ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/228 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖޭ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 228/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް:
....
cecx
* ނަން: މުޙައްމަދު ފާރޫޤު
ކާޑު ނަންބަރ: 000105_A
ދާއިމީ
އެޑްރެސް: މިއ.މާފޮޅޭގެ
މިހާރުގެ އެޑްރެސް: މއ.މާފޮޅޭގެ
4
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ރައިހާނާ އާދަމް
އައިޑީ
ކާޑު ނަންބަރ: A095777
* ދާއިމީ އެޑްރެސް: މސައިބޯނިގަސްދޮށުގެ
މިހާރުގެ އެޑްރެސް: ފ.ފަތްކޯނި
• ރަޖިސްޓްރީކުރެވުނު ތާރީޚް: 13 ޝައުބާން 1430
04 އޮގަސްޓް 2009
* ނިމުނު ތާރީޚް: 01 ރަބީއުލްއާޚިރު 1431
17 މާރޗް 2010
*
މެތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2008/MC/2239 ނިންމެވިކޯޓް: މަދަނީކޯޓް
ޤަޟިއްޔާގެ ބާވަތް: އެގްރިމެންޓް
ބާޠިލުކުރުން
ހުށަހެޅުނުތާރީޚް: 28 ޑިސެމްބަރ 2008
* ނިމުނު ތާރީޚް: 06 ޖުލައި 2009
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމުގެ 33 ނަންބަރު ދޮރޯށި ލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2009/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
މިއީ މަދަނީކޯޓުގެ ނަންބަރު 2008/MC/2239 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއި އެއްގޮތްނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުންއެދި މއ.މާފޮޅޭގެ މުޙައްމަދު ފާރޫޤުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ވުމުން ބެލެވިފައިވާ މަސްއަލައެކެވެ. މިޤަޟިއްޔާގައި މަސްއަލަ
ރައްދުވާފަރާތަކީ މ.ސައިބޯނިގަސްދޮށުގޭ ރައިހާނާ އާދަމްއެވެ.
29 އ
ޗެއެއަށް
މ އ ހއ
ފާހަގަކުރެވުނު ނުކުތާތައް:
މިމަސްއަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް
ހުށަހެޅިފައިވާ ލިޔުންތަކަށާއި އަދި މަދަނީކޯޓްގެ ނަންބަރު 2008/MC/2239 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތްނުވާކަމަށް ބުނެ މއ.މާފޮޅޭގެ މުޙައްމަދު ފާރޫޤްގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު ދިވެހިރާއްޖޭގެ ހައިކޯޓްގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ރަޖިސްޓްރީ ނަންބަރު 54
/
2004-MC
/
C އެގްރިމެންޓަކީ މ.ސައިބޯނި
ގަސްދޮށުގޭ ރައިހާނާ އާދަމްގެ ޢިމާރާތެއް ދިނުމާއި ބެހޭގޮތުން ރައިހާނާ އާދަމްއާއި އެޢިމާރާތް
ހިފާ ފަރާތްކަމުގައިވާ މއ.މާފޮޅޭގޭ މުޙައްމަދު ފާރޫޤުއާ ދެމެދު 2004 ވަނަ އަހަރުގެ ޖޫން މަހުގައި ސޮއި
ކުރެވިފައިވާ އެގްރިމެންޓެއްކަން އެނގެން އޮންނައިރު އެޢިމާރާތުގެ މަންފާލިބިގަތުމުގެ ޙައްޤު އެގްރިމެންޓް
ދަށުން 2009 ވަނަ އަހަރުގެ ޖޫން މަހުގެ 01 ވަނަ ދުވަހުގެ ނިޔަލަށް މުޙައްމަދު ފާރޫޤުއަށް ލިބިގެންވާކަން އެ
އެގްރިމެންޓްގެ 01 ވަނަ މާއްދާއިން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަކަމަކީ، ބުނެވިދިޔަ ދެފަރާތް ދެމެދު މ.ސައިބޯނިގަސްދޮށުގޭގައިވާ ޢިމާރާތް ކުއްޔަށް
ދިނުމާ ބެހޭގޮތުން ކުރެވިފައިވާ އެގްރިމެންޓްގެ ދަށުން ކުއްޔަށް ހިފާފަރާތަށް ލިބިދެވިފައިވާ ޙައްޤުތަކަށް ބަލާއިރު
އިސްލާމްދީނާ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތްވާ ހުރިހާ ބާވަތެއްގެ މަންފާ ޙާޞިލުކުރުމުގެ ޙައްޤު ޢިމާރާތް
ކުއްޔަށްހިފާ ފަރާތަށް ލިބިގެންވާކަން އެ އެގްރިމެންޓްގެ 06 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާއިރު، ކުއްޔަށް
ހިފާ ފަރާތުން ދެފަރާތް ދެމެދު އެއްބަސްވެވިފައިވާ ގޮތުގެމަތިން ޢިމާރާތުގެ ކުލި ޢިމާރާތުގެ ވެރިފަރާތަށް
ދައްކަމުންދާހާހިނދަކު އަދި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފު މަސައްކަތަކަށް ނުވަތަ ކަމަކަށް އެ
ޢިމާރާތް ނުކުރާހާހިނދަކު، ދެފަރާތް ދެމެދު ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެކުރިން ކުއްޔަށް
ހިފާފައިވާ ފަރާތުން ޢިމާރާތް ވަކިނުކުރެވޭނެކަމަށް އެގްރިމެންޓްގެ 05 ވަނަ މާއްދާގައި ބުނެފައި އޮތުމުން
މިއެގްރިމެންޓްގެ ދަށުން ޢިމާރާތުގެ ބޭނުން ހިފުން މަނާކުރެވިފައިވަނީ ޤާނޫނާއި އިސްލާމްދީނާ ޚިލާފު މަސައްކަތް
ކުރުމަށް ނުވަތަ ޤާނޫނާއި އިސްލާމްދީނާ ޚިލާފު މަންފާއެއް ލިބޭތަނެއްގެ ގޮތުގައި އެތަން ބޭނުން ކުރަންކަން
ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
20 2ތ 23
2/
9ނތ
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމުގެ 33 ނަންބަރު ދޮރޯށި ލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2009/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
<< O
ބޭނުންކޮށްގެނޭ
(ނ) ތިންވަނަކަމަކީ، ޢިމާރާތެއް ނުވަތަ އެއްޗެއްގެ ޤާނޫނާއި އިސްލާމްދީނާ ޚިލާފު މުޢާމަލާތެއް
ކުރުމަށްޓަކައި ންކުރުމާއި، އަދި އެތަނެއްގައި ޤާނޫނާއި ނުވަތަ އިސްލާމްދީނުގެ ޙުކުމަކާ ޚިލާފު ކުށުގެ
ޢަމަލެއް ހިންގުމާއި މިއީ ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު ތަފާތު ދެމަފްހޫމެއް ދޭހަވާ ތަފާތު
ދެކަމެއްކަމާއި ދެފަރާތް ދެމެދު ކުރެވިފައިވާ އެގްރިމެންޓްގެ ފަސްވަނަ މާއްދާގައި "އިސްލާމްދީނާ ދިވެހިރާއްޖޭގެ
ޤާނޫނާއި ޚިލާފު މަސައްކަތަކަށް ނުވަތަ ކަމަކަށް ޢިމާރާތް ބޭނުން ނުކުރާހާހިނދަކު" މިފަދައިން ބުނެފައި އޮންނަ
އޮތުމުގެ މާނައަކީ އެ ޢިމާރާތް އިސްލާމްދީނާ ރާއްޖޭގެ ޤާނޫނާއި ޚިލާފު ކަންތައް ނުކުރުންކަމާއި
އެއްވެސް ޙާލެއްގައި އެތަން ކުއްޔަށްހިފާ ފަރާތަކުން އެތަނުގައި އިސްލާމްދީނާ ރާއްޖޭގެ ޤާނޫނާއި ޚިލާފު ކުށުގެ
ޢަމަލެއް ކުރުމަކީ އެފަދަކަމަކާ ގުޅިގެން އެ އެގްރިމެންޓް ބާޠިލުވާންޖެހޭ ސަބަބެއް ނޫންކަން ރަނގަޅަށް އެނގެން
އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަކަމަކީ، މ.ސައިބޯނިގަސްދޮށުގައި ހުރި ޢިމާރާތް ކުއްޔަށްދިނުމާ ބެހޭގޮތުން
މުޙައްމަދު ފާރޫޤުއާއި ޢިމާރާތުގެ ވެރިފަރާތާއި ދެމެދު 2004 ވަނަ އަހަރުގެ ޖޫންމަހުގައި ސޮއިކުރެވިފައިވާ
އެގްރިމެންޓްގެ މުއްދަތު ހަމަވާ ތާރީޚަކީ 2009 ވަނަ އަހަރުގެ ޖޫންމަހުގެ 01 ވަނަ ދުވަސްކަން އެ
އެގްރިމެންޓްގެ 01 ވަނަ މާއްދާއިން އެނގެން އޮންނައިރު އެ އެގްރިމެންޓްގެ ދަށުން މުޙައްމަދު ފާރޫޤުއަށް
އެޢިމާރާތުގެ މަންފާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ މުއްދަތު 2004 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 01 ވަނަ
ދުވަހު އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދެވިފައިވާކަން ދެފަރާތުގެ ބަހުން އެނގެން އޮތުމުން
އެޢިމާރާތުގެ މަންފާ 2010 ވަނަ އަހަރުގެ މެއި މަހުގެ 01 ވަނަ ދުވަހުގެ ނިޔަލަށް ލިބިގަތުމުގެ ޙައްޤު
މުޙައްމަދު ފާރޫޤުއަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ލިބިގެންވާނެ
ވާނެކަން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަކަމަކީ، ކުއްޔަށްހިފާފައިވާ ތަނެއް އިސްލާމްދީނާ ޤާނޫނާއި ޚިލާފު މަޤްޞަދެއް
ޙާޞިލުކުރުމަށްޓަކައި ނުވަތަ ހުއްދަނޫން ކަންތައްތަކެއް ހިންގުމުގެ މަޤްޞަދުގައި ބޭނުންކުރުމަކީ ބުނެވިދިޔަ
އެގްރިމެންޓް ބާޠިލުކުރުމުގެ ޙައްޤު ޢިމާރާތުގެ ވެރިފަރާތަށް ލިބިދޭ ކަމަކަށްވިޔަސް އެތަނުގައި އުޅޭ މީހަކު
އެ އެގްރިމެންޓް ބާޠިލުވާންޖެހޭ ސަބަބަކަށްނުވާނެތީ، މިނުކުތާއާމެދު މަދަނީކޯޓްގެ ނަންބަރު
2008/MC/2239 ޤަޟިއްޔާގައި އެކޯޓުން ރިޢާޔަތްކުރެއްވިގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް
ނުވާކަމަށް މިމަސްއަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ދިވެހިރާއްޖޭގެ
ހައިކޯޓްގެ ފަނޑިޔާރުން ދެކެނީ އެސަބަބަށްޓަކައި ބުނެވިދިޔަ ދެފަރާތް ދެމެދު ކުރެވިފައިވާ އެގްރިމެންޓް
ބާޠިލުވެއްޖެކަމަށް ދަށުކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭނެކަމަށެވެ. އަދި އެ އެގްރިމެންޓް
ބާޠިލުކޮށް ޢިމާރާތް އަތުލުމުގެ ސަބަބުން މަދަނީގެއްލުމަކާ ކުރިމަތިލާންޖެހިފައިވާނަމަ އެމަސްއަލައަކީ ދަށުކޯޓު
ދަށުކޯޓަށް
ހުށަހަޅައިގެން ބެލެވިދާނެ މަސްއަލައަކަށްވާތީ، ދަށުކޯޓުން ބެލެވިފައިނުވާ އެފަދަ މަދަނީ
އިސްތިއުނާފުގެ މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއްކަނޑައަޅަންޖެހޭނެ
ތަނެއްއޮތްކަމަކަށްވެސް
ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
2
ކުށެއްކުރުމަކީ
cecom
0
<< o
ހ ހީ2 2
02x2
رہ کر ملی مس کر دوسری
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމުގެ 33) ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2009/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
22 22 22
2 0 2 0 0 2 0 2
މ.ސައިބޯނިގަސްދޮށުގޭ ރައިޙާނާ އާދަމްއާއި މއ.މާފޮޅޭގެ މުޙައްމަދު ފާރޫޤުއާ ދެމެދު މ.ސައިބޯނި
ގަސްދޮށުގޭ ގައިވާ ޢިމާރާތްތައް ކުއްޔަށްދިނުމާބެހޭގޮތުން ކުރެވިފައިވާ އެގްރިމެންޓް މަދަނީކޯޓްގެ ނަންބަރު
2008/MC/2239 ޤަޟިއްޔާގައި ބާޠިލުކުރެއްވުމުގައި ރިޢާޔަތްކުރައްވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއެއްގޮތްނުވާކަމަށް މިމަސްއަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އިއްތިފާޤް ވެވިފައިވާތީ،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައެޅުމާއެކު އެޢިމާރާތް ކުއްޔަށްހިފި ފަރާތުން
އެޢިމާރާތް ވަކިކުރުމުގެ ސަބަބުން އެއްވެސްބާވަތެއްގެ މަދަނީގެއްލުމަކާ ކުރިމަތިލާންޖެހިފައިވާނަމަ އެމަސްއަލައަކީ
ދަށުކޯޓަށް ހުށަހަޅައިގެން ބެލެވިދާނެ މަސްއަލައެއްކަމަށާއި، ދަށުކޯޓުން ގޮތެއްކަނޑައަޅާފައިނުވާ އެފަދަ
މަސްއަލައަކާމެދު އިސްތިއުނާފުގެ މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނެ ތަނެއް
ނެތްކަމަށް ޙުކުމްކޮށްފީމެވެ.
• ނޯޓް: މިޤަޟިއްޔާ މިގޮތަށް ނިމުމުން މަދަނީކޯޓްގެ ނަންބަރު 2008/MC/2239 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް ބާޠިލުވީއެވެ.
0
މިޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ
Canent
ކަލަ
ޢަލީ ޙަމީދު މުޙައްމަދަ
،ފަނޑިޔާރު)
ޢަބްދުލް ޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
ޙަމީދު
(ފުނޑިޔާރު)
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމުގެ 03 ނަންބަރު، ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv