ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/186 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/186
އަA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 186/HC-A/2015
• އިސްތިއުނާފު ކުރި ފަރާތް:
ދާއިމީ އެޑްރެސް:
ހަނީކޯމްބް މާލެ
އައި.ޑީ.ކާޑު ނަންބަރު: A120150
މިހާރުގެ އެޑްރެސް: މ. ހަނީކޯމްބް މާލެ
ވަކީލް: އދ. ފަރީޝާ ޢަބްދުﷲ، ބަގީޗާގެ/ ގދ. ފަރެސްމާތޮޑާ
* ނަން: އަޙްމަދު ޖަޒީލް
17
0
*
އިސްތިއުނާފް ރައްދުވާ ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައި.ޑީ.ކާޑު ނަންބަރު:
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލް: ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޢާއިޝަތު ޝަމްޢާ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 ރަޖަބު 1436
14 މެއި 2015
ނިމުނު ތާރީޚް: 03 ޝަޢުބާން 1436
21 މެއި 2015
އިސްތިއުނާފް ކުރެވުނު އަމުރު ނަންބަރު: 2015
/
3273/J
/
MD-145
ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• އަމުރު ނެރުއްވި ތާރީޚު: 02 މެއި 2015
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރުން ޢަބްދުﷲ ޙަމީދު
ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ފި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
އPނ އެ 4 4ވއެވެ.
'2
2015/HC-A/186
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3273/J
/
MD-145 ކޯޓު އަމުރު ކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި،
ހަނީކޯމްބް މާލެ އަޙްމަދު ޖަޒީލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
ދ ތ ދވ
ނނީ
145-J/MD/2015/3273
1. ކްރިމިނަލް ކޯޓުގެ
ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި،
މ. ހަނީކޯމްބް މާލެ އަޙްމަދު ޖަޒީލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3273/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެކޯޓު
އަމުރަކީ، ހަނީކޯމްބް މާލެ އަޙްމަދު ޖަޒީލުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ފުލުހުންގެ އަމުރަށް
ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ މައްސަލާގައި، މުޖުތަމަޢުގެ ސަލާމަތަށްޓަކައި 02 މެއި 2015
ވަނަ ދުވަހުގެ 18:00 އިން ފެށިގެން 17 މެއި 2015 ވަނަ ދުވަހުގެ 17:59 އަށް، 15 (ފަނަރަ) ދުވަހުގެ
މުއްދަތަށް މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި އަޙްމަދު ޖަޒީލު ބަންދުގައި
ރުކުރައްވައި ނެރުއްވާފައިވާ
4
2
4
2 ހދ
و م ع م
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/186
.1
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3273/J
/
MD-145 ކޯޓު އަމުރު ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ، . ހަނީކޯމްބް މާލެ އަޙްމަދު ޖަޒީލުގެ ފަރާތުން 05
(ފަހެއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ. މިގޮތުން އަޙްމަދު ޖަޒީލުގެ ފަރާތުން ހުށަހަޅާފައިވާ
ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި
ބަޔާންކުރާ ކުއްކުށަށް ތުހުމަތުކުރެވޭމީހުން މިނިވަންކުރުމުގެ އުޞޫލުތަކުގެ ތެރެއިން ބަންދުގައި ބަހައްޓައިގެން
މައްސަލަ ކުރިއަށް ގެންދެވޭ ޝަރުޠުތަކުގެ ތެރެއިން އެއްވެސް ޝަރުތަކަށް ނުފެތޭއިރުވެސް ބަންދުގައި
ބެހެއްޓުމަށް
ޖުމަށް އަމުރު ނެރުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާއާ ޚިލާފަށް ބަންދުގައި ބެހެއްޓުމަށް އަމުރު
ނެރުއްވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
0
• ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 286/HC
-
A/2014 ޤަޟިއްޔާގައި،
މީހަކު ބަންދުގައި ބަހައްޓަންޖެހޭކަން ސާބިތުކޮށްދީ އެކަމުގެ މައްޗަށް ހެކި ޤަރީނާ ހުށަހެޅުމަކީ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން އުފުލަންޖެހޭ ބުރައެއްކަމުގައި ބަޔާންކޮށްފައިވާއިރު، އެފަދަ ހެކި
ހުށަހަޅާފައިނުވާއިރު ކޯޓު އަމުރު ނެރެދެއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ރ) އިން ލާޒިމްކޮށްފައިވާ ގޮތާއި
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2015/HC-A/186
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ޚިލާފަށް، އެމާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ބަންދުކުރި ސަބަބު ފޯމުގައި
ބަޔާންކުރައްވާފައި ނުވާކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
. ފަސްވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތް ބަންދުކުރީ ވަކި ޙާލަތަކާ ގުޅިގެންކަމަށް
ބުނާއިރު، އެޙާލަތު ދެމިގެން ނުދާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3273/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
މ. ހަނީކޯމްބް މާލެ އަޙްމަދު ޖަޒީލުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
.
ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ
ނަންބަރު
2015
/
3273/J
/
MD-145 ކޯޓު އަމުރަކީ، ހަނީކޯމްބް މާލެ އަޙްމަދު ޖަޒީލުގެ
މައްޗަށް
މަތުކުރެވިފައިވާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅުމުގެ މައްސަލާގައި، 02 މެއި
2015 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އަޙްމަދު ޖަޒީލުގެ ބަންދުގެ މުއްދަތު
އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD078691 "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް މައްސަލަ
ހުށަހަޅާ ފޯރމް" އިން ހުށަހެޅުމުން ނެރުއްވާފައިވާ އަމުރެއްކަމާއި،
އެއަމުރުގައި، 02 މެއި 2015 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 17 މެއި 2015 ވަނަ
ދުވަހުގެ 17:59 އަށް، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އަޙްމަދު ޖަޒީލު މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން
ކަނޑައަޅާ ތަނެއްގައި ބަންދުގައިބެހެއްޓުމަށް އަމުރު ކުރައްވާފައިވާކަން އެނގޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2015/HC-A/186
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
cu o
(ށ) ދެވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު
ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު"ގެ 7 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން
ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު"ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް ނުވަތަ
ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއި، އެމާއްދާގެ (ރ) ގައި، ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު
ނިންމަވާ ޙާލަތުގައި ބަންދުގައި ބެހެއްޓުމަށް ނިންމެވި ސަބަބު ފޯމުގައި ލިޔަންވާނެކަމަށް
އަށް ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3273/J
/
MD-145 ކޯޓު
އަމުރުގައި އަޙްމަދު ޖަޒީލު ބަންދުގައި ބެހެއްޓުމަށް ނިންމެވި ސަބަބު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ)ގައިވާ
ފަދައިން ބަޔާންކުރެވިފައިވާކަމާއި، އެއީ މުޖުތަމަޢުގެ ސަލާމަތަށްޓަކައިކަން
ބެލުމުން
އެނގެންއޮންނަކަމާއި،
ޤާނޫނުއަސާސީގެ ގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
272 ހއ
އއ0ށ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/186
ސަބަބެއްގެ މައްޗަށް ބިނާކޮށް ބަންދުގެ މުއްދަތު އިތުރުކޮށްދެއްވައި ނެރުއްވާ ކޯޓުއަމުރުގައި ބަޔާންކުރުން
ލާޒިމުވާނީ ބަންދުގައި ބެހެއްޓުމަށް ނިންމެވި ސަބަބުކަން އެނގޭކަމާއި، ނަމަވެސް މިފަދަ އަމުރުތަކުގެ
ތަބީޢަތަށާއި، މިފަދަ އަމުރުތައް ނެރުއްވުމުގައި ކޯޓުތަކުން ޢަމަލުކުރައްވަމުންގެންދަވާ އުޞޫލުތަކުގެ މައްޗަށް
ބަލާއިރު، އެސަބަބުގެ ތަފްޞީލު ކޯޓު އަމުރުގައި ލިއުއްވުމަކީ ލާޒިމުކަމެއްނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 168/HC
-
A/2015 ޤަޟިއްޔާއާއި، ނަންބަރު 169/HC
-
A/2015
ޤަޟިއްޔާއާއި ނަންބަރު
170/HC-A/2015 ޤަޟިއްޔާގައި ކަނޑަޅުއްވައި ބަޔާންކުރައްވާފައިވާކަމެވެ.
.
ﷲ
ކާނޭ ތއބވއ
34 04
2012/HC-A/263
ޤަޟިއްޔާއާއި
2012/HC-A/265
(ނ) ތިންވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މައްސަލަތަކުގައި
ކޯޓަށް ހެކި ހުށަހަޅަންޖެހޭނީ ކުށެއްކުރިކަން ސާބިތުވާ މިންވަރުގެ ހެކި ޤަރީނާނޫންކަމާއި، އެފަދަ
މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކުށެއް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި
ޤަރީނާކަމާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި
ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައިވިއަސް ތުހުމަތުކުރެވޭވަރުގެ އެކަށީގެންވާ
ހުރިނަމަ ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓިދާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާކަމާއި،
ކުށެއްގެ ތުހުމަތުގައި ހުރިމީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ
މައްސަލަތަކުގައި އެފަދަ މީހަކު ބަންދުގައި އިތުރަށް ބަހައްޓަންޖެހޭކަން ސާބިތުކޮށްދީ، އެކަމުގެ މައްޗަށް ހެކި
ޤަރީނާ ދަށުކޯޓަށް ހުށަހެޅުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އުފުލަންޖެހޭ ބުރައެއްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 286/HC
-
A/2014 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަން އެނގޭއިރު،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި، އަޙްމަދު ޖަޒީލުގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް
އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން، އަޙްމަދު ޖަޒީލު ހައްޔަރުކުރެވުނު އިރު އެތަނުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ތަޖުހިގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/186
ހަރަކާތްތެރިވި ފުލުހުން ދީފައިވާ ބަޔާންތަކާއި ކަމާގުޅޭ ލިއުންތައް ހުށަހަޅާފައިވާކަން އެނގޭކަމާއި،
އެހެންކަމުން، އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3273/J
/
MD-145 ކޯޓު
އަމުރުގައި އަޙްމަދު ޖަޒީލު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިއެވަނީ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ހުށަހެޅި އެބަޔާންތަކާއި ލިއުންތަކަށް ރިޢާޔަތްކުރައްވައި، އަޙްމަދު ޖަޒީލުގެ މައްޗަށް
ކުރެވިފައިވާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތު ކުރުމަށް އެކަށީގެންވާ
ސަބަބުތަކެއް ހުރުމުންކަމުގައި ބަލަންޖެހޭކަމެވެ.
4 2 3 4
ބނަނީ
(ރ) ހަތަރުވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހަކު، ކަފާލާތުގެ އުޞޫލުން ނުވަތަ ކޯޓުން
ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުޠުތަކެއް
ކަނޑައެޅުމަށްފަހު ބަންދުން ދޫކޮށްލެވިދާނެކަމަށް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3273/J
/
MD-145 ކޯޓު
އަމުރުގައި އަޙްމަދު ޖަޒީލު 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވާއިރު،
ޤާނޫނުއަސާސީގެ
ގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޝަރުތެއްގެ ދަށުން އަޙްމަދު ޖަޒީލު ދޫކޮށްނުލައި
ބަންދުގެ މުއްދަތު އިތުރުކުރައްވަން ޖެހޭކަމަށް ފެންނަ ޤާނޫނީ އެއްވެސް ސަބަބެއްނެތްކަމަށް
ބުނެ އަޙްމަދު
ޖަޒީލުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތީން ކަފާލާތުގެ
އުޞޫލުން އަޙްމަދު ޖަޒީލު ބަންދުން ދޫކޮށްދިނުމަށް އެދި އަޙްމަދު ޖަޒީލުގެ ފަރާތުން ކްރިމިނަލް ކޯޓަށް
ހުށަހަޅާފައިނުވާކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު،
ދައުލަތުން ބުނި މިބުނުމަށް އަޙްމަދު ޖަޒީލުގެ ފަރާތުން އިންކާރުކޮށްފައިނުވާކަމާއި، އަދި އަޙްމަދު ޖަޒީލު
ކަފާލާތުގެ އުޞޫލުން ބަންދުން ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދުނުކަން އެނގެންނެތްއިރު،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
އެ އެއް* * *
ޑ. ދިވެހީން
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/186
ޝަރުޠުކުރުމަ
ރުމަށްފަހު ނުވަތަ ޝަރުތަކާނުލައި ބަންދުން ދޫކޮށްލުމަށް ނުވަތަ ކަފާލާތުގެ އުޞޫލުން
ޔަޤީންކަންދިނުމަށްފަހު ނުވަތަ އެއްވެސް ޝަރުޠަކާނުލައި ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުން ދޫކޮށްލެވޭނީ،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ، ބަންދުގައި
ބަހައްޓަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ފަނޑިޔާރަށް ފާހަގަވާ ޙާލަތުގައިކަން ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 8 ވަނަ
މާއްދާގެ (ހ) އިން އެނގޭއިރު، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި، ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް އޮތްކަމަށް
ފާހަގަކުރެވިގެން، އަޙްމަދު ޖަޒީލު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމަވައި، އެސަބަބު އެކޯޓު
އަމުރުގައި ބަޔާންކުރައްވާފައިވާކަން
އެހެންކަމުން
އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3273/J
/
MD-145 ކޯޓު އަމުރަކީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް ނެތްކަމުގައެވެ.
ޙުކުމް.
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައި
މިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3273/J
/
MD-145 ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/186
އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv