ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-SH/11 ޤަޟިއްޔާގެ ޙުކުމް
2009/HC-I-SH-I
ނިމުނު ގޮތުގެ ރިޕޯޓް
اپنا رازیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
e
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
0
ޤަޟިއްޔާ ނަންބަރ: 01/HC
-
I
-
SH/2009
އިންތިޚާބީ ޝަކުވާ ހުށަހެޅި ފަރާތް:
*ނަން: މުޙައްމަދު ފަލާޙް
އައިޑީ
ކާޑު ނަންބަރ A027263
ދާއިމީ އެޑްރެސް: މ.ކުޑަވެޔޮމަތީގެ !މާވެ
މިހާރުގެ އެޑްރެސް: މ.ކުޑަވެޔޮމަތީގެ | މާލެ
• އިންތިޚާބީ ޝަކުވާ ރައްދުވިފަރާތް:
* ނަން: އިލެކްޝަންސް ކޮމިޝަން
މިހާރުގެ އެޑްރެސް: ޕީއޭ ކޮމްޕްލެސް މާލެ
• ހުށަހެޅުނު ތާރީޚް: 25 ޖުމާދަލްއޫލާ 1430
، ނިމުނު ތާރީޚް: 10 ޖުމާދަލްއާޚިރާ 1439
ޖޫން
20
2009
04
2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.lv
3
2009HC-I-SH-11
ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
44 04
މިއީ، މާފަންނުހުޅަނގު ދާއިރާގެ ވޯޓާ ގުޅޭ ގޮތުން (T09 ދާއިރާއާއި ގުޅޭގޮތުން)
ދިވެހިރާއްޖޭގެ އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން
މުޙައްމަދު ފަލާޙު އިލެކްޝަންސް ކޮމްޕްލެއިންސްބިއުރޯއަށް މައްސަލައެއް ހުށަހެޅުމުން
އިލެކްޝަންސް ކޮމިޝަނުން ނަތީޖާ ވެރިފައި ކުރުމުގައި ނަތީޖާ ނިންމާފައިވަނީ ކަންހިނގިގޮތުގެ
ރިޕޯރޓަށާއި، ވޯޓުދިން މީހުންގެ ލިސްޓަށް ބަލައިގެން ކަމުގައި ބަޔާންކޮށްފައިވާއިރު، ކަންހިނގިގޮތުގެ
ރިޕޯރޓްގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ނޫންކަން ޘާބިތުކުރެވޭ ހެކި ހުރިކަމަށްބުނެ،
އިންތިޚާބުތަކާބެހޭ ޢާއްމު ޤާނުނުގެ 65 ވަނަ މާއްދާގެ ދަށުން މިދާއިރާގެ އިންތިޚާބު ބާޠިލްކޮށް
އެދާއިރާގައި އަލުން އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށް ދެއްވުން އެދި
ކުޑަވެޔޮމަތީގޭ މުޙައްމަދު ފަލާޙްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ.
ފާހަގަކުރެވުނު ނުކު
*
01- މިއީ، މާފަންނުހުޅަނގު ދާއިރާގެ ވޯޓާ ގުޅޭ ގޮތުން (T09 ދާއިރާއާއި ގުޅޭގޮތުން)
ދިވެހިރާއްޖޭގެ އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން
މުޙައްމަދު ފަލާޙު އިލެކްޝަންސް ކޮމްޕްލެއިންސްބިއުރޯއަށް މައްސަލައެއް ހުށަހެޅުމުން
އިލެކްޝަންސް ކޮމިޝަނުން ނަތީޖާ ވެރިފައި ކުރުމުގައި ނަތީޖާ ނިންމާފައިވަނީ ކަންހިނގިގޮތުގެ
ރިޕޯރޓަށާއި، ވޯޓުދިން މީހުންގެ ލިސްޓަށް ބަލައިގެން ކަމުގައި ބަޔާންކޮށްފައިވާއިރު،
ކަންހިނގިގޮތުގެ ރިޕޯރޓްގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ނޫންކަން ޘާބިތުކުރެވޭ ހެކި
ހުރިކަމަށްބުނެ އިންތިޚާބުތަކާބެހޭ ޢާއްމު ޤާނުނުގެ 65 ވަނަ މާއްދާގެ ދަށުން މިދާއިރާގެ އިންތިޚާބު
ބާޠިލްކޮށް އެދާއިރާގައި އަލުން އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށް
ދެއްވުން އެދި
ކުޑަވެޔޮމަތީގޭ މުޙައްމަދު ފަލާޙްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވިފައިވާ މައްސަލައެކެވެ.
02- އިންތިޚާބުގެ ނަތީޖާ ނެރުއްވުމުގައި އިލެކްޝަންސް ކޮމިޝަނުން ރިޢާޔަތް
ކުރައްވާފައިވާ ކަންހިނގާ ދިޔަގޮތުގެ ރިޕޯރޓާއި، ވޯޓު ދިންމީހުންގެ ލިސްޓަށް ބަލާއިރު
OX O
03 342 3
ހރހޅު2
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-I-SH-1
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
0
1
ކަންހިނގާދިޔަގޮތުގެ ރިޕޯރޓްގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ތަކެއްނޫންކަން ޘާބިތު
ވާހެކިހުރިކަމަށްބުނެ މުޙައްމަދު ފަލާޙްގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކުގެ މައްޗަށް ބަލާއިރު
މުޙައްމަދު ފަލާޙްގެ ފަރާތުން ހަކަމެއް ފާހަގަކޮށް އެކަންކަމާއިބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓްގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމސަބަބަކީ:- ވޯޓް ފޮށި ނަންބަރު P01.2.1 ގެ ވަގުތީ ނަތީޖާ ޝީޓްގައި ވޯޓްލީ
މީހުންގެ ޢަދަދު 2 ކަމުގައި ބަޔާންކޮށްފައިވާއިރު، ކަންހިނގިގޮތުގެ ރިޕޯރޓްގައި 4 ވޯޓް ކަރުދާސް
ލިބުނުކަމަށާއި، އަދި 4 ވޯޓު ކަރުދާސްބާކީ ހުރިކަމަށް ބަޔާންކޮށްފައިވުމެވެ.
• ދެވަނަސަބަބަކީ:- ވޯޓް ފޮށި ނަންބަރު D02.4.1 ގައި 2 ވޯޓް ލާފައިވާކަމަށް
ބަޔާންކޮށްފައިވާއިރު ކަންހިނގިގޮތުގެ ރިޕޯރޓްގައި ލިބުނީ 1 ކަރުދާސްކޮޅުކަމަށާއި ބާކީ 1
ކަރުދާސްކޮޅު އޮތްކަމަށް ބަޔާންކޮށްފައިވުމެވެ.
• ތިންވަނަސަބަބަކޯ:- ވޯޓް ފޮށި ނަންބަރު U01.4.1 ގެ ކަންހިނގިގޮތުގެ ރިޕޯރޓްގައި ބާކީ
އެއްވެސް ވޯޓް ކަރުދާހެއް ނެތްކަމަށް ބަޔާންކޮށްފައިވާއިރު ކަންހިނގިގޮތުގެ ރިޕޯރޓްގައި
ވޯޓްކަރުދާހުގެ އަދަދާއި، ވޯޓުލީމީހުންގެ އަދަދު ދިމާނުވާކަން އެނގެންއޮތުމެވެ.
• ހަތަރުވަނަސަބަބަކީ:- ވޯޓް ފޮށި ނަންބަރު N02.3.1 ގެ ކަންހިނގިގޮތުގެ ރިޕޯރޓްގައި 2
ކަރުދާސްކޮޅު ފޮނުވިކަމަށާއި، ބާކީ 2 ކަރުދާސްކޮޅު އޮތްކަމަށް ބަޔާންކޮށްފައިވާއިރު އިލެކްޝަންގެ
ރަސްމީ ނަތީޖާއިންދައްކަނީ 1 ވޯޓް އެފޮއްޓަށް ލާފައިވާކަމަށް ވުމެވެ.
• ފަސްވަނަސަބަބަކީ:- ވޯޓްފޮށި ނަންބަރު T06.1.2 ގެ ކަންހިނގިގޮތުގެ ރިޕޯރޓްގައި
އެއްވެސް މީހަކު ވޯޓު ނުލާކަމަށް ބަޔާންކޮށްފައިވާއިރު އިލެކްޝަންސްގެ ރަސްމީ ނަތީޖާގައި 1 ވޯޓް
ލާފައިވާކަމަށް ބަޔާންކޮށްފައިވުމެވެ.
• ހަވަނަސަބަބަކީ:- ވޯޓްގެ ދާއިމީ ނަތީޖާ އިޢުލާން ކުރިއިރުގައި އެކި ކެންޑިޑޭޓުންނަށް 3
ވޯޓް އިތުރަށް ލިބިފައިވާކަމަށް އިޢުލާންކޮށްފައިވުމުން މާފަންނު ހުޅަނގު ދާއިރާގެ T09 ގެ ވޯޓް
-
OX
xo
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.inv
2009/HCI-SH. }
މުނު ގޮތުގެ ރިޕޯޓް
ގުނުމުގައި އަދި ނަތީޖާ އިޢުލާން ކުރުމުގައި ގިނަގުނަ އޮޅުންތަކެއް ހުރިކަން ލިއެކިއުންތަކުން
ޘާބިތުވާން ހުރި ކަމަށްބުނެ ފާހގަކުރިނުކުތާއެވެ.
03- މ.ކުޑަވެޔޮމަތީގޭ މުޙައްމަދު ފަލާޙްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް ޖަވާބު
ދާރީވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
މާފަންނު ހުޅަނގުދާއިރާ T09 ވޯޓް ނެގުމާއި ވޯޓް ގުނުމުގައި އެންމެހައި ކަންތައްތައް
ހިނގާފައިވަނީ ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި އެދާއިރާގައި ވޯޓްލުމާއި ބެހޭ
ކަންތައްތައް ހިނގާފައިވަނީ ޤާނޫނާއި، ޚިލާފަށްކަމަށް މުޙައްމަދު ފަލާޙްގެ ފަރާތުން ބުނެފައިވަނީ
ޙަޤީޤަތާއި ޚިލާފަށް ކަމަށާއި، އަދި އެފަރާތުން ހުށަހަޅާފައިވާ ދަޢުވާ ބިނާކޮށްފައިވާ ނަންބަރު
P01.2.1 ވޯޓް ފޮށީގެ ކަންހިނގިގޮތުގެ ރިޕޯރޓްގެ 3 ވަނަ ޞަފްޙާ ކަމަށްބުނެ އެފަރާތުން
ހުށަހަޅާ ލިޔުމަކީ ބަދަލު ގެނެސްގެން ހުށަހަޅާފައިވާ ލިޔުމެއްކަން އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ނަންބަރު P01.2.1 ވޯޓް
ފޮށީގެ
ކަންހިނގާދިޔަގޮތުގެ ރިޕޯރޓުން އެނގެން އޮންނާތީ، އެފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ ޞައްޙަ
ދަޢުވާއެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ނުދެކޭތީ، އެދަޢުވާ ބާޠިލު ކޮށްދެއްވުން
އެދޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެދި
ފައިވާކަން ފާހަގަ ކުރެވިފައިވެއެވެ.
04= މިމައްސަލަ އާއިގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުގެ
ތެރޭގައި ހިމެނޭ ނަންބަރު P01.2.1 ވޯޓް ފޮށީގެ ކަންހިނގާދިޔަގޮތުގެ އަޞްލު ރިޕޯރޓަށް
ހައިކޯޓުން ބެލިއިރު T09 މާފަންނު ހުޅަނގުދާއިރާގެ ވަގުތީ ނަތީޖާއާއި ނަންބަރު P01.2.1 ވޯޓް
ފޮށީގެ ކަންހިނގާ ދިޔަގޮތުގެ ރިޕޯރޓްކަމަށް ބުނެ މުޙައްމަދު ފަލާޙްގެ ފަރާތުން ހުށަހެޅި
ދެޑޮކިއުމެންޓާއި އިލެކްޝަންސް ކޮމިޝަނުންގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
އެދެޑޮކިއުމެންޓްގެ އަޞްލާއި ދެމެދު ފާޅުކަންބޮޑު ތަފާތުތަކެއް ހުރިކަން ފާހަގަ ކުރެވިފައިވެއެވެ.
**
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-I-SH-1
6
ޤަޟިއްޔާ ނިމުނު ގޮތުގެ
05- މިމައްސަލަ އާގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުނަތަކުގެ މައްޗަށާއި ޤާނޫނު ނަންބަރު
11/2008 އިންތިޚާބު ތަކާބެހޭ އާއްމު ޤާނޫނުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނާބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ:- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ
63 ވަނަ މާއްދާގައި ބުނެ ފައިވާފަރާތްތަކަށް އެޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން
ދިވެހިރާއްޖޭގެ ހައިކޯޓަށް އިންތިޚާބީ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ތަނަވަސް ވެފައިވަނިކޮށް
އެމާއްދާގެ (ނ) ގައި ބުނެފައިވާ ޝަރުތުތަކުގެ މަތިން ކަމަށް ވާއިރު، އެމާއްދާގެ (ނ) ގައި
މިމާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން ހައިކޯޓަށް މައްސަލައެއް ހުށަހަޅާނަމަ އެމައްސަލައެއް
ހުށަހަޅަންވާނީ ސަބަބާއި، ތަފުޞީލާއި، ހެއްކާއި، އެކުގައި ކަމަށް ބުނެފައިވާކަން ފާހަގަ ކުރެވިފައި
4 */ 4w
އޮންނައިޗު2$.
(ށ) ދެވަނަކަމަކީ:- T09 މާފަންނު ހުޅަނގުދާއިރާގެ ވަގުތީ ނަތީޖާ ބިނާ ކޮށްފައިވަނީ
ކަންހިނގާދިޔަގޮތުގެ ރިޕޯރޓަށާއި، ވޯޓް ދިންމީހުންގެ ލިސްޓުގެ މައްޗަށް ބިނާކޮށްގެން ކަމަށްވާއިރު،
އެދާއިރާގެ ކަންހިނގާދިޔަގޮތުގެ ރިޕޯރޓްގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތުތަކެއް ނޫންކަން
ޘާބިތުކުރެވޭފަދަ ހެކިހުރިކަމަށްބުނެ މުޙައްމަދު ފަލާޙްގެ ފަރާތުން އެދާއިރާގެ އިންތިޚާބު ބާޠިލު
ކޮށްދެއްވުންއެދި ދަޢުވާކޮށްފައިވާއިރު މުޙައްމަދު ފަލާޙްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ޘާބިތު
ކުރުމަށްޓަކައި މާފަންނު ހުޅަނގުދާއިރާގެ ކަނހިނގާ ދިޔަގޮތުގެ ރިޕޯރޓް ކަމަށްބުނެ އެފަރާތުން
ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ކަންހިނގާ ދިޔަގޮތުގެ ރިޕޯރޓްގެ ކޮޕީއަކީ އެދާއިރާގެ
ކަންހިނގާ ދިޔަގޮތުގެ އަޞްލު ރިޕޯރޓްގެ ކޮޕީ އަކަށް ނުވާތީއާއި އެފަރާތުން ހުށަހަޅާފައިވާ
ކޮޕީއާއި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެދަޢުވާއަށް ޖަވާބު ދާރީވުމުގެ ތެރޭގައި ހައިކޯޓްގެ
ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ކަންހިނގާދިޔަގޮތުގެ އަޞްލު ރިޕޯރޓާ ދެމެދު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-I-SH-1
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ފާޅުކަންބޮޑުތަފާތުތަކެއް ހުރިކަން ފާހަގަކުރެވިފައިވާއިރު އެދާއިރާގެ ވަގުތީ ނަތީޖާއާއި ކަންހިނގާ
ދިޔަގޮތުގެ ރިޕޯރޓްގެ އަޞްލާއި އެއްގޮތްވާކަން ފާވަގަކުރެވިފައި އޮންނައޮތުމެވެ.
(ނ) ތިންވަނަކަމަކީ:- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބު ތަކާބެހޭ ޢާއްމު ޤާނޫނު)
ގެ 63 ވަނަ މާއްދާގައި ބުނެފައިވާ ފަރާތްތަކަށް އެޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން
ދިވެހިރާއްޖޭގެ ހައިކޯޓަށް އިންތިޚާބީ ޝަކުވާ ހުށަހެޅުމުގެ ޙައްޤު ލިބިދެނީ އެމާއްދާގެ (ނ) ގައި
ބުނެފައިވާ ގޮތުގެ މަތިން އިންތިޚާބީ ޝަކުވާއެއް ހުށަހަޅާ ސަބަބާއި، ތަފުޞީލާއި، ހެއްކާއި،
އެކުގައި ކަމަށްވެފައި، މުޙައްމަދު ފަލާޙްގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާ ބިނާކޮށްފައިވާ
މާފަންނު ހުޅަނގުދާއިރާގެ ކަންހިނގާ ދިޔަގޮތުގެ ރިޕޯރޓްގެ ކޮޕީއަކީ އެރިޕޯރޓްގެ އަޞްލުގެ
ކޮޕީއެއްނޫންކަން އެނގެން އޮންނާތީއާއި، އެރިޕޯރޓްގެ އަޞްލާއި މުޙައްމަދު ފަލާޙްގެ ފަރާތުން
ހުށަހަޅާފައިވާ ފޮޓޯކޮޕީއާ ދެމެދު ފާޅުކަންބޮޑު ތަފާތުތަކެއް ހުރިކަން އެނގެން އޮންނާތީއާއި،
އިންތިޚާބީ ޝަކުވާތައް ހުށަހެޅުމަށް ޤާނޫނުގައި ވަކިގޮތެއް ކަނޑައެޅިފައި ވަނިކޮށް އެފަދަ
ޝަކުވާތައް ބިނާ ކުރާނެ އަސާސެއްނެތަސް ހުށަހެޅޭ ޝަކުވާތަކަކީ އެއީ އެފަދަ ޝަކުވާ ހުށަހެޅުމަށް
އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގެ 64 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ޝަރުތުތައް
ފުރިހަމަވެފައިވާ ޝަކުވާއަކަށް ނުވާކަމެވެ.
• ޙުކުމް:
ox
2 20
/40މ
تحریک کپ
މީލާދީ ސަނަތުން 2009 ވަނަ އަހަރުގެ މެއި މަހުގެ 09 ވަނަ ދުވަހު ދިވެހި
ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ކ.މާލެ މާފަންނު
ހުޅަނގުދާއިރާގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ބިނާކޮށްފައިވާ ނަންބަރު P01.2.1 ވޯޓް ފޮށީގެ
ކަންހިނގާދިޔަގޮތުގެ ރިޕޯރޓްގައި ހުރި މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއް ނޫންކަމަށް ބުނެ،
އެދާއިރާގެ އިންތިޚާބު ބާޠިލް ކޮށްދެއްވުންއެދި ދ. ކުޑަވެޔޮމަތީގޭ މުޙައްމަދު ފަލާޙްގެ
ފަރާތުން ހުށަހަޅާފައިވާ ޝަކުވާ ޤާނޫނީ ގޮތުން ބިނާކުރެވޭފަދަ ހަރުދަނާ ސަބަބެއް
ޝަރީޢަތަށް ހުށަހެޅިފައިނުވާތީއާއި، އެއީ އިންތިޚާބު ތަކާބެހޭ ޢާއްމު ޤާނޫނުގެ 64 ވަނަ
މާއްދާގެ (ނ) ގައި ކަނޑައެޅި ބަޔާންވެފައިވާ ޝަރުޠުތައް ފުރިހަމަވާ އިންތިޚާބީ ޝަކުވާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2009/HC-I-SH-1]
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މައްސަލަ އަކަށް ނުވާތީއާއި އިންތިޚާބީ ޝަކުވާތަކާ ބެހޭ މައްސަލަތައް ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅަންޖެހޭ ވަކިގޮތެއް ޤާނޫނު ނަންބަރު 11
/
2008ގައި ކަނޑައެޅިފައި
ވަނިކޮށް، ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާއި ޚިލާފަށް ހުށަހެޅިފައިވާ މިފަދަ ޝަކުވާތައް
ބެލުމުގެ އިޚްތިޔާރު ޤާނޫނީ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންނުވާ ކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު،
ކުޑަވެޔޮމަތީގޭ މުޙައްމަދު ފަލާޙްގެ ފަރާތުން ހުށަހެޅި ނަންބަރު 11/HC-I-SH/2009
އިންތިޚާބީ ޝަކުވާގެ މައްސަލަ އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު،
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލެވޭނެ ތަނެއް ނެތް ކަމަށް ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ:
Cal
އާދަމް މުޙައްމަދު ޢަބްގު
ޢަބްދު
ޢަލީ ޙަމީދު މުޙައްމަދު
(ފަނޑިޔާރު)
ޙަމީދު
(ފަނޑިޔާރު)
(ފަނޑިޔާރު)
• ލިޔުނީ:ޝަކީބާ
.ޗެކްކުރީ: މަރްޔަމް މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv