ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/75 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/75
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 75/HC-A/2014
• އިސްތިއުނާފުކުރި ފަރާތް؟
:ނަން: އިބްރާހީމް ރަޒާން ރަޝީދު
އައިޑީ ކާޑުނަންބަރު: A048501
ދާއިމީ އެޑްރެސް: މ.ކީކިމިނި ކ.މާލެ
މިހާރުގެ އެޑްރެސް: މ.ކީކިމިނި މާލެ
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
0
* ނަން: ޙަސްރަތު އަޙްމަދު
ކާޑުނަންބަރު: A146323
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 8674
މިހާރުގެ އެޑްރެސް: ހ.ހުޅަނގުއައްސޭރި/ މާލެ
*
ރަޖިސްޓްރީވި ތާރީޚު: 19 ޖުމާދަލްއޫލާ 1435
ނިމުނު ތާރީޚް: 19 ޝަޢުބާން 1435
ޖޫން 2014
20
މާރޗް 2014
17
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Fm
-
C/1054
• ނިންމެވި ކޯޓް: ފެމިލީ ކޯޓު
ޤަޟިއްޔާގެ ބާވަތް: ޙަޟާނަތު ލިބިގަތުމަށް އެދި
ދިވެހިރާއްޖޭގެ
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޢަލީ ސަމީރު، ފަނޑިޔާރު:ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު:ޢައްބާސް ޝަރީފް
0
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2014/HC-A/75
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
• ދަޢުވާގެ ޚުލާޞާ
މިއީ، ފެމިލީ ކޯޓުގެ ނަންބަރު 2013/Fm
-
C/1054 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މ.ކީކިމިނި ކ.މާލެ އިބްރާހީމް
ރަޒާން ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
CCCO
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު 8674 ޙަސްރަތު އަޙްމަދެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ފެމިލީ ކޯޓުގެ ނަންބަރު 2013/Fm
-
C/1054 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މާލެ، ދަފްތަރު ނަންބަރު ރސ 8674 ޙަސްރަތު އަޙްމަދު އާއި މާލެ،
މ.ކީކިމިނި އިބްރާހީމް ރަޒާން ރަޝީދު އާއި ދެމީހުން ކާވެނިކޮށް ލިބިފައިވާ ދަރިފުޅު، ފާޠިމަތު ރުޅާ ރަޒާން
ރަޝީދު (އުފަން ތާރީޚް: 16 އޮކްޓޯބަރ 2007) ގެ ޙަޟާނާތް ލިބިގަތުމަށް އެދި ދަރިފުޅުގެ މަންމަ
ޙަސްރަތު އަޙުމަދު ހުށަހެޅުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
8674
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، މާލެ، ދަފްތަރު ނަންބަރު ރސ
ޙަޟާރަތު އަޙްމަދު (އައިޑީކާޑު ނަންބަރު A146323) އާއި މާލެ، މ.ކީކިމިނި އިބްރާހީމް ރަޒާން ރަޝީދު
(އައިޑީކާޑު ނަންބަރު A048501) އާއި ދެމީހުން ކާވެނިކޮށް ލިބިފައިވާ ދަރިފުޅު، ފާޠިމަތު ރުޚާ ރަޒާން
ރަޝީދު (އުފަން ތާރީޚް: 16 އޮކްޓޯބަރ 2007) ގެ ޙަޟާނާތު ލިބިގަތުމަށް އެދި ދަރިފުޅުގެ މަންމަ
ޙަސްރަތު އަޙްމަދު ހުށަހަޅާފައިވާ މިޤަޟިއްޔާގައި، ފާޠިމަތު ރުޚާ ރަޒާން ރަޝީދުއަކީ ޙަޟާނާތުގެ ޢުމުރުގެ
ކުއްޖެއްކަމާއި، މިދަރިފުޅުގެ މަންމަ ޙަސްރަތު އަޙުމަދުގެ ކިބައިން ޙަޟާނާތުގެ ޙައްޤު ގެއްލިފައިނުވާ ކަމާއި،
ޙަޟާނާތުގެ ޙައްޤުގެ އެންމެ އިސް ފަރާތަކީ ކުއްޖާގެ މަންމަ ޙަސްރަތު އަޙްމަދު ކަމާއި، އަދި މި ދަރިފުޅުގެ
މަންމަ ޙަސްރަތު އަޙްމަދުގެ ނުރުހުމުގައި މި ދަރިފުޅު، ދަރިފުޅުގެ ބައްޕަ އިބްރާހީމް ރަޒާން ރަޝީދު އާ
ޙަވާލުކުރެވޭނެ ތަނެއް ނެތްކަމާއި، މިދަރިފުޅުގެ ޙަޟާނާތުގެ ޙައްޤުވެރިއަކީ މިދަރިފުޅުގެ މަންމަ ޙަސްރަތު
އަޙްމަދު ކަމަށް ކަނޑައަޅައި، މި ފާޠިމަތު ރުޚާ ރަޒާން ރަޝީދު (އުފަން ތާރީޚް: 16 އޮކްޓޯބަރ 2007)
އައިކޯޑް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ވެ 44
3
2014/HC-A/75
ޙަޟާނާތު، މިއަދު (2013-12-29) ން ފެށިގެން ދަރިފުޅުގެ މަންމަ ޙަސްރަތު އަޙުމަދު އާއި ޙަވާލުކޮށް،
ދަރިފުޅާއި މައިންބަފައިންގެ މެދުގައިވާ ސިލަތުލް އަރުހާމްގެ ގުޅުން ބަދަހިވާނީ ދަރިފުޅުގެ ބައްޕަ އަށް
ދަރިފުޅަށް ޒިޔާރަތްކުރެވި ދަރިފުޅާއި އެކު ވަގުތު ހޭދަކުރެވޭނެ ގޮތެއް އޮވެގެން ކަމަށް ޝަރީޢަތަށް ފެންނާތީ،
ދަރިފުޅުގެ ބައްޕަ އިބްރާހީމް ރަޒާން ރަޝީދު އާއި އެކު ވަގުތު ހޭދަކުރުމަށް ކޮންމެ ހަފްތާއެކު ހުކުރު،
ހޮނިހިރު މި ދެ ދުވަހުންކުރެ ކޮންމެވެސް އެއްދުވަހު ހެނދުނު 8:00 އާއި ހަވީރު 6:00 އާ ދެމެދުގެ
ވަގުތެއްގައި އިބްރާހީމް ރަޒާން ރަޝީދު ދަރިފުޅު ބަލާ ހިނގައްޖެނަމަ، ދަރިފުޅު އިބްރާހީމް ރަޒާން ރަޝީދު
އާއި ޙަވާލުކުރުމަށް ޙަސްރަތު އަޙުމަދު އަށް އަންގައި، ދަރިފުޅު އިބްރާހީމް ރަޒާން ރަޝީދު އާއި އެކު
ދިޔަކަމުގައިވިޔަސް އެގެންދާ ދުވަހު ލަސްވެގެން ހަވީރު 6:00 ގެ ކުރިން ދަރިފުޅު ގެންގޮސް ދަރިފުޅުގެ
މަންމަ ޙަސްރަތު އަޙުމަދު އާ ޙަވާލު ކުރަންވާނެކަމަށް އިބްރާހީމް ރަޒާން ރަޝީދު އަށް އަންގައި، އަދި ފޯނު
މެދުވެރިކޮށްވެސް ދަރިފުޅުގެ ބައްޕަ އަށް ދަރިފުޅާއި ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭން ޖެހޭނެކަން
ޙަސްރަތު އަޙުމަދު އަށް އަންގައި، ދަރިފުޅަށް ޒިޔާރަތް ކުރުމުގައާއި އަދި ދަރިފުޅު އިބްރާހީމް ރަޒާން ރަޝީދު
އާއި އެކު ގެންދިއުމަށް ދަރިފުޅު ދޫކުރުމުގައިވެސް ދަރިފުޅުގެ ތަޢުލީމާއި، ސްކޫލްގެ ހަރަކާތްތަކަށާއި އަރާމު
ކުރުމަށާއި ކެއިން ބުއިމަށް ދަތިނުވާނޭ ގޮތުގެ މަތިން ކަންތައް ކުރުމަށާއި، މިދެމީހުންގެ ދަރިފުޅު އެދެވޭ
ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށާއި ދަރިފުޅު ތަރުބިއްޔަތު ކުރުމުގައި އިސްލާމްދީނަށް ބޯލަނބައި
ކިޔަމަންގަތުމަށް ބާރުއަޅައި، އިސްލާމްދީނަށް ލޯބި ޖެއްސުމަށް މަސައްކަތް ކުރުމަށާއި ދަރިފުޅަށް ދެރައެއް
ލިބިދާނެ އެއްވެސްކަމެއް ނުކުރުމަށް ދެފަރާތަށް ނަޞޭޙަތްތެރިވެ، މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ
ނިންމީއެވެ." މިފަދައިންނެވެ.
02- ފެމެލީ ކޯޓުގެ ނަންބަރު 2013/Fm-C/1054 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި މ.ކީކިމިނި ކ.މާލެ
އިބްރާހީމް ރަޒާން ރަޝީދުގެ ހުށަހަޅާފައިވަނީ އެންމެ ނުކުތާއެއްކަމާއި، އެނުކުތާއަކީ، އިބްރާހީމް ރަޒާން
ރަޝީދުއާއި ޙަސްރަތު އަޙުމަދުގެ ދަރިފުޅު ފާޠިމަތު ރުޚާ ރަޒާން ރަޝީދުގެ ޙަޟާނާތުގެ ޙައްޤުވެރި ފަރާތަކީ
ޙަސްރަތު އަޙުމަދުކަމަށް ކަނޑައަޅުއްވާފައިވާ ޙުކުމަށް ބެލިއިރު، ޢާއިލާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ޝަރުތުތައް ޙަސްރަތު އަޙުމަދުގެ ކިބައިން ފިލައިގޮސްފައިވާކަމާއި، ޙަސްރަތު އަޙުމަދުއާއި
ފާޠިމަތު ރުޚާ ރަޒާން ރަޝީދުގެ ޙަޟާނާތު ޙަވާލުކޮށް ފިނަމަ ފާޠިމަތު ރުޚާ ރަޒާން ރަޝީދުގެ މަޞްލަޙަތަށް
އުނިކަން އަންނާނެކަން އެނގެން އޮތުމުން، ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އިމުން
ބޭރުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2014/HC-A/75
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
03- މިމައްސަލައާއި ގުޅިގެން ފެމިލީ ކޯޓުގެ ނަންބަރު 2013/Fm-C/1054 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ މ.ކީކިމިނި ކ.މާލެ އިބްރާހީމް ރަޒާން ރަޝީދުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، ފެމިލީކޯޓުގެ ނަންބަރު ކޯޓުގެ ނަންބަރު 2013/Fm-C/1054 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، ކމމދ ޙަސްރަތު އަޙުމަދުގެ ފަރާތުން އެޤަޟިއްޔާގައި
ހުށަހަޅާފައިވާ މައްސަލައަކީ، އަސްރަތު އަޙުމަދާއި މ.ކީކިމިނި އިބްރާހިމް ރަޒާން ރަޝީދު އާއި ދެމީހުން
ކާވެނިކޮށް ލިބިފައިވާ ދަރިފުޅު، ފާޠިމަތު ރުޚާ ރަޒާން ރަޝީދު (އުފަން ތާރީޚް: 16 އޮކްޓޯބަރ 2007) ގެ
ޙަޟާނާތު ލިބިގަތުމަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނަކަމާއި އެޤަޟިއްޔާގައި ފާޠިމަތު ރުޚާ
ރަޒާން ރަޝީދުގެ ޙަޟާނަތު ޙަވާލުކޮށްފައިވަނީ އެކުއްޖާގެ މަންމަ ޙަސްރަތު އަޙުމަދާއި
ކަން އެނގޭކަމެވެ.
އެންމެ
(ނ) ދެވަނަކަމަކީ، އިސްތިއުނާފު މިކުރެވޭ ފެމެލީކޯޓުގެ ނަންބަރު 2013/Fm-C/1054
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށާއި އެޙުކުމަށް ވާސިލުވުމަށްޓަކައި ރިޢާޔަތްކޮށްފައިވާ ކަންކަމުގެ
މައްޗަށް ބަލާއިރު، އެޙުކުމުގައި ފާޠިމަތު ރުޚާ ރަޒާން ރަޝީދުގެ ޙަޟާނަތު އެކުއްޖާގެ މަންމަ ޙަސްރަތު
އަޙުމަދާއި ޙަވާލުކުރައް
ރައްވާފައިވާ ސަބަބެއްގެ
ގޮތުގައި ފާހަގަކުރައްވާފައިވަނީ ޤާނޫނު ނަންބަރު: 4/2000
(ޢާއިލާއާއި ބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު ކުއްޖެއްގެ ޙަޟާނަތުގެ ޙައްޤުގެ
ންމެ އިސްފަރާތަކީ އެކުއްޖެއްގެ މަންމަ ކަމުގައި އޮންނަ އޮތުމަށާއި، ޢާއިލާއާބެހޭ ޤަވާޢިދުގެ
71 ވަނަ ނަންބަރުގެ (ހ) ގައި ކުއްޖެއްގެ ޙަޟާނަތު ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި އެންމެ
އިސްކަންދެވޭ ފަރާތަކީ ކުއްޖާގެ މަންމަކަން ބަޔާންވެގެން އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް ޙަސްރަތު
އަޙުމަދަކީ މިކުއްޖާގެ މަންމަ
ކަމަށްވުމުންނާއި، އަދި ޢާއިލާއާބެހޭ ޤާނޫނުގެ
41 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ޝަރުތުތައް ޙަސްރަތު އަޙްމަދުގެ ކިބައިން ފިލައިގޮސްފައި ނުވާކަމަށް ބަލައި މި ދެސަބަބުގެ
މައްޗަށް ބިނާކޮށްގެންކަން އެނގެން އޮންނަކަމެވެ.
ހދ 8
4
2
2
@1ނފަ3ނ
822
829 ޖީ
3/ ހދ8|
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2014/HC-A/75
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު: 4/2000 (ޢާއިލާއާއި ބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ
(ހ) އަށާއި، ޢާއިލާއާބެހޭ ޤަވާޢިދުގެ 71 ވަނަ ނަންބަރުގެ (ހ) ގައި ޙަޟާނަތުގެ ތަރުތީބު ކުރުމުގެ
މަންމައަށް އެއްވަނަ ދަރަޖަ ދީފައިވާ ދިނުމުގެ މައްޗަށް ބަލާއިރު، ޙަޟާނަތު ތަރުތީބުކުރުމުގައި
މަންމައަށް ޙަޟާނަތު ދިނުމުގައި އިސްކަމެއް ދެވިފައިވަނީ ހަމައެކަނި މަންމަގެ ޙައްޤުގައި ނޫންކަމާ
ޚިލާފަށް އެކަން އެގޮތަށް ހަމަޖެހިފައިވަނީ ދަރިފުޅުގެ ޙައްޤުގައި އަދި ދަރިފުޅުގެ މަސްލަޙަތުގައި ކަމާއި"
ޢާއްމުކޮށް ކަން ހިނގާ އުސޫލަކީ ދަރިފުޅު އުފަންވެ މަންމަގެ ގާތުގައި ހުރެ، މަންމަ ޙިމާޔަތުގައި ދަރިފުޅު
ބޮޑުވަމުން ދިއުން ކަމަށްވެފައި، މަންމައާއި މަންމަގެ ވަށައިގެންވާ މާޙައުލަކީ ދަރިފުޅަށް ރައްކާތެރި މާޙައުލެއް
ކަމުގައި ޢާއްމުކޮށްވާނެތީ އެކަމުގައި ދަރިފުޅުގެ މަސްލަޙަތަށް ބަލާފައިކަމާއި، މިއީ ޢާއްމު އުސޫލުން ބަލާއިރު
މިކަން ހިގަމުން އަންނަ ގޮތް ކަމުގައި ވިޔަސް މިއާއި ޚިލާފް ގޮތެއްވެސް، އެއީ ކުއްޖާގެ މަސްލަޙަތު ހުރި
ގޮތެއް ކަމުގައިވެދާނެކަމާއި، ދަރިންގެ ޙަޟާނަތު ޙައްޤަކީ އެދަރިންގެ ޙައްޤަށްޓަކައި އެދަރިންގެ މަސްލަޙަތަށް
ރިޢާޔަތްކޮށް އެދަރިންގެ މަސްލަޙަތު އެންމެ ބޮޑަށް ރައްކާތެރިވާ ފަރާތަކާއި ޝަރުޢީ އަދި ޤާނޫނީ ގޮތުން
ޙަވާލުކުރެވެން ޖެހޭ ޙައްޤެއްކަމާއި، މިހެންކަމުން ޙަޟާނަތުގެ ޙައްޤު ލިބިދިނުމުގައި ރިޢާޔަތްކުރަންޖެހޭނީ
އެދަރިންގެ މަސްލަޙަތުގައި އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބަލާ އެގޮތަކަށްކަމާއި މިކަން ޢާއިލާއާބެހޭ
ޤާނޫނުގެ 40 ވަނަ މާއްދާގެ (ބ) އިން އިތުރަށް ކަށަވަރުކޮށްދީފައިވާކަން އެނގޭކަމާއި މިހެންކަމުން
ޢާއިލާއާބެހޭ ގަވާއިދުގެ 72 ވަނަ މާއްދާގައި ކުއްޖާގެ ޙަޟާނަތުގެ ތަރުތީބުން އެންމެ އިސްކަން ދެވޭ މީހާއާ
ކުއްޖާގެ ޙަޟާނަތު ޙަވާލުކޮށްފިނަމަ ކުއްޖާގެ މަޞްލަޙަތަށް އުނިކަމެއް އަންނާނެކަމަށް ބެލެވޭ ޤަރީނާތަކެއް
ހުރިނަމަ، ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، ޙަޟާނަތުގައި އިސްކަން ދެވިފައިވާ ތަރުތީބުގެ މަތިން،
ކުއްޖާގެ ޙަޟާނަތު އެހެން ފަރާތަކާ ޙަވާލުކުރެވިދާނެކަން ޢާއިލާއާ ބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ
ޢާއިލާއާ ބެހޭ ޤަވާޢިދަށް ބެލުމުން އެނގޭކަމެވެ.
OXO
ގުރުވަނަކަމަކީ، އިސްވެ އިޝާރާތްކުރެވުނު ފަދައިން ކުއްޖެއްގެ ޙަޟާނަތު ޙަވާލުކުރުމުގެ
ޢަމަލުކުރަންވާނީ، ކުއްޖާ
ކުއްޖާގެ މަސްލަޙަތަށް އެންމެ ރަނގަޅު ގޮތަކަށް ކަން އެނގެން އޮތްއިރު، މިމައްސަލައާއި
ގުޅިގެން ދެފަރާތުންމެ ދަށުކޯޓުގައި އަދި ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި ހުށަހެޅިފައިވާ
ލިޔެކިޔުންތަކަށާއި، މިމައްސަލައިގެ ވަށައިގެން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބެލުމުން، ފެމިލީކޯޓުގައި
މިމައްސަލަ ހިނގާދިޔައިރު، ފެމިލީކޯޓުގެ ޢާއިލީ މައްސަލަތައް ޙައްލުކުރުމާއިބެހޭ ބައިގައި ޙަސްރަތު އަޙުމަދާއި
އިބްރާހިމް ރަޒާން ރަޝީދު އާއި މިދެފަރާތް ސުލްޙަ ކުރުމަށް ބައްދަލުވުންތަކެއް ބޭއްވުނުކަމާއި، އަދި
އެބައްދަލުވުންތަކުގެ ބޭނުމަށްޓަކައި މިދެމީހުންނަށް ލިބިފައިވާ ދަރިފުޅު ފާޠިމަތު ރުޚާ ރަޒާން ރަޝީދުގެ
4
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖޭގެ
އައިކޯޓް
6
2014/HC-A/75
ޙަޟާނަތު ޙަވާލުކުރުމުގައި އެކުއްޖާގެ މަސްލަޙަތުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަތުމަށްޓަކައި
އެކޯޓުގެ ފަރާތުން ޙަސްރަތު އަޙުމަދު ދިރިއުޅޭ ގެއަށާއި އިބްރާހިމް ރަޒާން ރަޝީދު ދިރިއުޅޭ ގެއަށް
ޒިޔާރަތްކުރުމަށްފަހު އަދި މިދެފަރާތުގެ ޢާއިލާއާއި ވާހަކަ ދެއްކުމަށްފަހު އެސެސްމެންޓް ރިޕޯޓެއް ހަދާފައިވާކަން
އެނގެން އޮންނަކަމާއި، މިރިޕޯޓާއި ގުޅިގެން ފެމިލީކޯޓުން ހޯއްދެވި ހޯއްދެވުންތަކަށްފަހު، އެރިޕޯޓުގެ "ފެންނަ
ގޮތް" މިބައިގައި އެހިނދަށް އިބްރާހީމް ރަޒާން ރަޝީދުގެ ކިބައިން ފާތިމަތު ރުޚާ ރަޒާން ރަޝީދުގެ
ޙަޟާނަތުގެ ޙައްޤު ނަގާ އެދަރިފުޅު މަންމަ އާއި ޙަވާލުކުރުމަކީ އެންމެ މަސްލަޙަތު ރަނގަޅު ގޮތް ކަމުގައި
ނުދެކޭ ކަމުގައި ބަޔާންކޮށްފައިވާކަމާއި، އަދި އެކަމުގެ ސަބަބަކީ އެދަރިފުޅުގެ ޢުމުރުން 4 އަހަރުން ފެށިގެން
އެދަރިފުޅު ބަލަމުންދަނީ ދަރިފުޅުގެ ބައްޕަ ކަމުގައިވުމާއި، އެވީ ދުވަސްތަކުގައި ދަރިފުޅުގެ ދިރިއުޅުމުގެ
މާޙައުލާއި ސިއްޙަތާއި އަޚުލާޤު އަދި ތަޢުލީމު ފުރިހަމައަށް ލިބެމުންދިއުމާއި، މިމުއްދަތުގައި ދަރިފުޅާ
ބައްދަލުކުރުމަށް ޙަސްރަތު އަޙުމަދުގެ ސަމާލުކަން ކުޑަކަމުގައި އެނގެން އޮތުމާއި، އަދި ކުޑަކުއްޖަކު
ދިރިއުޅުމަށް އެކަށީގެންވާ މާޙައުލެއް ނެތުމާއި، އަސްރަތު އަޙުމަދު ގިނަ ވަގުތު ވަޒީފާގައި އުޅެން ޖެހުމާއި،
ޙަސްރަތުގެ މަންމަ ދިރިއުޅެނީ ޙަސްރަތާއި ވަކިން ކަމުގައިވުމާއި، ދަރިފުޅާ ބައްދަލުވާނަމަ އިބްރާހިމް ރަޒާން
ރަޝީދުއަށް ޚަޝާނަތު ލިބިދިނުން އެންމެ ރަނގަޅުކަމުގައި ދަރިފުޅުގެ މަންމަ ފަރާތުގެ މާމަ (އަސްރަތު
އަޙުމަދުގެ މަންމަ ބުނެފައިވުމާއި، ދަރިފުޅު ބައްޕަ ފަރާތުގެ މާމަ (އިބްރާހިމް ރަޒާން ރަޝީދުގެ މަންމަ)
ދަރިފުޅު ބަލަހައްޓަމުން ދަނީ އެކަށީގެންވާ ރަނގަޅު ގޮތެއްގައި ކަމަށް ހެދުނު އެސެސްމަންޓް ތަކުން ފެންނާން
އޮތުމުން ކަމަށް ބުނެ މިސަބަބުތައް ފާހަގަ ކޮށްފައިވާކަން އެނގޭކަމާއި،
މީގެ އިތުރުން މިމައްސަލައާއި ގުޅިގެން ޙަސްރަތު އަޙުމަދާއި އިބްރާހީމް ރަޒާން ރަޝީދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން ޙަސްރަތު އަޙުމަދަކީ
މިވަގުތު އެހެން މީހަކާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ފަރާތެއްކަން އެނގޭކަމާއި، ޙަޟާނަތު
ޙަވާލުކޮށްފައިވާ މީހާއަކީ، ކުއްޖާގެ މަންމަ ކަމަށްވާނަމަ، އެމަންމަ، ކުއްޖާގެ މަޙުރަމަކާއި ފިރިހެނަކާއި
ކައިވެނި ކުރުމަކީ ޙަޟާނަތުގެ ޙައްޤު ގެއްލޭކަމެއް ކަމަށް ޢާއިލާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) އަށް
ބެލުމުން އެނގެން އޮންނަކަމާއި، ފާތިމަތު ރުޚާ ރަޒާން ރަޝީދުގެ ޙަޟާނަތުގެ ޙައްޤު ޙަސްރަތު އަޙުމަދާއި
ޙަވާލުކުރެވުމުން އެކުއްޖާ ބަލާނީ ޙަސްރަތު އަޙުމަދުގެ މަންމަ ކަމުގައި ޙަސްރަތު އަޙުމަދުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުން އެނގޭއިރު، މިމައްސަލައާއި ގުޅިގެން ފެމިލީކޯޓުން ހެދި އެސެސްމަންޓް ރިޕޯޓުގެ
ބޭނުމަށް ޙަސްރަތު އަޙުމަދުގެ މަންމަ އާއި ސުވާލުކުރުމުން މިކުއްޖާ ބަލަންޖެހިއްޖެނަމަ އެކުއްޖާ ބަލާނެ މީހަކު
ޙަސްރަތު އަޙުމަދު ހޯދާނެތާއޭ އަދި އެގޮތުން ޙަސްރަތު އަޙުމަދުގެ މަންމައަށް މިކުއްޖާ ބަލަންޖެހިއްޖެނަމަ
ބަލަން ޖެހޭނީ" މިފަދަ ޢިބާރާތުން ވާހަކަ ދައްކާފައިވާ ކަމުގައި ފާހަގަކުރައްވާފައިވާކަމާއި މީގެ އިތުރުން
8 9
ން
34
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖޭ
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/75
44
ޙަސްރަތު އަޙުމަދުގެ މަންމަ މިވަގުތު ދިރިއުޅެމުންދަނީ ޙަސްރަތު އަޙުމަދާއި އެކު އެއްގެއެއްގައި ނޫންކަން
އެނގެން އޮންނައިރު، ރަސްރަތު އަޙުމަދުގެ މަންމަގެ ޢުމުރަށް ބެލުމުން އޭނާއަކީ އެކަނިމާ އެކަނި މިވަރުގެ
ކުއްޖެއްގެ ކަންކަން ބެލެހެއްޓޭ ވަރަށް ވުރެ ޢުމުރުގެ ގޮތުން ދޮށީ މީހެއްކަމުގައި ފާހަގަކުރެވެން އޮންނަކަމާއި،
ފާޠިމަތު ރުޚާ ރަޒާން ރަޝީދުގެ ބައްޕައާއި މަންމަ ކައިވެނިކޮށްގެން ފާތިމަތު ރުޚާ ރަޒާން ރަޝީދު
އުފަންވީންސުރެ މިހާތަނަށްވެސް ދިރިއުޅެމުން އައިސްފައިވަނީ އޭނާގެ ބައްޕަ އިބްރާހީމް ރަޒާން ރަޝީދުގެ
ޢާއިލާގެ ތެރޭގައި، އެމީހުންގެ ބެލުމާއި ބެލެހެއްޓުމުގެ ތެރޭގައިކަމާއި، އޭނާ ދިރިއުޅޭ މާޙައުލުން އެކުއްޖާއަށް
އެއްވެސް ނުރައްކާތެރިކަމެއް ކުރިމަތިވެފައިވާކަމެއް، ނުވަތަ ކުއްޖާއަށް ނުރަނގަޅު އަސަރުތަކެއް
ކުރަމުންދާކަމެއް ފާހަގަކުރެވެން ނެތްކަމާއި، އެކުއްޖާއަށް ތަޢުލީމް ލިބެމުންދާކަމާއި މިކަންކަން އެނގެން
އޮތްއިރު، އެކުއްޖާ ހެދި ބޮޑުވަމުން އައީ ކުއްޖާއާއި ރައްޓެހި ކުއްޖާ ދެކެފަރިތަ މާޙައުލުން އެކުއްޖާއަށް މުޅިން
ބީރައްޓެހި މާޙައުލަކަށް ކުއްޖާގެ މިޢުމުރުގައި ބަދަލުކުރުމަކީ ކުއްޖާއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ،
ކުއްޖާގެ މިޒާޖާއި ވިސްނުމަށްވެސް ނުރަނގަޅު ބަދަލުތަކެއް އަތުވެދާނެކަމެއްކަމަށް ޤަބޫލުކުރެވޭކަމާއި،
ވީމާ، މިމައްސަލައާއި ގުޅިގެން ފެމިލީކޯޓުން ތައްޔާރުކޮށްފައިވާ އިޝާރާތް ކުރެވުނު އެސެސްމަންޓް
ރިޕޯޓަށާއި، މިމައްސަލައިގެ ފެންނަން ހުރި އިސްވެ އިޝާރާތްކުރެވުނު ޙަޤީޤަތްތަކުގެ މައްޗަށް ބެލުމުން
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ފާތިމަތު ރުޅާ ރަޒާން ރަޝީދު އޭނާގެ މަންމަ
ޙަސްރަތު އަޙުމަދާއި މިވަގުތު ޙަވާލުކުރުމަކީ އެކުއްޖާއަށް އެންމެ މަސްލަޙަތު ހުރި ގޮތްކަމުގައި ބެލެވެން
هކއި،
Occc
ނަމަވެސް މީގެ މާނައަކީ ފާތިމަތު ރުޚާ ރަޒާން ރަޝީދުގެ މަންމަ ޙަޟާރަތު އަޙުމަދަށް މިކުއްޖާގެ
ކަންކަން ބެލެހެއްޓުމުގެ ފުރުސަތު ގެއްލިގެން ދިއުންނޫންކަމާއި، އިބްރާހީމް ރަޒާން ރަޝީދުގެ ފަރާތުން
ފާތިމަތު ރުޚާ ރަޒާން ރަޝީދު ބެލުމާއި ބެލެހެއްޓުމާއި ތަރުބިއްޔަތުކުރުމުގައި ސަމާލުވާންޖެހޭ އެއްވެސް
ކަމަކަށް އެކަށީގެންވާ މިންވަރަށް ސަމާލުކަން ނުދެވުމުގެ ސަބަބުން އެކުއްޖާއަށް އެއްވެސް ބާވަތެއްގެ ނޭދެވޭ
އަސަރެއް ކުރަމުންދާނަމަ، ނުވަތަ އިބްރާހީމް ރަޒާން ރަޝީދުގެ ފަރާތުން އެކުއްޖާ ބަލަމުންދާ ދިއުމުގައިވެސް
ޢާއިލާއާބެހޭ ޤާނޫނާއި ޤަވާޢިދާއި ކޯޓުން ކުރާ އަމުރުތަކުގެ ދަށުން ކުއްޖާގެ މަންމަ ޙަސްރަތު އަޙުމަދަށް
ލިބިގެންވާ އެއްވެސް ޙައްޤަކަށް އުނިކަން ލިބޭ ގޮތަށް ޢަމަލުކުރަމުންދާނަމަ، އަދި އެފަދަ ޢަމަލަކީ ކުއްޖާގެ
މަސްލަޙަތާއި ފުށުއަރާ ޢަމަލުތަކެއް ކަމުގައި ދެކޭނަމަ، އެކަންކަމުގެ މައްޗަށް ބިނާކޮށް
ނާކޮށް ކުއްޖާގެ ޙަޟާނަތު
ހޯދުމަށް ކޮންމެ ވަގުތެއްގައިވެސް ދަޢުވާ ކުރުމުގެ ޙައްޤު ޙަސްރަތު އަޙުމަދަށް
ލިބިގެންވާނެކަމަށް ވެސް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކޭކަމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
2014/HC-A/75
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
: 24
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން ފެމެލީ ކޯޓުގެ ނަން
ނަންބަރު
2013/Fm-C/1054 ޤަޟިއްޔާގައި ފާތިމަތު ރުޚާ ރަޒާން ރަޝީދުގެ ޙަޟާނަތު އޭނާގެ މަންމަ އަސްރަތު
އަޙުމަދާއި ޙަވާލުކޮށްފައިވާ ކުރުން ބާތިލުކޮށް، މިހާރުވެސް އިބްރާހީމް ރަޒާން ރަޝީދުގެ ފަރާތުން އެކުއްޖާ
ބަލަމުންގެންދާ ގޮތަށް އިބްރާހީމް ރަޒާން ރަޝީދުގެ ގާތުގައި ބަހައްޓައިގެން އެކުއްޖާ ބަލަމުން ގެންދިއުމަށާއި،
މިކުއްޖާ ބަލާ ބޮޑުކުރުމުގައި ދެފަރާތަށްވެސް ކުޅަދާނަ ވެގެންވާ އެންމެ މަތީ ދަރަޖައަކަށް ޙިއްސާވެ ދަރިފުޅުގެ
މަސްލަޙަތަށް އިސްކަންދީގެން އެދަރިފުޅު ތަރުބިއްޔަތުކޮށް ބަލަހައްޓަމުން ގެންދިއުމަށާއި، ދަރިފުޅު
ބަލަމުންގެންދަނީ ބައްޕަގެ ބެލުމުގެ ދަށުން ކަމުގައިވިޔަސް، ޙަސްރަތު އަޙުމަދަށް ކުއްޖާގެ މަންމަގެ
ޙައިސިއްޔަތުން އެދަރިފުޅު ދުށުމުގެ ޙައްޤާއި ދަރިފުޅާއި އެކު ވަގުތު ހޭދަކުރުމުގެ ޙައްޤު ލިބިގެންވާކަމަށް
ކަނޑައަޅައި، އެފަދަ ކަންކަމަށް އިބްރާހީމް ރަޒާން ރަޝީދުގެ ފަރާތުން ހުރަސް ނޭޅުމަށާއި، ދަރިފުޅަށް ނޭދެވޭ
އަސަރެއްކޮށްފާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަންގާ އެގޮތުގެ މަތީން މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
etcu
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv