ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/317 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-A/3j7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 317/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަބްދުއްޞަމަދު މުޙައްމަދު
އައިޑީ ކާޑު ނަންބަރ:
، ދާއިމީ
އެޑްރެސް: ސަތަރުގެ(ރ.ފައިނު
މިހާރުގެ އެޑްރެސް: ފ.ރައިޒިންސަން/މާލެ
A151728
0
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ * ދާއިމީ އެޑްރެސް: ރ.ފައިނު ރަށުކައުންސިލް އިދާރާ
ކާޑު ނަންބަރު:-
އިރުގެ އެޑްރެސް: ރ.ފައިނު ރަށުކައުންސިލް އިދާރާ
ރަޖިސްޓްރީކުރެވުނު ތާރީޚް: 04 ޞަފަރު 1436
*
ނިމުނު ތާރީޚް: 25 ޖުމާދަލްއޫލާ 1436
26 ނޮވެމްބަރު 2014
16 މާރޗް 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/E14
-
C/06
ނިންމެވިކޯޓް: މާޅޮސްމަޑުލު އުތުރުބުރީ ފައިނު މެޖިސްޓްރޭޓް ކޯޓް
މައްސަލައިގެ ބާވަތް: ބަދަލުދިނުން
ހުށަހެޅި ތާރީޚް: 21 ފެބުރުވަރީ 2013 ނިމުނު ތާރީޚް: 17 އެޕްރީލް 2014
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު.އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20j4/HC-A/3j7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، މިޅޮސްމަޑުލު އުތުރުބުރީ ފައިނު މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު:
2013/E14-C/06 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ،
ރ.ފައިނު/ ސަތަރުގެ، ޢަބްދުއްޞަމަދު މުޙައްމަދު (ދ.ރ.ކާޑް ނަންބަރު:A151728) ގެ ފަރާތުން ހުށަހެޅުމުން
ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، އިސްތިއުނާފް ރައްދުވާ ފަރާތަކީ މާޅޮސްމަޑުލު އުތުރުބުރީ ފައިނު
ކައުންސިލްގެ އިދާރާ އެވެ
ރެވުނު ނުކުތާ
01 އިސްތިއުނާފް މިކުރެވޭ މާޅޮސްމަޑުލު އުތުރުބުރީ ފައިނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2013/E14-C/06 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މާޅޮސްމަޑުލު
އުތުރުބުރީ ފައިނުގައި އަލަށް އާބާދުވަމުން އަންނަ ސަރަހައްދުތަކުގައި އެންމެފަހުން ދޫކޮށްފައިވާ ގޯތިތައް
ހިމެނޭ ސަރަހައްދުގެ މަގުތަކާއި ގޯޅިތަކުގައި ހުރި ރުއްގަހަށް ބަދަލުދީ މަގާއި ގޯޅިތައް ސާފުކުރަން ބޭނުންވާތީ
އެ ސަރަހައްދުގައި ހުރި އެރަށު ސަތަރުގެ ޢަބްދުއްޞަމަދު މުޙައްމަދުގެ އެކިވަރުގެ 27 (ހަތާވީސް)
ދިވެހިރުކާއި، 10 (ދިހައެއް) ގަސް ފަތްކޭލުގެ ޝަރުޢީ ބަދަލު ހަމަޖައްސަވައި ދެއްވުން އެދި މާޅޮސްމަޑުލު
ފައިނު ކައުންސިލްގެ އިދާރާއިން އެރަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، ރ.ފައިނުގެ އަވަށް
އާބާދުވަމުންދާ ސަރަހައްދުތަކުގެ މަގާއި، ގޯޅިތަކުގައި ހުރި ރުއްގަހަށް ބަދަލުދީ މަގާއި ގޯޅިތައް ސާފުކުރަން
ބޭނުންވާތީ އެ ސަރަހައްދުގައި ހުރި ރ.ފައިނު ސަނަރުގޭ ޢަބްދުއްޞަމަދު މުޙައްމަދުގެ އެކިވަރުގެ 27
(ހަތާވީސް) ދިވެހިރުކާއި، 10 ގަސް ފަތްކޭލަށް ޝަރުޢީގޮތުން ބަދަލުހަމަޖައްސަވައިދެއްވުން އެދި ރ.ފައިނު
ޖެހިރާއްޖޭގެ
ހައިކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/3
de 1
ކައުންސިލްގެ އިދާރާއިން ހުށަހެޅި ޤަޟިއްޔާގައި، ޢަބްދުއްޞަމަދު މުޙައްމަދު ބޭނުންވަނީ، 27 ރުކުގެ
ބަދަލުގައި ރައްޔިތުންގެ ރުކުން ބައިކުޅަ ބައެއް ލިބޭގޮތަށް މައްސަލަ ނިންމަންކަމަށް ބުނެފައިވީނަމަވެސް،
ރ.ފައިނު ކައުންސިލްގެ އިދާރާއަށް ޢަބްދުއްޞަމަދު މުޙައްމަދު އެދޭގޮތަށް ރައްޔިތުންގެ ރުކުން ބަދަލުގެ
ގޮތުގައި ރުއް ދެވެންނެތްކަމަށް ބުނެފައިވާކަމާއި، އެހެންކަމުން މި ދެފަރާތަށް ބަދަލުހަމަޖެއްސުމުގައި
އެއްބަސްވުމަކަށް އާދެވިފައިނުވާކަން އެނގެން އޮންނާތީ، ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ
241 ވަނަ ނަންބަރަށް ރިޢާޔަތްކޮށް އިސްވެ ދެންނެވި 27 ދިވެހިރުކާއި، 2 ގަސް ފަތްކޭލާއި، 5 ނިރު (ކުދި
ފަތްކެޔޮގަސް) ގެ ބަދަލުގެ ގޮތުގައި މި މައްސަލައިގައި އެކުލަވާލި އަގު ކޮމެޓީއިން ނިންމަވާފައިވާ އަގު
ކަމަށްވާ، 9106/04 (ނުވަހާސް އެއްސަތޭކަ ހަރުފިޔާ ހަތަރު ލާރި) ރުފިޔާއަކީ، މި 27 ރުކާއި، 2 ގަސް
5 ނިރުގެ ޝަރުޢީ ބަދަލުކަމުގައި ކަނޑައަޅައި، މިފައިސާ ޢަބްދުއްޞަމަދު މުޙައްމަދަށް
ލިބިދިނުމަށްޓަކައި މިއަދުން (2014-04-17) ފެށިގެން 1 މަސްދުވަހުގެ މުއްދަތުގައި ރ.ފައިނު
މެޖިސްޓްރޭޓް ކޯޓަށް ދައްކާ ޚަލާސްކުރުމަށް ރ.ފައިނު ކައުންސިލްގެ އިދާރާއަށް އަންގައި، ބަދަލުގެ ގޮތުގައި
ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކޮށް ނިމުމުން މި 27 ރުކާއި، 2 ގަސް ފަތްކޭލާއި، 5 ނިރުގެ މިލްކުވެރި
ފަރާތަކީ، ރ.ފައިނު ކައުންސިލް އިދާރާ ކަމަށް ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން
އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މާޅޮސްމަޑުލު އުތުރުބުރީ ފައިނު މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު:2013/E14
-
C/06 ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން ރ.ފައިނު ގަތަރުގެ، ޢަބްދުއްޞަމަދު
މުޙައްމަދު ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި
މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ، ޤާނޫނުއަސާސީގެ ވަނަ މާއްދާގައި ބުނާ ޙައްޤުތައް ލިބިދިނުމުގައި
އެއްވެސް ތަފާތުކުރުމެއްނެތި އެޙައްޤުތައް
ބުނާއިރު އެޙައްޤު ލިބިދީފައި ނެތުންކަމަށް ބުނެ
CCCX
24ޑ 4ޑ 27
މިދެންޖެހޭނެކަމަށް
2 2 499
ފާހަގަކޮށްފައިވާ
ބައފ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ވެވި
4
20j4/HC-A/3j7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* ދެވަނަ ނުކުތާއަކީ، މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤު ކޮންމެ މީހަކަށްމެ
ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އަދި (ށ) އިން ކަށަވަރުކޮށްދީފައިވާއިރު އެޙައްޤު ލިބިފައި
2
ތުންކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ހަމަކަމާ
8 9=~ ~
»ހeyނ
ތިންވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި
"ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި،
މާއެކުގައިކަމަށް ބުނެފައިވާއިރު، މިމާއްދާއާއި ޚިލާފަށް މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެއްކަމަށާއި، ފަނޑިޔާރުން
ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށްކަމަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބުނާއިރު،
މިއިސްތިއުނާފު މިކުރެވޭ ޤަޟިއްޔާއިން ޤާނޫނުއަސާސީ 142 މާއްދާއާއި އަދި ޝަރީޢަތްކުރުމާއި
ހެދިފައިވާ ޤަވާއިދު 6 ގެ 150 ވަނަ މާއްދާގެ 5 ވަނަ ނަންބަރަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ
ނިންމާފައިވުންކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ފަސްވަނަ ނުކުތާއަކީ: ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި
"ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ.
ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި
އެކަމެއް ކަނޑައަޅާފައިވާގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު،
(އިސްތިއުނާފުކުރެވޭ ޤަޟިއްޔާ ނިންމުމުގައި ޤާނޫނުއަސާސީގެ 142 މާއްދާއާއި ޚިލާފަށް ނިންމާފައިވުންކަމަށް
ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަވަނަ ނުކުތާއަކީ: ޝަރީޢަތްކުރުމާއި ބެހޭގޮތުން
ގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 150 ވަނަ
5 ވަނަ ނަންބަރަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާފައިވުންކަމަށް ބުނެ ފާހަގަކޮށްފައިވާ
މާއްދާގެ
· · 499
ދިވެހިރާއްޖޭގެ
ބއ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޖެހޭޤީބްނީ
5
20j4/HC-A/3j7
CCCC
ދިވެހިރާއްޖޭގެ ހައިކޯ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހަތްވަނަ ނުކުތާއަކީ: ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 236 ވަނަ
މާއްދާއާއި ޚިލާފަށް މައްސަލަ ނިންމާފައިވުންކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
403 މިމައްސަލައާއި ގުޅިގެން މާޅޮސްމަޑުލު އުތުރުބުރީ ފައިނު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު:2013/E14
-
C/06 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ
ނުޖެހޭކަމަށް ބުނެ ރ.ފައިނު ތަރުގެ، ޢަބްދުއްޞަމަދު މުޙައްމަދު އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: މާޅޮސްމަޑުލު އުތުރުބުރީ ފައިނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2013/E14-C/06 ޤަޟިއްޔާއަކީ، ރ.ފައިނުގައި އަލަށް އާބާދުވަމުންދާ ސަރަހައްދުތަކުގައި އެންމެފަހުން
ދޫކޮށްފައިވާ ގޯތިތައް ހިމެނޭ ސަރަހައްދުގެ މަގާއި ގޯޅިތަކުގައި ހުރި މީސްމީހުންގެ ރުއްގަހަށް ބަދަލުދީ މަގާއި
ގޯޅިތައް ސާފުކުރަން ބޭނުންވާތީ، އެ ސަރަހައްދުގައި ހުރި ރ.ފައިނުގެ އަތަރުގެ، ޢަބްދުއްޞަމަދު މުޙައްމަދުގެ
އެކިވަރުގެ 27 (ހަތާވީސް) ދިވެހިރުކާއި، 10 (ދިހައެއް) ގަސް ފަތްކޭލުގެ ޝަރުޢީ ބަދަލު ހަމަޖައްސަވައި
ދެއްވުން އެދި ރ.ފައިނު ކައުންސިލްގެ އިދާރާއިން ހުށަހެޅުމުން މާޅޮސްމަޑުލު އުތުރުބުރީ ފައިނު މެޖިސްޓްރޭޓް
ކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ޢަބްދުއްޞަމަދު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު
ކޮށްފައިވާ މައިގަނޑު ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ އާއި، 40
ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، 42 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، 142 ވަނަ މާއްދާ އާއި،
ޝަރީޢަތްކުރުމާއި ހެދިފައިވާ ޤަވާޢިދު ގެ 150 ވަނަ މާއްދާގެ 5 ވަނަ ނަންބަރާއި،
ޝަރީޢަތްކުރުމާއި ހެދިފައިވާ ޤަވާޢިދު 6 ގެ 236 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5
ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް އެޤަޟިއްޔާ ނިންމަވާފައިވާކަމަށް ޤަބޫލުކުރެވޭތީކަމާއި،
& هل%89
ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
20j4/HC-A/3j7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
cccc
އެފަދައިން ޢަބްދުއްޞަމަދު މުޙައްމަދަށް ޤަބޫލުކުރެވޭ ސަބަބަކީ، އޭނާގެ ރުއްގަހަށް ބަދަލު
ދިނުމުގައި، ރުކަކަށް ރުކެއްގެ އުޞޫލުން އަދި ގަހަކަށް ގަހެއްގެ އުޞޫލުން ނުވަތަ އޭގެ ތެރެއިން ބައިކުޅަ
ބަޔަކަށް ނަމަވެސް ރައްޔިތުންގެ ރުއްރުކުންނާއި ގަސްގަހުން ބަދަލު ލިބިދިނުމަށް އެދިފައިވާއިރު، ހަމައެކަނި
ފައިސާއިން ބަދަލުދިނުމަށް ޙުކުމް ކުރައްވާފައިވާތީކަން ފާހަގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: މާޅޮސްމަޑުލު އުތުރުބުރީ ފައިނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2013/E14-C/06 ޤަޟިއްޔާގައި ހުށަހެޅުނު ރުއްގަހަށް ބަދަލު ދިނުމުގެ މައްސަލާގައި، ސަރުކާރުގެ
ފައިސާއިން ބަދަލުދިނުމަށް ހުށަހަޅާފައިވާ ސަބަބާއި ބެހޭގޮތުން މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލް
އިދާރާގެ ފަރާތުން ވާހަކަ ދައްކަމުން، މަގާއި ގޯޅިފަދަ ޢާންމުވެގެންވާ މަޞްލަހަތު ހިމެނޭފަދަ ތަންތަނަށް
އަރައިގެން ނަގަންޖެހޭ ރުއްގަހަށް 1998 ވަނައަހަރުގެ ކުރިން ރައްޔިތުންގެ ރުއްގަހުން ބަދަލު ދެމުން
އައިސްފައިވީނަމަވެސް 1998 ގެ ފަހުން މިހާތަނަށްވެސް ބަޔާންކުރެވުނުފަދަ ތަންތަނުގައި ހުންނަ ރުއްގަހަށް
ބަދަލު ދިނުމުގައި އިދާރީގޮތުން ނިންމިއަސް، އަދި ޝަރީޢަތުން ނިންމެވިޔަސް ބަދަލު ދީފައިވާނީ ސަރުކާރުގެ
ފައިސާއިން ކަމަށާއި، އެގޮތަށް އެކަން ކުރަން ފަށާފައިވަނީ ދެސަބަބަކާ ހުރެކަމަށާއި،
ފުރަތަމަ ސަބަބަކީ؛ ރަށުގެ އާބާދުވަމުންދާ ސަރަހައްދު ބޮޑުވާއިރު ބަދަލުދީފައި ނަގަންޖެހޭ
ރުއްގަސް ގިނަވުމާއި، އެއްގަހަށް ބަދަލުގެ ގޮތުގައި ދޭނެ ރުއްގަސް ރައްޔިތުންގެ ރުއްގަހުގެ ތެރޭގައި
ފުދޭވަރަށް ނެތުންކަމަށާއި،
ދެވަނަ ސަބަބަކީ، 1998 ގެކުރިން ރަށްރަށުގައި އަޅާ މިސްކިތްތަކާއި، ރަށު އޮފީހާއި،
ސްކޫލާއި، ހެލްތުޕޯސްޓް ފަދަތަންތަނާއި މަގާއި ގޯޅިފަދަ ތަންތަނަކީ ސަރުކާރުގެ އެހީއާއިއެކު ރައްޔިތުން އަޅާ
ރައްޔިތުންގެ
ތުންގެ ބޮޑު ހިއްސާ އޮވެގެން ހިންގާ ހަދާ ތަންތަންކަމުގައި ވިއަސް އޭގެ ފަހުން އެފަދަ ތަންތަން ހަދާ
ހިންގާ ބަލަހައްޓަނީ ސަރުކާރުން އެކަމަށް ކަނޑައަޅާ މުއައްސަސާއަކުން ކަމަށްވުމާއި، ޤާނޫނު ނަންބަރު
21/98 (މީހުންއުޅޭ
ރަށްރަށުގެ ރުއްގަހާއިބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާގައި، ރައްޔިތުންގެ ރުއްގަސްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
20j4/HC-A/3j7
އެހެނޭ ކެމްނޭ
ދިވެހިރާއްޖޭގެ ހައި9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބުނާ ރުއްގަހަކީ އެރަށެއްގެ ރައްޔިތުންގެ މިލްކެއްކަމަށް ބުނެފައިވާއިރު، ސަރުކާރުން ކޮންޓްރޯލްކުރާ ތަންތަނުގެ
ބަދަލަށް ރައްޔިތުންގެ ތަކެއްޗާއި، ފައިސާއިން ބަދަލުދޭންޖެހޭނެ ކަމަކަށް ނުފެންނާތީކަމަށާއި،
މިގޮތުން 1998 ވަނަ އަހަރުން ފެށިގެން މިހާތަނަށް 241 ރުކާއި، 238 ގަހަށް ފައިސާއިން
ދަލުދީ ނިމިފައިވާއިރު، ބަދަލުދިނުމަށްޓަކައި 135 ރުކާއި، 27 ފަހުގެ މައްސަލަވަނީ ކޯޓަށް
ހުށަހެޅިފައިކަމަށާއި، އަދި 517 ރުކާއި، 448 ގަހުގެ ބަދަލުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި
ތައްޔާރުވެފައިވާކަމަށާއި، މިހާތަނަށް 893 ރުކާއި، 713 ގަހަށް ބަދަލު ދޭންޖެހިފައިވާއިރު،
ރުއްގަހުން ބަދަލުދޭނަމަ، ބަދަލުގެ ގޮތުގައި ދޭނެ ރުއްގަހެއް ރައްޔިތުންގެ ކިބާގައި ނެތްކަމަށާއި، 1998 އިން
ފެށިން މިހާތަނަށް ރުއްގަހުން ބަދަލުދިނުން ހުއްޓާލުމުންވެސް ރައްޔިތުންގެ ނަމުގައިހުރީ ފޯދުނު އެކިވަރުގެ
310 ރުކާއި ނުފޯދޭ އެކިވަރުގެ 155 ރުއްކަމަށާއި، އަދި މިފަދައިން ހުރި ރުއްތައްވެސް ވަނީ އެއިން މާލީ
މަންފާއެއް ޙާޞިލްކުރުމުގެ ގޮތުން އެހެން ފަރާތަކަށް އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ދޫކު
ދޫކުރެވިފައިކަމަށާއި،
އަދި 1998 އިން ފެށިން މިހާތަނަށް ފައިސާއިން ބަދަލުދީ ޝަރީޢަތުން ނިންމަވާފައިވާ
މައްސަލަތަކުގެ ތެރޭގައި މި ޢަބްދުއްޞަމަދު މުޙައްމަދަށް ފައިސާއިން ބަދަލުދީ ނިންމަވާފައިވާ
މައްސަލައެއްވެސް ހިމެނިފައިވާކަމަށްބުނެ އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހަޅާފައިވާކަމާއި، އިސްތިއުނާފު ކުރެވިފައިމިވާ މާޅޮސްމަޑުލު އުތުރުބުރީ ފައިނު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު: 2013/E14-C/06 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއި ޚިލާފަށް މީސްމީހުންގެ ރުއްގަހުގެ ބަދަލު
ރައްޔިތުންގެ ރުއްގަހުން ދޭންޖެހޭގޮތަށް ޝަރީޢަތުން ނިންމަވައިފިނަމަ އެކަން ވެގެންދާނީ ހައްލުކުރަން ދަތި
އުދަގޫ މައްސަލައަކަށް ކަމަށާއި، ރުއްގަހަށް ބަދަލު ދިނުމުގައި ފައިސާއިން ބަދަލު ލިބިދިނުމަކީ އެމީހެއްގެ
ޙައްޤު ނިގުޅައި ގަތުން ކަމަށް ކައުންސިލް އިދާރާއިން ނުދެކޭކަމަށާއި، އެހެންކަމުން ފަރުދެއްގެ އަމިއްލަ
މަޞްލަޙަތަށްވުރެ ބޮޑަށް
ބޮޑަށް އާއްމު މަޞްލަޙަތު ރައްކާތެރިކުރެވޭގޮތަށް ފައިނު މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވާ
ނަންބަރު: 2013/E14-C/06 ޤަޟިއްޔާ ބާޠިލްކުރާނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުދެކޭކަމަށް މާޅޮސްމަޑުލު
އުތުރުބުރީ ފައިނު ކައުންސިލް އިދާރާގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެ
cccc
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j4/HC-A/3j7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OCCO > U
3.3- ތިންވަނަ ކަމަކީ: "ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު" (6) ގެ 150 ވަނަ
މާއްދާގައި، ސަރުކާރަށް ބޭނުންވެގެން ނުވަތަ ޢާންމު ފައިދާއަކަށް ބޭނުންވެގެން ދޫކުރެވޭ ބިންބިމުގައި ހުންނަ
އަމިއްލަ މީސްމީހުންގެ ރުއްގަހަށް ބަދަލު ދިނުމުގެ ޤަވާޢިދު ހިމެނިފައިވާކަމާއި، އެގޮތުން އެޤަވާޢިދުގެ (5)
ވަނަ ނަންބަރުގައި، ވަގަށް ކަނޑަށްޖެހޭ މީސްމީހުންގެ ރުއްގަހަށް ރައްޔިތުންގެ ރުއްގަހުން، ރައްޔިތުންގެ
ރުއްގަސް ނެތްނަމަ، ސަރުކާރުގެ ރުއްގަހުން ބަދަލުދިނުން. މިގޮތުން ބަދަލުދޭނެ ރުއްގަސް ނެތްނަމަ،
ޝަރީޢަތުން ކަނޑައަޅާ އަގާދިނުން." މިފަދައިން ބަޔާންކޮށްފައިވާކަމާއި،
އަދި މީގެ އިތުރުން، "ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު" (6) ގެ 236 ވަނަ
މާއްދާގެ (2) ވަނަ ނަންބަރުގައި، ސަރުކާރަށް ބޭނުންވެގެން ނުވަތަ ޢާންމު ފައިދާއަކަށް ބޭނުންވެގެން
ދޫކުރެވޭ ބިންބިމުގައި ހުންނަ މީސްމީހުންގެ ރުއްގަހަށް ބަދަލުދިނުމުގައި ގަވާއިދު ފޮތުގެ 150 ވަނަ
މާއްދާގައިވާ ގޮތުގެމަތިން ބަދަލުދޭނެ ރުއްގަސް ހުރިތޯ ބެލުމަށް ރަށުކޯޓުން ރަށު އޮފީހަށް ލިޔާނީއެވެ. ރަށު
އޮފީހުން އެބަދަލު ދެވެން ހުރިތޯބަލައި، ބަދަލުލިބެންވާ މީހާ ޤަބޫލުކުރާވަރުގެ ރުއްގަސް ހުރިކަމަށްވާނަމަ،
އޭނާއަށް ދޭންވީ ޢަދަދަކަށް ރުއްގަސްދީފައި، ރަށުއޮފީހުގައި ސޮއިކުރުވުމަށްފަހު، އޭގެ ކޮޕީއަކާއެކު އެކަން
ނިމުނުގޮތް ރަށުކޯޓަށް އަންގާނީއެވެ. މިގޮތުން ރަށު އޮފީހުން އެކަން ހަމަޖެއްސުމަށްފަހު ރަށުކޯޓަށް މައްސަލަ
އައިމާ ދެފަރާތް ހާޒިރުކޮށް ސުވާލުކުރުމަށްފަހު ބަދަލު ދިންގޮތުގެ ތަފްޞީލު ރިޕޯޓުގައި ލިޔެ، މި ބަދަލު ދިނުން
.ވެ." މިފަދައިން ބަޔާންކޮށްފައިވާކަމާއި،
ޝަރީޢަތްކުރުމާބެހޭގޮތުން އެދިފައިވާ ޤަވާޢިދު (6) އިން އިސްވެ ބަޔާންކުރެވުނު ދެ
މާއްދާއަށް ބަލާއިރު، ސަރުކާރަށް ބޭނުންވެގެން ނުވަތަ ޢާންމު ފައިދާއަކަށް ދޫކުރެވޭ ބިންބިމުގައި
ހުންނަ އަމިއްލަ މީސްމީހުންގެ ރުއްގަހަށް ބަދަލު ދިނުމުގެ ޤަވާޢިދުގެ (5) ވަނަ ނަންބަރުގައި، "މަގަށް
ކަނޑަންޖެހޭ މީސްމީހުންގެ ރުއްގަހަށް ރައްޔިތުންގެ ރުއްގަހުން، ރައްޔިތުންގެ ރުއްގަސް ނެތްނަމަ، ސަރުކާރުގެ
.1
ތ.44
ޞައްޙަކަމަށް ޙުކުމްކޮށް އިންމައެވެ.
OCCO)
م بس سروس
ރުއްގަހުން ބަދަލުދިނުން. މިގޮތުން ބަދަލުދޭނެ ރުއްގަސްނެތްނަމަ، ޝަރީޢަތުން ކަނޑައަޅާ އަރުދިނުން."
މިފަދައިން ބަޔާންކޮށްފައި އޮތުމުން، ޢާންމު ފައިދާއަކަށްޓަކައި ހެދޭ މަގެއްގައި، މީސްމީހުންގެ ރުއްގަސްޓްޖޭގެ
ހ2 0
82 *
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2014/HC-A/3j7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
etc
ހުރިނަމަ، އެރުއްގަހަށް ބަދަލު ދިނުމުގައި، ރައްޔިތުންގެ ރުއްގަސް ހުރިނަމަ ރައްޔިތުންގެ ރުއްގަހުން ބަދަލު
ދޭންވާނޭކަމަށާއި، އަދި ރައްޔިތުންގެ ރުއްގަސް ނެތްނަމަ، ސަރުކާރުގެ ރުއްގަހުން ބަދަލު ދޭންވާނެކަމަށާއި،
ފައިސާއިން ބަދަލު ދިނުމުގެ އިޚްތިޔާރު ލިބިގެންވަނީ ރައްޔިތުންގެ ރުއްގަހާއި ސަރުކާރުގެ ރުއްގަސް ނެތް
ޙާލަތެއްގައި އެކަނިކަމަށް ރ.ފައިނު/ ސަތަރުގެ، ޢަބްދުއްޞަމަދު މުޙައްމަދުގެ ފަރާތުން ދެކޭކަމާއި، އަދި
ރައްޔިތުންގެ ރުއްގަސް ރ.ފައިނުގައި އަދި އެބަހުރިކަމަށް ޢަބްދުއްޞަމަދު މުޙައްމަދު ބުނެފައިވާއިރު،
ރައްޔިތުންގެ ރުއްގަސް އޭގެ ޒާތުގައި އެރަށުގައި އަދި އެބަހުރިކަމަށް ޢަބްދުއްޞަމަދު
މުޙައްމަދު ބުނެފައިވާ ބުނުމަށް މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާގެ ފަރާތުން
އެއްބަސްވުމަށްފަހު، މިފަދައިން ބަދަލު ދޭންޖެހޭ އެންމެނަށް ބަދަލު ދިނުމަށް ފުދޭވަރަށް ރައްޔިތުންގެ ރުއްގަސް
ރ.ފައިނުގައި ނެތްކަމަށާއި، އަދި މިފަދައިން ދޭންޖެހޭ ބަދަލުގެ ގޮތުގައި ރައްޔިތުންގެ ރުއްގަހުން ބަދަލު
ދިނުމުގެ ކަންތައް ޤާނޫނު ނަންބަރު 21/8 (މީހުންއުޅޭ ރަށްރަށުގެ ރުއްގަހާއިބެހޭ ޤާނޫނު) އައުމާއި ގުޅިގެން
1998 ގެ ފަހުން ރ.ފައިނުގައި ހުއްޓާލައި އޭގެ ފަހުން މުޅިންވެސް ބަދަލު ދެމުން އައިސްފައިވަނީ މާލީ
ގޮތުން ސަރުކާރުގެ ފައިސާއިން ކަމަށާއި، އެފަދައިން މީގެ ކުރިން ބަދަލު ދީފައިވާ މީހުންގެ ތެރޭގައި
ރ.ފައިނު ސަތަރުގެ، ޢަބްދުއްޞަމަދު މުޙައްމަދު ވެސް ހިމެނިފައިވާކަމަށާއި، އަދި މާއްދީގޮތުން ރ.ފައިނުގައި
ރައްޔިތުންގެ ރުއްގަސްހުރި ކަމުގައިވިޔަސް، މިހާރު ބަދަލުދިނުމަށް ޝަރީޢަތަށް ހުށަހެޅިފައިވާ
މައްސަލަތަކުގައާއި އަދި ޝަރީޢަތަށް ހުށަހެޅުމަށް ތައްޔާރުކުރަމުންދާ މައްސަލަތަކުގައި ބަދަލުދިނުމަށް ބޭނުންވާ
ޢަދަދާއި ގާތްކުރާ މިންވަރަށްވެސް ރ.ފައިނުގައި ރައްޔިތުންގެ ރުއްގަސް ނެތްކަމަށް މާޅޮސްމަޑުލު އުތުރުބުރީ
ފައިނު ކައުންސިލް އިދާރާގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
3.4- ހަތަރުވަނަ ކަމަކީ: ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު (6) ގެ 150
ވަނަ މާއްދާގެ 5 ވަނަ ނަންބަރާއި، އެޤަވާޢިދުގެ ވަނަ މާއްދާ އަށް ބަލާއިރު، ސަރުކާރަށް ބޭނުންވެގެން
ނުވަތަ ޢާންމު ފައިދާއަކަށް ބޭނުންވެގެން ދޫކުރެވޭ ބިންބިމުގައި ހުންނަ މީސްމީހުންގެ ފިއްގަހަށް
ބަދަލުދިނުމުގައި، ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު (6) ގެ 150 ވަނަ މާއްދާގެ (އ) ގައި
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާ، ހި
10
2014/HC-A/347
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރުއްގަސްނެ
2
3 ސ ޑ ޖ ޗ
ﷲ ދވތ ހދ
"މަގަށް ކަނޑަންޖެހޭ މީސްމީހުންގެ ރުއްގަހަށް ރައްޔިތުންގެ ރުއްގަހުން، ރައްޔިތުންގެ ރުއްގަސްނެތްނަމަ،
ސަރުކާރުގެ ރުއްގަހުން ބަދަލުދިނުން. މިގޮތުން ބަދަލުދޭނެ ސްނެތްނަމަ، ޝަރީޢަތުން ކަނޑައަޅާ
އަގުދިނުން." މިފަދައިން ބަޔާންކޮށްފައިވާ ނައްޞު، ތިންކަމެއްގެ މައްޗަށް ތަރުތީބުކޮށްފައިވާކަމާއި، އެއީ
ފައިދާއަކަށްޓަކައި ކަނޑައެޅޭ
އެޅޭ ބިމެއްގައި ހުންނަ މީސްމީހުންގެ އަމިއްލަ ރުއްގަހަށް ބަދަލު
ދިނުމުގައި ރައްޔިތުންގެ ރުއްގަހުން ބަދަލު ދިނުމަށް އިސްކަން ދިނުމަށްފަހު، ބަދަލުދޭނެ ރައްޔިތުންގެ ރުއްގަސް
ނެތްނަމަ، ސަރުކާރުގެ ރުއްގަހުން ބަދަލުދިނުން ދެވަނައަށް، އަދި ބަދަލުދޭނެ ސަރުކާރު ރުއްގަސްވެސް ނެތް
ހިނދެއްގައި ފައިސާއިން ބަދަލުދިނުން ތިންވަނައަށް ތަރުތީބުކޮށްފައިވުންކަމާއި، މިއީ އެތައްސުން
ކަނޑައަޅާފައިވާ ހަމައެކަނި ތަރުތީބުކަމުގައި ބަލައިގަނެފިނަމަ، އެތަރުތީބުގެ ނަތީޖާއެއް ކަމުގައިވެގެންދާނީ،
މީސްމީހުންގެ އަމިއްލަ ރުއްގަހަށް ބަދަލު ދިނުމުގައި ރައްޔިތުންގެ ރުއްގަސް އޭގެ ޒާތުގައި ވުޖޫދުގައިވާ
ޙާލަތެއްގައި، އެފަދަ ރުއްގަސް ހުސްވަންދެން ބަދަލުގެ ގޮތުގައި ދިނުން ލާޒިމްވެ، އަދި އޭގެ ފަހުން
ސަރުކާރުގެ ރުއްގަސް ހުސްވަންދެން ބަދަލުގެ ގޮތުގައި ދިނުންވެސް ލާޒިމްވެ، ރައްޔިތުންގެ ރުއްގަހާއި
ސަރުކާރުގެ ރުއްގަސް އޭގެ ޒާތުން ވުޖޫދުގައި ނެތް ޙާލަތެއްގައި މެނުވީ، މާލީ ގޮތުން ނުވަތަ ފައިސާއިން
ބަދަލު ދިނުމުގެ މަގު އިޚްތިޔާރުކުރުމުގެ ޙައްޤު ލިބިގެންނުވުންކަމާއި،
ނަމަވެސް އެނައްޞުގައި އެކުލަވާލެވިފައިވާ ވަކިވަކި ޢިބާރާތްތަކަށާއި ލަފްޒުތަކަށް ފުންކޮށް
ވިސްނާބަލާއިރު، އެނައްޞުގައި ބޭނުންކޮށްފައިވާ "ބަދަލުދޭނެ ރުއްގަސް ނެތްނަމަ" މިޢިބާރާތަށް ޚާއްޞަ
ނަޒަރެއްދީ އެޢިބާރާތާމެދު ވިސްނަންޖެހޭކަމާއި، އެގޮތުން ބަދަލުދޭނެ ރުއްގަސް ނެތުމަކީ، ރުއްގަސް އޭގެ
ޒާތުގައި ވުޖޫދުގައި ނެތުންތޯ؟ ނުވަތަ ކަނޑައަޅާފައިވާ ސިޔާސަތެއްގެ ދަށުން ބަދަލުދޭނެ ރުއްގަސް ނެތްކަމަށް
ނިންމާފައިވާނަމަ (ރުއްގަސް އޭގެ ޒާތުގައި ވުޖޫދުގައި ހުރިކަމުގައި ވިޔަސް)، އެއީ ބަދަލުދޭނެ ރުއްގަސް
ނެތީކަމަށް ބެލެވިދާނެތޯ؟ ސުވާލުތަކާމެދު ފުންކޮށް ވިސްނަންޖެހޭކަމާއި،
އެހެނީ މަތީގައި ނައްޞުން ފުރަތަމަ ދޭހަވާ ޢާންމު މާނައަށް ބަލައި، ކޮންމެ
ކޮންމެ ޙާލަތެއްގައި އެމާނަ އިޚްތިޔާރު ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ ރަށްރަށުގައި ހުންނަ ރައްޔިތުންގެ
ހ4 8
9 ޑ ވ މ
18ނ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/3
ucu
OCC
ރުއްގަހާއި ސަރުކާރުގެ ރުއްގަސް އެއްކޮށް ހުސްވެގެން ދިޔުމާއެކު، އެރަށްރަށުގައި ހުންނަ ޢާންމު މީސްމީހުންގެ
ރުއްގަސް އެމީހުންގެ އަމިއްލަ ބޭނުންތަކަށް ކަނޑާ ހުސްވެގެންގޮސް، އެކަމުގެ ނޭދެވޭ އަސަރު ރަށާއި ރަށުގެ
ތިމާވެއްޓަށްކޮށް ރަށް ހަލާކުވެގެން ދިޔުމުގެ އިޙްތިމާލު އޮތުންކަމާއި،
ނަމަވެސް އެފަދަ ޙާލަތެއް ދިމާވެދާނެކަމަށް ކުރިއަށް ވިސްނާ ބެލުމަށްފަހު، ވަކިފަރުދަކަށް
އަމާޒު ނުކުރެވޭގޮތަށް އަދި ޢާންމު މަޞްލަޙަތު ރައްކާތެރިކުރުމުގެ ބޭނުމުގައި ކަނޑައެޅިފައިވާ ޢާންމު
ސިޔާސަތެއްގެ ގޮތުގައި ރަށުގައިހުރި ރައްޔިތުންގެ ރުއްރުކާއި ގަސްގަސް ބަދަލުގެ ގޮތުގައި ނުދިނުމަށް
ނިންމާފައިވާނަމަ އެއީ ބަޔާންކުރެވުނު ނައްޞާއި ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ބެލެވިގެން ވާނެކަމަށް
ނުފެންނަކަމާއި، އެހެން ރަށްރަށުގައި ހުންނަ މީސްމީހުންގެ އަމިއްލަ ރުއްގަސްތައް އެމީހުންގެ އަމިއްލަ
ބޭނުންތަކަށްޓަކައި ކަނޑައި ހުސްކުރިއަސް، އެރަށްރަށާއި އެރަށްރަށުގެ ރައްޔިތުން ޙިމާޔަތްކޮށްދޭ، އެރަށްރަށުގެ
ރައްޔިތުންނަށް ޢާންމުވެގެންވާ ފައިދާއެއް ލިއްބައިދޭ ވަޞީލަތެއްގެ ގޮތުގައި ރައްޔިތުންގެ ރުއްތަކާއި
ސަރުކާރުގެ ރުއްތަށް އެރަށެއްގައި އެ ސިޔާސަތުގެ ދަށުން ދެމިހުންނާނެތީކަމާއި،
ހންކަމުން ޙާލަތާ ވަގުތާއި ޒަމާނަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކޮށް، ބަޔާންކުރެވުނު
ނައްޞުގައިވާ "ބަދަލުދޭނެ ރުއްގަސް ނެތްނަމަ” މި ޢިބާރާތް އިވުނު އުޞޫލުން އަދި ރަށާއި
ރައްޔިތުންގެ ޢާންމު މަޞްލަޙަތު ރައްކާތެރި ކޮށްދޭ ޙައްލު ހޯދައިދޭފަދަ ވިސްނުމަކުން މާނަކޮށްފިނަމަ،
ޢާންމުވެގެންވާ ފައިދާއަކަށްޓަކައި ކަނޑައެޅޭ ބިމެއްގައި ހުންނަ މީސްމީހުންގެ އަމިއްލަ ރުއްގަހަށް ބަދަލު
ދިނުމުގައި ރައްޔިތުންގެ ރުއްގަސް އޭގެ ޒާތުގައި ވުޖޫދުގައި ހުރި ކަމުގައިވިޔަސް، އަދި ސަރުކާރުގެ ރުއްގަސް
ޒާތުގައި ވުޖޫދުގައި ހުރި ކަމުގައިވިޔަސް، ރަށާއި ރަށުގެ ރައްޔިތުންގެ މަޞްލަޙަތު ރައްކާތެރިކުރުމުގެ
ގޮތުން ކަނޑައެޅިފައިވާ ޢާންމު ސިޔާސަތެއްގެ ދަށުން މީސްމީހުންގެ އަމިއްލަ ރުއްގަހަށް ބަދަލު ދިނުމަށް
ވާވަރަށް ރައްޔިތުންގެ އަދި ސަރުކާރުގެ ރުއްގަސް ނެތްކަމަށް ކަނޑައަޅައި، އެފަދަ ޙާލަތުގައި
މީސްމީހުންގެ އަމިއްލަ ރުއްގަހަށް ބަދަލު ދޭނީ ފައިސާއިންކަމަށް ކަނޑައަޅައި، އެފަދައިން ޢަމަލުކުރުމަށް
ނިންމާފައިވާނަމަ، ނުވަތަ އެފަދައިން ޢަމަލުކުރަމުން އެކަން ތަންފީޒުކުރަމުން އައިސްފައިވާނަމަ، އެރަށެއްގައި
ހ4 8
7
6 މ
ބަޔާނެކެވެ
4
އިޤް
ޏ 2
4
2 ހއ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/3j7
އޭގެ ޒާތުގައި ވުޖޫދުގައިހުރި ރައްޔިތުންގެ ރުއްގަހާއި ސަރުކާރުގެ ރުއްގަހުގެ ތެރޭގައި، މީސްމީހުންގެ އަމިއްލަ
ރުއްގަހަށް ބަދަލުދޭނެ ރުއްގަސް ނެތީކަމަށް ބަލައި، ފައިސާއިން ބަދަލު ދިނުމުގެ މަގު އިޚްތިޔާރު ކުރުމަށް
ހުރަހެއް އޮތްކަމަށް ނުފެންނަކަމާއި،
ގޮތެއް
ucou
ބަޔާންކުރެވުނު ނައްޞު މާނަކުރު
ކުރުމުގައި އިސްވެ ބަޔާންކުރެވުނު ދެގޮތުންކުރެ އިޚްތިޔާރު
ކުރުމުގައި ރަށްރަށާއި އެރަށްރަށުގެ ރައްޔިތުންގެ މަޞްލަޙަތު ބޮޑަށް ޙިމާޔަތްކުރެވި، އެރަށްރަށުގެ
އެރަށްރަށުގެ ތިމާވެއްޓަށް
އެންމެ ގެއްލުންކުޑަ ގޮތަކީ ކޮބައިކަމާމެދު ރިޢާޔަތްކުރަންޖެހޭނެކަމީ ޝައްކެތް އޮތްކަމެއް ނޫންކަމާއި،
މިގޮތުން، 1989 ވަނަ އަހަރަށްފަހު، މާޅޮސްމަޑުލު އުތުރުބުރީ ފައިނުގައި މިގޮތަށް ދޭންޖެހޭ
ބަދަލު ދިނުމުގައި ރުއްގަހުން ބަދަލު ދިނުން ހުއްޓާލާފައިވާކަމަށާއި، އަދި އެއީ ކަތީބުންނާއި ރަށު އޮފީސް
ހުރިއިރުގެ ނިންމުމެއް ކަމުގައިވިޔަސް، އެކަން އެގޮތުގައި ރަށު ކައުންސިލް އުފެދުނު ފަހުންވެސް ބަލައިގަނެ
އެކަން އެގޮތަށް ކުރިއަށް ގެންދަމުންދާކަމަށް މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލް އިދާރާގެ ފަރާތުން
ބުނެފައިވާތީ، ކުރީގައި ޢަމަލުކުރަމުން އައި އުޞޫލާއި އެއްގޮތަށް ފައިސާއިން ބަދަލު ދިނުމުގެ ކަންތައް
ކުރިއަށް ގެންދިއުމަށް ރަށު ކައުންސިލުން ނިންމާފައިވާނަމަ އެކަން އެނގޭ ލިޔެކިއުންތައް ފޮނުއްވައި ދެއްވުމަށް
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލް އިދާރާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު:B3
/
311
/
2015
/
1-95 (02 މާރޗް 2015) ސިޓީއިން ދެންނެވުމުން، އެކައުންސިލް އިދާރާގެ
ނަންބަރު:311/95/2015/1 (03 މާރޗް 2015) ސިޓީއާ އެސިޓީއާއެކު ފޮނުއްވާފައިވާ މާޅޮސްމަޑުލު
އުތުރުބުރީ ފައިނު ކައުންސިލްގެ 55 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާއަށް ބަލާއިރު، އެރަށުގެ މަގާއި ގޯޅިއަށް
އަރައިގެން ނަގަންޖެހިފައިވާ ރުއްގަސްތަކަށް ބަދަލު ދިނުމުގައި އިސްކަންދޭ ތަރުތީބަކުން އެރުއްގަސްތަކަށް
ފައިސާއިން ބަދަލުދިނުމަށްފަހު ނެގުމަށް 03 އޭޕްރީލް 2012 ގައި މެންބަރުންގެ އިއްތިފާޤުން ނިންމާފައިވާކަން
އޮންނަކަމާއި، އެހެންކަމުން އެނިންމުމަކީ ރަށްރަށުގެ ކައުންސިލްތައް ޤާނޫނީގޮތުން އުފެދުމުގެ
މާކުރިންސުރެ ފައިނުގައި މިފަދަ ޙާލަތުގައި ރުއްގަހަށް ބަދަލު ދިނުމުގައި ޢަމަލުކުރަމުން އައިގޮތް އެރަށު
ކައުންސިލުން ބަލާގަނެފައިވާކަން އެނގޭ ނިންމުމެއްކަމާއި، އަދި އެނިންމުމަކީ އިސްތިއުނާފް ކުރެވިފައިމިރާއްޖޭގެ ފައިވީ
އެނގެން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
20j4/HC-A/3j7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
7
4
މާޅޮސްމަޑުލު އުތުރުބުރީ ފައިނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2013/E 14
-
C/06 ޤަޟިއްޔާ ހުށަހެޅުމުގެ
މާކުރީގެ ނިންމުމެއްކަމުން އެނިންމުމަކީ ޢަބްދުއްޞަމަދު މުޙައްމަދުގެ ރުއްގަސްތަކަށް ބަދަލު ދޭންޖެހުމާއި
ގުޅިގެން ނިންމާފައިވާ ނިންމުމެއްކަމުގައި ބެލެވެން ނެތްކަމާއި، އަދި އެނިންމުމަކީ ވަކިފަރުދަކަށް
އަމާޒުކުރެވިފައިވާ ނިންމުމެއްކަމަށް
ގުމަށް ބަލަންޖެހޭ އެއްވެސް ސަބަބެއްވެސް ފެންނަން ނެތްކަމާއި،
އަދި ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދު (6) އިން ޙަވާލާދެވިފައިވާ ދެ މާއްދާކަމުގައިވާ 150
ވަނަ މާއްދާއާއި 236 ވަނަ މާއްދާ އެކުއެކީގައި ކިޔާލުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި ރަށާއި
ރަށުގެ ރައްޔިތުންގެ ޢާންމު މަޞްލަހަތު ބޮޑަށް ރައްކާތެރިކޮށްދޭ ވިސްނުމުގައި ކުރެވިފައިވާ މާނަކުރުމަށް
ހުރަސްއެޅޭކަމަށް ނުފެންނަކަމާއި، އެހެނީ ޙަވާލާ ދެވުނު 150 ވަނަ މާއްދާގައި ބުނާފަދަ މައްސަލައެއް
ޝަރީޢަތަށް ހުށަހެޅިއްޖެ ޙާލަތެއްގައި ޢަމަލުކުރަންޖެހޭގޮތް 236 ވަނަ މާއްދާގައި ވަރަށް ތަފްޞީލުކޮށް
ބަޔާންކޮށްދީފައިވާކަމާއި، އެގޮތުން 236 ވަނަ މާއްދާގެ (2) ވަނަ ނަންބަރަށް ރިޢާޔަތްކުރާއިރު، ސަރުކާރުން
ބޭނުންވެގެން ނުވަތަ ޢާންމު ފައިދާއަކަށް ބޭނުންވެގެން ދޫކުރެވޭ
ބޭނުންވެގެން ދޫކުރެވޭ ބިންބިމުގައި ހުންނަ މީސްމީހުންގެ ރުއްގަހަށް
ބަދަލު ދިނުމުގައި 150 ވަނަ މާއްދާގައިވާގޮތުގެ މަތިން ބަދަލުދޭނެ ރުއްގަސް ހުރިތޯ ބެލުމަށް ރަށު އޮފީހަށް
(ރަށު ކައުންސިލަށް) ލިޔަންޖެހޭކަމާއި، ރުއްގަހުން ބަދަލު ދެވެން ހުރިތޯ ނުވަތަ ނެތްތޯ ކަނޑައަޅަނީ ރަށު
އޮފީހުން (ރަށު ކައުންސިލް އިދާރާ) ކަމާއި، އެހެންކަމުން ރަށު އޮފީހުން ނުވަތަ ރަށު ކައުންސިލުން
ކަނޑައަޅާފައިވާ ސިޔާސަތެއްގެ ދަށުން ބަދަލުދޭނެ ރުއްގަސް ނެތްނަމަ، އެރަށެއްގައި ރައްޔިތުންގެ ރުއްގަހާއި
ސަރުކާރުގެ ރުއްގަސް އޭގެ ޒާތުގައި ވުޖޫދުގައި ހުރިނަމަވެސް، އެއީ މީސްމީހުންގެ ރުއްގަހަށް ބަދަލު ދޭނެ
ރުއްގަސް ނެތީކަމަށް ބަލައި ފައިސާއިން ބަދަލު ދިނުމުގެ މަގު އިޚްތިޔާރު ކުރުމަށް ޤާނޫނީ ހުރަހެއް އޮވެގެން
42 4 2 3
ނަނ0އ
މާޅޮސްމަޑުލު އުތުރުބުރީ ފައިނު މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު:2013/E14
-
C/06
ޤަޟިއްޔާގައި ކަންހިނގާފައިވާގޮތަށް ބަލާއިރު 1998 ވަނަ އަހަރުގެ ކުރިން މިފަދަ ޙާލަތްތަކުގައި ރައްޔިތުންގެ
ރުކުންނާއި ސަރުކާރުގެ ރުކުން ބަދަލު ދެމުން އައިސްފައިވީނަމަވެސް، ޤާނޫނު ނަންބަރު 21/98 (މީހުންއުޅޭރއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/347
,ހ 3
ނަންބަރު:
ރަށްރަށުގެ ރުއްގަހާއިބެހޭ ޤާނޫނު) އަށް ޢަމަލުކުރުމަށް ފެށުމާއެކު، ރަށުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއި
ޢާންމު މަޞްލަޙަތު އިސްކޮށް، 1998 ވަނަ އަހަރުން ފެށިގެން އެފަދަ ޙާލަތްތަކުގައި ބަދަލުގެ ގޮތުގައި
ރައްޔިތުންގެ ރުކުންނާއި ސަރުކާރުގެ ރުކުން ބަދަލު ދިނުން ހުއްޓާލައި، ހަމައެކަނި ފައިސާއިން ބަދަލުދޭގޮތަށް
ޢާންމު ސިޔާސަތެއް ކަނޑައަޅައި، މިހާތަނަށްވެސް ޢަމަލުކުރަމުން އައިސްފައިވަނީ އެގޮތަށްކަމާމެދަކު އެއްވެސް
ފަރާތަކުން އިންކާރު ކޮށްފައިނުވާކަމާއި، 1998 އިން ފެށިގެން މިހާތަނަށް އެރަށު މެޖިސްޓްރޭޓް ކޯޓުން
ނިންމަވާފައިވާ އެފަދަ ޤަޟިއްޔާތަކަށް ބެލުމުންވެސް، މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލް އިދާރާގެ
ފަރާތުން ބުނެފައިވާ ގޮތާއި އެއްގޮތަށް ބަދަލު ދިނުމުގެ މައްސަލަތަކުގައި ބަދަލުގެ ގޮތުގައި ދީފައިވަނީ
ފައިސާކަން އެނގެން އޮންނަކަމާއި، އޭގެ ތެރޭގައި، މާޅޮސްމަޑުލު އުތުރުބުރީ ފައިނު މެޖިސްޓްރޭޓް ކޯޓްގެ
2008/E14-C/02 ޤަޟިއްޔާއާއި އެކޯޓުގެ ނަންބަރު 2013/E14
-
C/04 ޤަޟިއްޔާއާއި
ނަންބަރު 2013/E14-C/07 ޤަޟިއްޔާ ފާހަގަކުރެވޭކަމާއި، އަދި މި މުއްދަތުގެ ތެރޭގައި ޝަރީޢަތުން
ބޭރުގައި އިދާރީގޮތުން ނިންމާފައިވާ މިފަދަ މައްސަލަތަކަށް ބަލާއިރުވެސް އެހުރިހާ މައްސަލައެއްވެސް
ނިންމަވާފައިވަނީ ފައިސާއިން ބަދަލު ދިނުމަށްފަހުގައިކަން މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލް އިދާރާގެ
ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުން ސާފުކޮށް އެނގެން އޮންނަކަމާއި، މިއާއި ޚިލާފަށް ކަމެއް ސާބިތުވެދާފަދަ
އެއްވެސް ހެއްކެތް ޝަރީޢަތަށް ހުށަހެޅިފައިނުވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކަށް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، މާޅޮސްމަޑުލު އުތުރުބުރީ ފައިނު މެޖިސްޓްރޭޓް ކޯޓްގެ
ނަންބަރު:2013/E14
-
C/06 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް
ތިކަމަކަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
CCC
82 ހދ.8
އިeކުމަކަށް
ދިވެހިރާއްޖޭގެ
ހައިކް
ވެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/347
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކަށް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، މާޅޮސްމަޑުލު އުތުރުބުރީ ފައިނު މެޖިސްޓްރޭޓް
ކޯޓްގެ ނަންބަރު:2013/E14
-
C/06 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް
އޮތްކަމަކަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ފެނިފައިނުވާތީ،
އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
cu o
.ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv