ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/05 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2[14/HC-DM/05
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 05/HC
-
DM/2014
ދަޢުވާކުރި ފަރާތް:
.1
1. * ނަން: ޙަސަން ފިޔާޝް
މިހާރުގެ އެޑްރެސް: މ. ފްލޮރަންސް
ދާއިމީ އެޑްރެސް: ފްލޮރަންސް
އައިޑީކާޑް ނަންބަރު: A039493
0 ކެޓީ#
"
ތ0 0
3320
04ދއރައިފި ބުރާހިމަކީ
2. * ނަން: އަނަސް ޢަބްދުއްސައްތާރު
މިހާރުގެ އެޑްރެސް: މ. ބަޑިކުޅިމާގެ
ދާއިމީ އެޑްރެސް: މ. މަޑިކުޅިމާގެ
އައިޑީކާޑް ނަންބަރު: A072952
ދަޢުވާ ރައްދުވި ފަރާތްތައް:
l- ނަން: ޖުޑީޝަލް ސަރވިސް ކޮމިޝަން
2- ނަން: އެޓާރނީ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީކުރެވުނު ތާރީޚް: 04 ސެޕްޓެމްބަރ 2014
ނިމުނު ތާރީޚް: 30 އޮކްޓޯބަރ 2014
• ޤަޟިއްޔާގެ ބާވަތް: ދޫސްތޫރީ މައްސަލަ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
0 0
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަލީ ސަމީރު
* *jp
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my en
2
2014/HC-DM/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
/
<< O
7 4 22
މިއީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށްޓަކައި
17އޯގަސްޓް 2014 ގައި ޢާންމުކޮށްފައިވާ "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި
ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާއާއި
20 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02/HC
-
DM/2012 ޤަޟިއްޔާގައި
ކަނޑައަޅާފައިވާ އުޞޫލާއި ތަޢާރަޟުވާ ޤަވާޢިދެއްކަމަށް ބުނެ، ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން
އައްޔަނު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދަކީ ބާޠިލު ގަވާއިދެއް ކަމަށް ކަނޑައަޅުއްވައި ދެއްވައި، އެ
ޤަވާއިދުގެ ދަށުން ކެންޑިޑޭޓުން ޝޯޓްލިސްޓް ކޮށްގެން ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށް
ޖޭއެސްސީއިން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާލުމަށް އަމުރުކޮށްދެއްވުމާއެކު ޢަދުލު އިންޞާފުގެ
ހަމަތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02/HC
-
DM/2012 ޤަޟިއްޔާގައި ކަނޑައަޅާފައިވާ
އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާ ޤަވާއިދެއްގެ ދަށުން ފަނޑިޔާރުން
މަސައްކަތް ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދެއްވުން އެދި މ.ފްލޮރަންސް
ޙަސަން ފިޔާޟް އާއި ބަޑިކުޅިމާގޭ އަނަސް ޢަބްދުއްސައްތާރުގެ ފަރާތުން މިކޯޓަށް
ބެލުމަށް ހަމަޖެހިފައިވާ ޤަޟިއްޔާއެކެވެ.
22 22
2 29 2 0 2 02
11ނކރކާގެ
.
ﷲ 4
2
2
4
ހނހޅުވާ
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން އާއި
އެޓާރނީ ޖެނެރަލްގެ އޮފީސް އެވެ.
ފާހަގަ ކުރެވުނު
1- ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށްޓަކައި
17 އޯގަސްޓް 2014 ގައި ޢާންމުކޮށްފައިވާ "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރުމުޑަމްގެ
ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް WWW.highcourt.gov.mv
EF
3
2{014/HC-DM/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
22
20 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02/HC
-
DM/2012 ޤަޟިއްޔާގައި
ކަނޑައަޅާފައިވާ އުޞޫލާއި ތަޢާރަޟުވާ ޤަވާއިދަކަށް ވާތީ، ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން
އައްޔަނު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދަކީ ބާޠިލު ޤަވާއިދެއް ކަމަށް ކަނޑައަޅައިދިނުމަށާއި،
ޤަވާއިދުގެ ދަށުން ކެންޑިޑޭޓުން ޝޯޓްލިސްޓް ކޮށްގެން ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށް
ޖޭއެސްސީއިން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާލުމަށް އަމުރުކޮށްދެއްވުމާއެކު ޢަދުލު އިންޞާފުގެ
ހަމަތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02/HC
-
DM/2012 ޤަޟިއްޔާގައި ކަނޑައަޅާފައިވާ
އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާ ޤަވާއިދެއްގެ ދަށުން ފަނޑިޔާރުން ޢައްޔަންކުރުމުގެ
މަސައްކަތް ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދެއްވުން އެދި މ. ފްލޮރަންސް
ޙަސަން ފިޔާޝް އާއި މ. މަޑިކުޅިޔާގެ އަނަސް ޢަބްދުއްސައްތާރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
0
2- މިމައްސަލަ ހުށަހެޅި ފަރާތުން މައްސަލައިގައި ދަޢުވާ ބިނާކޮށްފައިވާ ސަބަބުތަކުގެ
މައްޗަށް ބަލާއިރު މައިގަނޑު 03 (ތިނެއް) ސަބަބެއް ފާހަގަކޮށް އެކަންކަމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ސަބަބަކީ: ޖުޑީޝަލް ސަރވިސް ކޮމިޝަނުން "ދިވެހިރާއްޖޭގެ ހައިކޯޓަށް
ފަނޑީޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ޖަދުވަލުގެ ކަމުގައިވާ "ހައިކޯޓަށް
ފަނޑިޔާރުން އައްޔަންކުރުމު
ކުރުމުގައި މާކްސް ދޭނެގޮތުގެ ކްރައިޓީރިއަރ" ގެ ފުރަތަމަ ނަންބަރުގައި ވާގޮތުން
ޤާނޫނުން ފުރަތަމަ ޑިގްރީއަށް 20 މާރކްސް އިސްލާމީ ޝަރީޢާއިން ފުރަތަމަ ޑިގްރީއަށް 20 މާރކްސް
ދޭގޮތަށް އޮވެފައި އިސްލާމީ ޝަރީޢަތާއި ޤާނޫނުން ފުރަތަމަ ޑިގްރީއަށް 25 މާރކްސް ދޭގޮތަށް އޮތްއިރު
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" ގެ 20 ވަނަ މާއްދާގައި ޤާނޫނުގެ ކުރިމަތީގައި، އަވީ
އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ހަމަހަމަވެގެންވާ މީހެއް ކަމާއި، އަދި
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
2{014/HC-DM/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
.0e
cu o
ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބިދިނުމަކީ ކޮންމެ މީހެއްގެވެސް
ކުއްޤެއްކަމުގައި ބަޔާންވެގެން އޮތް ހިނދު އެއީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" ގެ 20
ވަނަ މާއްދާއާއި، އަދި އިންޞާފުގެ ހަމަތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02/HC-DM/2012
ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފު ކަމެއް ކަމުގައި ބުނެ ހުށަހެޅި ސަބަބެވެ.
ދެވަނަ ސަބަބަކީ: "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި
ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ޖަދުވަލު 1 ގެ 2 ވަނަ ނަންބަރުގައި ތަޖުރިބާއަށް ޖުމްލަ 30 މާރކްސް
ކަނޑައަޅާފައި ވާއިރު، ފަނޑިޔާރު ކަމުގައި ހޭދަކޮށްފައިވާ މުއްދަތު ގިނަވެގެން 10 އަހަރަށް ލިމިޓްކޮށް،
ކޮންމެ އަހަރަކަށް 03 މާރކްސް ކަނޑައަޅުއްވާފައިވަނީ ކޮން ހަމައެއްގެ މައްޗަށް ބިނާކޮށްގެންކަން އެގެން
ނެތްކަމާއި، މިކަމުގެ ސަބަބުން ކޯޓުތަކުގައި 20 އަހަރު ނުވަތަ 25 އަހަރު ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް
ހައިކޯޓުގެ މަޤާމަށް ދިއުމުގެ ފުރުޞަތު ފަނޑިޔާރު ކަމުގެ މަޤާމުގައި 10 އަހަރު ހޭދަކޮށްފައިވާ
ފަނޑިޔާރަކާ އެއްހަމައަކަށް ގެނެވޭ ކަމާއި، މިގޮތުން ބަލާއިރު ފަނޑިޔާރު ކަމުގައި ގިނަ ދުވަހު ޚިދުމަތް
ކޮށްފައިވާ ފަނޑިޔާރުންގެ ނިސްބަތުގައި މިއީ ބޭއިންޞާފެއްކަމުގައި ޤަބޫލު ކުރެވޭތީ، ފަނޑިޔާރު ކަމުގައި
ހޭދަވި މުއްދަތަކަށް މާރކްސް ކަނޑައެޅުމުގައި ފަނޑިޔާރު ކަމުގައި ހޭދަކުރި ޖުމްލަ މުއްދަތަށް ނިސްބަތުން
މާރކްސް ލިބިދެވެން ޖެހޭނެ ކަމަށް ޤަބުލުކުރެވޭ ކަމަށާއި އެހެންކަމުން މިއީވެސް ޤާނޫނު އަސާސީގެ 20
ވަނަ މާއްދާގައި ބަޔާންކުރާ ހަމަހަމަ ކަމުގެ އުޞޫލާ ތަޢާރަޟުވާ ގޮތަށް ކަނޑައެޅިފައިވާ ކަމެއް ކަމަށް
ބުނެ ހުށަހެޅި ސަބަބެވެ.
ތިންވަނަ ސަބަބަކީ: "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނު ކުރުމުގައި
ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ 4 ވަނަ މާއްދާގެ (ޅ) ގެ ދަށުން އިންޓަރވިއު ޕެނަލްއިން އިންޓަރވިއު
ކުރުމަށްފަހު ކެންޑިޑޭޓުންނަށް އިންޓަރވިއުއަށް ދީފައިވާ މާކުހާއި ކްރައިޓީރިއާގައިވާ އެހެން ބައިތަކަށް ފައި
ލިބިފައިވާ މާކސް އެއްކުރުމަށްފަހު ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ޖުމްލަ މާރކްސް ހިމެނޭގޮތަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2{014/HC-DM/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
02 2x
284
4 22
ކެންޑިޑޭޓުންނަށް ލިބުނު މާރކްސްތައް އެނގޭނެ ލިސްޓެއް ހަދަންވާނެކަމަށާއި އަދި އެ ލިސްޓް
ތަރުތީބުކުރަންވާނީ އެންމެ މަތިން މާރކްސް ލިބިފައިވާ ކެންޑިޑޭޓުންގެ ތަރުތީބުންކަން އެމާއްދާގައި
ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް، އެ ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮމިޝަނުން
އެލިސްޓް ބެލުމަށްފަހު ލިސްޓުގެ އެންމެ މަތީ މާކްސް ލިބިފައިވާ ކެންޑިޑޭޓުންގެ ތަރުތީބުން ފަހަރަކު
ކެންޑިޑޭޓަކަށް ވޯޓު ނަގައި އެންމެ ފުރަތަމަ އަޣުލަބިއްޔަތު ލިބޭ ކެންޑިޑޭޓުންގެ ތަރުތީބުން ފަނޑިޔާރުން
ޢައްޔަނުކުރަން ނިންމަންވާނެ ކަމަށާއި އަދި އެވޯޓަކީ ސިއްރު ވޯޓެއްކަމަށް އެމާއްދާގައި ބަޔާންކޮށްފައި
ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު " ގެ
ޖަދުވަލު 1 ގައިވާ މާރކްސް ދިނުމުގެ ކްރައިޓީރިއާގެ ދަށުން ކެންޑިޑޭޓުންނަށް މާރކްސް ދެވި އަދި
ޝަރުޠު ހަމަވާ ފަރާތްތައް ކަނޑައެޅި އިންޓަރވިއު ކުރުމަށް ހޮވޭ ކެންޑިޑޭޓުންނާއި އިންޓަރވިއުކުރެވުމުން
ފަނޑިޔާރުކަމަށް އެންމެ ޤާބިލު ކެންޑިޑޭޓެއްވާނީ ފާހަގަކުރެވިފައެވެ. ނަމަވެސް " ދިވެހިރާއްޖޭގެ ހައިކޯޓަށް
ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު " ގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން
ހުރިހާ ކެންޑިޑޭޓުންނަށް ވޯޓުނަގައި އެންމެ ފުރަތަމަ އަޣުލަބިޔަތު ލިބޭ ކެންޑިޑޭޓުންގެ ތަރުތީބުން
ފަނޑިޔާރުކަމަށް ޢައްޔަނުކުރާ ގޮތަށް އެޤަވާއިދުގައި ކަނޑައަޅާފައިވުމުން ފަނޑިޔާރުކަމަށް ކުރިމަތިލާފައި
ކެންޑިޑޭޓުން ކުރެ އެންމެ މަތިން މާރކްސް ލިބި އެންމެ ޤާބިލު މީހާއަށް އެ މަޤާމަށް ޢައްޔަންނުވެ
ދިއުމަކީ ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 15 ވަނަ މާއްދާއާއި
ޤާނޫނު
އަސާސީގެ 149 ވަނަ މާއްދާގައި
ގައިވާ ގޮތުގެ މަތީން އެމަޤާމަށް އެންމެ ޤާބިލު މީހާ ޢައްޔަނުވެ ހިނގައިދާނެ
ކަމެއް ކަމަށާއި އެހެންކަމުން، "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ
ގޮތުގެ ގަވާއިދު" ގެ 5 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ
15 ވަނަ މާއްދާއާއި ޤާނޫނު އަސާސީގެ 149 ވަނަ މާއްދާއާ ޚިލާފު މާއްދާއެއް ކަމަށް ބުނެ ހުށަހެޅި
##
99
* *jp
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
6
2{014/HC-DM/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަޤާމުގެ
3- މިމައްސަލާގައި ދަޢުވާލިބޭ އެއްފަރާތް ކަމަށްވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ
ފަރާތުން ދަޢުވާއަށް ޖަވާބުދާރީވަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު
10/2008 (ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގައި
އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި
ކުރިއެރުން ދިނުމަކީ ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަން އެނގެން އޮތްހިނދު،
ޤާނޫނުއަސާސީގެ މިދެންނެވި 159 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި ޖުޑީޝަލް ސާރވިސް
ކޮމިޝަނުގެ ޤާނޫނުގެ މިދެންނެވި 21 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން ފަނޑިޔާރުން
ހޯދުމާއި ޢައްޔަންކުރުމާއިބެހޭ ޤަވާއިދުތައް ހެދުމުގެ ބާރު މި ޖުޑީޝަލް ސާރވިސް ކޮމިޝަނަށް
ލިބިގެންވީހިނދު،
"ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު"
(17 އޯގަސްޓް 2014) މިކޮމިޝަނުން ހަދާފައިވާނީ ޤާނޫނުއަސާސީގެ މިދެންނެވި 159 ވަނަ މާއްދާގެ
(ހ) އާއި، އަދި އެމާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި އަދި ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް
ސާރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) އާއި އަދި ހަމަ އެމާއްދާގެ (ނ) ގެ 1 ވަނަ
ނަންބަރުގެ ދަށުން ބާރު ލިބިގެން، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)
ގެ 15 ވަނަ މާއްދާގެ (ހ) (ހ) އަދި (ބ) ގެ 1 ވަނަ ނަންބަރާއި އަދި 3 ވަނަ ނަންބަރު އަދި (ރ)
ގެ 3 ވަނަ ނަންބަރު، އަދި (ބ) އަދި (ޅ) ގައިވާ ޝަރުޠުތަކަށްބަލައި މިދެންނެވި ޤާނޫނުގެ 18 ވަނަ
މާއްދާގެ (ހ) އާއި، 59 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ކަނޑައެޅިފައިވާ ޤަޟާއީ ނިންމުންތަކަށް ފުރިހަމައަށް
ރިޢާޔަތްކުރެވިގެން ކަމަށްވުމާއެކު، މިދެންނެވީ ޤަވާއިދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއީ
ޤާނޫނުގެ އެއްވެސް މާއްދާއަކާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
<
2012/HC-DM/02
12/HC-DM/02
މިޓެޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް WWW.highcourt.gov.mv
7
2{014/HC-DM/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާގައި ކަނޑައަޅާފައިވާ އެއްވެސް އުޞޫލަކާ އަދި ނިންމުމަކާ ޚިލާފުވާނެ ޤަވާއިދެއްކަމުގައި
ނުވާތީއާއި، އަދި އެޤަވާއިދަކީ އެފަދަ ނަތީޖާއެއްވެސް ނިކުންނާނޭ ގޮތެއްގައި އެކުލަވާލެވިފައިވާ
ޤަވާއިދެއްކަމުގައިނުވާތީ ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ދައުވާގެ އަސްލަށް ޖުޑީޝަލް ސަރވިސް
ކޮމިޝަނުގެ ފަރާތުން އިންކާރުކުރާ ކަމަށް ބުނެފައިވެއެވެ.
2 /
• މިމައްސަލާގައި ދަޢުވާލިބޭ ފަރާތެއްގެ ގޮތުގައި ހިމެނިފައިވާ އެޓާރނީ ޖެނެރަލްގެ އޮފީހުގެ
ވަކީލުގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައި މިވާ މައްސަލައަކީ، ޖުޑީޝަލް ސާރވިސް
ކޮމިޝަނުން އެކުލަވާލައިފައިވާ ޤަވާއިދަކާ ގުޅިގެން ހުށަހެޅި މައްސަލައަކަށްވެފައި މައްސަލައާއި ގުޅިގެން
ޖުޑީޝަލް ސާރވިސް ކޮމިޝަނުން ވަރަށް ތަފްސީލް ޖަވާބެއް ދެއްވާފައިވާތީ މައްސަލައާއި ގުޅިގެން
އިތުރަށް ދައްކާނެ ވާހަކައެއްނެތްކަމަށް އެޓާރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވެއެވެ.
4- މިޤަޟިއްޔާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަ ތަކަށާއި މިޤާޟިއްޔާއާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ
ލިޔުންތަކަށް ރިޢާޔަތްކުރާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަ ކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: މިމައްސަލައަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން
ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށްޓަކައި 17 އޯގަސްޓް 2014 ގައި ޢާންމުކޮށްފައިވާ
"ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" އަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 02/HC-DM/2012 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ތަޢާރަސް
ޤަވާއިދެއްކަމަށްބުނެ ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނު ކުރުމުގައި ޢަމަލުކުރާނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
2{014/HC-DM/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
OXO
ޤަވާޢިދަކީ ބާޠިލު ޤަވާއިދެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ ޤަވާއިދުގެ ދަށުން ކެންޑިޑޭޓުން
ޝޯޓްލިސްޓް ކޮށްގެން ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ޖޭއެސްސީއިން ކުރަމުން ގެންދާ
މަސައްކަތްތައް ހުއްޓާލުމަށް އަމުރު ކޮށްދެއްވުމާއެކު ޢަދުލު އިންޞާފުގެ ހަމަތަކާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 02/HC
-
DM;2012 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ
މަތިން ކަނޑައަޅާ ޤަވާއިދެއްގެ ދަށުން ފަނޑިޔާރުން ޢައްޔަންކުރުމުގެ
ފަންކުރުމުގެ މަސައްކަތް ކުރުމަށް ޖުޑީޝަލް
ސަރވިސް ކޮމިޝަނުގެ މައްޗަށް އަމުރު ކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ
ދުސްތޫރީ މައްސަލައެއްކަން އެނގެއެވެ.
70 2 04
4
(ށ) ދެވަނަ ކަމަކީ: ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދަންވާނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިންކަމަށާއި، ޤާނޫނުއަސާސީން ލާޒިމްކުރާ
އެންމެހައި ކަންކަން ފުރިހަމަ ކުރަންވާނެކަމާއި، ޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް ހަދާ ކޮންމެ ޤާނޫނަކީ
ނުވަތަ ޤާނޫނެއްގެ އެފަދަ ބަޔަކީ ބާޠިލް އެއްޗަކަށް ވާނެކަމަށާއި، އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ
ބައެއްގެ ބާރެއް ނުހިނގާނެކަމަށާއި، ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެއްކަމަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ބަޔާންކޮށްފައިވުމުން،
ޤާނޫނުއަސާސީއިން ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާ ޤަވާއިދެއް ނުވަތަ ޤަވާއިދުގެ ބައެއްވިޔަސް
ޤާނޫނުއަސާސީއާއި ނުވަތަ ޤާނޫނަކާ ޚިލާފު ވެއްޖެނަމަ، ޤަނޫނުއަސާސީއާއި ނުވަތަ ޤާނޫނަކާ ޚިލާފުވި
މިންވަރެއް ބާޠިލުވާނެކަމެވެ.
(ނ) ތިންވަނަ ކަމަކީ: ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ،
މުސްތަޤިއްލު މުއައްސަސާއެއްކަމާއި، އެކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަންޖެހޭނީ
ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި، އެވެ
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނެއް އޮންނަންވާނެކަމަށާއި، އެޤާނޫނުގައި ޖުޑީޝަލް ސަ!
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
9
2{014/HC-DM/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި، އެކޮމިޝަނުގެ މަސައްކަތުގެ ދާއިރާއާއި، އެކޮމިޝަނުގެ
މެންބަރުންގެ ކިބައިގައި ހުންނާންވާނޭ ޝަރުޠުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައަޅާފައި
އޮންނަންވާނެކަމަށް، ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ހ) އަދި (ނ) ގައި ބަޔާންކޮށްފައިވާކަން
އެނގެން އޮންނަކަމާއި، އުއްތަމަ ފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން
ޢައްޔަންކުރުމާއި، އަދި ފަނޑިޔާރުން ހޯދުމާއި ޢައްޔަންކުރުމާ ގުޅޭ އެންމެހައި ކަންކަމާބެހޭ ގަވާއިދު
ހެދުމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ރަނގަޅަށް އަދާކުރުމަށްޓަކައި
ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ހަދަންޖެހޭ ޤަވާޢިދުތައް ހެދުމަކީ ޖުޑީޝަލް ސަރވިސް
ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައްކަން ޤާނޫނުއަސާސީގެ 159
ވަނަ މާއްދާގެ (ހ) އާއި (ނ)، އަދި ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ
ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކުރެވިފައިވާކަން އެނގޭއިރު، ޖުޑީޝަލް
ސަރވިސް ކޮމިޝަނަށް ލިބިފައިވާ ބާރުގެ ދަށުން، "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަން
ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" 17 އޯގަސްޓް 2014 ގައި އެކޮމިޝަނުން އެކުލަވާލައިފައިވާކަން
އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ
މަޤާމަށް ފަނޑިޔާރަކު ޢައްޔަން ކުރުމުގައި ޢަމަލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން
އެކުލަވާލާފައިވާ ޤަވާޢިދުގެ ޖަދުވަލު 1 ކަމުގައިވާ، "ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގައި މާކްސް
ދޭނެގޮތުގެ ކްރައިޓީރިއަރ" ގެ ފުރަތަމަ ނަންބަރުގައި، "ތަޢުލީމް" މި ބައިން މާކްސް ދިނުމަށް
ކަނޑައަޅާފައިވާ ގޮތް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި، އަދި
އިންޞާފުގެ ހަމަތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02/HC
-
DM/2012 ޤަޟިއްޔާގައި ހި
ކަނޑައަޅާފައިވާ އުސޫލާ ޚިލާފުވާކަމަށްބުނެ، ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު
* *jb
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
highcourt.gov.mv
2{014/HC-DM/05
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
149
ޤާނޫނުގައިވާ ގޮތުގެމަތީން ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރާންވާނީ ފަނޑިޔާރުކަމުގެ
މަޤާމަށް ބޭނުންވާ ފެންވަރަށް ތަޢުލީމާއި ތަޖްރިބާ ލިބިފައިވުމާއެކު، ފަނޑިޔާރެއްގެ ވާޖިބާއި މަސްއޫލިއްޔަތު
އުފުލޭފަދަ ޤާބިލް މީހުންކަމަށާއި އަދި އެބައިމީހުންނަކީ އަޚްލާޤު ރަނގަޅު ބަޔަކަށް ވާންވާނެކަމަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 149 ވަނަމާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނު (ޤާނޫނުނަންބަރު 13/2010) ގެ 15 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަން
އެނގޭއިރު، ދިވެހިރާއްޖޭގެ ހައިކޯޓަށް ޢައްޔަންކުރެވޭ ފަނޑިޔާރެއްގެ ތަޢުލީމީ ފެންވަރަކީ، އިސްލާމީ
ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮގުން ފުރަތަމަ ޑިގްރީއެއް
ހާސިލްކޮށްފައިވުންކަން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަމާއްދާގެ (ނ) ގެ 1 ވަނަ
ނަންބަރުގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އަދި އެފަދަ ތަޢުލީމީ ސެޓްފިކެޓުތަކަކީ ދިވެހިރާއްޖޭގެ
ކަމާބެހޭ ފަރާތަކުން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަށްވާންވާނެކަމަށް އެ އަކުރުގެ 3 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ފަނޑިޔާރަކު
ޢައްޔަން ކުރުމުގައި ޢަމަލު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލާފައިވާ ގަވާއިދުގެ
ޖަދުވަލު 1 ގައިވާ، "ހައިކޯޓަށް ފަނޑިޔާރުން ޢައްޔަން ކުރުމުގައި މާކްސް ދޭނެ ގޮތުގެ ކްރައިޓީރިއަރ"
ގައި، "ތަޢުލީމް" ބައިން މާކްސް ދިނުމަށް ނިންމާފައިވާ ގޮތަށް ބަލާއިރު؛
1- ޤާނޫނުން ފުރަތަމަ ޑިގްރީއަށް 20 މާކްސް،
2- އިސްލާމީ ޝަރީޢާއިން ފުރަތަމަ ޑިގްރީއަށް 20 މާކްސް،
3- އިސްލާމީ ޝަރީޢަތާއި ޤާނޫނުން ފުރަތަމަ ޑިގްރީއަށް 25 މާކްސް،
4- ޝަރީޢާ ނުވަތަ ޤާނޫނީ ދާއިރާއިން މާސްޓާރސް ޑިގްރީއަށް 5 މާކްސް،
5- ޝަރީޢާ ނުވަތަ ޤާނޫނީ ދާއިރާއިން ޕީ.އެޗްޑީއަށް 5 މާކްސް، ލިބޭނެ ކަމާއި،
22 22
* *jA
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/05
ރޯ 058
eނ
&
ބުނެވިދިޔަ މާކުރަކީ އެ ފަރާތަކުން ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުގެ މައްޗަށް
ދެވޭ މާކުހެއްކަން އެނގޭއިރު، އެ ތަޢުލީމީ ސެޓްފިކެޓް ހާސިލު ކުރުމަށް ކިޔަވާފައިވާ
މޮޑިއުލްތަކުގެ ތެރެއިން 05 (ފަހެއް) މޮޑިއުލާ ހަމައަށް މާކްސް ދިނުމަށް ނިންމާފައިވާކަމާއި، އެގޮތުން،
"ހަމައެކަނި އިސްލާމީ ޝަރީޢާއިން ޑިގްރީ ލިބިފައިވާ ފަރާތެއްގެ ޓްރާންސްކްރިޕްޓަށް ބަލާއިރު، ޤާނޫނީ
މޮޑިއުލްއެއް ކިޔަވާފައިވާނަމަ 05 މޮޑިއުލްއާ ހަމައަށް ކޮންމެ މޮޑިއުލަކަށް 0.4 މާކްސް ލިބޭ ގޮތުން
އެކުޖުމްލަ 2 މާކްސް ދިނުމަށާއި، ހަމައެފަދައިން ހަމައެކަނި ޤާނޫނުން ޑިގްރީ ލިބިފައިވާ ފަރާތެއްގެ
ޓްރާންސްކްރިޕްޓަށް ބަލާއިރު، ޝަރީޢާ މޮޑިއުލްއެއް ކިޔަވާފައިވާނަމަ 05 މޮޑިއުލްއާ ހަމައަށް ކޮންމެ
މޮޑިއުލަކަށް 0.4 މާކްސް ލިބޭ ގޮތުން އެކުޖުމްލަ 2 މާކްސް" ދިނުމަށް ކަނޑައަޅާފައިވާކަން އެނގޭކަމާއި،
އޭގެ އިތުރުން އިސްލާމީ ޝަރީޢާއިން ފުރަތަމަ ޑިގްރީ އަދި ޤާނޫނުން ފުރަތަމަ ޑިގްރީ ވަކިވަކިން
ފުރިހަމަކޮށްފައިވާނަމަ، އިސްލާމީ ޝަރީޢަތާއި ޤާނޫނުން ފުރަތަމަ ޑިގްރީގެ ބަޔަށް ކަނޑައަޅާފައިވާ 25
މާރކްސް ލިބޭނެކަމަށް ބަޔާންކޮށްފައިވާކަން އެނގޭއިރު،
"ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު"
އާއި އެގަވާއިދުގެ ޖަދުވަލު 1 ކަމުގައިވާ، “ސުޕީރިއަރ ކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި މާކްސް
ދޭނެގޮތުގެ ކްރައިޓީރިއާ"، ޤާނޫނުއަސާސީއާއި އަދި ޤާނޫނާ ޚިލާފުވާކަމަށް ބުނެ ހުށަހެޅުމުން ބެލެވުނު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02/HC
-
DM/2012 ޤަޟިއްޔާގައި ފާހަގަ ކުރެވުނު ބާރަވަނަ
ނުކުތާގައި، ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރި
އިޢުލާނާ ގުޅިގެން ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުކަމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް
ހުށަހަޅާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށްފައިވަނީ، ޓްރާންސްކްރިޕްޓަށް ބެލުމެއްނެތި ހަމައެކަނި
ސެޓްފިކެޓުގެ ނަން ނުވަތަ ޓައިޓަލް އަށް ބަލައިގެންކަން އެނގޭއިރު، ސެޓްފިކެޓްތައް އެކްރެޑިޓް
ކުރުމުގައާއި އަދި ސެޓްފިކެޓުގެ މައްޗަށް ބިނާކޮށް ވަޒީފާ ދިނުމުގައިވެސް ބަލަނީ ހަމައެކަނި ސެޓްފިކެޓުގެ
ނަމަށް ނޫންކަމާއި، އެހެން ނަމަވެސް ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓަށްވެސް ބަލާ ކަމާއި، ސެޓްފިކެޓާމެދު
<< o
2 22 22
ދިވެހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް WWW.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/05
ބަޔާންކުރެވިދިޔަ ފަދަ ކަމެއްގައި ގޮތެއް ނިންމަނީ، ޓްރާންސްކްރިޕްޓްގައި ބަޔާންކޮށްފައިވާ މާއްދާތަކަށާއި
އަދި ފުރިހަމަ ކޮށްފައިވާ ކްރެޑިޓް ޕޮއިންޓްތަކަށް ނުވަތަ ކްރެޑިޓް ގަޑިތަކަށްވެސް ބަލައިގެންކަން
އެނގޭކަމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ދިވެހިރާއްޖޭގެ ހައިކޯޓަށް (މީގެ ކުރިން) ފަނޑިޔާރުން
ހޮވުމުގައި، ތަޢުލީމީ ސެޓްފިކެޓުތަކަށް މާކްސް ދީފައިވަނީ ޓްރާންސްކްރިޕްޓަށްވެސް ބަލައިގެންކަން
އެނގޭކަމަށާއި،
ހަމަހަމަކަމުގެ
ތެރޭގައި، ހަމަހަމަ ފުރުސަތު ނުވަތަ ފުރުސަތުތައް ހަމަހަމަ ގޮތެއްގައި
ތަނަވަސްކޮށްދެވިފައި އޮތުންވެސް ހިމެނޭކަމަށާއި، އެ ގޮތުން، ތަފާތު ކުރުމެއްނެތި ހަމަހަމަ ގޮތެއްގައި
ފުރުސަތުތައް ތަނަވަސްވެފައި އޮންނަންޖެހޭއިރު، އެ މަޤާމަކަށް ނުވަތަ އެކަމަކަށް އެންމެ ޤާބިލުމީހާ
(The most qualified person) އަށް އެމަޤާމެއް ދިނުމުގެ ގޮތުން، ކުރިން ކަނޑައެޅިފައިވާ
އަސާސެއް ނުވަތަ ކްރައިޓީރިއާ (pre
-
agreed basis) އެއްގެ މައްޗަށް ބިނާކޮށް، އަދި ސާފުކޮށް
ފެންނަންއޮތް ރަނގަޅު ސަބަބެއް (Explicitly justified distinction) ގެ މައްޗަށް ބިނާކޮށް މެނުވީ
ތަފާތުކުރެވިގެން ނުވާނެކަމަށާއި،
އެހެންކަމުން، ޓްރާންސްކްރިޕްޓަށް އަދި ޓްރާންސްކްރިޕްޓްގައި ބަޔާންކޮށްފައިވާ
މާއްދާތަކަށާއި އެމާއްދާތަކުގެ ބާވަތާއި ކްރެޑިޓް ގަޑިތަކަށް ބެލުމެއްނެތި، ހަމައެކަނި ސެޓްފިކެޓުގެ ނަމަށް
ނުވަތަ ޓައިޓަލްއަށް ރިޢާޔަތްކޮށް، މާކްސް ދިނުމަކީ ވަޒީފާއަށް އެދި ހުށަހެޅި، ޤާނޫނާއި އިސްލާމީ
ޝަރީޢަތުގެ ރޮނގުން ކިޔަވާފައިވާ ކެންޑިޑޭޓުންގެ މެދުގައި މާކްސް ދިނުމުގައި ތަފާތުކުރެވި، އިސްލާމީ
ޝަރީޢާ ކިޔަވާފައިވާ ފަރާތްތައް އިސްލާމީ ޝަރީޢާ ނުކިޔަވާކަމުގައި ބެލެވިގެން ހިނގައިދާނެ
ކަމަކަށްވާއިރު، މިތަފާތު ކުރުމަކީ އެމަޤާމަށް ނުވަތަ އެކަމަކަށް އެދި ހުށަހަޅާފައިވާ މީހުންކުރެ އެންމެ
ޤާބިލު މީހާއަށް ނުވަތަ އެންމެ ޤާބިލު މީހުންނަށް އެމަޤާމު ދިނުމުގެ ގޮތުން، ކުރިން ކަނޑައެޅިފައިވާ
އަސާސެއް ނުވަތަ ކްރައިޓީރިއާއެއްގެ މައްޗަށް ބިނާކޮށް، އަދި ސާފުކޮށް ފެންނަންއޮތް ރަނގަޅު ސަބަބެއްގެ
މައްޗަށް ބިނާކޮށް، މާކްސް ދިނުމުގައި ކޮށްފައިވާ ތަފާތު ކުރުމެއްކަމުގައި ބެލެވެން ނެތްކަމަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/05
މިއީ، ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ
މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމަށާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް
ލިބުމަކީ ހަމަ ކޮންމެ މީހެއްގެވެސް ހައްޤެއް ކަމުގައި ޤާނޫނީގޮތުން
ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުގެ ރޫހާއި އެއްގޮތަށް ކުރެވިފައިވާ ކަމެއްކަމަށް ބެލެވެންނެތްކަމަށް
ކަނޑައަޅުއްވައި،
ހހހހހ4 2މ
//3ކމާއެކު
ހއ 2
2x
1eކށް،
ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރި
އިޢުލާނާ ގުޅިގެން ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހެޅި ކެންޑިޑޭޓުންގެ
ތަޢުލީމީ ސެޓްފިކެޓްތަކަށް މާކްސްދިނުމުގައި، ކެންޑިޑޭޓުން ކިޔަވާފައިވަނީ ޤާނޫނީރޮގުން ނުވަތަ އިސްލާމީ
ޝަރީޢާގެ ރޮނގުން ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުންކަން ކަނޑައެޅުމުގައި ހަމައެކަނި
ސެޓްފިކެޓުގެ ނަމަށް ނުވަތަ ޓައިޓަލްއަށް ބެލުމުގެ ބަދަލުގައި، ޓްރާންސްކްރިޕްޓަށްވެސް ރިޢާޔަތްކޮށް،
ބަޔާންކުރެވިދިޔަ އިޢުލާނާ ގުޅިގެން ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހެޅި ކެންޑިޑޭޓުން އަލުން
ޝޯޓްލިސްޓް ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަންގައި، ޙުކުމް ކުރައްވާފައިވާކަން އެނގެން
އޮންނަކަމާއި،
<< O
ގެ
1
eރ
ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަން ކުރުމުގައި މާކްސް ދޭނެ ކްރައިޓީރިއަރ
ވަނަ ނަންބަރުގައި، ހަމައެކަނި އިސްލާމީ ޝަރީޢާއިން ޑިގްރީ ލިބިފައިވާ ފަރާތެއްގެ
ޓްރާންސްކްރިޕްޓަށް ބަލާއިރު، ޤާނޫނީ މޮޑިއުލްއެއް ކިޔަވާފައިވާނަމަ 05 މޮޑިއުލްއާ ހަމައަށްކޮންމެ
މޮޑިއުލްއަކަށް 0.4 މާކްސް، އެކުޖުމްލަ 2 މާކްސް، އަދި ހަމައެކަނި ޤާނޫނުން ޑިގްރީ ލިބިފައިވާ
ފަރާތެއްގެ ޓްރާންސްކްރިޕްޓަށް ބަލާއިރު ޝަރީޢާ މޮޑިއުލްއެއް ކިޔަވާފައިވާނަމަ 05 މޮޑިއުލްއާ ހަމައަށް
ކޮންމެ މޮޑިއުލްއަކަށް 0.4 މާކްސް، އެކުޖުމްލަ 2 މާކްސް، ދޭ ގޮތަށް އޮތްއިރު، އިސްލާމީ ޝަރީޢާއިން
ފުރަތަމަ ޑިގްރީ ލިބިފައިވާ ފަރާތެއް ޤާނޫނީ މޮޑިއުލެއް ކިޔަވާފައިވާނަމަ، އަދި ޤާނޫނުން ފުރަތަމަ
ލިބިފައިވާ ފަރާތެއް އިސްލާމީ ޝަރީޢާ މޮޑިއުލެއް ކިޔަވާފައިވާނަމަ، 05 މޮޑިއުލްއާ ހަމައަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{014/HC-DM/05
ކަނޑައަޅާފައިވާ މާކްހާއެކު އެ ފަރާތަކަށް އެކުޖުމްލަ ލިބެނީ 22 މާކްސްކަން އެނގޭކަމާއި، އެ ފަރާތަކުން
ފަސް މޮޑިއުލްއަށްވުރެ ގިނައިން އިސްލާމީޝަރީޢާ ނުވަތަ ޤާނޫނު ކިޔަވާފައިވީނަމަވެސް، ނުވަތަ
ޝަރީޢަތާއި ޤާނޫނުގެ ޑިގްރީ ލިބިފައިވާ ފަރާތަކާ އެއްވަރަށް ނުވަތަ
އަށްވުރެ ގިނައިން އިސްލާމީ
ޝަރީޢާ ނުވަތަ ޤާނޫނުގެ މޮޑިއުލް ކިޔަވާފައިވީނަމަވެސް، އިސްލާމީ ޝަރީޢާ އިން ނުވަތަ ޤާނޫނުން ޑިގްރީ
ލިބިފައިވާ ފަރާތަކަށް ލިބޭ މާކްސް، އިސްލާމީ ޝަރީޢަތާއި ޤާނޫނުން ޑިގްރީ ހަދާފައިވާ ފަރާތަކާ
އެއްހަމައަކުން މާކްސް ލިބިގެން ނުދާ ގޮތަށް، ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަން ކުރުމުގައި
މާކްސް ދިނުމުގެ ކްރައިޓީރިއާގައި ކަނޑައަޅާފައިވުމުން، ސެޓްފިކެޓްގެ ނަމަށް ބަލާއިރު، އިސްލާމީ
ޝަރީޢާއިން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކުން އިސްލާމީ ޝަރީޢަތާއި ޤާނޫނުން ޑިގްރީ ހާސިލްކޮށްފައިވާ
ފަރާތަކާ އެއްވަރަކަށް ޤާނޫނީ މޮޑިއުލް ކިޔަވާފައިވީނަމަވެސް، އަދި ސެޓްފިކެޓްގެ ނަމަށް ބަލާއިރު،
ޤާނޫނުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކުން އިސްލާމީ ޝަރީޢަތާއި ޤާނޫނުން ޑިގްރީ ހާސިލްކޮށްފައިވާ
ފަރާތަކާ އެވަރަކަށް އިސްލާމީ ޝަރީޢާ މޮޑިއުލް ކިޔަވާފައިވީނަމަވެސް، އިސްލާމީ ޝަރީޢަތާއި ޤާނޫނުން
ޑިގްރީ ލިބިފައިވާ ފަރާތަކާ އެއްހަމަވާނެ އުސޫލަކުން މާކްސް ދިނުމަށް ކަނޑައަޅާފައިނުވުމަކީ، ހަމަހަމަ
ފުރުސަތު ލިބިގެން ދާނެ ގޮތަށް އިންޞާފުވެރި ގޮތެއްގައި ކޮށްފައިވާ ތަފާތުކުރުމެއް ކަމުގައި ނުފެންނާތީއާއި
އަދި އެ ގޮތަށް ތަޢުލީމީ ބައިން މާކްސް ދިނުމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
02/HC
-
DM/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އިސްވެ ބުނެވުނު ހަމަތަކާއި އުސޫލުތަކާ
އެއްގޮތަށް ނޫންކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ކޯޓެއްގެ ފަނޑިޔާރު ކަމަށް ޢައްޔަންކުރާ ފަރާތްތަކުން ހުށަހަޅާ
ތަޢުލީމީ ސެޓްފިކެޓްތަކަކީ، ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތަކުން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަށްވާންވާނެ
ކަމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަމާއްދާގެ (ނ) ގެ 3 ވަނަނަންބަރުގަ
ބަޔާންކޮށްފައިވާކަން އެނގޭއިރު، ދިވެހިރާއްޖޭގައި ތަޢުލީމީ ސެޓްފިކެޓުތައް އެކްރެޑިޓް ކުރާ ސަ
ދިވެހި މާޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my enos
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/05
8
/
<
ރާއްޖެއިން ބޭރުން ތަޢުލީމީ ގޮތުން އެކިފަރާތްތަކުން ހޯދާ ސެޓްފިކެޓްތައް އެކްރެޑިޓް ކުރުމަށް ދަރަޖަތަކެއް
ކަނޑައަޅާފައިވާކަމާއި، އެގޮތުން ބަލާއިރު، ބެޗްލަރ ޑިގްރީއަކީ ދަރަޖަ 7 ގެ ސެޓްފިކެޓެއްކަމާއި، ބެޗްލަރ
ޑިގްރީ (އޮނާސް) ދަރަޖަކޮށްފައިވަނީ 8 ގައި ކަމާއި، މާސްޓަރ ޑިގްރީ ދަރަޖަކޮށްފައިވަނީ 9 ގައި ކަމާއި،
އަދި ޑޮކްޓޯރަލް ޑިގްރީ (ޕީއެޗްޑީ) ދަރަޖަކޮށްފައިވަނީ 10 ގައިކަން އެނގޭއިރު، ދިވެހިރާއްޖޭގެ ހައިކޯޓަށް
ފަނޑިޔާރުން ޢައްޔަން ކުރުމުގައި މާކްސް ދޭނެ ކްރައިޓީރިއަރ ގައި، ތަޢުލީމީ ބައިން މާކްސް ދިނުމަށް
ކަނޑައަޅާފައި އޮތްގޮތުން، އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ދަރަޖައިން މާސްޓަރ ޑިގްރީ އަދި
ޕީއެޗްޑީ އަކީ، ބެޗްލަރ ޑިގްރީއަށްވުރެ މަތީ ދަރަޖައެއްގައި އެކްރެޑިޓްކުރާ ސެޓްފިކެޓްތަކެއްކަން
އެނގޭއިރު، އެއަށްވުރެ ތަޢުލީމީ ގޮތުން ދަށުން ދަރަޖަކުރާ، އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ ފުރަތަމަ
ޑިގްރީ އަށް، ޤާނޫނުން ނުވަތަ އިސްލާމީ ޝަރީޢާއިން ފުރަތަމަ ޑިގްރީ އެއް ހާސިލް ކުރުމަށްފަހު، އެ
އިން ދާއިރާއަކުން މާސްޓަރ ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތަކަށް އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ
ފުރަތަމަ ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތަކާ އެއްވަރަކަށް މާކްސް ދެވޭ ގޮތަށް، މާކްސް ދިނުމުގެ
ކްރައިޓީރިއަރ ގައި ކަނޑައަޅާފައި އޮތުމަކީ، ސެޓްފިކެޓްގެ ހަމައެކަނި ނަމަށް ބަލައިކޮށްފައިވާ
ތަފާތުކުރުމެއްކަމުގައި ފާހަގަ ކުރެވޭކަމާއި، އަދި އިސްލާމީ ޝަރީޢަތާއި ޤާނޫނުން ފުރަތަމަ ޑިގްރީ ހާސިލް
ކުރުމަށްފަހު، ޤާނޫނު ނުވަތަ ޝަރީޢާއިން މާސްޓަރ ޑިގްރީ ހާސިލްކޮށްފައިވާނަމަ، އެ ފަރާތަކަށް
ޑޮކްޓޯރަލް ޑިގްރީ (ޕީއެޗްޑީ ހާސިލްކޮށްފައިވާ ފަރާތަކާ އެއްވަރަށް މާކްސް ލިބިގެންދާ ގޮތަށް އޮތުމުން،
ތަޢުލީމީ ގޮތުން މަތީ ސެޓްފިކެޓެއް ލިބިފައިވާ ފަރާތަކަށްވުރެ، ތަޢުލީމީ ގޮތުން ދަށް ސެޓްފިކެޓެއް
ލިބިފައިވާ ފަރާތަކަށް އެއް ޢަދަދަކަށް މާކްސް ލިބޭގޮތަށް އޮތުމަކީ، ފަނޑިޔާރުކަމަށް އެދި ހުށަހަޅާ
ފަރާތްތަކުގެ ތަޢުލީމީ ސެޓްފިކެޓްތައް އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކަކަށް ވާންވާނެކަމަށް ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނުގައި ކަނޑައަޅާފައި އޮތްއޮތުމުގެ މައްޗަށް ރިޢާޔަތް ކުރުމެއްނެތި އަދި އެ ގޮތަށް
* *jp
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
2014/HC-DM/05
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޢަމަލު ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައި އޮތް މަޤްޞަދާއި ރޫހާ އެއްގޮތް ކަމެއްކަމުގައި ބެލެވެން
ނެތްކަމެވެ.
(ލ) ހަވަނަ ކަމަކީ: "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި
ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ޖަދުވަލު 1 ގެ 2 ވަނަ ނަންބަރުގައި ތަޖުރިބާއަށް ޖުމްލަ 30 މާކްސް
ކަނޑައަޅާފައިވާއިރު، ފަނޑިޔާރުކަމުގައި ހޭދަކޮށްފައިވާ މުއްދަތު ގިނަވެގެން 10 އަހަރަށް ލިމިޓްކޮށް،
ކޮންމެ އަހަރަކަށް 03 މާކްސް ކަނޑައަޅުއްވާފައިވަނީ ކޮން ހަމައެއްގެ މައްޗަށް ބިނާކޮށްގެންކަން އެގެން
ނެތްކަމާއި، މިކަމުގެ ސަބަބުން ކޯޓުތަކުގައި 20 އަހަރު ނުވަތަ 25 އަހަރު ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް
ހައިކޯޓުގެ މަޤާމަށް ދިއުމުގެ ފުރުޞަތު ފަނޑިޔާރު ކަމުގެ މަޤާމުގައި 10 އަހަރު ހޭދަކޮށްފައިވާ
ފަނޑިޔާރަކާ އެއްހަމައަކަށް ގެނެވޭ ކަމާއި، މިގޮތުންބަލާއިރު ފަނޑިޔާރުކަމުގައި ގިނަދުވަހު ޚިދުމަތް
ކޮށްފައިވާ ފަނޑިޔާރުންގެ ނިސްބަތުގައި މިއީ ބޭއިންސާފެއްކަމުގައި ޤަބޫލު ކުރެވޭތީ، ފަނޑިޔާރު ކަމުގައި
ހޭދަވި މުއްދަތަކަށް މާރކްސް ކަނޑައެޅުމުގައި ފަނޑިޔާރު ކަމުގައި ހޭދަކުރި ޖުމްލަ މުއްދަތަށް ނިސްބަތުން
މާރކްސް ލިބިދެވެން ޖެހޭނެ ކަމަށް ޤަބުލުކުރެވޭ ކަމަށާއި އެހެންކަމު
ކަމުން، މިއީވެސް ޤާނޫނު އަސާސީގެ 20
ވަނަ މާއްދާގައި ބަޔާންކުރާ ހަމަހަމަ ކަމުގެ އުޞޫލާ ތަޢާރަޟުވާ ގޮތަށް ކަނޑައެޅިފައިވާ ކަމެއް
ދެކޭކަމަށް ބުނެ މައްސަލަ ހުށަހެޅި ފަރާތުން ފާހަގަ ކޮށްފައިވާ ކަންކަމާ ގުޅިގެން ދަޢުވާލިބޭފަރާތުން
ދީފައިވާ ޖަވާބުގައި ފަނޑިޔާރު ކަމުގައި ގިނަވެގެން 10 އަހަރާ ހަމައަށް، ހޭދަކޮށްފައިވާ ކޮންމެ އަހަރަކަށް
03 މާކްސް ދިނުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ގެންގުޅުނު ހަމައަކީ، ޤާނޫނުއަސާސީގެ 149
ވަނަ މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 15
ވަނަ މާއްދާގެ (ހ) ގައި، ފަނޑިޔާރުކަމުގެ މަޤާމަށް ބޭނުންވާ ފެންވަރަށާއި ތަޢުލީމާއި ތަޖުރިބާ
ލިބިފައިވުމާއެކު، ފަނޑިޔާރެއްގެ ވާޖިބާ މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލު މީހުންނަށް ވާންވާނެކަމަށާއި
އެބައިމީހުންނަކީ އަޚްލާޤު ރަނގަޅު ބަޔަކަށް ވާންވާނެކަމަށް އޮތްއޮތުމަށް ރިޢާޔަތްކޮށްބަލާއިރު، ހަމައެކަ
ކަމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{014/HC-DM/05
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފަނޑިޔާރުކަމުގެ މަޤާމުގައި ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން މާކްސް ދިނުމަކީ ޤާނޫނުއަސާސީގެ 149
ވަނަ މާއްދާގެ (ހ) އާއި ދެންނެވުނު ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ
ނައްޞުގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ކަނޑައެޅިގެން ޚިލާފުވާނެ ކަމެއް ކަމުގައި މެނުވީ ނުވާނެތީ
އިސްވެ ދެންނެވުނު ޤަވާޢިދުގައި މާކްސް ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް ކަމުގައިވާ ތަޢުލީމާއި،
ތަޖުރިބާއާއި، އަޚްލާޤާއި، އަދި އިންޓަވިއުއާއި މިހަތަރު ބަޔަށް މުޅި ޖުމްލަ މާކްސް ބެހިގެން ދާގޮތަށް
ކަނޑައަޅާފައި އެވަނީ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 15
ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް މާކްސް ދިނުމުގައި ހަމަހަމަ އުޞޫލެއްގެ ތެރެއިން
އިންސާފުވެރިކަމާއެކު މާކްސް ދިނުމުގެ މަތިވެރި މަޤްޞަދުގައި ކަމަށް ވެފައި، ތަޢުލީމާއި، ތަޖުރިބާއާއި،
އަޚްލާޤުގެ ބަޔަށް ހަމަހަމަ އުޞޫލުން މާރކްސް ދެވިގެންދާނީ ތަޖުރިބާގެ ބައިންވެސް ވަކި
މިންގަނޑަކަށް ލިމިޓްކޮށްގެން އެބައިންވެސް ފުލް މާކްސް ލިބޭނެ ސާފުމިންގަނޑެއް ކަނޑައެޅިގެން
ކަމަށްވުމާއެކު، ފަނޑިޔާރުކަމުގައި ފަނޑިޔާރަކު ގިނަވެގެން ހޭދަކޮށްފައިވާ މުއްދަތު ބަޔާންކުރާ
ސީލިންގއެއް ކަނޑައަޅައިގެން މެނުވީ އެބަޔަށް ކަނޑައެޅިފައިވާ ފުލް މާރކްސް ލިބިދެވޭނެ ގޮތެއް
ނޯންނާނެތީ ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަން ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގައި
އެވާގޮތަށް ތަޖުރިބާގެ ބައިން ގިނަވެގެން 10 އަހަރު ހޭދަކޮށްފައިވާ ފަރާތަކަށް ތަޖުރިބާގެ ބަޔަށް
ކަނޑައެޅިފައިވާ ފުލް މާކްސް ލިބޭގޮތަށް މުއްދަތު ލިމިޓްކުރުމަކީ ފަނޑިޔާރު ކަމަށް ކުރިމަތިލާފައިވާ
ފަރާތްތަކުގެ މެދުގައި ހަމަހަމަކަން ގެއްލިގެންދާނެ ކަމެއް ކަމުގައި ޖުޑީޝަލް ސާރވިސް ކޮމިޝަނުން
ނުދެކޭކަމަށް ބުނެފައިވާކަން އެނގޭއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ބޭނުންވާ ފެންވަރަށް
ތަޖްރިބާ ލިބިފައިވާ މީހެއް ކަމުގައި ބެލޭނީ އެމީހަކީ ފަނޑިޔާރު ކަމުގައި ނުވަތަ ޤާނޫނީ ވަކީލު ކަމުގައި
ނުވަތަ އެދެކަމުގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހު މަސައްކަތްކޮށް، ތަޖްރިބާ ލިބިފައިވާ
މީހެއްކަމުގައިވާ ނަމަކަން ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 15
ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރަށް ބެލުމުން އެނގޭކަމާއި، ޖުޑީޝަލް ސަރވިސް ކޮމި
4 22
27
ދިވެހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް WWW.highcourt.gov.mv
18 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/05
ތަކެއްގެ
ފަރާތުން އެބަޔަށް މާކްސް ދިނުމުގައި ބަލާފައިވާ ހަމަތަކަކީ ރަގަޅު ސަބަބުތަކެއް މައްޗަށް
ބިނާކުރެވިފައިވާ އަދި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 13/2010
(ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ފަދައިން،
ފަނޑިޔާރުކަމަށް މީހަކު ޢައްޔަންކުރުމުގައި ތަޖްރިބާ ލިބިފައިވާ ކަމަށް ބެލުމަށްޓަކައި ފަނޑިޔާރުކަމުގައި
ހޭދަކޮށްފައިވާ މުއްދަތަށް ތްރެޝްހޯލްޑެއް ކަނޑައަޅައި އެއީ 10 (ދިހައެއް) އަހަރުކަމަށް ނިންމުމަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަމާއްދާގައި ބުނެފައިވާ ހަމަހަމަކަމުގެ އުސޫލާ
ޚިލާފު ކަމެއްކަމުގައި ބެލެވެން ނެތްކަމެވެ.
<< O
(ކ) ހަތްވަނަ ކަމަކީ: "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނު ކުރުމުގައި
ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 4 ވަނަ މާއްދާގެ (ޅ) ގެ ދަށުން އިންޓަރވިއު ޕެނަލްއިން އިންޓަރވިއު
ކުރުމަށްފަހު ކެންޑިޑޭޓުންނަށް އިންޓަރވިއުއަށް ދީފައިވާ މާކުހާއި ކްރައިޓީރިއާގައިވާ އެހެން ބައިތަކަށް
ލިބިފައިވާ މާކސް އެއްކުރުމަށްފަހު ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ޖުމްލަ މާކްސް ހިމެނޭގޮތަށް ހުރިހާ
ކެންޑިޑޭޓުންނަށް ލިބުނު މާކްސްތައް އެނގޭނެ ލިސްޓެއް ހަދައި، އަދި އެންމެ މަތިން މާކްސް ލިބިފައިވާ
ކެންޑިޑޭޓުންގެ ތަރުތީބުން އެ ލިސްޓް ތަރުތީބުކުރަންވާނެކަމާއި، އެ ލިސްޓަށް ބެލުމަށްފަހު ލިސްޓުގެ
އެންމެ މަތިން މާކްސް ލިބިފައިވާ ކެންޑިޑޭޓުންގެ ތަރުތީބުން ފަހަރަކު ކެންޑިޑޭޓަކަށް ވޯޓު ނަގައި އެންމެ
ފުރަތަމަ އަޣުލަބިއްޔަތު ލިބޭ ކެންޑިޑޭޓުންގެ ތަރުތީބުން ފަނޑިޔާރުން ޢައްޔަނުކުރަން ނިންމަންވާނެ ކަމަށާއި
އަދި އެ ވޯޓަކީ ސިއްރު ވޯޓެއްކަމަށް އެޤަވާޢިދުގެ 5 ވަނަމާއްދާގެ (ށ) ގައި ބަޔާންކޮށްފައި އޮތުމުން
"ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ޖަދުވަލު 1
ގައިވާ މާކްސް ދިނުމުގެ ކްރައިޓީރިއާގެ ދަށުން ކެންޑިޑޭޓުންނަށް މާކްސް ދެވި އަދި ޝަރުތު ހަމަވާ
ފަރާތްތައް ކަނޑައެޅި އިންޓަރވިއު ކުރުމަށް ހޮވޭ ކެންޑިޑޭޓުންނާއި އިންޓަރވިއު ކުރެވުމުން
ފަނޑިޔާރުކަމަށް އެންމެ ޤާބިލު ކެންޑިޑޭޓެއް ފާހަގަ ކުރެވިފައިވީނަމަވެސް، "ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my enos
2{014/HC-DM/05
19 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން
ހުރިހާ ކެންޑިޑޭޓުންނަށް ވޯޓުނަގައި އެންމެ ފުރަތަމަ އަޣުލަބިޔަތު ލިބޭ ކެންޑިޑޭޓުންގެ ތަރުތީބުން
ފަނޑިޔާރުކަމަށް ޢައްޔަނުކުރާ ގޮތަށް އެޤަވާއިދުގައި ކަނޑައަޅާފައިވުމުން ފަނޑިޔާރުކަމަށް ކުރިމަތިލާފައި
ތިބި ކެންޑިޑޭޓުން ކުރެ އެންމެ މަތިން މާކްސް ލިބި އެންމެ ޤާބިލު މީހާއަށް އެ މަޤާމަށް ޢައްޔަންނުވެ
ދިއުމަކީ ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 15 ވަނަ މާއްދާއާއި
ޤާނޫނު
އަސާސީގެ 149 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެމަޤާމަށް އެންމެ ޤާބިލު މީހާ ޢައްޔަނުވެ ހިނގައިދާނެ
ކަމެއް ކަމަށާއި އެހެންކަމުން، "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ
ގޮތުގެ ގަވާއިދު" ގެ 5 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ
15 ވަނަ މާއްދާއާއި
ޤާނޫނުއަސާސީގެ 149 ވަނަ މާއްދާއާ ޚިލާފު މާއްދާއެއް ކަމަށް ބުނެ
ދަޢުވާކުރާފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
10/2008
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ކިޔާގެ ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު
ޖުޑީޝަލްސަރވިސް ކޮމިޝަނުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ޖުޑީޝަލްސަރވިސް ކޮމިޝަންގެ
ހިންގާ ޤަވާޢިދުގައި ޖުޑީޝަލްސަރވިސް ކޮމިޝަނުން ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭނެ ގޮތް
ބަޔާން ވެގެން އޮންނަކަމާއި މިގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގައި
"ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖަލްސާއެއް ބޭއްވޭނީ އެކޮމިޝަނުގެ މެންބަރުންގެ
ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެތިބެގެންނެވެ. އަދި އެކޮމިޝަނުން އެއްވެސް ކަމެއް
ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ."
މިފަދައިން ބަޔާން ކުރެވިފައިވާ ކަމާއި އަދި ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް
ކޮމިޝަނުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ށ) ގައި "ކޮމިޝަނުން އެއްވެސް ކަމެއް ނިންމޭނީ
ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެކަމަށް ލިބިގެންނެވެ." މިފަދައިން، މި
ބަޔާންވެގެން އޮންނައިރު، އިޝާރާތްކުރެވުނު ޤާނޫނުތަކަށް ބެލުމުން ޖުޑީޝަލް ސަރވިސް ކޮމި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
2[14/HC-DM/05
20 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފަނޑިޔާރުން ޢައްޔަންކުރާ ކުރުމުގައި އެކޮމިޝަނުގެ މެންބަރުން ނަގާ ވޯޓު ސިއްރުކުރުން މިޤާނޫނުތަކުގައި
ލާޒިމް ނުކުރާކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާ އެކޯޓުގެ ނަންބަރު 36/SC
-
C/2012
ޤަޟިއްޔާ ނިންމެވުމުގެ އަޣުލަބިއްޔަތު ރައުޔުގައި ފާހަގަ ކުރައްވާފައިވާ ނުކުތާތަކުން ދެނެގަނެވޭ މަފްހޫމަށް
ބެލުމުން ޢާއްމު އުސޫލެއްގެ ގޮތުން ކަންކަމުގައި ސިއްރުވޯޓު ނަގަނީ ވޯޓުދޭ ފަރާތްތަކުން، އެބައިމީހުންގެ
މައްޗަށް އެހެނިހެން ފަރާތްތަކުގެ ނުފޫޒުންނާއި، ބިރުދެއްކުމުންނާއި، ނާޖާއިޒު ޢަމަލުތަކުން ދުރުގައިތިބެ
މިނިވަންކަމާއި އެކު ވޯޓުދެވޭނެ މާޙައުލެއް ފަހި ކޮށްދިނުމަށްޓަކައި ސިއްރުން ވޯޓު ދިނުމަކީ ކޮންމެހެން
ޝަރޫރަތްތެރި ކަމެއް ކަމުގައި ފެންނަ ޙާލަތްތަކުގައި ކަމަށް ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އެއާ
ޚިލާފަށް ވޯޓު ނެގޭކަމަކީ އެކަމަކާއި ސީދާ ރައްޔިތުންނާއި ޢާއްމު މަސްލަޙަތާއި ގުޅުން ހުރި އަދި އެތެރެ
ފެންނަގޮތެއްގެ މައްޗަށް ކުރަންޖެހޭ ކަންކަންކަމުގައި ވަނީ ނަމަ އެފަދަ ވޯޓު ނެގެން ޖެހޭނީ ފާޅުގައިކަން
އެނގޭކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އެމަފްހޫމަށް ރިޢާޔަތްކޮށް
މިމައްސަލައިގެ މައްޗަށް އެމަފްހޫމް ތަތުބީޤުކުރާއިރު، ޝަރުޢީކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަކީ
މުޖުތަމަޢުގެ ސީދާ މަސްލަޙަތާއި ގުޅިފައިވާ އަދި އެކަމުގައި ފަނޑިޔާރުކަމަށް ކުރިމަތިލާފަރާތްތަކުގެ ފަރުދީ
މަސްލަޙަތާއިވެސް ގުޅިފައިވާ މުހިއްމު މަސައްކަތަކަށްވާއިރު މިކަން ކުރެވެން ޖެހޭނީ އެތެރެ ފެންނަ
ނިޒާމެއްގެ ތެރެއިން ހާމަކަން ބޮޑުގޮތެއްގެ މަތީން ކަމަކަށްވާއިރު، ޖުޑީޝަލް ސަރވިސްކޮމިޝަނަކީ
އެކޮމިޝަނުގައި އިންތިޚާބުވެގެން ޢައްޔަންވެފައިވާ މެންބަރުންތަކެއްވެސް ތިބި މުއައްސަސާއެއްކަމުގައިވާއިރު
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުން ފަދަ މުހިއްމުކަމަކާއިމެދު ނިންމާ ނިންމުމުގައި މެންބަރުންގެ ވޯޓު
ފާޅުގައި ލެވޭގޮތަށް އޮތުމަކީ އެބައިމީހުން ތަމްސީލުކުރުމަށްޓަކައި އިންތިޚާބުކުރާ މެންބަރުންގެ މަސައްކަތާއި
ނިންމުންތަކުގެ މައްޗަށް ރަޤާބާކޮށް ވަޒަންކުރެވޭނެކަމެއްކަމާއި، "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން
ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" އަށް ބަލާއިރު އެޤަވާޢިދު ގެ 4 ވަނަ މާއްދާގެ (ޅ)
ދަށުން އިންޓަރވިއު ޕެނަލްއިން އިންޓަރވިއު ކުރުމަށްފަހު ކެންޑިޑޭޓުންނަށް އިންޓަރވިއުއަށް
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my enos
21 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/05
OXLC
މާކުހާއި ކްރައިޓީރިއާގައިވާ އެހެން ބައިތަކަށް ލިބިފައިވާ މާކްސް އެއްކުރުމަށްފަހު ކޮންމެ ކެންޑިޑޭޓަކަށް
ލިބުނު ޖުމްލަ މާރކްސް ހިމެނޭގޮތަށް ހުރިހާ ކެންޑިޑޭޓުންނަށް ލިބުނު މާރކްސްތައް އެނގޭނެ ލިސްޓެއް
ހަދަންވާނެކަމަށާއި އަދި އެ ލިސްޓް ތަރުތީބުކުރަންވާނީ އެންމެ މަތިން މާރކްސް ލިބިފައިވާ ކެންޑިޑޭޓުންގެ
ތަރުތީބުންކަން އެމާއްދާގައި ބަޔާންކޮށްފައިވާއިރު، އެ ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ކޮމިޝަނުން
އެލިސްޓް ބެލުމަށްފަހު ލިސްޓުގެ އެންމެ މަތިން މާކްސް ލިބިފައިވާ ކެންޑިޑޭޓުންގެ ތަރުތީބުން ފަހަރަކު
ކެންޑިޑޭޓަކަށް ވޯޓު ނަގައި އެންމެ ފުރަތަމަ އަޣުލަބިއްޔަތު ލިބޭ ކެންޑިޑޭޓުންގެ ތަރުތީބުން ފަނޑިޔާރުން
ޢައްޔަނުކުރަން ނިންމަންވާނެ ކަމަށާއި އަދި އެވޯޓަކީ ސިއްރު ވޯޓެއްކަމަށް އެމާއްދާގައި ބަޔާންކޮށްފައިވާކަން
އެނގޭއިރު، މިގޮތަށް ސިއްރުވޯޓެއް ނަގަން މެދުވެރިވެފައިވާ ޝަރޫރީ ޙާލަތަކީ ކޮބައިކަން ޖުޑީޝަލް
ސަރވިސް ކޮމިޝަނުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަޔާންކޮށްދީފައިނުވާކަމާއި، އަދި އެކަން އެގޮތަށް
އޮތުމަކީ ފަނޑިޔާރުން ނެގުމުގައި ޢަމަލުކުރި ގޮތުގެ ހާމަކަމާއި، ޓްރާންސްޕޭރަންސީ ގެއްލި އެ
ފަނޑިޔާރުން ޢައްޔަންކުރި ކުރުމާއި މެދު ސުވާލު އުފެއްދުމުގެ ޖާގަ ހުޅުވިގެން ހިނގައިދާނޭކިކަމެއް
ކަމުގައި ބެލެވޭކަމެވެ.
2 20
(އ) އަށްވަނަ ކަމަކީ: ޖުޑީޝަލް ސަރވިސް ކޮމިޝަނުން "ދިވެހިރާއްޖޭގެ ހައިކޯޓަށް
ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" އާއި، އެ ޤަވާޢިދުގެ ޖަދުވަލު 1 ކަމުގައިވާ
"ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގައި މާކްސް ދޭނެގޮތުގެ ކްރައިޓީރިއަރ" ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 127 ވަނަމާއްދާއާއި 20 ވަނަމާއްދާގައި ބަޔާންކޮށްފައިވާ ތަފާތުނުކުރުމާއި
ހަމަހަމަ ކަމުގެ ޙައްޤާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02/HC
-
DM/2012 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ އުސޫލާ ތަޢާރަޟުވާކަމަށް އެޤަވާޢިދު ބާޠިލްކޮށް ދިނުމަށް އެދި،
މ. ފްލޮރަންސް ޙަސަން ފިޔާޝް އާއި މ. މަޑިކުޅިމާގޭ އަނަސް ޢަބްދުއްސައްތާރުގެ ފަރާތުން ހުށަހެޅި
މައްސަލައިގައި، "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަން ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ކިއް
ޤަވާޢިދު" ގެ ޖަދުވަލު 1 ކަމުގައިވާ "ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގައި މާކްސް ދޭނެގޮތުގެ
ދދު 0
x
ބަޔާންކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
22 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/05
0
<< O
/
<< O
ކްރައިޓީރިއަރ" ގައި ތަޢުލީމީ ބައިން މާކްސް ދިނުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 02/HC
-
DM/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ހަމަތަކާއި އުސޫލުތަކާއި އަދި
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ތަޢުލީމީ ސެޓްފިކެޓްތައް އެކްރެޑިޓްކުރެވޭ ދަރަޖަތަކާ ޚިލާފަށް
ކަމަށާއި، އަދި އެގަވާއިދާއި، އެ ގަވާއިދުގެ ޖަދުވަލުގެ ދަށުން މާކްސް ލިބޭ ފަރާތްތައް ތަރުތީބު
ކުރުމަށްފަހު، ފަނޑިޔާރުކަމަށް ޢައްޔަންކުރާ ފަރާތެއް ސިއްރުވޯޓުން ހޮވާ ގޮތަށް އޮތުމަކީ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 36/SC
-
C/2012 ޤަޟިއްޔާގެ ނިންމުމާއި، ޢަދުލު އިންސާފުގެ ހަމަތަކާއި
ޤާނޫނުއަސާސީގެ 17 ވަނަމާއްދާއާއި 20 ވަނަމާއްދާއިން ލިބިދީފައިވާ އަސާސީ ޙައްޤު ޚިލާފުކަމެއް
ކަމަށްވާތީ، "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ
ޖަދުވަލު 1 ކަމުގައިވާ "ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގައި މާކްސް ދޭނެގޮތުގެ ކްރައިޓީރިއަރ" ގެ
1 ނަންބަރުގައިވާ "ތަޢުލީމް" އިން މާކްސް ދިނުމުގެ ބަޔާއި، ފަނޑިޔާރަކު ހޮވުމަށް ސިއްރުވޯޓު ނެގުމަށް
އޮތްއޮތުން ބާޠިލް ކުރަންޖެހޭކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު
ވެވިފައިވެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެފަދައިން
ހުރުމުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހަދާފައިވާ "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން
ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" އާއި އެ ޤަވާއިދުގެ ޖަދުވަލު 1 ކަމުގައިވާ " ހައިކޯޓަށް
ފަނޑިޔާރުން އައްޔަންކުރުމުގައި މާކްސް ދޭނެގޮތުގެ ކްރައިޓީރިއަރ" ގައި ތަޢުލީމީ ބައިން މާކްސް ދިނުމަށް
ކަނޑައަޅާފައިވާ ގޮތް ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 15
ވަނަމާއްދާގެ (ނ) ގެ 3 ވަނަނަންބަރާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02/HC
-
DM/22032 ކި
ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާއި އަދި މޯލްޑިވްސް ކޮލިފިކޭޝަން
2s
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
23 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/05
ތަޢުލީމީ ސެޓްފިކެޓްތައް އެކްރެޑިޓްކުރެވޭ ދަރަޖަތަކާ ޚިލާފުވާ ކަމަށް ފެންނާތީ، އަދި "ދިވެހިރާއްޖޭގެ
ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައި މާކްސް ލިބޭ ފަރާތްތައް
ތަރުތީބު ކުރުމަށްފަހު، ފަނޑިޔާރުކަމަށް ޢައްޔަންކުރާ ފަރާތެއް ސިއްރުވޯޓުން ހޮވާ ގޮތަށް އޮތުމަކީ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 36:SC
-
C!2012 ޤަޟިއްޔާގެ ނިންމުމާއި، ޢަދުލު އިންސާފުގެ
ހަމަތަކާއި ޤާނޫނުއަސާސީގެ 17 ވަނަމާއްދާއާއި 20 ވަނަމާއްދާއިން ލިބިދީފައިވާ އަސާސީ ޙައްޤު ޚިލާފުވާ
ކަމަށް ފެންނާތީ، އެ ޤަވާޢިދުގައި "ތަޢުލީމީ ބައިން މާކްސް ދިނުމާއި، ސިއްރު ވޯޓުން ފަނޑިޔާރުކަމަށް
ރަންކުރުމަށް މީހަކު ހޮވުމަށް ކަނޑައަޅާފައި އޮތް އޮތުން ބާޠިލްކޮށް، މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ
ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ
ގޮތުގެ ގަވާއިދު" އާއި އެ ގަވާއިދުގެ ޖަދުވަލު، އިސްލާޙުކޮށް، އެ އިސްލާޙުތަކާ އެއްގޮތް ވާގޮތުގެ މަތިން
އެކުލަވާލެވޭ ގަވާއިދެއްގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރުމުގެ މަސައްކަތް،
އަލުން ކުރިއަށް ގެންދިއުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަންގައި، މި މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ތތ 4
3
2 ތތ
0x0
cu o
* *jp
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos