ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/112 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A112
..
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ. 112/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
ނަން: މަރިޔަމް ރަޝީދާ
ދާއިމީ އެޑްރެސް: ގ.ރޯޒްގާރޑްން
އައިޑީ ކާޑު ނަންބަރ:343245-A މިހާރުގެ އެޑްރެސް: ގ.ރޯޒްގާރޑްން
ވަކީލު : އޖ. ޢަބްދުލް ޣަފޫރު އަޙްމަދު މއ.ރޯޒް އައިޑީ: 033041-A
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން:ޢާއިޝަތު ވަޙީދާ
ދާއިމީ އެޑްރެސް: ގ.ރޯޒްގާރޑްން
އައިޑީ ކާޑުނަންބަރު. A
-
O09381
، މިހާރުގެ އެޑްރެސް: ގ.ރޯޒްގާރޑްން
ވަކީލު: އގ.އިބްރާހީމް ޝަފީޢު ސ.ހުޅުދޫ،ވާރޭވިލާ ހ.ގަނަން 5 ވަނަފަންގިފިލާ) އައިޑީ : A020666
5
2010
ނިމުނު ތާރީޚް: 04 ޝަޢުބާން 1432
• ރަޖިސްޓްރީ ތާރީޚް:
11 މެއި
26 ޖުމާދަލްއޫލާ 1431
05 ޖުލައި
2011
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު:2009/MC/2296
ނިންމެވި ފަރާތް : ސިވިލްކޯޓް
މައްސަލައިގެ ބާވަތް. ގ.ރޯޒްގާރޑްން ބައިކުރުން
ބައިކުރުން
ނިމުނު ތާރީޚް: 25.03.2010
06.10.2009
*
ދިވެހި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި( މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް infofa highcourt.gov.mv ވެބް ސައިޓް: www.highcourt.gov.ins
2
2010 HC-All?
ދައުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު:2009/MC/2296 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، ގ.ރޯޒްގާރޑްން! މަރިޔަމް ރަޝީދާ ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ.
ހދ.7
ވަތަން eއ
482
01- މިއީ، މަދަނީ ކޯޓުގެ ނަންބަރު:2009/MC/2296 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހިގެން، ގ.ރޯޒްގާރޑްން! މަރިޔަމް ރަޝީދާ ގެ ފަރާތުން އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ.
02- މަދަނީ ކޯޓުގެ ނަންބަރު:2009/MC/2296 ޤަޟިއްޔާ އަކީ، ގ."
ޢާއިޝަތު ވަޙީދު އާއި އެގޭ މަރިޔަމް ރަޝީދާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގ.ރޯޒްގާރޑް
ގ.ރޯޒްގާރޑްން އެވެ،
ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން، މިދެމީހުންނަށް ހަމަހަމައަށް ދެބައި
ކޮށްދެއްވުން އެދި މީގެ ތެރެއިން މަރިޔަމް ރަޝީދާ ގެ ފަރާތުން ހުށަހެޅުމުން މަދަނީކޯޓުން ބައްލަވާފައިވާ
ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވާ ނިންމަވާފައިވަނީ، އިސްވެ ބަޔާން ކުރެވުނު ގޯތި ބައިކުރުމަށް
މަރިޔަމް ރަޝީދާގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް އެގޯތި ބައިކުރުމަށް އާއިޝަތު ވަޙީދާ ބޭނުން
ނުވާކަމަށްބުނެ، ޢާއިޝަތު ވަޙީދާ އަށް އެގޯތި ބައިކުރުމަށް ފެންނު ގޮތުގެ ޗާޓެއް ހުށަހެޅުމުން، މި
ދެމީހުންގެ ދެމެދުގައި އެ ގޯތި ބައިކުރާނެ ގޮތަކާއިމެދު އެއްބަސްވުމަކަށް އާދެވިފައިނުވާތީ، މިދެމީހުން
އެގޯތި ބަހާނެ ގޮތަކާމެދު ވަކިގޮތަކަށް އެއްބަސްވުމުގެ ކުރިން ގޯތި ޝަރީޢަތުން ބައިކޮށްދެވެން ނެތްކަމަށް
ކަނޑައަޅުއްވައި، އެގޮތުގެ މަތީން ޙުކުމްކޮށް، މައްސަލާގެ ފޯމް ބާޠިލް ކުރައްވާފައިކަން އެޤަޟިއްޔާގެ
ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެންގެން އޮންނަކަން ފާހަގަކުރެވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީ ކޯޓުގެ ނަންބަރު:2009/MC/2296
ޤަޟިއްޔާ ގައި ޙުކުމް ކުރެއްވުމުން، އެ ޙުކުމާއި މެދު ހިތްހަމަ ނުޖެހިގެން ގ.ރޯޒްގާރޑްން މަރިޔަމް
ރަޝީދާ ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާ
,އެޑްޖޭގެ ތައި މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީޅުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިވް
ވެބް ސައިޓް: WWW.higlicuiri.goof
[email protected] a
3
2(1) HC-A/112
އެއިގެ ސައިޒް
* ފުރަތަމަ ނުކުތާއަކީ: މަރިޔަމް ރަޝީދާއާއި ޢާއިޝަތު ވަޙީދާގެ ނަމުގައި ރަޖިސްޓްރީ
ކޮށްފައިވާ ގ.ރޯޒް ގާރޑްން ބައިކޮށްދިނުމަށް އެދި މަދަނީ ކޯޓަށް ހުށަހެޅި މައްސަލާގައި ބައިކުރަންވީ
ގޮތަކާމެދު ދެބެންގެ ދެމެދުގައި ޚިޔާލު ތަފާތުވުމުން ޝަރީޢަތުން ބައިކޮށްދެވެން ނެތްކަމަށް ކަނޑައެޅުއްވާ،
އަދި މައްސަލާގެ ފޯމް ބާޠިލް ކުރައްވާފައިވަނީ ރަގަޅަށްކަމަށް ޤަބޫލު ނުކުރެވޭކަމަށް ބުނެ ފާހަގަކޮށްފައިވާ
ދެވަނަ ނުކުތާއަކީ: ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދެފަރާތަށް
އެއްބަސްވުމަކަށް އާދެވިފައި ނުވިނަމަވެސް، ޝަރީޢަތުން އެކަމަކާމެދު ގޮތެއް ނިންމަންޖެހޭނެ ކަމަށް
ދެކޭކަމަށްބުނެ ބުނެ ފާހަގަކޮށްފައިވާ ނުކުތާ.
* ތިންވަނަ ނުކުތާއަކީ: ގޯތި ބައިކުރުމަށް މަރިޔަމް ރަޝީދު ހުށަހެޅިގޮތަށް ބައިކޮށްފިނަމަ،
އެގޯތީގެ އެތެރެބައި 07 (ހަތެއް) ބުރިއަށް ޢިމާރާތް ކުރެވޭނޭކަމަށް މާލޭ މުނިސިޕަލްޓީން
ވިދާޅުވެފައިވާއިރު، ޢާއިޝަތު ވަޙީދާ ގޯތި ބައިކުރުމަށް ހުށަހަޅާފައިވާ ގޮތަށް ގޯތި މެދުން ފަޅިވާގޮތަށް
ބައިކޮށްފިނަމަ، އެފަދަ އުސްމިނެއްގައި ޢިމާރާތް ނުކުރެވޭނޭ ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ.
* ހަތަރުވަނަ ނުކުތާއަކީ: ގޯތި ބައިކުރުމުގައި، ގޯތީގެ ބައިތައް ހަމަޖެއްސުމުގައި
ދެފަރާތުން އެއްބަސްނުވާ ޙާލަތުގައި ގުރުއަތުން ބައި ހަމަޖެއްސުމުގެ އުޞޫލަކީ ޝަރީޢަތުން ގެންގުޅުއްވާ
އުޞޫލެއް ކަމުގައިވާއިރު، މަދަނީކޯޓުން މިމައްސަލަ ބެއްލެވުމުގައި އެގޮތަށް ޢަމަލު ކުރައްވާފައި
ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާ.
04- މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު:2009/MC/2296 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ގ.ރޯޒް
ގާރޑްން)މަރިޔަމް ރަޝީދާ ގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި،
މައްސަލައާއި ގުޅުންހުރި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފ.ރޯޒް ގާރޑްން އެވެ، ކިޔާ ގޯއްޗަށް މާލޭ މުނިސިޕަލްޓީގެ ފަރާތުން ހަދާދީފައިވާ
ނަނަބްރު.ބ.12635 "ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ" އަށް ބެލުމުން، އެއީ ބަންޑާރަ ގޯއްޗެއްކަމާއި،
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: Ra.highc
[
HIrt.gov.mv
[email protected] or
4
2010HC-A/112
#
2ތ4ވ. ه
ކޯޓަށް
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރި ފަރާތަކީވެސް މި 02 މީހުންކަމާއި، އެގޯއްޗަކީ މާލޭގެ 108
ނަންބަރު ކޮށީގައި އޮންނަ ގޯއްޗެއްކަން އެނގެން އޮވެއެވެ.
(ނ) އިސްވެ މިބަޔާން ކުރެވުނު ގ.ރޯޒްގާރޑްން އެވެ، ގޯތި، އެގޯތީގެ ދެބެހެނިވެރީންގެ
މެދުގައި ބައިކޮށްދެއްވުމަށް އެދި، އެގޯތީގެ އެއް ބެހެނިވެރިޔާ ކަމުގައިވާ މަރިޔަމް ރަޝީދާ މަދަނީކޯޓަށް
އެކޯޓުގެ ނަންބަރު:2009/MC/2296 ޤަޟިއްޔާއިން އެމައްސަލަ ބައްލަވައި،
ކުރައްވާފައިވާ ޙުކުމުގައި، އެގޯތި ބައިކުރުމަށް މަރިޔަމް ރަޝީދާގެ ފަރާތުން ހުށަހަޅާފައިވާ ޗާޓާއި
އެއްގޮތަށް ބައިކުރުމަށް ޢާއިޝަތު ވަޙީދާ ބޭނުން ނުވާކަމުގައިބުނެ، ޢާއިޝަތު ވަޙީދާއަށް އެގޯތި ބައިކުރަން
ފެންނަ ގޮތުގެ ޗާޓެއް ހުށަހަޅާފައިވާކަމަށާއި، އެޗްޓާއި އެއްގޮތަށް އެގޯތި ބައިކުރުމަށް މަރިޔަމް ރަޝީދާ
އެއްބަސް ނުވާކަމަށް ފާހަގަކުރައްވައި، ބެހެނިވެރިންގެ މެދުގައި ގޯތި ބައިކުރުމާބެހޭ ގޮތުން ވަކިގޮތަކަށް
އެއްބަސްވުމުގެ ކުރިން ޝަރީއަތުން އެގޯތި ބައިކޮށްދެވެން ނެތްކަމަށް ކަނޑުއަޅައި، އެގޮތުގެ
ގޮތުގެ މަތިން
ޙުކުމްކޮށް، އަދި މައްސަލާގެ ފޯމް ބާތިލް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
(ނ) އިސްތިއުނާފް މިކުރެވޭ މަދަނީކޯޓުގެ ނަންބަރު:2009/MC/2296 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައިވާ ލިޔުންތަކަށް ބަލާއިރު، އެޤަޟިއްޔާގެ ދަށުން ބައިކުރުމަށް
ހުށަހެޅުނު ގ.ރޯޒް ގާރޑްން އެވެ، ކިޔާ ގޯތީގެ ބޮޑުމިނަކީ، 2000 އަކަފޫޓުކަމާއި، ގޯތީގެ ދިގު މިނުގައި
80 ފޫޓު ހުރި ކަމުގައި ވިޔަސް، ފުޅާ މިނުގައި ހުންނަނީ އެންމެ 25 ފޫޓު ކަމާއި،
އެކޯޓުން އެޤަޟިއްޔާ ބެލުމުގެ ތެރެއިން އެގޯތީގެ ދެ ބެހެނިވެރީންގެ ފަރާތުން ގޯތި
ބައިކުރުމާ ބެހޭގޮތުން ހުށަހެޅިފައިވާ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، އޭރުގެ މާލޭ މުނިސިޕަލްޓީ
މެދުވެރި ކޮށް، ތަފާތު 4 ގޮތަކަށް އެގޯތި ދެބަޔަށް ބެހިދާނެ ގޮތުގެ ޗާޓް ކުރަހާފައިވާކަމާއި، މީގެ ތެރެއިން
މައްސަލަ ހުށަހެޅި މަރިޔަމް ރަޝީދާގެ ފަރާތުން އެގޯތި ބައިކުރުމަށް ހުށަހަޅާފައިވާ ގޮތަކީ، ގޯތި ހުރަހަށް
ދެބައި ކުރުމަށްފަހު، މަގަތު ބައިން އެތެރެ ބަޔަށް ވަނުމަށްޓަކައި ނަގަންޖެހޭ ގޯޅި މަގެއް ނެގުން ކަމާއި،
މިގޮތަށް އެގޯތި ބައިކޮށްފިނަމަ، އެތެރެ ބައިގެ ފުޅާ މިނުގައި "25 ފޫޓު، އަދި މަގަތު ބައިގެ ފުޅާމިނުގައި
21 ފޫޓު ހުންނަކަމާއި،
ނަމަވެސް ޢާއިޝަތު ވަޙީދާ އެގޯތި ބަހުން ބޭނުންވާ ގޮތަށް ޝަރީޢަތުން އެގޯތީގެ މެދުން
ދިގަށް ދެބައި ކޮށްފިނަމަ، އެއިން ބައެއްގެ ފުޅާމިނަކީ "6.'12 (ބާރަ ފޫޓު ހައިންޗި) ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާވެ. ދިވެހިރުއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: {
. ވެބް ސައިޓް: www.highcourt.gov.ins
info@highcouit 20v.my A
5
2010 -Alla
އެއްބަސް ނުވެވެ
އަދި މީގެ އިތުރުން މަރިޔަމް ރަޝީދާ ހުށަހަޅާފައިވާ ގޮތަށް ގޯތި ބައިކުރުމަށް ޢާއިޝަތު
ވަޙީދާ އެއްބަސްވެ އެގޯތީގެ އެތެރެ ބައި ޢާއިޝަތު ވަޙީދާ އިޚްތިޔާރު ކޮށްފިނަމަ، އެބައިގައި މަރިޔަމް
ރަޝީދު ހަދާފައިހުރި ޢިމާރާތްތަކަށް އެއްވެސް ބަދަލެއް ނުދީ އެޢިމާރާތްތައް ޢާއިޝަތު ވަޙީދާ އަށް
ލިބިދިނުމަށްވެސް މަރިޔަމް ރަޝީދާގެ ފަރާތުން ހުށަހަޅާފައިވާކަމާއި، ނަމަވެސް މަރިޔަމް ރަޝީދާގެ މިއިން
އެއްވެސް ހުށަހެޅުމެއް ޢާއިޝަތު ވަޙީދާ ޤަބޫލު ކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
(ރ) މަދަނީ ކޯޓުގެ ނަންބަރު:2009/MC/2296 ޤަޟިއްޔާ އިސްތިއުނާފް ކުރުމުން
ބެލެވޭ ހައިކޯޓުގެ މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީސްތަކުގައި އެކިފަހަރު މަތީން މަރިޔަމް ރުޝީދާއަށާއި
ޢާއިޝަތު ވަޙީދާއަށް ދެމީހުން އެއްބަސްވާ ގޮތެއް ހޯދުމަށް ދެވުނު ފުރުޞަތު ތަކުގައި އެގޯތި ބަހާނެ
ގޮތަކާއި މެދު އެދެމީހުންނަށް ނުވެވުމުން، މަދަނީކޯޓުގެ ނަންބަރު:2009/MC/2296 ޤަޟިއްޔާއާއި
ގުޅިގެން އެކޯޓުން މާލޭ މުނިސިޕަލްޓީއަށް ފޮނުއްވި އެކޯޓުގެ ނަންބަރު:1199
/
2009
/
363-144-1B
(22.11.09) ސިޓީއާއި ގުޅިގެން މާލޭ މުނިސިޕަލްޓީއިން ފޮނުއްވާފައިވާ ޗާޓުގައި، އެގޯތި ބެހުމަށް
ކަނޑައަޅުއްވާފައިވާ ގޮތަކީ، އެގޯތީގެ ދެ ބެހެނިވެރީންނަށާއި، އެދެމީހުންގެ ޢާއިލާއަށް އެތަނުގައި
ދިރިއުޅުމުގެ މަންފާ އެންމެ ބޮޑަށް ހޯދޭނޭ ގޮތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤް ވެވުނު ހިނދު، އެގޮތުގެ މަތީން އެގޯތި ބައިކުރުމަށް ޝަރީޢަތުން ނިންމާ،
ގ.ރޯޒް ގާރޑްން އެވެ، ކިޔާ ގޯތި ބައިކުރުމަށް ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށް ފެނުނު
އެންމެ ރަގަޅު ގޮތަކީ މި އިޝާރާތް ކުރެވުނު ޗާޓުގައިވާ ގޮތްކަމަށް މި ދެބެހެނިވެރީންނަށް އަންގައި، ގޯތި
ދެބަޔަށް ބެހުމުގައި އެގޯތީގައި ކޮށްފައި ހުރި ޢިމާރާތްތަކުގެ އުނިއިތުރުގެ މައްސަލައާއި މެދު ސުވާލު
ކުރުމުން، ޝަރީޢަތުން އެގޯތި ބައިކުރުމަށް ނިންމެވި ގޮތަށް ބައިކުރާއިރު، ގުރުއަތުން ބައިނެގުމުގެ
ފުރުޞަތު އެދެމީހުންނަށްވެސް ލިބިގެންދާނަމަ، އަދި ދަށުކޯޓަށް މިމައްސަލަ އަލުން ނުފޮނުވައި، ހައިކޯޓުން
މިމައްސަލާގެ މައުޟޫ
މައުޟޫޢާމެދު ފައިޞަފާ ކުރަނިވި ޙުކުމެއްކޮށް މައްސަލަ ނިންމާނަމަ، އެދެމީހުންކުރެ
އެކަކުވެސް ޢިމާރާތްތައް އައުމަގުކޮށް، އުނިއިތުރު ހަމަޖެއްސުމަށް ބޭނުން ނުވާކަމަށް 30 ޖޫން 2011
ވަނަ ދުވަހު މިމައްސަލައާއި ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވުމާއި، ޝަރީޢަތުން
އެގޯތި ބައިކުރުމަށް ކަނޑައެޅި ގޮތަށް ބައިކުރާއިރު، އެދެބައިންކުރެ ބަޔަކަށްވެސް އަރާ
ޢިމާރާތްތައް، އެއްފަރާތުން އަނެއް ފަރާތަށް ދޫކޮށްލާފައިވަކަމަށް މަރިޔަމް ރަޝީދާގެ ފަރާތުންނާއި
4 *
ކޮންމެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޓުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: infor highcourt.gov.mv ވެބް ސައިޓް: www.highcgirt.gov'.It
ތެވެހިޒާއްޖެ
6
2010 IIC-4112
ޢާއިޝަތު ވަޙީދުގެ ފަރާތުން ޞަރީޙަ ބަހުން ބުނެ އެގޮތަށް އެއްބަސްވުމާއި ގުޅިގެން، އިޝާރާތް ކުރެ
ކުރެވުނު
މާލޭ މުނިސިޕަލްޓީގެ ފަރާތުން ކުރަހާފައިވާ ޗާޓުގައި، މަގާއި ކައިރިއަށް އޮތް ބައިގައި ނަންބަރު: (1)
ޖަހައި، އަދި ގޯތީގެ އެތެރެ ބައިގައި ނަންބަރު: (2) ޖެހުމަށްފަހު، މި ދެބެހެނިވެރީނަށް ދައްކައި، އަދި
އެއްކުލައެއްގެ އެއް ސައިޒެއްގެ ދެ ކަރުދާސްކޮޅުގައި ވަކި ވަކިން ނަންބަރު (1) އާއި، ނަންބަރު: (2)
ލިޔެ، އެދެކަރުދާސް ކޮޅުވެސް މި ދެބެހެނިވެރީންނަށް ދައްކާފައިވާކަމާއި،
އަދި އެ ދެބެހެނިވެރީންގެ މެދުގައި ބައިނެގުމަށްޓަކައި ނެގޭ ގުރުއަތު ފުރަތަމަ ނަގާނެ
ބެލެނިވެރިއަކާއި ބެހޭގޮތުން ސުވާލު ކުރުމުން، އެކަން ކަނޑައެޅުމުގެ އިޚްތިޔާރު ހައިކޯޓުގައި މިމައްސަލަ
ބަލާ ފުނޑިޔާރުންނަށް އެދެބެހެނިވެރީންވެސް ދޫކޮށްލާފައިވާތީ، އެ ގޯތި ބައިކޮށްދެއްވުންއެދި މަދަނީކޯޓަށް
މައްސަލަ ހުށަހަޅާފައިވާ ފަރާތަކީ މަރިޔަމް ރަޝީދާ ކަމުގައިވާތީއާއި، އެމައްސަ ހައިކޯޓުގައި އިސްތިއުނާފް
ކޮށްފައިވާ ފަރާތަކީވެސް މަރިޔަމް ރަޝީދާ ކަމުގައިވާތީއާއި، އަދި މިދެބެހެނިވެރިންކުރެ ޢުމުރުން ދޮށީ
ބެހެނިވެރިޔަކީވެސް މަރިޔަމް ރަޝީދާ ކަމުގައިވާތީ، އެކަންތައްތަކުގެ މައްޗަށް ބިނާކޮށް، މި ދެބެހެނި
ވެރީންނާއި، އެދެބެހެނިވެރީންގެ ވަކީލުންނާއި، އަދި މި ދެބެހެނިވެރީންގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް
ހާޒިރުވެ ތިބި އެންމެހައި ފަރާތްތަކުގެ ހާޒިރުގައި ގުރުއަތު ނެގުމުން، މަރިޔަމް ރަޝީދާއަށް ނެގިފައިވަނީ
ނަންބަރު (2) ލިޔެފައިވާ ކަރުދާސްކޮޅުކަމާއި، ޢާއިޝަތު ވަޙީދާއަށް ނެގިފައިވަނީ ނަންބަރު (I) ލިޔެފައިވާ
ކަރުދާސް ކޮޅުކަމާއި، މިހެންވުމުގެ ސަބަބުން ޢާއިޝަތު ވަޙީދާއަށް ގޯތީގެ މަގުމައްޗަށްވީ ބައި ލިބި،
މަރިޔަމް ރަޝީދާއަށް ގޯތީގެ އެތެރެބައި ލިބިގެން ގޮސްފައިވާކަމާއި، ގުރުއަތުގެ ކަންތައް ހިގާނިމިދިޔަ
ގޮތާއި ދޭތެރޭގައި މިދެބެހެނިވެރިންކުރެ އެއްވެސް ފަރާތަކުން އެއްވެސް ކަމެއްގައި އިޢުތިރާޝް ކޮށްފައި
ނުވާކަން ފާހަގަކުރެވެއެވެ.
+ + + +
4 5 6
4 ތފ3¢ ¢ ¢ 4
0
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ކަންތައްތަކަށް
ބަލާއިރު، މަދަނީ ކޯޓުގެ ނަންބަރު:2009/MC/2296 ޤަޟިއްޔާގައި، ގ.ރޯޒްގާރޑްން އެވެ،
ބަންޑާރަ ގޯތި، އެގޯތީގެ ދެބެހެނިވެރީންގެ މެދުގައި ބައިކޮށްދެއްވުން އެދި އެގޯތީގެ އެއް ބެލެނިވެރިޔާ
ކަމުގައިވާ މަރިޔަމް ރަޝީދާ މަދަނީކޯޓަށް ހުށަހެޅުމުން، އެކޯޓުގެ ނަންބަރު:2009/MC/2296
ޤަޟިއްޔާއިން އެމައްސަލަ ބައްލަވައި، ކުރައްވާފައިވާ ޙުކުމުގައި ބެހެނިވެރިންގެ މެދުގައި ގޯތި
ގޮތުން ވަކިގޮތަކަށް އެއްބަސްވުމުގެ ކުރިން ޝަރީއަތުން އެގޯތި ބައިކޮށްދެވެން ނެތްކަމަށް
9
3
0
2 4ވ
ބައިކުރުމާބެހޭ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާވެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް !?33164
އީމެއިލް: infva laiglcourt.g19.ll ވެބް ސައިޓް: '%
8
%
w.highcourt.gov.ims
7
2010/HC-A/112
oxo
40
ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމް ކުރައްވައި، އަދި އެޤަޟިއްޔާގެ ފޯމް ބާޠިލް ކުރައްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ނޫންކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި، މަދަނީ ކޯޓުގެ ނަންބަރު:2009/MC/2296 ޤަޟިއްޔާއާއި ގުޅިގެން، މާލޭ
މުނިސިޕަލްޓީގެ ފަރާތުން އެކޯޓަށް ފޮނުވާފައިވާ "މަދަނީކޯޓުގެ ނަންބަރު:1
/
99
/
2009
/
363-13-144
(22.11.09) ސިޓީއާއި ގުޅޭ" މިގޮތަށް ލިޔެފައިވާ ޗާޓާއި އެއްގޮތްވާ ގޮތުގެ މަތީން ގ.ރޯޒްގާރޑްން އެވެ،
ކިޔާ ބަންޑާރަ ގޯތި ބައިކުރުމަށް ޝަރީޢަތުން ކަނޑައަޅައި، އެގޮތުގެ މަތީން އެގޯތީގެ ދެބެހެނިވެރީންގެ
މެދުގައި ގުރުއަތު ނެގުމުން، އެޗާޓުގައި ލޮނުޒިޔާރަތް މަގަށްވާގޮތަށް އޮތް އެގޯތީގެ މަގަތުބައި ނެގިފައިވަނީ،
ގ.ރޯޒްގާރޑްން ޢާއިޝަތު ވަޙީދާއަށްކަމާއި، އަދި އެގޯތީގެ އެތެރެބައި ނެގިފައިވަނީ ގ.ރޯޒްގާރޑްން
މަރިޔަމް ރަޝީދާއަށް ކަމުގައިވާތީ، ގުރުއަތުން ދިމާވި ގޮތަށް އެގޯތީގެ އެތެރެ ބަޔަކީ މަރިޔަމް ރަޝީދާގެ
ބައި ކަމުގައި، އަދި އެގޯތީގެ ލޮނުޒިޔާރަށް މަގާ އިންވެގެން އޮތް ބަޔަކީ ޢާއިޝަތު ވަޙީދުގެ ބައި ކަމުގައި
ޝަރީޢަތުން ކަނޑައަޅައި، މިދެބައިން ކުރެ ކޮންމެ ބައެއްގައި ހުރި ޢިމާރާތްތަކަކީވެސް، އެއްފަރާތުން
އަނެއް ފަރާތަށް އެއްވެސް ބަދަލެއް ދިނުމަކާ ނުލައި، އަދި އުނިއިތުރުގެ މައްސަލަ ހަމަޖެއްސުމަކާނުލައި،
ގުރުއަތުން އެބައެއް ލިބުނު ބެހެނިވެރިއަކަށް މިލްކުވެގެންވާ ޢިމާރާތްތަކެއްކަމަށް، ކުނޑައަޅައި،މަދަނީ ކޯޓުގެ
ނަންބަރު:2009/MC/2296 ޤަޟިއްޔާ ގެ ޙުކުމް ބާޠިލުކޮށް މިގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި| މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް infiori highcourt.gov.mv ވެބް ސައިޓް: www.highcourt.gu.mv