮށް އިޙްސާނާ މުޙައްމަދު ވަޙީދާމެދު އެޅިފައިވާ ފިޔަވަޅެއްކަމަށް
ނެތްކަމަށާއި އަދި އިޙްސާނާ މުޙައްމަދު ވަޙީދު ހުށަހެޅި މިހުށަހެޅުމުގެ މައްޗަށް ބިނާކޮށް،
ކްރިމިނަލް ކޯޓުން އަޅުއްވާފައިވާ އެފިޔަވަޅާމެދު ގޮތެއް ކަނޑައެޅިދާނެކަމަށްވެސް ނުފެންނަކަމުގައެވެ.
4
2
4
2 ހޑ 8
ބެލެވޭނެތެނެއް
89.
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ކްރިމިނަލް ކޯޓުގެ ނަންބަރު
196
/
2011
/
903/A-145 (27 އޯގަސްޓް 2011) ސިޓީ އިސްތިއުނާފްކުރުމަށް އިޙްސާނާ މުޙައްމަދު ވަޙީދު
ހުށަހެޅި މިހުށަހެޅުމުގެ މައްޗަށް ބިނާކޮށް، އެ ސިޓީގައި އެކޯޓުން ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމުގައި ކަނޑައަޅާނެ ތަނެއް ނެތްކަމަށް
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv