ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/12 ޤަޟިއްޔާގެ ޙުކުމް
1
2011/HC-I-K12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 12/HC-I-K/2011
• މައްސަލަ ހުށަހެޅި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ދަޢުވާ ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ޢަބްދު
* އައިޑީ ކާޑުނަންބަރު: A052139
ދާއިމީ އެޑްރެސް: ޅ. ނައިފަރު ދިރޭރަހަ
އެޑްރެސް: ޅ. ނައިފަރު! ދިރޭރަހަ
0
ހުށަހެޅުނު ތާރީޚް: 16 މާޗް 2011
ނިމުނު ތާރީޚް: 17 މާޗް 2011
• ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ކުށް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފު ޙުސައިން، އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
Xhighcourt.gov.mv
2011/HC-I-K12
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
x
މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ޅ.ނައިފަރު ރަށު ކައުންސިލްގެ
މެމްބަރުކަމަށް ކުރިމަތިލާފައިވާ، ޅ.ނައިފަރު/ ދިރޭރަހަ މުޙައްމަދު ޢަބްދުﷲ (އައިޑީކާޑު ނަންބަރ A052139)
ގެ މައްޗަށް ކުރީގެ ޅ.ނައިފަރު ކޯޓުގެ ނަންބަރ 2009/G2C/179 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަނި
ޙުކުމާ އެއްގޮތަށް ދައްކަމުން ނުގޮސް، 05 ފެބްރުއަރީ 2011 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް
ކައުންސިލް އިންތިޚާބު 2011 އަށް ކުރިމަތިލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި "ލޯކަލް
ކައުންސިލްތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމް" ގައި މީނާއަކީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ
މީހެއްކަމަށާއި، އެފޯމްގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތު ކަމަށް އިޤުރާރުވެ އިންތިޚާބަށް ކުރިމަތި ލުމުގެ
ގޮތުން ދޮގު މަޢުލޫމާތު ދީފައިވާ ކަމަށްބުނެ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބު ތަކާއި
ޢާންމު
ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާއި ޙަވާލާދީ އެޤާނޫނުގެ 74 ވަނަމާއްދާގެ (ށ)ގެ
ދަށުން ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޅ.ނައިފަރު/ދިރޭރަހަ މުޙައްމަދު ޢަބްދުﷲގެ މައްޗަށް
ހުށަހަޅާފައިވާ އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން ދޮގުމަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާއެކެވެ.
22
ފާހަގަކުރެވުނު ނުކު
54
މިމައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ
ލިޔުންތަކަށް ބަލާ ނަޒަރުކުރުމުން އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
1- ލޯކަލް ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި އަންނަނިވި
ޝަރުތުތައް ފުރިހަމަވާން ވާނޭކަމަށް ޤާނޫނު ނަންބަރ 10/2010(ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ
12 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކުރުމާއެކު އަންނަނިވި ޙާލަތް ތަކުގެތެރެއިން ޙާލަތެއްގައިވާ މީހަކަށް ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެ ކަމަށް އެމާއްދާގެ (ނ) ގައި ވަރަށް ސާފުކޮށް ބަޔާން
ކޮށްފައިވާކަން އެގޭއިރު ބުނެވިދިޔަ ޤާނޫނު ނަންބަރ 10/2010 ގެ 12 ވަނަ މާއްދާގެ (ނ) 1 ގައި"
އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ ޙުކުމާ އެއްގޮތަށް އެދަރަނި އަދާ ކުރަމުން ނުދާ
މީހަކުކަމުގައިވުން." މިފަދައިން ބަޔާންކޮށްފައިވާކަން އެގެއެވެ.
އެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮންނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
Xhighcourt.gov.mv
2011/HC-I-K12
3
-2
ޤަޟިއްޔާ ނިމުނު ގޮތުގެ
މުޙައްމަދު ޢަބްދުﷲގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކުޅަ މިދަޢުވާ
ހިންގިފައިވަނީ މުޙައްމަދު ޢަބްދުﷲ ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށް އޯޑިއޯކޮންފަރެންސް
މެދުވެރިކޮށް ކަމަށާއި މިގޮތުން މުޙައްމަދު ޢަބްދުﷲގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ
ދަޢުވާއަށް ޖަވާބުދާރީވަމުން މުޙައްމަދު ޢަބްދުﷲ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އޭނާ ދައްކަން ޖެހިފައިވާ
ފައިސާއަކީ އޭނާގެ ދަރިފުޅަކަށް ނަގައިދިން ލޯނެއްކަމަށާއި އަދި އެލޯނު ނެގީ މުޙައްމަދު ޢަބްދުﷲގެ ނަމުގައި
ކަމަށާއި އަދި މުޙައްމަދު ޢަބްދުﷲގެ މާލީ ޙާލަތު ތަންނުދިނުމުގެ ސަބަބުން ދަރިފުޅުގެ ގާތުގައި އެލޯނު ދައްކަން
ބުނުމުން ދަރިފުޅު އެފައިސާ ދައްކާނަމޭ ބުނީމާ އޭނާ ހީކުރީ ދަރިފުޅު އެފައިސާ ދައްކަމުން ދާކަމަށާއި ކޯޓުން
ޙުކުމް ކުރުމުންވެސް ދަރިފުޅު ފައިސާ ދައްކާނަމޭ ބުނިކަމަށާއި ފައިސާ ނުދައްކާ އޮތްކަން މުޙައްމަދު ޢަބްދުﷲއަށް
ނޭގޭ ކަމަށާއި އޭނާ ހީކޮށްގެންހުރި ފައިސާ ދައްކަމުން ގޮސްފައިވާ ކަމަށާއި ފައިސާދައްކަން ދަރިފުޅާ ޙަވާލުކުރީމާ
ނުދައްކާ އޮތްކަމެއް މުޙައްމަދު ޢަބްދުﷲއަށް މިއެގުނީވެސް އިންތިޚާބުގައި ކުރިމަތިލީމާ ކަމަށްވެސް މުޙައްމަދު
ޢަބްދުﷲ ބުނެފައިވާކަން އެގެއެވެ.
3- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިމައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައިވާ
ލިޔުން ތަކަށް ބަލާއިރު ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު 2011 ގައި މުޙައްމަދު ޢަބްދުﷲ ބައިވެރިވުމަށް
އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމާއި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހެޅި އެކޯޓުގެ
ނަންބަރ 11/SC
-
E/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް ހުށަހަޅާފައިވާކަން އެގޭއިރު،
މުޙައްމަދު ޢަބްދުﷲ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުގައިވާ ކެންޑިޑޭޓެއްގެ
އިޤްރާރުގައި އޭނާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރ 10/2010)ގެ 12 ވަނަ
މާއްދާގައި ބުނާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށާއި، މިފޯމުގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ކަމަށް
އިޤްރާރުވެ ސޮއިކޮށްފައިވާކަން އެގެންއޮތްއިރު،
އަދި މީގެ އިތުރުން ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު 2011 ގައި ޅ.ނައިފަރު ރަށު
ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ ޅ.ނައިފަރުގެ ދިރޭރަހަ މުޙައްމަދު ޢަބްދުﷲ އަކީ ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅައި ދިނުން
އެދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރ
11/SC
-
E/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ (ށ)ގައި
"މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަ
ވުމަށް ހަމަޖެހިފައިވާ ލޯކަލް
އެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
Xhighcourt.gov.mv
2011/HC-I-K12
4
02
xހ2
یہ کرم
02
0 0
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަ ނުވާ
ނުވާކަމަށްބުނެ، އިލެކްޝަންސް
ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ޅ.ނައިފަރު ދިރޭރަހަ މުޙައްމަދު ޢަބްދުﷲ އަކީ ކުރީގެ ޅ.ނައިފަރު ކޯޓުގެ
ނަންބަރު 2009/G2C/179 ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި، ޙުކުމާ
ދައްކަމުން ނުދާ މީހެއްކަން 28 ޑިސެމްބަރ 2010 ގައި ނެޝަނަލް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 2010
/
863/G2C ފެކްސް މެސެޖުން އަންގަވާފައިވާކަން
ން އޮތުމެވެ." މިގޮތަށް ބަޔާން ކޮށްފައިވީ ހިނދު،
އަދި ހަމަ އެރިޕޯޓުގެ (ނ)ގައި "މިލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5
ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި
ހުރުން ޤާނޫނު ނަންބަރ 10
/
2010ގެ 12 ވަނަ މާއްދާގެ (ނ)ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ
އަދާކުރަންޖެހޭ ސާބިތު ދަރަނި އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުމުގެ
ޝަރުޠު، ޅ.ނައިފަރު ދިރޭރަހަ މުޙައްމަދު ޢަބްދުﷲގެ ކިބައިގައި ފުރިހަމަ ނުވާކަން 28 ޑިސެމްބަރު 2010
ގައި ނެޝަނަލް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިޔުރޯއަށް ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ
2010
/
863/G2C ފެކްސް މެސެޖުން އަންގާފައިވާކަން އެގެން އޮންނާތީ، ބުނެވިދިޔަ އިންތިޚާބުގައި ވާދަކުރަން
މުޙައްމަދު ޢަބްދުﷲ އަށް އޮތް ޙައްޤަށް ޤާނޫނީ ގޮތުން ހުރަސް އެޅިފައިވާކަން
މިގޮތަށް
ބަޔާންކޮށްފައިވީ ހިނދު،
އަދި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާގެ ޙުކުމުގައި " ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރ 10
/
2010އިން
ލާޒިމް ކުރާ އެއްވެސް ޝަރުތެއް ފުރިހަމަނުވާ ފަރާތަކަށް އެއިންތިޚާބުގައި ވާދަކުރުމުގެ ޙައްޤުލިބިގެން ނުވާކަން
އެގެން އޮތުމާއެކު އެއުސޫލުގެ މައްޗަށް ރިޢާޔަތްކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011ގައި ކެންޑިޑޭޓެއްގެ
ހައިސިއްޔަތުން ބައިވެރިވުމުގެ ޙައްޤު މުޙައްމަދު ޢަބްދުﷲ އަށް ލިބިގެން ނުވާކަމަށް ޅ.ނައިފަރު! ދިރޭރަހަ
މުޙައްމަދު ޢަބްދުﷲގެ ޣައިރު ޙާޟިރުގައި ކަނޑައަޅައިފީމެވެ." މިގޮތަށް ކަނޑައަޅުއްވާފައިކަން އެނގެން
އޮންނައިރު،
އަދި މުޙައްމަދު ޢަބްދުﷲ މިކޯޓަށް ދީފައިވާ ބަޔާނުގައި އިޤުރާރުވެފައިވާ ކަންކަމަށް ބަލާއިރު
05 ފެބްރުއަރީ 2011 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބު 2011 އަށް ކުރިމަތިލުމުގެ
ގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި " ލޯކަލް ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލުމަށްއެދޭ ފޯމް"
0x
l
4
2
އެގެން އެދޭނީ އެތެމެވެ.
OX O
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
Xhighcourt.gov.mv
2011/HC-I-K12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ގައި މުޙައްމަދު ޢަބްދުﷲއަކީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12
ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި، އެފޯމްގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ
މަޢުލޫމާތު ކަމަށް އިޤުރާރުވެފައިވާ އިޤުރާރު ވުމަކީ ހަޤީޤަތާއި ޚިލާފަށްވެފައިވާ އިޤުރާރެއްކަން އެގެއެވެ.
ޙުކުމް:
4 22
އިސްވެ ބަޔާންކުރި ކަންތައް އެގޮތުގެ މަތިން ހުރުމާއެކު ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު 2011
ގައި ޅ.ނައިފަރު ރަށުކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ ޅ.ނައިފަރު/ދިރޭރަހަ މުޙައްމަދު ޢަބްދު
ލޯކަލް ކައުންސިލް އިންތިޚާބު 2011 އަށް ކުރިމަތިލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމު
ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމް)ގައި މީނާއަކީ ޤާނޫނު ނަންބަރު 10/2010
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ
މީހެއްކަމަށާއި، އެފޯމްގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތުކަމަށް އިޤުރާރުވެ އިންތިޚާބަށް ކުރިމަތި ލުމުގެ
ގޮތުން ދޮގު މަޢުލޫމާތު ދީފައިވާކަމަށްބުނެ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބު ތަކާއި ބެހޭ އާއްމު ޤާނޫނު)
ގެ 74 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާއި ޙަވާލާދީ އެޤާނޫނުގެ 74 ވަނަމާއްދާގެ (ހ)ގެ ދަށުން
ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދަޢުވާ ކުރުމުން ބެލުނު މިޤަޟިއްޔާގައި އިސްވެ ފާހަގަ
ކުރެވުނު ނުކުތާތަކަށް ނަޒަރުކުރުމުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރ 11/SC
-
E/2011 ޤަޟިއްޔާ
އިން 05 ފެބްރުއަރީ 2011 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ
ކިބައިގައި ހުރުން ޤާނޫނު ނަންބަރ 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ
މާއްދާގެ (ނ)ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ ޙުކުމާ
އެއްގޮތަށް އެދަރަނި އަދާކުރަމުންދާ މީހެއްކަމުގައި ވުމުގެ ޝަރުޠު ޅ.ނައިފަރު/ދިރޭރަހަ މުޙައްމަދު ޢަބްދުﷲގެ ގެ
ކިބައިގައި ފުރިހަމަނުވާކަން އެގެން އޮންނަ ހިނދު އަދި މުޙައްމަދު ޢަބްދުﷲ މިކޯޓުގެ ޝަރީޢަތަށް ދީފައިވާ
ބަޔާނުގައި އޭނާ އިޤުރާރުވެފައިވާ ކަންކަމަށް ބަލާއިރު ޅ.ނައިފަރު /ދިރޭރަހަ މުޙައްމަދު ޢަބްދުﷲ 05ފެބްރުއަރީ
2011ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން އިލެކްޝަންސް
ކޮމިޝަނަށް ހުށަހެޅި" ލޯކަލް ކައުންސިލްތަކުގެ މެމްބަރުކަމަށް އެދޭފޯމް" ގައި މީނާ އަކީ ޤާނޫނު ނަންބަރު
02c
އެހިރާއްa
، ދިވެހިއެވެ
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
Xhighcourt.gov.mv
2011/HC-I-K12
497
6 ޤަޟިއްޔާ ނިމުނު ގޮތުގެ
10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް
ފުރިހަމަވެފައިވާ މީހެއްކަމަށާއި، އެފޯމްގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތުކަމަށް އިޤުރާރު އެއިންތިޚާބަށް
ކުރިމަތިލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ދޮގު މަޢުލޫމާތު ދީފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާތީ
ޤާނޫނު ނަންބަރ 11/2008 (އިންތިޚާބު ތަކާއި ބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) އާޙަވާލާދީ
އެމާއްދާގެ (ހ)ގެ 01 ވަނަ ނަންބަރުގެ ދަށުން އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން ދޮގު މަޢުލޫމާތު ދިނުމުގެ ކުށުން
ޅ.ނައިފަރު ދިރޭހަ މުޙައްމަދު ޢަބްދުﷲ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން
އެޤާނޫނުގެ 74 ވަނަ މާއްދާގެ (ނ)ގެ ދަށުން މުޙައްމަދު ޢަބްދުﷲ -/12000ރ (ބާރަހާސް ރުފިޔާ) އިން
ޖޫރިމަނާކޮށް މިފައިސާ މިއަދުން ފެށިގެން 1(އެކެއް) މަސްދުވަހުގެ ތެރޭގައި މިކޯޓަށް (ދިވެހިރާއްޖޭގެ ހައިކޯޓަށް)
ދެއްކުމަށް މުޙައްމަދު ޢަބްދުﷲ އަށް އަންގާ މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށް މައްސަލަ
ނިންމީއެވެ.
ކަ
$i;
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
Xhighcourt.gov.mv