ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/09 ޤަޟިއްޔާގެ ޙުކުމް
l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
*947 31
2012/HC-A/09
T)
22 4 8 2
te
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 09/HC-A/2012
އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ޢަބްދު
އައިޑީ ކާޑު ނަންބަރ: A073079
* ދާއިމީ އެޑްރެސް: ރޯޒްމީޑްގދ.ފަރެސްމާތޮޑާ
މިހާރުގެ އެޑްރެސް: ފ.ނަދުވާ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ގދ.ފަރެސްމާތޮޑާ ރަށުކައުންސިލްގެ އިދާރާ * ދާއިމީ އެޑްރެސް:
އައިޑީ
މިހާރުގެ އެޑްރެސް:
* ރަޖިސްޓްރީކުރެވުނު ތާރީޚް: 08 ޖެނުއަރީ 2012 * ނިމުނު ތާރީޚް:
22 ފެބުރުވަރީ 2012
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Q8C/44
ނިންމެވިކޯޓް: ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް
މައްސަލައިގެ ބާވަތް: ޤަވާޢިދާޚިލާފުވުން
ހުށަހެޅި ތާރީޚް: 2011-08-16
ނިމުނު ތާރީޚް: 2017-12-14
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސްގެ
ފަނޑިޔާރު:ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޙުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2012/HC-A/09
ދަޢުވާގެ ޚުލާޞާގެ
މިއީ، ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/Q8C/44 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ގދ.ފަރެސްމާތޮޑާރޯޒްމީޑް، މުޙައްމަދު
ޢަބްދުﷲ (އައި.ޑީ.ކާޑް ނަންބަރުA073079) ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު
ބެލިފައިވާ މައްސަލައެކެވެ.
cu o
.87/
0
-01
ފ23 ހ ޑ0
24/03
:ގަކުރެވުނު ނުކުތާތައް:
މިއީ، ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/Q8C/44 ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވާނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ގދ.ފަރެސްމާތޮޑާ|ރޯޒްމީޑް،
މުޙައްމަދު ޢަބްދުﷲ (އައި.ޑީ.ކާޑް ނަންބަރުA073079) ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ.
02- އިސްތިއުނާފް މިކުރެވޭ ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/Q8C/44
ޤަޟިއްޔާއަކީ، ގދ.ފަރެސްމާތޮޑާ ހަނދުވަރީގެ އެވެ ކިޔާ ގޯއްޗަކީ، ގދ.ފަރެސްމާތޮޑާ ކުރުބާވިލެޖް ރަޝީދާ
ބައްޕަ އަލްމަރުޙޫމް ޤާސިމް ޢަލީ އަށް ދޫކޮށްފައިވާ ގޯއްޗެއްކަމަށާއި، އެގޯތި
ގދ.ފަރެސްމާތޮޑާ ރޯޒްމީޑް އަލްމަރުޙޫމާ އާމިނަތު ޒާހިދާގެ ނަމަށް ބަދަލުކޮށްފައިވަނީ
އެމައްސަލަ ބައްލަވައިދެއްވުންއެދި ރަޝީދާ ޤާސިމް ހުށަހެޅުމުން އެލަވާފައިވާ
ޤަޟިއްޔާއެއްކަމާއި،
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"...ހަނދުވަރީގޭ ގޯއްޗަކީ ހިރިމާދު
ކަލޭގެފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރު ސަރުކާރުން އެގޭ ޤާސިމް ޢަލީ އަށް ކަޑުއްވައިދެއްވި ގޯއްޗެއްކަމަށް
މިމައްސަލައަށް ހުށަހެޅިފައިވާ ހެކީންގެ ފުރިހަމަ ހެކިބަހުން ޝަރީޢަތަށް ސާބިތުވާތީއާއި، މިގޯތި އޭގެ ފަހުން
އެއްވެސް ފަރާތަކަށް ހިބަދީ، ވިއްކާ، ހަދިޔާ ކޮށްފައިވާކަން އެގެން ނެތުމުން މިގޯތި މިހާރު ރަޖިސްޓްރީ
ކުރެވިފައިވާ ޤާސިލް ޢަލީ އިނދެވަރިކުރި އާމިނަތު ޒާހިދާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވަނީ ޤާނޫނީ
ޝަރުޢީ އުޞޫލެއް އެގެން ނެތުމުން ފަރެސްމާތޮޑާ ކައުންސިލް އިދާރާއާއި ކުރެވުނު ސުވާލުން އެދުވަސްވަރުގެ
ގޯތިތަކުގެ ރަޖިސްޓްރީ ހަދާދެވިފައިވަނީ އެވަގުތަކު ގޯއްޗެއްގައި އުޅުނު މީހަކަށް ކަމަށާއި މިގޮތަށް
44ހދ38 6
ހތދތ ދ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2012/HC-A/09
ގޯތިތަކުގައި މިމައްސަލަޖެހި ރަޖިސްޓްރީ ބަދަލު ކޮށްފައިވާކަމަށް އެއިދާރާގެ ފަރާތުން ބުނެފައިވާތީ،
ގދ.ފަރެސްމާތޮޑާ (މާތޮޑާއަވަށް) ހަނދުވަރީގެ ގޯތީގެ ރަޖިސްޓްރީ އާމިނަތު ޒާހިދާގެ ނަމުގައި ހަދާފައިވަނީ
ޝަރުޢީ އަދި ޤާނޫނާއި ހަމަތަކާއި ޚިލާފަށް ކަމަށް ޝަރީޢަތަށް ސާބިތުވާތީ އެރަޖިސްޓްރީއަކީ ބާޠިލް
ރަޖިސްޓްރީއެއްކަމަށް ކަޑައަޅައި މިރަށް ހަނދުވަރީގެއާއި ގޯއްޗަކީ އެގޭ ޤާސިމް ޢަލީގެ މިލްކު ތަންތަނާއި
ތަކެތިކަމަށް ޙުކުމްކޮށް މައްސަލަ ނިންމީއެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު:2011/Q8C/44 ޤަޟިއްޔާ ގައި ޙުކުމް ކުރެއްވުމާއި ގުޅިގެން ގދ.ފަރެސްމާތޮޑާ(ރޯޒްމީޑް، މުޙައްމަދު
ޢަބްދުﷲ ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާއާއި
މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި
ބަޔާން ކޮށްފައިވާ އަސާސީ ޙައްޤަކުން މަޙްރޫމް ވާގޮތަށް މައްސަލަ ނިންމާވާފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ
ceto
4 2 32
ނެކެeއވެ.
cu o
. ދެވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއާއި
ޚިލާފަށް މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ތިންވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއަށް
ރިޢާޔަތް ނުކުރައްވާ ޙުކުމް ކުރައްވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އިސްލާމީ
ޝަރީޢަތުގެ އެއް މަޞްދަރު ކަމުގައިވާ ކީރިތި ޤުރުއާނުގެ އެއް އަޞްލު ކަމުގައިވާ ޢަދުލު އިންޞާފް
ޤާއިމް ކުރުމާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ތަރިކާގެ މައްސަލަތަކުގައި ޢަމަލު ކުރަމުން އަންނަ އުޞޫލާއި
ޚިލާފަށް މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ފަސްވަނަ ނުކުތާއަކީ: ގދ.ފަރެސްމާތޮޑާ| ހަނދުވަރީގޭގެ ރަޖިސްޓްރީ އެރަށު ރޯޒްމީޑް
އަލްމަރުޙޫމާ އާމިނަތު ޒާހިދާ (ރެކިދިޔެ) ގެ ނަމުގައި ހަދާފައިވާ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއް އަދި
އެފަދައިން ނިންމަވާފައިވާ ސަބަބެއް އެނގެން ނެތްކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
4
2012/HC-A/09
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
I
3/
* ހަވަނަ ނުކުތާއަކީ: އުޞޫލުލްފިޤުހުގެ އެއްޤާޢިދާ ކަމުގައިވާ " ޝައްކަކުން ޔަޤީނެއް ބާޠިލެއް
ނުކުރެވޭނެ" ކަމަށް އޮންނައިރު، ޙުކުމް ކުރެއްވުމުގައި އެޤާއިދާއަށް ރިޢާޔަތް ކުރައްވާފައި ކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަތްވަނަ ނުކުތާއަކީ: 1977 ވަނަ އަހަރުން ފެށިގެން އަދި އޭގެކުރިންވެސް ޤާސިމް ޢަލީ
ނުވަތަ އެހެން ފަރާތަކުންވެސް ގދ.ފަރެސްމާތޮޑާ (މާތޮޑާއަވަށް) ހަނދުވަރީގޭގެ މިލްކުވެރިކަމާމެދު އެއްވެސް
ފަރާތަކުން ދަޢުވާކޮށްފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
04- ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/Q8C/44 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން މުޙައްމަދު ޢަބްދުﷲ ހުށަހަޅާފައިވާ
ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި،
މައްސަލައާއި ގުޅުންހުރި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ
(ހ) ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/Q8C/44 ޤަޟިއްޔާގައި
ގދ.ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ މައްޗަށް ދަޢުވާކުރުމުގެ ގޮތުން ގދ.ފަރެސްމާތޮޑާ ކުރުބާވިލެޖް ރަޝީދާ
ޤާސިމް 24 އޮކްޓޯބަރ 2011 ގައި ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، "އަޅުގަޑު ފަރެސްމާތޮޑާ ކައުންސިލް
އިދާރާގެ މައްޗަށް މިކުރާ ދަޢުވާއަކީ އަޅުގަޑުގެ ބައްޕަ ގދ.މާތޮޑާއަވަށު ހަދުވަރީގެ ޤާސިމް ޢަލީއަށް މާތޮޑާ
އަވަށުން ދޫކޮށްފައިވާ ގދ.މާތޮޑާ އަވަށު ހަދުވަރީގެ އެވެ ބަންޑާރަ ގޯތި ބައްޕަ ރަށުގައި ނެތިސް ބައްޕައަށް
ނާންގާ ބައްޕަގެ އަނބި (އަޅުގަޑުގެ ދޮންމަންމަ) ގދ.މާތޮޑާ ހަދުވަރީގޭ ރެކިދިއެގެ ނަމުގައި ރަޖިސްޓްރީ
ކޮށްފައިވާތީއެވެ. މިގޯއްޗަކީ އަޅުގަޑުގެ ބައްޕަ ޤާސިމް ޢަލީއަށް ސަރުކާރުން ދެއްވާފައިވާ ގޯއްޗެއްކަން
ގދ.މާތޮޑާ އަވަށު ރަންގިރިގޭ ޢަބްދުﷲ އަށާއި، ގދ.މާތޮޑާ އަވަށު ޗަބޭލީގެ ޢަބްދުﷲ މުޙައްމަދު އަށާއި،
ގދ.މާތޮޑާ އަވަށު ބަގީޗާގެ ޢަބްދުﷲ ސަޢީދުއާއި ތިންމީހުންނަށް ރަގަޅަށް އެނގޭނެއެވެ. މިގޯއްޗާމެދު
އަޅުގަޑުގެ ބައްޕަ އެކި އޮފީސްތަކަށް ކޮށްފައިވާ ޝަކުވާތަކާއި ލިޔުން އަޅުގަޑުގެ އަތުގައި އެބަހުއްޓެވެ.
ޝަރީޢަތުން ބޭނުންވެއްޖެނަމަ އެލިޔުންތައް އަޅުގަޑު ހުށަހަޅާނަމެވެ. މިގޯތި ދޮންމަންމަ ރެކިދިއެގެ މައްޗަށް
ރަޖިސްޓްރީ ކުރިއިރު ބައްޕަ ހުރީ އައްޑޫ ބަޣާވާތުގައި އައްޑޫގައި ހައްޔަރު ކޮށްފައެވެ. އޭރު އަޅުގަޑުގެ ޢުމުރަކީ
7 އަހަރެވެ." މިފަދައިން ބުނެފައިވާކަން އެނގެން އޮންނަކަމާއި،
1 2
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
5
2012/HC-A/09
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
6 24
، ޓްޖޭގެ ޝި
ރަޝީދާ ޤާސިމްގެ މިބަޔާނަށް ބަލާއިރު، އެގޯއްޗާމެދު އޭނާގެ ބައްޕަ އެކި އޮފީސްތަކަށް
ކޮށްފައިވާ ޝަކުވާތަކާއި ލިޔުންތައް ހުރިކަމަށް ބުނެފައި ވީނަމަވެސް އެތަކެތި ޝަރީޢަތަށް ހުށަހެޅިކަން
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން ނެތްކަމާއި، އަދި އެފަދަ ޝަކުވާތަކެއް އޭނާގެ ބައްޕަގެ ދުނިޔޭގައި
ކުރާނަމަ އެޝަކުވާއެއް އެންމެ ފުރަތަމަ ހުށަހަޅަންޖެހޭ އިދާރާއަކީ އޭރުގެ ރަށު އޮފީސްކަމާއި، ނަމަވެސް
އެގޯއްޗާއި ބެހޭ އެއްވެސް މައްސަލައެއް ކުރިން ހިނގާފައި ނުވާކަމަށް މިހާރުގެ އެރަށުގެ ކައުންސިލްގެ އިދާރާގެ
ފަރާތުން އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އަދި މީގެ އިތުރުން އެގޯތި
ރަޝީދާ ޤާސިމްގެ ދޮންމަންމަ ރެކިދިޔެއަށް ރަޖިސްޓްރީ ކުރެވުނުއިރު އޭނާގެ ބައްޕަހުރީ އައްޑޫ ބަޣާވާތާއި
ގުޅިގެން އައްޑޫގައި ހައްޔަރު ކޮށްފައި ކަމަށާއި އޭރު ރަޝީދާ ޤާސިމްގެ ޢުމުރުން 7 އަހަރު ކަމަށް ރަޝީދާ
ޤާސިމް ބުނެފައިވާއިރު، އޭނާގެ ޢުމުރުން 7 އަހަރުގައި އެގޯތި ރަޖިސްޓްރީ ކުރުމުގެ ކަންތައް ހިނގާދިޔަ
ގޮތެއް އޭނާއަށް އެނގުނު ގޮތެއްވެސް ބަޔާން ކޮށްދީފައި ނުވާކަމާއި، އަދި އެކަން ޝަރީޢަތުގެ ފަރާތުންވެސް
ސާފުކޮށްފައި ނުވާކަން ފާހަގަކުރެވޭކަމާއި،
ރަޝީދާ ޤާސިމްގެ އައި.ޑީ.ކާޑުގައި ވާގޮތުންނަމަ އޭނާގެ އުފަންތާރީޚަކީ 11 އޮކްޓޯބަރ
1952 ކަމާއި، ވީމާ 2011 ވަނަ އަހަރު މި ރަޝީދާ ޤާސިމްގެ ޢުމުރަކީ 59 އަހަރު ކަމާއި، އޭރުން އޭނާގެ
ޢުމުރުން 7 އަހަރުވާނީ 1959 ވަނަ އަހަރުގައި ކަން އެނގޭކަމާއި، ރަޝީދާ ޤާސިމް ބުނެފައިވާ ގޮތުންނަމަ
އޭނާގެ ދޮންމަންމަ ރެކިދިޔެއަށް ހަނދުވަރީގެ ރަޖިސްޓްރީ ކުރެވުނީ އޭނާގެ ޢުމުރުން 7 އަހަރު ގައި ކަމާއި،
އެއީ 1959 ވަނަ އަހަރުކަމާއި،
ނަމަވެސް ގދ.ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ފަރާތުން ބުނެފައިވަނީ އެރަށުގެ ގޯތިތައް
އެންމެ ފުރަތަމަވެސް ރަޖިސްޓްރީ ކުރަން ފެށިފައިވަނީ 1977 ވަނަ އަހަރު ގައި ކަމަށާއި، އޭރު އެރަށު
ހަނދުވަރީގެ އެވެ ކިޔާ ގޯތި އެންމެ ފުރަތަމަވެސް ރަޖިސްޓްރީ ކުރެވިފައިވަނީ ރެކިދިޔެގެ ނަމުގައި ކަމަށާއި،
އެހާތަނުން ފެށިގެން ރަޝީދާ ޤާސިމްގެ ފަރާތުން ގދ.ފަރެސްމާތޮޑާ
މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު:2011/Q8C/44 ޤަޟިއްޔާ ހުށަހެޅުމާ ހަމައަށް އެގޯއްޗާ ބެހޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހެޅިފައި
ނުވާކަމަށާއި، ފެންނަހުރި ލިޔެކިޔުންތަކަށް ބަލާއިރު ރެކިދިޔެގެ ނަމުގައި އެގޯތި ރަޖިސްޓްރީ ކުރެވިފައިވަނީ
ޢަޢީ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނހިގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2012/HC-A/09
ޤަވާޢިދާ ޚިލާފަށް ކަމަށް ބެލެވޭނެ އެއްވެސް ގޮތެއް އޮތްކަމަށް އެކައުންސިލް އިދާރާގެ ފަރާތުން ނުދެކޭކަމަށް
ބުނެފައިވާ ކަން ފާހަގަކުރެވެއެވެ.
(
ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/Q8C/44 ޤަޟިއްޔާގައި
ހެކިބަސް ދީފައިވާ ތިން މީހުންގެ ހެކި ބަހަށް ބަލާއިރު، އެމީހުން ހެކިބަސް ދީފައިވަނީ ގދ.ފަރެސްމާތޮޑާ
ހަނދުވަރީގެ ގޯއްޗަކީ ހިރިމާދި ކަލޭގެފާނުގެ އަތޮޅުވެރި ކަމުގެ ދުވަސްވަރު ދޫކުރި ގޯއްޗެއް ކަމަށާއި، އެގޯތި
ދޫކުރީ ރަޝީދާ ޤާސިމްގެ ބައްޕަ އަދި ރެކިދިޔެގެ ފިރިމީހާ ޤާސިމް ޢަލީ އަށް ކަމަށް ބުނެކަމާއި، ނަމަވެސް
އެއިން އެއްވެސް މީހެއްގެ ހެކިބަހުން އެރަށު ގޯތިތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށިގެން ދިޔައިރު،
ހަނދުވަރީގެ އެވެ ކިޔާ ގޯތި ޤާސިމް ޢަލީގެ ނަމުގައި ރަޖިސްޓްރީ ކުރެވުނު ކަމަކަށް ނުވަތަ ރެކިދިޔެގެ
ނަމުގައި ރަޖިސްޓްރީ ކުރެވިގެން ދިޔަ ގޮތާއި ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވާކަމާއި،
އާދަ ކާދައިގެ ތެރެއިން ރާއްޖޭގައި ކުރީ ޒަމާނުގައި ކަންތައް ހިނގަމުން އައިސްފައިވާ ގޮތަކީ
ދެމަފިރިއަކު ނުވަތަ ޢާއިލާއަކުން ދިރިއުޅޭނެ ގޯއްޗެއް ހޯދުމަށްޓަކައި ވެރިންކައިރިއަށް ގޮސް ހަދަނީ އޭގެ
ތެރެއިން އިސްކޮށް ހުންނަ ފިރިހެން މީހާކަމާއި، ނަމަވެސް އެގޯއްޗެއް ލިބި ރަޖިސްޓްރީ ކުރާ ހިސާބަށް
އައުމުން އެމީހެއްގެ އަނބިމީހާއަށް އެމީހެއްގެ ރުހުމާއެކު ރަޖިސްޓްރީ ކުރެވިފައި ހުންނަކަމާއި، މިފަދައިން
ރަޖިސްޓްރީ ވެފައި ހުންނަ ގޯތިތައް ރަޖިސްޓްރީ ވެފައިވަނީ އެގޯއްޗެއް އެމީހެއްގެ ނަމުގައި ދޫކުރެވިފައިވާ
އަޞްލު ފަރާތުގެ ރުހުމާ ނުލައި އޮޅުވާލުމެއްގެ ތެރެއިން ކަމުގައި ދެކޭނަމަ، އެކަން އެގޮތަށް ހިނގާފައިވާކަން
ސާބިތު ކުރުމަކީ އެގޯއްޗެއް އެމީހެއްގެ ނަމުގައި ދޫކުރެވިފައިވާ އަޞްލު ފަރާތުގެ ޒިންމާއެއްކަމާއި، ހެކިންގެ
ހެކިބަހުން އެނގޭ ގޮތުންނަމަ ގދ.ފަރެސްމާތޮޑާ ހަނދުވަރީގެ އެވެ ކިޔާ ގޯތި ހޯދުމުގައި އިސްކޮށް
ޙަރަކާތްތެރި ވެފައިވަނީ ރަޝީދާ ޤާސިމްގެ ބައްޕަ އަދި ރެކިދިޔެގެ ފިރިމީހާ ޤާސިމް ޢަލީ ކަމާއި، ނަމަވެސް
ޤާސިމް ޢަލީ ދުނިޔޭގައި ހުރެ އެގޯތި ރެކިދިޔެގެ ނަމުގައި ރަޖިސްޓްރީ ވެފައި އޮވެގެން އެކަމާ ޝަކުވާކޮށް
އެއްވެސް ފަރާތަކަށް އެއްވެސް މައްސަލައެއް ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި، އަދި މީގެ އަށެއްކަ
އަހަރު ކުރިން ޤާސިމް ޢަލީ ނިޔާވެފައިވާކަމާއި، ނަމަވެސް ރަޝީދާ ޤާސިމްގެ ފަރާތުން ވެސް އެފަދަ
ޝަކުވާއެއް އެއްވެސް ފަރާތަކަށް ހުށަހަޅާފައި ނުވާކަމާއި، ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު:2011/Q8C/44 ޤަޟިއްޔާ ރަޝީދާ ޤާސިމްގެ ފަރާތުން ހުށަހަޅާފައިވަނީ، 14 ޖުލައި 2011 ގައި
ރެކިދިޔެ ނިޔާވެ ދިޔުމަށް ފަހުގައިކަން އެގެއެވެ.
cccc
ތާޢީބޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2012/HC-A/09
(ނ) ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/Q8C/44 ޤަޟިއްޔާގައި
ރަޝީދާ ޤާސިމްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ ރަސްމީ ލިޔެކިއުންތަކުން ފެންނަން އޮތްގޮތުގައި ރެކިދިޔެގެ
ތަރިކާގެ މައްޗަށް ކުރެވިފައިވާ ދަޢުވާ އެއްކަން ސާފުކޮށް އެނގެން އޮތްއިރު، އެމައްސަލަ ބައްލަވައި ޙުކުމް
ކުރެއްވުމުގައިވެސް ރެކިދިއެގެ ވާރިސުންގެ ބަހެއްވެސް ހޯދާފައި ނުވާކަމާއި، ނަމަވެސް އެޤަޟިއްޔާގެ ޙުކުމް
ބިނާވެގެން ދިޔަގޮތުން ރެކިދިޔެގެ ވާރިސުންގެ ޙައްޤު ގެއްލިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ސަބަބުތައް އެގޮތުގެ
މަތީން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އިއްތިފާޤް ވެވިފައިވަނީ
ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/Q8C/44 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ އެފަދަ
މައްސަލައަކާއި ގުޅިގެން ޝަރީޢަތުން ބައްލަވަންޖެހޭ ކަންތައްތައް ޝަރުޢީ މިންގަޑުތަކާއި އެއްގޮތައް ބައްލަވާ
ކުރައްވާފައިވާ ޙުކުމެއް ކަމަށް ނުވާތީ، އެޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރަންޖެހޭނެ ކަމަށެވެ.
ޙުކުމް:
ދެންފަހެ، ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/Q8C/44 ޤަޟިއްޔާ އިސްތިއުނާފު
ކުރުމުން ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް
ރިޢާޔަތްކުރާއިރު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ އެފަދަ މައްސަލައަކާއި ގުޅިގެން ޝަރީޢަތުން
ރިޢާޔަތް ކުރައްވަންޖެހޭ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތް ކުރެވިގެން ކުރައްވާފައިވާ ޙުކުމެއް
ނޫންކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވިފައިވާތީ، އެޤަޟިއްޔާގެ
ޙުކުމް ބާޠިލް ކޮށް، އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv