ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/218 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/218
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
se
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރ: 218/HC
-
A/2010
• އިސްތިއުނާފު ކުރިފަރާތްތައް:
ނަން: އަޙުމަދު ޢީސާ
| އައިޑީ
ކާޑު ނަންބަރ: A037878
t
ދާއިމީ އެޑްރެސް: ހ.ވައިލާކޫލް
* މިހާރުގެ އެޑްރެސް: ލ.ސަންރައިސްގެ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން *ދާއިމީ އެޑްރެސް: އެޗްޑީސީ ބިލްޑިންގ ހުޅުމާލެ
އައިޑީ ކާޑު ނަންބަރ.
މިހާރުގެ އެޑްރެސް:
10
• ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ޛުލްޤަޢިދާ 1431 * ނިމުނު ތާރީޚް: 23 ރަބީޢުލްއައްވަލް 1434
18 އޮކްޓޯބަރ 2010
04 ފެބްރުއަރީ
2013
އިސްތިއުނާފުކުރެވުނުޤަޟިއްޔާނަންބަރ: މަދަނީ ކޯޓުގެ ނަންބަރ 2009/MC/1930 ޤަޟިއްޔާ
އެޔާގެ ބާވަތް: ޙައްޤުހޯދުން
• ނިންމެވިކޯޓް: މަދަނީ ކޯޓު
ތާރީޚު: 17 އޮގަސްޓް 2009 ނިމުނު ތާރީޚް: 29 އޮކްޓޯބަރ 2009
ހއ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން ، އިސްފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު،
ދިވެހިރާއް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
2
2[13/HC-A/218
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
ދަޢުވާގެ ޚުލާޞާ
މިއީ މަދަނީ ކޯޓުގެ ނަންބަރ 2009/MC/1930 ޤަޟިއްޔާ ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި
ހ.ވައިލާވުލް އަޙްމަދު ޢީސާގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤްޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑް އެވެ.
4 2 2 4 0
OOOX
ފާހަގަކުރެވުނު ނުކުތާތައް:
1- މަދަނީ ކޯޓުގެ ނަންބަރ 2009/MC/1930 ޤަޟިއްޔާ
އަކީ، 2008 ވަނަ އަހަރު
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ، ލޓޑ. އިން ހުޅުމާލެއިން ވިއްކުމަށް އިޢުލާން ކުރި
488 ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ހ.ވައިލާރޫލް އަޙްމަދު ޢީސާ އަށް އެތަނުން ފްލެޓެއް
ހޮވިފައިވާކަމަށް އެޗް.ޑީ.ސީ ލިމިޓެޑުން އިޢުލާން ކުރުމަށްފަހު، ފަހުގެ ތާރީޚެއްގައި ފޯމުގައިވާ މަޢުލޫމާތަކީ
ސައްޙަނޫން މަޢުލޫމާތެއްކަމަށް ބުނެ އަޙްމަދު ޢީސާ އަށް ހޮވުނު ފްލެޓް އެޗް.ޑީ.ސީ ލިމިޓެޑުން
ބާތިލްކޮށްފައިވާތީ، މިފްލެޓް ލިބިގަތުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް
ހ.ވައިލާރޫލް އަޙްމަދު ޢީސާ ދަޢުވާކުރުމުން ބަލައިދެވުނު މައްސަލައެއް ކަމާއި،
އެޤަޟިއްޔާގެ ޙުކުމުގައިވަނީ "ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް
ބަލާއިރު، ހ.ވައިލާރޫލް އަޙްމަދު ޢީސާ (އައި.ޑީ.ކާޑު ނަންބަރު A037878)، ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން (އެޗް.ޑީ.ސީ) ލިމިޓެޑުގެ މައްޗަށް ހުށަހެޅި މިމައްސަލާގައި، އަޙްމަދު ޢީސާ 2008 ވަނަ
އަހަރު އެޗް.ޑީ.ސީ ލިމިޓެޑުން ވިއްކުމަށް ހުޅުވާލި 488 ފްލެޓްއަށް ކުރިމަތިލިއިރު ހުށަހަޅާފައިވާ ފޯމުގެ
8.8.1 ވަނަ ނަންބަރަށް ދީފައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއް ނޫންކަން ހުށަހަޅާފައިވާ ލިޔުންތަކުން
ސާބިތުވާކަމާއި، ފޯމުގައި ސައްޙަނޫން މަޢުލޫމާތެއް ދީފިނަމަ ފޯމު ބާޠިލުކުރެވޭނެކަން ފޯމުގައި
ބަޔާންކޮށްފައި އޮތްހިނދު، އަޙްމަދު ޢީސާ ފޯމުގައި ދިން މަޢުލޫމާތަކީ ސައްޙަނޫން މަޢުލޫމާތަކަށްވުމުގެ
ސަބަބުން އަޙްމަދު ޢީސާއަށް ލިބުނު ފްލެޓް އެޗް.ޑީ.ސީ ލިމިޓެޑުން ބާޠިލްކޮށްފައިވާތީ، އަޙްމަދު ޢީސާއަށް
އެފްލެޓް ޙަވާލުކުރުމަށް އެޗް.ޑީ.ސީ ލިމިޓެޑަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް
ކޮށްފީމެވެ." މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
"3
2013/HC-A/218
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2- މަދަނީ ކޯޓުގެ ނަންބަރ 2009/MC/1930 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މައްސަލަ އިސްތިއުނާފު ކުރި ފަރާތުން އަންނަނިވި
ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއިމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. އެއީ:-
OXO
01- އެޗް.ޑީ.ސީން ހުޅުމާލެއިން ދޫކުރައްވާ 488 ފްލެޓަށް އެދޭ ފަރާތްތަކުން ފުރިހަމަ
ކުރަންޖެހޭ ފޯމުގެ 8.8.1 ގައި ބަޔާންކޮށްފައިވަނީ ތިމާގެ ދަރިއަކަށް ރާއްޖޭގެ އެއްވެސް ރަށަކުން އެއްވެސް
ވަރެއްގެ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާނަމަ އެބިމުގެ ބޮޑު މިން އަކަފޫޓުން ބަޔާންކުރުމަށް
ކަމަށާއި ނަމަވެސް އަޙުމަދު ޢީސާގެ އުފަން ދަރިއަކަށް އެދަރިފުޅުގެ މަންމަގެ ފަރާތުން ލިބިފައިވާ ބައިގެ
ބޮޑުމިން އަޙުމަދު ޢީސާއަށް އެނގިފައިނުވުމާއި، އަދި އެގޮޅީގައި އަޙުމަދު ޢީސާގެ ދަރިއަކަށް މާލެއިން
ލިބިފައިވާކަމަށްވެސް އަދި ނުލިބޭކަމަށްވެސް ބަޔާން ނުކުރެވިވަނީ އެ މަޢުލޫމާތު އެންމެ
ރަނގަޅަށް އެނގިވަޑައިގަންނަވާނީ
އަޙުމަދު ޢީސާގެ
ސާފުކުރައްވާއިރުގައިކަމަށްވާތީ، މިކަމަށް ނުބައްލަވާ މަދަނީކޯޓުން މިމައްސަލަ ނިންމަވާފައިވުން ކަމަށް
ބުނެ ބުނެ ހުށަހެޅި ނުކުތާއެވެ.
ބިންކޮޅެއް
ހމަޖެ22
މަޢުލިމަ
02- އަޙުމަދު ޢީސާއަކީ ހ.ވައިލާކޫލް ގެއިން އެއްވެސް މިންވަރެއް ލިބެންއޮތް އަދި
ލިބޭނޭ މީހެއްވެސް ނޫންކަން ވަރަށްސާފުކޮށް އެނގެން އޮއްވާ މިކަމަށްވެސް ނުބައްލަވާ ހުޅުމާލެއިން
އަޙްމަދު ޢީސާއަށް ލިބޭގޮތަށް ހަމަޖެހުނު ފްލެޓް ނުލިބޭގޮތަށް މައްސަލަ ނިންމަވާފައި ވުން ކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
މ 4
-03
03= ގުރުއަތާ ހަމައަށް ދިޔުމުގެކުރިން އަޙުމަދު ޢީސާގެ ފޯމު ބައްލަވައި
ޗެކުކުރެއްވުމަކީ އެޗް.ޑީ.ސީން ކުރައްވަންޖެހޭނެކަމަކަށްވާއިރު، އަދި ފޯމުގައި އަޙުމަދު ޢީސާގެ ދަރިއަކަށް
މާލެއިން ގޯއްޗެއްގެ ނުވަތަ ތަންކޮޅެއް ލިބިފައިވާކަމަށްވެސް ބަޔާންކޮށްފައި ނުވާއިރު، ހަމައެކަނި
މިޕޮއިންޓްގެ މައްޗަށް ބައްލަވައިގެން އަޙުމަދު ޢީސާއަށް ގުރުއަތުން ލިބިފައިވާ ފްލެޓް ނުލިބޭގޮތަށް
ނިންމެވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
04- އަޙުމަދު ޢީސާ ގުރުއަތާ ހަމައަށް ގެންނަންޖެހޭނީ މިކަމުގައި އަޙުމަދު ޢީސާއާއި ބެހޭ
އެންމެހައި މަޢުލޫމާތު އެޗް.ޑީ.ސީން ވަރަށް ރަނގަޅަށް ބެއްލެވުމަށްފަހުގައިކަމަށްވާތީ، މިމައްސަލައިގައި
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/218
OXLC
އެޗް.ޑީސީގެ މައްސަލައަށް ނުބައްލަވާ އަޙުމަދު ޢީސާއަށް ލިބިފައިވާ ފްލެޓް ނުލިބޭގޮތަށް ހަމަޖެއްސެވީ
އަޙުމަދު ޢީސާގެ ކުށަކުންކަމަށް ބައްލަވައިގެން މައްސަލަ ނިންމަވާފައި ވުން ކަމަށް ބުނެ ހުށަހެޅި
44 422
03 މަދަނީ ކޯޓުގެ ނަންބަރ 2009/MC/1930 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި
މިމައްސަލާގެ ދެފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާންތަކަށާއި މައްސަލައާއި ގުޅިގެން
ހުށަހެޅިފައިވާ ލިޔުން ތަކަށް ބަލާ ނަޒަރު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
OOox
(ހ) އަޙްމަދު އީސާގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ( އެޗް.ޑީ.ސީ) ގެ
މައްޗަށް މަދަނީ ކޯޓަށް ހުށަހަޅާފައިވާ ދައުވާއަކީ 2008 ވަނަ އަހަރު ހައުސިންގ ޑިވެލޮޕްމަ
ކޯޕަރޭޝަންއިން ހުޅުމާލެއިން ވިއްކުމަށް އިޢުލާންކުރި ފްލެޓްތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން
އަޙްމަދު އީސާއަށް އެތަނުން ފްލެޓެއް ގުރުއަތުން ހޮވިފައިވާ ކަމަށް އެޗް.ޑީ.ސީ ލޓޑ އިން އިޢުލާން
ކުރުމަށްފަހު އޭގެ ފަހުގެ ތާރީޚެއްގައި އަޙްމަދު އީސާ ހުށަހަޅާފައިވާ ފޯމުގައިވާ މަޢުލޫމާތަކީ ޞައްޙަނޫން
މަޢުލޫމާތެއް ކަމަށް ބުނެ އަޙްމަދު އީސާ އަށް ހޮވުނު ފްލެޓް އެޗް.ޑީ.ސީ ލިމިޓެޑުން ބާޠިލު ކޮށްފައިވާތީ
ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެއެވެ.
(ށ) ހުޅުމާލެއިން ވިއްކާ ފްލެޓަށް އެދޭ ފޯމުގައި އަހްމަދު އީސާގެ ދަރިއަކަށް ރާއްޖޭގެ އެއްވެސް
ރަށަކުން އެއްވެސް ވަރެއްގެ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާނަމަ އެބިމުގެ ބޮޑުމިން އަކަފޫޓުން
ބަޔާން ކުރަންޖެހޭ ކަމާއި އަދި އަޙްމަދު އީސާގެ ދަރިއަކަށް ގޯއްޗަކުން ބައެއް ލިބިފައިވާކަން އަހްމަދު
އީސާގެ ބަހުންނާއި ލިޔެކިޔުންތަކުން އެގޭކަމާއި އަދި އެމަޢުލޫމާތު އަޙްމަދު އީސާ ހުޅުމާލެއިން ފްލެޓް
ގަތުމަށް އެދި ހުށަހެޅި ފޯމުގައި ބަޔާން ކުރަންޖެހޭ ކަމާއި ނަމަވެސް އަޙްމަދު އީސާ އެމަޢުލޫމާތު
ބަޔާންކުރަންޖެހޭ ފޯމުގެ 8.8.1 ވަނަ ނަންބަރުގައި އެއްވެސް އަދަދެއް ޖަހާފައި ނެތުމުން އަޙްމަދު އީސާ
ހުށަހަޅާފައިވާ ފޯމުގައި ހިމެނިފައިވާ މަޢުލޫމާތަކީ ޞައްޙަނޫން މަޢުލޫމާތެއްކަން އެގެއެވެ.
(ނ) އަޙްމަދު އީސާ 2008 ވަނަ އަހަރު އެޗް.ޑީ.ސީ ލިމިޓެޑުން ވިއްކުމަށް ހުޅުވާލި 488
ފްލެޓަށް ކުރިމަތިލިއިރު އަޙްމަދު އީސާ ހުށަހަޅާފައިވާ ފޯމުގެ 8.8.1 ވަނަ ނަންބަރުގައި ދީފައިވަނީ
ޞައްޙަ މަޢުލޫމާތެއް ނޫންކަން ބަޔާންތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭއިރު ފޯމުގައި ޞައްޙަ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/218
02
42ތއް
4 40
neeނ
ނޫން މައުލޫމާތެއް ދީފިނަމަ ފޯމު ބާޠިލު ކުރެވޭނެކަން ފޯމުގައި ބަޔާން ކޮށްފައިވާކަމާއި އަދި ފޯމުގައި
ޞައްޙަ ނޫން
ދީފައިވާކަން ސާބިތުވެއްޖެނަމަ ފްލެޓް ވަކިކުރެވޭނެ ކަމަށް ޝަރީޢަތަށް
ހުށަހެޅިފައިވާ ލިޔުންތަކުގައި ހިމެނޭ 2008 ވަނަ އަހަރު ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 488
ފްލެޓްގެ ފޯމް ފުރިހަމަ ކުރުމަށް ބޭނުންވާ މަޢުލޫމާތު ކަރުދާހުގެ އާއްމު ނޯޓުގެ 4 ވަނަ ނަންބަރުގައިވެސް
ންކުރެވިފައިވާކަން އެނގޭކަމާއި އަދި މީގެ އިތުރުން ފޯމު ހުށަހެޅި ފަރާތުގެ އިޤުރާރުގައިވެސް
އެފަދަކަމެއް ސާބިތުވެއްޖެނަމަ ގުރުއަތުން ހޮވިފައިވާ ހޮވުން ބާތިލު ކުރެވޭނެކަން ބަޔާން ކޮށްފައިވާކަން
އެނގޭކަމާއި
އެހެން ކަމުން އަޙްމަދު އީސާ 2008 ވަނަ އަހަރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑުން ވިއްކުމަށް ހުޅުވާލި 488 ފްލެޓަށް ކުރިމަތިލިއިރު ހުށަހަޅާފައިވާ ފޯމުގެ 8.8.1 ވަނަ
ނަންބަރަށް ދީފައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއް ނޫންކަން ހުށަހެޅިފައިވާ ލިޔުން ތަކުންނާއި
ބަޔާންތަކުން ސާބިތުވާތީ އަޙްމަދު އީސާއަށް ގުރުއަތުން ހޮވުނު ފްލެޓް އެޗް.ޑީ.ސީ ލިމިޓެޑުން ބާތިލު
ކޮށްފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންނަށް ޤަބޫލުކުރެވިފައިވާތީ މަދަނީ ކޯޓުގެ ނަންބަރު 2009/MC/1930 ޤަޟިއްޔާގައި
ކުރައްވާފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ވިއަސް ސަބަބެއް ނެތްކަމަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންވަނީ އިއްތިފާޤު ވެފައެވެ.
ޙުކުމް:
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން ބަޔާން ކުރެވުނު ގޮތަށް ހުރުމާއެކު މަދަނީކޯޓުގެ
ނަންބަރު 2009/MC/1930 ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން
ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ތާއީދުކޮށް އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos