ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/231 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/231
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 231/HC
-
A/2012
އިސްތިއުނާފުކުރި ފަރާތް:
ނަން: ޙުސައިން ރަޝީދު
އައިޑީ ކާޑު ނަންބަރު: A058133
)
ދާއިމީ އެޑްރެސް: ގ. މަޚްމާގެ
މިހާރުގެ އެޑްރެސް:
މަޚްމާގެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ރަޝާދު
ކާޑު ނަންބަރު:A090824
ދާއިމީ އެޑްރެސް: ގ. ފެހިކޮކާ
މިހާރުގެ އެޑްރެސް: ފ. ދެރުއްފިނޮޅު
0
ހުށަހެޅުނު ތާރީޚް: 07 އޮގަސްޓް 2012
ނިމުނު ތާރީޚް: 10 ޖަނަވަރީ 2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC
/
2010
)
318
/
Cv
-
C/74)
ނިންމެވިކާޓް: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 11 ޖެނުއަރީ 2010
ނިމުނު ތާރީޚް: 17 މެއި 2012
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދު
ދިވެހިރާއްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/231
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
318
/
Cv
-
C/74) ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، ގ. މަޚްމާގެ ޙުސައިން ރަޝީދުގެ
އެޤަޟިއްޔާ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެ
މި ޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ، ފެހިކޮކާ (ވ. ދެރުއްފިނޮޅު) މުޙައްމަދު
ފަރާތުން
ޔާއެކެވެ.
55
ރަޝާދުއަށެވެ.
0
2
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
318
/
Cv
-
C/74) ޤަޟިއްޔާއަކީ،
ގ.މަޚްމާގެ ޙުސައިން ރަޝީދު ލ. ގަމު މަތިމަރަދޫ ދިރާސާ ކޮމްޕްލެކްސްގައި ވިޔަފާރި ކުރުމަށް 27
ސެޕްޓެމްބަރ 2005 ގައި ނަގާފައިވާ ނަންބަރު: 6
/
2005
/
03-0 ވިޔަފާރި ހުއްދައިގެ ދަށުން [ބާޒާރު
ފަރިވާ“ ގެ ނަމުގައި ފިހާރަ ހިންގަމުން އަންނަނިކޮށް މިފިހާރަ ހިންގުމާއި ޙަވާލުވެހުރި ގ. ފެހިކޮކާ މުޙައްމަދު
ރަޝާދު މިފިހާރައަށް ހައްދުންމަތީ ގަމު މަތިމަރަދޫ އޮފީހުން ދޫކޮށްފައިވާ އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދައަށް
2006 ޖެނުއަރީ، ފެބްރުއަރީ މިދެމަހުގެ ފީ ނުދެއްކުމުގެ ސަބަބުން 01 މާރޗް 2006 ގައި އޮފީހުން ހުއްދަ
ބާޠިލްކޮށް 06 މާރޗް 2006 ގައި މިފިހާރައިގައި ހުރި ޙުސައިން ރަޝީދުގެ މުދަލާއެކު މުޙައްމަދު ރަޝާދުގެ
ނަމަށް ހުއްދަ ބަދަލުކޮށް ފިހާރަ ހިންގަމުން ގޮސްފައިވާތީ، އެފިހާރައަށް ޙުސައިން ރަޝީދު ވައްދާފައިވާ
މުދަލުގެ އަގަށްވާ -/2,055,854 (ދެމިލިއަން ފަންސާސްފަސްހާސް އަށްސަތޭކަ ފަންސާސްހަތަރު ރުފިޔާ)
ހޯދުމަށް ވ. ފެހިކޮކާ މުޙައްމަދު ރަޝާދު (ދ.. ކާޑު ނަންބަރު: A090824) ގެ މައްޗަށް މަޚްމާގެ
ޙުސައިން ރަޝީދު (ދ.ރ. ކާޑު ނަންބަރު: A058133) ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި؟
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިޔުމާއި ދެފަރާތުން ދައްކާފައިވާ ވާހަކައާއި، ހެކީންގެ ހެކިބަހުގެ މައްޗަށާއި، މައްސަލައިގައި
ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި، ގ. ފެހިކޮކާ މުޙައްމަދު ރަޝާދު (ދ.ރ. ކާޑް: A090824) ގެ
14
z
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/231
މައްޗަށް ގ. މަޚްމާގެ ޙުސައިން ރަޝީދު (ދ.ރ. ކާޑް: A058133) ކުޅަ މިދަޢުވާއަށް ޝަރީޢަތުގެ
ހަމަތަކުގެ މަތިން ބެލިއިރު،
ޙުސައިން ރަޝީދުގެ މިދަޢުވާއަކީ ޙުސައިން ރަޝީދު ލ. ގަމު މަތިމަރަދޫ ހިރާސް ކޮމްޕްލެކްސްގައި
ވިޔަފާރިކުރުމަށް 27 ސެޕްޓެމްބަރ 2005 ގައި ނަގާފައިވާ ނަންބަރު: 6
/
2005
/
03-0 ވިޔަފާރި ހުއްދައިގެ
ދަށުން "ބާޒާރު ފަރިވާ“ ގެ ނަމުގައި ފިހާރަ ހިންގަމުން އަންނަނިކޮށް މިފިހާރަ ހިންގުމާއި ޙަވާލުވެހުރި
މުޙައްމަދު ރަޝާދު މިފިހާރައަށް ހައްދުންމަތީ ގަމު މަތިމަރަދޫ އޮފީހުން ދޫކޮށްފައިވާ އިމްޕޯޓް މުދާ ވިއްކުމުގެ
ހުއްދައަށް 2006 ޖެނުއަރީ، ފެބްރުއަރީ މިދެމަހުގެ ފީނުދެއްކުމުގެ ސަބަބުން 01 މާރޗް 2006 ގައި
އޮފީހުން ހުއްދަ ބާޠިލުކޮށް 06 މާރޗް 2006 ގައި މިފިހާރައިގައި ހުރި ޙުސައިން ރަޝީދުގެ މުދަލާއެކު
މުޙައްމަދު ރަޝާދުގެ ނަމަށް ހުއްދަ ބަދަލުކޮށް ފިހާރަ ހިންގަމުން ގޮސްފައިވާތީ، އެފިހާރައަށް ޙުސައިން
ރަޝީދު ވައްދާފައިވާ މުދަލުގެ އަގަށްވާ -/2,055,854 (ދެމިލިއަން ފަންސާސްފަސްހާސް އަށްސަތޭކަ
ފަންސާސްހަތަރު ރުފިޔާ) ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަމަށް ވީހިނދު،
ލ. ގަމު ހަރާސާ ކޮމްޕްލެކްސްގައި ހުރި ފިހާރައިގައި [ބާޒާރު ފަރިވާ“ ގެ ނަމުގައި ޙުސައިން
ރަޝީދު ވިޔަފާރިކުރިކަމާއި، އެފިހާރައިގައި ޙުސައިން ރަޝީދު ވިޔަފާރި ކުރަމުން ދަނިކޮށް އެފިހާރައިގެ ހުއްދަ
ބާޠިލުކޮށް އެފިހާރައިގައި ”ޓަރން ބެކް“ ގެ ނަމުގައި ވިޔަފާރި ކުރުމަށްޓަކައި 06 މާރޗް 2006 ގައި
މުޙައްމަދު ރަޝާދަށް ލ. ގަމު މަތިމަރަދޫ އޮފީހުން ހުއްދައެއް ދޫކުރިކަމާއި، ލ. ގަމު މަތިމަރަދޫ އޮފީހުން
މުޙައްމަދު ރަޝާދަށް ދޫކުރާ ހުއްދަ ދޫކޮށްފައިވަނީ ”ބާޒާރު ފަރިވާ“ ހިންގި ފިހާރައިގައި ހުރިނަމަ ހުރި،
ޙުސައިން ރަޝީދުގެ މުދާ އެތަނުން ހުސްކޮށްފައިވޭތޯ ބަލާ ކަށަވަރުނުކޮށް، ކަމާބެހޭ ޤަވާޢިދާ ޚިލާފަށްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 156/HC
-
A/2006 ޤަޟިއްޔާއިން ޙުކުމް ކުރައްވައި، އެގޮތުން
މުޙައްމަދު ރަޝާދަށް ދޫކުރާ ހުއްދަވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 156/HC
-
A/2006
ޤަޟިއްޔާއިން ބާޠިލުކުރައްވާފައިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 156/HC-A/2006 ޤަޟިއްޔާގެ
ޙުކުމަށް ބެލުމުން އެނގެން އޮތުމުން، މިކަންކަމަކީ އެކަމުގެ މައްޗަށް މިމަރުޙަލާގައި ސުވާލު އުފެއްދުމުގެ
ފުރުޞަތު އޮތްކަމެއް ނޫންކަމާއި،
OcOOX
24
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/231
8 0 4 6 8a
އެކަންކަން އެގޮތުގައި ހުރުމުން، މިދަޢުވާގެ މަޤްޞަދަށްޓަކައި ޝަރީޢަތުން އެކަމާމެދު ގޮތެއް
ކަނޑައަޅަންޖެހެނީ ލ. ގަމު ދިރާސާ ކޮމްޕްލެކްސްގައި ހުރި ފިހާރައިގައި ބާޒާރު ފަރިވާ“ ގެ ނަމުގައި
ޙުސައިން ރަޝީދު ވިޔަފާރި ކުރަމުން ދަނިކޮށް އެފިހާރައިގެ ހުއްދަ ބާޠިލުކޮށް އެފިހާރައިގައި ”ޓަރން ބެކް“
ގެ ނަމުގައި ވިޔަފާރި ކުރުމަށްޓަކައި 06 މާރޗް 2006 ގައި މުޙައްމަދު ރަޝާދަށް ލ.
ގަމު މަތިމަރަދޫ
އޮފީހުން ހުއްދަ ދޫކުރިއިރު، އެފިހާރައިގައި ޙުސައިން ރަޝީދުގެ މުދާ ހުރިތޯ އާއި އަދި ހުރިނަމަ، އެއީ ކިށް
މުދަލެއްތޯ ބަލައި، އެމުދަލުގެ ބަދަލު ނަގައިދިނުންކަން އެނގެން އޮތުމުން، އެކަމުގެ މައްޗަށް ޝަރީޢަތުން
ނަޒަރުކުރިއިރު،
[ބާޒާރު ފަރިވާ“ ގެ ނަމުގައި ޙުސައިން ރަޝީދު ވިޔަފާރި ކުރަމުންދަނިކޮށް އެފިހާރައިގެ ހުއްދަ
ބާޠިލުކޮށް އެފިހާރައިގައި ”ޓަރން ބެކް“ ގެ ނަމުގައި ވިޔަފާރި ކުރުމަށް ޓަކައި 06 މާރޗް 2006 ގައި
މުޙައްމަދު ރަޝާދަށް ލ. ގަމު މަތިމަރަދޫ އޮފީހުން ހުއްދަ ދޫކޮށްފައިވަނީ އެފިހާރައިގައި ޙުސައިން ރަޝީދުގެ
މުދާ ހުރިކަން ނެތްކަން ބެލުމެއް ނެތިކަން އެނގެން އޮތްހިނދު، އެގޮތުން އެފިހާރައިގައި ޙުސައިން ރަޝީދުގެ
މުދާ ހުރުމުގެ އިޙްތިލާމް (އިޙްތިމާލް) އޮތްނަމަވެސް، މައްސަލައާއި ގުޅިގެން ހުށަހެޅުނު އެއްވެސް ހެއްކެއްގެ
ހެކިބަހުން [ބާޒާރު ފަރިވާ“ ގެ ނަމުގައި ޙުސައިން ރަޝީދު ވިޔަފާރި ކުރަމުން ދަނިކޮށް އެފިހާރައިގެ ހުއްދަ
ބާޠިލުކޮށް އެފިހާރައިގައި ”ޓަރން ބެކް“ ގެ ނަމުގައި ވިޔަފާރި ކުރުމަށް ޓަކައި 06 މާރޗް 2006 ގައި
މުޙައްމަދު ރަޝާދަށް ލ. ގަމު މަތިމަރަދޫ އޮފީހުން ހުއްދަ ދޫކުރިއިރު، އެފިހާރައިގައި ޙުސައިން ރަޝީދުގެ
ކިހާ މުދަލެއް ހުރިކަމާމެދު ހެކިބަސް ލިބިފައި ނެތަތީއާއި،
މިދަޢުވާއަކީ 06 މާރޗް 2006 ގައި މުޙައްމަދު ރަޝާދަށް ލ. ގަމު މަތިމަރަދޫ އޮފީހުން ހުއްދަ
ދޫކުރިއިރު، ހުރިނަމަހުރި މުދަލެއްގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ދަޢުވާއެއްކަމުގައިވެފައި، މުދަލުގެ ބަދަލު
ބިނާވެގެންދަނީ މުދަލުގެ ނިސްބަތާއި އޭގެ އަގުގެ މައްޗަށް ކަމުގައިވުމުން، އެފިހާރައިގައި ޙުސައިން ރަޝީދުގެ
މުދާ ހުރިނަމަ، އެއީ ކިހާ މުދަލެއްކަން އެނގެން ނެތްހިނދުގައި، ބަދަލު ނަގައިދެވޭނެ އުޞޫލެއްނެތުމުން،
ދަޢުވާގައި އެދިފައިވާ ބަދަލު މުޙައްމަދު ރަޝާދުގެ ކިބައިން ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ.” މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން އެގެން އޮވެއެވެ.
COCOC
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/231
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/318
(2010/MC/74) ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ ޙުސައިން
ރަޝީދުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް 3 (ތިނެއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
ފުރަތަމަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު، ޙުސައިން ރަޝީދުގެ ދަޢުވާ
ބިނާކޮށްފައިވަނީ ޙުސައިން ރަޝީދުގެ އަތުން ބީވެގެން ދިޔަ މުދަލުގެ އަގަށްވާ -/2,055,854
(ދެމިލިއަން ފަންސާސް ފަސްހާސް އަށްސަތޭކަ ފަންސާސް ހަތަރު ރުފިޔާ) މުޙައްމަދު ރަޝާދުގެ އަތުން
ހޯދުމަށް ކަމަށްވެފައި، މިޤަޟިއްޔާ ސިވިލްކޯޓުން ނިންމަވާފައިވަނީ ދަޢުވާގެ މައުޟޫޢަށް ފަރުވާއެއް ނުދީ
ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ފިހާރައިގެ މުދަލުގެ ވެރިފަރާތް ކަމަށްވާ ޙުސައިން ރަޝީދަށް އެނގުމަކާއި ނުލައި
ފިހާރަ ހިންގުމާއި ޙަވާލުކޮށްފައިވާ މުޙައްމަދު ރަޝާދުގެ ނަމަށް މުދަލާއި ވިޔަފާރީގެ ހުއްދަ
ބަދަލުކޮށްފައިވަނީ ކަމާއިބެހޭ ޤަވާއިދާއި ޚިލާފަށްކަން މިޤަޟިއްޔާގައި ފާހަގަކޮށްފައިވާ 3.3 ނުކުތާގެ (ނ)
ގައި ފާހަގަކޮށް، މިކަމުގެ މައްޗަށް ރިޢާޔަތްކުރެއްވުމަކާއި ނުލައި މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: ޤަޟިއްޔާގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް މައްސަލަ ނިންމުމުގައި
ރިޢާޔަތްކޮށްފައި ނެތުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އ ހއ 29 އ
CC
03- ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
318
/
Cv
-
C/74) ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް
ބުނެ ޙުސައިން ރަޝީދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ
ގުޅިގެން މިމައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
އްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/231
ގ. މަޚްމާގެ
(ހ) ސިވިލް ކޯޓުގެ ނަންބަރު (2010/Cv
-
C
/
2010
(
74
/
MC/318 ޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޙުސައިން ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ، އިސްތިއުނާޕީ ނުކުތާތަކުގެ
ތެރެއިން ފުރަތަމަ ނުކުތާ ކަމުގައިވާ، ”ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު، ޙުސައިން ރަޝީދުގެ
ދަޢުވާ ބިނާކޮށްފައިވަނީ ޙުސައިން ރަޝީދުގެ އަތުން ބީވެގެން ދިޔަ މުދަލުގެ އަގަށްވާ -/2,055,854
(ދެމިލިއަން ފަންސާސްފަސްހާސް އަށްސަތޭކަ ފަންސާސްހަތަރު ރުފިޔާ) މުޙައްމަދު ރަޝާދުގެ އަތުން ހޯދުމަށް
ކަމަށްވެފައި، އެޤަޟިއްޔާ ސިވިލްކޯޓުން ނިންމަވާފައިވަނީ ދަޢުވާގެ މައުޟޫޢަށް ފަރުވާއެއްނުދީކަމަށް ބުނެ“
ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރުގެ
ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
318
/
Cv
-
C/74) ޤަޟިއްޔާއަކީ،
ޙުސައިން ރަޝީދު ލ. ގަމު މަތިމަރަދޫ ދިރާސާ ކޮމްޕްލެކްސްގައި ވިޔަފާރި ކުރުމަށް 27 ސެޕްޓެމްބަރު 2005
ގައި ނަގާފައިވާ ނަންބަރު: 6
/
2005
/
03-0 ވިޔަފާރި ހުއްދައިގެ ދަށުން [ބާޒާރު ފަރިވާ“ ގެ ނަމުގައި ފިހާރަ
ހިންގަމުން އަންނަނިކޮށް އެފިހާރަ ހިންގުމާއި ޙަވާލުވެހުރި ފެހިކޮކާ މުޙައްމަދު ރަޝާދު މިފިހާރައަށް
ހައްދުންމަތީ ގަމު މަތިމަރަދޫ އޮފީހުން ދޫކޮށްފައިވާ އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދައަށް 2006 ޖެނުއަރީ،
ފެބްރުއަރީ މިދެމަހުގެ ފީ ނުދެއްކުމުގެ ސަބަބުން 01 މާރޗް 2006 ގައި އޮފީހުން ހުއްދަ ބާޠިލްކޮށް 06
މާރޗް 2006 ގައި މިފިހާރައިގައި ހުރި ޙުސައިން ރަޝީދުގެ މުދަލާއެކު މުޙައްމަދު ރަޝާދުގެ ނަމަށް ހުއްދަ
ބަދަލުކޮށް ފިހާރަ ހިންގަމުން ގޮސްފައިވާތީ، އެފިހާރައަށް ޙުސައިން ރަޝީދު ވައްދާފައިވާ މުދަލުގެ އަގަށްވާ
-/2,055,854 (ދެމިލިއަން ފަންސާސްފަސްހާސް އަށްސަތޭކަ ފަންސާސްހަތުރު ރުފިޔާ) ހޯދުމަށް މުޙައްމަދު
ރަޝާދުގެ މައްޗަށް ޙުސައިން ރަޝީދު ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަން އެނގެންއޮންނަކަމާއިގެ
ލިބިފައިވާ ޙައްޤެއް ނުވަތަ މަޞްލަހަތެއް ޙިމާޔަތްކޮށް ނުވަތަ ރައްކާތެރި ކުރުމަށްޓަކައި، ނުވަތަ
ލިބެންޖެހޭ ނުވަތަ ގެއްލިފައިވާ ޙައްޤެއް ހޯދުމަށްޓަކައި، ނުވަތަ ދެފަރާތެއްގެ ދެމެދުގައި އުފެދިފައިވާ
ދެބަސްވުމެއް ޙައްލުކުރުމަށްޓަކައި، ޝަރުޢީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައި އެހުށަހަޅާ މައްސަލައެއް
ސާބިތުކޮށްދިނުމުގެ ޒިންމާއާއި ބުރަ އުފުލަންޖެހޭ ފަރާތަކީ، އެދަޢުވާއެއް ކޯޓަށް ހުށަހެޅި ފަރާތް ކަމަށްވީހިނދު،
ޙުސައިން ރަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި، ދަޢުވާގެ މައުޟޫޢަށް ފަރުވާއެއް ލިބުން
ބިނާވެފައިވަނީ، ޙުސައިން ރަޝީދުގެ ފަރާތުން އެދަޢުވާ ކޯޓުގައި ސާބިތުކޮށްދިނުމާއި ނުދިނުމުގެ މައްޗަށްކަމަށް
R
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/231
ވީހިނދު، ސިވިލް ކޯޓުގެ ނަންބަރު (2010/Cv
-
C
/
2010
(
74
/
MC/318 ޤަޟިއްޔާގައި، ޙުސައިން
ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގެ މައުޟޫޢަށް ފަރުވާއެއް ލިބިފައިނުވަނީ، ޙުސައިން ރަޝީދު ހުށަހެޅި
ދަޢުވާ ޙުސައިން ރަޝީދަށް ޝަރީޢަތުގައި ސާބިތުކޮށްދެވިފައި ނުވާތީކަން އެނގެންއޮވެއެވެ.
COX >
318/Cv-C/2010
(ނ) [ބާޒާރު ފަރިވާ ފިހާރައިގެ މުދަލުގެ ވެރިފަރާތް ކަމުގައިވާ ޙުސައިން ރަޝީދުއަށް އެނގުމަކާ
ނުލައި އެފިހާރަ ހިންގުމާއި ޙަވާލުކޮށްފައިވާ މުޙައްމަދު ރަޝާދު އޭނަގެ ނަމަށް މުދަލާއި ވިޔަފާރީގެ ހުއްދަ
ބަދަލުކޮށްފައިވަނީ ކަމާއިބެހޭ ޤަވާޢިދާއި ޚިލާފަށްކަން ސިވިލް ކޯޓުގެ ނަންބަރު
(2010/MC/74) ޤަޟިއްޔާގެ ފާހަގަކުރި ނުކުތާގެ 3.3 ގެ (ނ) ގައި ފާހަގަކޮށް، މިކަމުގެ މައްޗަށް
ރިއާޔަތްކުރެއްވުމަކާއި ނުލައި މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ، ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން
ނަޒަރުކުރިއިރުގެ
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C
/
2010
(
74
/
MC/318 ޤަޟިއްޔާގެ ފާހަގަކުރި ނުކުތާގެ
3.3 ގެ (ނ) ގައި ފާހަގަކޮށްފައިވަނީ، ”ލ. ގަމު ދިރާސާ ކޮމްޕްލެކްސްގައި ހުރި ފިހާރައިގައި ބާޒާރު
ފަރިވާ“ ގެ ނަމުގައި ޙުސައިން ރަޝީދު ވިޔަފާރި ކުރަމުން ދަނިކޮށް އެފިހާރައިގެ ހުއްދަ ބާޠިލްކޮށް
އެފިހާރައިގައި [ޓަރން ބެކް“ ގެ ނަމުގައި ވިޔަފާރި ކުރުމަށްޓަކައި 06 މާރޗް 2006 ގައި މުޙައްމަދު
ރަޝާދަށް ލ. ގަމު މަތިމަރަދޫ އޮފީހުން ހުއްދަ ދޫކޮށްފައިވަނީ ”ބާޒާރު ފަރިވާ“ ހިންގި ފިހާރައިގައި
ހުރިނަމަހުރި ޙުސައިން ރަޝީދު މުދާ އެތަނުން ހުސްކޮށްފައިވޭތޯ ބަލާ ކަށަވަރުނުކޮށް، ކަމާބެހޭ ޤަވާއިދާ
ޚިލާފަށް ކަމާއި، އެގޮތުން މުޙައްމަދު ރަޝާދަށް ދޫކުރާ ހުއްދަވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:
156/HC-A/2006 ޤަޟިއްޔާއިން ބާޠިލްކުރައްވާފައިކަމާއި، މިކަންކަމަށް އިތުރަށް ސުވާލު އުފެއްދޭނެ
ޖާގައެއް ނެތްކަމާއި، އެކަންކަން އެވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 156/HC
-
A/2006
ޤަޟިއްޔާއިން ކަނޑައަޅުއްވައި ނިންމަވާފައިކަމެވެ.“ މިފަދައިންކަން އެނގެން އޮންނަކަމާއިގެ
އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު (2010/Cv
-
C
/
2010
(
74
/
MC/318
ޤަޟިއްޔާގެ ފާހަގަކުރި ނުކުތާގެ 3.3 ގެ (ނ) ގައި ފާހަގަކޮށްފައިވާ މުޅި ޕެރެގްރާފަށް ޖުމްލަކޮށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 156/HC
-
A/2006 ޤަޟިއްޔާއަކީ؟
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/231
.
ޕީ.
8
ލ. ގަމު ހަރާސާ ކޮމްޕްލެކްސްގައި ވިޔަފާރިކުރުމަށް 27 ސެޕްޓެމްބަރ 2005 ގައި ދީފައިވާ
ނަންބަރު 6
/
2005
/
03-0 ގެ ވިޔަފާރި ހުއްދައިގެ ދަށުން ”ބާޒާރުފަރިވާ، ނަމަކަށްކިޔާ ފިހާރަ ހިނގަމުން
އަންނަނިކޮށް އެފިހާރަ ހިންގުމާއި ޙަވާލުވެހުރިކަމަށް ބުނާ ގ. ފެހިކޮކާ މުޙައްމަދު ރަޝާދު (ކަނޑޫދޫ ރަޝާދު)
މިފިހާރައިގެ ކުލި ނުދައްކައި އެކުލި ދައްކަން މަޚްމާގެ ޙުސައިން ރަޝީދު ލ. ގަމު މަތިމަރަދޫ އޮފީހަށް
ކުލި ފޮނުވުމުން ކުދި ބަލައިނުގެން، ޙުސައިން ރަޝީދަށް ދީފައިވާ ވިޔަފާރީގެ ހުއްދަ ބާޠިލްކޮށް، އެފިހާރައިގައި
ހުރި ޙުސައިން ރަޝީދުގެ މުދާނެރެ އެތަން ހުސްނުކުރަނީސް އެތަނުގައި ވިޔަފާރިކުރުމުގެ އައު ހުއްދައެއް
އެހެން ފަރާތަކަށް ހައްދުންމަތީ ގަމު މަތިމަރަދޫ އޮފީހުން ޤަވާއިދާއި ޚިލާފަށް ދެއްވާފައިވާކަމަށްބުނެ، މިއަދު
ހުއްދަ ގަމު މަތިމަރަދޫ އޮފީހުން މުޙައްމަދު ރަޝާދަށް ހަދައިދިނުމުން އެފިހާރައިގައި ހުރިކަމަށް ބުނާ ޙުސައިން
ރަޝީދުގެ މުދަލަކީ މުޙައްމަދު ރަޝާދުގެ މުދާކަމަށްހަދައި، އެމުދާ މުޙައްމަދު ރަޝާދަށް
މިލްކުވެގެންގޮސްފައިވާތީ، މިމައްސަލަ ބަލައިދިނުމަށާއި، ލ. ގަމު މަތިމަރަދޫ ޙިރާސާ ކޮމްޕްލެކްސްގައި
ހިންގަމުންދިޔަ ޙުސައިން ރަޝީދުގެ ވިޔަފާރި މުދަލުގެ އަގުކަމުގައި މިންވަރުކުރެވޭ -/
2,055,854.00ރ.
(ދެމިލިއަން ފަންސާސް ފަސްހާސް އަށްސަތޭކަ ފަންސާސް ހަތަރުރުފިޔާ) ގެ ޒިންމާ ހައްދުއްމަތީ ގަމު
މަތިމަރަދޫ އޮފީހުން އުފުލަންޖެހޭކަމަށް ކަނޑައެޅު އެތަނުގައި ވިޔަފާރިކުރުމަށް މިހާރު ދޫކޮށްފައިވާ
އާހުއްދަ ކޯޓުން ވަގުތުން ބާޠިލްކޮށް ފިހާރަ ވަގުތުން ބަންދުކޮށް ކޯޓުގެ ބާރުގެ ދަށަށް ފިހާރަގެނެސް އެތަން
ހިސާބުކުރުމަށްފަހު އިންވެންޓްރީން މަދުވާ މުދަލުގެ ޒިންމާ ހައްދުންމަތީ ގަމު މަތިމަރަދޫ އޮފީސް
އުފުލަންޖެހޭކަމަށް ކަނޑައަޅައި ދިނުމަށްއެދި ލ. ގަމު މަތިމަރަދޫ އޮފީހުގެ މައްޗަށް ޙުސައިން ރަޝީދު ކުޅަ
ދަޢުވާގައި، އެކޯޓުން ”ގދ. ތިނަދޫ ހިރިހަމައިދި ޢަބްދުއްސައްތާރުގެ ޢިމާރާތެއްކަމުގައިވާ ލ. ގަމު ޙިރާސާ
ކޮމްޕްލެސްގައި ވިޔަފާރިކުރުމަށް 27 ސެޕްޓެމްބަރު 2005 ގައި، ގ. މަޚްމާގެ ޙުސައިން ރަޝީދަށް ދީފައިވާ
ނަންބަރު 6
/
2005
/
03-0 ވިޔަފާރި ހުއްދައިގެ ދަށުން ހިންގަމުންދިޔަ [ބާޒާރުފަރިވާ“ ގެ ވިޔަފާރި ހުއްދަ
ލ.ގަމު މަތިމަރަދޫ އޮފީހުން ބާޠިލުކޮށް، މިބުނެވުނު ޢިމާރާތުގައި ފެހިކޮކާ މުޙައްމަދު ރަޝާދަށް
ވިޔަފާރިކުރުމުގެ ހުއްދައެއް ލ. ގަމު މަތިމަރަދޫ އޮފީހުން ހަދައިދީފައިވަނީ ޤަވާއިދާއި ޚިލާފަށްކަން ޝަރީޢަތަށް
ސާބިތުނުވާތީ އެއިމާރާތުގައި މުޙައްމަދު ރަޝާދުގެ ނަމުގައި ހެދިފައިވާ ވިޔަފާރިހުއްދަ ޝަރީޢަތުގެ ފަރާތުން
ބާޠިލްކުރާނެ
ކުރާނެތަނެއް ނެތްކަމަށް ކަނޑައަޅުއްވައި، މަދަނީ ކޯޓުގެ ނަންބަރު 2006/MC/622 ޤަޟިއްޔާގައި
742ހ4
CO
4
z
، ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
ކުރެއްވުން
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/231
ޙުކުމް
އެނިންމުމާމެދު ހިތްހަމަނުޖެހޭކަމަށްބުނެ މަޚްމާގެ/މާލެ ޙުސައިން ރަޝީދު
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނަކަމާއިގެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 156/HC
-
A/2006 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، މަދަނީ ކޯޓުގެ ނަންބަރު 2006/MC/622 ޤަޟިއްޔާގައި
ގ.މަޚްމާގެ ޙުސައިން ރަޝީދު ކޮށްފައިވާ ދަޢުވާގައި ބުނާ ލ. ގަމު ޙިރާސާ ކޮމްޕްލެކްސްގައި ހުރި [ބާޒާރު
ފަރިވާ، ނަމަކަށްކިޔާ ފިހާރައިގައި ވިޔަފާރިކުރުމަށް ލ. ގަމު މަތިމަރަދޫ އޮފީހުން ޙުސައިން ރަޝީދަށް 27
ސެޕްޓެމްބަރު 2005 ގައި ދޫކޮށްފައިވާ ނަންބަރު 6
/
2005
/
03-0 ގެ ”އިމްޕޯޓްމުދާ ވިއްކުމުގެ ހުއްދަ“
2006 ގެ ޖެނުއަރީ، ފެބްރުއަރީ މިދެމަހަށް ދައްކަންޖެހޭ ވިޔަފާރި ކުލި ޙުސައިން ރަޝީދުގެ ފަރާތުން
އެއޮފީހަށް ނުދައްކާ އޮތުމުގެ ސަބަބުން 1 މާރޗް 2006 ގައި އެއޮފީހުން އެހުއްދަ ބާޠިލުކޮށް އެފިހާރައިގައި
”ޓާރން ބެކް“ ގެ ނަމުގައި ވިޔަފާރި ކުރުމަށްޓަކައި 06 މާރޗް 2006 ގައި ފެހިކޮކާ މުޙައްމަދު
ރަޝާދަށް އެއޮފީހުގެ ފަރާތުން ދޫކުރި ނަންބަރު 6
/
2006
/
01-0 ގެ ”އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ“
އެއޮފީހުގެ ފަރާތުން ދޫކޮށްފައިވަނީ އެފިހާރައިގައި ހުރިނަމަ ހުރި ޙުސައިން ރަޝީދުގެ މުދަލެއް
ހުސްކޮށްފައިވޭތޯ އެއޮފީހުން ޗެކް ކުރުމަކާއި ނުލައިކަން ލ. ގަމު މަތިމަރަދޫ އޮފީހުގެ ނަންބަރު
6
/
2006
/
55-O (2006/414) ގެ މެސެޖުގައި އެއޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ޘާބިތުވާއިރު،
01 ޖެނުއަރީ 2005 ގައި އޭރުގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ހައްދަވާފައިވާ
”ވިޔަފާރި ހުއްދަ ރަށުއޮފީހުން ދޫކުރުމުގެ ޤަވާޢިދު" ގެ 5.02 ގެ ފަހު ދެ ޖުމްލައިން ކުރިން ވިޔަފާރި
ހުއްދައެއް ދޫކޮށްފައިވާ ޢިމާރާތަކަށް އެހުއްދަ ބާޠިލުކޮށް އެހެން ފަރާތަކަށް އެޢިމާރާތުގައި ވިޔަފާރި ކުރުމުގެ
ހުއްދަ އަލުން ދޫކުރަންވާނީ އެޢިމާރާތުގައި ކުރިން ވިޔަފާރި ކުރި ފަރާތުގެ މުދާ ހުސްކޮށްފައިވޭތޯ ރަށުއޮފީހުން
ޗެކްކޮށް ބެލުމަށްފަހު އެ ޢިމާރާތުގައި ވިޔަފާރިކުރި ފަރާތުގެ މުދާ ނެތްކަން ކަށަވަރު ކުރުމަށްފަހުގައިކަން
ސާފުކޮށް ދޭހަވެ އެނގެން އޮންނާތީ، ފެހިކޮކާ މުޙައްމަދު ރަޝާދަށް ހައްދުއްމަތީ ގަމު މަތިމަރަދޫ އޮފީހުން
ދޫކުރި އިސްވެ އިޝާރާތްކުރެވުނު ހުއްދަ ދޫކޮށްފައިވަނީ އިސްވެ އިޝާރާތްކުރެވުނު ފިހާރައިގައި ހުރިނަމަ ހުރި
ޙުސައިން ރަޝީދުގެ މުދަލެއް އެފިހާރައިން ހުސްކޮށްފައިވޭތޯ ލ. ގަމު މަތިމަރަދޫ އޮފީހުން ބަލައި ޗެކްކުރުމަކާ
ނުލައިކަން އެއޮފީހުގެ އިޢުތިރާފުން ޘާބިތުވެފައިވުމުން، ބުނެވުނު ފިހާރައިގައި ވިޔަފާރިކުރުމުގެ ހުއްދަ ލ. ގަމު
24
ދިވެހިރާއްޖެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/231
އޭނަގެ
މަތިމަރަދޫ އޮފީހުން 06 މާރޗް 2006 ގައި ގ.ފެހިކޮކާ މުޙައްމަދު ރަޝާދަށް ދޫކޮށްފައިވަނީ ބުނެވުނު
ޤަވާއިދުގެ 5.02 ގައި ބަޔާންކުރެވިފައިވާ ގޮތާ ޚިލާފަށްކަން ޝަރީޢަތަށް ޘާބިތުވާތީ، 06 މާރޗް 2006 ގައި
ލ. ގަމު މަތިމަރަދޫ އޮފީހުން ފެހިކޮކާ މުޙައްމަދު ރަޝާދުގެ ނަމުގައި ދޫކޮށްފައިވާ ނަންބަރު
0-6
/
2006
/
01 ގެ ”އިންޕޯޓް މުދާ ވިއްކުމުގެ ހުއްދަ“ ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް ޙުކުމްކޮށްފައިވާކަން، އެޤަޟިއްޔާގެ ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓުން
އެނގެން އޮންނަކަމާއިގެ
އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 2006/MC/622 ޤަޟިއްޔާއާއި އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 156/HC-A/2006 ޤަޟިއްޔާގައިވެސް، ޙުސައިން ރަޝީދުގެ ފަރާތުން
ވިޔަފާރި މުދަލުގެ އަގުކަމުގައި މިންވަރުކުރެވޭ
ކަމަށް ބަޔާންކޮށްފައިވާ
-/2,055,854.00ރ. (ދެމިލިއަން ފަންސާސް ފަސްހާސް އަށްސަތޭކަ ފަންސާސް ހަތަރުރުފިޔާ) އާއި މެދު
ވަކިގޮތެއް ކަނޑައަޅައި ބަޔާންކޮށްފައިނުވާކަމާއި،
ހައިކޯޓުގެ ނަންބަރު 156/HC-A/2006 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ، ލ. ގަމު ޙިރާސާ
ކޮމްޕްލެކްސްގައި ހުރި "ބާޒާރު ފަރިވާ، ނަމަކަށްކިޔާ ފިހާރަ ހިންގި ޢިމާރާތުގައި، ވިޔަފާރިކުރުމަށް 16 މާރޗް
ފެހިކޮކާ މުޙައްމަދު ރަޝާދަށް ލ. ގަމު މަތިމަރަދޫ އޮފީހުން ދޫކުރި ނަންބަރު
0-6
/
2006
/
01 ”އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ، އެއޮފީހުގެ ފަރާތުން ދޫކޮށްފައިވަނި، 01 ޖެނުއަރީ
2005 ގައި އޭރުގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ހަދާފައިވާ [ވިޔަފާރި ހުއްދަ
ރަށުއޮފީހުން ދޫކުރުމުގެ ޤަވާޢިދު" ގެ 5.02 އާއި ޚިލާފަށްކަމަށް ޝަރީޢަތަށް ޘާބިތުވާތީ، ފެހިކޮކާ
މުޙައްމަދު ރަޝާދުގެ ނަމުގައި ދޫކޮށްފައިވާ ނަންބަރު 6
/
2006
/
01-0 ގެ ”އިންޕޯޓް މުދާ ވިއްކުމުގެ ހުއްދަ“
އަކީ، ބާޠިލު ހުއްދައެއްކަމުގައި ކަމާއި، ޙުސައިން ރަޝީދު އެދިފައިވާ -/
2,055,854.00ރ. (ދެމިލިއަން
ފަންސާސް ފަސްހާސް އަށްސަތޭކަ ފަންސާސް ހަތަރުރުފިޔާ) ގެ ގެއްލުމުގެ ބަދަލާމެދު ވަކިގޮތެއް
ކަނޑައަޅުއްވާފައިނުވާކަމާއިގެ
އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 156/HC
-
A/2006 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް ދެމިއޮތުމުން، އިސްތިޢުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު
2006 ގައި
443
318/Cv-C/2010
R
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/231
ކުeއށް
(2010/MC/74) ޤަޟިއްޔާގައި ބަލައި ގޮތެއް ކަނޑަ އަޅަންޖެހޭނީ، ލ. ގަމު ދިރާސާ ކޮމްޕްލެކްސްގައިހުރި
ފިހާރައިގައި [ބާޒާރުފަރިވާ“ ގެ ނަމުގައި ޙުސައިން ރަޝީދު ވިޔަފާރި ކުރަމުން ދަނިކޮށް އެފިހާރައިގެ ހުއްދަ
ބާޠިލުކުރުމުން، ”ޓަރން ބެކް“ ގެ ނަމުގައި ވިޔަފާރި ކުރުމަށް ގ.ފެހިކޮކާ މުޙައްމަދު ރަޝާދަށް ލ.ގަމު
މަތިމަރަދޫ އޮފީހުން ދޫކުރި ނަންބަރު 6
/
2006
/
01-0 ”އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ“ އެއޮފީހުގެ ފަރާތުން
ދޫކުރިއިރު، އެފިހާރައިގައި ޙުސައިން ރަޝީދުގެ މުދާ ހުރިތޯއާއި އަދި ހުރިނަމަ ހުރީ ކިހާ އަދަދެއްގެ ފައިސާގެ
މުދަލެއްތޯ ބަލައި، އެމުދަލުގެ ބަދަލު ނަގައި ދިނުންކަން އެނގެއެވެ.
(ނ) ”ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
318
/
Cv
-
C/74) ޤަޟިއްޔާގައި
ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައި ނުވާ ކަމަށްބުނެ“ ފާހަގަކުރި
ޝަރީޢަތުން ނަޒަރުކުރިއިރު؛
ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
318
/
Cv
-
C/74) ޤަޟިއްޔާގައި، ޙުސައިން
ރަޝީދުގެ ފަރާތުން ކޮށްފައިވާ ދަޢުވާ ޘާބިތުކުރުމަށް ހެކިންގެ ގޮތުގައި ޖުމްލަ 03 (ތިނެއް) ފަރާތެއް
ޝަރީޢަތަށް ހުށަހަޅާފައިވާކަމާއި، އެއީ، ނައިފަރު މާބުލް ޙުސެއިން މުޙައްމަދުއާއި، ދަފްތަރު ނަންބަރު
1397 ޢަބްދުއްރަޝީދު ޢަބްދުﷲ އާއި، ލ. މަހިނޫރު ޢަބްދުލްޙަކީމް މުޙައްމަދުކަން އެނގެން އޮންނަކަމާއިގެ
އިޝާރާތްކުރެވުނު ހެކިންގެ ތެރެއިން ޅ. ނައިފަރު މާބުލް ޙުސެން މުޙައްމަދުގެ ހެކިބަހަށް ބަލާއިރު،
ޙުސައިން މުޙައްމަދަކީ 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ޙުސައިން ރަޝީދުގެ
ބޯޓެއްކަމުގައިވާ ”އައިސަމް، ބޯޓުގެ ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކުރި މީހެއްކަމާއި، ލ. އަތޮޅުގެ ސިނާޢީ
ސަރަޙައްދުގައި ހިންގި ބާޒާރުފަރިވާއަށް އެބޯޓުން މުދާ ގެންދާކަމާއި، ބޯޓުން ގެންދާ މުދާ ލ. އަތޮޅުން
ޙަވާލުވަނީ މުޙައްމަދު ރަޝާދުއާއި މުޙައްމަދު މުބާރިކްކަމާއި، ލ. އަތޮޅުން ޙަވާލުވާ މުދާ އެއީ، ކަނޑައެޅިގެން
ފިހާރައަށް ގެނައި މުދާކަމެއް ނުވަތަ ކޭޓަރިންގެ ވިޔަފާރީގެ ބޭނުމަށް ގެނައި މުދާކަމެއް ޙުސައިން މުޙައްމަދުއަށް
ނޭނގޭކަމާއި، ފިހާރައިގެ އިތުރުން ކޭޓަރިންގެ މަސައްކަތާއި އަދި އިތުރު ޕްރޮޖެކްޓްތައްވެސް ޙުސައިން ރަޝީދު
ހިންގާކަމާއި، މިހުރިހާ ކަމަކަށްވެސް މުދާ ގެންދާކަމާއި، އެހުރިހާ މުދަލަކާވެސް ޙަވާލުވަނީ މުޙައްމަދު
ރަޝާދުއާއި މުޙައްމަދު މުބާރިކްއާ ދެމީހުންކަމާއި، "އައިސަމް، ބޯޓުގައި ޙުސައިން މުޙައްމަދު އުޅުނުއިރު
ގެންދެވިފައި ހުންނާނީ ކަނޑައެޅިގެން ކިހާ އަދަދެއްގެ މުދާކަމެއް ދަންނަވާކަށް ނޭނގޭކަމަށް، 2011 އޭޕްރީލް
R
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/231
24 ވަނަ ދުވަހު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙުސައިން މުޙައްމަދު ދީފައިވާ ބަޔާނުން އެނގެން
އޮންނަކަމާއި؛
ދަފްތަރު ނަންބަރު 1397 ޢަބްދުއްރަޝީދު ޢަބްދުﷲގެ ހެކިބަހަށް ބަލާއިރު، ޙުސައިން ރަޝީދު ވަރަށް
ކުރިންސުރެ ދަންނަކަމާއި، ލ. ގަމުގައި ޙުސައިން ރަޝީދާއި މުޙައްމަދު ރަޝާދާއި ގުޅިގެން ކުރެވުނު
ވިޔަފާރީގައި [ބާޒާރު ފަރިވާ، ފިހާރައަށް، ރާއްޖެއާއި ރާއްޖޭން ބޭރުން މުދާގެނަސް ފޮނުވުމުގައި ޢަބްދުރަޝީދު
ޢަބްދުﷲ އުޅުނުކަމާއި، އެގޮތުން އެމަސައްކަތް ދެތިން އަހަރެއް ވަންދެން ޢަބްދުއްރަޝީދު ޢަބްދުﷲ ކުރިކަމާއި،
އެގޮތުން ފޮނުވުނު މުދަލުގެ އަގު ކަނޑައެޅިގެން ދަންނަވަން ނޭނގުނު ނަމަވެސް، ހަމަޔަޤީނުންވެސް
ދެމިލިއަން ރުފިޔާއަށްވުރެ މަދުނުވާނެކަމާއި، ލ. ގަމުގައި ހުރި [ބާޒާރު ފަރިވާ“ ފިހާރައިގައި ހުރީ ޙުސައިން
ރަޝީދުގެ މުދާކަމާއި، ފިހާރައަށް މުދާ ފޮނުވުމުގައި ބޯޓަށް މުދާ ބަރުކުރުމަށްފަހު މުދަލާއެކު ބޯޓުގައި
ޢަބްދުއްރަޝީދު ޢަބްދުﷲ ނުދާކަމާއި، ޢަބްދުއްރަޝީދު ޢަބްދުﷲ ބޯޓުގައި ނުދިޔަނަމަވެސް މުދާ ފޮނުވުމަށްފަހު،
މުދާ ލިބިއްޖެކަމަށް އަދި ބައެއްފަހަރު ފޮނުވަންޖެހޭ ތަކެތިން އެއްބައި މަދުކަމަށް މުޙައްމަދު ރަޝާދު އަންގާތީ،
ޢަބްދުއްރަޝީދު ޢަބްދުﷲ ފޮނުވާ މުދާ މުޙައްމަދު ރަޝާދަށް ލިބޭކަން ޢަބްދުއްރަޝީދު ޢަބްދުﷲ އަށް
އެނގޭކަމަށް، 06 އެޕްރީލް 2011 ވަނަ ދުވަހު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޢަބްދުއްރަޝީދު
ޢަބްދުﷲ ދީފައިވާ ބަޔާނުން އެނގެން އޮންކަމާއިގެ
، މަހިނޫރު ޢަބްދުލްޙަކީމް މުޙައްމަދުގެ ހެކިބަހަށް ބަލާއިރު، ޢަބްދުލްޙަކީމް މުޙައްމަދަކީ ޙުސައިން
ރަޝީދުގެ މުވައްޒަފެއްކަމާއި، ޢަބްދުލްޙަކީމް މުޙައްމަދު މަސައްކަތްކުރަނީ މުދާ ގުދަނުގައިކަމާއި، ލ. ގަމުގައި
ޙުސައިން ރަޝީދު ހުޅުވި [ބާޒާރު ފަރިވާ، ފިހާރައަށް މުދާ ލިސްޓްކޮށް ފޮނުވަނީ ޢަބްދުލްޙަކީމް
މުޙައްމަދުކަމާއި، ޢަބްދުލްޙަކީމް މުޙައްމަދުގެ މަސައްކަތް ނިމޭ ހިސާބަކީ މުދާ ބޯޓަށް ބަރުކުރާ ހިސާބުކަމާއި،
އެމުދާ ލ. ގަމަށް ގެންގޮސް މުޙައްމަދު ރަޝާދުއާއި ޙަވާލުކުރާ ތަނެއް ޢަބްދުލްޙަކީމް މުޙައްމަދަކަށް
ނުފެންނަކަމާއި، މުދާ ފޮނުވާއިރު ފޮނުވަނީ ކިހާ ޢަދަދެއްގެ މުދާކަމެއް ދަންނަވާކަށް ނޭނގޭކަމާއި، ނަމަވެސް
ގިނަ ޢަދަދަކަށް މުދާ ފޮނުވިކަމަށް، 14 މާރޗް 2011 ވަނަ ދުވަހު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ޢަބްދުލްޙަކީމް މުޙައްމަދު ދީފައިވާ ބަޔާނުން އެނގެން އޮވެއެވެ.
CCCX
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/231
(ށ) އިސްވެ ފާހަގަ ކުރެވުނު 3 (ތިނެއް) ހެކިވެރިން ކަމުގައިވާ، ޅ. ނައިފަރު | މާބުލް ޙުސެއިން
މުޙައްމަދުއާއި، ދަފްތަރު ނަންބަރު 1397 ޢަބްދުއްރަޝީދު ޢަބްދުﷲ އާއި އަދި ށ. މަހިނޫރު ޢަބްދުލްޙަކީމް
މުޙައްމަދު، ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހުން، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/318
(2010/MC/74) ޤަޟިއްޔާގައި، ލ. ގަމު މަތިމަރަދޫ ދިރާސާ ކޮމްޕްލެކްސްގައި ވިޔަފާރި ކުރުމަށް 27
ސެޕްޓެމްބަރ 2005 ގައި ނަގާފައިވާ ނަންބަރު: 6
/
2005
/
03-0 ވިޔަފާރި ހުއްދައިގެ ދަށުން ”ބާޒާރު
ފަރިވާ“ ގެ ނަމުގައި ފިހާރަ ހިންގަމުން އަންނަނިކޮށް އެފިހާރަ ހިންގުމާއި ޙަވާލުވެހުރި ގ. ފެހިކޮކާ މުޙައްމަދު
ރަޝާދު އެފިހާރައަށް ހައްދުންމަތީ ގަމު މަތިމަރަދޫ އޮފީހުން ދޫކޮށްފައިވާ އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދައަށް
2006 ޖެނުއަރީ، ފެބްރުއަރީ މިދެމަހުގެ ފީ ނުދެއްކުމުގެ ސަބަބުން 01 މާރޗް 2006 ގައި އޮފީހުން ހުއްދަ
ބާޠިލްކޮށް 06 މާރޗް 2006 ގައި އެފިހާރައިގައި ހުރި ޙުސައިން ރަޝީދުގެ މުދަލާއެކު މުޙައްމަދު ރަޝާދުގެ
ނަމަށް ހުއްދަ ބަދަލުކޮށް ފިހާރަ ހިންގަމުން ގޮސްފައިވާތީ، އެފިހާރައަށް ޙުސައިން ރަޝީދު ވައްދާފައިވާ
މުދަލުގެ އަގަށްވާ -/2,055,854 (ދެމިލިއަން ފަންސާސްފަސްހާސް އަށްސަތޭކަ ފަންސާސްހަތުރު ރުފިޔާ)
ހޯދުމަށް ފެހިކޮކާ މުޙައްމަދު ރަޝާދުގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި، އިޝާރާތްކުރެވުނު ފިހާރައިގައި
-/2,055,854 (ދެމިލިއަން ފަންސާސްފަސްހާސް އަށްސަތޭކަ ފަންސާސްހަތުރު ރުފިޔާ) ގެ މުދާ ހުރިކަން
ސާބިތުވާން ނެތްކަމާއި؟
ބަލާއިރު، ޅ. ނައިފަރު މާބުލް ޙުސެއިން މުޙައްމަދު ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި،
ޙުސައިން މުޙައްމަދަކީ 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ޙުސައިން ރަޝީދުގެ
ބޯޓެއްކަމުގައިވާ ”އައިސަމް، ބޯޓުގެ ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކުރި މީހެއްކަމާއި، ލ. އަތޮޅުގެ ސިނާޢީ
ސަރަޙައްދުގައި ހިންގި ބާޒާރުފަރިވާއަށް އެބޯޓުން މުދާ ގެންދާކަމާއި، ބޯޓުން ގެންދާ މުދާ ލ. އަތޮޅުން
ޙަވާލުވަނީ މުޙައްމަދު ރަޝާދުއާއި މުޙައްމަދު މުބާރިކްކަމާއި، ލ. އަތޮޅުން ޙަވާލުވާ މުދާއެއީ، ކަނޑައެޅިގެން
ފިހާރައަށް ގެނައި މުދާކަމެއް ނުވަތަ ކޭޓަރިންގެ ވިޔަފާރީގެ ބޭނުމަށް ގެނައި މުދާކަމެއް ޙުސައިން މުޙައްމަދުއަށް
ނޭނގޭކަމާއި، ފިހާރައިގެ އިތުރުން ކޭޓަރިންގެ މަސައްކަތާއި އަދި އިތުރު ޕްރޮޖެކްޓްތައްވެސް ޙުސައިން ރަޝީދު
ހިންގާކަމާއި، މިހުރިހާ ކަމަކަށްވެސް މުދާ ގެންދާކަމާއި، އެހުރިހާ މުދަލަކާވެސް ޙަވާލުވަނީ މުޙައްމަދު
ރަޝާދުއާއި މުޙައްމަދު މުބާރިކްއާ ދެމީހުންކަމާއި، "އައިސަމް“ ބޯޓުގައި ޙުސައިން މުޙައްމަދު އުޅުނުއިރު
އޤީ4ން
RE
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/231
ގެންދެވިފައި ހުންނާނީ ކަނޑައެޅިގެން ކިހާ އަދަދެއްގެ މުދާކަމެއް ދަންނަވާކަށް ނޭނގޭކަމަށް ބުނެފައިވާކަން
ފާހަގަކުރެވޭކަމާއި؛
ދަފްތަރު ނަންބަރު 1397 ޢަބްދުއްރަޝީދު ޢަބްދުﷲ ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި،
ލ. ގަމުގައި
ޙުސައިން ރަޝީދާއި މުޙައްމަދު ރަޝާދާއި ގުޅިގެން ކުރެވުނު ވިޔަފާރީގައި [ބާޒާރު ފަރިވާ، ފިހާރައަށް،
ރާއްޖެއާއި ރާއްޖޭން ބޭރުން މުދާގެނަސް ފޮނުވުމުގައި ޢަބްދުރަޝީދު ޢަބްދުﷲ އުޅުނުކަމާއި، އެގޮތުން
އެމަސައްކަތް ދެތިން އަހަރެއް ވަންދެން ޢަބްދުއްރަޝީދު ޢަބްދުﷲ ކުރިކަމާއި، އެގޮތުން ފޮނުވުނު މުދަލުގެ އަގު
ކަނޑައެޅިގެން ދަންނަވަން ނޭނގުނު ނަމަވެސް، ހަމަޔަޤީނުންވެސް ދެމިލިއަން ރުފިޔާއަށްވުރެ މަދުނުވާނެކަމަށް
ބުނެފައިވާއިރު، ލ. ގަމު ދިރާސާ ކޮމްޕްލެކްސްގައި [ބާޒާރު ފަރިވާ، ފިހާރަ ހިންގާފައިވަނީ 27 ސެޕްޓެމްބަރ
2005 އިން ފެށިގެން އެފިހާރައިގެ ހުއްދަ ބާޠިލުކުރުމާ ހަމައަށް 2006 މާރޗް 01 ގެ ނިޔަލަށް ޖުމްލަ
ހަމަހާއި ހަތަރު ދުވަހަށްކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތްހިނދު، ޢަބްދުއްރަޝީދު ޢަބްދު
ޝަރީޢަތުގައި ބުނެފައިވަނީ، މުދާ ފޮނުވުމުގެ މަސައްކަތް ދެތިން އަހަރު ވަންދެން ކުރިކަމާއި، އެގޮތުން
ފޮނުވުނު މުދަލުގެ އަގު ކަނޑައެޅިގެން ދަންނަވަން ނޭނގުނު ނަމަވެސް، ހަމަޔަޤީނުންވެސް ދެމިލިއަން
ރުފިޔާއަށްވުރެ މަދުނުވާނެކަމާއި، ކުރިން އިޝާރާތްކުރެވުނު ޙުސައިން މުޙައްމަދުގެ ހެކިބަހުގައި، ފިހާރައިގެ
އިތުރުން ކޭޓަރިންގެ މަސައްކަތާއި އަދި އިތުރު ޕްރޮޖެކްޓްތައްވެސް ޙުސައިން ރަޝީދު ލ. ގުޅުގައި
ބުނެފައިވުމުން، ޢަބްދުއްރަޝީދު ޢަބްދުﷲ ފޮނުވިކަމަށްބުނާ ދެމިލިއަނަށްވުރެ ގިނަ ރުފިޔާގެ މުދާ
ފޮނުވާފައިވަނީ، ހަމައެކަނި ޙުސައިން ރަޝީދުގެ ބާޒާރު ފަރިވާ، ފިހާރައަށް ކަމާމެދު ސުވާލު އުފެދުމުގެ
ޖާގައޮތްކަމާއިގެ
މ. މަހިނޫރު ޢަބްދުލްޙަކީމް މުޙައްމަދު ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި، ލ. ގަމުގައި ޙުސައިން
ރަޝީދު ހުޅުވި [ބާޒާރު ފަރިވާ، ފިހާރައަށް މުދާ ލިސްޓްކޮށް ފޮނުވަނީ ޢަބްދުލްޙަކީމް މުޙައްމަދުކަމާއި،
ޢަބްދުލްޙަކީމް މުޙައްމަދުގެ މަސައްކަތް ނިމޭ ހިސާބަކީ މުދާ ބޯޓަށް ބަރުކުރާ ހިސާބުކަމާއި، އެމުދާ ލ.ގަމަށް
ގެންގޮސް މުޙައްމަދު ރަޝާދުއާއި ޙަވާލުކުރާ ތަނެއް ޢަބްދުލްޙަކީމް މުޙައްމަދަކަށް ނުފެންނަކަމާއި، މުދާ
ފޮނުވާއިރު ފޮނުވަނީ ކިހާ ޢަދަދެއްގެ މުދާކަމެއް ދަންނަވާކަށް ނޭނގޭކަމަށް ބުނެފައިވާކަން އެނގެން އޮތުމުން،
އިސްވެ އިޝާރާތްކުރެވުނު ހެކިންގެ ހެކިބަހުން، ޙުސައިން ރަޝީދު ލ. ގަމު ހަރާސާ ކޮމްޕްލެކްސްގައި ހިންގި
ހންގޭކަމަށް
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/231
[ބާޒާރު ފަރިވާ“ ފިހާރައިގައި، ޙުސައިން ރަޝީދުގެ ދަޢުވާގައި ބަޔާން ކޮށްފައިވާ -2,055,8541 (ދެމިލިއަން
ފަންސާސްފަސްހާސް އަށްސަތޭކަ ފަންސާސްހަތުރު ރުފިޔާ) ގެ މުދާ ހުރިކަން ޝަރީޢަތަށް ސާބިތުވާކަމަށް
ބެލެވެން ނެތްކަން އެނގެވެއެވެ.
ވީމާ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
318
/
Cv
-
C/74) ޤަޟިއްޔާގައި،
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
0
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކުގައި ބަޔާންކުރެވިފައިވާ ކަންކަން އެގޮތުގެ މަތީން
ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
318
/
Cv
-
C/74) ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއްނެތްކަމަށް، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
*
ދިވެ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ