ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/153 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/153
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
L3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
.
ޤަޟިއްޔާ ނަންބަރ: 153/HC-A/2011
އިސްތިއުނާފުކުރި ފަރާތް:
ނަން: މޫސާ ހާޝިމް
އައިޑީ ކާޑު ނަންބަރު: A000496
ދާއިމީ އެޑްރެސް: މއ. ގަހަނާލޮޖް
މިހާރުގެ އެޑްރެސް: މއ. ތިނަދޫގެ
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު މޫސާ
އައިޑީ ކާޑުނަންބަރު: A061092
ދާއިމީ އެޑްރެސް: މއ. ޕެރިސްގެ
މިހާރުގެ އެޑްރެސް: މއ.
• ރަޖިސްޓްރީ ތާރީޚް: 19 ރަޖަބު 1432
21 ޖޫން 2011
ނިމުނު ތާރީޚް:
11 މުޙައްރަމް 1434
25 ނޮވެމްބަރ 2012
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/210
ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 17.01.2011
* ނިމުނު ތާރީޚް: 21.04.2011
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2011/HC-A/153
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/210 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މ.ގަހަނާލޮޖް މޫސާ ހާޝިމްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު
ރައްދުވާ ފަރާތަކީ މއ.ޕެރިސްގެ މުޙައްމަދު މޫސާއެވެ.
CC
ފާހަގަކުރެވުނު ނުކުތާތައް:
4
މޫސާގެ ފަރާތުން
1) އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/210 ޤަޟިއްޔާގައި 01
ޖެނުއަރީ 2010 ދުވަހު ހއ.ޕެރިސްގެ (7 ވަނަ ބައި) މުޙައްމަދު މޫސާ (ދ.ރ.ކާޑު A061092) އާއި
މއ.ގަހަނާލޮޖް (މއ.ތިނަދޫގެ ފުރަތަމަ ފަންގިފިލާ) މޫސާ ހާޝިމް (ދ.ރ.ކާޑު ނަންބަރު A000496) އާ ދެމެދު
މއ.ޕެރިސް (7 ވަނަ ބައި) އެވެ ކިޔާ ގޯތިން މުޙައްމަދު މޫސާއަށް ލިބިފައިވާ ބައިގެ ގްރައުންޑް ފްލޯ ކުއްޔަށް
ދިނުމަށް އެއްބަސްވެފައިވާ ހިނދު، އެއެއްބަސްވުމާއި މޫސާ ހާޝިމް ޚިލާފުވެފައިވާ ކަމަށާއި، އެއްބަސްވުމުގެ
މުއްދަތު ހަމަވުމުންވެސް ކުއްޔަށް ހިފާފައިވާ ޢިމާރާތް ދޫކޮށްފައި ދިއުމަށް މޫސާ ހާޝިމް އިންކާރު
ކުރަމުންދާކަމުގައި ބުނެ، އެޢިމާރާތް މޫސާ ހާޝިމްގެ އަތުން ހޯދުމަށާއި، އެއްބަސްވުމާއި ޚިލާފަށް މޫސާ ހާޝިމްގެ
ފަރާތުން ޢަމަލުކޮށްފައިވުމުގެ ސަބަބުން މުޙައްމަދު މޫސާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދާދިނުންއެދި، މުޙައްމަދު
ފަރާތުން މޫސާ ހާޝިމްގެ މައްޗަށް ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "...ދެންފަހެ، ޖެނުއަރީ 2010 ދުވަހު ހއ.ޕެރިސްގެ 70 ވަނަ
ބައި) މުޙައްމަދު މޫސާ (ދ.ރ.ކާޑު A061092) އާއި މއ.ގަހަނާލޮޖް (މއ.ތިނަދޫގެ | ފުރަތަމަ ފަންގިފިލާ)
މޫސާ ހާޝިމް (ދ.ރ.ކާޑު ނަންބަރު A000496) އާދެމެދު މއ.ޕެރިސް (7 ވަނަ ބައި) އެވެ ކިޔާ ގޯތިން
މުޙައްމަދު މޫސާއަށް ލިބިފައިވާ ބައިގެ ގްރައުންޑް ފްލޯ ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާ ހިނދު،
އެއެއްބަސްވުމާއި މޫސާ ހާޝިމް ޚިލާފުވެފައިވާ ކަމަށާއި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް ކުއްޔަށް
ހިފާފައިވާ ޢިމާރާތް ދޫކޮށްފައި ދިއުމަށް މޫސާ ހާޝިމް އިންކާރުކުރަމުންދާކަމުގައި ބުނެ، އެޢިމާރާތް މޫސާ
ހާޝިމްގެ އަތުން ހޯދުމަށާއި، އެއްބަސްވުމާއި ޚިލާފަށް މޫސާ ހާޝިމްގެ ފަރާތުން ދަޢުވާގައިވާ ތަނުން
ނުނިކުމެވުމުގެ ސަބަބުން މުޙައްމަދު މޫސާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދާދިނުންއެދި، މުޙައްމަދު
ފަރާތުން މޫސާ ހާޝިމްގެ މައްޗަށް ކުޅަ ދަޢުވާއަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
ދިވެހިރާއްޖެ
3
2011/HC-A/153
ދަޢުވާއަށް ކަނޑައެޅިގެން އިންކާރުކުރާކަމަށާއި، 01 ޖެނުއަރީ 2009 ވަނަ ދުވަހު މުޙައްމަދު
މޫސާއާއި މޫސާ ހާޝިމް ވެފައިވާ އެއްބަސްވުމުގެ މުއްދަތު 31 ޑިސެމްބަރ 2009 ދުވަހު ހަމަވުމަށްފަހު،
މުޙައްމަދު މޫސާއާއި މޫސާ ހާޝިމްއާދެމެދު އެއްބަސްވުމެއްވެފައި ނުވާނެކަމަށާއި، މުޙައްމަދު މޫސާއަށް މޫސާ
ހާޝިމްގެ ފަރާތުން ބަދަލުދޭންޖެހޭނެކަމަށް ނުދެކޭކަމަށް މޫސާ ހާޝިމްގެ ފަރާތުން ބަޔާންކޮށްފައިވާ ނަމަވެސް،
ޤަޟިއްޔާއާއި ގުޅިގެން ހުށަހަޅާފައިވާ ބަޔާންތަކަށާއި ލިޔެކިޔުންތަކަށް އަދި ޤަޟިއްޔާއާއި
ގުޅިގެން ފާހަގަކޮށްފައިވާ ނުކުތާތަކަށް ރިޢާޔަތްކުރުމުން، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާމެދު 01 ޖެނުއަރީ
2010 އިން 31 ޖެނުއަރީ 2010 ގެ ނިޔަލަށް އއ.ޕެރިސް (7 ވަނަ ބައި) ގެ ތިރީ ބުރީގައިވާ ފިހާރަ
ކުއްޔަށް ދޫކުރުމާއި މެދު އެއްބަސްވުމެއް ވެފައިވާކަން މަދަނީ މިންގަނޑުން ޘާބިތުވާތީ، އެއްބަސްވުމުގެ މުއްދަތު
ހަމަވުމަށްފަހުގައި މުޙައްމަދު މޫސާގެ ފަރާތުން މޫސާ ހާޝިމްއަށް ކުއްޔަށްދީފައިވާ ތަނުގައި ހުރުމުގެ ޙައްޤެއް
މޫސާ ހާޝިމްއަށް ލިބިގެން ނުވާކަމުގައާއި، 31 ޑިސެމްބަރ 2010 މިތާރީޚުގެ ފަހުން މުޙައްމަދު މޫސާގެ
ފަރާތުން މޫސާ ހާޝިމްއަށް ކުއްޔަށް ދޫކުރި ޢިމާރާތް މުޙައްމަދު މޫސާއާއި ޙަވާލުނުކޮށް ހިނގާ ދުވަސްތަކަށް
ކުލީގެ ގޮތުގައި މަހަކު -/
15,000ރ. (ފަނަރަހާސް ރުފިޔާ) ގެ މަގުން މޫސާ ހާޝިމް ފައިސާ ދައްކަންޖެހޭނެ
ކަމުގައި ކަނޑައަޅައި،
21 އޭޕްރީލް 2011 އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މުޙައްމަދު މޫސާއާއި
މއ.ޕެރިސް (7 ވަނަ ބައި) ގެ ތިރީގައި ހަދާފައިވާ ފިހާރަ ޙަވާލުކުރުމަށާއި، 01 ޖެނުއަރީ 2011 އިން
ފެށިގެން މަހަކު -/15,000ރ. (ފަނަރަހާސް ރުފިޔާ) ގެ މަގުން އެޢިމާރާތުގެ ކުއްޔަށް ދައްކަންޖެހޭ ފައިސާ
ދައްކާ ޚަލާސްކުރުމަށް މއ.ގަހަނާލޮޖް (މއ.ތިނަދޫގެ | ފުރަތަމަ ފަންގިފިލާ) މޫސާ ހާޝިމްއަށް އަންގައި،
ޙުކުމްކޮށް" މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/210 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މއ.ގަހަނާލޮޖް މޫސާ ހާޝިމްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
ކުރަމުން 02 (ދޭއް) ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލިހުގައި
ވާހަކަދައްކާފައިވެއެވެ.
4 2 253
ނ އނއއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2011/HC-A/153
• ފުރަތަމަ ނުކުތާއަކީ، 31 ޖެނުއަރީ 2010 ގައި މޫސާ ހާޝިމް ސޮއިކުރިކަމަށްބުނެ
މުޙައްމަދު މޫސާ މއ.ޕެރިސްގެ 07 ވަނަ ބައި(މާލެ ހުށަހެޅި އެއްބަސްވުމުގައި މޫސާ ހާޝިމް ސޮއިކޮށްފައި
ނުވާކަމަށް ތަކުރާރުކޮށް ޝަރީޢަތުގެ މަޖިލީހުގައި ބުނަމުން ދިޔަނަމަވެސް މިކަން ސާބިތުކުރުމަށް ޝަރުޢީ އަދި
ޤާނޫނީ ގޮތުން މައްސަލަ ނިންމެވިއިރު ބައްލަވާފައިނުވާކަމަށާއި، އަދި މިގޮތުން 31 ޖެނުއަރީ 2010 ގައި މޫސާ
ހާޝިމް ސޮއިކުރިކަމަށްބުނެ މުޙައްމަދު މޫސާ ހުށަހެޅި އެއްބަސްވުން ސާބިތުކުރުމަށްޓަކައި ހެކިދެއްކިފައިނުވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
0
ދެވަނަ ނުކުތާއަކީ، މިމައްސަލަ ނިންމެވިއިރު މުޙައްމަދު މޫސާއާއި މޫސާ ހާޝިމްއާ ދެމެދު
އެއްބަސްވުމެއްނެތި ކުއްޔަށް އުޅެމުން އައި ފިހާރައިގެ ކުއްޔަކީ -/8,000ރ. (އަށްހާސް ރުފިޔާ) ކަމަށާއި އިސްވެ
ދެންނެވި -/
8,000ރ. (އަށްހާސް ރުފިޔާ) ގެ ކުލި މުޙައްމަދު މޫސާއަށް ދައްކަމުން ދަނިކޮށް ސިވިލް ކޯޓުގެ
ނަންބަރު 2011/Cv-C/210 ޤަޟިއްޔާ 17 ޖެނުއަރީ 2011 ގައި، ހުށަހެޅި މިމައްސަލަ ހިނގަމުން ދަނިކޮށް
މުޙައްމަދު މޫސާ މޫސާ ހާޝިމް ކުއްޔަށް ހިފައިގެންއުޅޭ ތަނުގެ ކުއްޔަކީ 01 ޖެނުއަރީ 2011 އިން ފެށިގެން
ކޮންމެ މީލާދީ މަހަކަށް -/15,000 > (ފަނަރަހާސް ރުފިޔާ) ގެ ކުއްޔަށް ކަނޑައަޅާ އެކުލި ޝަރީޢަތުގެ
މަޖިލިހަށް ހުށަހެޅުމުން ޝަރުޢީ އަދި ޤާނޫނީ ގޮތުން އެކުއްޔާމެދު އެއްވެސް ދިރާސާއެއް ކުރުމެއްނެތި
އެސަރަޙައްދުގެ އެވަރު ތަނެއްގެ މިސްލީ ކުއްޔަކާމެދު ރިޢާޔަތް ކުރެއްވުމެއްނެތި -/
15,000ރ. (ފަނަރަހާސް
ރުފިޔާ) ކުލީގެ ގޮތުގައި ދެއްކުމަށް ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
t
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/210 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/210 ޤަޟިއްޔާގެ މައްސަލައިގެ
ކަން ހިނގާ ދިޔަ ގޮތަށް ބަލާއިރު، އެންމެ ފުރަތަމަ މުޙައްމަދު މޫސާއާއި މޫސާ ހާޝިމްއާ ދެމެދު 1 ޖެނުއަރީ
2009 އިން 31 ޑިސެމްބަރ 2009 ގެ ނިޔަލަށް އއ.ޕެރިސްގެ (ނަންބަރު 7} ގެ މުޙައްމަދު މޫސާގެ
ބައިގައިވާ ފިހާރަ ކުއްޔަށް ދިނުމާގުޅޭ ގޮތުން އެއްބަސްވުމެއްގައި ސޮއިކުރެވުނުކަން އެނގޭކަމާއި، އެއެއްބަސްވެ
31 ޑިސެމްބަރ 2009 ގައި ނިމުމަކަށް އައުމުން، މުޙައްމަދު މޫސާގެ ފަރާތުން ހުށަހެޅި ލިޔުމެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
s.
15
ބައިކްޓް
5
2011/HC-A/15 3
ބުނެވުނު ދެފަރާތުން އަނެއްކާވެސް އިސްވެ ބުނެވުނު ފިހާރަ ކުއްޔަށް ދިނުމާބެހޭ ގޮތުން އެއްބަސްވުމެއްގައި
ސޮއިކުރިކަމަށް ދޭހަވާކަމާއި، މި އެއްބަސްވުމުގެ މުއްދަތަކީ 1 ޖެނުއަރީ 2010 އިން ފެށިގެން 31 ޑިސެމްބަރ
2010 ގެ ނިޔަލަށްކަމާއި، މި އެއްބަސްވުމުގައި މޫސާ ހާޝިމް ސޮއިކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
މޫސާ ހާޝިމްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/210 ޤަޟިއްޔާ
އިސްތިއުނާފު ކުރަމުން ފާހަގަކުރި އެއް ނުކުތާއަކީ 2010 ގައި ކުއްޔަށް ދެވުނުތަން ކުއްޔަށް ދިނުމާބެހޭ ގޮތުން
ސޮއިކުރި އެއްބަސްވުމުގައި މޫސާ ހާޝިމް ސޮއިކޮށްފައިނުވާނެކަމަށް ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ތަކުރާރުކޮށް ބުނެފައިވާކަމަށާއި، އަދި މުޙައްމަދު މޫސާ ހުށަހެޅި އެއްބަސްވުން ސާބިތުކުރުމަށްޓަކައި
ހެކިދެއްކިފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުން ރިޢާޔަތް
4
UC
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/210 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ
ފާހަގަކުރެއްވުނު ނުކުތާތަކުގައިވެސް ދެފަރާތު ދެމެދު 2010 ގައި އެއްވެސް އެއްބަސްވުމެއްގައި
ކުރެވުނުކަމަށް މޫސާ ހާޝިމް އިންކާރުކުރާކަމަށް ފާހަގަކުރައްވާފައިވާކަމާއި، އެހެންނަމަވެސް، 2010 ވަނަ
އަހަރު ނިމުނުއިރުވެސް މޫސާ ހާޝިމް މުޙައްމަދު މޫސާގެ ފިހާރަ ބޭނުންކުރަމުން ދިޔަކަން ޝަރީޢަތަށް
ސާބިތުވާކަމާއި، އެގޮތުން އިސްވެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 11 ވަނަ ނުކުތާގައި
"ދެފަރާތުގެ މެދުގައި ހަދާފައިވާ
އެއްބަސްވުމެއްކަމަށް ބުނެ ހުށަހަޅާފައިވާ އެއްބަސްވުމެއްގައި ނަކަލުކޮށް ނުވަތަ
ފޯޖުކޮށްފައިވާ ސޮއެއްވާކަމުގައި ބުނި ނަމަވެސް، މޫސާ ހާޝިމްގެ ފަރާތުން މިނުކުތާތަކުގެ 9 ވަނަ
ނަންބަރުގައިވާގޮތަށް ޢަމަލުކޮށްފައިވާތީ، އެއްބަސްވުމުގައިވަނީ ނަކަލުކޮށް ނުވަތަ ފޯޖުކޮށްފައިވާ ސޮއެއްކަން
ޘާބިތުކޮށްދިނުމުގެ ގޮތުން ހެކިހުށަހެޅުމަކީ އެފަދައިން ސޮއި ނަކަލުކުރިކަމަށް ބުނާ ފަރާތުގެ ޒިންމާއެކެވެ" މިހެން
ބަޔާންކުރައްވާފައިވާކަމާއި،
އިސްވެ ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގެ ފާހަގަކުރެއްވުނު ނުކުތާތަކުގެ 9 ވަނަ ނުކުތާއަށް
ބަލާއިރު، މޫސާ ހާޝިމް ސޮއިކުރިކަމަށްބުނާ 2009 ގެ އެއްބަސްވުމުގެ ދަށުން، ކުއްޔަށް
ތަނުގެ ކުއްޔަކީ
-/7,000 ރ. (ހަތްހާސް ރުފިޔާ) ކަމާއި، އެހެންނަމަވެސް 2010 ގައި ކުއްޔަށް ދިންތަނުގެ ކުއްޔަކީ
-/8,000ރ. (އަށްހާސް ރުފިޔާ) ކަމަށްވީ ހިނދު، މޫސާ ހާޝިމް އެ އެއްބަސްވުމުގައި ސޮއިނުކުރާކަމަށް
ބުނިނަމަވެސް، ކުއްޔަށް ހިފިތަނުގެ ކުލީގެ ގޮތުގައި މޫސާ ހާޝިމް މުޙައްމަދު މޫސާއަށް ދައްކާފައިވަނީ
-/8,000ރ. (އަށްހާސް ރުފިޔާ) ގެ ކުއްޔަށްކަމަށް ފާހަގަކުރައްވާފައިވާކަމާއި،
I ¢ ¢ ¢ 0
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9. ދިވެހިންވެސް
6
2011/HC-A/153
COCO >
މިކަމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި މޫސާ ހާޝިމްއާ
ސުވާލުކުރުމުން، މޫސާ ހާޝިމް ބުނެފައިވަނީ ކުއްޔަށް ހިފި މއ.ޕެރިސްގެ (ނަންބަރު 7) ފިހާރަ ހުރީ މޫސާ
ހާޝިމްގެ ބެލުމުގެ ދަށުގައިކަމަށާއި އަދި އެތަނުގެ ކުއްޔެއްގެ ގޮތުގައި 2010 ވަނަ އަހަރު މޫސާ ހާޝިމްގެ
ފަރާތުން ދައްކާފައިވަނީ ކޮންމެ މަހަކަށް -/8,000ރ. (އަށްހާސް ރުފިޔާ) ކަމަށާއި، އަދި އެކުލި މުޙައްމަދު މޫސާ
ބަލައިގެންފައިވާކަމަށާއި، 2010 ގެ އެއްބަސްވުމުގައި މޫސާ ހާޝިމް ސޮއިނުކުރި ސަބަބަކީ، މޫސާ ހާޝިމް
ބޭނުންވީ މއ.ޕެރިސްގެ (ނަންބަރު 7} ފިހާރަ 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަންކަމަށާއި،
އެހެންނަމަވެސް، އެގޮތަށް އެތަން ކުއްޔަށްދޭން މުޙައްމަދު މޫސާ ބޭނުންނުވިކަމަށާއި،
އިސްވެ ފާހަގަކުރެވުނު ކަންތައްތަކަށް ރިޢާޔަތް ކުރާއިރު، މުޙައްމަދު މޫސާއާއި މޫސާ ހާޝިމްއާ
ދެމެދު 2009 ގައި ވެވުނު އެއްބަސްވުން ނިމުމަކަށް އައުމުން، 2010 ވަނަ އަހަރު މޫސާ ހާޝިމް އެތަން
ކުއްޔަށް ހިފައިގެން ހުރީ 2009 ގައި އެދެ ފަރާތުން ސޮއިކުރި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކުއްޔަކަށް
ނޫންކަން އެނގެން އޮންނަކަމާއި، އަދި މޫސާ ހާޝިމް ޢަމަލުކޮށްފައިވަނީ 2010 ގެ އެއްބަސްވުމުގައި
ބަޔާންކޮށްފައި އޮތްގޮތަށް ކަމަށް ވީހިނދު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2010
ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެއްވުނު ނުކުތާތަކުގެ (ނ) ގައި "..ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ
ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ
އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ
މަސްއޫލިއްޔަތެއްކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ
އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޘާބިތުކުރުމަކީ އެފަރާތުގެ
މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން
ކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea)
ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ
"ދަފްއެއް" ކުރާ ފަރާތް.." ކަމަށް ކަނޑައަޅުއްވާފައި
(onus probandi)
4
ހުށަހެޅިފައިމިވާ މައްސަލައިގައި، މުޙައްމަދު މޫސާއާއި މޫސާ ހާޝިމްއާ ދެމެދު މއ.ޕެރިސްގެ
(ނަންބަރު 7) ފިހާރަ 2010 ގައި ކުއްޔަށް ދިނުމާގުޅޭ ގޮތުން ދެފަރާތު ދެމެދު އެއްބަސްވުމެއް އޮތްކަމަށް
ސާބިތުކުރުމުގެ ގޮތުން މުޙައްމަދު މޫސާގެ ފަރާތުން މޫސާ ހާޝިމް ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ކޮޕީއެއް
ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅިފައިވާއިރު، އަދި އެ އެއްބަސްވުމުގައި މޫސާ ހާޝިމް ދައްކަންޖެހޭނެކަމަށް
ކަނޑައެޅިފައިވާ ކުލިކަމުގައިވާ ކޮންމެ މަހަކަށް -/
8,000ރ. (އަށްހާސް ރުފިޔާ) މޫސާ ހާޝިމްގެ ފަރޭ
މާއްޓޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/153
ދައްކަމުން ދިޔަކަމަށް މުޙައްމަދު މޫސާގެ ފަރާތުން ބުނެފައިވާއިރު، އަދި މިކަމަށް މޫސާ ހާޝިމްގެ ފަރާތުންވެސް
އެއްބަސްވާއިރު، މުޙައްމަދު މޫސާ ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅި 2010 ގެ އެއްބަސްވުމުގައި
މޫސާ ހާޝިމްގެ ސޮއި އެ އެއްބަސްވުމުގައި ފެންނަން
އޮތްނަމަވެސް، އެ ސޮޔަކީ މޫސާ ހާޝިމްކޮށްފައިވާ
ސޮއެއްނޫންކަމަށް މޫސާ ހާޝިމް ބުނާނަމަ، ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކަށް ބަލާއިރު، އެކަން
ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ މޫސް ޝިމްކަން އެނގެން އޮންނަކަމާއި،
އަދި އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/210 ޤަޟިއްޔާގައި މިކަމާގުޅޭ
ގޮތުން ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ
ނިންމެވުމެއްކަމަށް ބެލެވެން ނެތްކަމެވެ.
(ށ) ދެވަނަ ކަމަކީ، 01 ޖެނުއަރީ 2011 އިން ފެށިގެން ކޮންމެ މީލާދީ މަހަކަށް -/15,000ރ
(ފަނަރަހާސް ރުފިޔާ) ގެ ކުއްޔެއް ކަނޑައަޅާ އެކުލި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުން ޝަރުޢީ އަދި ޤާނޫނީ
ގޮތުން އެކުއްޔާމެދު އެއްވެސް ދިރާސާއެއް ކުރުމެއްނެތި އެސަރަޙައްދުގެ އެވަރު ތަނެއްގެ މިސްލީ ކުއްޔަކާމެދު
ރިޢާޔަތް ކުރެއްވުމެއްނެތި -/15,000 ރ. (ފަނަރަހާސް ރުފިޔާ) ކުލީގެ ގޮތުގައި ދެއްކުމަށް ޙުކުމް
ކުރައްވާފައިވާކަމަށް ބުނެ މޫސާ ހާޝިމްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/210 ޤަޟިއްޔާ
އިސްތިއުނާފުކުރަމުން ހުށަހެޅި ދެވަނަ ނުކުތާއަށް ނަޒަރުކުރިއިރު،
ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/210 ޤަޟިއްޔާގައި މުޙައްމަދު މޫސާ ކޮށްފައިވާ
ދަޢުވާއަކީ މުޙައްމަދު މޫސާއާއި މޫސާ ހާޝިމްއާ ދެމެދު މއ.ޕެރިސްގެ (ނަންބަރު 47 ފިހާރަ ކުއްޔަށް ދިނުމާބެހޭ
އެއްބަސްވުމާ މޫސާ ހާޝިމް ޚިލާފުވެފައިވާ ކަމަށާއި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް ކުއްޔަށް ހިފާފައިވާ
ޢިމާރާތް ދޫކޮށްފައި ދިއުމަށް މޫސާ ހާޝިމް އިންކާރު ކުރަމުންދާތީ، އެޢިމާރާތް މޫސާ ހާޝިމްގެ އަތުން
ހޯދުމަށާއި، އެއްބަސްވުމާއި ޚިލާފަށް މޫސާ ހާޝިމްގެ ފަރާތުން ޢަމަލުކޮށްފައިވުމުގެ ސަބަބުން މުޙައްމަދު މޫސާއަށް
ލިބުނު ގެއްލުމުގެ ބަދަލު ހޯދާދިނުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަމަށް ވީއިރު،
މޫސާ ހާޝިމް 31 ޑިސެމްބަރ 2010 ގައި ކުއްޔަށް ހިފި ޢިމާރާތް ހުސްނުކުރުމުގެ ސަބަބުން،
އަދި 2011 ވަނަ އަހަރުގައި އެ ޢިމާރާތް ޙަވާލުނުކޮށް އެތަނުގައި ހުރުމުގެ ސަބަބުން، މުޙައްމަދު މޫސާއަށް
ލިބިފައިވާ ގެއްލުން ސާބިތު ކޮށްދިނުމަކީ މުޙައްމަދު މޫސާ އުފުލަންޖެހޭ ބުރައެއްކަމަށް ވީހިނދު،
ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/210 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް މުޣަޙްމާންޑްގެ
މޫސާގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލާއިރު، 1 ޖެނުއަރީ 2011 އިން 31 ޑިސެމްބަރ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
42 ވާކަމެވެ.
8
2011/HC-A/153
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަށް މއ.ޕެރިސްގެ (ނަންބަރު 7) ފިހާރަ ކުއްޔަށް ދިނުމާ ގުޅޭގޮތުން މުޙައްމަދު މޫސާއާއި މއ.ދަނަސް، ތޮއްލަތު
މުޙައްމަދު ޢަލީއާ ދެމެދު އެއްބަސްވުމެއްވެފައިވާކަން އެނގޭކަމާއި، ބުނެވުނު އެއްބަސްވުމުގައި، މއ.ޕެރިސްގެ
(ނަންބަރު 7) ފިހާރައިގެ ކުލީގެ ގޮތުގައި ދެފަރާތުން އެއްބަސްވެފައިވަނީ މަހަކު -/15,000 ރ. (ފަނަރަހާސް
ރުފިޔާ) ކަމަށް އެ އެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމާއި،
މޫސާ ހާޝިމް އެ ފިހާރަ 31 ޑިސެމްބަރ 2010 ގައި މުޙައްމަދު މޫސާއަށް ޙަވާލުކޮށްފައި
ނުވުމުން، މުޙައްމަދު މޫސާއަށް އެފިހާރަ ތޮއްލަތު މުޙައްމަދު ޢަލީއާ ޙަވާލު ކުރެވިފައިނުވާކަން އެނގޭކަމާއި، އަދި
އޭގެ ސަބަބުން މުޙައްމަދު މޫސާއާއި ދޮއްލަތު މުޙައްމަދު ޢަލީއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން،
މުޙައްމަދު މޫސާއަށް 2011 ވަނަ އަހަރު ކޮންމެ މަހަކު އެ ފިހާރަ ކުއްޔަށް ދީގެން ލިބެން އޮތް -/
15,000ރ.
(ފަނަރަހާސް ރުފިޔާ) މޫސާ ހާޝިމް އެ ފިހާރަ ޙަވާލުނުކޮށް ހިފެހެއްޓި މުއްދަތުގައި ނުލިބި އޮތުމުން، މުޙައްމަދު
މޫސާއާ އެފިހާރަ ޙަވާލުނުކޮށް އޮތް ކޮންމެ މަހަކު ލިބިފައިވާ ގެއްލުން، މުޙައްމަދު މޫސާއަށް
ސާބިތުކޮށްދެވިފައިވާކަމާއި، އަދި މި މައްސަލައަކީ މޫސާ ހާޝިމްގެ ފަރާތުން އެދިފައިވާ ގޮތަށް މިސްލީ ކުއްޔެއް
ކަނޑައަޅަންޖެހޭ ފަދަ މައްސަލައެއް ނޫންކަން އެނގެން
COX
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމާއެކު ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/210 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ
އެއްވެސް ސަބަބެއް މިމައްސަލަބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
cc>c
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/210 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މ.ގަހަނާލޮޖް، މޫސާ ހާޝިމްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް
މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ ޤަޟިއްޔާގައި ސިވިލް
ކޯޓުން ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv