ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/274 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/274
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 274/HC
-
A/2011
އިސްތިއުނާފުކުރި ފަރާތް:
ނަން: ޙަސަން ތައުފީޤް
، ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 5285
މިހާރުގެ އެޑްރެސް:
* އައިޑީކާޑް ނަންބަރު: A063157
ބަދަލުގައި: އޒް. ޢަތް
ޢަބްދުއްނާޞިރު ޝަފީޤް ދާއިމީ އެޑްރެސް: ރީހުއްސަބާ/ ޅ.ކުރެންދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ސައްޔިދު އަޙްމަދު
ދާއިމީ އެޑްރެސް: މއ. ޒީނިޔާމާ
މިހާރުގެ އެޑްރެސް: މއ.
އައިޑީކާޑް ނަންބަރު: A067568
ތަދައްޚުލުވި ފަރާތް:
ނަން: މުޙައްމަދު އަޙްމަދު * ދާއިމީ އެޑްރެސް: ބާބްލްއަވާލީ ހދ.ކުޅުދުއްފުށި
* މިހާރުގެ އެޑްރެސް: ބާބްލްއަވާލީ/ ހދ.ކުޅުދުއްފުށި އައިޑީކާޑް ނަންބަރު: A112128
ބަދަލުގައި: އޏ.ޒުންނަވާރު ސަލީމް * ދާއިމީ އެޑްރެސް: މ.ނައިންހައުސް
ޒީނިޔާމާ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 29 ނޮވެމްބަރު 2011
ނިމުނު ތާރީޚް: 21 މެއި 2013
0
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2010/MC
/
2009
)
293
/
Cv
-
C/3188)
ޤަޟިއްޔާގެ ބާވަތް: މއ.ޒީނިޔާމާ ގަތުން
ނިންމެވި ކޯޓް: ސިވިލް ކޯޓު
ހުށަހެޅި ތާރީޚް: 24-12-2009
ނިމުނު ތާރީޚް: 07-08-2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުލްޣަނީ
މުޙައްމަދު ، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
highcourt.gov.mv
2
2011/HC-A/274
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
293
/
Cv
-
C/3188) ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން
އެދި މާލެ ދަފްތަރު ނަންބަރު 5285 ޙަސަން ތައުފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ މާލެ/ މއ. ޒީނިޔާލާ ސައްޔިދު އަޙްމަދު
އެވެ. މިޤްޟިއްޔާއަށް ހދ.ކުޅުދުއްފުށި، ބާބެލްއަވާލީ މުޙައްމަދު އަޙްމަދުގެ ފަރާތުން
ތަދައްޚުލުވެފައިވެއެވެ.
• ފާހަގަކުރެވުނު ނުކުތާތައް
01- ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
293
/
Cv
-
C/3188) ޤަޟިއްޔާ
ޒީނިޔާމާ ސައްޔިދު އަޙްމަދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ.ޒީނިޔާމާ އެވެ ކިޔާ
453.27 އަކަފޫޓުގެ އަމިއްލަ ގޯތީގެ އަމިއްލަ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ
400,000 (ހަތަރު ލައްކަ ) ރުފިޔާގެ އަގަށް ދަފްތަރު ނަންބރު 5284
ޙަސަން ތަޢުފީޤު
ގަތުމަށް ހުށަހެޅުމުން ބެލުނު ގަތުމާއިބެހޭ މުޢާމަލާތުގެ މައްސަލައެކެވެ.
I
މއ.
02- އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ " ދެންފަހެ އިސްވެދިޔަ ބަޔާންތަކަށާއި
ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، ޒީނިޔާމާ ސައްޔިދު އަޙްމަދުގެ ނަމުގައި
ރަޖިސްޓްރީ ކޮށްފައިވާ ޒީނިޔާމް ކިޔާ 458.27 އަކަފޫޓުގެ އަމިއްލަ ގޯތީގެ އަމިއްލަ ބިމާއި
ޢިމާރާތްތަކާއި ނުއުފުލޭ މުދާ 400,000 (ހަތަރު ލައްކަ ) ރުފިޔާގެ އަގަށް ދަފްތަރު ނަންބަރު
5284 (މއ. އިވްނިންގރޯސް) ޙަސަން ތައުފީޤަށް ވިއްކާފައިވާ ކަމުގައި ޙަސަން ތައުފީޤު ބުނާ
މުޢާމަލާތަކީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާގެ
ދަށުން ހެދިފައިވާ " ގޯތި ގަނެވިއްކުމާއި ބެހޭ ޤަވާއިދު" ގެ 9 ވަނަ މާއްދާގެ (ހ) ގައި އެވާ
ވިއްކުމާއި ބެހޭ މުޢާމަލާތު ޝަރީޢަތް މެދުވެރިކޮށް ހިންގުން" ކަމަށް ބުނާގޮތާއި އެއްގޮތަށް
I
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2!311/HC-A/274
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވިއްކުމާއި ބެހޭ މުޢާމަލާތުގައި ހިމެނޭ އެންމެހައި ކަންތަކާއި، މިވިޔަފާރީގެ ޢަޤުދު ޝަރީޢަތުގެ
ކުރިމަތީގައި ޝަރީޢަތުގެ މަޖިލީހުގައި ހިނގާ ގޮސްފައިވާ މުޢާމަލާތެއް ކަމަށް ނުވާތީ، ޝަރީޢަތުގެ
ބޭރުގައި ވިއްކާފައިވާ ކަމުގައި ޙަސަން ތައުފީޤު ބުނެފައިވާ މުޢާމަލާތެއްގެ ދަށުން މއ. ޒީނިޔާމާ
ގޯތިވެރި ސައްޔިދު އަޙްމަދުގެ ބަހެއް ނެތި މއ. ޒީނިޔާމާ ގޯތީގެ ބިމާއި ޢިމާރާތްތަކާއި ނުއުފުލޭ
މުދާ ޙަސަން ތައުފީޤަށް މިލްކުކޮށް ދެވޭނެ ތަނެއް ނެތްކަމާއި، އަދި މިވިއްކުމުގެ މުޢާމަލާތު
ޞައްޙަކަމުގައި ޝަރީޢަތުގެ ފަރާތުން ބެލެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
މިފަދައިން ކަން އެނގެން އޮވެއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
293
/
Cv
-
C/3188) ޤަޟިއްޔާ
ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން
އެދި 0 މާލެ ދަފްތަރު ނަންބަރު 5285 ޙަސަން ތައުފީޤުގެ ފަރތުން 6 (ހައެއް) ނުކުތާއެއް ހުށަހަޅާ
އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ޙަސަން ތައުފީޤު އާއި މއ. ޒީނިޔާމާ ސައްޔިދު އަޙްމަދު އާއި
ދެމެދު 2005 ޖުލައި 16 ވަނަ ދުވަހު ކުޅަ އެގްރިމެންޓުގެ ދަށުން ސައްޔިދު އަޙްމަދު، ޙަސަން
ތައުފީޤު އަށް ވިއްކާފައިވާ "ލއ. ޒީނިޔާމާ" އެވެ ކިޔާ ގޯތީގެ ބޮޑުމިނަކީ 453.27 އަކަފޫޓު
ކަމަށްވާއިރު ސައްޔިދު އަޙްމަދު ޙަސަން ތައުފީޤު އަށް ވިއްކި "ލއ. ޒީނިޔާމާ" އެވެ ކިޔާ ގޯތީގެ
ބޮޑުމިނުގައި 458.27 އަކަފޫޓު ހުރިކަމަށް ޤާޟީ ވިދާޅުވެ ޙުކުމުގައި ގޯތީގެ ބޮޑުމިނުގެ ޙަޤީޤަތް
އޮޅުވާލާފައިވާކަމަށް ދެކޭ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ގޯތިގަނެވިއްކުމާބެހޭ ޤަވާޢިދަކީ ގާނޫނު ނަންބަރ
1/2002(ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 141 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ގޯތި ގަނެ
ވިއްކުމާބެހޭ ޤަވާޢިދެއް ނެތް ހިނދު، އަދި ގާނޫނު ނަންބަރ 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނު)ގައި 141 ވަނަ މާއްދާ ނެތްހިނދު، ގޯތި ގަނެވިއްކުމާބެހޭ އެ ޤަވާއިދަކީ ގާނޫނު ނަންބަރ
1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 141 ވަނަ މާއްދާގެ ދަށުން ހެދިފައިވާ
ޤަވާޢިދެއްކަމަށް ސިވިލްކޯޓުގެ ޙުކުމުގައި ވިދާޅުވެފައި ވުމަކީ ޙަޤީޤަތް އޮޅޭގޮތަށް ވިދާޅުވެފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2011/HC-A/274
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
.ކ. 9 ހ
8އލި329އ
ވިދާޅުވުމެއް ކަމަށްވުމުން މައްސަލަ
ޙަޤީޤަތް ހާމަކުރުމުގައި ޤާޟީގެ
ޢަދުލުވެރިކަމުން އެއްކިބާވެފައިވާކަމުގައި ދެކޭ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
0
• ތިންވަނަ ނުކުތާއަކީ، ޙަސަންތައުފީޤު ސިވިލްކޯޓަށް ހުށަހެޅުއްވި
މައްސަލައަކީ ޙަސަންތައުފީޤާ މއ. ޒީނިޔާމާ ސައްޔިދު އަޙްމަދާ ދެމެދު 2005 ޖުލައި 16
ވަނަ ދުވަހު ކުޅަ އެގްރިމެންޓުގެ ދަށުން ސައްޔިދު އަޙްމަދު، ޙަސަންތައުފީޤަށް ވިއްކާފައިވާ
"ލއ. ޒީނިޔާމާ" އެވެ. ކިޔާ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާ ވަޅުފަދަ ތަންތަން -/400,000
(ހަތަރުލައްވަރުފިޔާ) އަށް ޙަސަން ތައުފީޤު ގަތުމަށްފަހު ވިޔަފާރީގެ މައްސަލަ ކޯޓަށް
ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރ 9/68 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ 2ވަނަ
މާއްދާގެ ދަށުން ވިޔަފާރީގެ ޢަޤުދު ސާބިތު ކުރުމަށްކަމަށް ވިޔަސް މިމައްސަލަ ގޯތި
ގަނެވިއްކުމުގެ ޤަވާޢިދުގެ 9 ވަނަމާއްދާގެ (ހ) އާއި ތަޢާރަޟް ނުވާއިރު، ސިވިލް ކޯޓުގެ
ޝަރީޢަތުން ގޯތި ގަނެވިއްކުމުގެ ޤަވާޢިދުގެ 9 ވަނަމާއްދާގެ (ހ) ތަރުޖަމާކޮށް ތަޠުބީޤު
ކޮށްފައިވަނީ، ޤާނޫނީ ހަމަތަކުންކަމަށްބެލެވެން ނެތް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، ސައްޔިދު އަޙްމަދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
"ލއ. ޒީނިޔާމާ" ކިޔާ 453 އަކަފޫޓު ގޯތީގެ ބިމާ ޢިމާރާތްތަކާ ނުއުފުލޭ މުދާ ޙަސަން
ތައުފީޤަށް ވިއްކުމަށް ސައްޔިދު އަޙްމަދު ޙަސަންތައުފީޤު ދެމެދު 16 ޖުލައި 2005 ގައި
އެއްބަސްވެފައިވާ އެއްބަސްވުމަކީ ކޯޓުގައި ރަޖިސްޓްރީކޮށްފައި ނުވާ ލިއުމެއް ކަމުގައި
ވުމުންނާއި، މިލިއުމާމެދު ސައްޔިދު އަޙްމަދު ޝަރީޢަތުން ސުވާލު ކުރެވޭނެ މަގެއް
ފެނިފައިނުވުމުންނާއި މިލިއުމާމެދު ސައްޔިދު އަޙްމަދު ގެ ދަރި މުހައްމަދު އަޙްމަދު ޝައްކު
އުފައްދާފައިވުން ކަމަށް ބަޔާންކޮށް މުޢާމަލާތް އެލިއުމެއްގެ މައްޗަށް ބުރަވެ ޢަމަލުކުރެވެން އޮތް
ލިއުމެއްކަމުގައި ބެލެވެން ނެތް ކަމަށް ސިވިލްކޯޓުގެ ޝަރީޢަތުން ކަނޑައަޅާފައިވަނީ،
ހެކިންގެ ސޮއިކޮށްފައިވާ އެއްވެސް ފަރާތެއްގެ
ހެކިބަސް
ހޯދުމަކާނުލައިކަމާއި، އަދި އެއްބަސްވުމުގައިއޮތް ސައްޔިދު އަޙްމަދު ގެ ސޮޔަކީ ތަފާތު
ސޮޔެއްކަމަށް އެނާގެ ދަރި މުޙައްމަދު އަޙްމަދު ބުނެ ޝައްކު އުފައްދާފައިވާއިރު، އެލިއުމަކީ
ސައްޔިދު އަޙްމަދު ގެ އިނގިލީގެ ނިޝާން ޖަހާފައިވާ ލިއުމަކަށްވާއިރު، ސޮޔާ އިނގިލީގެ
ނިޝާނަކީ ސައްޔިދު އަޙްމަދު ގެ ސޮޔާއި އިނގިލީގެ ނިޝާންތޯ ޝަރީޢަތުގެ ފަރާތުން
ބެއްލެވުމެއްނެތި އެލިއުމަކީ ޢަމަލު ކުރެވެން އޮތް، ލިއުމެއް ކަމުގައި ކަނޑައެޅެން ނެތް ކަމަށް
¢ 0
¢ ހ 0
2
7
2
އެއެއްބަސްވަމުގއި
ސްވުމުގައި
*2 ހ
کفر کی
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2011/HC-A/274
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤާޟީ ފާހަގަކުރައްވާފައި ވުމުން މައްސަލަ ބެއްލެވުމުގައި ޤާޟީގެ ޢަދުލުވެރިކަން ޤާއިމުކޮށްފައި
ނުވުންކަމަށް ދެކޭ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ، މިމައްސަލާގައި ހުށަހެޅިފައިވާ އެއްވެސް ހެއްކެއް ޝަރީޢަތުގެ މަޖިލީހަށް
ޙާޟިރުކޮށް ހެކި ބަސް ނަގާފައިނުވާކަމަށް ދެކޭ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
OXOO
• ހަވަނަ ނުކުތާއަކީ، ސައްޔިދު އަޙްމަދު ގެ ބަދަލުގައި ޝަރީޢަތަށް ޙާޟިރުވުމަށް
ސައްޔިދު އަޙްމަދު އައްޔަންކޮށްފައިވާ އޒް. ޢަބްދުލްޙަކީމު ރަޝާދަށް ދީފައިވާ ޕަވަރ އޮފް
އެޓަރނީ އަކީ މި މުޢާމަލާތުގައި ދެމިއޮތް ޕަވަރ އޮފް އެޓަރނީއެއް ކަމަށް ބެލެވޭ ކަމަށް ޤާޟީ
ވިދާޅުވެފައިވުމާއި ޕަވަރ އޮފް އެޓަރނީ ގެ ދަށުން ޖަވާބުދާރީވެވޭނެ މިންވަރަށް ޖަވާބުދާރީވާން
ހުންނެވި ކަމަށް އޒް. ޢަބްދުލްޙަކީމު ރަޝާދު ވިދާޅުވެފައިވަނިކޮށް އެފުރުޞަތު ނުދެއްވާ މައްސަލަ
ނިންމަވާފައިވާ ކަމަށް ދެކޭ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
0 /
3
ސިވިލް ކޯޓުގެ ނަންބަރު
2010/MC
/
2009
)
293
/
Cv
-
C/3188) ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ މާލެ ދަފްތަރު ނަންބަރު 5285 ޙަސަން ތައުފީޤުގެ
ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަ
/ އ ވ2 2
4
2
2
.ގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011HC-A/274
293/Cv-C/2010
(ހ) ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު
(2009/MC/3188) ޤަޟިއްޔާއަށް ބަލާއިރު އެމައްސަލައަކީ ޒީނިޔާމާ ސައްޔިދު އަޙްމަދުގެ
ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ.ޒީނިޔާމާ ކިޔާ އަމިއްލަ 453.27 އަކަފޫޓްގެ އަމިއްލަ ގޯތީގެ
އަމިއްލަ ބިމާއި ޢިމާރާތްތަކާއި ނުއުފުލޭ މުދާ ސައްޔިދު އަޙްމަދުއާއި ދަފްތަރު ނަންބަރު 5285
ޙަސަން ތައުފީޤުއާއި ދެމެދުގައި 16 ޖުލައި 2005 ދުވަހު މއ. ޒީނިޔާމާ ވިއްކުމަށް
އެއްބަސްވެފައިވާ ކަމުގައި ޙަސަން ތައުފީޤު ބުނެ ހުށަހަޅާފައިވާ ރަޖިސްޓްރީ ނުކުރާ
އެއްބަސްވުމުގައި ވާގޮތަށް އަގު އަދާކުރާ ގޮތަށް ޙަސަން ތައުފީޤުއަށް ޒީނިޔާމާ ކިޔާ އަމިއްލަ
ގޯއްޗާއި އިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަ ބިން ވިއްކާފައިވާ ކަމަށާއި މިގޯއްޗާއި
އިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަ ބިން ގަނެ އަގުވެސް މިހާރު އަދާވެ ނިމިފައިވާ ކަމަށާއި
މިވިޔަފާރި ޞައްޙަކަމަށް ޝަރީޢަތުން ކަނޑައަޅައި މއ.ޒީނިޔާމާ ކިޔާ އަމިއްލަ ގޯއްޗާއި
ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަ ބިމުގެ މިލްކުވެރިކަން ޙަސަން ތައުފީޤަށް ބަދަލުކުރުމަށް
ޙަސަން ތައުފީޤު ބޭނުންވާތީ، މިގޯއްޗާއި ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަ ބިން ސައްޔިދު
ޙަސަން ތައުފީޤަށް ވިއްކާފައި ވަނިކޮށް ވިއްކިޔަ ނުދިނުމަށް ސައްޔިދު އަޙްމަދުގެ
ދަރިންނަށް އިންކާރު ނުކުރެވޭނެ ކަމަށާއި، ސައްޔިދު އަޙްމަދު ވީ ތަނެއް ނޭގުމަކުން އަދި
ފުރައިގެން ދިޔަފަހުން ޙަބަރެއް ނުވެ ގިނަ ދުވަސްތަކެއް ވުމަކުން ޙަސަން ތައުފީޤަށް ލިބިގެންވާ
ޙައްޤު ވިއްކާފައިވާ އެބިމުގެ މިލްކުވެރިކަން ބަދަލުނުކުރެވެންވީ ކަމެއް ނެތްކަމަށާއި ޤާނޫނު ނަންބަރު
9/68 ( މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ (ބ) ގައިވާ ލިޔުމެއް ގޮތަށް ސައްޔިދު
އަޙްމަދުގެ ބަދަލުގައި ފޮނުވާ ފަރާތް ހަމަޖައްސާފައިވާ ޕަވަރ އެޓާރނީ ބެލޭނެ ކަމަށާއި ވިއްކާފައިވާ
އެބިމުގައި ހެދިފައިވާ އެއްބަސްވުމުގެ ދަށުން ޤަނޫނު ނަންބަރު 28/76 (ސަރުކާރުގައި
.ދުގެ
02
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011HC-A/274
ރަޖިސްޓްރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި އަމިއްލަ ކުރާ އުސޫލު) އިން އަމިއްލަކޮށްފައިވާ
ބިމެއް ކަމަށާއި ، ސައްޔިދު އަޙްމަދުގެ ދަރިންގެ މަންމަގެ ނަމުގައި ހދ.ކުޅުދުއްފުށީގައި ގޯއްޗެއް
އޮތުމާއި ޓެކްސްވެސް ޙަސަން ތައުފީޤު ދައްކާފައިވާ ކަމަށާއި މިވިޔަފާރީގެ މުޢާމަލާތް ޞައްޙަކަމަށް
ބެލުމުގައި ޤާނޫނީ އެއްވެސް ހުރަހެއް އޮތްކަމުގައި ނުދެކޭ ކަމުގައި ޙަސަން ތައުފީޤު ބުނެ
މއ.ޒީނިޔާމާ ކިޔާ އަމިއްލަ ގޯތި ވިއްކާފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ޙަސަން ތައުފީޤުގެ
ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ބައްލަވާފައިވާ މައްސަލައެއްކަން އެނގެއެވެ.
މއ.
(ނ) ދެވަނަ ނުކުތާއަކީ، ޙަސަން ތައުފީޤުއާއި ސައްޔިދު އަޙްމަދުއާއި ދެމީހުންގެ
މެދުގައި" މއ.ޒީނިޔާމާ" އެވެ ކިޔާ ގޯތީގެ އަމިއްލަ ބިމާއި އިމާރާތްތަކާއި ނުއުފުލޭމުދާ ހަތަރުލައްކަ
ރުފިޔާއަށް ގަނެވިއްކުމުގެ ވިޔަފާރީގެ މުޢާމަލާތް ނިމިފައިވާ ކަމަށް ބުނެ މިވިޔަފާރި ޞައްޅަކަމަށް
ޝަރީޢަތުން ކަނޑައަޅާ ދިނުމަށާއި ޒީނިޔާމާ ކިޔާ އަމިއްލަ ގޯއްޗާއި އިމާރާތްތަކާއި
ނުއުފުލޭމުދަލާއި އަމިއްލަ ބިމުގެ މިލްކުވެރިކަން ޙަސަން ތައުފީޤަށް ބަދަލުކޮށްދިނުމަށް އެދި ޙަސަން
ތައުފީޤުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން އެކޯޓަށް ހުށަހަޅާ ފައިވާ
ލިޔުންތަކަށް ބަލާއިރު އަދި ސައްޔިދު އަޙްމަދުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ
ޒީނިޔާމާ
ކިޔާ 453 އަކަފޫޓު ގޯތީގެ ބިމާއި އިމާރާތްތަކާއި ނުއުފުލޭމުދާ -/400000 ރުފިޔާ ( ހަތަރު ލައްކަ
ރުފިޔާ) އަށް ވިއްކުމުގެ މުޢާމަލާތް ހިންގާފައިވާ ކަން ޙަސަން ތައުފީޤުއާއި ސައްޔިދު އަޙްމަދުއާއި
ދެފަރާތުގެ މެދުގައި 16 ޖުލައި 2005 ގައި ކުރެވިފައިވާ ކަމަށް ބުނާ އެގްރީމެންޓުގައި ބަޔާން
ކުރެވިފައިވާއިރު ސައްޔިދު އަޙްމަދުގެ ފަރާތުން 16 ޖެނުއަރީ 2007 ގައި ޢަބްދުލް ޙަކީމް
ރަޝާދުއަށް ދީފައިވާ ޕަވަރ އޮފް އެޓާރނީ އަކީ " މއ. ޒީނިޔާ " އެވެ. ކިޔާގޯތި ވިއްކުމާ ގުޅޭ
ކުރުމާއި މިލްކުވެރިކަން ބަދަލުކުރުގެ ކަންތައް ޝަރުއީ ކޯޓަށާއި ސަރުކާރުގެ
މަސައްކަތްތައް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011HC-A/274
އޮފީސްތަކަށް ހުށަހެޅުމާ ބެހޭ ކަންތައްތައް ތައްޔާރުކުރުމަށް ދީފައިވާ ޕަވަރ އޮފް އެޓާރނީ އެއް
ކަމާއި އަދި އޭގައި އެގޯތި ވިއްކާނެ އަގެއްވެސް ބަޔާންކުރެވިފައިނުވާ ކަމާއި އަދިއެގޯތީގެ
ބޮޑުމިނެއްވެސް ބަޔާންކުރެވިފައިނުވާ ކަމާއި މިދެ ލިޔުމަށް ބަލާއިރު 16 ޖުލައި 2005 ގައި
ސައްޔިދު އަޙްމަދުއާއި ޙަސަން ތައުފީޤުއާއި ދެމެދުގައި ވެފައިވާ ކަމަށް ބުނާ އެއްބަސްވުމުގައި މއ.
ޒީނިޔާމާ ކިޔާ 453 އަކަފޫޓުގެ ގޯތިވިއްކުމުގެ މުޢާމަލްތަށް ދެފަރާތުންވެސް އެއްބަސްވެފައިވާކަން
އެނގޭއިރު ސައްޔިދު އަޙްމަދު އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ " މއ. ޒީނިޔާ " ކިޔާ
ގޯތި ވިއްކުމާ ގުޅޭ މަސައްކަތްތައް ކުރުމަށްޓަކައި ދީފައިވާ ކަމަށްބުނާ ޕަވަރ އޮފް އެޓާރނީ އަކީ
16 ޖެނުއަރީ 2007 ގައި ސޮއިކުރެވިފައިވާ ލިޔުމަކަށްވާއިރު އެލިޔުމުގައި އެގޯތި ވިއްކުމުގެ
މުއާމަލާތަށް ސައްޔިދު އަޙްމަދާއި ޙަސަން ތައުފީޤާއި ދެފަރާތުން ކުރިން އެއްބަސްވެފައިވާ ކަމާއި
ގޯތި ވިއްކާ އަގާއި ގޯތީގެ ބޮޑުމިނާއި މިކަންކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ.
(ނ) ސައްޔިދު އަޙްމަދުގެ ފަރާތުން ޢަބްދުލް ޙަކީމް ރަޝާދުއަށް ދީފައިވާ ކަމުގައި ބުނާ
ޕަވަރ އޮފް އެޓާރނީ ގެ ލިޔުމަށް ބަލާއިރު އެއީ 16 ޖެނުއަރީ 2007 ގައި ލިޔެފައިވާ ލިޔުމެއް
ކަމާއި އެލިޔުމުގައި ބަޔާންކުރަނީ ސައްޔިދު އަޙްމަދުގެ މައްޗަށް ޙަސަން ތައުފީޤަށް ދައްކަންޖެހޭ
މަދަނީ ކޯޓުގެ ނަންބަރު 2004/MC/934 ޤަޟިއްޔާއިން ސާބިތުވި ދަރަންޏައި ގުޅިގެން
މއ.ޒީނިޔާމާ ކިޔާ ގޯތި ޙަސަން ތައުފީޤަށް ވިއްކުމަށް ދީފައިވާ ޕަވަރ އޮފް އެޓާރނީ އެއްގެ
ގޮތުގައި ކަމާއި
މަދަނީ ކޯޓުގެ ނަންބަރު 2004/MC/934 ޤަޟިއްޔާގައި ވަނީ ދަފްތަރު ނަންބަރު
5285 ޙަސަން ތައުފީޤު އަތުން ޒީނިޔާ ސައްޔިދު އަޙްމަދު ނަގާފައިވާ -/859,000
(އަށްލައްކަ ފަންސާސް ނުވަހާސް) ރުފިޔާގެ ދަރަނީގެ ބަދަލުގައި
ޒީނިޔާމާ ގޯތީގައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011HC-A/274
ޢިމާރާތްތައް ޙަސަން ތައުފީޤަށް ހަމަޖައްސާ ދެވެން ނެތްކަމަށާއި އެފައިސާ 01 (އެކެއް) މަސް
ދުވަހުގެ ތެރޭގައި ޙަސަން ތައުފީޤުއަށް ދިނުމަށް ސައްޔިދު އަޙްމަދު އަށް އަންގަވާ ހުކުމް
ކުރައްވާފައިވާ ކަމާއި
ސައްޔިދު އަޙްމަދުގެ ފަރާތުން ޢަބްދުލުލް ޙަކީމް ރަޝާދުއަށް ދީފައިވާ ކަމަށްބުނާ ޕަވަރަ
އޮފް އެޓާރނީ އަކީ އިސްވެ ބަޔާން ކުރެވުނު މަދަނީ ކޯޓުގެ ޤަޟިއްޔާގައި ސާބިތުވެފައިވާ ދަރަންޏަ
ގުޅިގެން ޒީނިޔާމާކިޔާ ގޯތި ޙަސަން ތައުފީޤަށް ވިއްކުމަށް ދީފައިވާ ޕަވަރ އޮފް އެޓާރނީ
އަކަށް ވާއިރު އެލިޔުމަކީ ރަޖިސްޓްރީ ކުރެވިފައިވާ ލިޔުމެއް ނޫން ކަމާއި އަދި އެޕަވަރ އޮފް
އެޓާރނީ ގައި ގޯތި ވިއްކަންވީ އަގެއް ބަޔާންކޮށްފައި ނެތުމުން ގޯތީގެ އަގަކީ ކޮބައިކަން އެގެން
ނެތްކަމާއި
އަދި ޤާނޫނު ނަންބަރު 1/2002 ( ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 24 ވަނަ
މާއްދާއާއި ގޯތި ވިއްކުމުގެ ގަވައިދުގެ 9 ވަނަ މާއްދާގެ (ށ) ގައި ވާ ފަދައިން، ގޯތި ވިއްކަން
އެދޭމީހާ އެމީހަކު ޝަރުއީ ގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައި ވުމާއި
މިފަދަ ތަފްސީލްތައް އެ ޕަވަރ އޮފް އެޓާރނީގައި ހިމެނިފައި ނުވާކަމާއި އެހެންކަމުން މި މުޢާމަލާތް
ޝަރީޢަތް މެދުވެރިކޮށް ކުރުމުގައި ޤާނޫނީ ގޮތުން ބަލަންޖެހޭ ބެލުންތައް ބަލާ ސާފުކުރުމަށްޓަކައި
މއ.ޒީނިޔާ ގޯތީގެ ވެރިފަރާތްކަމަށްވާ ސައްޔިދު އަޙްމަދު އެމައްސަލާގައި ދަށުކޯޓަށް ޙާޟިރުކޮށް
ބަހެއް ހޯދުމަށް ބޭނުން ވީ ހިނދު ނަންގަނެވުނު ޕަވަރ އޮފް އެޓާރނީގެ ދަށުން ގޯތި
ވިއްކުމު މުޢާމަލާތުގެ މައްސަލަ ދަށުކޯޓަށް ހުށަހެޅިތަނާ ސައްޔިދު އަޙްމަދު ރާއްޖެ ދޫކޮށް
ދިއުމާއެކު މުވައްކިލު ދުނިޔޭގައި ކުރި ކަމެއްވެސް ނުވަތަ ތްކަމެއް
މުވައްކިލުވަނީ ވަކީލްއަށް ސިއްރިޔާތުގައި ރާއްޖޭން ބޭރަށް ފިލައިގެން ގޮސް ޚަބަރެއްނުވާ ގޮތެއްގައި
& c4
0 ވ މ 4
4c4
04 މ 04
4
0
مصر مومو
ކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011HC-A/274
ކަމާއި ވަކީލާއި މުވައްކިލާއި ދެމެދު އެއްވެސް ގުޅުމެއް ނެތްކަމާއި އަދި ވަކީލަށް ދިންކަމުގައި ބުނާ
ޕަވަރ އޮފް އެޓާރނީގެ ދަށުން ހުށަހެޅި މއ. ޒީނިޔާމާ ކިޔާ ގޯތި ވިއްކުމުގެ އެމައްސަލަވެސް
ވަކީލުވަނީ ބާޠިލުކޮށްފައިކަންވެސް ލިޔުންތަކުންނާއި ބަޔާންތަކުން އެނގެއެވެ.
އަދި ވަކީލުއަށް އޭނާގެ މުވައްކިލު ވީތަނެއްވެސް ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަންވެސް
ނޭގޭއިރު އަދި މިމައްސަލާގެ އިސްތިއުނާފު ކުރާ ޙަސަން ތައުފީޤުގެ ފަރާތުން މިކޯޓަށް ހުށަހަޅާފައިވާ
ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު
ނަންބަރު 2012
/
1/C
/
INDIV-94 (04 ޖެނުއަރީ 2012) ފެލިޔުމުގައިވެސް ސައްޔިދު އަޙްމަދު
(A067568 ) އެންމެފަހުން ރާއްޖެއިން ބޭރަށް ފުރާފައިވަނީ 27 ޖެނުއަރީ 2007 ވަނަ ދުވަހު
ކަމަށާއި އަދި އެދުވަހުގެ ފަހުން އެބުރި ރާއްޖެއައިސްފައިވާ ކަމަށް އެޑިޕާރޓްމަންޓްގެ ރެކޯޑުތަކުން
ނުދައްކާ ކަމަށްވެސް ބަޔާންކުރެވިފައި ވުމުން މިމައްސަލާގައި ޕަވަރ އޮފް އެޓާރނީ ދިން ފަރާތް
މުޢާމަލާތް ކުރެވޭނެ އެއްވެސް ގޮތެއް ނެތްއިރު، ސައްޔިދު އަޙްމަދުގެ ފަރާތުން ޢަބްދުލް ހަކީމު
ރަޝާދުއަށް ދީފައިވާ ކަމަށްބުނާ ޕަވަރ އޮފް އެޓާރނީ އަށް
ނެތްކަން
42 ހތު 0
އ ހ މ ޅ ކ ވ
ޢަމަލުކުރެވެން
ފާހަގަކުރެވެއެވެ.
1 0
042
I
މއ. ޒީނިޔާމާ ކިޔާ ގޯތި ވިއްކުމަށް ސައްޔިދު އަހްމަދާއި ޙަސަން ތައުފީޤްއި
މިދެފަރާތުގެ މެދުގައި 16 ޖުލައި 2005 ގައި ކުރެވިފައިވާ އެއްބަސްވުމެއް ކަމަށްބުނާ ދަށުކޯޓަށް
ހުށަހަޅާފައިވާ އެއްބަސްވުމަށް ބަލާއިރު އެއެއްބަސްވުމަކީ ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ
އަދި އެއްބަސްވުމުގެ 03 ވަނަ މާއްދާގައި މިއެގްރީމެންޓްގަ
ބުނެފައިވާ ޒީނިޔާމާއެވެ ކިޔާ ގޯތީގެ 453 އަކަފޫޓް ބިމާއި އެބިމުގައިވާ އެންމެހައި
އިމާރާތްތަކާއި ވަޅުފަދަތަންތަން ވިއްކާ ފަރާތުން ވިއްކާ އަގަކީ އަދި ގަންނަ ފަރާތުން ގަންނަ އަގަކީ
-/400000 ރުފިޔާ ( ހަތަރު ލައްކަ ) ރުފިޔާ އެވެ." މިފަދައިން ބަޔާން
އެއްބަސްވުމެއް
7މ 0ވ
ނޫންކަމެއ
ކުރުމަށްފަހު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2!311/HC-A/274
އެއެއްބަސްވުމުގެ 04 ވަނަ މާއްދާގައި އަގު އަދާ ކުރަންވީ ގޮތް ބަޔާން ކުރެވިފައިވާ ކަމާއި އަދި
އަގުގެ އެންމެފަހު ޕޭމަންޓު ދައްކަން ޖެހެނީ މއ.ޒީނިޔާމާ އެވެ ކިޔާ ގޯތީގެ 453 އަކަފޫޓު ބިމާއި
އެބިމުގައި ވާ އެންމެހައި އިމާރާތްތަކާއި ވަޅުފަދަތަންތަން ގަންނަފަރާތުގެ މިލްކެއްކަމަށް ޝަރީޢަތުން
ކަނޑައަޅުއްވާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އެފައިސާ އެކީ އެއްފަހަރާ ދީގެން
ކަންވެސް އެއްބަސްވުމުގެ 04 ވަނަ މާއްދާއިން އެނގޭކަމާއި ޤާނޫނު ނަންބަރު 1/2002
(ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު) 24 ވަނަ މާއްދާގައި " މިޤާނޫނު ފާސްވުމުގެ ކުރިން ހުރި
އަމިއްލަ ބިންބިމާއި، ގޯތިގޯއްޗާއި، މިޤާނޫނަށް ޢަމަލުކުރަން ފެށުމަށް ފަހު، އަމިއްލަކުރާ ބިންބިމާއި
ގޯތި ގޯތި ވިއްކަންވާނީ، ނުވަތަ ހިބަޔަކުން، ނުވަތަ ވަޞިއްޔަތަކުން، ނުވަތަ އެނޫންވެސް ގޮތަކުން
ދެނީނަމަ ދޭންވާނީ، މިޤާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ
މަތިން، އަދި އެމާއްދާތަކުގައި ބުނެފައިވާ ޝަރުޠު ތަކުގެ މަތިންނެވެ."
ތަކުގެ މަތިންނެވެ." މިފަދައިން
ބަޔާންކޮށްފައިވާއިރު އަދި ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނުގެ 41 ވަނަ މާއްދާއިން ބާރުލިބިގެން
ހެދިފައިވާ ގޯތި ގަނެވިއްކުމާ ބެހޭ ޤަވާއިދުގެ 9 ވަނަ މާއްދާގައި ވިއްކުމާބެހޭ ބިމުގެ މުޢާމަލާތު
ހިންގަންވީ ގޮތް ބަޔާންކުރެވިފައިވާއިރު
ސައްޔިދު އަޙްމަދުއާއި ޙަސަން ތައުފީޤުއާއި މިދެފަރާތުގެ މެދުގައި ވެފައިވާ ކަމަށް ބުނާ
އެއްބަސްވުކީ އިސްވެނަންގަނެވުނު ޤާނޫނާއި ގަވާއިދާއި އެއްގޮތަށް ހިނގާފައިވާ އެއްބަސްވުމެއް
ނޫންކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި ބަޔާންތަކުން އެނގެއެވެ.
293/Cv-C/2010
މ 04
4
458.27
(ބ) އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު
(2009/MC/3188) ޤަޟިއްޔާގެ ހުކުމުގައި ޒީނިޔާމާ ކިޔާ ގޯތީގެ އަކަފޫޓުގެ މިންވަރުކަމަށް
ކަފޫޓް ކަމަށް ލިޔެވިފައިވަނީ ޓައިޕްކުރުމުގެ
ސަބަބުން ކަމަށް ބަލަންޖެހޭ
ކަމާއި އެހެނީ އެރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގައި އަކަފޫޓުގެ މިންވަރު ވަނީ ރަގަޅަށް ކަން
އެނގޭކަމާއި އެއީ 453.27 އަކަފޫޓެވެ.
އަދި އެރިޕޯޓުގައި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ވަނަ މާއްދާ
ލިޔެވިފައިވަނީވެސް ޓައިޕްކުރުމުގެ އޮޅުމަކުންކަމަށް ބެލެވޭކަމާއި އެހެނީ ދިވެހިރާއްޖޭގެ ބިމާބެހޭ
141
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2011/HC-A/274
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤާނޫނުގައި ގަވާއިދު ހެދުމުގެ ބާރުލިބި ދީފައިވާ މާއްދާއަކީ އެޤާނޫނުގެ 41 ވަނަ މާއްދާކަން
އެނގެއެވެ.
އަދި އިސްވެ ބަޔާންކުރެވުނު ކަންކަމަކީ އޭގެ ސަބަބުން އެމައްސަލާގެ ނިންމުމަށް
އަސަރުކޮށްފައިވާ ކަމެއް ނޫންކަމަށް އިސްތިއުނާފު ކުރި ފަރާތުންވެސް ޤަބޫލު ކުރާ ކަން
ފާހަގަކުރެވެއެވެ.
އިސްވެބަޔާން ކުރެވިދިޔަ ކަންތައް ބަޔާންކުރެވިދިޔަ ގޮތަށް ހުރުމާއެކު ސިވިލް ކޯޓުގެ
ނަންބަރު 2010/MC
/
2009
)
293
/
Cv
-
C/3188) ޤަޟިއްޔާގެ ހުކުމަށް ބަދަލުގެންނަންޖެހޭ
ޝަރުޢީ އަދި ޤާނޫނީ ވިއަސް ސަބަބެއް އޮތްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަކަށް
ނުފެނެއެވެ.
• ޙުކުމް
(3188/MC/2009) 293/Cv-C/2010
ދެންފަހެ އިސްވެ ބަޔާން ކުރި ނުކުތާތަކުގައި ބާޔާންކުރެވުނު ކަން ކަން ބަޔާން
ކުރެވުނު ގޮތަށް ހުރުމާއެކު ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން ތާއީދުކޮށް އެގޮތުގެ މަތީން ހުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv