ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/278 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2011/HC-A/256
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކަ
ޤިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 278/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
ނަން: މުޙައްމަދު ރިފާޢު
އައިޑީ ކާޑު ނަންބަރު: A157686
*
2
، ދާއިމީ އެޑްރެސް: އެންދެރިމާގެ ސ. މީދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު
* .އުމީ އެޑްރެސް:
1433
ޖިސްޓްރީކުރެވުނު ތާރީޚް: 18 މުޙައްރަމް 1433
13 ޑިސެމްބަރު 2011
ނިމުނު ތާރީޚް: 23 މުޙައްރަމް
18 ޑިސެމްބަރު 2011
އިސްތިއުނާ
.ތިއުނާފުކުރެވުނު ކޯޓުއަމުރު ނަންބަރު: 313
/
2011-A
ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
ނިންމެވި ކޯޓް: އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓު
ހުށަހެޅުނު ތާރީޚް: 4 ޑިސެމްބަރު 2011
4 މކ.
ނިމުނު ތާރީޚް: 4 ޑިސެމްބަރު 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2{11/HC-A/256
ޤަޟިއްޔާ ނިމުނު ގޮ
کی عمر
ޢުވާގެ ޚުލާޞާ
02 0 0
މިއީ، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 313
/
2011-A ކޯޓުއަމުރު
އެކޯޓުން ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު
އިސްތިއުނާފު ކޮށްދިނުމަށްއެދި މީދޫ/އެންދެރިމާގެ، މުޙައްމަދު ރިފާޢުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާ
އްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 313
/
2011-A ކޯޓުއަމުރަށް
ބަލާއިރު، އެ ކޯޓުއަމުރަކީ، ހުޅުދޫރޯޒީވިލާ ފާޠިމަތު ޖާޙަތު ޙަސަން ބްލެކްމެއިލް ކޮށް އޭނާއާމެދު
ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، 4 ޑިސެމްބަރު 2011 ގައި
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފައިވާ، މީދޫ އެންދެރިމާގެ، މުޙައްމަދު ރިފާޢުގެ
ތަޙްޤީޤު ނުނިމެނީސް މުޙައްމަދު ރިފާޢު ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން މިބާވަތުގެ ޢަމަލެއް
ތަކުރާރުވެދާނެތީއާއި، އޭނާ ދޫކޮށްލައިފިނަމަ މައްސަލައިގައި ހެކިބަސްދޭންހުރި މީހަކަށް ނުފޫޒު
ރުވަފާނެކަމަށް ފެންނާތީއާއި، މައްސަލައިގައި ހޯދަން ބޭނުންވާ ހެއްކެއް ނައްތާލަފާނެކަމަށް ބެލެވޭތީ،
މުޙައްމަދު ރިފާޢުގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމާގުޅިގެން، "މީނާ މިވަގުތަށް ދޫކޮށްލައިފިނަމަ މައްސަލައާ
ގުޅުންހުރި ހެކި ނައްތާލަން މަސައްކަތްކޮށްފާނޭކަމަށް ބެލެވޭތީ ބަންދުން ދޫކޮށްލައިފިނަމަ ފިލާފާނެކަމަށް
ބެލެވޭތީ އާއި އަދި ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް"
ބެލެވޭތީކަމަށްބުނެ، 2011 ޑިސެމްބަރު 4 ވަނަ ދުވަހުގެ 12:30 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ
މީދޫއެންދެރިމާގެ، މުޙައްމަދު ރިފާޢު، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން
ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިއޮންނަ
އަމުރެއްކަން އެނގެއެވެ.
2c22
02 ހދ
މުއްދަތަށް
322
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2{011/HC-A/256
می هرکی
ދެވެ
84
9 ހ2
x
322
OU OO
2. އައްޑުއަތޮޅު
ޤަޟިއްޔާ ނިމުނު
މެޖިސްޓްރޭޓް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް މުޙައްމަދު ރިފާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހައްޔަރުކުރާ މީހާއަށް މީހަކު ކުށެއްކުރަނިކޮށް ފެންނަ
ހިނދެއްގައި، ނުވަތަ މީހަކު ކުށެއްކޮށްފިކަމަށް، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާންކަމަށް
ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ
އަމުރަކުން ހުއްދަ ލިބިގެން މެނުވީ، އެއްވެސް މީހަކު ހިފައި ހައްޔަރުކޮށްގެން، ނުވަތަ ބަންދުކޮށްގެން
ނުވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
އެހެންކަމުން ކޯޓުގެ އަމުރަކާނުލައި މީހަކު ހައްޔަރުކުރުމުގެ ޤާނޫނީ ބާރު ހައްޔަރުކުރާ މީހާއަށް ލިބިދެނީ
ހަމައެކަނި އަންނަނިވި ތިން ޙާލަތުންކުރެ ޙާލަތެއްގައިކަމާއި، އެއީ:
1. މީހަކު ކުށެއްކުރަނިކޮށް ފެނުން، ނުވަތަ؟
2. މީހަކު ކުށެއްކޮށްފިކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް
ހުރުން، ނުވަތަ؛
3. އެވަގުތު އެއުޅެނީ ކުށެއް ކުރާންކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ
ސަބަބުތަކެއް ހުރުން.
ކަން އެނގޭކަމާއި،
މީގެ ތެރެއިން ފުރަތަމަ ބުނެފައިއެވާ ދެ ޙާލަތަކީވެސް، ކުށުގެ ޢަމަލު ހިނގަހިގާ
ހުންނަ ނުވަތަ ހިނގުމަށްފަހު ހެކިތައް ފާޅުގޮތުގައި ފެންނަން ހުންނަ އަދި ހައްޔަރުކުރާ މީހާއަށް ކުށުގެ
ޢަމަލު ހިންގައިފިކަމާމެދު ޝައްކެއް އޮޅުމެއް އެރުމުގެ އިޙްތިމާލެއް ނެތް ދެޙާލަތުކަމާއި، މިޙާލަތުގައި
ފަނޑިޔާރުގެ އިޒުނަ ލިބެންދެން ފަސްކޮށްފިނަމަ ޙަޤީޤަތަށް ވާސިލުވުމަށް ހުރަހެއް އެޅިދާނެ އިސްތިސްނާ
ލަތެއްކަން އެނގެން އޮންނަކަމާއި، އެއްވެސް އިސްތިސްނާ ޙާލަތެއް އޭގެ މިންވަރަށްވުރެ ފުޅާ
ނުކުރެވޭނެކަން އެނގެން އޮންނަކަމާއި، ތިންވަނަ ޙާލަތަކީ ކުށެއްކުރުމަށްޓަކައި ތައްޔާރީއެއް ނުވަތަ
ތައްޔާރީތަކެއް ވަމުން އަންނަކަމަށް ބުއްދީގެ ހަމަތަކުން ބަލާއިރު އެކަށީގެންވާ ހެކިތަކެއް ނުވަތަ
ޑ ރ ބޑތ ތ 0
ދައުލަތެއްކަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 16471
83( *
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2011/HC-A/256
کی عمری
ދެވެ
ޤަޟިއްޔާ ނިމުނު "
ސަބަބުތަކެއް ހުރިކަމަށް ބުއްދިއަށް ޤަބޫލުކުރެވޭ ޙާލަތުކަން އެނގޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމެވެ.
2010/SC-A/19
OXO
ދ 0
330
32
23
ހައްޔަރުކުރެވުނީ
(ށ) ދެވަނަ ކަމަކީ، ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައިވާ ގޮތުގެމަތިން މެނުވީ
ކުށުގެ ތުޙުމަތުގައި ހައްޔަރުކުރުން ބާޠިލުވާނެކަން އެމާއްދާއިން ވަރަށް ސާފުކޮށް އެނގެން އޮންނަކަމަށް،
އިސްވެދެންނެވިފައިވާ، ސުޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ބަޔާންކޮށްފައިވާކަމާއި، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ
މަތީންތޯ ކަނޑައެޅުމަށް، އެމީހަކު
ގިނަވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި،
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެކަމަށާއި، މިގޮތުން ހުށަހެޅޭ ހުށަހެޅުމުގައި ޝަރުތަކާއެކު
ނުވަތަ ޝަރުޠަކާ ނުލައި އެމީހަކު ދޫކޮށްލުމަށް ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު
ފަނޑިޔާރަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާކަމާއި،
އެހެންކަމުން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، އެމީހަކު
ބަންދުކުރިތާ ސައުވީސް ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން، ޝަރުޠަކާއެކު
ނުވަތަ ޝަރުޠަކާ ނުލައި އެމީހަކު ދޫކޮށްލުމަށް ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމު
ނެރުމުގެކުރިން،
އެމީހަކު ބަންދުކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ އެފަނޑިޔާރަކު ކަނޑައަޅަން ޖެހޭނެކަމާއި،
އަދި މިގޮތުގެމަތިން ބަލާބެލުމުގައި އެމީހަކު ހައްޔަރުކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން ކަމަށް،
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، އެކަށީގެންވާ މިންވަރަކަށް ހައްޔަރު
ނުވަތަ ބަންދުކުރި ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އެމީހަކު ހައްޔަރުކޮށްފައިވާ ހައްޔަރުކުރުން
ބާޠިލުކޮށް، އެމީހަކު ވަގުތުން ދޫކޮށްލުމުގެ އަމުރެއް ނެރެންޖެހޭނެކަން އެނގޭކަމާއި، މިކަމަކީ ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާކަމެއް ކަމެވެ.
ހުށަހެޅު
(ނ) ތިންވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހަކު
ބަންދުކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް
މައްސަލައެއްގައި، އެމީހަކު ހައްޔަރުކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެމަތިން ކަމަށް ކަނޑައެޅުމަށްފަހު،
އެމީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 48
ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި ވީނަމަވެސް، އެއްވެސް މީހަކާމެދު ޝަރީޢަތުން ޙުކުމެއް
ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބެހެއްޓޭނީ، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
83
=32
2{11/HC-A/256
کی عمری
5 ޤަޟިއްޔާ ނިމުނު 1
ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކަ ،
ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި، ނުވަތަ ފިލައިފާނެކަމަށްޓަކައި، ނުވަތަ ބަންދުން
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެންނަ
ޙާލަތުގައި އެކަނިކަން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ
މާއްދާގެ (ހ) އަށް ބެލުމުން އެނގޭކަމާއި،
oX 2
99 2
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ
ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ
ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި
ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ
ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި
ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ
ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، މި މައްސަލައިގައި ހިމެނޭފަރާތްތަކުން
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މީދޫއެންދެރިމާގެ، މުޙައްމަދު ރިފާޢުގެ މައްޗަށް
ތުހުމަތުކުރެވިފައިވާ، ހުޅުދޫ ރޯޒީވިލާ ފާތިމަތު ޖާޙަތު ޙަސަން ބްލެކްމެއިލް ކޮށް އޭނާއާމެދު
ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ތުހުމަތުކުރެވިފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު
މަހުގެ ފަހުކޮޅުކަމާއި، މި މައްސަލައާ ގުޅިގެން މުޙައްމަދު ރިފާޢު ހައްޔަރުކޮށްފައިވަނީ، 4 ޑިސެމްބަރު
2011 ގެ 12:30 ގައިކަން އެނގޭކަމާއި، މުޙައްމަދު ރިފާޢު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ
ދަށުން ނޫންކަމާއި، އެހެންކަމުން މުޙައްމަދު ރިފާޢު ހައްޔަރުކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަމަށް
ކަނޑައެޅޭނީ، މުޙައްމަދު ރިފާޢު ހައްޔަރުކޮށްފައިވަނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ޙާލަތުތަކުގެ ތެރެއިން، މުޙައްމަދު ރިފާޢު ކުރެއްކޮށްފިކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ
އެކަށިގެންވާ ސަބަބުތަކެއް ހުރިކަން އެކަށީގެންވާ މިންވަރަށް،
OXO
ހައްޔަރު
ދަ 0ތ 77 ގ ދު، 9
0
11/ބރs
ދިވެހިޕާޓީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
44 238 2
ޤަޟިއްޔާ ނިމުނު
2011/HC-A/256
ދެ
ސާބިތުކޮށްދެވިގެންކަން، އިސްވެދެންނެވިފައިވާ ޤާނޫނީ އުސޫލު (ލީގަލް ޕްރިންސިޕަލްސް ތަކަށް
ރިޢާޔަތްކުރުމުން އެނގޭކަމާއި،
OXO
އަދި، ކުށެއްކޮށްފިކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް
ހުރެގެން މުޙައްމަދު ރިފާޢު، ކޯޓުއަމުރަކާ ނުލައި، ހައްޔަރުކުރެވޭނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ
ޢަމަލު ހިނގަހިގާ ހުންނަ ނުވަތަ ހިނގުމަށްފަހު ހެކިތައް ފާޅުގޮތުގައި ފެންނަން ހުންނަ އަދި ހައްޔަރުކުރާ
މީހާއަށް ކުށުގެ ޢަމަލު ހިންގައިފިކަމާމެދު ޝައްކެއް އޮޅުމެއް އެރުމުގެ އިހްތިމާލެއް ނެތް، އަދި
އެހާލަތުގައި ފަނޑިޔާރުގެ އިޒުނަ ލިބެންދެން ލަސްކޮށްފިނަމަ ޙަޤީޤަތަށް ވާސިލުވުމަށް ހުރަހެއް އެޅިދާނެ
ޙާލަތެއްގައި އެކަނިކަން އިސްވެ ފާހަގަކުރެވިފައިވާ، ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން އެނގޭކަމާއި،
4 22
oxo
މިގޮތުން ބަލާއިރު، މިމައްސަލައިގައި މުޙައްމަދު ރިފާޢު ހައްޔަރުކުރެވިފައިވަނީ،
އިސްވެދެންނެވިފައިވާ ފަދައިން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިނގިކަމަށް ބުނާ
ތާރީޚަށްވުރެ ފަހުގެ ތާރީޚެއްގައިކަމުގައި ވީނަމަވެސް، އެކަން އެގޮތަށް ހިނގާފައިވަނީ، މުޙައްމަދު ރިފާޢު
ކުރިކަމަށް ތުހުމަތުކުރެވިފައިވާ ކުށާބެހޭ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިވަނީ
އެކުށްކުރިކަމަށް ބުނާ ތާރީޚުގެ ފަހުންކަމަށްވުމުންކަން ފާހަގަކުރެވޭކަމާއި، މުޙައްމަދު ރިފާޢު،
ހުޅުދޫރޯޒީވިލާ ފާތިމަތު ޖާހަތު ޙަސަން ބްލެކްމެއިލްކޮށް އޭނާއާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު
ހިންގާފައިވާކަމަށް ބުނެ ފާޠިމަތު ޖާހަތުގެ ފަރާތުން ގަން ޕޮލިސް ސްޓޭޝަނަށް އެމައްސަލަ
ހުށަހެޅުމާ ގުޅިގެން، 4 ޑިސެމްބަރ 2011 ވަނަ ދުވަހުގެ 12:30 ގައި މުޙައްމަދު ރިފާޢު
ހައްޔަރުކުރެވުމުގެކުރިން، މިމައްސަލައިގެ ތަޙްޤީޤަށް، ފާތިމަތު ޖާޙަތުގެ ބަހުންނާއި، މުޙައްމަދު ރިފާޢުގެ
ފޯނުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މުޙައްމަދު ރިފާޢުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ
ޢަމަލަކީ ހިނގާފައިވާ ޢަމަލެއްކަން ބުއްދިއަށް ޤަބޫލުކުރެވޭވަރުގެ އެކަށީގެންވާ ހެކިތަކެއް ފެނިފައިވާކަން
އެނގޭކަމާއި،
އަދި މިމައްސަލައިގެ ބާވަތަށާއި، މިމައްސަލައިގައި މުޙައްމަދު ރިފާއުގެ މައްޗަށް
ހެކިބަސްއަދާކުރަންތިބި މީހުންނަށާއި، މިފަދަ މައްސަލަތަކުގައި ހެއްކާއި ޤަރީނާގެ ގޮތުގައި ބޭނުންކުރެވޭ
ފޮރެންސިކް ހެކި ނައްތާލުމަށް އޮތް ފުރުސަތަށާއި، އެހާތަނަށް މުޙައްމަދު ރިފާޢުއާ އިދިކޮޅަށް ލިބިފައިވާ
މައިގަނޑު ހެކި ލިބިފައިވަނީ މުޙައްމަދު ރިފާޢުގެ އަމިއްލަ މޯބައިލް ފޯނުންކަމަށްވުމާއެކު، މިމައްސަލައިގެ
04,
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު 1
2011HC-A/256
=32
އެކަށިގެންވާކަމަކަމަށް ޤަބޫ??2 هلހ2
ކެވެ
2x 22
ތަޙްޤީޤަށް ފާޠިމަތު ޖާޢަތުގެ ބަހުންނާއި، މުޙައްމަދު ރިފާޢުގެ ފޯނުން ލިބިފައިވާ މަޢުލޫމާތު ލިބުމުން،
އެހާލަތުގައި ފަނޑިޔާރެއްގެ އިޒުނަ ނުވަތަ ހައްޔަރުކުރުމުގެ ކޯޓުއަމުރެއް ލިބެންދެން ލަސްކޮށްފިނަމަ
އެހެނީ، މުޙައްމަދު ރިފާޢު ހައްޔަރުކުރުމުގެ އަމުރެއް ލިބެންދެން އޭނާ ދޫކޮށްލަނީނަމަ، އޭނާގެ މޯބައިލް
ފޯނުވެސް އެހިސާބުން ފެށިގެން އޭނާއާ ޙަވާލުކުރަންޖެހޭ ހިނދު، މިމައްސަލައިގައި ޙަޤީޤަތަށް
ވާސިލުވުމަށް ކޮންމެހެން ބޭނުންވާ، މުޙައްމަދު ރިފާއުގެ ފޯނުގައިވާ މަޢުލޫމާތު އެހިސާބުން ނައްތާލުމުގެ
ފުރުސަތު އޭނާއަށް ލިބިގެން ދާނެތީއާއި، މުޙައްމަދު ރިފާޢުއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ވަޒީފާގައި ހުރި މީހަކަށްވުމުން، މިފަދަ މައްސަލަތަކުގައި ފުލުހުން ތަޙްޤީޤުކުރާގޮތާއި، ތަޙްޤީޤަށްޓަކައި
ބޭނުންވާނެ ތަކެއްޗާއި، އެފަދަ ތަކެތީގެ ފޮރެންސިކް ތަޙުލީލު ކުރެވޭގޮތާއި މިފަދަ މަޢުލޫމާތުތަކަކީ ޢާންމު
ފަރުދަކަށް ވުރެ ބޮޑަށް މުޙައްމަދު ރިފާޢުއަށް އެނގޭނެ މަޢުލޫމާތެއްކަމުން، މިމައްސަލައިގެ ތަޙްޤީޤަށް
ކޮންމެހެން ބޭނުންވާ ފޮރެންސިކް ހެކި ހޯދައިގަތުމަށް ބޭނުންވާ މުޙައްމަދު ރިފާޢު ކުށްކުރިކަމަށް
ބުނާވަގުތު ލައިގެން ހުރިކަމަށް ބުނާ ހެދުންފަދަ އެހެނިހެން ތަކެތި ނައްތާލުމުގެ ފުރުސަތުވެސް އޭނާއަށް
ލިބިގެންދާނެކަމާއި، މިކަންކަމަކީ ވަރަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކުރެވިދާނެކަންކަންކަމާއި،
އެހެންކަމުން މިޙާލަތަކީ އިސްވެދެންނެވިފައިވާ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު
19/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އިސްތިސްނާގެ ތެރޭގައި ހިމެނޭ ޙާލަތެއްކަމާއި،
ވީމާ، މިޙާލަތުގައި، ކޯޓުއަމުރެއްނެތި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން މުޙައްމަދު ރިފާޢު
ހައްޔަރުކޮށްފައިވާ ހައްޔަރުކުރުމަކީ އިސްވެދެންނެވިފައިވާ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ
ހައްޔަރެއްކަމަށް ނުބެލެވޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވިފައިވާ މީހަކު ބަންދުކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް ފަނޑިޔާރެއްގެ
ކުރިމަޗަށް ހުށަހެޅޭ މައްސަލައެއްގައި، އެމީހަކު ހައްޔަރުކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެމަތިން ކަމަށް
ކަނޑައެޅުމަށްފަހު، އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމަށް
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި ވީނަމަވެސް، އެއްވެސް މީހަކާމެދު
ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބެހެއްޓޭނީ، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ
މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް
ކޮށްފާނެކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދޭނެކަމަށްޓަކައި، ނުވަތަ ފިލައިފާނެކަމަށްޓަކައި، ނުވަތަ
« O<<
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ނިމުނު
کی مرگی
2{011/HC-A/256
=32
0 0
ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެންނަ ޙާލަތުގައި އެކަނިކަން ޤަނޫނުއަސާސީގެ 49 ވަނަ މާއްދާގައި އާއި، "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ
7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި،
މިގޮތުން ބަލާއިރު، މުޙައްމަދު ރިފާޢުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މޯލްޑިވްސް
ޕޮލިސް ސަރވިސް އިން ބޭނުންވާ ސަބަބުތަކަކީ، މައްސަލައިގެ ތަޙްޤީޤު ނުނިމެނީސް އޭނާ
ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން އެފަދަ ޢަމަލެއް ތަކުރާރުވެދާނެކަމަށް ފެންނާތީއާއި، އޭނާ
ދޫކޮށްލައިފިނަމަ މައްސަލައިގައި ހެކިބަސްދޭންހުރި މީހަކަށް ނުފޫޒު ފޯރުވަފާނޭކަމަށް ފެންނާތީއާއި،
މައްސަލައިގައި ހޯދަން ބޭނުންވާ ނައްތާލަފާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ޤަބޫލުކުރެވޭތީކަން، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ހުށަހެޅި އެސަރވިސްގެ ނަންބަރު TD036918 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމް"
އަށް ބެލުމުން އެނގޭކަމާއި،
04 04
ou oo
މިމައްސަލައިގައި ކަންހިގާފައިވާ ގޮތަށާއި، މިމައްސަލައިގައި ހިމެނޭ ފަރާތްތަކަށާއި،
މިމައްސަލައިގައި ލިބިފައިވާ ހެއްކާއި ޤަރީނާއަށާއި، މިމައްސަލައިގެ ބާވަތަށާއި، އިސްވެދެންނެވިފައިވާ،
މިފަދަ މައްސަލަތަކުގައި ފަނޑިޔާރުން ބަލަންޖެހޭ ކަންކަންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން
ކަނޑައަޅުއްވާފައިވާ ކަންކަމަށް ބަލާއިރު، މިމައްސަލައިގެ ތަޙްޤީޤު ނުނިމެނީސް މުޙައްމަދު ރިފާޢު
ބަންދުން ދޫކޮށްލައިފިނަމަ، މިމައްސަލައިގައި އޭނާގެ ފޯނުން ލިބިފައިވާ ހެކީގެ އިތުރުން، މިމައްސަލައިގެ
ޝަރީޢަތުގެ މަރުޙަލާގައި ހެއްކާއި ޤަރީނާގެ ގޮތުގައި ބޭނުންކުރެވޭނެ ފޮރެންސިކް ހެކި ހޯދުމަށް ބޭނުންވާ
މުޙައްމަދު ރިފާޢުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުންކުރިކަމަށް ބުނާއިރު އޭނާ ލައިގެން ހުރި ހެދުމާއި
އެހެންނިހެން ތަކެތި ނައްތާލުމުގެ ފުރުސަތު މުޙައްމަދު ރިފާޢުއަށް ލިބިގެން ދާނެކަމާއި، މިމައްސަލައިގައި
ހެކިބަސްދޭން ތިބި މީހުންނަށް ބަލާއިރު، އެމީހުންނަކީ މުޙައްމަދު ރިފާޢު ދޫކޮށްލައިފިނަމަ، އޭނާގެ
ފަރާތުން އެމީހުންނަށް ބިރުދައްކައި ނުފޫޒު ފޯރުވިދާނެ ޙާލަތެއްގައި ތިބިބައެއްކަމަށް ޝަރީޢަތަށް
ޤަބޫލުކުރެވޭކަމާއި، މުޙައްމަދު ރިފާޢުގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް
ހުށަހެޅުނުއިރު، އޭނާއާ އިދިކޮޅަށް ލިބިފައިވާ ހެއްކާއި ޤަރީނާއަކީ މުޙައްމަދު ރިފާޢުގެ މައްޗަށް
22
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2011/HC-A/256
9 ޤަޟިއްޔާ ނިމުނު
گمرکی
=32
4
ސާބިތުކުރުމަށް ކާފީ ހެކިތަކެއްތޯ ނުވަތަ ނޫންތޯ ޝަރީޢަތުން ބަލަން ނުޖެހޭކަމާއި، މިކަންކަމުގެ މައްޗަށް
ބަލާއިރު، މުޙައްމަދު ރިފާޢުގެ ބަންދުގެ މުއްދަތު އިތުރުކުރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމެވެ.
322
ou oo
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، އައްޑުއަތޮޅު
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 313
/
2011-A ކޯޓުއަމުރަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި
ޤާނޫނީ ވިއަސް އެއްވެސް ހަމައެއް އޮތްކަމަކަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލެއް ނުކުރެވެއެވެ.
• ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ޔާންކުރެވުނު ގޮތަށް ހުރުމާއެކު، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 313
/
2011-A
ކޯޓުއަމުރައް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް ހަމައެއް
ނެތްކަމަކަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 313
/
2011-A ކޯޓުއަމުރަށް
ބަދަލެއް ގެނެވެން ނެތްކަމަކަށް ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ އެކުމްކުރީ:
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
،ފަނޑިޔާރު)
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv