ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/178 ޤަޟިއްޔާގެ ޙުކުމް
1
2{011/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
WWWR
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 178/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރު: 134
/
95-C
#
އެޑްރެސް: މ.
. ތިލަފިހިގެ
* މިހާރުގެ އެޑްރެސް: އޭޑީކޭ ޓަވަރ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 399
/
2007-C
ދާއިމީ އެޑްރެސް: ހ. މާދޫ
މިހާރުގެ އެޑްރެސް: ހ. މާދޫ
4
• ރަޖިސްޓްރީ ތާރީޚް: 10 ޝަޢުބާން 1433
11 ޖުލައި 2011
' ނިމުނު ތާރީޚް: 15 ރަބީޢުލްއައްވަލު 1434
ޖެނުއަރީ
27
2013
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
947
/
Cv
-
C/1924)
ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 08.08.2010
ނިމުނު ތާރީޚް: 24.04.2011
ދިވެހިރާއްa
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޝުޢައިބު
ރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
މިeށް
2
2{11/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލްކޯޓުގެ ނަންބަރު 2010/Cv
-
C/947 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި
އިސްތިއުނާފު ރައްދުވާ ފަރާތަކީ މަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްއެވެ.
4 0x
21
ކުރެވުނު ނުކުތާ
l) އިސްތިއުނާފުކުރެވޭ ސިވިލްކޯޓުގެ ނަންބަރު 2010/Cv
-
C/947 ޤަޟިއްޔާގައި 17
ސެޕްޓެމްބަރ 2009 ދުވަހު 40,000.00 $US (ސާޅީސްހާސް ޔޫ.އެސް ޑޮލަރު) އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑަށް ނެގޭގޮތަށް ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދޫކޮށްފައިވާ ސްޓޭޓް ބޭންކް އޮފް
އިންޑިއާގެ ނަންބަރު 591371 ޗެކުގައިވާ 40,000.00 $US (ސާޅީސްހާސް ޔޫ.އެސް ޑޮލަރު) ގަސްވެލި
އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުން ދީފައިނުވާތީ، މިފައިސާ އެކީ އެއްފަހަރާ ހޯދުމަށް ގަސްވެލި އައިލެންޑްސް
މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ ".. ދެންފަހެ، 17 ސެޕްޓެމްބަރ 2009 ދުވަހު
40,000.00 $US (ސާޅީސް ހާސް އެމެރިކާ ޑޮލަރު) އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ނެގޭގޮތަށް
ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދޫކޮށްފައިވާ އެސް.ބީ.އައި ގެ ނަންބަރު: 591371
ޗެކުގައިވާ 40,000.00 $US (ސާޅީސް ހާސް އެމެރިކާ ޑޮލަރު) މިއަދާއި ހަމައަށްވެސް ގަސްވެލި އައިލެންޑްސް
ރައިވެޓް ލިމިޓެޑުން ދީފައިނުވާތީ، މިފައިސާ އެކީއެއްފަހަރާ ހޯދުމަށް ގަސްވެލި އައިލެންޑްސް ޕްރައިވެޓް
ލިމިޓެޑުގެ މައްޗަށް އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކުލަ ދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން
ބެލިއިރު،
ސްޓޭޓް ބޭންކް އޮފް އިންޑިޔާ ގައި ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި
ހުޅުވާފައިވާ ނަންބަރު: 1260 އެކައުންޓުން 17 ސެޕްޓެމްބަރ 2009 ގައި 40,000.00$US (ސާޅީސްހާސް
އެމެރިކާ ޑޮލަރު) އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް Asaތު
2
x24ހޏ
بسر کرکره
ހ2 24 ,
ނނީ .
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{011/HC-A/118
404
03x3 ތ
2&
0x2 2ތ 24ތޑތ ތރު
و هی سارتر ممه ماجرای مسطح
ދޫކޮށްފައިވާކަމާއި، ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޭ.ޑީ.ކޭ ޕްރައިވެޓް ލިމިޓެޑަށް
ދޫކޮށްފައިވާ މިޗެކަށް ފައިސާ ދޫނުކުރުމަށް 01 އޮކްޓޯބަރ 2009 ގެ ތާރީޚްގެ ސިޓީން ސްޓޭޓް ބޭންކް އޮފް
އިންޑިޔާއަށް އަންގާފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުމަށް ބެލުމުން އެނގޭހިނދު،
ދަޢުވާލިބޭ ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑާއި، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި
ދެމެދު އެއްވެސް ފައިސާގެ މުޢާމަލާތެއް ހިނގާފައި ނުވާނެކަމަށް ދަޢުވާލިބޭ ގަސްވެލި އައިލެންޑްސް ޕްރައިވެޓް
ލިމިޓެޑުން ބުނެފައިވާހިނދު، ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑާއި، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑާދެމެދު މިމައްސަލައިގައި އިޝާރާތްކުރެވޭ ފައިސާގެ މުޢާމަލާތާގުޅޭގޮތުން، ދަޢުވާއާއެކު ހުށަހެޅިފައިވާ ޗެކުގެ
އިތުރުން، އެއްވެސް ލިޔެކިޔުމެއް ހުށަހެޅިފައިނުވާކަމާއި، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދު
މިމައްސަލައިގެ މަޤްޞަދަށްޓަކައި އޮތް ގުޅުމެއް އަދި މިޗެކުގައިވާ ފައިސާ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ލިބެންޖެހޭ ޤާނޫނީ ސަބަބެއް އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޝަރީޢަތަށް ސާފުކޮށްދެވިފައިނުވާކަމާއި،
ޗެކު ދޫކުރި ފަރާތުން އެޗެކަށް ފައިސާ ދޫނުކޮށް ހިފެހެއްޓުމަށް ބޭންކަށް އަންގައިފައިވާހިނދު،
އެޗެކު ލިބުނު ފަރާތަށް އެޗެކުގައިވާ ފައިސާ ލިބެންޖެހޭ ސަބަބު އެއީ އެފަރާތަކުން ޘާބިތު
ޤާނޫނު ނަންބަރު: 16/95 (ފައިސާއަށް ގެގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ
21 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، މިމާއްދާގައި ޗެކް' ގެ ޢުރީފްކަމުގައި ބަޔާންކުރި ތަޢުރީފުން އެޗެކުގައިވާ
ޢަދަދަށް އެޗެކުގައިވާ ފަރާތަށް އެއްވެސް ޝަރުތަކާނުލައި ފައިސާ ދޫކުރުމަށް އޮތް އަމުރު ރައްދުވަނީ ބޭންކްތަކަށް
ނުވަތަ އެފަދަ މާލީ އިދާރާއަށްކަމާއި، މިގޮތުން ބޭންކަކަށް ޗެކެއް
ލިބި
އަމިއްލަ އިޚްތިޔާރުން އެޗެކަށް
ފައިސާ ދޫނުކޮށް ނުހިފެހެއްޓޭނެކަމާއި، މިޤާނޫނުގެ 29 ވަނަ މާއްދާގައި ބޭންކެއްގައި ފައިސާ ބަހައްޓާފައިވާ މީހަކު
އެ ބޭންކަކަށް ފައިސާ ނެގުމަށް ލިޔާ ޗެކަކަށް ފައިސާ ދިނުމަށް ބޭންކަށްކޮށްފައިވާ އަމުރަށް ފައިސާ ދޫކުރުމަށް
ބޭންކަށް ލިބިފައިވާ ބާރުނެތިގެންދާނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، އެކަންކަމުގެ ތެރޭގައި މިމާއްދާގެ (ހ) ގައި
ޗެކު ލިޔުނުމީހާ އެޗެކަށް ފައިސާ ނުދޭން ބޭންކަށް އެންގުން، މިފަދައިން ބަޔާންކޮށްފައި
އޮތްއޮތުމުން، ޗެކު ދޫކުރާ
ރާތަށް އެޗެކަށް ފައިސާ ދޫނުކުރުމަށް ބޭންކަށް އެންގުމުގެ ބާރު ލިބިގެންވާކަމާއި، ޗެކު ދޫކުރި ފަރާތަށް މިބާރު
ލިބިގެންވާކަމުގައިވަނީނަމަ، ޗެކުދޫކުރި ފަރާތުން ޗެކު ދޫކުރި ހިސާބުން ފެށިގެން އެޗެކުގެ މައްޗަށްއޮތް އެފަރާތުގެ
ބާރު ނެތިގެންދިޔައީކަމަށް އަދި އެޗެކަށް ފައިސާ ދޫކުރުން ފިޔަވައި އެހެން ގޮތެއް ޗެކު ދޫކުރިފަރާތަ
ބެލޭނެ އެއްވެސް ޤާނޫނީ އަސާސެއްނެތްކަމާއި،
އ ހ23 3ec4 ފ
ހކރވގތ
ބޮކުގެ
xތ 22xތ
02
0ތ
eކ9ނ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2{11/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04 0 2
ޗެކަކީ އޭގެ ޒާތުގައި ޙާދިޘާ ޘާބިތުކޮށްދޭ ހެއްކަކަށްނުވާކަމުން، ޙާދި ޘާބިތުނުކޮށްދޭ ހެއްކަކުން
މައްސަލަ ޘާބިތުކުރެވޭނީ އެޙާދިޘާއެއް ޘާބިތުވުމުންކަމާއި، ޙާދިޘާ ޘާބިތުވާންނެތް ޙާލަތުގައި، ޗެކެއް އޮތް އޮތުމަކީ
އޭގެ އަޞްލުން މަދަނީ ޙައްޤެއް އުފެދޭނެކަމެއްކަމުގައިނުވާކަމުން،
ދަޢުވާގައި އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދުންއެދިފައިވާ ފައިސާއަކީ ގަސްވެލި
އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާއެއްކަމަށް
ކަނޑައަޅާނެތަނެއް ނެތްކަމަށް ޙުކުމްކޮށް" މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
0 0
2) ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/947 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
ކުރަމުން 06 (ހައެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ވާހަކަދައްކާފައިވެއެވެ.
22
• ފުރަތަމަ ނުކުތާއަކީ، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް 40,000.00 $US
(ސާޅީސްހާސް ޔޫ.އެސް ޑޮލަރު) ނެގޭގޮތަށް ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް ބޭންކް އޮފް
އިންޑިއާގެ ނަންބަރު 591371 ޗެކް ދޫކޮށްފައިވާއިރު، ޗެކަކީ އޭގެ ޒާތުގައި ޙާދިޘާ ސާބިތުކޮށްދޭ ހެއްކަކަށް
ނުވާކަމަށް ބައްލަވައިގެން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް ދަޢުވާކުރި ފައިސާ އޭޑީކޭ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ހޯދައިދެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
26
• ދެވަނަ ނުކުތާއަކީ، އިސްވެ އިޝާރާތް ކުރެވުނު ޗެކުގައި "ޕޭ ޓު އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑް" މިހެން ލިޔެ، ދަޢުވާލިބޭ ފަރާތުގެ ދެބޭފުޅަކު އެޗެކުގައި ސޮއިކޮށް، މަސްވެލި އައިލެންޑްސް ޕްރައިވެޓް
ލިމިޓެޑުގެ ތައްގަނޑު ޖަހާފައިވާއިރު މިގޮތަށް މިޗެކް އެއްވެސް ސަބަބެއްނެތި ދޫނުކުރާނެކަން އެނގޭއިރު، އެކަމުގެ
މައްޗަށް ބައްލަވާފައިނުވާކަމަށް
ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
. ތިންވަނަ ނުކުތާއަކީ، 17 ސެޕްޓެމްބަރ 2009 ދުވަހު 40,000.00 $US (ސާޅީސްހާސް
ޔޫ.އެސް ޑޮލަރު) އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ނެގޭގޮތަށް އޭޑީކޭ ކޮމްޕެނީ ޕްރައިވެޓްގީރާމަޓިކްގެ ނަން
OX
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
2{11/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
94
ޖަހައިގެން ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުން ދޫކޮށްފައިވާ ޗެކް ހިފައިގެން އައިސްފައިވަނީ
ޏ.ފުވައްމުލައް މުބާޙްމަންޒިލް އިބްރާޙިމް ޢަލީ ކަމަށްވެފައި އިސްވެ އިޝާރާތްކުރެވުނު ޔޫ.އެސް ޑޮލަރަށްވާ ދިވެހި
ރުފިޔާ ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ދޫކުރި ޗެކާއި، އަދި ނަގުދު ފައިސާއާއި ޙަވާލުވެފައިވަނީ ޏ.ފުވައްމުލައް މުބާއްމަންޒިލް އިބްރާޙިމް ޢަލީކަމާއި،
އަދި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދޫކުރި ޗެކަށް ފައިސާ ނަގާފައިވާކަން އެނގޭ ލިޔުންތައް ހުރިއިރު
އެކަންކަމުގެ މައްޗަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
2
ހަތަރުވަނަ ނުކުތާއަކީ، ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުގެ ލެޓަރހެޑުގައި
ހަދާފައިވާ ޗެކު ވައުޗަރުގައި 'ޕޭ ޓު އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް" މިހެން ލިޔެފައި އޭގެ ތިރީގައިވާ ގޮޅީގެ
ވައަތް ފަރާތުގައި "ސޭލް އޮފް -/514,000" މިހެން ލިޔެފައި، އެގޮޅީގެ ކަނައަތް ފަރާތުގައި "-/40,000
ޔޫ.އެސް ޑޮލަރު" މިހެން އޮތުމުން އެސާޅީސްހާސް ޔޫ.އެސް ޑޮލަރަކީ ގަސްވެލި އައިލެންޑްސް ޕްރައިވެޓް
ލިމިޓެޑުން، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހި ފައިސާ ގެންދިއުމަށްފަހު ޔޫ.އެސް ޑޮލަރު ގަނެދިނުމުގެ
ގޮތުން ދޫކޮށްފައިވާ ޗެކެއްކަން އެނގެން އޮތްއިރު އެކަމުގެ މައްޗަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ފަސްވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ
ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
22
• ހަވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ
ލިޔުމާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ނ) އަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
.
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލްކޯޓުގެ ނަންބަރު 2010/Cv
-
C:947 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ސިވިލްކޯޓުގެ ނަންބަރު 2010/Cv
-
C/947 ޤަޟިޕްޔާޖޭގެ
ނިމުނުގޮތުގެ ރިޕޯޓުގައި މިމައްސަލައާ ގުޅޭގޮތުން ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ރިޢާޔަތްކުރިއިރު އެ
ހައި
26x
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
6
2{011/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޕްރައިވެޓް ލިމިޓެޑްގެ 3 ސެޕްޓެމްބަރ 2009 ގެ "ޕޭމަންޓް ވައުޗަރ" ނަންބަރު 1047848 އިން އިބްރާހީމް
ޢަލީ ކިޔާ ފަރާތަކަށް -/
405,000ރ. (ހަތަރު ލައްކަ ފަސްހާސް ރުފިޔާ) ދޫކުރިކަން ދޭހަވާކަމާއި، އަދި
އެފައިސާ ދައްކަންޖެހުނު ތަފްޞީލު ބަޔާންކުރާ ބައިގައި އެފައިސާ ދެވުނީ ޔޫ.އެސް ޑޮލަރު ގަންނަންކަމަށް
ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އިސްވެ އިޝާރާތްކުރެވުނު ދިވެހި ރުފިޔާ އިބްރާހީމް ޢަލީއަށް
ލިބުނުކަމަށް އިބްރާހީމް ޢަލީ ސޮއިކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 3 ސެޕްޓެމްބަރ 2009 ގެ ޕޭމަންޓް ވައުޗަރ" ނަންބަރު
001
/
001/CA ގައި -/
109,000ރ. (އެއްލައްކަ ނުވަހާސް ރުފިޔާ) އިބްރާހީމް ޢަލީއަށް ދޫކުރެވިފައިވާކަން
އެނގެން އޮންނަކަމާއި، އަދި އެފަރާތަށް މިފައިސާ ދޫކުރުމުގެ ސަބަބަކީވެސް ޔޫ.އެސް ޑޮލަރު ގަންނަންކަމަށް
އެފައިސާ ދައްކަންޖެހުނު ތަފްޞީލު ބަޔާންކުރާ ބައިގައި ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި، އަދި މިޕޭމަންޓް
ވައުޗަރގައި އިބްރާހީމް ޢަލީ ސޮއިކޮށްފައި އޮތުމުން، އެވައުޗަރގައި ބަޔާންކުރާ ފައިސާއަކީވެސް އިބްރާހީމް
ޢަލީއަށް ލިބުނު ފައިސާއެއްކަން ދޭހަވާކަމާއި،
17 ސެޕްޓެމްބަރ 2009 ގެ ތާރީޚު ޖަހާފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އެކައުންޓް ނަންބަރު
1260 ގެ ނަންބަރު 0843420202 ޗެކް އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން އެނގޭކަމާއި،
އަދި އެޗެކުގެ އަދަދަކީ 40,000.00 $US (ސާޅީސްހާސް ޔޫ.އެސް ޑޮލަރު) ކަން އެނގޭކަމާއި، އެޗެކުގައި ދެ
ފަރާތެއްގެ ސޮއި އޮވެފައި އަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ތައްގަނޑެއް ޖަހާފައިވާކަން
ފާހަގަކުރެވޭކަމެވެ.
(ނ) ދެވަނަ ކަމަކީ، ސިވިލްކޯޓުގެ ނަންބަރު 2010/Cv
-
C/947 ޤަޟިއްޔާގައި އޭޑީކޭ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންކޮށްފައިވާ ދަޢުވާއަކީ 17 ސެޕްޓެމްބަރ 2009 ދުވަހު 40,000.00 $US
(ސާޅީސްހާސް ޔޫ.އެސް ޑޮލަރު) އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ނެގޭގޮތަށް ގަސްވެލި އައިލެންޑްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދޫކޮށްފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަންބަރު 591371 ޗެކުގައިވާ
40,000.00 $US (ސާޅީސްހާސް ޔޫ.އެސް ޑޮލަރު) ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުން
ދީފައިނުވާތީ، މިފައިސާ އެކީ އެއްފަހަރާ ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން
ދަޢުވާއެއްކަން އެނގޭކަމާއި،
2
7 ގދ xހ
ދިވެހިރާއްޖެ
ހ2 / 22 ދ ތ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
2{11/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގައި މިމައްސަލައާ ގުޅިގެން
ދައްކާފައިހުރި ވާހަކަތަކަށް ބަލާއިރު، ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑާއި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑާ ދެމެދު އެއްވެސް ވިޔަފާރީގެ މުޢާމަލާތެއް ހިނގާ، ނުވަތަ ފޮރިން އެކްސްޗޭންޖެއްގެ ވިޔަފާރިއެއްވެސް
ހިނގާފައި ނުވާނެކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، 40,000.00 $US (ސާޅީސްހާސް ޔޫ.އެސް ޑޮލަރު)
ގެ ޗެކް އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުން ދޫކުރީ
ޏ.ފުވައްމުލައް މުބާޙްމަންޒިލް، އިބްރާހީމް ޢަލީގެ އެދުމުގެ މަތިންކަމަށާއި، އެއީ އެޑޮލަރަށްވާ ދިވެހި ފައިސާ
އިބްރާހީމް ޢަލީއަށް ލިބޭނީ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަމުގައި ބުނެ -/
540,000ރ. (ފަސްލައްކަ
ސާޅީސްހާސް ރުފިޔާ) ގެ ޗެކެއް ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑަށް އިބްރާހީމް ޢަލީ ދިނުމުންކަމުގައި
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ 13 ސެޕްޓެމްބަރ 2009 ގެ
ޗެކް ވައުޗަރ ނަންބަރު 400
SD
-
P އަށް ބަލާއިރު، އެޗެކަކީ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ
ޗެކެއްކަން އެނގެން އޮތްނަމަވެސް، އެޗެކް ޙަވާލުކޮށްފައިވަނީ އިބްރާހީމް ޢަލީއަށްކަން އެނގެން އޮންނަކަމާއި، 11
އޮކްޓޯބަރ 2009 ގައި އިބްރާހީމް ޢަލީ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓެންޓަށް ލިޔެފައިވާ
ސިޓީއެއްގެ ކޮޕީ ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނުކަމަށް ގަސްވެލި އައިލެންޑްސް ޕްރައިވެޓް
ލިމިޓެޑުން ސިވިލް ކޯޓުގައި ބުނެފައިވާކަމާއި، އެސިޓީގައި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
40,000.00 $US (ސާޅީސްހާސް ޔޫ.އެސް ޑޮލަރު) އަށްވާ ފައިސާ އިބްރާހީމް ޢަލީއަށް ލިބިފައިނުވާތީ
ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ދޫކުރި ޗެކް އޭޑީކޭ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އަނބުރާ އިބްރާހީމް ޢަލީއަށް ދިނުމަށް ބަޔާންކޮށްފައިވާކަމަށާއި، އެހެންކަމުން
ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުން މިކަމާމެދު ފިޔަވަޅު އެޅުމުގެ ގޮތުން ގަސްވެލި އައިލެންޑްސް
ޕްރައިވެޓް ލިމިޓެޑުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ޗެކަށް ފައިސާ ދޫނުކުރުމަށް ގަސްވެލި
އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް އެންގީކަމަށް ގަސްވެލި އައިލެންޑްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމެވެ.
ނ) ތިންވަނަ ކަމަކީ، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްވެ ބުނެވުނު ދަޢުވާ
ސާބިތުކޮށްދިނުމަށްޓަކައި ހުށަހެޅި ހެކިތަކުގެ ތެރެއިން އިބްރާހީމް ޢަލީއަށް -/
514,000ރ. (ފަސްލައްކަ
ސާދަހާސް ރުފިޔާ) ދިންކަމަށް، އަދި މިފައިސާއަކީ އިބްރާހީމް ޢަލީއަށް ލިބުނު ފައިސާއެއްކަމަށް ބޭރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2{11/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3 ސެޕްޓެމްބަރ 2009 ގައި ސޮއިކޮށްފައިވާ ދެ ޕޭމަންޓް ވައުޗަރއަށް ބަލާއިރު، މި ދެ ވައުޗަރއިން ވެސް
ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑާއި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްވެސް ވިޔަފާރީގެ
މުޢާމަލާތެއް ކުރެވިފައިވާކަން ސާބިތުނުވާކަމާއި، އިބްރާހީމް ޢަލީއަށް -/
514,000ރ. (ފަސްލައްކަ ސާދަހާސް
ރުފިޔާ) ދޫކުރެވުނީ ޔޫ.އެސް ޑޮލަރު ގަންނަންކަން އިސްވެ އިޝާރާތް ކުރެވުނު ދެ ވައުޗަރއަށް ބެލުމުންވެސް
އެނގެން އޮންނަކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/947 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައިވެސް
ފާހަގަކުރައްވާފައިވާ ފަދައިން، ޗެކަކީ އޭގެ ޒާތުގައި ޙާދިޘާ ޘާބިތުކޮށްދޭ ހެއްކަކަށް ނުވާހިނދު، ޙާދިޘާ ޘާބިތުވާން
ނެތް ޙާލަތުގައި ޗެކެއް އޮތް އޮތުމަކީ އޭގެ އަޞްލުން މަދަނީ ޙައްޤެއް އުފެދޭނެކަމެއް ނޫންކަމާއި، އެހެނީ، ޗެކެއް
ވަކި ފަރާތަކަށް ދޫކުރަންޖެހޭ އެތައް ސަބަބުތަކެއް މެދުވެރިވެދާނެކަން އެނގޭކަމާއި، އޭގެތެރޭގައި، ވިޔަފާރީގެ
މުޢާމަލާތްތަކާ ގުޅޭ ސަބަބުތައް ނޫން އެހެން ސަބަބުތަކާހުރެވެސް ޗެކެއް ދޫކުރެވިދާނެކަމާއި، އެހެންކަމުން،
އެއްފަރާތުން އަނެއްފަރާތަށް ދޭންޖެހޭ ފައިސާއަކީ ދޫކޮށްފައިވާ ޗެކެއްގެ މައްޗަށް ބިނާކޮށް، ދަރަންޏެއް އަދާކުރުމުގެ
ޤާނޫނީ އިލްތިޒާމްތަކެއް އުފެދިގެން އަންނާނެ ކަމެއްކަމުގައި ބެލެވެން އޮތްކަމެއް ނޫންކަމާއި،
ހުށަހެޅިފައިމިވާ މައްސަލައިގެ ވަޤާއިޢުތަކަށް ބަލާއިރު، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ޔޫ.އެސް ޑޮލަރު ގަތުމަށްޓަކައި އިބްރާހީމް ޢަލީއަށް ފައިސާ ދޫކުރިކަމަށް ބުނާއިރު، އަދި އެފައިސާ އިބްރާހީމް
ޢަލީއަށް ލިބުނުކަމަށް އިބްރާހީމް ޢަލީ ސޮއިކޮށްފައިވާ ވައުޗަރުތަކުގެ ކޮޕީތައް ހުށަހެޅިފައިވާއިރު، އެފައިސާއަކީ
ލިބުނު ފައިސާއެއްކަމަށް އިބްރާހީމް ޢަލީ އިންކާރުކުރާކަން 23 ފެބްރުއަރީ 2010 ގައި ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/947 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް އިބްރާހީމް ޢަލީ ދީފައިވާ ބަޔާނަށް ބެލުމުން އެނގެން
އޮންނަކަމާއި، އަދި އިސްވެ ބުނެވުނު ޤާޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި މިމައްސަލައަކީ އިބްރާހީމް
ޢަލީގެ މަސްލަޙަތު އޮތް މައްސަލައެއްކަމަށްވާތީ، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް އިބްރާހީމް ޢަލީ
ދީފައިވާ ހެކިބަހަކީ ޤަބޫލު ނުކުރެވޭނެ ހެކިބަހެއްކަމަށް ކަނޑައަޅުއްވާފައިވާކަމާއި، އަދި ގަސްވެލި އައިލެންޑްސް
ޕްރައިވެޓް ލިމިޓެޑުން ދަށު ކޯޓުގައި ދައްކާފައިހުރި ވާހަކަތަކަށް ބަލާއިރު، އެފަރާތުން އިބްރާހީމް ޢަލީއަށް ޔޫ.އެސް
ޑޮލަރު ވިއްކިކަމަށް ބުނަނީ އިބްރާހީމް ޢަލީ ހިއްސާވާ ކުންފުންޏެއްކަމަށްވާ ސިމްބިޑިއަމް އިންވެސްޓްމަންޓުން
-/
540,000ރ. (ފަސްލައްކަ ސާޅީސްހާސް ރުފިޔާ) ދިނުމުން ކަމަށާއި، އަދި އިބްރާހީމް ޢަލީއަށް އޭގެ
މުޤާބިލުގައި ދޭންޖެހޭ ޔޫ.އެސް ޑޮލަރަށްވާ ޗެކް އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގާއިމުކޮށްފައިވާ
##
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
9
2{011/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިބްރާހީމް ޢަލީގެ އެދުމުގެ މަތިންކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުން ގަސްވެލި އައިލެންޑްސް ޕްރައިވެޓް
ލިމިޓެޑްގެ ޙިއްސާދާރުންނާއި ޑިރެކްޓަރުން ސާފުކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް
ފޮނުވި ސިޓީގެ ޖަވާބުގައި އެމިނިސްޓްރީން ފޮނުވާފައިވާ އެމިނިސްޓްރީގެ ނަންބަރު 95
/
2012
/
06/BR-101
ސިޓީއަށް ބެލުމުން، އިބްރާހީމް ޢަލީއަކީ ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްސާދާރެއްވެސް އަދި
ޑިރެކްޓަރެއްވެސް ނޫންކަން އެނގެން އޮތުމުން،
އިބްރާހީމް ޢަލީއާ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެއްވެސް މުޢާމަލާތެއްކޮށްފައިވާނަމަ، ނުވަތަ
އިބްރާހީމް ޢަލީއަށް އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފައިސާތަކެއް ޙަވާލުކޮށްފައިވާނަމަ، އެދެފަރާތު ދެމެދު
ކުރެވުނު މުޢާމަލާތަކީ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު
ކުރެވުނު މުޢާމަލާތެއްކަން ބެލެވެން އޮތްކަމެއްނޫންކަމާއި، އަދި ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން 40,000.00 $US (ސާޅީސްހާސް ޔޫ.އެސް ޑޮލަރު) އިބްރާހީމް ޢަލީއަށް ވިއްކިކަމުގެ ވަކި
މުޢާމަލާތެއް ހިނގިކަމުގެ ލިއެކިއުންތައް ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅިފައިވާކަން ފާހަގަކުރެވޭކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/947 ޤަޟިއްޔާގައި ދަޢުވާ ރައްދުވި ގަސްވެލި
އައިލެންޑްސް ޕްރައިވެޓް ލިމިޓެޑާއި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ގަސްވެލި އައިލެންޑްސް ޕްރައިވެޓް
ލިމިޓެޑުން ފައިސާތަކެއް އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭފަދަ މުޢާމަލާތެއް ކުރެވުނުކަމަށް
ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހަމައެކަނި ޗެކެއް
ދޫކޮށްފައި އޮތްއޮތުމަކީ، އެދެފަރާތު ދެމެދު ވިޔަފާރީގެ މުޢާމަލާތެއް ހިނގިކަން ސާބިތުކޮށްދޭ ހެއްކެއްކަމަށް
ބެލެވެން އޮތްކަމެއް ނޫންކަމާއި، އެހެންކަމުން، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ގަސްވެލި އައިލެންޑްސް
ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްވެސް ވިޔަފާރީގެ މުޢާމަލާތެއް ހިނގިކަމަށް ދަޢުވާކުރި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާކަމަށް ސިވިލް ކޯޓުން ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނީ ނުވަތަ ޝަރުޢީ
އުޞޫލުތަ
ލުތަކާ ޚިލާފަށް ނިންމަވާފައިވާ
ހު
މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް
ނުފެނުނުކަމެވެ.
2
2
0 ހ82
އދނމުނ
ecc
2 222ތ ދދވ
ނިންމެވުމެއްކަމަށް
24
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ
ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާއި 19 ވަނަ މާއްދާގެ (ނ) އަށް ބައްލަވާފައިނު
ނުވާކަމަށް
ނުކުތާތަކަށް ނަޒަރުކުރިއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިންގެ
;
10
2{011/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޗެކް"
އަކީ
20
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/947 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ
ފާހަގަކުރެއްވުނު ނުކުތާތަކުގެ 6 ވަނަ ނުކުތާގައި، އިސްވެ ބުނެވުނު ޤާނޫނުގެ 21 ވަނަ މާއްދާގައި
ދޫކުރާ މީހާގެ ފަރާތުން ލިޔެ، ސޮއިކޮށް، އޭގައި ބަޔާންކުރެވިފައިވާ މީހަކަށް ނުވަތަ އޭނާގެ އަމުރަށް ނުވަތަ އެ
ހިފައިގެންދާ މީހަކަށް އެ ހިފައިގެން ދިއުމުން، ޝަރުޠަކާ ނުލައި އޭގައި ކަނޑައެޅިގެންވާ އަދަދެއްގެ ފައިސާ
ދިނުމަށް ބޭންކު ވިޔަފާރިކުރާ ފަރާތަކަށް ލިޔުމަކުން ކުރެވޭ އަމުރެއްކަމަށް އޮތުމުން، އެއަމުރު ރައްދުވަނީ ބޭންކަށް
ނުވަތަ އެފަދަ މާލީ އިދާރާއަކަށް ކަމާއި، އަދި އެފަދަ ޗެކެއް ލިބޭ ބޭންކުގެ އަމިއްލަ އިޚްތިޔާރުގައި އެޗެކަށް
ފައިސާ ދޫނުކޮށް ނުހިފެހެއްޓޭނެކަމަށް ފާހަގަކުރައްވާފައިވާކަމާއި،
ޤާނޫނު ނަންބަރު 16/95 ގެ 19 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، އެ މާއްދާގައި ބިލް އޮފް
އެކްސްޗޭންޖެއް އިންޑޯސްކުރާ ފަރާތުން އެބިލް އިންޑޯސް ކުރުމުން އެބިލް އިންޑޯސްކޮށްދޭ ފަރާތަށާއި އޭގެ ފަހުން
އެބިލު އިންޑޯސްކޮށްދެވޭ ހުރިހާ ފަރާތްތަކަކަށް އޭނާ އެޔަޤީންކޮށްދެނީ އޭނާ އެއިންޑޯސް ކުރިއިރު، އެބިލަކީ ސައްޙަ
ބިލެއްކަމަށާއި، އެބިލް އޭނާ އިންޑޯސްކުރިއިރު އެބިލްގައިވާ ފައިސާ ހަޤީޤަތުގައި ލިބެންވާ ފަރާތަކީ އެފަރާތްކަމަށް
ބަޔާން ކުރެވިފައިވާކަމާއި،
އެހެންނަމަވެސް ޤާނޫނު ނަންބަރު 16/95 ގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން ޗެކް ލިޔުނު
މީހާއަށް އެޗެކަށް ފައިސާ ނުދޭން ބޭންކަށް އެންގުމުގެ ބާރު ލިބިފައިވާކަން ފާހަގަކުރެވޭކަމާއި، ހުށަހެޅިފައިވާ
މައްސަލައަށް ބަލާއިރު، ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ދޫކުރި ޗެކަށް ފައިސާ ނުދެއްކުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް އެންގުމުގެ ޤާނޫނީ ބާރު ގަސްވެލި
އައިލެންޑްސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމާއި، އަދި ޗެކެއް އެއްވެސް ފަރާތަކަށް ދޫކުރުމަށްފަހު އެ ދޫކުރި
ފަރާތަށް އެޗެކް ހުއްޓުވުމުގެ ބާރަކީ ނެތް ބާރެއްކަމަށް ކަނޑައެޅުންވާނީ ޤާނޫނު ނަންބަރު 16/95 ގެ 29 ވަނަ
މާއްދާގެ (ހ) އާ ޚިލާފަށް ކަނޑައެޅޭ ކަނޑައެޅުމެއްކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/947 ޤަޟިއްޔާގައި ޤާނޫނު ނަންބަރު 16/95 ގެ 21
ވަނަ މާއްދާއާއި 19 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކުރައްވާފައިނުވާ ކަމަށް އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލިހުގައި ބުނިނަމަވެސް، އިސްވެ އިޝާރާތްކުރެވުނު
ސިވިލް ކޯޓުގެ ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ދަލީލުކޮށްދޭ
/ ބ ތު *
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
11
2{011/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއްވެސް ހުއްޖަތެއް އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދެއްކިފައިނުވާކަމަށް މިމައްސަލަބެލި ހުރިހާ
ފަނޑިޔާރުންނަށްވެސް އިއްތިފާޤު ވެވެނުކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ އަލީގައި، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/947
ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭފަދަ އެއްވެސް ޤާނޫނީ ނުވަތަ ޝަރުޢީ ހުއްޖަތެއް
އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދެއްކިފައިނުވެއެވެ.
ނަންބަރު
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ
2010/Cv-C/947 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ހަމައެއް ނެތްކަމަށް
މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުހިނދު، އެޤަޟިއްޔާގައި ސިވިލް ކޯޓުން
ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;