ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-I-SH/06 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު "
2014/HC-I-SH/06
کی مکی
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ﷲ
ރާއްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 06/HC
-
I
-
SH/2014
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅިފަރާތް:
ނަން: ޢައްބާސް މުޙައްމަދު
އައިޑީ ކާޑު ނަންބަރު: A027390
ދާއިމީ އެޑްރެސް: މ.އަލިމަސް
ބަދަލުގައި އޗ.ޝާހިދު ޢަބްދުއްސަމަދު އަނބުގަސްދޮށުގެ / ގދ.ފަރެސްމާތޮޑާ
*
• މައްސަލަ ރައްދުވި ފަރާތް
* ނަން: އިލެކްޝަންސް ކޮމިޝަން ، ދާއިމީ އެޑްރެސް: ޕޯޓް ކޮމްޕްލެކްސް (5 ވަނަ ފަންގިފިލާ)މާލެ
އިލެކްޝަންސް ކޮމިޝަންގެ ލީގަލް ސެކްޝަން ޑިރެކްޓަރ އދއ. މަރްޔަމް ޙަނީފާ ޙާލިދު
* ވަކީލު: އގ. ހުސައިން ސިރާޖް ފިފްޓީފްލާވަރ
*
އއ. އުކުޅަސް
މައްސަލައަށް ތަދައްޚުލުވި ފަރާތް:
* ނަން: ޢަލީ ސަލީމް
އައިޑީ ކާޑު ނަންބަރު: A071511
* ވަކީލު: އދއ. ޢާއިޝަތު އާޒިމާ
ވަކީލު: އދއ. އުސާމާ މޫސާ ޗަމަން ށ.ކޮމަންޑޫ
* ދާއިމީ އެޑްރެސް: ޗާންދަނީގެ/ ކ.މާއުނގޫދޫ
ޝަކޫރު މ. އާސްތާނާ
ރަޖިސްޓްރީކުރެވުނު ތާރީޚް: 3 ޖުމާދަލްއާޚިރާ 1435
03 އެޕްރީލް 2014
ނިމުނު ތާރީޚް: 23 ޖުމާދަލްއާޚިރާ 1435
23 އެޕްރީލް
2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުޔޫސުފްޙުސައިން، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު،
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2014/HC-I-SH/06
ޤަޟިއްޔާ ނިމުނު "
މައްސަލާގެ ޚުލާޞާ
މިއީ، 22 މާރޗް 2014 ވީ ހޮނިހިރުދުވަހު 18 ވަނަ ރައްޔިތުންގެ
މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވުނު އިންތިޚާބުގައި ށ.ފުނަދޫ ދާއިރާގެ ވޯޓު ފޮށި ތަކުގެ
ވޯޓު ގުނި ގުނުމުގައި އާއި އަދި އެދާއިރާގައި ހިމެނޭ ށ.މާއުނގޫދޫ ވޯޓު ފޮށި ބަންދު ކުރުމުގައި ޤާނޫނާ
ޚިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށާއި އަދި ށ.ފުނަދޫ ދާއިރާގެ އިންތިޚާބު ހިނގަމުން ދަނިކޮށް
އެދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓެއްކަމަށްވާ ކެންޑިޑޭޓް ނަންބަރު 02 ޢަލީ ސަލީމްގެ ފަރާތުން
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) 44 ވަނަ މާއްދާގެ (ހ) އާއި އަދި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދު 2014 ގެ 23 ވަނަ މާއްދާގެ (ހ) ގެ 13 އަދި 14
ވަނަ ނަމްބަރާއި ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ކަމަށާއި
އެހެންކަމުން ށ.ފުނަދޫ ދާއިރާގެ އިންތިޚާބަކީ ޞައްޙަކަން ގެއްލިފައިވާ
އިންތިޚާބެއްކަން އެނގެން އޮތްކަމަށް ބުނެ 22 މާރޗް 2014 ވަނަ ދުވަހު ށ.ފުނަދޫ ދާއިރާގައި 18
ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވުނު އިންތިޚާބު ބާޠިލްކޮށް އެދާއިރާގެ
އިންތިޚާބު އަލުން ބޭއްވުމަށް ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށް ދެއްވުން
އެދި އެދާއިރާގެ ކެންޑިޑޭޓެއް ކަމަށްވާ މ. އާއަލިމަސް ޢައްބާސް މުޙައްމަދު ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ދަޢުވާ ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ
ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނެވެ.
0422
މިމައްސަލައިގައި މަސްލަޙަތު އޮތް ތިންވަނަފަރާތެއްގެ ގޮތުގައި ފުނަދޫ ދާއިރާގެ
އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވެފައިވާ ށ. މާއުނގޫދޫ، ޗާންދަނީގެ ޢަލީ ސަލީމް
މިމައްސަލައަށް ތަދައްޚުލްވެފައިވެއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1-
22 މާރޗް 2014 ވީ ހޮނިހިރުދުވަހު ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބުގައި ށ.ފުނަދޫ ދާއިރާގެ ވޯޓު ފޮށި ގުނުމުގައި އާއި ށ.މާއުނގޫދޫ ގެ ވޯޓު ފޮށި ބަންދު ކުރުމުގައި
އަދި އެދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓެއްކަމަށްވާ ކެންޑިޑޭޓް ނަންބަރު 02 ޢަލީ ސަލީމްގެ ފަރާތުން
އެދާއިރާގެ އިންތިޚާބު ހިގަމުން ދަނިކޮށް ޤާނޫނާއި ޤަވާއިދާ ޚިލާފު ޢަމަލުތަކެއް ހިންގާފައި ވަކަމަށް ބުނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
"3
ޤަޟިއްޔާ ނިމުނު "
2014/HC-I-SH/06
کی مرکی
އެދާއިރާގެ އިންތިޚާބު ބާޠިލުކޮށް އަލުން އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް
އެދި ޢައްބާސް މުޙައްމަދުގެ ފަރާތުން މިކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމާއި
އަމުރުކޮށްދެއެވެން
-2
ޢައްބާސް މުޙައްމަދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހުށަހަޅާފައި މިވާ
އިންތިޚާބީ ޝަކުވާގެ މައްސަލަ ބިނާކޮށްފައިވާ މައިގަނޑު ސަބަބު ތަކަށް ބަލާއިރުގެ
Ox
• ށ.ފުނަދޫ ދާއިރާގެ ވޯޓު ފޮށި ތަކުގެ ތެރެއިން ށ.ފުނަދޫގައި ބެހެއްޓުނު 2 (ދޭއް) ވޯޓު
ފޮއްޓާއި މާލޭގައި ބެހެއްޓުނު އެދާއިރާގެ ވޯޓު ފޮއްޓާއި ށ.ޅައިމަގުގައި ބެހެއްޓުނު ވޯޓު ފޮށި ކަނޑައި ވޯޓު
ގުނާފައިވަނީ އެދާއިރާގައި ހިމެނޭ އެއްރަށް ކަމަށްވާ ރ.މާއުނގޫދޫ ގެ ވޯޓު ފޮށި ބަންދުކުރުމުގެ ދޮޅު
ގަޑިއިރު ކުރިން ކަމަށްވާއިރު މިއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ހ) އާއި އަދި
ޤާނޫނު އަސާސީގެ 171 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވޯޓުގެ ސިއްރުކަން ގެއްލޭފަދަ
ޢަމަލެއް ކަމަށާއި
• އަދި ޤާނޫނު ނަންބަރު 11/2008 ( އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނު) ގެ 52 ވަނަ
މާއްދާގެ (ހ) އަދި (ށ) އާ ޚިލާފަށް ވޯޓުލާ ކިއޫގައި 05:00 އިން ފެށިގެން އެއްވެސް މީހަކުނެތީސް
ކ.މާއުނގޫދޫ ވޯޓު ފޮށި 50 މިނިޓް އިރުވަންދެން ބަންދުނުކޮށް ބެހެއްޓުމަކީ ވޯޓުގެ ޞައްޙަކަން
04 24ކ*
ގެއްލިފަދި
ކަމެއް ކަމަށާއި
• އަދި ށ.ފުނަދޫ ދާއިރާގެ އިންތިޚާބު ހިނގަމުންދަނިކޮށް އެދާއިރާގެ ކެންޑިޑޭޓް ނަންބަރު 22
ޢަލީ ސަލީމުގެ ފަރާތުން ބައެއް މީހުންގެ އައިޑީކާޑު ގަނެފައިވާކަމާއި އަދި ހަމަ އެދުވަހު ބައެއް
ފަރާތްތަކަށް ފައިސާ ދީގެން އޭނާއަށް ވޯޓު އަޅުވާފައިވާ ކަމަށާއި އަދި ކެމްޕޭން ކުރުމުގެ ސުންގަޑި ހަމަވި
ފަހުންވެސް ކެމްޕޭން ކުރުމުގެ ހަރަކާތްތައް ހިންގައި، ޤާނޫނު ނަންބަރު 11/2008 ( އިންތިޚާބުތަކާ ބެހޭ
ޢާއްމު ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) އާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދު
2014 ގެ 23 ވަނަ މާއްދާގެ (ހ) ގެ 13 އަދި 14 ވަނަ ނަންބަރާއި ޚިލާފު ޢަމަލުތަކެއް ޢަލީ
ސަލީމުގެ ފަރާތުން ހިންގާފައިވާ ކަމަށްވެސް ޢައްބާސް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅި އިންތިޚާބީ ޝަކުވާގެ މައްސަލާގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު "
2014/HC-I-SH/06
کی مکی
ޏ 27 ހދه
ސިއްރުވެޓަކަށް
3) ޢައްބާސް މުޙައްމަދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހުށަހަޅާފައިވާ
އިންތިޚާބާބެހޭ ޝަކުވާގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޖަވާބުދެމުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު
ށ. ފުނަދޫ ދާއިރާގެ އިންތިޚާބުގައި ފުނަދޫގައި ބެހެއްޓުނު 2 ވޯޓުފޮއްޓާއި މާލޭގައި
ބެހެއްޓުނު އެދާއިރާގެ ވޯޓު ފޮއްޓާއި އަދި ށ. ޅައިމަގުގައި ބެހެއްޓުނު ވޯޓުފޮށި ގުނާފައިވަނީ
ކ.މާއުނގޫދޫގައި ބެހެއްޓުނު ވޯޓުފޮށި ބަންދުކުރުމުގެ ދޮޅުގަޑިއިރު ކުރިން ކަމަށްވާތީވެ އެއީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) އާއި 177 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ގޮތާއި ޚިލާފު އަމަލެއްކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވާއިރު
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އިންތިޚާބުތަކުގެ
ވޯޓުލުމުގެ ޙައްޤު 18 އަހަރުން މަތީ ކޮންމެ ދިވެހިރައްޔިތަކަށްމެ ލިބިގެންވާކަމާއި އަދި އެފަދަ ވޯޓަކީ
ވާންޖެހޭނެކަމަށް ކަމަށާއި އަދި ޤާނޫނުއަސާސީގެ 171 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކުރަނީ އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން ބާއްވާ އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު
ހޯދުމުގެ ޢާއްމު ވޯޓުތަކުގައި ނަގަނީ ސިއްރު ވޯޓެއްކަމަށާއި އަދި އެމާއްދާގެ (ށ) ގައިވަނީ، ކޮންމެ
ވޯޓެއްނަގައި ނިމުމާއެކު ވޯޓުލާކޮންމެ މަރުކަޒެއްގައިމެ އިލެކްޝަންސް ކޮމިޝަނުން އެމަރުކަޒެއް
ޙަވާލުކޮށްފައިވާ މީހަކު ކުރިމަތިލީ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މީހުންތިބިނަމަ އެބައެއްގެ
ޚާޟިރުގައި އަދި އެވޯޓެއް ގުނުމުގެ ކަންތައްތައް ބެލުމަށް ޤާނޫނު ހުއްދަކުރާ އެނޫންވެސް ބައެއްގެ
ޙާޟިރުގައި އެމަރުކަޒެއްގެ ވޯޓުގުނައި، ކޮންމެ ކެންޑިޑޭޓަކަށް އެމަރުކަޒަކުން ލިބުނު ވޯޓުގެ އަދަދު ނުވަތަ
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓަކަށް ހުށަހެޅިފައިވާ ސުވާލަށް ލިބިފައިވާ ވޯޓުގެ އަދަދު ލިޔެ
ބަލަހައްޓައި، އެމަރުކަޒެއްގައި ނެގުނު ވޯޓުގެ ނަތީޖާ އެމަރުކަޒެއްގައި އިޢުލާންކުރަންވާނެ ކަމަށާއި،
އެހެންކަމުން ދަޢުވާކުރާ ފަރާތުގެ ދަޢުވާގެ ޝޯގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި އެފަރާތުން
ޙަވާލާދީފައިވާ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި 177 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ
މިތައް މަޢުޟޫޢީ ގޮތުން އެއީ އެއް ކަންތައްތަކެއް ނޫން ކަމަށާއި، ދަޢުވާގެ ޞިޔާގައި އެއްވެސް
ވަރަކަށް 18 އަހަރުންމަތީ ދިވެހިރައްޔިތަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިފައިވާކަމަށް ބަޔާންކުރެވިފައިނުވާ
ކަމަށާއި އަދި ޤާނޫނުއަސާސީގެ 171 ވަނަ މާއްދާގައި ލާޒިމްކުރާ އިޖުރާޢަތްތަކާ ޚިލާފަށް އިލެކްޝަންސް
ކޮމިޝަނުން ކަމެއް ކޮށްފައިވާ ކަމަށްވެސް ބަޔާންކޮށްފައި ނެތުމުން އެސަބަބަށްޓަކައި ޤާނޫނުއަސާސީގެ 26
2 22 22
22
22 ހއ
ކަންތައްތައް
404
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު "
2{014/HC-I-SH!!
کی مکی
ވަނަ މާއްދާއާއި 171 ވަނަ މާއްދާއާ ޙަވާލާދީ ފުނަދޫ ދާއިރާގެ އިންތިޚާބު ބާޠިލްކުރަންޖެހޭ ކަމަށް
ނުދެކޭކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބަޔާންކޮށްފައިވާކަން އެގޭކަމާއި
22;
އަދި މައްސަލަ ހުށަހެޅި ފަރާތުގެ ދަޢުވާގެ ޞިޔާގައި ދެވަނައަށް ބަޔާންކޮށްފައިވާ ނުކުތާއާބެހޭ
ގޮތުން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދީފައިވާ ބަޔާނުގައި މާއުނގޫދޫގައި ވޯޓު ފޮއްޓަށް ވޯޓުލާ
ކިޔޫގައި 5:00 އިން ފެށިގެން އެއްވެސް މީހަކު ނެތީސް އެވޯޓުފޮށި 50 މިނިޓް ވަންދެން ބަންދުނުކޮށް
އެއީ ވޯޓުގެ ޞައްޙަކަން ގެއްލޭފަދަ ކަމަކަށްވެފައިވާ ކަމަށާއި އަދި އެއީ ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަ
ތަޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ) (ނ) އާ ޚިލާފު ޢަމަލެއްކަމަށް
ދަޢުވާކުރާ ފަރާތުން ބަޔާންކޮށްފައިވާއިރު ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ
ޢާއްމު ޤާނޫނު)
ގެ 52 ވަނަ މާއްދާގެ (ހ) ގައި އިންތިޚާބެއްގައި ވޯޓުނެގުން ނިންމާ ގަޑިކަމަށް އިލެކްޝަންސް
ކޮމިޝަނުން އިޢުލާންކޮށްފައިވާ ގަޑިޖެހުމުން، މިމާއްދާގެ (ނ) ގައި ބުނެފައިވާ ޙާލަތުގައި ފިޔަވައި، ވޯޓު
ނެގުން ނިންމައި ވޯޓުފޮށި ބަންދުކުރަންވާނެ ކަމަށާއި އަދި އެމާއްދާގެ (ށ) ގައި އިންތިޚާބެއްގައި
ވޯޓުނެގުން ނިންމާ ގަޑިކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ގަޑިޖެހޭއިރު، ވޯޓުލާން
ބަޔަކު އައިސް ކިޔޫގައި ތިބިނަމަ، އެބަޔަކު ވޯޓުލައި ނިމެންދެން ވޯޓުފޮށި ބަންދުނުކޮށް ބަހައްޓަންވާނެއެވެ.
އަދި މިގޮތުން ވޯޓުލާން އައިސް ތިބި އެންމެން ވޯޓުލާ ނިމުމުން ވޯޓުފޮށި ބަންދުކުރަން
ބަންދުކުރަންވާނެ ކަމަށް ބަޔާން
ކުރެވި އެމާއްދާގެ (ނ)ގައި އިންތިޚާބެއްގައި ވޯޓުނެގުން ނިންމާ ގަޑިކަމަށް އިލެކްޝަންސް ކޮމިޝަނުން
އިޢުލާންކޮށްފައިވާ ގަޑިޖެހުމުގެ ކުރިން، އެރަށެއްގައި ނުވަތަ ވޯޓުލާ އެސަރަޙައްދެއްގައި ނުވަތަ އެތަނެއްގައި
ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ އެންމެން ވޯޓުލައި ނިމިއްޖެނަމަ އަދި އެވަގުތު ވޯޓުދޭ ސަރަޙައްދުގައި
ވޯޓުލާން ބޭނުންވާ މީހަކު ނުވަތަ ބަޔަކު ނެތްނަމަ އެޟީލަތުގައި ވޯޓުލުން ނިންމައި ވޯޓު ފޮށި
ބަންދުކުރުމަކީ، ހުއްދަ ކަމެކެވެ. އެހެންނަމަވެސް، މިފަދަ ޙާލަތެއްގައިވެސް ވޯޓު ގުނަން ފަށަންވާނީ ވޯޓު
ގުނަން ފެށުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ވަގުތުގައެވެ". މިފަދައިން
ބަޔާންކުރެވިފައިވާ ކަމަށާއި
އަދި ށ. މާއުނގޫދޫގައި ދިމާވި މައްސަލައަކާއި ގުޅިގެން އެރަށުގައި ވޯޓު ނަގަން ފެށޭ
ގަޑިއަކީ 9:50 ކަމާއި ވޯޓުނެގުން ނިމޭ ގަޑިއަކީ 17:50 ކަން އިލެކްޝަންސް ކޮމިޝަންގެ ނަންބަރު
2014
/
234-ACA) 22 މާރިޗް 2014 ގެ އިޢުލާނުން އެނގޭކަމަށާއި އެދާއިރާއަށް ވޯޓުލުމަށް
ރަޖިސްޓްރީ ކޮށްފައިހުރި މީހުން ވޯޓުލާފޮށިތަކަށް ވޯޓުލާ ނިމެންދެން ވޯޓުގުނުން ލަސްކުރަންޖެހޭކަމަށް
ދޭހަވާގޮތަށް ދަޢުވާ ހުށަހެޅިފަރާތުން ވާހަކަ ދައްކާފައިވާއިރު އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 52 ވަނަ މި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު "
2014/HC-I-SH/]
کی مکی
/ ތ
ފެންނަވަނަކަމުސް
މާއްދާ އާއި 53 ވަނަ މާއްދާ އަދި 54 ވަނަ މާއްދާގައި ވޯޓުނެގުމާއި އަދި ވޯޓު ގުނުމާއި ގުޅޭ
އިޖުރާޢަތުތައް ބަޔާންކުރެވިފައިވާ ކަމަށާއި އެގޮތުން 54 ވަނަ މާއްދާގެ (ހ) ގައި މިޤާނޫނުގެ 52 ވަނަ
މާއްދާގައި ބުނެފައިވާ ގޮތުގެ މަތީން ވޯޓުނަގައިނިމި، މިޤާނޫނުގެ 53 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ
މަތީން ވޯޓުފޮށި ބަންދުކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ވޯޓުގުނުމަށް އިޢުލާންކޮށްފައިވާ
ގަޑިޖެހުމުން ވޯޓުފޮށި އަލުން ހުޅުވައި ވޯޓުލާ ކޮންމެ މަރުކަޒެއްގައި ލަސްނުކޮށް ވޯޓު ގުނަން
ފެވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން ޤާނޫނުގައި މިބުނާ އިޖުރާޢަތަކީ ކޮންމެ
ވޯޓުފޮއްޓެއްވެސް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ގަޑިއަށް ވޯޓުލާނިމުމަށްފަހު
އިޢުލާނުކޮށްފައިވާ ގޮތުގެމަތީން ވޯޓު ގުނަން ފަށަންވާނެ ކަމަށް ކަމަށާއި އަދި ޢަމަލުކުރަމުން ގެންދަނީވެސް
އެއިޖުރާޢަތާ އެއްގޮތަށް ކަމަށާއި
އެހެންކަމުން ނ.
މާއުނގޫދޫގައި ވޯޓުލުން 5:50 އާ ހަމައަށް ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނީ
ހަމަތަކާއި އެއްގޮތަށް ކަމަށާއި އަދި އެއީ ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގެ ޞިޔާގައި ބަޔާންކުރާ
ގޮތަށް އެސަބަބަށްޓަކައި އިންތިޚާބުގެ ނަތީޖާ އަކަށް ބަދަލު އަންނާނެ ކަމެއް ކަމަށް ނުބެލެވޭނެކަމަށްވެސް
ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އަދި މައްސަލަ ހުށަހެޅި ފަރާތުގެ ދަޢުވާގެ ޞިޢާގައި ތިންވަނައަށް ބަޔާންކޮށްފައިވާ ށ.ފުނަދޫ
ދާއިރާގެ ވޯޓުލުން ހިނގަމުން ދަނިކޮށް އެދާއިރާގެ ކެންޑިޓޭޓް ނަންބަރު 2 ޢަލީ ސަލީމުގެ ފަރާތުން ބައެއް
މީހުންގެ އައި.ޑީ.ކާޑު ގަނެފައިވާ ކަމަށާއި އަދި ބައެއް ފަރާތްތަކަށް ފައިސާދީގެން ވޯޓު އަޅުވާފައިވާ
ކަމަށާއި އަދި ކެމްޕޭން ކުރުމުގެ ހަރަކާ
ރަކާތްތައް ހިންގައި ޤާނޫނާއި ޤަވާއިދާއި ޚިލާފު ޢަމަލުތަކެއް ޢަލީ
ސަލީމްގެ ފަރާތުން ހިންގާފައިވާ ކަމަށްބުނެ ދަޢުވާކުރާ ފަރާތުން ބަޔާންކޮށްފައިވާ ކަންތައްތަކާބެހޭ ގޮތުން
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިކޯޓަށް ދީފައިވާ ބަޔާނުގައި، އައިޑީކާޑުގަތްކަމަށް ބުނެފައިވާއިރު
ތަފްޞީލްތައް ހުށަހަޅާފައިނުވާ ކަމަށާއި އަދި މިނުކުތާގައި މައްސަލަ ހުށަހެޅި ފަރާތުން
ކަންކަމަކީ ކެންޑިޑޭޓް ނަންބަރު 2 އަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ޢަމަލު ތަކެއް
ކަމަށްވާއިރު އެފަރާތުން މިމައްސަލައަށް ތަދައްޚުލު ވެފައިވުމާއެކު އެފަރާތުން ބުނާ އެއްޗަކަށްފަހު މިކަމާމެދު
އިލެކްޝަންސް ކޮމިޝަނުން އެއްޗެއް ބުނަން އޮތިއްޔާ އެވާހަކައެއް ޝަރީޢަތަށް ހުށަހަޅާނެ ކަމަށެވެ.
4- މިމައްސަލައަށް ތަދައްޚުލުވެފައިވާ ށ.މާއުނގޫދޫ ޗާންދަނީގެ، ޢަލީ ސަލީމުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނަށް ބަލާއިރު، މިމައްސަލައަކީ ފުނަދޫ
42c
02c
އ ހ ށ2
x
2
2
کس کو مسلم و
2 / ހ02
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2014/HC-I-SH/06
ޤަޟިއްޔާ ނިމުނު "
کی مری
ދާއިރާގެ އިންތިޚާބު ބާޠިލް ކުރަން ހުށަހަޅާފައިވާ މައްސަލައަކަށް ވުމާއެކު މިމައްސަލައާއި މެދު ގޮތެއް
ނިމިގެންދާންވާނީ އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގެ 65 ވަނަ މާއްދާގައި ބުނެފައިވާ ޤާނޫނީ ހަމަތަކުގެ
މަތިން ކަމަށް ފާހަގަކުރެވޭ ކަމަށާއި
އަދި އިންތިޚާބުގެ ނަތީޖާގައި އިންތިޚާބު ކާމިޔާބުކުރި ފަރާތާއި، ދެން އޮތް ފަރާތާ ދޭތެރޭގައި 75
ވޯޓުގެ ތަފާތެއްވާކަން ފާހަގަކުރާ ކަމަށާއި ވީމާ މައްސަލަ ސާބިތުކުރުމުގައި މައިގަނޑު ޤާނޫނީ ޒިންމާ އޮތީ
މައްސަލަ ހުށަހަޅާ ފަރާތަށް ކަމަށާއި
އަދި އިންތިޚާބުގެ ކެމްޕޭން ކުރުން މަނާ ގަޑީގައި ޢަލީ ސަލީމުގެ ފަރާތުން ކެމްޕޭންކުރުމުގެ
ހަރަކާތްތައް ހިންގައި ޤާނޫނާއި ޤަވާޢިދާއި ޙިލާފު ކަންތައްތަކެއް ޢަލީ ސަލީމްގެ ފަރާތުން ހިންގާފައިވާކަމަށް
މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވާއިރު އެކަންކަން ހިންގިގޮތް މައްސަލަ ހުށަހެޅި ފަރާތުން
ސާފުކޮށްދީފައިނުވާ ކަމަށާއި، އަދި މިމައްސަލާގައި ޖިނާއީ ޢަމަލުތަކެއްގެ ތުހުމަތު ތަކެއް ކުރެވިފައިވާއިރު،
އެއްވެސް ފަރާތަކުން ޖިނާއީ، އަމަލެއް ކޮށްފައިވާނަމަ އެފަދަ ތުހުމަތު ތަކެއް ޝަރީޢަތުގެ މަޖިލީހަކުން
ބެލެވޭނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ން ހުށަހެޅުމުން ކަން އެނގޭކަމަށާއި،
މިމައްސަލަ ހުށަހެޅި ފަރާތުންވެސް ޖިނާއީ މައްސަލައަކާ ގުޅޭ އެއްވެސް ކަމެއް އެއްވެސް
ފަރާތަކަށް ހުށަނާޅާ ކަމަށް އެފަރާތުން ބުނެފައިވާ ކަމަށާއި، އެހެން ކަމަށް ވާނަމަ މިމައްސަލާގެ
ޝަރީޢަތުގައި ޖިނާއީ އެއްވެސް ޢަމަލަކާއި ގުޅޭގޮތުން ހެކިބަސް ނެގުން ޢަލީ ސަލީމުގެ ފަރާތުން
އިޢުތިރާޟުކުރާ ކަމަށާއި އެއީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) ގައި
މިމާއްދާގެ (ހ) ގެ ދަށުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު މި ޤާނޫނުގެ 63 ވަނަ މާއްދާގައި
ބުނެފައިވާ ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ. އެހެންނަމަވެސް، މިޤާނޫނާއި ނުވަތަ މި ޤާނޫނުގެ ދަށުން
ހަދާ ޤަވާއިދާ ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްސަ ޤާނޫނާއި ނުވަތަ އެޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ
ޚިލާފަށް ޖިނާއީ ކުށެއް އެއްވެސް ފަރާތަކުން ކޮށްފިކަމުގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް
ހައިކޯޓަށް ހުށަހެޅުމުގެ
މިމުގެ އިޚްތިޔާރު ލިބިގެންވަނީ އިލެކްޝަންސް ކޮމިޝަނަށް ކަމަށް ބަޔާން ކުރެވިފައިވާތީ
ކަމަށާއި،
އަދި މާއުނގޫދޫ ގައި ބެހެއްޓިފައިވާ ވޯޓު ފޮށި 5:00 ގެ ފަހުން އެއްވެސް މީހަކު ވޯޓުލާ
ކިއޫގައި ނެތީސް 5:50 ވަން ދެން ބަންދު ނުކޮށް ހުރުމުން ކެންޑިޑޭޓު ނަންބަރު 2 ޢަލީ ސަލީމްއަށް
ނާޖާއިޒު ފައިދާ ތަކެއް ޙާޞިލް ވެފައިވާ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެ ދައްކާފައިވާ ވާހަކަތަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު "
2014/HC-I-SH/]
کی مکی
ބަލާއިރު 5:00 ގެ ފަހުން އެއްވެސް މީހަކު އެވޯޓު ފޮއްޓަށް ވޯޓުލާފައިނުވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ
ދައްކާފައިވާ ކަމަށާއި އެހެންވެއްޖެ ނަމަ ކެންޑިޑޭޓް ނަންބަރު 2 ޢަލީ ސަލީމަށް އެކަމުން ލިބުނު ނާޖާއިޒު
ފައިދާއެއް މައްސަލަ ހުށަހެޅި ފަރާތުން ސާފުކޮށްދޭން ޖެހޭއިރު އެފަރާތުން އެކަންކަން ސާފުކޮށްދީފައި
ނުވާކަން ފާހަގަ ކުރާކަމަށްވެސް ޢަލީ ސަލީމުގެ ފަރާތުން ބުނެފައިވާކަން އެނގެއެވެ.
5- ޢައްބާސް މުޙައްމަދުގެ ފަރާތުން، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހުށަހަޅާފައިމިވާ
އިންތިޚާބާ ބެހޭ ޝަކުވާގެ މައްސަލާގައި ޢައްބާސް މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބު ތަކަށާއި
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ، ވާހަކަ ތަކަށާއި އަދި މައްސަލަ ރައްދުވާ އިލެކްޝަންސް
ކޮމިޝަނުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، އަދި މިމައްސަލައަށް
ތަދައްޚުލްވި ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިބެލުމުން މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ޢައްބާސް މުޙައްމަދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް
ހުށަހަޅާފައި މިވާ އިންތިޚާބާބެހޭ ޝަކުވާގެ މައްސަލާގައި 22 މާރޗް 2014 ވަނަ ދުވަހު ށ.ފުނަދޫ
ދާއިރާގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާޠިލު ކަމަށް ކަނޑައަޅައި ދިނުމަށާއި އެދާއިރާގެ
އިންތިޚާބު އަލުން ބޭއްވުމަށް
ދެވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށް ދެއްވުން އެދި ފައިވަނީ
މައިގަނޑު ތިންސަބަބެއްގެ މައްޗަށް ބިނާކޮށްކަން އެނގޭ ކަމާއި
އެގޮތުން ޢައްބާސް މުޙައްމަދުގެ ފަރާތުން ދަޢުވާގެ ސީޣާގައި ފުރަތަމަ ބަޔާންކޮށްފައިވަނީ
ށ.ފުނަދޫ ދާއިރާގެ ވޯޓު ފޮށި ތަކުގެ ތެރެއިން ށ.ފުނަދޫ ގައި ބެހެއްޓުނު 2 (ދޭއް) ވޯޓު ފޮއްޓާއި މާލޭގައި
ބެހެއްޓުނު އެދާއިރާގެ ވޯޓު ފޮއްޓާއި ށ. ޅައިމަގުގައި ބެހެއްޓުނު ވޯޓު ފޮށި ކަނޑައި ވޯޓު ގުނާފައިވަނީ
އެދާއިރާގައި ހިމެނޭ އެއްރަށް ކަމަށްވާ ށ. މާއުނގޫދޫގެ ވޯޓު ފޮށި ބަންދު ކުރުމުގެ ދޮޅު ގަޑިއިރު ކުރިން
ކަމަށްވާއިރު މިއީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) އާއި އަދި ޤާނޫނުއަސާސީގެ 171 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވޯޓުގެ ސިއްރުކަން ގެއްލޭފަދަ ޢަމަލެއް ކަމަށް ބުނެ ހުށަހެޅި
ނުކުތްކަން އެނގޭކަމާއި މިނުކުތާއަށް ބަލާއިރު
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި މައިގަނޑު ގޮތެއްގައި ބަޔާންކުރެވިފައިވަނީ އިންތިޚާބު
ތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓުތަކުގައި ވޯޓުލުމުގެ ޙައްޤު 18 އަހަރުން މަތީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު "
2014/HC-I-SH/]
کی مکی
ކޮންމެ ދިވެހިރައްޔިތަކަށްމެ ލިބިގެންވާ ކަމަށާއި، މިފަދަ ވޯޓު ތަކަކަކީ ސިއްރު ވޯޓު ތަކަކަށް ވާން ވާނެ
ކަމަށާއި، އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު ލިބިގެންވާ ކަމަށާއި، އެމީހަކު
އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚުތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ
ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވާ ކަމަށާއި
އަދި ޤާނޫނު އަސާސީގެ 171 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ އިލެކްޝަންސް ކޮމިޝަނުގެ
ބެލުމުގެ ދަށުން ބާއްވާ އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓުތަކުގައި ނަގާނީ ސިއްރު
ވޯޓެއް ކަމަށާއި އެމާއްދާގެ (ށ) ގައި ވަނީ ކޮންމެ ވޯޓެއް ނަގައި ނިމުމާއެކު، ވޯޓުލާ ކޮންމެ
މަރުކަޒެއްގައިމެ، އިލެކްޝަންސް ކޮމިޝަނުން އެމަރުކަޒެއް ޙަވާލުކޮށްފައިވާ މީހަކު، ކުރިމަތިލީ
ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތިބިނަމަ، އެބައެއްގެ ހާޒިރުގައި އަދި އެވޯޓެއް
ގުނުމުގެ ކަންތައްތައް ބެލުމަށް ޤާނޫނު ހުއްދަކުރާ އެނޫންވެސް ބައެއްގެ ހާޒިރުގައި އެމަރުކަޒެއްގެ
ވޯޓުގުނައި، ކޮންމެ ކެންޑިޑޭޓަކަށް އެމަރުކަޒުން ލިބުނު ވޯޓުގެ ޢަދަދު ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ
ޢާންމު ވޯޓަށް ހުށަހެޅިފައިވާ ސުވާލަށް ލިބިފައިވާ ވޯޓުގެ ޢަދަދު ލިޔެ ބަލަހައްޓައި، އެމަރުކަޒެއްގައި ނެގުނު
ވޯޓުގެ ނަތީޖާ އެމަރުކަޒެއްގައި އިޢުލާން ކުރަންވާނެ އެވެ ." މިފަދައިން ކަމަށްވާއިރު
"
ފުނަދޫ ދާއިރާގެ ވޯޓު ފޮށިތައް ބަންދު ކުރުމުގައި ނުވަތަ ވޯޓު ގުނުމުގައި އިލެކްޝަންސް
ކޮމިޝަނުން ޤާނޫނާއި ޤަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއާތަކާ ޚިލާފަށް ކަމެއް ކޮށްފައިވާ ކަމަށް
މައްސަލަ ހުށަހެޅި ފަރާތުން މިނުކުތާގައި ބަޔާންކޮށްފައިނުވާ ކަމާއި އަދި ވޯޓުގެ ސިއްރުކަން ގެއްލިފައިވަނީ
ކޮންގޮތަކަށް ކަން އެނގޭނޭ ތަފްސީލާއި ހެކި އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ނ)
ގައިވާ ގޮތުގެ މަތިން ހުށަހެޅިފައި ނުވާކަންވެސް
ނުވާކަންވެސް ފާހަގަކުރެވެއެވެ
(ށ) ދެވަނަ ކަމަކީ، ޢައްބާސް މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބާބެހޭ ޝަކުވާގެ
މައްސަލަ ބިނާކުރި ދެވަނަ ކަމެއްގެ ގޮތުގައި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބު ތަކާ ބެހޭ ޢާއްމު
ޤާނޫނު ) ގެ 52 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފަށް، ވޯޓުލާ ކިއޫގައި 5:00 އިން ފެށިގެން
އެވެސް މީހަކު ނެތީސް ށ. މާއުނގޫދޫ ވޯޓު ފޮށި 50 މިނިޓް އިރުވަންދެން ބަންދުނުކޮށް ބެހެއްޓު
ހިއްޓުމަކީ
ވޯޓުގެ ޞައްޙަކަން ގެއްލޭ ފަދަ ކަމެއް ކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާއަށް ބަލާއިރު
22
4ވ
މާއުނގޫދޫގައި ދިމާވި މައްސަލައަކާއި ގުޅިގެން އެރަށުގައި ވޯޓު ނަގަން ފެށޭގަޑި އަކީ
9:50 ކަމާއި އަދި ވޯޓު ނެގުންނިމޭ ގަޑިއަކީ 17:50 ކަން އިލެކްޝަންސް ކޮމިޝަންގެ ނަންބަރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2014/HC-I-SH/06
10 ޤަޟިއްޔާ ނިމުނު "
کی مکی
2014
/
234-A
)
CA) 22 މާރޗް 2014 ގެ އިޢުލާނުން އެނގޭކަމާއި އަދި އެކަން ށ.
މާއުނގޫދޫގައި
ބެހެއްޓުނު ނަންބަރު C04.12.1 ވޯޓު ފޮށީގެ ކަން ހިނގާދިޔަ ގޮތުގެ ރިޕޯޓުންވެސް އެނގޭކަމާއި
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބު ތަކާ ބެހޭ ޢާއްމު ޤާނޫނު ) ގެ 52 ވަނަ މާއްދާއާއި
53 ވަނަ މާއްދާއާއި 54 ވަނަ މާއްދާގައި ވޯޓު ނެގުމާއި އަދި ވޯޓު ގުނުމާއި ގުޅޭ އިޖުރާއާތުތައް
ބަޔާންކުރެވިފައިވާ ކަމާއި އެގޮތުން 54 ވަނަ މާއްދާގެ (ހ)ގައި މިޤާނޫނުގެ 52 ވަނަ މާއްދާގައި
ބުނެފައިވާ ގޮތުގެމަތިން ވޯޓުނަގައި ނިމި، މިޤާނޫނުގެ 53 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ވޯޓު
ފޮށި ބަންދުކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަނުން ވޯޓު ގުނުމަށް އިޢުލާންކޮށްފައިވާ ގަޑިޖެހުމުން
ވޯޓުފޮށި އަލުން ހުޅުވައި، ވޯޓުލާ ކޮންމެ މަރުކަޒެއްގައި ލަސްނުކޮށް ވޯޓު ގުނަން ފަށަންވާނެ ކަމަށް ބަޔާން
ކުރެވިފައިވާއިރު، ޤާނޫނުގައި ބަޔާކޮށްފައިވާ އިޖުރާއާތާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން
ޢަމަލުކޮށްފައިވާ ކަމަށް ބެލޭނެ ތަނެއްނެތްކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޢައްބާސް މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބާބެހޭ ޝަކުވާގެ
މައްސަލަ ބިނާ ކުރި ތިންވަނަ ސަބަބެއްގެ ގޮތުގައި ވަނީ ށ.ފުނަދޫ ދާއިރާގެ އިންތިޚާބު ހިނގަމުން
ދަނިކޮށް އެދާއިރާގެ ކެންޑިޑޭޓު ނަންބަރު 2 ޢަލީ ސަލީމުގެ ފަރާތުން ބައެއް މީހުންގެ އައިޑެންޓިޓީ
ކާޑު
ގަނެފައިވާކަމާއި، އަދި ހަމަ އެދުވަހު ބައެއް ފަރާތްތަކަށް ފައިސާ ދީގެން އޭނާއަށް ވޯޓު އަޅުވާފައިވާ
ކަމަށާއި، އަދި ކެމްޕޭން ކުރުމުގެ ސުންގަޑި ހަމަވިފަހުންވެސް ކެމްޕޭން ކުރުމުގެ ހަރަކާތްތައް ހިންގައި
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބު ތަކާ ބެހޭ ޢާއްމު ޤާނޫނު ) ގެ 44 ވަނަ މާއްދާގެ (ހ) އާއި
އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދު 2014 ގެ 23 ވަނަ މާއްދާގެ (ހ) ގެ 13 އަދި 14
ވަނަ ނަންބަރާއި ޚިލާފު ޢަމަލުތަކެއް ޢަލީ ސަލީމުގެ ފަރާތުން ހިންގާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ ކަމާއި
މިނުކުތާގެ މައްޗަށް ޢައްބާސް މުޙައްމަދުގެ ފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި
ވާހަކަތަކުގައި ށ.ފުނަދޫގައި ބެހެއްޓުނު 02 ވޯޓު ފޮއްޓާއި ށ.ޅައިމަގުގައި ބެހެއްޓުނު ވޯޓު ފޮއްޓާއި އަދި
މާލޭގައި ބެހެއްޓުނު އެދާއިރާގެ ވޯޓު ފޮށި އެވޯޓު ފޮށިތަކުގެ ނަތީޖާ އިޢުލާންކުރިފަހުން ކެންޑިޑޭޓް ނަންބަރު
2 ގެ ފަރާތުން ށ. މާއުނގޫދޫ އަށް ގޮސްފައިވާކަން އެނގޭ ކަމަށާއި އެދިޔަ ދިޔުމުގައި ވޯޓުގެ ނަތީޖާ
ބަދަލުކޮށްލުމަށް ޢަލީ ސަލީމުގެ ފަރާތުން މަސައްކަތްތަކެއް ކުރިކަމަށް ޢައްބާސް މުޙައްމަދު ޤަބޫލުކުރާ
ކަމަށާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު "
2014/HC-I-SH/06
کی مکی
އަދި މާއުނގޫދޫއަށް ގޮސް ފައިސާ ގެ ނުފޫޒުތަކެއް ފޯރުވާފައިވާ ކަމަށާއި އަދި
ބައެއް މީހުންގެ އައިޑީކާޑުތައް ގަތުމަށް މަސައްކަތްކޮށްފައިވާ ކަމާއި އަދި ބައެއް މީހުންނަށް ފައިސާ ދީގެން
ވޯޓު އަޅުވާފައިވާ ކަމުގެ މަޢުލޫމާތު ޢައްބާސް މުޙައްމަދުއަށް ލިބިފައިވާކަމަށް ބުނެފައިވާއިރު
ށ.ފުނަދޫ ޒުވާނުންގެ މަރުކަޒުގައި ބެހެއްޓިފައިވާ ނަންބަރު C04.13.1 ވޯޓު ފޮށީގެ ވޯޓު
ލުން ނިންމި ގަޑިއަކީ 16:00 ކަމާއި އަދި ވޯޓު ގުނަން ފެށި ގަޑިއަކީ 16:30 ކަމާއި ވަގުތީ ނަތީޖާ
އިޢުލާނުކުރި ގަޑިއަކީ 21:10 ކަން ކަންހިނގާދިޔަ ގޮތުގެ ރިޕޯޓުން އެނގޭކަމާއި އަދި ށ.ފުނަދޫގައި
ބެހެއްޓުނު 2 ނަންބަރު ވޯޓު ފޮށި ( ވޯޓު ފޮށީގެ ނަންބަރު C04.13.2) ގެ ވޯޓުލުން ނިމިފައިވަނީ
16:00 ގައި ކަމާއި ވޯޓު ގުނަން ފަށާފައިވަނީ 16:30 ގައި ކަމާއި ވަގުތީ ނަތީޖާ އިޢުލާންކުރީ 18:15
ގައި ކަން އެވޯޓުފޮށީގެ ކަންހިނގާދިޔަ ގޮތުގެ ރިޕޯޓުން އެނގޭ ކަމާއި، އަދި ށ.ޅައިމަގުގައި ބެހެއްޓުނު
ނަންބަރު C04.10.1 ވޯޓު ފޮށީގެ ވޯޓުލުން ނިމިފައިވަނީ 16:00 ގައި ކަމާއި ވޯޓު ގުނަން ފަށާފައިވަނީ
16:30 ގައި ކަމާއި އެފޮށީގެ ވަގުތީ ނަތީޖާ އިޢުލާނުކުރި ގަޑިއަކީ 18:50 ކަންވެސް ކަންހިނގާދިޔަ
ގޮތުގެ ރިޕޯޓުން އެނގޭކަމާއި ބަޔާންކުރެވުނު ވޯޓުފޮށިތަކުގެ ތެރެއިން އެންމެ އަވަހަށް ވަގުތީ ނަތީޖާ
އިޢުލާން ކުރެވިފައިވަނީ ށ.ފުނަދޫގައި ބެހެއްޓިފައިވާ 2 ނަންބަރު ވޯޓުފޮށީގެ ވަގުތީ ނަތީޖާކަން
އެނގޭކަމާއި، އަދި އެފޮށީގެ ވަގުތީ ނަތީޖާ އިޢުލާން ކުރެވިފައިވަނީ 18:15 ގައިކަންވެސް ކަންހިނގާދިޔަ
ގޮތުގެ ރިޕޯޓުން އެނގޭއިރު ށ. މާއުނގޫދުގައި ވޯޓުލުމަށް ބެހެއްޓިފައިވާ ވޯޓުފޮށި ނަންބަރު C04.12.1
ވޯޓު ފޮއްޓަށް ވޯޓުލުން 17:50 ގައި ނިންމިފައިވާކަން ކަންހިނގާދިޔަ ގޮތުގެ ރިޕޯޓުން އެނގޭ ކަމާއި
ނަންބަރު 2 ޢަލީ ސަލީމު ށ.ފުނަދޫގައި ހުރެފައި ށ. މާއުނގޫދޫއަށް ގޮސް ވޯޓުގެ ނަތީޖާ
މަސައްކަތް ކޮށްފައިވާ ކަމަށާއި ނޭދެވޭ ނުފޫޒުތަކެއް ފޯރުވާފައިވާ ކަމަށް
މުޙައްމަދަށް މަޢުލޫމާތު ލިބިފައިވާކަމަށް ބަޔާންކުރެވިފައިވާއިރު ށ. މާއުނގޫދޫ ގައި 17:50 ގައި ވޯޓު
ނެގުން ނިންމާފައިވާކަން އެނގޭ ހިނދު މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކޮށްފައި ވާގޮތަށް ޢަލީ ސަލީމްގެ
ފަރާތުން އެކަންކަން ހިންގާފައި ވަނީ ކޮންބަޔަކު ކޮންގޮތަކަށް ނުފޫޒު ފޯރުވައިގެންކަން އެނގޭނޭ އެއްވެސް
ތަފްސީލެއް އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން މައްސަލަ
ހުށަހެޅި ފަރާތުން ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
020
ކޮންޑް 8
02 303
709ކޗވެ
94
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު "
2:14/HC-I-SH/06
کی مکی
<<
(ށ) ހަތަރުވަނަ ކަމަކީ؛ ޢައްބާސް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި
އިންތިޚާބީ ޝަކުވާގެ މައްސަލާގައި ކެންޑިޑޭޓް ނަންބަރު 2 ޢަލީ ސަލީމުގެ ފަރާތުން ބައެއް މީހުންގެ
އައިޑީކާޑު ގަތް ކަމަށާއި ފައިސާދީގެން ވޯޓު އަޅުވާފައިވާ ކަމަށާއި ކެމްޕޭން ކުރުމުގެ ސުންގަޑި ހަމަވި
ފަހުން ކެމްޕޭން ކުރުމުގެ ހަރަކާތްތަކެއް ހިންގާހެދި ކަމަށްބުނެ މުޙައްމަދުގެ ފަރާތުން
ބަޔާންކޮށްފައިވާއިރު
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބު ތަކާ ބެހޭ ޢާއްމު ޤާނޫނު ) ގެ 64 ވަނަ މާއްދާގެ (ށ)
އަށް ބެލުމުން އިންތިޚާބީ ކުށުގެ މައްސަލަ ތަކަކީ ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ
ބާވަތުގެ މައްސަލައެއްކަން އެނގޭކަމާއި އެބާވަތުގެ މައްސަލަތަކުގައި ދަޢުވާކުރެވެން ޖެހޭނީ ޤާނޫނީ ގޮތުން
އެކަމަށް ކަނޑައެޅިފައިވާ ފަރާތްތައް މެދުވެރިކޮށް ކަމާއި، އެފަރާތްތަށް މެދުވެރިކުރުމަކާ ނުލައި ވަކިވަކި
ފަރުދުން ޖިނާއީ ކުށް ހިމެނޭ ދަޢުވާ ސީދާ ގޮތުން ކުރުމަކީ ޤާނޫނީ ތަރަޙައިގެ ތެރެއިން ކުރެވޭގޮތަށް
ހަމަޖެހިފައިވާ ދަޢުވާއެއް ނޫންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 18/HC
-
I
-
SH/2009
.އިކޯޓުގެ ނަންބަރު 06/HC
-
I
-
SH/2009 ޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގައިވެސް ބަޔާންކުރެވިފައިވާ ކަމާއި އަދި މިއުސޫލު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު
42/SC
-
C/2013 ޤަޟިއްޔާގައިވެސް ކަނޑައަޅުއްވާފައިވާކަން އެނގެއެވެ
ޤަޟިއްޔާއައީ
/
<< O
އެހެން ކަމުން އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތަށް ހުރުމުން ރައްޔިތުން
މަޖިލީހުގެ އިންތިޚާބު 2014 ގެ ފުނަދޫ ދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް ނޭދެވޭ އަސަރެއްފޯރާ
އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ ކަމަށް ޝަރީޢަތުން ބެލެވޭ ފަދަ ކަމެއް މިމައްސަލާގައި
ހުށަހެޅިފައި ނުވާކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި މިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު "
2014/HC-I-SH/06
کی مرکی
ބޭއެވެން
ދެންފަހެ އިސްވެ ބަޔާން ކުރެވިދިޔަ ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު 22 މާރިޗް
2014 ވަނަ ދުވަހު ފުނަދޫ ދާއިރާގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ޞައްހަކަން
ގެއްލިފައިވާ އިންތިޚާބެއް ކަމަށް ބުނެ 22 މާރިޗް 2014 ވަނަ ދުވަހު ށ.ފުނަދޫ ދާއިރާގައި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާޠިލުކޮށް އެދާއިރާގެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް
ކޮމިޝަންގެ މައްޗަށް އަމުރު ކޮށްދެއްވުން އެދި މ.އާއަލިމަސް ޢައްބާސް މުޙައްމަދުގެ ފަރާތުން
އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލާގައި ، އިސްވެ ފާހަގަ
ކުރެވުނު، ނުކުތާ ތަކުގައި ބަޔާންކުރެވުނު ސަބަބުތަކަށް ރިޢާޔަތްކޮށް ބަލާއިރު ށ.ފުނަދޫ ދާއިރާގެ
އިންތިޚާބުގެ ނަތީޖާއަށް ނޭދެވޭ އަސަރެއް ފޯރާ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެފަދަ ކަމެއް
ޝަރީޢަތަށް ސާބިތުވެފައި ނުވާތީ ށ.ފުނަދޫ ދާއިރާގެ އިންތިޚާބު ބާޠިލްކޮށް އަލުން އިންތިޚާބު ބޭއްވުމަށް
އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި މައްސަލަ ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv