ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/21 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/2]
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 21/HC-A/2011
އިސްތިއުނާފުކުރި ފަރާތް:
* ނަން. އަޙްމަދު ވަޙީދު
އައިޑީ ކާޑު ނަންބަރ: A054805
އިސްތިއުނާފު ރައްދުވި ފަރާތް
އެޑްރެސް: ރަންވިލާ ބ.ދަރަވަންގޫ
މިހާރުގެ އެޑްރެސް: ރަންވިލާ ބ.
މ އ ހ 00ގ
ބ.ދަރަވަންދޫ
* ނަން: ޢާއިޝަތު ރަމީޒާ
ކާޑުނަންބަރު: A051543
* ދާއިމީ އެޑްރެސް: ކޮމެޓް/ބ.ދަރަވަންދޫ
މިހާރުގެ އެޑްރެސް: ގ.ފެހިވާދީ މާލެ
* މައްސަލައިގެ ތަދައްޚުލުވި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ:-
ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 19 ޞަފަރު 1432
13 ޖެނުއަރީ 2011
ނިމުނު ތާރީޚް: 27 މުޙައްރަމް 1436
20 ނޮވެމްބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/F-8-C/10
ނިންމެވިކޯޓް: ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓް
މައްސަލައިގެ ބާވަތް: ގޯތި ގެދޮރު ވިއްކުން
ހުށަހެޅި ތާރީޚް: 2010-05-13
ނިމުނު ތާރީޚް: 2010-11-25
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/2]
• ދަޢުވާގެ ޚުލާޞާ
މިއީ، ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/F-8-C/10 ޤަޟިއްޔާ
އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ބ.ދަރަވަންދޫ ރަންވިލާ އަޙްމަދު
ވަޙީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:A054805) ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފް
ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ
ބ.ދަރަވަންދޫ!ކޮމެޓް، ޢާއިޝަތު ރަމީޒާ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:43
A} ކަމާއި،
މިޤަޟިއްޔާއަށް ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ތައްދައްޚުލް ވެފައިވެއެވެ.
CCO
21
ނުކުތާ
01- ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/F-8-C/10 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ބ.ދަރަވަންދޫރަންވިލާ، އަޙްމަދު ވަޙީދުގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ ބ.ދަރަވަންދޫ "ހީނާވިލާ" އެވެ ކިޔާ އަމިއްލަ ގޯތި، ޝަރީޢަތް މެދުވެރިކޮށް
-/83475ރ. (އަށްޑިހަތިންހާސް ހަތަރުސަތޭކަ ހަތްދިހަފަސް ރުފިޔާ) ގެ އަގަށް ބ.ދަރަވަންދޫ|ކޮމެޓް،
ޢާއިޝަތު ރަމީޒާއަށް ވިއްކާލުމަށް އެދި އަޙްމަދު ވަޙީދު ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާ އެއް ކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، ބ.ދަރަވަންދޫ ރަންވިލާ
އަޙްމަދު ވަޙީދު އަށް ދިރިއުޅުމަށްޓަކައި ބ. ދަރަވަންދޫން ދޫކޮށްފައިވާ 3150 (ތިންހާސް އެއްސަތޭކަ
ފަންސާސް) އަކަފޫޓް ހުރި ދަރަވަންދޫ ހީނާވިލާ ކިޔާބަންޑާރަ ގޯތި އަމިއްލަ ކުރުމަށްފަހު -/83475ރ.
(އަށްޑިހަތިންހާސް ހަތަރުސަތޭކަ ހަތްދިހަފަސް ރުފިޔާ) އަށް ބ.ދަރަވަންދޫ ކޮމެޓް ޢާއިޝަތު ރަމީޒާ އަށް
ޝަރީޢަތް މެދުވެރިކޮށް ވިއްކާލުމަށް މި އަޙްމަދު ވަޙީދު ހުށަހެޅި ވިޤަޟިއްޔާއާއި ގުޅިގެން ބިމާބެހޭ ޤާނޫނުގެ
ދަށުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ފައިސާގެ މިންވަރު ބެލުމަށްޓަކައި މާޅޮސްމަޑުލު ދެކުނުބުރީ
އަތޮޅުއޮފީހުގައި މިކޯޓުގެ ނަމްބަރ 2010
/
74/F8C (2010-07-11) މެސެޖުން ދެންނެވުނު އެ އޮފީހުގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/2]
ނަމްބަރ 2010
/
1924-MF) (2010-08-01) މެސެޖުން އަންގާފައިވަނީ "ތިޔަރަށު ހީނާވިލާ އެވެކިޔާ
އަމިއްލަ ގޯތި ވިއްކާލުމަށް ތިޔަރަށު ރަންވިލާ އަޙްމަދު ވަޙީދު ހުށަހަޅާފައިވާ -/
83475ރ. (އަށްޑިހަތިންހާސް
ހަތަރުސަތޭކަ ހަތްދިހަފަސް ރުފިޔާ) އަކީ ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނުގެ ދަށުން ޓެކްސް ނެގުމަށްޓަކައި
އެކަށައަޅާފައިވާ އަގަށްވުރެ ދަށްއަގެއްކަމަށް ހައުސިންގ އެންޑް
މިނިސްޓްރީން
އަންގަވާކަމަށާއި އެގޯތި ވިއްކުމުގައި ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ނަންގަވާނީ -/
472500ރ.
(ހަތަރުވައްކަ ހަތްދިހަދެހާސް ފައްސަތޭކަ) ރުފިޔާގެ 15 ޕަސެންޓަށްވާ -708751ރ. (ހަތްދިހަހާސް
އަށްސަތޭކަ ހަތްދިހަ ފަސްރުފިޔާ) ކަމުގައެވެ."
ވީމާ، ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމަށް 01 (އެކެއް) މަސްދުވަހުގެ މުއްދަތު
އަޙްމަދު ވަހީދުއަށް ދިނުމަށްފަހު މުއްދަތު ހަމަވިއިރުވެސް ޓެކްސް ދައްކާފައި ނުވާތީއާއި، އަދި މި ޓެކްސް
ދެއްކެން ނެތްކަމަށާއި، މައްސަލަ ނިންމަވާ ދެއްވުމަށް އެދި އަޙްމަދު ވަޙީދު ބަޔާން ދިނުމާއިގުޅިގެން
ޝަރީޢަތުން މި ގޯތި ވިއްކުމުގެ މުޢާމަލާތް އަދި ކުރިއަށް ގެންދެވެން ނެތްކަމުގައި މައްސަލަ ހުށަހެޅި
ދަރަވަންދޫ ރަންވިލާ އަޙްމަދު ވަޙީދުއަށް އަންގާ މައްސަލަ ނިންމައިފީމެވެ." މިފަދައިން ބަޔާން
ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
02- ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/F
-
8
-
C/10 ޤަޟިއްޔާގައި
އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ޙުކުމް ކުރެއްވުމާގުޅިގެން ބ.ދަރަވަންދޫ ރަންވިލާ، އަޙްމަދު ވަޙީދު ގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: 23 ޖުލައި 2008 ގައި ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނަށް
ގެނެވުނު އިސްލާޙާއި ގުޅިގެން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ ފަރާތުން ބިމާއި ބެހޭ
ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެގޯތި ވިއްކާލަންވާނީ އެޤާނޫނުގެ 18 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވާ ގޮތަށް ބިން ވިއްކާ އަގުގެ %15 އިންސައްތަ ޓެކްސްގެ ގޮތުގައި އެގޯއްޗެއް ނުވަތަ
މައިކްa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/2]
ބިމެއް ވިއްކާފަރާތުން ސަރުކާރަށް ޓެކްސް ދެއްކުމަށްފަހުގައިކަން ބަޔާންކޮށްފައިވާކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
2
8
6
2 ހ4
އނ233
62x 2 2x 26
އއޤީ30330
* ދެވަނަ ނުކުތާއަކީ: ހައުސިންގ މިނިސްޓްރީގެ
މަތިން
-/472,500 (ހަތަރުލައްކަ ހަތްދިހަދެހާސް ފައްސަތޭކަ) ރުފިޔާގެ %15 އިންސައްތަ ކަމަށްވާ -/70,875
ހަތްދިހަހާސް އަށްސަތޭކަ ހަތްދިހަފަހެއް) ރުފިޔާ ޓެކުހުގެ ގޮތުގައި ދެއްކުމަށް ބ.ދަރަވަންދޫ މެޖިސްޓްރޭޓް
ކޯޓުން އަންގާފައިވާ އެންގުމަކީ ޤާނޫނާއި ޚިލާފަށް އަންގަވާފައިވާ އެންގެވުމެއްކަމަށްބުނެ ފާހަގަކޮށްފައިވާ
ނުކުތާއެވެ.
ސަރުކާރަށް
ދައްކަންޖެހެނީ
އޭގެ
* ތިންވަނަ ނުކުތާއަކީ، އަޙުމަދު ވަޙީދުގެ ފަރާތުން ޢައިޝަތު ރަމީޒާއަށް ގޯތި ވިއްކާފައިވާ
އަގަކީ -/83,475 (އަށްޑިހަ ތިންހާސް ހަތަރުސަތޭކަ ހަތްދިހަފަހެއް) ރުފިޔާ ކަމަށްވާތީ ޓެކުހުގެ ގޮތުގައި
15
% އިންސައްތަ އަށްވާ 12521/25 ރ.(ބާރަހާސް ފައްސަތޭކަ
އެކާވީސްރުފިޔާ ފަންސަވީސް ލާރި) ކަމަށް ކަނޑައަޅުއްވައި ދެއްވުންއެދި ހުށަހަޅާފައިވާ ނުކުތާއެވެ.
03- ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/F
-
8
-
C/10 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ބ.ދަރަވަންދޫ ރަންވިލާ، އަޙްމަދު
ވަޙީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވާޢިދުތަކަށާއި،
މައްސަލައާއި ގުޅުންހުރި ޝަރުޢީ ކޯޓުތަކުގެ ނިންމުންތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ރިޢާޔަތްކޮށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/F
-
8
-
C/10
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ބ.ދަރަވަންދޫ!ރަންވިލާ، އަޙްމަދު
ވަޙީދުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބ.ދަރަވަންދޫ "ހީނާވިލާ" އެވެ ކިޔާ އަމިއްލަ ގޯތި -/
83475ރ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/2]
(އަށްޑިހަތިންހާސް ހަތަރުސަތޭކަ ހަތްދިހަފަހެއް) ރުފިޔާ ގެ އަގަށް ބ.ދަރަވަންދޫ)ކޮމެޓް، ޢާއިޝަތު ރަމީޒާއަށް
ޝަރީޢަތް މެދުވެރިކޮށް ވިއްކާލުމަށް އެދި އަޙްމަދު ވަޙީދު ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އަޙްމަދު ވަޙީދު ހުށަހެޅި އެޤަޟިއްޔާއާއި ގުޅިގެން ބިމާބެހޭ ޤާނޫނުގެ ދަށުން ސަރުކާރަށް
ދައްކަންޖެހޭ ޓެކްސްގެ މިންވަރު ބެލުމަށްޓަކައި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުއޮފީހުގައި ބ.ދަރަވަންދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރ 2010
/
74/F8C (2010-07-11) މެސެޖުން ދެންނެވުމުން، މާޅޮސްމަޑުލު
ދެކުނުބުރީ އަތޮޅުއޮފީހުގެ ނަމްބަރ 2010
/
1924-MDF) (2010-08-01) މެސެޖުން، ބ.ދަރަވަންދޫ
ހީނާވިލާ" އެވެ ކިޔާ އަމިއްލަ ގޯތި ވިއްކާލުމަށް ބ.ދަރަވަންދޫރަންވިލާ އަޙްމަދު ވަޙީދު ހުށަހަޅާފައިވާ
-/83475ރ. (އަށްޑިހަތިންހާސް ހަތަރުސަތޭކަ ހަތްދިހަފަހެއް) ރުފިޔާ ގެ އަގަކީ ދިވެހިރާއްޖޭގެ ބިމާއިބެހޭ
ޤާނޫނުގެ ދަށުން ޓެކްސް ނެގުމަށްޓަކައި އެކަށައަޅާފައިވާ އަގަށްވުރެ ދަށްއަގެއްކަމަށް ހައުސިންގ އެންޑް
އެންވަރަންމަންޓް މިނިސްޓްރީން ކަނޑައަޅުއްވައި، އެގޯތި ވިއްކުމުގައި ސަރުކާރަށް ދައްކަންޖެހޭ ޓެކްސް
ނަންގަވާނީ -/472500ރ.(ހަތަރުލައްކަ ހަތްދިހަދެހާސް ފައްސަތޭކަ) ރުފިޔާގެ %15 އިންސައްތަ އަށްވާ
-/70875ރ.(ހަތްދިހަހާސް އަށްސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ ކަމުގައި ކަނޑައަޅުއްވާފައިވާތީ، ޓެކުހުގެ
ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ -/70875ރ.(ހަތްދިހަހާސް އަށްސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ
01 (އެކެއް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އަޙްމަދު ވަޙީދުއަށް އެންގުމުން، މިނިސްޓްރީ އޮފް
ހައުސިންގ އެންޑް އެންވަރަންމަންޓުން އަންގަވާފައި އެވާގޮތުގެ މަތިން ޓެކްސް ދެއްކެން ނެތްކަމަށް އަޙްމަދު
ވަޙީދު ބުނެފައިވާތީ، ޝަރީޢަތުން އެ ގޯތި ވިއްކުމުގެ މުޢާމަލާތް ކުރިއަށް ގެންދެވެން ނެތްކަމުގައި މައްސަލަ
ހުށަހެޅި ދަރަވަންދޫ ރަންވިލާ އަޙްމަދު ވަޙީދުއަށް އަންގާ އެގޮތުގެ މަތިން ނިންމަވާފައިވާ މައްސަލައެއްކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
އަޙްމަދު ވަޙީދުގެ ފަރާތުން ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ފާހަގަކޮށްފައިވާ ނުކުތާތައް ބިނާކޮށްފައިވަނީވެސް އެކަމުގެ މައްޗަށްކަމާއި،
ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 1/2002) ފުރަތަމަ ފާސްކުރެވުނުއިރު އެޤާނޫނުގެ 18 ވަނަޓީމްޓީގެ
"10/F-8-C/2(
އޤީ0ނ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/2]
e
4
4 ތ
މާއްދާގެ (ހ) އަށް ބަލާއިރު، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އެގޯއްޗެއް ދޫކޮށްފައިވާ ފަރާތަކުން
އެޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތީން އެގޯއްޗެއްގެ ބިންގަތުމަށްފަހު، އެހެން ފަރާތަކަށް ވިއްކާލެވޭނީ
އެ ޤާނޫނުގެ
ހުނުގެ ދަށުން ހަދާ ޤަވާޢިދުގައިވާ ގޮތުގެމަތިން ޢާއްމުކޮށް ޝާޢިއުކޮށްފައިވާ
ވާ އުޞޫލާ އެއްގޮތްވާ ގޮތުގެ
މަތީން ކަނޑައެޅޭ އަގަކަށް ކަމުގައި ބުނެފައިވުމުން، އެ ޤާނޫނު ފާސްކުރެވުނުއިރު ޓެކްސް ނެގުމުގެ
ބޭނުމަށްޓަކައި ބިން ވިއްކާ އަގު ކަނޑައަޅާނީ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައިވާ ގޮތުގެ މަތީން އަދި
ޝާޢިއުކޮށްފައިވާ
އުޞޫލާ އެއްގޮތްވާ
ގޮތުގެމަތީން ކަމަށާއި، ގޯތި ވިއްކާ ފަރާތުން ކޮންމެ އަގެއްގައި
ގޯތި ވިއްކިކަމުގައިވީނަމަވެސް ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ނެގުމުގެ ބޭނުމުގައި، ގޯތި ވިއްކާ އަގު
ކަނޑައަޅާނީ ސަރުކާރުން ހަދާފައިވާ ޤަވާޢިދެއްގެ ދަށުން އަދި ޢާއްމުކޮށް ޝާޢިއުކޮށްފައިވާ އުޞޫލާ އެއްގޮތްވާ
ގޮތުގެ މަތިންކަން އެނގޭކަމަށާއި،
ހެންކަމުން، ބިމާބެހޭ ޤާނޫނު ފާސްކުރެވުނުއިރު، އަދި ބިމާބެހޭ ޤާނޫނަށް ދެވަނަ އިސްލާޙް
ގެނެވުމުގެ ކުރިންވެސް، ގޯއްޗެއް ވިއްކުމަށްޓަކައި މީހަކު ޝަރީޢަތަށް މައްސަލައެއް ހުށަހެޅުމުން ސަރުކާރަށް
ދައްކަންޖެހޭ ޓެކުހުގެ ޢަދަދު އޮޅުންފިލުވުމަށްޓަކައި ކަމާބެހޭ އިދާރާއަކަށް ލިޔަންޖެހޭކަމަށާއި، އަދި ޓެކްސް
ނެގުމުގެ ބޭނުމުގައި
އިދާރާއިން އެ ބިމެއްގެ އަގު ކަމުގައި ކަނޑައަޅާފައިވާ
އިންސައްތަ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭކަން އެނގެން އޮންނަކަމަށާއި،
ނަމަވެސް 23 ޖުލައި 2008 ގައި ބިމާބެހޭ ޤާނޫނަށް ގެނެވުނު 02 ވަނަ އިޞްލާޙާއި
ގުޅިގެން ޓެކްސް ދައްކަންޖެހެނީ ގަންނަ ފަރާތާއި ވިއްކާ ފަރާތާއި ދޭތެރޭގައި މުޢާމަލާތް ކުރެވުނު އަގުގެ
15
% އިންސައްތަ ކަން އިޞްލާޙު ކުރެވުނު ޤާނޫނީ ނައްޞުން ސާފުކޮށް އެނގެން އޮންނަކަމަށާއި،
ބިމާބެހޭ ޤާނޫނަށް ގެނެވުނު ދެވަނަ އިޞްލާޙަށް ފަހު، އަދި ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ
ޤަޟިއްޔާ ކުރިއަށް ދިޔައިރު، ބިން ވިއްކުމަށް ކުރެވުނު މުޢާމަލާތުގައި
ސަރުކާރުން ކަނޑައަޅާ އަގެއްގެ %15 އިންސައްތަ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭކަމަށް ކަމާބެހޭ އިދާރާއިން
ކަނޑައެޅި ކަނޑައެޅުމާއި، އެފައިސާ ދެއްކުމަށް ކޯޓުން ކަނޑައެޅި މުއްދަތުގައި އެފައިސާ ނުދެއްކުމުން
ހއ ޑ 4
29ބހ
ދ 4
6
15
e
4
2 ހ3 8
އހނ ކމ
ހިންބަރު
F-8-C/201
4 * *
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/2]
ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/F
-
8
-
C/10 ޤަޟިއްޔާ ކުރިއަށް ގެންދެވެން ނެތްކަމަށް
ނިންމަވާ ކުރެއްވި ޙުކުމް ރަނގަޅު ކަމުގައި ޤަބޫލު ނުކުރެވޭކަމަށް
ކުރެވޭކަމަށް އަޙްމަދު ވަޙީދުގެ ފަރާތުން ބުނެފައިވާކަން
ގަކުރެވެއެވެ
ފާހަގަކުރެވެއެވެ.
"15
3.2- ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއަށް ބަންޑާރަނައިބުގެ އޮފީހުން
ތަދައްޚުލް ވެފައިވާކަމާއި، އެގޮތުން ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/F-8-C/10
ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު ވަޙީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކާއި ދައްކާފައިވާ
ވާހަކައާއި ގުޅިގެން ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އަޙްމަދު
ވަޙީދާއި ޢައިޝަތު ރަމީޒާއާއި ދެމީހުންގެ ދެމެދުގައި ހިނގި ބިން ވިއްކުމުގެ މުޢާމަލާތުގައި އެދެމީހުން
އެއްބަސްވެފައިވާ އަގަކީ ހައުސިންގ މިނިސްޓްރީން ޤަބޫލުކުރާ އަގެއް ނޫންކަމަށާއި، އެމިނިސްޓްރީ ޤަބޫލުކުރާ
އަގަކީ -/472500 (ހަތަރުލައްކަ ހަތްދިހަ ދެ ހާސް ފައްސަތޭކަ ރުފިޔާ ކަމަށާއި، އަދި އޭގެ
އިންސައްތައަށްވާ މިންވަރަކީ -/70875 (ހަތްދިހަ ހާސް އަށްސަތޭކަ ހަތްދިހަފަހެއް) ރުފިޔާކަމަށް
ލިޔެކިޔުންތަކުން އެނގޭކަމަށާއި، އެފަދައިން ބިމުގެ އަގުތައް ހައުސިންގ މިނިސްޓްރީން ކަނޑައެޅުއްވުމުގައި
ބައްލަވާ މިންގަނޑަކީ ބިމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ އަދި ޢާއްމުކުރައްވާފައިވާ "ގޯތި އަމިއްލަކުރުމާއި
ގަނެވިއްކުމާބެހޭ ޤަވާޢިދު" ކަމަށާއި، އެ ޤަވާޢިދު ޢާއްމުކޮށް ނެރުއްވާފައިވަނީ 1 އޮކްޓޯބަރ 2008 ގައި
ކަމަށާއި، އެ ޤަވާޢިދުގެ ދަށުން ބިން ވިއްކުމާބެހޭ މައިގަނޑު މާއްދާއަކީ 11 ވަނަ މާއްދާކަމަށާއި،
އެޤަވާޢިދުގެ 11 ވަނަ މާއްދާގައި، ބިމުގެ އަގު ކަނޑައެޅުމުގައި އެސަރަޙައްދެއްގެ އިޤްތިޞާދީ
އަދި އިޖުތިމާޢީ ޙާލަތާއި ބިމުގެ ތަނަވަސްކަމާއި ބިމުގެ މުޢާމަލާތްތައް އޭރެއްގައި ހިނގަމުންދާގޮތަށާއި، އަދި
އެނޫނަސް އެކަށޭނެކަން
ކަށޭނެކަންކަމަށް ބެލުމަށްފަހު ރާއްޖޭގެ އެކި ސަރަޙައްދަށް އެކި ރަށްރަށަށް އަދި ރަށެއްގެ އެކި
ހިސާބުތަކަށް އަމިއްލަ ކުރާ އަގު އަދި ޓެކްސް ނެގުމަށް ބަލާނެ އެންމެ ދަށް އަގުވެސް ތަފާތު ކުރުމުގެ
އިޚްތިޔާރު އެ ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނާ ކޮމެޓީގެ މަޝްވަރާގެ މަތިން މިނިސްޓްރީ އޮފް
ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓަށް ލިބިގެންވާކަމަށާއި، ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަކީ
CU O
3,
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/2]
2010/F
-
8
-
C/10 ޤަޟިއްޔާ އަށް ބަލާއިރު، ބިން ވިއްކުމުގެ މުޢާމަލާތް ހިނގާފައި ވަނީ 7 މާރޗް 2010
ގައި ކަން އެނގޭކަމަށާއި، އޭރުވެސް އެޤަވާޢިދު ވުޖޫދުގައި އޮތްކަމަށާއި އަދި އެ ޤަވާއިދަކީ ޤާނޫނީ
ބާރުލިބިގެން ހެދިފައިވާ ޤަވާޢިދަކަށް ވުމާއެކު، ބިމާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙް ގެނައުމަށްފަހުގައި ވެސް
4 * *
ބިމާބެހޭ އެފަދަ މުޢާމަލާތެއް ހިނގަންޖެހޭނީ ބިމާބެހޭ އެ ޤަވާޢިދުގެ ދަށުންކަމަށް ދައުލަތުން ޤަބޫލުކުރާ
ކަމަށާއި،
އަދި ބިމާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމަށް ފަހުގައިވެސް ދިރިއުޅުމަށް ދޫކޮށްފައިވާ
ބަންޑާރަ ގޯއްޗެއް އެ ގޯއްޗެއް ދޫކުރި ފަރާތުން އެ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ވިއްކާއިރު
އިޝާރާތްކުރެވުނު ޤަވާޢިދަށް ޢަމަލު ކުރަންޖެހޭނެކަމަށާއި، އެހެންކަމާއެކު ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ
ދިޔަކަމުގައިވީނަމަވެސް ބިމާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ އިން އެޤަވާޢިދަށް އަދިވެސް
ބާރުލިބިދީފައިވާކަމަށާއި، އެހެންކަމުން ބަންޑާރަ ބިމެއް ވިއްކާނަމަ، ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ
ޤަވާޢިދު" ގައި ބަޔާންކޮށްފައިވާ އިޖްރާއާތަށް
ތަބާވާންޖެހޭނެކަމަށް ދައުލަތުން ދެކޭކަމަށް ބުނެފައިވާކަން
OCCOMO
4
هر دو سر
ފާހަގަކުރެވެއެވެ.
-3.3
ތިންވަނަ ކަމަކީ: ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/F
-
8
-
C/10 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަޙްމަދު ވަޙީދުގެ ފަރާތުން ހުށަހެޅުމުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ މިޤަޟިއްޔާއިން އެކަން ބަލަމުން ދަނިކޮށް، މއ.ބްލޫގްރާސް އަޙްމަދު މުރާދު ގެ ފަރާތުން
އެޓަރނީ ޖެނެރަލްގެ އޮފީހަށް ރައްދުވާގޮތަށް ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ކަމާއި، އެއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 10/HC-DM/2012 ޤަޟިއްޔާކަމާއި، އެޤަޟިއްޔާގައި
އަޙްމަދު މުރާދު ހުށަހަޅާފައިވާ މައްސަލައަކީ، ސަރުކާރު (ކުރީގެ މިނިސްޓްރީ އޮފް ހައުސިންގް އެންޑް
އަރބަން ޑިވެލޮޕްމަންޓް) އިން ހަދާފައިވާ ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު" ގެ 11
ވަނަ މާއްދާއާއި، 13 ވަނަ މާއްދާގެ (ށ) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 271 ވަނަ
މާއްދާއާއި ޚިލާފު މާއްދާތަކެއްކަމުން، ޙަވާލާދެވިފައިވާ ޤަވާއިދުގެ 11 ވަނަ މާއްދާއާއި 13 ވަނަ މާއްދާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/2]
(ށ) އަކީ، ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާއި ޚިލާފް ދެ މާއްދާ
ކަމަށާއި އަދި އެއީ މިހާރު ބާޠިލް ދެ މާއްދާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ
މައްސަލައެއްކަމާއި،
cu o
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، *ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ
ޤަވާޢިދު" ގެ 13 ވަނަ މާއްދާގެ (ށ) އަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 271 ވަނަ
މާއްދާއިން ބާރު ލިބިފައިނުވާ، އަދި މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ
މާއްދާއާ ޚިލާފު ބާޠިލް މާއްދާއެއްކަމުގައި، އެޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އަޣުލަބިއްޔަތުން ކަނޑައަޅައި، އެ ގޮތުގެމަތިން ޙުކުމް ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.
ހަތަރުވަނަ ކަމަކީ:
ބ.ދަރަވަންދޫ މެޖިސްޓްރޭޓް ނަންބަރު
2010/F-8-C/10 ޤަޟިއްޔާ ހުށަހެޅި ފަރާތުން ހުށަހެޅި މައުޟޫޢާމެދު ޝަރީޢަތުން ފައިޞަލާކުރަނިވި
-3.4
/09އ
ކުރައްވާފައި ނުވާކަން އެނގެން އޮންނާތީ، އިސްވެ ޙަވާލާދެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
10/HC
-
DM/2012 ޤަޟިއްޔާ އަށް ރިޢާޔަތްކުރައްވައި، ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/F
-
8
-
C/10 ޤަޟިއްޔާގައި އޭރު ހުށަހެޅުނު މައުޟޫޢާމެދު ގޮތެއް ނިންމުމަށް އެޤަޟިއްޔާގައި ހިމެނޭ
ދެފަރާތުންކުރެ ފަރާތަކުން ބޭނުންނަމަ، އަލުން ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގެ ޙައްޤު
ލިބިގެންވާކަމާއި، އެއިން ފަރާތަކުން އަލުން ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް އެ މަޢުޟޫޢުގައި
ފައިސަލާކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު
10/HC-DM/2012 ޤަޟިއްޔާއަށް ރިޢާޔަތްކުރައްވައި ފައިޞަލާކުރަނިވި ޙުކުމެއް ކުރައްވަންޖެހޭނެކަން
¢ ¢ ¢ 3
.349032
ދިވެހިރާއްޖޭގެ
ދިވެހިންވެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/2]
23
ދެންފަހެ، ބ.ދަރަވަންދޫ ރަންވިލާ އަޙްމަދު ވަޙީދު އަށް ދިރިއުޅުމަށްޓަކައި
ދަރަވަންދޫން
ދޫކޮށްފައިވާ 3150 (ތިންހާސް އެއްސަތޭކަ ފަންސާސް) އަކަފޫޓް ހުރި ދަރަވަންދޫ ހީނާވިލާ ކިޔާބަންޑާރަ
ގޯތި އަމިއްލަ
އްލަކުރުމަށްފަހު -/83475ރ. (އަށްޑިހަތިންހާސް ހަތަރުސަތޭކަ ހަތްދިހަފަސް ރުފިޔާ) އަށް
ބ.ދަރަވަންދޫ ކޮމެޓް ޢާއިޝަތު ރަމީޒާ އަށް ޝަރީޢަތް މެދުވެރިކޮށް ވިއްކާލުމަށް އަޙްމަދު ވަޙީދު ހުށަހެޅުމުން
ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/F-8-C/10 ޤަޟިއްޔާގައި އެމައްސަލަ ބައްލަވައި
ކުރައްވާފައިވާ ޙުކުމަކީ، އެޤަޟިއްޔާގައި ހުށަހެޅުނު މައުޟޫޢާ މެދު ކުރައްވާފައިވާ ފައިޞަލާކުރަނިވި
ޙުކުމެއްކަމުގައި ނުވާޙާލު، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.3
އާއި 3.4 ގައި ބަޔާންކުރެވިފައިވާ ސަބަބުތަކަށް ރިޢާޔަތްކޮށް، ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2010/F-8-C/10 ޤަޟިއްޔާގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކުން އަލުން ބ.ދަރަވަންދޫ
މެޖިސްޓްރޭޓް ކޯޓަށް އެމައްސަލަ ހުށަހަޅައިފިނަމަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ނަންބަރު
10/HC-DM/2012 ޤަޟިއްޔާއަށް ރިޢާޔަތްކުރައްވައި ފައިޞަލާކުރަނިވި ޙުކުމެއް ކުރައްވަންޖެހޭނެކަން
އަންގާ އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv