ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/184 ޤަޟިއްޔާގެ ޙުކުމް
1
ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/184
މިހާރުގެ އެޑްރެސް: ބ.ތުޅާދޫކާނިމާގެ ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 184/HC
-
A/2012
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރު: 15
/
1983-C ދާއިމީ އެޑްރެސް: ފަސްމީރު ބިލްޑިންގ (6 ވަނަ ފަންގިފިލާ)
އިސްތިއުނާފު ރައްދުވި ފަރާތް:
1- * ނަން: އިސްމާޢީލް ޢަބްދު
* ދާއިމީ އެޑްރެސް: ޏ.ފުވައްމުލައް ދިލްޝަންގެ
އައިޑީ ކާޑު ނަންބަރ A100978 މިހާރުގެ އެޑްރެސް: ޏ.ފުވައްމުލައް ދިލްޝަންގެ
* ނަން: މުޙައްމަދު އިރުޝާދު
* ދާއިމީ އެޑްރެސް: އދ.މަހިބަދޫ ހީނާގެ
އައިޑީ ކާޑު ނަންބަރ: A028669 * މިހާރުގެ އެޑްރެސް: އދ.މަހިބަދޫހީނާގެ
* ނަން: ޞަލާޙް ޙުސައިން
ދާއިމީ އެޑްރެސް: އދ. މަހިބަދޫ ކުޅިބަލާގެ
އައިޑީ ކާޑު ނަންބަރ A028833 މިހާރުގެ އެޑްރެސް: އދ. މަހިބަދޫ/ކުޅިބަލާގެ
* ނަން: ޢަބްދުﷲ ނަވާޒް
ދާއިމީ އެޑްރެސް: އއ.އކުޅަސް ނޫމުރަކަ
އައިޑީ ކާޑު ނަންބަރ A152122 މިހާރުގެ އެޑްރެސް: އއ.އިކުޅަސްޖަންބުމާގެ
* ނަން: މުޙައްމަދު އަންސާމް
ދާއިމީ އެޑްރެސް: ބ.ތުޅާދޫ ކާނިމާގެ
ކާޑު ނަންބަރ A098465
-2
*
-3
.
*
-4
*
-5
އައިޑީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ޔާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 516471/
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/184
6
* ނަން: އަޙްމަދު މަސްހޫދު
އައިޑީ ކާޑު ނަންބަރ A152039
ދާއިމީ އެޑްރެސް: ސ.ހުޅުދޫސީވިއު
މިހާރުގެ އެޑްރެސް: ސ.ހުޅުދޫސީވިއު
-1
* ނަން: އަޙްމަދު އަސްލަމް
އައިޑީ ކާޑު ނަންބަރ A082363
* ދާއިމީ އެޑްރެސް: ހދ.ހަންޏާމީދޫ ފިޔަނޫމާގެ
* މިހާރުގެ އެޑްރެސް: ހދ.ހަންޏާމީދޫ ފިޔަނޫމާގެ
-8
ނަން: މުޙައްމަދު އިމްތިޔާޒް ޢަބްދުއްރަޙްމާން
އައިޑީ ކާޑު ނަންބަރ A200051
* ދާއިމީ އެޑްރެސް: ނ.ފޮއްދޫއަލިވާގެއާގެ
މިހާރުގެ
އެޑްރެސް: ނ.ފޮއްދޫއަލިވާގެއާގެ
-9
* ނަން: އިދުރީސް ޢަލީ
ދާއިމީ އެޑްރެސް: ލ.ކަނޑޫދޫއެތުމާގެ
މިހާރުގެ އެޑްރެސް: ލ.ކަނޑޫދޫއެތުމާގެ
އައިޑީ ކާޑު ނަންބަރ A101982
10- * ނަން: މުޙައްމަދު ޙާރިސް
އައިޑީ ކާޑު ނަންބަރ A027179
* ދާއިމީ އެޑްރެސް: އދ.މަންދޫޑެއިޒީވިލާ
މިހާރުގެ އެޑްރެސް: އދ.މަންދޫ/ޑެއިޒީވިލާ
-1
* ނަން: މުޙައްމަދު ގާސިމް
އައިޑީ ކާޑު ނަންބަރ A284900
* ދާއިމީ އެޑްރެސް: އދ.ދިގުރަށް އިރުމަތީގެ
* މިހާރުގެ އެޑްރެސް: އދ.ދިގުރަށް އިރުމަތީގެ
1433
ރަޖިސްޓްރީކުރެވުނު ތާރީޚް: 27 ރަޖަބު
17 ޖޫން
ނިމުނު ތާރީޚް: 30 ރަބީޢުލްއާޚިރު 1434
މާރޗް 2013
2012
12
• އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު. 2011/VTR/89
• މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން
• ނިންމެވި ޓްރައިބިއުނަލް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
* ހުށަހެޅުނު ތާރީޚް: 05 ޖުލައި 2011 * ނިމުނު ތާރީޚް: 19 ފެބްރުއަރީ 2012
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު އަޙްމަދު ޝަރީފު ފަނޑިޔާރު ޢައްބާސް ޝަރީފު ފަނޑިޔާރު ޢަލީ ސަމީރު
އިޤްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 8316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/184
89TR2011
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެމައްސަލަ
އިސްތިއުނާފު ކޮށްދިނުމަށްއެދި ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
15
/
1983-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ، ޏ.ފުވައްމުލައް(ދިލްޝަންގެ އިސްމާޢީލް ޢަބްދުﷲއާއި
އދ.މަހިބަދޫ ހީނާގެ މުޙައްމަދު އިރުޝާދުއާއި، ހަމައެރަށު ކުޅިބަލާގެ ޞަލާޙް ޙުސައިންއާއި، އއ.އުކުޅަސް
ޖަންބުމާގެ ޢަބްދުﷲ ނަވާޒްއާއި، ބ.ތުޅާދޫ ކާނިމާގެ މުޙައްމަދު އަންސާމްއާއި، ސ.ހުޅުދޫސީވިއު އަޙްމަދު
މަސްހޫދުއާއި، އދ.ހަންޏާމީދޫ ފިޔަނޫމާގެ އަޙްމަދު އަސްލަމްއާއި، ނ.ފޮއްދޫ
ފޮއްދޫއަލިވާގެއާގެ މުޙައްމަދު އިމްތިޔާޒް
ޢަބްދުއްރަޙްމާނުއާއި، ތ.ކަނޑޫދޫއެތުމާގެ އިދުރީސް ޢަލީއާއި، އދ.މަންދޫ ޑެއިޒީވިލާ މުޙައްމަދު އާރިސްއާއި،
އދ.ދިގުރަށް އިރުމަތީގެ މުޙައްމަދު ގާސިމްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/93
މައްސަލައަށް ބަލާއިރު، އެމައްސަލައަކީ ޏ.ފުވައްމުލައް ދިލްޝަންގެ އިސްމާޢީލް ޢަބްދުﷲއާއި
އދ.މަހިބަދޫ(ހީނާގެ މުޙައްމަދު އިރުޝާދުއާއި، ހަމައެރަށު ކުޅިބަލާގެ ޞަލާޙް ޙުސައިންއާއި، އއ.އުކުޅަސް
ޖަންބުމާގެ ޢަބްދުﷲ ނަވާޒްއާއި، ބ.ތުޅާދޫ ކާނިމާގެ މުޙައްމަދު އަންސާމްއާއި، ސ.ހުޅުދޫސީވިއު އަޙްމަދު
މަސްހޫދުއާއި، އދ.ހަންޏާމީދޫ ފިޔަނޫމާގެ އަޙްމަދު އަސްލަމްއާއި، ނ.ފޮއްދޫ އަލިވާގެއާގެ މުޙައްމަދު އިމްތިޔާޒް
ޢަބްދުއްރަޙްމާނުއާއި، ތ.ކަނޑޫދޫ/އެތުމާގެ އިދުރީސް ޢަލީއާއި، އދ.މަންދޫޑެއިޒީވިލާ މުޙައްމަދު ޙާރިސްއާއި،
އދ.ދިގުރަށްއިރުމަތީގެ މުޙައްމަދު ޤާސިމް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑްގައި ވަޒީފާ
އަދާކުރަމުން ދަނިކޮށް، އެފަރާތްތައް މަޤާމުން ރިޑަންޑަންޓްވިކަމަށް ބުނެ، 04 ޖޫން 2011 ގައި ވަޒީފާއިން
ވަކިކުރުމާއި ގުޅިގެން، އެފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް
އެފަރާތްތަކުން ދެކޭތީ، އެމައްސަލަ ބަލައި ދިނުމަށްއެދި ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް
ފަރާތްތަކުން ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ ނިންމާފައިވާ މައްސަލައެއްކަމާއި،
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 1316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/184
=ތ *މ ގ ޏ އ ދވ
އދއތމއކމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެމައްސަލަ ނިންމާފައިވަނީ، "ދެންފަހެ، ވަޒީފާއާބެހޭ
ޤާނޫނާއި، އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އެއްވެސް ގަވާއިދެއްގަވެސް ރިޑަންޑަންސީ ގެ ހާލަތު
މެދުވެރިވުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއްކަމަށް ބަޔާންކޮށްފައި
ނެތްނަމަވެސް، މުވައްޒަފަކާއި ވަޒީފާ ދޭ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ ގުޅުމަކީ ވަޒީފާ ދޭފަރާތެއްގެ
ހާލަތަށާއި، ބޭނުންތަކަށް ބިނާވެ ވުޖޫދަށް އަންނަ ގުޅުމެއްކަމުން ވަޒީފާ ދޭފަރާތެއްގެ ހާލަތައް އަންނަ
ތަކެއްގެ ސަބަބުން މުވައްޒަފަކު އަދާކުރަމުންދިޔަ ވަޒީފާއެއް ނެތިދާފަދަ ހާލަތެއް މެދުވެރިވުމަކީ
އެކަށީގެންވާ ކަމެއްކަމަށް ބުރަވެވޭތީ، އެފަދަ ހާލަތެއް މެދުވެރިވެގެން އިންސާފުވެރިގޮތަކަށް މުވައްޒަފަކު
ވަޒީފާއިން ވަކިކޮށްފައިވާނަމަ އެ ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށް އެކަށީގެންވާ ސަބަބެއް އޮވެގެން
މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި
ދެކޭހިނދު، މައްސަލައިގައި ހިމެނޭ ފަރާތްތައް
ވަޒީފާއިން ވަކިކޮށްފައިވަނީ، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ހިންގުމަށް ބޭނުންވާ މުވައްޒަފުންގެ
އަދަދު ކުރިއަށްވުރެ މަދުކޮށް ރިޑަންޑަންސީ އިޢުލާން ކުރުމާ ގުޅިގެންކަމަށް މައްސަލަ ރައްދުވި ފަރާތުން
ބުނާއިރު، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރި މަރުހަލާގައި މުވައްޒަފުން މަދުކުރަންޖެހޭތޯ
ވަޒަންކޮށް މައްސަލަ ރައްދުވި ކުންފުނިން ބަލާފައިވާ ގޮތުން އެނގެން ނެތުމާއި، ރިޑަންޑަންސީ
އިޢުލާންކުރިކަމަށް ބުނާއިރު އެހާލަތުގައި މުވައްޒަފުންނާ މެދު ޢަމަލުކުރާނެ ގޮތްތަކެއް
ކުރާނެ ގޮތްތަކެއް ކަނޑައަޅާފައިވާކަން
އެނގެން ނެތުމާއި، މައްސަލަ ހުށަހެޅި ފަރާތްތައް ޑިއު ޕްރޮސެސް' އެއްގެ ތެރެއިން އިންސާފުވެރިގޮތަކަށް
ވަޒީފާއިން ވަކިކޮށްފައިވާކަން އެނގެން ނެތުމުން، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރި
ސަބަބުކަމަށް މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ކަންކަން ސާބިތުކޮށްދެވިފައިވާކަމަށް ބުރަވެވެން ނެތަތީ،
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން
ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި،
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި
ފަރާތްތައް ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އެފަރާތްތަކަކީ އެއްވެސް ހާލެއްގައި
ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއްކަމުގައި ނުބެލުމަށާއި، އެފަރާތްތައް ވަޒީފާއިން ވަކިކުރިކަމަށް ބުނާ
ތާރީޚުން ފެށިގެން މިމައްސަލަ ނިމުނު ދުވަހާ ހަމައަށް، މުސާރައާއި އިނާޔަތުގެ ގޮތުގައި އެފަރާތްތަކަށް
ލިބެންޖެހޭ ފައިސާގެ ތެރެއިން ވަޒީފާއިން ވަކިކުރިއިރު ދީފައިވާ ފައިސާ އުނިކުރުމަށްފަހު ބާކީ އޭންޖެށް ހަ9
މިންވަރު، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގަ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު އުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 516471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2012/HC-A/184
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެއްފަހަރާ މައްސަލަ ހުށަހެޅި ފަރާތްތަކަށް ދީ ޚަލާޞްކުރުމަށްފަހު، އެކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ކްރައުން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގައި"
އެގޮތުގެމަތިންކަން އެމައްސަލައިގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އިން އެގެން އޮވެއެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/89 މައްސަލަ އެޓްރައިބިއުނަލުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ކްރައުން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ ފާހަގަކޮށް،
ކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ކްރައުން
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ:
s
39 އ ސ ޑ
• ފުރަތަމަ ނުކުތާއަކީ، މައްސަލައާގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކުންނާއި، ދައްކާފައިވާ
ވާހަކަތަކުން މައްސަލަ ބެއްލެވި މަޖިލީހަށް ފާހަގަ ކުރެވުނު ނުކުތާތަކުގެ ތެރެއިން 15 ވަނަ ނަންބަރާއި 25
ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބިނާކޮށް މައްސަލާގައި ގޮތެއް ކަނޑައަޅުއްވާފައިވާއިރު، އެ
ނުކުތާތަކާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން 18 ޑިސެމްބަރު 2011 ވަނަ ދުވަހުގެ ޝަރީއަތުގެ
އަޑުއެހުމުގައި ވާހަކަ ދައްކާފައިވާކަމާއި، އަދި އެކަންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެއްވެސް
މިންވަރަކަށް އިންކާރުގެ އިނުވާއިރު، އެކަންކަމާ ގުޅިގެން މައްސަލަ ބެއްލެވި މަޖިލީހުގެ މެންބަރުން
އެއްވެސް މިންވަރަކަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
8 އ ( =ތ ދ
• ދެވަނަ ނުކުތާއަކީ، މައްސަލަ ބެއްލެވި މަޖިލީހުން މައްސަލަ ނިންމެވިއިރު
އިސްތިއުނާފުކުރާ ފަރާތުން "ޑިއު ޕްރޮސެސް" އެއް ނުވަތަ އިޖުރާޢަތުތަކެއް ފުރިހަމަ ނުކުރާކަމަށް
ކަނޑައަޅުއްވާފައިވާއިރު، ފުރިހަމަކުރަންޖެހޭ "ޑިއު ޕްރޮސެސް" އަކީ ކޮބައިކަން އެއްވެސް ޤާނޫނީ
ނައްސަކުން އެނގެން ނެތްކަމާއި، މައްސަލާގައި ކަންހިނގާފައިވާގޮތް ސާފުކުރުމުގެ ގޮތުން މައްސަލަ ބެއްލެވި
މަޖިލީހުން ވަކިކަންކަން ސާފުކުރެއްވުމުގެ ގޮތުން ސުވާލުކުރެއްވިއިރު، "ޑިއު ޕްރޮސެސް" އާ ގުޅިގެން
އެއްވެސް ސުވާލެއް ކުރައްވާފައިނުވާކަމާއި، ޤާނޫނެއްގައި ނުވަތަ ޤަވާއިދެއްގައިވެސް ކަނޑައެޅިގެން
ބަޔާންކޮށްފައިނުވާކަމެއް ކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް ލާޒިމުކޮށްފައިވާކަމަށްބުނެ ހުށަހެޅި ނުކުޔާ ރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
6
ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/184
eyއ
ކަނޑައެޅުއް
ތިންވަނަ ނުކުތާއަކީ، މައްސަލަ ބެއްލެވި މަޖިލީހުން މައްސަލާގައި
ޅުއްވުމުގައި ރިޢާޔަތްކުރައްވާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލް 2009/VTR/109 ޤަޟިއްޔާގައި،
.ކުންފުންޏެއްގެ އޮނިގަނޑުގައި ނުހިމެނޭ މަޤާމެއް ދިނުމަށް އެކުންފުންޏަކަށް އަމުރު ކުރުމަކީ ޙައްލެއް
ކަމަށް ދެކެވަޑައިނުގަންނަކަމަށް ވިދާޅުވެފައިވާއިރު، ވަޒީފާއާބެހޭ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/93 ޤަޟިއްޔާއިން ހުށަހެޅި ބައްލަވާފައިވާ މައްސަލާގައި އިސްތިއުނާފުކުރާ ފަރާތުން
އެކުންފުނި ރީ-ސްޓްރަކްޗަރ ކުރުމަށްފަހު އެކުންފުނީގެ އޮނިގަނޑުން އުނިކުރެވިފައިވާ މަޤާމުތައް އަނބުރާ
ދިނުމަށް އަމުރުކޮށްފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
• ހަތަރުވަނަ ނުކުތާއަކީ، މައްސަލަ ބެއްލެވި މަޖިލީހުން މައްސަލާގައި ގޮތެއް
ކަނޑައެޅުއްވުމުގައި ރިޢާޔަތްކުރައްވާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/249
ޤަޟިއްޔާގައި މައްސަލައިގައި ގޮތެއް ކަނޑައަޅާއިރު ވަކިކުރި ވަޒީފާނޫން އެހެން ވަޒީފާއެއްގައި އުޅޭކަމަށްވާތީ
އަލުން އަނބުރާ ވަކިކުރެވުނު ވަޒީފާ ދޭން އެންގުމަކީ އަދުލްވެރިގޮތެއް ނޫންކަމަށް ކަނޑައަޅުއްވާފައިވާ
އުޞޫލާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/89 ޤަޟިއްޔާއިން މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
3. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/89
މައްސަލައިގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު” އަށާއި، އެމައްސަލަ އިސްތިއުނާފު ކުރަމުން ކްރައުން
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލަ ރައްދުވާ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ
ންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ، މިޤަޟިއްޔާގައި ބެލިފައިމިވާ މައްސަލައާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 182/HC-A/2012 އާއި ނަންބަރު 183/HC-A/2012 ޤަޟިއްޔާގައި ހިމެނޭ 3 ބިމްގެ
މައްސަލަ އިސްތިއުނާ އެކުންފުނީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/184
1 22 23 9
4 3 2 25 22
ކުeeއ
"އިސްތިއުނާފުކުރުމަށް އެދޭ މައްސަލަ ނިމިފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ފެންނަ
އާއި އެނުކުތާތަކުގެ ތަފްސީލުތައް
އިތުރުން، މިދެންނެވުނު 3 (ތިނެއް)
މައްސަލަވެސް ބިނާވެފައިވަނީ އެއް ޙަޤީޤަތްތަކެއްގެ މައްޗަށްކަމަށްވެފައި، މިތިން މައްސަލާގައި އިސްތިއުނާފު
ކުރާފަރާތުގެ ބަދަލުގައި އަދި ވަކީލުގެ ގޮތުގައިވެސް، އަދި އެމައްސަލަތަކުގައި އިސްތިއުނާފު ރައްދުވާ
ފަރާތްތަކުގެ ބަދަލުގައި އަދި ވަކީލުގެ ގޮތުގައިވެސް ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޒިރުވެފައިވަނީ
މިތިން މައްސަލައާއި ގުޅިގެން ދިވެހިރާއްޖެ
ރާއްޖޭގެ ހައިކޯޓުގައި
އެންމެ ފަހުން
ބޭއްވުނު 2 (ދޭއް) އަޑުއެހުންވެސް ބޭއްވިފައިވަނީ އެކުއެކީގައިކަމެވެ.
2 ދ ތ ދ 6
2 ހދ8 4 ،3
އއ ފރވއސކޮށް03އކ*
cu o
COC
(ނ) ދެވަނަކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް
ބަލާއިރު، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި ވަޒީފާއަދާކުރަމުން ގެންދިޔަ، މިމައްސަލާގައި
އިސްތިއުނާފު ރައްދުވާ، ޏ.ފުވައްމުލައް ދިލްޝަންގެ އިސްމާޢީލް ޢަބްދުﷲއާއި އދ.މަހިބަދޫހީނާގެ މުޙައްމަދު
އިރުޝާދުއާއި، ހަމައެރަށު ކުޅިބަލާގެ ޞަލާޙް ޙުސައިންއާއި، އއ.އުކުޅަސް ޖަންބުމާގެ ޢަބްދު
ނަވާޒްއާއި، ބ.ތުޅާދޫ ކާނިމާގެ މުޙައްމަދު އަންސާމްއާއި، ސ.ހުޅުދޫސީވިއު އަޙްމަދު މަސްހޫދުއާއި،
އދ.ހަންޏާމީދޫ ފިޔަނޫމާގެ އަޙްމަދު އަސްލަމްއާއި، ނ.ފޮއްދޫއަލިވާގެއްގެ މުޙައްމަދު އިމްތިޔާޒް
ޢަބްދުއްރަޙްމާނުއާއި، ތ.ކަނޑޫދޫއެތުމާގެ އިދުރީސް ޢަލީއާއި، އދ.މަންދޫ/ޑެއިޒީވިލާ މުޙައްމަދު ޙާރިސްއާއި،
އދ.ދިގުރަށް އިރުމަތީގެ މުޙައްމަދު ޤާސިމް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން
ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި ވަކިކޮށްފައިވަނީ އެކުންފުންޏަށް ރިޑަންޑަންސީގެ ޙާލަތު
މެދުވެރިވެގެން، ރިޑަންޑަންސީ އަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ
މާއްދާގަ ބަޔާންކޮށްފައިވާފަދަ އެކަށީގެންވާ ސަބަބެއްކަމަށް ބަލައި، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ
ދަށުން އަދި އެޤާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ
ދިނުމަށްފަހުކަމާއި،
ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ
"އެކަށީގެންވާ" ސަބަބެއްތޯ ބަލާއިރު، ވިޔަފާރީގެ ނަފާ ހޯދުމުގެ ގޮތުން ހިންގާ ކުންފުނި ތަކުގައި،
އެކުންފުނިތައް ހަރުދަނާކޮށް، ނަފާ އިތުރުވާނޭ ގޮތެއްގެމަތިން ހިންގުމަށްޓަކައި ނުވަތަ
ރީސްޓްރަކްޗަރ ކުރުންފަދަ ކަމަކަށްޓަކައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް އެކުންފުންލޭ
282
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/184
4 2x45
و مو و مرس
OXO
ދޫކޮށްލަންޖެހޭފަދަ ޙާލަތެއް (ރިޑަންޑަންސީގެ ޙާލަތު) މެދުވެރިވެދާނެ ކަމަށް ޤަބޫލުކުރަން ޖެހޭކަމަށާއި، އަދި
މިފަދަ ޙާލަތެއްގައި މުވައްޒަފުން މަދުކުރެވެން ނޯންނަނަމަ އެކަމަކީ އެފަދަ ކުންފުނިތަކުގެ ވިޔަފާރިއަށް
ހުރަސްތަކެއް މެދުވެރިވެ، ކުންފުނީގެ ވިޔަފާރިއަށް ހީނަރުކަމެއް އަތުވެދާނެފަދަ ސަބަބެއްކަމުގައި ޤަބޫލުކުރަން
ޖެހޭކަމަށާއި، ވަޒީފާއާއިބެހޭ ޤާނޫނުގައިވެސް އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދެއްގައިވެސް
ރިޑަންޑަންސީއާ ވަކި އުސޫލެއް ޤާއިމުކޮށްފައި ނުވިނަމަވެސް، އަދި ރިޑަންޑަންސީގެ ޙާލަތަކީ
މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ސަބަބެއްކަމުގައި ބަޔާންކޮށްފައި ނެތްނަމަވެސް، ވިޔަފާރީގެ
ނަފާ ހޯދުމަށް ހިންގޭ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށް ނުވަތަ ކުންފުނީގެ މާލީ ޙާލަތު ދަށްވުންފަދަ
ކަމެއް މެދުވެރިވެގެން ކުންފުނީގެ މުވައްޒަފަކު ދޫކޮށްލަންޖެހިއްޖެނަމަ ނުވަތަ މަދުކުރަންޖެހިއްޖެނަމަ، އެފަދަ
ޙާލަތުގައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރާ ވަކިކުރުމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށްއޮތް އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވިދާނެކަމަށާއި، ނަމަވެސް މިސަބަބަށްޓަކައި މުވައްޒަފަކު
ވަޒީފާއިން ވަކިކުރާ ކުރުމުގައި ޙަޤީޤަތުގައިވެސް އެފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި، އެކަން ކޮށްފައިވަނީ
ހެޔޮނިޔަތުގައި ތޯއާއި، އަދި އެއީ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅިގެން ބޭއިންސާފުން
ވަޒީފާއިން ވަކިކުރުމަށްޓަކައި ކޮށްފައިވާކަމެއްތޯ ނުވަތަ ނޫންތޯއާއި، އަދި ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން
ކަނޑައެޅުނުގޮތަކާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި
(substantive fairness) އިޖްރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކޮށްފައިވޭތޯ ބަލާ
އެކަންކަން ކަށަވަރުވާން ޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 89/HC
-
A/2011 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާކަމެވެ.
24
(ނ) ތިންވަނަ ކަމަކީ، އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ
މަސައްކަތެއްކުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) އިން
ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަމާއި، ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ
އަސާސީ ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާނޭ ގޮތުގެމަތިން، ކޮންމެ މީހަކަށްމެ
ލިބިގެންވާކަން އެޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިނދު، އަދި އެފަދަ އެއްވެސް ޙައްޤެއްގެ ނުވަތަ
މިނިވަންކަމެއްގެ
އެއްވެސް މިންވަރެއް
ހިފެހެއްޓޭނީ،
ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތިން
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުން
ޤާނޫނަކުންވެސް އެއިން ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު އުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯލް: 3325029، ފެކްސް 3316471/
ވެބް ސައިޓް www.highcourt.gov.mv
އަޑީޖޭގެ
ހައިކޯޓް
Occ
40
އީމެއިލް [email protected]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/184
ދީމިޤްރާޠީ މުޖުތަމައެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ
މިންވަރަކަށްކަމަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފަ
ޔާންކޮށްފައިވާކަމާއި،
އަދި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން،
ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި
މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުސޫލުތަކަށް
ރިޢާޔަތްކޮށް އެއުސޫލުތައް ނަގަހައްޓަންވާނެކަމަށާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ
މުޢާހަދާތަކަށް ރިޢާޔަތްކުރަންވާނޭކަމަށް ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
މިކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބަލާއިރު، ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިފައިވާ ވަޒީފާއަދާކުރުމާއި
މަސައްކަތްކުރުމުގެ ޙައްޤު، ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މާނަކުރަންވާނީ އަދި ލިބިދޭންވާނީ
ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން އެޙައްޤު ލިބިދިނުމުގައި ޤަބޫލުކުރާ އުސޫލުތަކަށް ރިޢާޔަތްކުރެވި
އެއުސޫލުތައް ނެގެހެއްޓޭނޭގޮތެއްގެ މަތިންކަމާއި،
އަދި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މަސައްކަތްކުރުމާއި ވަޒީފާއަދާކުރުމުގެ ޙައްޤުގެ
އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ނުވަތަ ހަނިކުރެވޭނީ، ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތިން،
މިނިވަން ދީމިޤްރާޠީ މުޖުތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ނުވަތަ
ހަނިކުރެވިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށްވުރެ އިތުރުނުވާނޭ ގޮތެއްގެމަތިން، ރައްޔިތުންގެ މަޖިލީހުން
ފާސްކުރާ ޤާނޫނަކު
އެކުންކަމަށްވެފައި، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ޙައްޤުތައް
ހިމާޔަތްކުރުމަށްޓަކައި ހެދިފައިވާ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު،
އެޤާނޫނުގައި ރިޑަންޑަންސީއާ ބެހޭގޮތުން ވަކި ޚާއްޞަ އުސޫލުތަކެއް ކަނޑައެޅި ބަޔާންވެފައިނުވާ ހިނދު،
އަދި ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން މުވައްޒަފަކު އަދާކުރަމުން ގެންދާ ވަޒީފާއިން އޭނާ ވަކިކުރުމަކީ،
ޤާނޫނުއަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިދޭ ވަޒީފާ އަދާކުރުމުގެ ޙައްޤުން މިންވަރެއް
ހިފެހެއްޓިގެންދާނެ ނުވަތަ ހަނިވެގެންދާނެ ކަމެއްކަމަށްވީ ހިނދު، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން
ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންގެ ޙައްޤުތައް މާނަކުރުމުގައްޔާއި ލިބިދިނުމުގައި، ހުޅުވިގެންވާ ދީމިޤްރާޠީ
މުޖްތަމަޢުތަކުން އެޙައްޤު ލިބިދިނުމުގައި ޤަބޫލުކުރާ އުސޫލުތަކަށް، ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން،
ރިޢާޔަތްކޮށް އެއުސޫލުތައް ނަގަހައްޓަންވާނޭކަމާއި،
Occ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/184
4 އޑ 4
003އ
XOOC
މިގޮތުން ބަލާއިރު، ވިޔަފާރިއަށް ނުވަތަ އިޤްތިޞާދަށް ކުރިމަތިވާ ޚާއްޞަ ޙާލަތްތަކުގައި،
ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ބޭނުމުގައި ނުވަތަ ކުންފުންޏަށް ނަފާ އިތުރުވާނެގޮތެއް
ހޯދުމަށްޓަކައި ކުންފުނި ރީސްޓްރަކްޗަރ ކުރާކުރުމުގައި، ރިޑަންޑަންޓްވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ
ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރާކުރުން ޢަދުލުވެރިކުރުވުމަށްޓަކައި ނުވަތަ ވަޒީފާދޭ ފަރާތުން
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ ޢަދުލުވެރިކަން
(procedural fairness) ޤާއިމުކުރުމަށްޓަކައި އެކުންފުންޏަކުން ޢަމަލުކުރަންޖެހޭ ނުވަތަ
އަޅަންޖެހޭ ފިޔަވަޅުތަކެއް، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ
މުޖްތަމަޢުތަކުން ޢަމަލުކުރަމުންދާ ޤާނޫނުތަކުގައާއި، އިންޓަނޭޝަނަލް ލޭބަރ އޮގަނިޒޭޝަން (އައި.އެމް.އޯ.)
ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް
އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ފަދަ ކަމާގުޅޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގައި
ކަނޑައަޅާ ބަޔާންކޮށްފައިވާކަމާއި،
އަދި، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ވަކިކުރާ މުއައްޒަފުންނާމެދު ޢަމަލުކުރާނޭ ވަކި
ޚާއްޞަ އުސޫލެއް ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައި ނުވިނަމަވެސް، މުވައްޒަފަކު ވަޒީފާއިން
ވަކިކުރާކުރުން، ޢަދުލުވެރިކުރުވުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭކަމަށް، އިސްވެދެންނެވުނު
ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތައްކަމަށް ދުނިޔެ ޤަބޫލުކުރާ ޤައުމުތަކުގައި ޤާއިމުކޮށްފައިވާފަދަ
އުސޫލުތަކެއް، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ހެދިފައިވާ،
ވަޒީފާއާބެހޭ ޤާނޫނުގައިވެސް އެކުލެވިފައިވާކަމާއި، އެހެންކަމުން، އެ ޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި
ހިމެނޭ ކޮންމެ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި
ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަން އެނގޭކަމެވެ.
(ނ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC-A/2011
ޤަޟިއްޔާގައި ހިމެނޭ މައްސަލަފަދަ، ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ނިންމާފައިވާ ވަޒީފާއާބެހޭ
މައްސަލަތަކަށް ބަލާއިރު، ޢާންމު އުސޫލެއްގެ ގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ
މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަމީޖެޓީވީ
ސަބަބެއްކަމަށް ވުންކަމާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަs
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން 3325029 ، ފެކްސް 3316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/184
ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާޢާތަކީ ޢަދުލުވެރި އިޖްރާއަތަކަށް ވުންކަން އެނގެން
އޮންނަކަމާއި،
އިސްވެ ދެންނެވިފައިވާފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޢަމަލުކުރަމުންދާ
ޤާނޫނުތަކުގައާއި، ކަމާގުޅޭ ބައިނަލްއަޤްވާމީ މުޢާޙަދާތަކުގައި ކަނޑައެޅި ބަޔާންކޮށްފައިވާ އުސޫލުތަކުގެ
އަލީގައި، ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ވަޒީފާއާބެހޭ ޤާނޫނަށް ނަޒަރުކުރާއިރު، އާންމު އުސޫލެއްގެ
ގޮތުން، ރިޑަންޑަންޓްވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ، ކުންފުނި ރީސްޓްރަކްޗަރކޮށް މުވައްޒަފުން ރިޑަންޑަންޓްކުރުމަށް ނިންމި
ނިންމުމަކީ ޙަޤީޤަތުގައިވެސް ކުންފުންޏަށް ކުރިމަތިވެފައިވާ އިޤްތިސާދީ (economic) ސަބަބުތަކަށްޓަކައި،
ކުންފުނިން ހެޔޮނިޔަތުގައި ނިންމާފައިވާ ނިންމުމެއްކަމަށް ވާނަމަކަމާއި،
އަދި ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ، ކުންފުންޏަށް ދިމާވެފައިވާ
އިޤްތިޞާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން
ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވުމާއި، ކުންފުނީގެ މުވައްޒަފުންގެ
ތެރެއިން ބަޔަކު ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން
ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތާއި އުސޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ
އަންގާފައިވުމާއި، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުން ވަކިކުރެވޭނީ، ރިޑަންޑަންސީއަކީ
ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭފަދަ އެކަށީގެންވާ ސަބަބެއްކަމަށް
ބަލައިގެންކަމަށް ވުމާއެކު، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފު ވަކިކުރުމުގެ ކުރިން،
ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މުވައްޒަފުންނަށް، އެޤާނޫނުގެ 22 ވަނަ މާއްދާގެ
ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ ބަދަލުގައި ފައިސާ
ދީފައިވާނަމަކަމާއި،
މީގެއިތިރުން، ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއް ޞަ
ޢިނާޔަތްތަކެއް ދިނުމަށް ކުންފުނިން ކަނޑައަޅާފައިވާނަމަ، އެޢިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް
ކުރިން ކަނޑައެޅި، ކުންފުނީގެ މުވައްޒަފުންނަށް އެންގިފައިވާނަމަކަމަށް މިމައްސަލަ ބެލުމުގައި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަ
44
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 5316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/184
ހައި
() ފަސްވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި، އިސްތިއުނާފް
ރައްދުވާ ފަރާތްތައް ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4
ޖޫން 2011 ގައި ވަކިކޮށްފައިވަނީ އެކުންފުންޏަށް ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން، ރިޑަންޑަންސީ
އަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ
އެކަށީގެންވާ ސަބަބެއްކަމަށް ބަލައި، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އަދި އެޤާނޫނުގެ 25
ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދިނުމަށްފަހުކަމަށް ކްރައުން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާއިރު، އަދި މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ބަލާ
ނިންމުމުގައިވެސް، މައްސަލައާގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، މައްސަލަ ރައްދުވި
(އިސްތިއުނާފްކުރާ ފަރާތުގެ ވިޔަފާރީގެ ބޮޑުބައެއް، 5 (ފަހެއް) ނުވަތަ 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް
ހުއްޓާލަންޖެހުމާ
ރިޑަންޑަންސީގެ ޙާލަތު
އެކުންފުންޏަށް
ކުރިމަތިވެފައިވާކަމަށް
ކަނޑައަޅާފައިވާކަމާއި، އަދި މިމައްސަލައިގައި ރިޑަންޑަންސީގެ ޙާލަތު އޮތްކަމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލްއިން ކަނޑައަޅާފައިވާ ކަނޑައެޅުން، މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން
އިސްތިއުނާފުކޮށްފައިނުވާކަމާއި، އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި ކޮންރެޑް
މޯލްޑިވްސް ރަންގަލި އައިލަންޑްގައި ވަޒީފާއަދާކުރަމުންދިޔަ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުން
ވަޒީފާއިން ވަކިކުރަންޖެހޭފަދަ ރިޑަންޑަންސީގެ ޙާލަތެއް އޮތްތޯ ނުވަތަ ނެތްތޯވެސް ބެލިފައިނުވާނޭކަމާއި،
ވީމާ، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލިފައިވާނީ، ކޮންރެޑް މޯލްޑިވްސް ރަންގަލި
އައިލަންޑްގައި އިސްތިއުނާފް ރައްދުވާ ފަރާތްތަކުން، އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011
ގައި އެފަރާތްތައް ވަކިކޮށްފައިވަނީ، އެފަރާތްތައް ވަޒީފާއިން ވަކިކުރުމުގެ ކުރިން، އިސްތިއުނާފުކުރާ ފަރާތުން
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަމަށް ބަލައިގެން (assume) ކަމެވެ.
(ޅ) ހަވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި، އިސްތިއުނާފް
ރައްދުވާ ފަރާތްތައް، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4
ޖޫން 2011 ގައި ވަކިކޮށްފައިވަނީ، އެފަރާތްތައް ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްތިއުނާފުކުރާ
ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިތޯ ބަލާއިރު، އިސްވެދެންނެވިފައިވާ
ފަދައިން ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ އަދުލުވެރި
ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ ރިޑަންޑަންސީގެ ޙާލަތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471/
cox
22
ދިވެހިރާއްޖެ
އީމެއިލް [email protected]
ވެބް ސައިޓް www.highcourt.gov.mv
13
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/184
ކުންފުނިން، ރިޑަންޑަންސީގެ ސަބަބުން އެކުންފުނީގެ ވަޒީފާއިން ވަކިކުރާ މުވައްޒަފުން ވަކިކުރުމުގައި
އަންނަނިވި އިޖްރާއީ ފިޔަވަޅުތައް އަޅާފައިވާނަމަކަމާއި، އެއީ؟
1. ކުންފުންޏަށް ދިމާވެފައިވާ އިޤްތިސާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި
މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ
މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވުން، އަދި
2. ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން
ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއްތާއި އުސޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުއައްޒަފުންނަށް
ކުރިއާލާ އަންގާފައިވުން؛ އަދި
3. ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުންނަށް ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ
މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ
ބަދަލުގައި ފައިސާ ދީފައިވުން، އަދި
4. ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ އިނާޔަތްތަކެއް
ތެތަކެއް ދިނުމަށް
ކުންފުނިން ކަނޑައަޅާފައިވާނަމަ، އެޢިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް ކުރިން
ކަނޑައެޅި، ކުންފުނީގެ މުވައްޒަފުންނަށް އެންގިފައިވުން؛
ކަމާއި،
މިގޮތުން އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު،
އިސްތިއުނާފުކުރާ ފަރާތުގެ ވިޔަފާރީގެ ބޮޑުބައެއް، 5 (ފަހެއް) ނުވަތަ 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް
ގުޅިގެން ރިޑަންޑަންސީގެ ޙާލަތު އެކުންފުންޏަށް ކުރިމަތިވުމާ ގުޅިގެން އެކުންފުނީގައި
ވަޒީފާއަދާކުރަމުން ގެންދިޔަ މުވައްޒަފުންގެ ތެރެއިން ރިޑަންޑަންސީގެ ސަބަބުން މުވައްޒަފުންތަކެއް
ވަކިކުރުމަށް އެކުންފުނިން ނިންމުމަށްފަހު އެކަން، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި ވަޒީފާ
އަދާކުރަމުން ގެންދިޔަ މުވައްޒަފުންނަށް އެންގުމަށްޓަކައި "ނޯޓިސް އޮފް ޕްރޮޕޯސްޑް ރިޑަންޑަންސީސް" ގެ
ނަމުގައި ނޯޓިހެއް ނެރެފައިވާކަމާއި، ނަމަވެސް މިމައްސަލައާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މިދެންނެވުނު ނޯޓިހުގެ ކޮޕީއަށް ބަލާއިރު، އެ ނޯޓިސް ނެރެފައިވާ ތާރީޚެއް
އެނގެން ނެތްކަމާއި، އެނޯޓިސް ނެރެފައިވަނީ މުވައްޒަފުން ވަޒީފާއިން ވަކިކުރެވުނު ދުވަހުގެ ކުރީދުވަހުގެ
މ ތ 8 >މ ދީ
مهم مع مع مسرح
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/184
މެންދުރުފަހުގެ ވަގުތެއްގައިކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތައް ތަމްސީލްކުރި ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބެނެފައިވާކަމާއި، މިކަމަށް އިސްތިއުނާފުކުރާ ފަރާތުން އެއްވެސް ވަރަކަށް
އިންކާރުކޮށްފައިނުވާކަމާއި، އެހެންކަމުން ރިޑަންޑަންސީގެ ސަބަބުން ކޮންރަޑް މޯލްޑިވްސް ރަންގަލި
އައިލަންޑްގައި ވަޒީފާ އަދާކުރަމުން ގެންދިޔަ މުވައްޒަފުންގެ ތެރެއިން ބަޔަކު ވަޒީފާއިން ވަކިކުރަން
ޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ އެންގިފައިވާކަމަށް ބެލެވެން ނެތްކަމާއި،
އަދި، ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން
ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތާއި އުސޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުވައްޒަފުންނަށް
ކުރިއާލާ އަންގާފައިވޭތޯ ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން، ރިޑަންޑަންސީގެ ސަބަބުން ވަޒީފާއިން
ވަކިކޮށްފައިވާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާނީ އެކަމަށްޓަކައި އެކުންފުނިން ކަނޑައެޅި އުސޫލެއްގެ
ދަށުންކަމަށާއި، އެ އުސޫލާ ބެހޭ ތަފްސީލު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް، 18 ޑިސެމްބަރު 2011 ގައި
ދީފައިވާނޭ ކަމަށާއި، އަދި ރިޑަންޑަންސީގެ ސަބަބުން ވަޒީފާއިން ވަކިކުރި މުވައްޒަފުން ކަނޑައެޅުމުގައި
އެކުންފުނިން ބޭނުންކުރި އުސޫލުކަމަށް ބަޔާންކޮށް ތަފާތު 8 (އަށެއް ކަމެއް، އިސްތިއުނާފުކުރާ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ހުށަހަޅާފައިވާކަމާއި، އެހެންނަމަވެސް، މިދެންނެވި އުސޫލުތައް ކުންފުނީގެ
މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވާކަން އެނގެން ނެތްކަމާއި،
މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، މިމައްސަލައިގައި
އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ
ޤާނޫނު) ގެ 25 ވަނަ މާއްދާގެ ދަށުން، އެފަރާތްތަކަށް ދޭންޖެހޭ ނޯޓިސްގެ ބަދަލުގައި ފައިސާއާއި،
ރިޑަންޑަންސީ ޕޭމަންޓެއްގެ ގޮތުގައި އިތުރު އިނާޔަތެއް އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފް ރައްދުވާ
ފަރާތްތަކަށް ދީފައިވާކަން އެނގޭކަމާއި، އެހެންނަމަވެސް ރިޑަންޑަންސީ ޕޭމަންޓްގެ ގޮތުގައި އިސްތިއުނާފް
ރައްދުވާ ފަރާތްތަކަށް ލިބިދީފައިވާ، އިސްވެދެންނެވުނު ޢިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް ކުރިން
ކަނޑައެޅި، އެފަރާތްތަކަށް އެންގިފައިވާކަން އެންގެން ނެތްކަމާއި،
މިކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، އިސްތިއުނާފް ރައްދުވާ ފަރާތްތައް، ކޮންރެޑް
މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި
ވަކިކުރެވުނުއިރު، އެފަރާތްތައް ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްތިއުނާފުކުރާ ފަރާތުން ޤާއިމުކުރަންޖެހޭ
އިޖްރާއީ ޢަދުލުވެރިކަން އެކުންފުނިން ޤާއިމުކޮށްފައިނުވާކާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 6471
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/184
އެހެންކަމުން، އިސްތިއުނާފް ރައްދުވާ ފަރާތްތަކުން، ކޮންރެޑް މޯލްޑިވްސް ރަންގަލި
އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި ވަކިކޮށްފައިވަނީ ޢަދުލުވެރި
ގޮތެއްގައިކަމަށް ބެލެވެން ނެތްކަމެވެ.
COCCO
cucou
OCCO
29
(ކ) ހަތްވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، އިސްތިއުނާފް ރައްދުވާ
ފަރާތްތަކުން، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން
2011 ގައި ވަކިކޮށްފައިވާ ވަކިކުރުމަކީ ޢަދުލުވެރިގޮތެއްގައި ހިނގާފައިވާ ކަމަކަށް ނުވުމާއެކު، އެކަމަށް
އެކަށީގެންވާ ޤާނޫނީ ޙައްލެއް އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން އިސްތިއުނާފް ރައްދުވާ ފަރާތްތަކަށް
ލިބިދޭންޖެހޭނެކަމާއި، މިގޮތުން ބަލާއިރު، "އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމުން މުވައްޒަފަށް
ލިބިދޭ ޤާނޫނީ ޙައްލު" ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އެހެންނަމަވެސް
އިސްވެދެންނެވިފައިވާ ފަދައިން، އިސްތިއުނާފް ރައްދުވާ ފަރާތްތަކުން ކޮންރަޑް މޯލްޑިވްސް ރަންގަލި
އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް ރިޑަންޑަންސީގެ
ޙާލަތު މެދުވެރިވެގެން އެކަމުގެ ސަބަބުންކަމަށްވެފައި، އަދި ރިޑަންޑަންސީގެ ޙާލަތަކީ ވަޒީފާއާބެހޭ ޤާނޫނުގެ
ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއްކަމަށް މީގެކުރިން ދިވެހިރާއްޖޭގެ
ހައިކޯޓުން ކަނޑައަޅުއްވާފައިވުމުން، މިމައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ
ވަނަ މާއްދާގައި
ބަޔާންކޮށްފައިވާފަދަ، އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމުގެ މައްސަލައަކަށް ނުވާކަމާއި،
އެހެންކަމުން މިމައްސަލައިގައި، ވަޒީފާއާބެހޭ ޤާނޫނުގެ އިސްވެމިދެންނެވުނު މާއްދާއަށް ޙަވާލާދީ، އެމާއްދާގެ
ދަށުން އިސްތިއުނާފް ރައްދުވާ ފަރާތްތަކަށް ޤާނޫނީ ޙައްލެއް ލިބިނުދެވޭނެކަމާއި،
އިސްވެދެންނެވިފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، މިމައްސަލާގައި އިސްތިއުނާފް ރައްދުވާ
ފަރާތްތަކުން ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށްވިއަސް، އެފަރާތްތައް
ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށްކަމާއި، މިފަދަ ޙާލަތުތަކުގައި ވަޒީފާއިން ވަކިކުރެވޭ
މުވައްޒަފަށް ލިބިދެވޭނެ ޤާނޫނީ ޙައްލެއް ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކުރެވިފައިނުވާކަމާއި، އެހެންކަމުން،
މިޙާލަތުގައި އިސްތިއުނާފް ރައްދުވާ ފަރާތްތަކަށް ލިބިދެވޭނެ ޤާނޫނީ ޙައްލު ކަނޑައެޅުމުގައި، މިބާވަތުގެ
މައްސަލަތަކުގައި ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޢަމަލުކުރަމުންދާ
ލްއަޤްވާމީ މުޢާހަދާތަކުގައި ޤާއިމުކޮށްފައިވާ އުސޫލުތަކަށް ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭނެކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން 3325029 ، ފެކްސް 13316471
8 0 4 6 8
43ނއި،
ހައިކޯޓް
ހ4 41
4
އީމެއިލް [email protected]
ވެބް ސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/184
4މލިކރމެދު
4 2 2 4 3
މިގޮތުން، އިސްވެދެންނެވިފައިވާފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން
ޤާނޫނުތަކުގައާއި،
އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެމް.އޯ) ގެ
ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް
އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ގައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ ޢަދުލުވެރިކަން ޤާއިމުނުކޮށް ވަޒީފާއިން ވަކިކުރެވޭ މައްސަލަތަކުގައި އެފަދަ މުވައްޒަފުންނަށް
ލިބިދީފައިވާ ޤާނޫނީ ޙައްލުތަކަށް ބަލާއިރު، އެފަދަ މައްސަލަތަކުގައި މުވައްޒަފަށް ލިބިދެވޭ އަސާސީ
(primary) ޙައްލަކީ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނުއިރު އަދާކުރަމުންގެންދިޔަ ވަޒީފާ އަލުން
އަނބުރާ ދިނުން (reinstatement) ކަމާއި، ނަމަވެސް އެމައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށް
ބަލާއިރު، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނުއިރު އަދާކުރަމުންގެންދިޔަ ވަޒީފާ އެމުވައްޒަފަކަށް އަލުން
އަނބުރާ ލިބިދިނުމަކީ އެކަށޭނަ ކަމެއްކަމަށް ނުވާނަމަ ނުވަތަ ޢަމަލީގޮތުން ކުރުން ދަތި (impractical)
ކަމެއްކަމަށްވާނަމަ، މުވައްޒަފަކު އަދާކުރަމުންގެންދިއަ ވަޒީފާއެއް އަނބުރާ އެމުވައްޒަފަކަށް ދިނުމުގެ
ބަދަލުގައި، އެމުވައްޒަފަކަށް އެކަށީގެންވާ ޢަދުލުވެރި މާލީ ބަދަލެއް (financial compensation)
ނަގައިދިނުމަށްފަހު އެމުވައްޒަފަކީ ވަޒީފާއިން ވަކިވެފައިވާ މީހަކުކަމުގައި ކަނޑައެޅިދާނެކަން އެނގޭކަމާއި،
ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން
ވަކިކުރަނީ، އިސްވެދެންނެވިފައިވާ ފަދައިން، ވިޔަފާރީގެ ނަފާ ހޯދުމުގެ ގޮތުން ހިންގާ ކުންފުންޏަކުން،
އެކުންފުނި ހަރުދަނާކޮށް، ކުންފުނީގެ ނަފާ އިތުރުވާނޭ ގޮތެއްގެމަތިން ހިންގުމަށްޓަކައި ނުވަތަ ކުންފުނި
ރީސްޓްރަކްޗަރ ކުރުންފަދަ ކަމަކަށްޓަކައި ކުންފުނިން އަޅާ ފިޔަވަޅުތަކެއްގެ ސަބަބުން މުވައްޒަފަކު ނުވަތަ
މުވައްޒަފުންތަކެއް އަދާކުރަމުންގެންދިޔަ ވަޒީފާ ނެތިގެން ނުވަތަ އުވިގެންދިއުމާ ގުޅިގެންކަމަށްވެފައި، އަދި
ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމަށް
ކުންފުންޏަކުން ނިންމާ ނިންމުމުގައި ޤާއިމުވާންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާ ޙާލަތްތަކުގައި
ރިޑަންޑަންސީ އިޢުލާނު (declare) ކޮށް، މަޤާމުތަކެއް މަދުކުރުމުގެ ނުވަތަ އުވާލުމުގެ އިޚްތިޔާރު ކޮންމެ
ކުންފުންޏަކަށްވެސް ލިބިގެންވާއިރު، މިގޮތުގެމަތިން އުވާލެވޭ މަޤާމެއް އަލުން އުފައްދާ އެމަޤާމުގައި
ވަޒީފާއަދާކުރަމުން ގެންދިޔަ މުވައްޒަފަށް އަނބުރާ އެމަޤާމުދިނުމަކީ، އެފަދަ ކުންފުނިތަކަށް ޢަމަލީގޮތުން
ކުރުން ދަތިކަމަކަށް (impractical) ވާނެކަމާއި، އެހެންކަމުން، ރިޑަންޑަސީގެ ޙާލަތު މެދުވެރިވެގެންކަމަށް
ބުނެ މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް، ކުންފުންޏެއްގެ ވަޒީފާއިން ވަކިކުރެވޭ ޙާލަތްތަކުން
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯލް: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/184
އެމުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުގައި އެކުންފުނިން ޤާއިމުކުރަންޖެހޭ މައުޟޫޢީ
ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ ޙާލަތުތަކުގައި، އެކުންފުނިން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން،
އިސްވެދެންނެވިފައިވާ ގޮތުގެމަތިން، ޤާއިމުކޮށްފައިނުވިކަމުގައި ވީނަމަވެސް، ރިޑަންޑަންސީގެ ސަބަބުން
އެކުންފުނިން ވަކިކުރާ މުވައްޒަފަކު ނުވަތަ މުވައްޒަފުންނަށް، އެމީހުން ވަޒީފާއިން ވަކިކުރިއިރު އަދާކުރަމުން
ގެންދިއަ ވަޒީފާ އަނބުރާ ދިނުމަށް އެކުންފުންޏަށް މަޖުބޫރުކުރުމަކީ ޢަދުލުވެރިގޮތެއް ނޫނަކްމާއި،
އެހެންކަމުން އެފަދަ ޙާލަތުގައި އެފަދަ މުވައްޒަފަކަށް ލިބިދެވޭނެ ޤާނޫނީ ޙައްލަކީ، އެމުވައްޒަފަކު އަދާކުރަމުން
ގެންދިއަ ވަޒީފާއެއް އަނބުރާ އެމުވައްޒަފަކަށް ދިނުމުގެ ބަދަލުގައި، އެމުވައްޒަފަކަށް އެކަށީގެންވާ މާލީ
ބަދަލެއް (financial compensation) ނަގައިދިނުންކަމާއި،
އަދި މިބަދަލަކީ، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުންނަށް ވަޒީފާއާބެހޭ
ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި އެޤާނޫނުގެ 25 ވަނަ މާއްދާގެ
ދަށުން ދެވޭ ފައިސާ އަދި ރިޑަންޑަންސީގެ ޙާލަތުގައި، ވަޒީފާދޭ ފަރާތުން "ރިޑަންޑަންސީ ޕޭމަންޓް" ގެ
ގޮތުގައި ދެވޭ ފައިސާގެ އިތުރުން، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ވަޒީފާއިން ވަކިކުރާ މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް
ޤާއިމުކޮށްފައިނުވާތީ އެކަމުގެ ބަދަލެއްގެ ގޮތުން ވަޒީފާދޭ ފަރާތުގެ ކިބައިން ނަގައިދެވޭ ބަދަލެއްކަމާއި،
މިއީ ވަޒީފާދޭ ފަރާތަށް އަދަބެއް ދިނުމުގެ ގޮތުން ނަގައިދެވޭ ބަދަލެއް ނޫންކަމާއި، އެއާ
ޚިލާފަށް މިބަދަލު ނަގައިދިނުމުގެ ބޭނުމަކީ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެމުވައްޒަފަށް ލިބުނު ގެއްލުން
ފޫބައްދައިދިނުންކަމާއި،
އަދި، މިގޮތުގެމަތިން ވަޒީފާދޭ ފަރާތުން ވަޒީފާއިން ވަކިކުރި ފަރާތަށް ބަދަލުގެ ގޮތުގައި
ދޭންޖެހޭ ފައިސާގެ މިންވަރު ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށްކަމާއި،
މިގޮތުން ވަޒީފާދޭ ފަރާތުގެ ކިބައިން ނަގާދެވޭ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި، ވަޒީފާއިން ވަކިކުރެވުނު
މުވައްޒަފުގެ އުމުރަށާއި، ވަޒީފާއިން ވަކިކުރެވުނުއިރު އެމުވައްޒަފަކު ހުރި މަޤާމަށާއި، އެމަޤާމުގެ
ޒިންމާތަކަށާއި، އެމުވައްޒަފެއްގެ ތަޖުރިބާއަށާއި، އެމުވައްޒަފަކު ވަޒީފާގައި ހޭދަކޮށްފައިވާ ޖުމްލަ މުއްދަތަށާއި،
އެމުވައްޒަފެއްގެ މަސައްކަތުގެ އަޙްލާޤާބެހޭ ރެކޯޑަށާއި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި އިޖްރާއީ
ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ މިންވަރަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެމުވައްޒަފެއްގެ
ކޮށްފާނެ އަސަރަށާއި، ވަޒީފާއިން ވަކިކުރި މުވައްޒަފަށް އެހެން ވަޒީފާއެއް ހޯދުމަށް އޮތް
އެހެންނަމަވެސް
ހައިކޯ
0I
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/184
cccc
$28
3)
UCO
OCUCCO
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ރިޢާޔަތްކުރަންޖެހޭނެކަމާއި، އަދި މިގޮތުގެމަތިން، އިސްވެދެންނެވިފައިވާ
މައްޗަށް ރިޢާޔަތްކޮށް ގޮތެއް ނިންމުމުގައި މައްސަލާގައި ހިމެނޭ ދެފަރާތުން އެކަންކަމާމެދު
ދެކޭގޮތެއް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ބަލަންޖެހޭނެކަމާއި،
އަދި، ރިޑަންޑަންސީގެ ސަބަބުން މުވައްޒަފަކު ވަޒީފާއިންވަކި ކުރުމުގައި ވަޒީފާދޭ ފަރާތުން
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކޮށްފައި ނުވިނަމަވެސް، އެޙާލަތުގައި ވަޒީފާއިން
ވަކިވާ މުވައްޒަފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބޭ ގެއްލުން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި
ދުވަހުން ފެށިގެން އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ވަކިގޮތެއް ނިންމުމާދެމެދު ހިނގާ
މުއްދަތުގައި، ކުޑަކުރުމަށް މަސައްކަތްކުރުމަކީ ވަޒީފާއިން ވަކިވި މުވައްޒަފަކު ކުރަންޖެހޭކަމެއްކަމާއި،
މިގޮތުން އެމުވައްޒަފަކު ވަޒީފާއިން ވަކިވުމާ ގުޅިގެން އޭނާއަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން،
މިދެންނެވުނު މުއްދަތުގެ ތެރޭގައި އެހެން ވަޒީފާއެއް ހޯދުންފަދަ، އެކަށީގެންވާ ކަންތައްތަކެއް އެމުވައްޒަފަކު
ކޮށްފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފެނިއްޖެނަމަ، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން
ވަޒީފާއިން ވަކިކުރާ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ
ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކޮށްފައިނުވާތީ އެކަމުގެ ބަދަލެއްގެ ގޮތުން ވަޒީފާދޭ ފަރާތުގެ ކިބައިން
އެމުވައްޒަފަކަށް ނަގައިދެވޭ ބަދަލުގެ މިންވަރު ކުޑަކުރުމުގެ އިޚްތިޔާރުވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް
ލިބިގެންވާކަމެވެ.
89/VTR/2011
(އ) އަށްވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި އިސްތިއުނާފު ރައްދުވާ
ފަރާތްތައް، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއާއި 2013 ވަނަ އަހަރުގެ ޖެނުއަރީ
މަހުގެ 5 ވަނަ ދުވަހު ހިންގާފައިވާކަމަށް ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނާ ޢަމަލުތަކަކާ
ގުޅިގެން، އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލާގައި އެޓްރައިބިއުނަލްއިން ނިންމާފައިވާ ގޮތުގެމަތިން އިސްތިއުނާފް ރައްދުވާ ފަރާތްތައް ވަޒީފާއިން
ވަކިކުރެވުނުއިރު އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ނުދެވޭނެކަމަށްބުނެ، މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބޭއްވުނު އެންމެފަހު އަޑުއެހުމުގައި، މިމައްސަލަ އިސްތިއުނާފުކޮށްފައިވާ ކްރައުން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް މަސައްކަތްކޮށްފައިވާ ނުކުތާ
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބަލައިގެންފައިނުވަނީ ރާއްޖޭގެ ހައި
CU O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
" ދިވެހިރާއްޖެ
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/184
ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާ މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި
ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާ މައްސަލަތައް ބެލުމުގެ އުސޫލު
ބަޔާންކޮށްފައިވާ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، އަދި، "އިސްތިއުނާފް އުސޫލުތަކުގެ މައްޗަށް ވިސްނާ ބަލާއިރު
އިސްތިއުނާފް ދަޢުވާ ބިނާވާން ޖެހޭނީ ދަށު ކޯޓުގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި
ޚިލާފުވާނަމަ އެނުކުތާގެ މައްޗަށް ކަމަށްވެފައި، ދަށު ކޯޓުން ބައްލަވާ ފައިސަލާކުރަނިވި ނިޔާއެއް ކަނޑައެޅިފައި
ނުވާކަމަކާމެދު އިސްތިއުނާފުގެ މަރުޙަލާގައި ގޮތެއް ކަނޑައެޅުމަކީ އެމައްސަލާގައި ހިމެނޭ ފަރާތްތަކަށް ޤާނޫނީ
ގޮތުން އޮތް އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސް އެޅިދާނެ" ކަމެއްކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 24/HC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް ޖުމްލަ ގޮތެއްގައި
ބަލާއިރު، އަދި އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/93 މައްސަލާގައި އެޓްރައިބިއުނަލްއިން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
އެއްގޮތްނުވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކަށްވީއިރު، އަދި އެމައްސަލަ ޓްރައިބިއުނަލްއިން
ނިންނުމުގައި ރިޢާޔަތްކޮށްފައިވާނީ، އެމައްސަލައާ ގުޅިގެން އެޓްރައިބިއުނަލަށް ހުށަހެޅިފައިވާ ކަންތައްތަކާއި،
މައްސަލަ އެޓްރައިބިއުނަލްއަށް ހުށަހެޅުނުއިރު ވުޖޫދުގައިވާ ޙަޤީޤަތްތަކުގެ މައްޗަށްކަމަށްވީއިރު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ އެނިންމުމުގެ ޤާނޫނީ ޞައްޙަކަމާމެދު ގޮތެއް ކަނޑައެޅުމުގައި އެނިންމުން ނިމުމުގައި
ޓްރައިބިއުނަލްއިން ރިޢާޔަތްކުރުމުގެ ފުރުޞަތު ނެތް، އަދި އެމައްސަލަ ޓްރައިބިއުނަލްއިން ބަލާ ނިންމުމުގެ
މާފަހުން ވުޖޫދުވެފައިވާ ޙަޤީޤަތްތަކެއްގެ މައްޗަށް އިސްތިއުނާފް މަރުޙަލާގައި މިހާރު ބެލެވުމަކީ
ޝަރީޢަތްކުރުމުގެ ހަމަތަކާ ފުށުއަރާނެކަމެއްކަމުގައި، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭތީކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވިފައިވާ ކަންކަން އެހެން ހުރުމާއެކު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، މިމައްސަލާގައި އިސްތިއުނާފު ރައްދުވާ
ޏ.ފުވައްމުލައް ދިލްޝަންގެ އިސްމާޢީލް ޢަބްދުﷲއާއި އދ.މަހިބަދޫ!ހީނާގެ މުޙައްމަދު އިރުޝާދުއާއި،
ހަމައެރަށު ކުޅިބަލާގެ ޞަލާޙް ޙުސައިންއާއި، އއ.އުކުޅަސް ޖަންބުމާގެ
ބ.ތުޅާދޫ ކާނިމާގެ މުޙައްމަދު އަންސާމްއާއި، ސ.ހުޅުދޫސީވިއު އަޙްމަދު މަސްހޫދުއާއި
އދ.ހަންޏާމީދޫ ފިޔަނޫމާގެ އަޙްމަދު އަސްލަމްއާއި، ނ.ފޮއްދޫ/އަލިވާގެއާގެ މުޙައްމަދު
CUO
ޢަބްދު
سرور مر به
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2(
ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/184
OX >
می که
24 2 2 4 8
ޢަބްދުއްރަޙްމާނުއާއި، ތ.ކަނޑޫދޫ އެތުމާގެ އިދުރީސް ޢަލީއާއި، އދ.މަންދޫ/ޑެއިޒީވިލާ މުޙައްމަދު ޙާރިސްއާއި،
އދ.ދިގުރަށް އިރުމަތީގެ މުޙައްމަދު ގާސިމް، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން
ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި ވަކިކޮށްފައިވަނީ، ރިޑަންޑަންސީގެ ޙާލަތުމެދުވެރިވެގެން
ވަޒީފާއިން ވަކިކުރާ މުވައްޒަފުން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން
ފުރިހަމައަށް ޤާއިމުނުކޮށްކަމަށް ވީނަމަވެސް، އެސަބަބަށްޓަކައި، ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން
ވަކިކުރިއިރު އަދާކުރަމުން ގެންދިއަ ވަޒީފާ އަނބުރާ ދިނުމަށް ވަޒީފާއިން ވަކިކުރި ކުންފުންޏަށް
މަޖުބޫރުކުރުމަކީ ޢަދުލުވެރިގޮތަކަށް ނުވުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/89
މައްސަލާގައި އެޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު
ގެންނަންޖެހޭކަމަށާއި، އެހެންނަމަވެސް، މިމައްސަލާގައި އިސްތިއުނާފު ރައްދުވާ އިސްވެދެންނެވުނު ފަރާތްތައް،
ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި
ވަކިކޮށްފައިވަނީ، ރިޑަންޑަންސީގެ ޙާލަތުމެދުވެރިވެގެން ވަޒީފާއިން ވަކިކުރާ މުވައްޒަފުން ވަކިކުރުމުގައި
ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުކޮށްކަމަށްވުމާއެކު،
މިމައްސަލައަކީ، މިފަދަ މައްސަލަތަކުގައި ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ނަގައިދޭންޖެހޭ މާލީ ބަދަލުގެ
މިންވަރު ކަނޑައެޅުމަށާއި، ރިޑަންޑަންސީގެ ޙާލަތުގައި ވަކިކުރާ މުވައްޒަފުންނަށް ޤާނޫނީގޮތުން ލިބިދޭންޖެހޭ
އެހެނިހެން މާލީ އިނާޔަތްތައް ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އިސްތިއުނާފް ރައްދުވާ
ފަރާތްތަކަށް ލިބިދީފައިވޭތޯ ބަލާ، އޭގެތެރެއިން އިނާޔަތެއް އެފަރާތްތަކަށް ލިބިދީފައިނުވާނަމަ އެއިނާޔަތެއް
އެފަރާތަކަށް ލިބިދިނުމުގެގޮތުން، އެޓްރައިބިއުނަލްއިން އަލުން ބަލައި، ފައިސަލާކުރަނިވި ނިންމުމެއް
ނިންމަންޖެހޭ މައްސަލައެއް ކަމުގައެވެ.
ucou
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
21
2012/HC-A/184
42
89/VTR/2011
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/89 މައްސަލާގައި
އެޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލާގައި އެޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުން ބާޠިލުކޮށް
ޏ.ފުވައްމުލައްދިލްޝަންގެ އިސްމާޢީލް ޢަބްދުﷲއާއި އދ.މަހިބަދޫހީންގެ މުޙައްމަދު އިރުޝާދުއާއި،
ހަމައެރަށު ކުޅިބަލާގެ ޞަލާޙް ޙުސައިންއާއި، އއ.އުކުޅަސްޖަންބުމާގެ ޢަބްދުﷲ ނަވާޒްއާއި،
ބ.ތުޅާދޫ ކާނިމާގެ މުޙައްމަދު އަންސާމްއާއި، ސ.ހުޅުދޫސީވިއު އަޙްމަދު މަސްހޫދުއާއި، އދ.ހަންޏާމީދޫ
ފިޔަނޫމާގެ އަޙްމަދު އަސްލަމްއާއި، ނ.ފޮއްދޫއަލިވާގެއާގެ މުޙައްމަދު އިމްތިޔާޒް ޢަބްދުއްރަޙްމާނުއާއި،
ތ.ކަނޑޫދޫއެތުމާގެ އިދުރީސް ޢަލީއާއި، އދ.މަންދޫޑެއިޒީވިލާ މުޙައްމަދު ޙާރިސްއާއި، އދ.ދިގުރަށް
އިރުމަތީގެ މުޙައްމަދު ޤާސިމް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ
ވަޒީފާއިން، 4 ޖޫން 2011 ގައި ވަކިކޮށްފައިވަނީ، ރިޑަންޑަންސީގެ ޙާލަތުމެދުވެރިވެގެން ވަޒީފާއިން
ވަކިކުރާ މުވައްޒަފުން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް
ޤާއިމުނު ވުމާއެކު، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އިސްވެދެންނެވުނު އިސްތިއުނާފް
ރައްދުވާ ފަރާތްތަކަށް ނަގައިދޭންޖެހޭ ބަދަލުގެ މިންވަރު، އެފަދަ މައްސަލަތަކުގައި ނަގައިދެވޭ މާލީ ބަދަލުގެ
ބެހޭގޮތުން
މިޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޤާނޫނީ އުސޫލުތަކާ
ގޮތުގެމަތިން ކަނޑައެޅުމަށާއި، ރިޑަންޑަންސީގެ ޙާލަތުގައި ވަކިކުރާ މުވައްޒަފުންނަށް ޤާނޫނީގޮތުން
ލިބިދޭންޖެހޭ އެހެނިހެން މާލީ އިނާޔަތްތައް ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އިސްތިއުނާފް
ފަރާތްތަކަށް ލިބިދީފައިވޭތޯ ބަލާ، އޭގެތެރެއިން އިނާޔަތެއް އެފަރާތްތަކަށް ލިބިދީފައިނުވާނަމަ
އެއިނާޔަތެއް އެފަރާތަކަށް ލިބިދިނުމުގެގޮތުން، އެމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އަލުންބަލައި
ފައިސަލާކުރަނިވި ނިންމުމެއް ނިންމުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ
ދަށުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ތައުވީލުކުރުމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާ ޔުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 1
316،•
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
eyނ ހުރުމާއެކު،
253 ހދ 0
47
2
މަނާކޮށްކަމެނވަމެ
ރައްދުވާ
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
މިންވަރު ކަނޑައެޅުމާ
4 2=85
e couc
09 22