ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/202 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/
22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
a &
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
1
ޤަޟިއްޔާ ނަންބަރ: 202/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަލީ ޖަމްޝީދު
އާއިޑީ ކާޑު ނަންބަރ: 140748
A
ދާއިމީ
އެޑްރެސް: ގއ. ދެއްވަދޫ ގްރީންލައިފް
* މިހާރުގެ އެޑްރެސް: ޑީ.ޕީ.އާރ.އެސް
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 13 ޖުލައި 2009
* ނިމުނު ތާރީޚް: 09 ފެބްރުއަރީ 2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/JC/730
ނިންމެވިކޯޓް: ޖިނާއީކޯޓް
• ޤަޟިއްޔާގެ ބާވަތް: މީހަކު މަރާލެވިދާފަދަ އެއްޗަކާއެކު ޣައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރިވުން.
ފަހެޅުނުތާރީޚް: 18 މާރޗް 2009 = ނިމުނު ތާރީޚް: 12 މެއި 2009
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، ޙާބުރުޒު ހިނގުން ވާލޭ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް: www.lhighcourt.gov.mv
[email protected]
2
2009/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު: 2009/JC/730 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއި މެދު
ހިތްހަމަ ނުޖެހިގެން، ގއ. ދެއްވަދޫ ގްރީންލައިފް ޢަލީ ޖަމްޝީދު އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު
ފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީސް) އެވެ.
ޖިނާއީ ކޯޓުގެ
ފާހަގަކުރެވުނު ނުކުތާ
ނަންބަރު 2009/JC/730 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި
އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޢަލީ ޖަމްޝީދުގެ ފަރާތުން އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ
(ހ) ދައުލަތުގެ ފަރާތުން ޢަލީ ޖަމްޝީދުގެ މައްޗަށް ކޮށްފައިވާ، މީހަކު މަރާލެވިދާފަދަ އެއްޗަކާއެކު
ޣައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއަށް ޢަލީ ޖަމްޝީދު އިންކާރުކޮށްފައިވާކަން
އެނގެން އޮވެއެވެ.
(ނ) ޤާނޫނުލް ޢުޤޫބާތުގެ 46 ވަނަ މާއްދާއަށް ބަލާއިރު، ތިން މީހަކު ނުވަތަ އެއަށްވުރެ ގިނަ
ބަޔަކު އެއްވުމުގެ މަޤްޞަދަކީ، އެއްވެސް މީހެއްގެ މިލްކަށް ނުވަތަ ނަފްސަށް އެއްވެސް މާނައެއްގެ
ހަލާކެއްގެ އުނިކަމެއް، ޖެއްސުމެއް، ނުވަތަ ރުޅިވެރިކަމެއް މެދުވެރި ކުރުމާއި ޚަޞްމުން އަތްލުން، ގަޔަށް
އެރުން، މިނޫންވެސް ކުށެއް ކުރުން ކަމަށްވާނަމަ، އެ އެއްވުމަކީ ޣައިރު ޤާނޫނީ އެއްވުމެއް
ބެލެވޭނެކަން
.ޑީކޭނެކަން އެނގެން އޮވެއެ
ކަމަށް
.
(ނ) މިމައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ކޯޕްރަލް މުޙައްމަދު ޞާދިޤު ޙަސަން ދީފައިވާ ބަޔާނަށް ބަލާއިރު، 2008 ނޮވެމްބަރ 16 ވަނަ ދުވަހުގެ
ރޭ 22:25 ހާއިރު ޢާއްމު ފަރާތަކުން ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ސިނަމާލެ 3
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، ޙާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/22
ޢިމާރާތުގައި ހަރުކޮށްފައި ހުރި ލައިޓްތައް ބަޔަކު މީހުން ތަޅާލައިގެން އުޅޭކަމުގެ މަޢުލޫމާތު ދިނުމުން
މުޙައްމަދު ޞާދިޤު ޙަސަން އާއި، ކޮންސްޓަބަލް ސަޢުދު އިބްރާހީމް އާއި، ލާންސް ކޯޕްރަލް އަޙްމަދު
ފައުޒީ އާއި، ލާންސް ކޯޕްރަލް ޒައިދު މަޙްމޫދު އާއި، 4 މީހުން އެތަނަށް ދިޔަކަމަށާއި، އެތަނަށް ދިޔައިރު
އެބުނާ ލައިޓްތައް ހުރީ ތަޅާލައިފާ ކަމަށާއި، ލައިޓްތައް ތަޅާލަން ބޭނުންކުރި ކަމަށް ބެލެވޭ ޕޭމަންޓް ގައު
ތަކެއްވެސް އެތަނުގައި ހުރި ކަމަށާއި، ނަމަވެސް އޭރު އެތަނުގައި އެއްވެސް މީހަކު ނެތް ކަމަށާއި، ދެން
ސޯކޯ އޮފިސަރުންނަށް އެވާހަކަ އެންގުމަށްފަހު އެމީހުން އަންނަންދެން މަޑުކޮށްގެން ތިބި ކަމަށާއި، އޭގެ
ކުޑައިރުކޮޅެއް ފަހުން އެތަނަށް 08 ވަރަކަށް މީހުން އައިސް އެމީހުންގެ ތެރޭގައި ހުރި ސިނަމާލެ 2
14-04 ޝަމްޢޫން ރިޔާޟް، މުޙައްމަދު ޞާދިޤު ޙަސަން މެންނާއި ދިމާލަށް ހަޅޭއްލަވާ ހެދި ކަމަށާއި،
އެއަށްފަހު ޝަމްޢޫން ރިޔާޝްގެ އަތުން ސަޢުދު އިބްރާހީމްގެ މޭމަތީގައި ޖެހުމަށްފަހު ދުއްވައި ގަންނަން
އުޅުމުން 4 މީހުން ވެގެން އޭނާ ހިފަހައްޓާ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ގެންނަން ވެގެން އުޅުމުން
އެމީހުންގެ ތެރޭގައި ތިބި، ހިތަދޫ ހަލަވެލިގެއާގެ މުޙައްމަދު މިއުޝާރު އާއި،
ގއ. ދެއްވަދޫ
ގްރީންލައިފް ޢަލީ ޖަމްޝީދު އާއި، ހިތަދޫ ކަންޒުދޮށުގެ ފާރިޝް ޙުސައިން އާއި، ހިންމަފުށި
ލަކީލާސްޓް މުޙައްމަދު އާތިފް އާއި އަދިވެސް އިތުރު މީހުން 04 ފުލުހުންގެ ގަޔަށް އަރައިގަނެ މުޙައްމަދު
ޞާދިޤު ޙަސަން މެންގެ ގައިގެ އެކިތަންތަނުގައި އެމީހުންގެ އަތުންނާއި ފައިން ތަޅާ މާރާމާރީ ހިންގި
ކަމަށާއި، އެއަށް ފަހު އެތަނުގައި ހުރި ޕޭމަންޓް ގާތަކެއް މުޙައްމަދު ޞާދިޤު ޙަސަންމެންނާއި ދިމާލަށް
އެމީހުން އުކާހެދިކަމަށް މުޙައްމަދު ޞާދިޤު ޙަސަން ބުނެފައިވާއިރު، އެބަޔާނަކީ ކަން ހިނގާ ދިޔަގޮތަށް
ދީފައިވާ ތެދު ބަޔާނެއް ކަމަށާއި، އެއީ އެއްވެސް މަޖުބޫރުކަމެއް ނެތި ދީފައިވާ ބަޔާނެއް ކަމަށް 2009
މެއި 03 ވަނަ ދުވަހު ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް މުޙައްމަދު ޞާދިޤު ޙަސަން ދީފައިވާ
ބަޔާނުގައި ބުނެފައިވެއެވެ.
:
ގއ.
.
(ށ) މިމައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
އަޙްމަދު ފައުޒީ ދީފައިވާ ބަޔާނަށް ބަލާއިރު، ހިތަދޫ ހަލަވެލިގެއާގެ މުޙައްމަދު މިއުޝާރު އާއި،
ދެއްވަދޫ ގްރީންލައިފް ޢަލީ ޖަމްޝީދު އާއި، ހިތަދޫ ކަންޒުދޮށުގެ ފާރިޝް ޙުސައިން އާއި،
ހިންމަފުށި) ލަކީލާސްޓް މުޙައްމަދު އާތިފް އާއި އަދިވެސް އިތުރު މީހުން، ފުލުހުންގެ ގަޔަށް އަރައިގަނެ،
ފުލުހުންގެ ގައިގެ އެކި ތަންތަނުގައި އެމީހުންގެ އަތުންނާއި ފައިން ތަޅާ މާރާމާރީ ހިންގި ކަމާއި އެއަށް
ފަހު އެތަނުގައި ހުރި ޕޭމަންޓް ގާތަކެއް ފުލުހުންނާއި ދިމާލަށް އެމީހުން އުކާހެދިކަން އެނގެން އޮތްއިރު،
އެބަޔާނަކީ ތެދު ބަޔާނެއް ކަމަށާއި، އެބަޔާނުގައި ސޮއިކޮށް އިގިލީގެ ނިޝާން ޖަހާފައިވަނީ އެއްވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، ޙާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
4
2009/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަޖުބޫރުކަމެއް ނެތި ކަމަށް 2009 މެއި 03 ވަނަ ދުވަހު ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް އަޙްމަދު
ފައުޒީ ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
• މިމައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ކޮންސްޓަބަލް ސަޢުދު އިބްރާހީމް ދީފައިވާ ބަޔާނަށް ބަލާއިރު، ހިތަދޫ ހަލަވެލިގެއާގެ މުޙައްމަދު
މިއުޝާރު އާއި، ގއ. ދެއްވަދޫ ގްރީންލައިފް ޢަލީ ޖަމްޝީދު އާއި، ސ. ހިތަދޫ ކަންޒުދޮށުގެ ފާރިޝް
ޙުސައިން އާއި، ހިންމަފުށި ލަކީލާސްޓް މުޙައްމަދު އާތިފް އާއި އަދިވެސް އިތުރު މީހުން، ފުލުހުންގެ
ގަޔަށް އަރައިގަނެ، ފުލުހުންގެ ގައިގެ އެކި ތަންތަނުގައި އެމީހުންގެ އަތުންނާއި ފައިން ތަޅާ މާރާމާރީ
ހިންގި ކަމާއި، އެތަނުގައި ހުރި ޕޭމަންޓް ޤާތަކެއް ފުލުހުންނާއި ދިމާލަށް އެމީހުން އުކާހެދިކަމާއި، އެތަނުން
ގާބުރިއަކުން ސަޢުދު އިބްރާހީމްގެ ވާތުފައިގެ ކަކޫމަތީގައި ޖެހުނުކަން އެނގެން އޮތްއިރު، އެބަޔާނަކީ
ކަންހިނގައި ދިޔަގޮތަށް ދީފައިވާ ތެދު ބަޔާނެއް ކަމަށާއި، އެބަޔާނުގައި ސޮއިކޮށް އިގިލީގެ ނިޝާން
ޖަހާފައިވާނެ ކަމަށް 2009 މެއި 03 ވަނަ ދުވަހު ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސަޢުދު
އިބްރާހީމް ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮވެއެވެ.
(ޅ) މިމައްސަލަ އާއި ގުޅިގެން ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މެޑިކޯ ލީގަލް
ރެކޯރޑް ތަކަށް ބަލާއިރު، މުޙައްމަދު ޞާދިގުގެ ކަނާތު ލޮލުގެ އެސްފިޔަ މަތިން މަށާގެން ގޮސްފައިވާތީ
ޑޮކްޓަރަށް ދައްކާފައިވާކަމާއި، ޒައިދު މަޙްމޫދުގެ ނިތްކުރީގެ ކަނާތު ފަރާތް ދުޅަވެފައި ހުރެގެން
ފަރުވާހޯދުމަށް ޑޮކްޓަރަށް ދައްކާފައިވާކަން އެނގޭކަމާއި، އަދި ހަމަ އެހެންމެ ސަޢުދު އިބްރާހީމްގެ މެޔަށް
ތަދުވާތީ އާއި، ވާތު ކަކޫ މެށިފައިވާތީ، ފަރުވާކުރުމަށް ޑޮކްޓަރަށް ދައްކާފައިވާކަން އެނގެން އޮތް އިރު،
މީސް މީހުންނަކީ ހާދިސާ ހިނގި ތަނަށް ދިޔަމީހުންކަން މިމައްސަލަ އާއި ގުޅިގެން ހުށަހެޅުނު ލިޔެކިޔުމުން
އެނގެން އޮވެއެވެ
ވީމާ، އިސްވެ ފާހަގަ ކުރެވުނު ކަންކަމަށް ބަލާއިރު، ގއ. ދެއްވަދޫ ގްރީންލައިފް ޢަލީ ޖަމްޝީދު
އާއި، އިތުރު ބަޔަކު، ފުލުހުންގެ ގަޔަށް އަރައިގަނެ، ފުލުހުންގެ ގައިގެ އެކި ތަންތަނުގައި އެމީހުންގެ
އަތުންނާއި ފައިން ތަޅާ މާރާމާރީ ހިންގި ކަމާއި، ޕޭމަންޓް ޤާތަކެއް ފުލުހުންނާއި ދިމާލަށް އެމީހުން
އުކާހެދިކަން، އިސްވެ އިޝާރާތް ކުރެވުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުޙައްމަދު ޞާދިޤު ޙަސަން
އާއި، އަޙްމަދު ފައުޒީ އާއި ސަޢުދު އިބްރާހީމް އާއި މިމީސް މީހުން މިމައްސަލައާއި ގުޅިގެން މޯލްޑިވްސް
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، ޙާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
ފާފަ، 44
5
2009/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0%
ޕޮލިސް ސަރވިސް އަށް ދީފައިވާ ބަޔާން ތަކުން އެނގެން އޮތް އިރު، އެބަޔާން ތަކަކީ ތެދު ބަޔާން ތަކެއް
ކަމަށް މިމީސްމީހުން ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން، ޖިނާއީ ކޯޓުގެ ނަންބަރު
2009/JC/730ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތުމުގެ އިތުރުން،
މިމީސްމީހުންނަށް އަނިޔާވުމުގެ ސަބަބުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް
ޑޮކްޓަރަށް ދައްކާފައިވާކަން ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/730 ޤަޟިއްޔާ އާއި ގުޅިގެން
ހުށަހެޅިފައިވާ މެޑިކޯ ލީގަލް ރެކޯޑުން އެގެން އޮތުމުން، އެޤަޟިއްޔާގައި ޖިނާއީ ކޯޓުން ޢަލީ ޖަމްޝީދުގެ
މައްޗަށް ކަނޑައަޅުއްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަން ޖެހޭކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން
ބެލި ފަނޑިޔާރުންގެ މަޖިލީހަކަށް އެއްބަހެއް ނުވެވުނެވެ.
އެ#
ދެންފަހެ، ގއ. ދެއްވަދޫ ގްރީންލައިފް ޢަލީ ޖަމްޝީދު މީހަކު މަރާލެވިދާ ފަދަ އެއްޗަކާއެކު ޣައިރު
ޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ޖިނާއީ ކޯޓުގެ ނަންބަރު
2009/JC/730 ޤަޟިއްޔާގައި ކަނޑައަޅުއްވާ، ޢަލީ ޖަމްޝީދު 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް
ޖަލަށްލުމަށް ޙުކުމް ކުރައްވާފައިވަނީ، ޝަރީޢަތާއި ޤާނޫނާއި ޚިލާފަށް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަރ ވެވިފައި ނުވާތީ، އެޤަޟިއްޔާގެ
ބަދަލެއް ގެނެވެން ނެތް ކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
އެއްބަސް
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
އައް
އަމީދު
(ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
،ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، ޙާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes