ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/271 ޤަޟިއްޔާގެ ޙުކުމް
1
2{{09/HC-A/271
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ہم تمام سیم
40 )
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 271/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއިޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް:
* އައިޑީކާޑު ނަންބަރު.
މިހާރުގެ އެޑްރެސް:
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޝިފާން އަޙްމަދު މަނިކު
ދާއިމީ އެޑްރެސް: އަންނާރުމާގެ / ތ. ތިމަރަފުށި
* އައިޑީކާޑު
ކާޑު ނަންބަރު: 153871-A
ރޯޒަންޑޭލް / މާލެ
* މިހާރުގެ އެޑްރެސް:
14
* ހުށަހެޅުނު ތާރީޚް: 03 ސެޕްޓެމްބަރ 2009
* ނިމުނު ތާރީޚް: 31 މެއި 2012
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ.
O
* ނަންބަރު:2008/JC/932
* ކޯޓު: ޖިނާއީ ކޯޓު
ނިންމެވި ތާރީޚް: 04 ޖޫން 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2{{09/HC-A/271
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/932 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ،
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ،
ތިމަރަފުށީ އަންނާރުމާގޭ ޝިފާން އަޙްމަދު
ހު
މަނިކު އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް
01- ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/932 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ،
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/932 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ތ. ތިމަރަފުށީ އަންނާރުމާގޭ ޝިފާން އަޙްމަދު މަނިކު، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ވަޒީފާގައި އުޅެމުން މީނާގެ މައްޗަށް ތުހުމަތު ކުރެވުނު ބަނގުރާ ބުއިމުގެ މައްސަލައަކާ ގުޅިގެން
18 މާރޗް 2008 ދުވަހު ބަންދުކޮށް، އޭގެ 06 (ހައެއް) މަސް ދުވަސް ފަހުން ބަންދުން މިނިވަން
ވުމަށްފަހު، ކުޑަކުދިންގެ ބަގީޗާގެ އިރުއުތުރު ކަންމަތީގައި ކާރެއް ކައިރީ މަޑުކޮށްގެން ހުރި ރީނދޫގޭ
އާދަމް ނަޞީރު އަބޫބަކުރު، މީނާ ގާތު، މަސްތުވާތަކެތީގެ މައްސަލައެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގައި
ބަންދުކޮށްފައި އިން ގ. ހިލްމަން ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު ސަލާމަތްކޮށްދިނުމަށްޓަކައި ޝަރީޢަތުގެ
މަޖިލީހުގައި ހެކި ބަހެއް ދީފިނަމަ، ތަފާތު ޢިނާޔަތްތަކެއް ދޭނެކަމަށް ބުނުމުން، ހެކިބަސް ދޭނެކަމަށް
ބުނެފައިވާތީ، ޤާނޫނުލް އުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ޝިފާން އަޙްމަދު މަނިކުގެ މައްޗަށް
އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވަނީ، އެގޮތަށް ހެކިބަސް ދޭނެކަމަށް ތަޙުޤީޤު ބަޔާނުގައި ޝިފާން އަޙްމަދު މަނިކު ބުނެފައިވީ
ހިނދު، ޝިފާން އަޙްމަދު މަނިކު، މިހެކި ބަސް ދޭން އެއްބަސްވެފައިވަނީ މިކަމުގެ މުހިންމުކަން މީނާގެ
ހައި9
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{{09/HC-A/271
ވިސްނިގެން މިކަމަކީ ކިހިނެއް ކޮންގޮތަކަށް، ބަޔަކު މީހުން ރާވައިގެން ހިންގާ ކަމެއްތޯ ބަލައި، މިކަމަކީ
އަސްލުވެސް ބަޔަކު މީހުން ރާވައިގެން ރާއްޖޭގައި އެވަގުތު ފެންމަތިވެފައިވާ އެންމެ ނުރައްކާތެރި
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރެވުނު ފަރާތް އެމައްސަލައިން ސަލާމަތް ކުރަމަށްޓަކައި ކުރާ
ކަމެއްތޯ ބަލައި، މިކަމުގެ ފުރިހަމަ މައޫލޫމާތު ލިބި މިކަން ޔަޤީންވުމުން، އަންގަންޖެހޭ ރަސްމީ ފަރާތަށް
މިކަން އެންގުމުގެ ނިޔަތުގައިކަމަށް ޝަރީޢަތުގައި ބުނެފައިވާކަމަށާއި، އިސްވެދިޔަ ގޮތުގެ މަތިން ޝިފާން
އަޙްމަދު މަނިކު، މިކަމުގެ ފުރިހަމަ މަޢޫލޫމާތު މިކަމުގެ އެންމެ މުހިންމު ވަގުތުގައި ފުލުހުންނަށް
ފޯރުކޮށްދީފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަން އިނިސްޕެކްޓަރ މުޙައްމަދު ޖިނާޙާއި، އަޙްމަދު
ޝުހާދާއި، ނީރުވިކް، އަޙްމަދު ހިޝާންގެ ބަހުން އެގެން އޮންނާތީ، ދައުލަތުން ޝިފާން އަޙްމަދު މަނިކުގެ
މައްޗަށް ކުޅަ އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅުއްވައިކަން އެނގެން
މެވެ.
އ ހދ 44
އޮންނަކަމެ
03 ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/932 ޤަޟިއްޔާ އެކޯޓުން ބައްލަވައި ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:
2444
19
(ހ) ފުރަތަމަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ
މާއްދާގައި ތުޙުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުން ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފަކީ ޞައްޙަ
ތިރާފެއްކަމަށް ބަޔާންކޮށް ފައިވާއިރު، ތިމަރަފުށީ އަންނާރުމާގޭ ޝިފާން އަޙްމަދު މަނިކު 26 ޖޫން
2008 ދުވަހު ދަޢުވާ ހުށަހެޅުމުން ޞަރީޙަ ބަހުން ދަޢުވާގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ ކޮށްފައިވާ
ކަންތައްކަމަށް ބުނެ އިޢުތިރާފުވެ، 06 މާރޗް 2008 ދުވަހު ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ ކަންހިނގާފައިވާ
ގޮތަށް އެއްވެސް މަޖުބޫރުކަމެއްނެތި ދީފައިވާ ބަޔާނެއްކަމާއި އެބަޔާނުގައިވާ ކަންތައްތަކަކީ ޙަޤީޤަތެއްކަމަށްބުނެ
ޝަރީޢަތުގެ މަޖްލީހުގައި އިޢުތިރާފުވެފައި ވަނިކޮށް، އިޢުތިރާފުގެ މައްޗަށް ނުބައްލަވާ ލިބިފައިވާ ހެއްކާއި
ހަރުދަނާ ޤަރީނާ ތަކަށް ރިޢާޔަތް ނުކުރައްވައި، ޝިފާން އަޙްމަދު މަނިކުގެ މައްޗަށް ކުށް ސާބިތުނުވާކަ
ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތނުވާކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2{{9/HC-A/271
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ނ) ދެވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
04- ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/932 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނު
އެނުކުތާތަކާގުޅޭ ގޮތުން ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުންނާއި، މިއިސްތިއުނާފް ދަޢުވާ ރައްދުވާ ތ. ތިމަރަފުށީ އަންނާރުމާގޭ ޝިފާން އަޙްމަދު
މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޖިނާއީ
ކޯޓުގެ ނަންބަރު 2008/JC/932 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖްލީހުގައި ވާ އިޢުތިރާފު ފިޔަވައި، އެހެން
އިޢުތިރާފުތަކަކީ ހެއްކެއްކަމުގައި ނުބެލެވޭންކަމަށް ބުނެފައިވާއިރު، ދައުލަތުން ތ. ތިމަރަފުށީ އަންނާރުމާގޭ
ޝިފާން އަޙްމަދު މަނިކުގެ މައްޗަށް ހުށަހެޅި އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއަށް އޭނާ
އިންކާރުކޮށްފައިވާކަން 26 ޖޫން 2008 ގައި ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޝިފާން އަޙްމަދު މަނިކު
ދީފައިވާ ބަޔާނުން ސާފުކޮށް އެނގެން އޮންނަކަމާއި، އަދި އޭނާގެ މައްޗަށް ދައުލަތުން ކުރި ދަޢުވާ ބިނާކުރި،
އޭނާ 06 މާރޗް 2008 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް
ޔުނިޓަށް ދީފައިވާ ބަޔާނަކީ، އޭނާއަކީވެސް އެހާދިސާ ހިނގިއިރު މޯލްޑިވްސް ޕޮލިސް ސަރވިސްގައި
ވަޒީފާއަދާކުރަމުން ގެންދިޔަ މީހެއްކަމަށާއި މަސްތުވާތަކެތީގެ މައްސަލަތަކަކީ، ދިވެހިރާއްޖެއަށް ޢާންމުވެ
ފެތުރެމުންދާ ނުރައްކާތެރި ވަބާއެއް ކަމަށްވުމާއެކު ހައްޔަރުކުރެވިފައިވާ ބައެއްގެ ފަރާތުން ޝިފާން އަޙްމަދު
މަނިކަށް ލިބުނު މައުލޫމާތުން އެއީ ކޮންގޮތަކަށް ކިހިނެއްވާކަމެއްތޯ ޔަގީންކޮށްލުމަށްޓަކައި އެކަމާމެދު
ޚިޔާލުކުރުމަށްފަހު، އެކަމަކީ ޙަޤީޤަތުގައިވެސް ބަޔަކު މީހުން ކުރަން އުޅޭކަމެއްތޯ ނުވަތަ ހަމަ ދައްކާލި
ވާހަކައެއްތޯ ބަލައި، ކަމާބެހޭ
ފަރާތަށް އެކަމުގެ ޙަޤީޤަތެއްވާނަމަ، އެންގުމުގެ ނިޔަތުގައި ދެއްކި
ވާހަކައެއްކަމަށާއި، އޭނާގެ ތަޙްޤީޤު ބަޔާނުގައި ބުނެފައިވާ ގިނަ ވާހަކަތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
އިންވެސްޓިގޭޝަނުން ކުރައްވާ ސުވާލުތަކާ އަދި އެކަމަކީ ހިނގާކަމެއްކަން އަދި އެކަން ހިނގަންއުޅޭކަން
ބަޔާންކޮށް ދިނުމުގެ ގޮތުން ބުނެފައިވާ ވާހަކަތަކެއް ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ރިޝްވަތެއް ނިމާތް
/
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2{{39/HC-A/271
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22
0 ދ ތއ
ނޫންކަމަށާއި،
ރިޝްވަތެއް ލިބިގަތުމަށް ނުވަތަ ހެކިބަހެއް ދިނުމުގެ ނިޔަތުގައި ނުވަތަ ހެކި ބަހެއް ދޭންކުރި ކަމެއް
އެއީ އެކަން ހިނގާކަން ދެނެގަނެ، އެކަން ކުރާ މީހުން ހައްޔަރުކުރުމަށް ނެގިފައިވާ
ބަޔާނެއްކަމަށާއި، އަދި އެމީހުންނާ ޝިފާން އަޙްމަދު މަނިކާ ދެކެވުނު ވާހަކަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ސައިނިސްޕެކްޓަރ މުޙައްމަދު ޖިނާއަށް ރިޕޯޓުކޮށްފައިވާކަމަށްބުނެ، އޭނާ އެކަމުގެ މަޢުލޫމާތު ދީފައިވާކަން
ސާބިތުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބްއިނިސްޕެކްޓަރ މުޙައްމަދު ޖިޙާއި،
ސަބްއިނިސްޕެކްޓަރ އަޙްމަދު ޝުހާދާއި ގ. ނީރުވިސް އަޙްމަދު ހިޝާން ޝަރީޢަތަށް ހެކިންގެ ގޮތުގައި
ޙާޟިރުކޮށް ދިނުމަށް އެދިފައިވާކަން 26 ޖޫން 2008 ގައި، ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޝިފާން
އަޙްމަދު މަނިކުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
04 0
ހ) ދެވަނަ ކަމަކީ: ތިމަރަފުށީ އަންނާރުމާގޭ ޝިފާން އަޙްމަދު މަނިކުގެ މައްޗަށް
ދައުލަތުން، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާކޮށްފައިވަނީ އޭނާ 06 މާރޗް 2008 ވަނަ ދުވަހު
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޔުނިޓުގެ ތަޙްޤީޤުގައި
އިޢުތިރާފުވެފައިވާތީކަން އެނގެން އޮންނައިރު، އެދަޢުވާ ޝިފާން އަޙްމަދު މަނިކުގެ މައްޗަށް ހުށަހެޅުމުން
އެދަޢުވާއަށް އޭނާ އިންކާރުކޮށް އޭނާ އިންކާރުކުރި ކަންތައްތައް ސާބިތުކުރުމަށް ހުށަހެޅި ހެކިން ކަމުގައިވާ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބްއިނިސްޕެކްޓަރ މުޙައްމަދު ޖިނާއާއި، ސަބްއިނިސްޕެކްޓަރ އަޙްމަދު
ޝުހާދާއި ސ. ނީރުވިސް އަޙްމަދު ހިޝާން ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި، ޝިފާން
އަޙްމަދު މަނިކު ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި މަސްތުވާތަކެތީގެ މައްސަލެއްގެ ތުހުމަތުގައި މޯލްޑިވްސް ޕޮލިސް
ސަރވިސްގައި ހައްޔަރުކޮށްފައިވާ ހިލްމަން ޢަބްދުލްޙަމީދު ޢަބްދުއްޞަމަދުގެ މައްސަލައިގައި ހެކިބަސް
ދިނުމަށް އޭނާގެ ގާތުގައި އެދުނުކަމުގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވަނީ ޝިފާން
އަޙްމަދު މަނިކުގެ ފަރާތުންކަން އެނގެން އޮތުމުން، އެމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް
ދިނުމަށް ޝިފާން އަޙްމަދު މަނިކާ ވާހަކަ ދެއްކި މީހުން އޭނާގެ ގާތުގައި އެދުނު ފަދައިން އަދި އެގޮތަށް
ހެކިބަސް ދިނުމަށް އޭނާ ހުރިނަމަ އެކަން އޭނާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓް ނުކު
ކުރާނެކަން
ބުއްދީގެ ހަމަތަކުން ބަލާއިރު، ޤަބޫލުކުރެވޭކަމެވެ.
2 22
22
99 ﷲ0
ހެޗެށް
އިންކަމުން، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/932 ޤަޟިއްޔާގައި، ކުރައްވާފައިވާ
ދަލުގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަކަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއް
ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ބަދިގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2{{09/HC-A/271
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
09
24
ދެންފަހެ، އިސްވެބަޔާން ކުރެވުނު ކަންތައްތައް ބަޔާންކުރެވުނު ގޮތުގެ މަތިން ހުރުމުން،
ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/932 ޤަޟިއްޔާގައި، ޝިފާން އަޙްމަދު މަނިކުގެ މައްޗަށް
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރެއްވި، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް
ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބަލާނެ
ތަނެއްނެތްކަމަށް މިޤާޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށް ފީމެވެ.
OXO
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv