ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/280 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/280
9
0
0
ދިވެހިރާއްޖޭގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 280/HC-A/2009
އިސްތިއުނާފު ކުރިފަރާތް:
* ނަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޣައްސާން އަލީ
* ދާއިމީ އެޑްރެސް: ގދ.ފަރެސްމާތޮޑާ އަލި
އައިޑީ ކާޑު ނަންބަރު: 298967-A
ވަކީލު މޒ.ޢަބްދުﷲ ޝާއިރު
* ދާއިމީ އެޑްރެސް: ބ.ފުރަހަނިއާގެ/ ކ.މާލެ
އައިޑީ
ކާޑު ނަންބަރު: 040370-A
ރަޖިސްޓްރީކުރެވުނު ތާރީޚް: 23 ރަމަޟާން 1430 ނިމުނު ތާރީޚް: 16 ޖުމާދަލްއޫލާ 1439
13 ސެޕްޓެމްބަރ 2009
08 އޭޕްރީލް 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/JC/611
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި
ނިންމެވި ކޯޓް: ޖިނާއީ ކޯޓު
* ހުށަހެޅުނު ތާރީޚް: 01 މާރޗް 2009 * ނިމުނު ތާރީޚް:
ޚް: 07 ޖޫން 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢައްބާސް ޝަރީފު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު.
0
4 2 0¢ ¢
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009}HC-A/280
• ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު: 2009/JC/611 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ.
މި ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ގދ.ފަރެސްމާތޮޑާއަލި
ޙައްސާން ޢަލީއެވެ.
2x 2 0
• ފާހަގަކުރެވުނު ނުކުތާތައް:
.1
.ނ
ޖިނާއީ ކޯޓުގެ ނަންބަރު: 2009/JC/611 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ގދ.ފަރެސްމާތޮޑާ(އަލި ޙައްސާން ޢަލީއާއި ހަމައެގޭ ޣައްސާން
ޢަލީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް
ދެވިފައިވަނިކޮށް 23 މާރޗް 2008 ދުވަހު 15:00 ހާއިރު މިދެމީހުން ދިރިއުޅޭ
މ.ސައިބޯނިގަސްދޮށުގެ ބަލާފާސްކުރުމަށްޓަކައި ފުލުހުން އެގެއަށް ދުރުވެ މިދެމީހުން ނިދާކޮޓަރި
ބަލާފާސްކުރެއްވިއިރު އެކޮޓަރީގައި ހުރި އަލަމާރިއެއްގެ މަތިން ފެނުނު ޕެކެޓެއްގައި 0.0226 ގްރާމް
އޯޕީއޭޓްސް ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯރޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/17
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ޙައްސާން
ޢަލީއާއި ޣައްސާން ޢަލީގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި
ބެހެއްޓުމުގެ ކުށުގެ ދަޢުވާކުރުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
occc
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، ގދ.ފަރެސްމާތޮޑާ/އަލި
ޙައްސާން ޢަލީއާއި، ހަމައެގޭ ޣައްސާން ޢަލީގެ މައްޗަށް ދައުލަތުން ދަޢުވާކުރި މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލަ ޝަރީޢަތުން
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: (332502، ފެކް71
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2009}HC-A/280
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބެލިބެލުމުން 23 މާރޗް 2008 ދުވަހު މާލެ މ.ސައިބޯނިގަސްދޮށުގެއިން ފެނުނުކަމަށްބުނާ
މަސްތުވާތަކެއްޗަކީ ޙައްސާން ޢަލީ ނުވަތަ ޣައްސާން ޢަލީގެ ތަކެތިކަން ޝަރީޢަތަށް ސާބިތުވާވަރުގެ
ހެކި ހުށަހެޅިފައިނުވާތީ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި
ބެހެއްޓުމުގެ ކުށް، ޙައްސާން ޢަލީއާއި، ޣައްސާން ޢަލީގެ މައްޗަށް ޝަރީޢަތަށް ސާބިތުނުވާކަމަށް
ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށް، މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
occ
.2
ޖިނާއީ ކޯޓުގެ ނަންބަރު: 2009/JC/611 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، މ.ސައިބޯނިގަސްދޮށުގެއިން ފެނުނު މަސްތުވާތަކެއްޗަކީ ޙައްސާން
ޢަލީގެ ކޮޓަރިން ފެނުނު ތަކެތިކަމަށް ހެކިން ހެކިބަސް ދީފައިވާއިރު އެކަމަށް ރިޢާޔަތް ނުކުރައްވައި
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށައެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށައެޅި ނުކުތާ.
.3
22
މިމައްސަލައާއި ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު: 2009/JC/611 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފް ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ
ހައިކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: !s
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009}HC-A/280
· 33 044
(ހ) ފުރަތަމަކަމަކީ، ދައުލަތުގެ ފަރާތުން ޙައްސާން ޢަލީގެ މައްޗަށް ޖިނާއީ ކޯޓުގައި
ކޮށްފައިވާ ދަޢުވާއަކީ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމަށްޓަކައި އަތުގައި
ކުށުގެ ދަޢުވާކަމާއި، މިދަޢުވާކޮށްފައިވަނީ ޤާނޫނު ނަންބަރު
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުންކަމާއި،
ޙައްސާން ޢަލީ މި ދަޢުވާއަށް އިންކާރު ކޮށްފައިވާކަން އެނގޭކަމެވެ.
رہی عمر کی
17177
(ށ) ދެވަނަކަމަކީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ
މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރަށް އަށް ބަލާއިރު، މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް
ބޭނުންކުރުމަކީ، ނުވަތަ ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމަކީ ކުށެކެވެ" މިފަދައިން
އޮންނަކަމާއި،
ޙައްސާން ޢަލީގެ މައްޗަށް ދައުލަތުގެ ފަރާތުން މިދަޢުވާ ކޮށްފައިވަނީ، ފުލުހުންގެ ބެލުމުގެ
ދަށަށް ޙައްސާން ޢަލީ ގެންދެވިފައިވަނިކޮށް، 23 މާރޗް 2008 ދުވަހު 15:00 ހާއިރު ޙައްސާން
ޢަލީ އާއި އޭނާގެ ކޮއްކޮ ޣައްސާން ޢަލީ ދިރިއުޅޭ މ. ސައިބޯނިގަސްދޮށުގެ ބަލާ ފާސްކުރުމަށްޓަކައި
ފުލުހުން އެގެއަށް ދުރުވެ މިދެމީހުން ނިދާކޮޓަރި ބަލާ ފާސްކުރެއްވިއިރު އެކޮޓަރީގައި ހުރި
އަލަމާރިއެއްގެ މަތިން ފެނުނު ޕެކެޓުގައި 0.0226 ގްރާމް އޯޕީއޭޓްސް ހުރިކަމަށް އެތަކެތީގެ
ތަޙްލީލް ރިޕޯރޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަ
މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ
މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން ޙައްސާން ޢަލީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ބޭނުންކުރުމަށްޓަކައި އަތުގައި ބަހައްޓާފައިވާ ކަމުގައި ބައްލަވާ އެކަމުގެ މައްޗަށް ރިޢާޔަތްކޮށްގެންކަން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޖިނާއީކޯޓުގައި ކޮށްފައިވާ ދަޢުވާއަށް ބެލުމުން
އެނގޭކަމެވެ.
(ނ) ތިންވަނަކަމަކީ، މަނާކުރެވިފައިވާމަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއަށް
ޙައްސާނު ޢަލީ އިންކާރުކުރަމުން އޭނާ ދަށުކޯޓުގައި އަދި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ޖެހިރާއްޖޭގެ
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ން 325029 އެކް+N
އީމެއިލް [email protected] ވެބް ސައިޓް ww highcourt.gov.mv
ދިވެހިންގެ
5
2009/HC-A/28
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޙައްސާނު ޢަލީ
22 މާރޗް 2008 ވަނަ ދުވަހު މައްސަލައަކާއި ގުޅިގެން ބަންދުކޮށްފައިވާކަމަށާއި، މަސްތުވާތަކެތި
ފެނުނުކަމަށް ބުނާ ކޮޓަރި ޗެކްކުރީ 23 މާރޗް 2008 ވަނަ ދުވަހު ކަމަށާއި،
ސައިބޯނިގަސްދޮށުގެއިން މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ ކޮޓަރިއަކީ ޙައްސާން ޢަލީ ދިރިއުޅެމުން
ދިޔަ ކޮޓަރި އެއް ނޫންކަމަށާއި، ޢައްސާން ޢަލީ ދިރިއުޅެމުން ދިޔައީ އަބާނާ ކިޔާ ގެއެއްގައި
ކަމަށާއި، މ.ސައިބޯނިގަސްދޮށުގެއަކީ ޙައްސާން ޢަލީގެ ބޭބެއަކު ކުއްޔަށް ހިފައިގެން އުޅޭ
ގެއެއްކަމަށާއި، އެގެއިން ފެނުނު މަސްތުވާ ތަކެއްޗަކީ ޙައްސާން ޢަލީގެ ތަކެތި ނޫން
މުންކަމަށެވެ.
(ނ) ހަތަރުވަނަކަމަކީ، މ.ސައިބޯނިގަސްދޮށުގޭގެ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ
އައްސާނު ޢަލީގެ ތަކެތިކަން ނުވަތަ ނޫންކަން ޝަރީޢަތަށް ސާބިތުވާނީ މި މަސްތުވާތަކެތި ފެނުނު
ކޮޓަރިއަކީ ޙައްސާން ޢަލީގެ ޙިޔާޒަތުގެ ދަށުގައިވާ ކޮޓަރިއެއްކަން އަދި މިތަކެއްޗާއި ޙައްސާން ޢަލީ
އާއި ހުރި ގުޅުމެއް އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކި
ހުރެގެން ކަމާއި، މ.ސައިބޯނިގަސްދޮށުގޭގެ ކޮޓަރިއެއްގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ
ޙައްސާނު ޢަލީގެ ތަކެތިކަން އަދި މި މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ ޙައްސާނު ޢަލީ ދިރިއުޅެމުން
ދިޔަ ކޮޓަރިކަން ސާބިތުކޮށްދިނުމަށް ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ހުށައަޅާފައިވަނީ ޙާދިސާ
ހިނގިތަނަށް ދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތިން ކޮންސްޓަބަލުން ކަމާއި، މިނޫން އިތުރު
އެއްވެސް ހެއްކެއް ދަށުކޯޓަށް މިމައްސަލައިގައި ހުށައަޅާފައިވާކަން އެނގެން ނެތްކަމާއި، އިޝާރާތް
ކުރެވުނު ތިން ހެކިން ދީފައިވާ ހެކިބަސްތަކުގެ މައްޗަށް ބަލާއިރު، މީގެ ތެރެއިން 02 ހެކިންގެ
ހެކިބަހުގައި މި މަސްތުވާތަކެތި ފެނުނީ ޙައްސާން ޢަލީ ދިރިއުޅެމުން ދިޔަ ކޮޓަރިން ކަމުގައި
ބުނެފައިވަނީ، އެގޮތަށް ޙައްސާނު ޢަލީ އެމީހުންގެ ގާތުގައި ބުނެފައިވާތީކަމަށް އެމީހުން ހެކި ބަސް
ދީފައިވާކަމާއި، އަދި މިހެކިންގެ ތެރެއިން އެއް ހެއްކަކު ވަނީ މި ކޮޓަރިއަކީ ޙައްސާނު ޢަލީގެ
ކޮޓަރިއެއް ކަން ނޭނގޭކަމަށް ބުނެ ހެކިބަސް ދީފައިކަން އެނގެއެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 332532، ފެކްން/3471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2009}HC-A/280
ދިވެހިރާއްޖޭގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ބ) ފަސްވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި،
ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފް ފިޔަވާ، އެހެން
އިޢްތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނެކަމަށް އޮންނަކަމާއި، މ. ސައިބޯނިގަސްދޮށުގެއިން
ފެނުނު މަސްތުވާތަކެއްޗަކީ ޙައްސާން ޢަލީގެ ކޮޓަރިއަކުން ފެނުނު އޭނާގެ ތަކެތި ކަމަށް ޙައްސާން
ޢަލީ ޝަރީޢަތުގެ މަޖިލިސްގައި އިންކާރުކުރާއިރު، މި މައްސަލައިގެ ޙާދިސާ ހިނގިކަމަށްބުނާވަގުތު،
އެ ޙާދިސާ ހިނގިތަނަށް ދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭކަލުންގެ ގާތުގައި މަސްތުވާތަކެތި
ފެނުނު ކަމަށް ބުނާ ކޮޓަރިއަކީ ޙައްސާން ޢަލީގެ ކޮޓަރި ކަމަށް އަދި ފެނުނު މަސްތުވާތަކެއްޗަކީ
ޙައްސާން ޢަލީގެ މަސްތުވާތަކެތިކަމަށް ޙައްސާން ޢަލީ އިޢްތިރާފުވެފައިވާކަމަށް ބުނެ ފުލުހުންގެ
ފަރާތުން ދީފައިވާ ހެކިބަހަކީ، އިސްވެ އިޝާރާތްކުރެވުނު ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ
ރޫޙަށް ބަލާއިރު، މި މައްސަލަ ސާބިތުވުމަށް އޮތް ފުރިހަމަ ހެއްކެއް ކަމުގައި ބެލެވޭނެ ހެކި ބަހެއް
ނޫންކަމާއި،
ޙަޤީޤަތެއް ސާބިތުވެއްޖެ ކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތުކުރުމަށް ކަނޑައެޅިފައިވާ
ހަމަތަކުގެ މަތިން އެކަމެއް ހިނގާ ކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް
ޤަބޫލުކުރެވިއްޖެ ހިނދެއްގައި ކަމާއި، އަދި ހިނގަމުންދާ މައްސަލައަކީ ޖިނާއީ ކުށެއްގެ
މައްސަލައެއްނަމަ، އެފަދަ ކުށެއް ކުރިކަން ސާބިތުވާނީ، ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ
ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުވާން އޮތްނަމަކަމާއި، ޤި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތި
ފެނުނީ ޙައްސާން ޢަލީ ދިރިއުޅެމުން ދިޔަ ކޮޓަރިއެއްގެ ތެރެއިންކަން ހަމައެކަނި އިސްވެ އިޝާރާތް
ކުރެވުނު ހެކިންގެ ހެކިބަސްތަކުން ސާބިތުވާންނެތްއިރު، މި ފެނުނު މަސްތުވާތަކެއްޗާއި ޙައްސާން
ޢަލީ އާއި އޮތް ގުޅުމަކީ ކޮބައިކަން ސާބިތުވާފަދަ ކާފީ ހެކިތަކެއް ނުވަތަ ހަރުދަނާ ޤަރީނާތަކެއް
ދައުލަތުގެ ފަރާތުން ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށައަޅާފައިވާކަން އެނގެންނެތްކަމާއި،
މިހެންކަމުން މި މައްސަލަ ބެލި ފަނޑިޔާރުން ދެކެނީ، 23 މާރޗް 2008 ވަނަ ދުވަހު
މ.ސައިބޯނިގަސްދޮށުގެއިން ފެނުނުކަމަށް ބުނާ މަސްތުވާތަކެތި ފެނިފައިވާ ކޮޓަރިއަކީ، ޙައްސާން
coco
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gv.mv/
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009}HC-A/280
ޢަލީ ދިރިއުޅޭ ކޮޓަރިކަން، އަދި އެތަނުން ފެނުނު ތަކެއްޗަކީ ޙައްސާން ޢަލީގެ ތަކެތިކަން
ސާބިތުކުރުމަށް ބޭނުންވާ ކާފީ ހެކި ޝަރީޢަތަށް ހުށައެޅިފައި ނުވާތީ، މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް، ޙައްސާން ޢަލީގެ މައްޗަށް
ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި، ޖިނާއީކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް
ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް
ސަބަބެއް ފެންނަން ނެތްކަމަށެވެ.
0 0 0
84 އ އޑ 4
• ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރިއިރު، ޖިނާއީކޯޓުގެ
ނަންބަރު 2009/JC/611 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހުށައަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލާ، އެ މައްސަލައިގެ ޙުކުމަށް
ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަން ނެތުމުން، ޖިނާއީކޯޓުގެ
ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް
ޖެހޭނެތަނެއްނެތްކަމަށް ކަނޑައަޅައި މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ހ 0
2
3
އ ހޑ 0
2
0
2
0
611/JC/2009
ބަދަލެއްގެންނަން
އައިކޯޓް
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv