ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/271 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/271
ދިވެހިރާއްޖޭގެ ހައިކޯޓު
އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 271/HC-A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ހެލްޕްޑްރައިވިންގ ސްކޫލް (މުޙައްމަދު އަޙްމަދު މުޙައްމަދު)
* ދާއިމީ އެޑްރެސް: މ.ވޯޓަރވެލީ މާލެ
ރަޖިސްޓްރީ ނަންބަރު: 10
/
2001
/
0011-ER
/
5
/
T-22
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙަސަން ރިޒްމީން
* ދާއިމީ އެޑްރެސް: ލ.ވޯޓަރވެލީ މާލެ
މިހާރުގެ އެޑްރެސް: ހ.ކުޅުދުއްފުށީގެދެކުނުބައި މާލެ
#
އައިޑީކާޑް ނަންބަރު.
A157598
#
24 ނޮވެމްލަ
ރ 2013
ރަޖިސްޓްރީކުރެވުނު ތާރީޚް: 26 ޝައްވާލު 1433 ނިމުނު ތާރީޚް: 2 މުޙައްރަމް 1435
13 ސެޕްޓެމްބަރ 2012
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2017/VTR/47
ނިންމެވި ކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސްގެ
ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު
ޖެހިރާއް
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު
އީމެއިލް: [email protected]
ދުވެމީޑީޠާއްޖެ،2ން 3325029، ފެކްސް: 3316471
www.highcourt.go:
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/271
ދަޢުވާގެ ޚުލާޞާ
<< O
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/47 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން އެދި
ހެލްޕްޑްރައިވިންގ ސްކޫލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ މ.ވޯޓަރވެލީ ޙަސަން ރިޒްމީން އެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
01 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/47 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ "މ.ވޯޓަރވެލީ ކ.މާލެ ޙަސަން ރިޒްމީން (ދިވެހި ރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A157598) 20 މާރޗް 2011 އިން ފެށިގެން ހެލްޕް ޑްރައިވިންގ
ސްކޫލްގައި "ޑްރައިވިންގ އިންސްޓްރަކްޓަރ" އެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އެއްވެސް
އެންގުމަކާއިނުލާ 21 މާރޗް 2012 ގައި އެތަނުގެ ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކުރި
ސަބަބާއި އެއްވެސް އެންގުމަކާއި ނުލާ ވަޒީފާއިން ވަކިކުރުމުން ލިބެންވާ އިނާޔަތާއި އަދި ވަޒީފާ އަދާކުރި
މުއްދަތުގައި ލިބެންވާ އިތުރުގަޑީގެ ފައިސާ ހޯދުމަށް އެދި ހެލްޕް ޑްރައިވިންގ ސްކޫލްގެ މައްޗަށް
ރައްދުވާގޮތަށް 05 އެޕްރީލް 2012 ގައި ވަޒީފާއާބެހޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލެވުނު
މައްސަލައެއްކަން އެނގޭކަމާއި،
އެމައްސަލަ ނިންމަވާފައިވަނީ "ދެންފަހެ، މިމައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި
ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިޔުންތަކާއި ފާހަގަކުރި ކަންކަމަށްނަޒަރުކުރާއިރު، ޙަސަން ރިޒްމީން،
(A157598) މ.ވޯޓަރވެލީ މާލެ މައްސަލަ ރައްދުވި ހެލްޕް ޑްރައިވިންގ ސްކޫލްގެ ޑްރައިވިންގ
އިންސްޓްރަކްޓަރގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އެންގުމަކާއި ނުލާ ވަޒީފާއާބެހޭ
އެއެވެސް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރޭ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/271
6 828
ހއ ހ 8 އ ހއ
މެވައްޒަފެއްކަމަށް
ޤާނޫނާއި ޚިލާފަށް 21 މާރޗް 2012 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، އޭނާއަށް ލިބެންޖެހޭ ޢިނާޔަތާއި
އިތުރުގަޑީގެ ފައިސާ ހޯދައިދިނުމަށް އެދިފައިވާ މައްސަލާގައި، މައްސަލަ ހުށަހެޅި ޙަސަން ރިޒްމީންއަކީ
މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާގައިހުރި މީހެއްނޫންކަމަށް މައްސަލަ ރައްދުވި ހެލްޕް ޑްރައިވިންގ
ސްކޫލްއިން ބުނިނަމަވެސް، މައްސަލަ ހުށަހެޅި ޙަސަން ރިޒްމީން މައްސަލަ ރައްދުވާ ހެލްޕް ޑްރައިވިންގ
ސްކޫލްގައި ޑްރައިވިންގ އިންސްޓަރަކްޓަރގެ މަޤާމުގައި މަސައްކަތްކޮށްފައިވާ ކަމަށް މައްސަލަ ރައްދުވި
ފަރާތުންވެސްބުނެފައިވާތީ، މައްސަލަ ހުށަހެޅި ޙަސަން ރިޒްމީންއަކީ މައްސަލަ ރައްދުވި ހެލްޕް ޑްރައިވިންގ
ޒަފެއްކަމަށް ބަލަންޖެހޭ ހިނދު، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު
02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި، މައްސަލަ ހުށަހެޅި ޙަސަން ރިޒްމީން މައްސަލަ ރައްދުވި ފަރާތުގެ
ވަޒީފާ ބޭނުންކަމަށް ބުނެފައި ނުވާތީއާއި، އޭނާ ބޭނުންވަނީ ބަދަލެއްކަމަށް ބުނެފައިވާތީ، ޤާނޫނު ނަންބަރު
02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން ބަދަލުގެ ގޮތުގައި 22000.00
(ބާވީސް ހާސް) ރުފިޔާ، މިއަދު (24 ޖޫން 2012) އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި
އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި ޙަސަން ރިޒްމީންއަށް ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 7 (ހަތެއް)
ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށާއި، މުވައްޒަފުންގެ ކަންކަމުގައި ޤާނޫނު
ނަންބަރު 02/2008 ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފުނުވާ ގޮތުގައި މަތިން ޢަމަލު ކުރަމުން ގެންދިއުމަށް
މައްސަލަ ރައްދުވި ހެލްޕްޑްރައިވިންގ ސްކޫލް އަށް އަންގާ އަމުރުކުރަމެވެ." މިފަދައިންނެވެ.
މެންބަރުން
ރ
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/47 މައްސަލަ ނިމިފަވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
ހެލްޕްޑްރައިވިންގ ސްކޫލްގެ ފަރާތުން ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި
ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ހެލްޕް ޑްރައިވިންގ ސްކޫލުން ހުށަހެޅި ހެކިންނާއި އަދި ޙަސަން
ރިޒްމީން ހުށަހެޅި ހެކިންވެސް ކަނޑައެޅިގެން ޙަސަން ރިޒްމީންއަކީ އެތަނުގެ މުވައްޒަފެއްނޫންކަމަށް ބުނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ ނަންބާދީ ލޭގަ މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]، ފެންނެތް: www.highcourt.gov.m
4
212/HC-A/271
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހެކިބަސް ދީފައިވަނި ކޮށްވެސް ހެކިންގެ ހެކިބަހަށް ރިޢާޔަތްކުރުމެއްނެތި މައްސަލް ނިންމާފައިވުން
ކަމަށްބުނެ ހުށަހެޅި ނުކުތާ
ކުނ.
O COC
4 8
(ށ) ދެވަނަ ނުކުތާއަކީ، ހެލްޕްޑްރައިވިންގ ސްކޫލުގެ ފަރާތުން އެއްވެސް އިރަކު ޙަސަން
ރިޒްމީނަށް "ޖޮބް ލެޓަރ" އެއް ދީފައިނުވާނެކަމަށާއި އަދި ޙަސަން ރިޒްމީން ހުށަހެޅި "ޖޮބް ލެޓަރ" އަކީ
އޭނާ އަމިއްލައަށް ޕޯޖްކޮށްފައިވާ ޖޮބް ލެޓަރއެއްކަމަށް ބުނެފައިވަނިކޮށް އެކަމަށް ރިޢާޔަތް ނުކުރައްވާ އަދި
ޓްރައިބިއުނަލްއަށް މައްސަލަ ބަލައިގަތުމުގައި ހުށަހެޅެންޖެހޭ ޔުންތަކުގެ ތެރޭގައި ހިމެނޭ
މުހިއްމު އެއްލިޔުންކަމުގައިވާ "ޖޮބް ލެޓަރ" ނުވަތަ ވަޒީފާދިންކަމުގެ ލިޔުން ހުށަހަޅާފައިނުވާތީވެ
އިޖުރާއީގޮތުން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއިން ޙަސަން ރިޒްމީން ނަގައިދިނުމަށް އެދިފައިވާ އުޖޫރަ
ނަގައިދެވޭނެ ޤާނޫނީ ހަމައެއްނެތްކަމަށް ބުނެފައިވަނިކޮށް އެކަމަށް ބެލުމެއްނެތި މައްސަލަ ނިންމަވާފައިވުން
ކަމަށްބުނެ ހުށަހެޅި ނުކުތާ.
cec
(ނ) ތިންވަނަ ނުކުތާއަކީ، ޙަސަން ރިޒްމީން ހެލްޕްޑްރައިވިންގ ސްކޫލުގެ ނަމުގައި ހަދާދީފައިވާ
ޑްރައިވިންގ އިންސްޓަރަކްޓް ކާޑަކީ އެތަނުގެ ވަޒީފާއަދާކުރާތީވެ ނުވަތަ އެތަނުގެ މުވައްޒަފަކަށްވާތީވެ
ޑްރައިވިންގ އިންސްޓްރަކްޓަރ ކާޑެއްނޫންކަމަށް ހެލްޕް ޑްރައިވިންގ ސްކޫލުން ބަޔާންކުރުމުންވެ.
އެކަމަށް ބެލުމެއްނެތި މައްސަލަ ނިންމާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ، ޙަސަން ރިޒްމީން ހެލްޕްޑްރައިވިންގ ސްކޫލުގައި
މަސައްކަތްކޮށްފައިވަނީ އެތަނުގެ މުވައްޒަފެއްގެ ގޮތުގައި ނޫންކަމަށާއި އަދި އޭނާއަށް އެއްޗެއްދެނީ
މުސާރައިގެ ގޮތުގައި ނޫންކަމަށް ބުނެފައިވަނިކޮށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މައްސަލަބެލި މަޖިލީހުން
ބުނުމުގެ މާނަ ނަފީވާގޮތަށް މައްސަލަ ނިންމާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ.
އެޖެން
3- މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/47 މައްސަލަ
ނިމުނުގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފު ކުރަމުން ހެލެޕް ޑްރައިވިންގ ސްކޫލްގެ ފަރާތުން
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ އިންޤިލާދީމެ
ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/z71
ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، މ.ވޯޓަރވެލީ (ކ.މާލެ ޙަސަން ރިޒްމީންގެ ފަރާތުން ހެލްޕް ޑްރައިވިންގ
ސްކޫލުގެ މައްޗަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅި މައްސަލައަކީ، އޭނާ 20
މާރޗް 2011 އިން ފެށިގެން ހެލްޕް ޑްރައިވިންގ ސްކޫލްގައި "ޑްރައިވިންގ އިންސްޓްރަކްޓަރ" އެއްގެ
ގޮތުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އެއްވެސް އެންގުމަކާއިނުލާ 21 މާރޗް 2012 ގައި އެތަނުގެ
ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކުރި ސަބަބެއް އަދި އެއްވެސް އެންގުމެއްނެތި ވަޒީފާއިން
ވަކިކުރުމުން ލިބެންވާ އިނާޔަތާއި އަދި ވަޒީފާ އަދާކުރި މުއްދަތުގައި ލިބެންވާ އިތުރުގަޑީގެ ފައިސާ ހޯދުމަށް
އެދި ހުށަހެޅި މައްސަލައެއްކަން އެނގޭކަމާއި، މި މައްސަލައިގައި ޖަވާބުދާރީ ވަމުން ހެލްޕް ޑްރައިވިންގ
ސްކޫލުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވާ ނުކުތާއަކީ، ޙަސަން
ރިޒްމީން އަކީ ހެލްޕް ޑްރައިވިންގ ސްކޫލުގެ މުވައްޒަފެއް ނޫންކަމަށާއި، އެއްވެސް އިރެއްގައި ޙަސަން
ރިޒްމީންއަށް އެސްކޫލުގެ ފަރާތުން ވަޒީފާއެއް ހަމަޖައްސާދީފައިނުވާނޭކަމަށާއި، އޭނާއަކީ ރަޙުމަތްތެރިކަމުގައި
ހެލްޕް ޑްރައިވިންގ ސްކޫލަށް ވަދެ އުޅޭ މީހެއްކަމަށާއި، އަދި އޭނާއަށް އަމިއްލައަށް ފެނިގެން ދުއްވަން
ދަސްކޮށްދިނުމަށް އުޅޭތީ
އޭނާއަށްވެސް ސްކޫލުގެ ފަރާތުން ކޮންމެވެސް އުޖޫރައެއް ދެނީ ކަމަށާއި
މިހެންކަމުން ޙަސަން ރިޒްމީން އެދޭ ބަދަލަކީ އޭނާއަށް ދޭންޖެހޭ ބަދަލެއް ނޫންކަމަށާއި، އަދި މައްސަލައަކީ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ހިންގިދާނެ މައްސަލަ އެއްކަމުގައިވެސް ނުދެކޭކަމަށެވެ.
(ނ) ދެވަނަކަމަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ދޫކޮށްފައިވާ ކިޔަވާދޭ ތަންތަންތާގެ
ރަޖިސްޓްރީ ނަންބަރު 10
/
2002
/
001-ER
/
5
/
T-22 ރަޖިސްޓްރީ އަށް ބަލާއިރު، ހެލްޕްޑްރައިވިންގ
ސްކޫލުގެ ވެރިފަރާތަކީ ހ.ދެވެލިކިނާރާ މުޙައްމަދު އަޙުމަދު މުޙައްމަދުކަން އެނގެން އޮތް އިރު މި ސްކޫލަކީ
ކުންފުންޏެއް ނުވަތަ ޖަމްޢިއްޔާއެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއްކަން އެނގެން ނެތުމުން
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ޔުޒު ހިނގުން، ތީމުގޭ 3 ނަންބަރު
އީމެއިލް [email protected]
ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/z71
މިމައްސަލައިގެ ދަޢުވާ ރައްދުވާ ޙަޤީޤީ ފަރާތަކީ މި މުޙައްމަދު އަޙުމަދު މުޙައްމަދު ކަމުގައި ބެލެވޭކަމާއި،
ޙަސަން ރިޒްމީން އަކީ ހެލްޕް ޑްރައިވިންގ ސްކޫލުގެ މުވައްޒަފެއް ނޫންކަމަށް އެސްކޫލުގެ ފަރާތުން
ބުނާތީ، އޭނާއަކީ ހެލްޕް ޑްރައިވިންގ ސްކޫލުގެ މުވައްޒަފެއްކަން ސާބިތުކޮށް ދިނުމުގެ ގޮތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލް އަށް އޭނާގެ ފަރާތުން ހެކިން ހުށަހަޅާފައިވާއިރު، ޙަސަން ރިޒްމީންގެ ފަރާތުން ހެކިންގެ
ގޮތުގައި ހުށަހެޅި ފަރާތްތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޙާޟިރުކޮށް އެފަރާތްތަކުގެ
ހެކިބަސްނެގިފައިވާކަން އެނގެން އޮންނަކަމާއި، މީގެ އިތުރުން ކިތާބީ ހެކީގެ ގޮތުގައި ޙަސަން ރިޒްމީންގެ
ފަރާތުން ވަނީ ހެލްޕް ޑްރައިވިންގ ސްކޫލުގެ ޖޮބްލެޓަރ އެއްކަމަށް ބުނާ ސިޓީއަކާއި، ޙަސަން
ރިޒްމީންއަށް ހެލްޕްޑްރައިވިންގ ސްކޫލުގެ ނަމުގައި ހަދާދީފައިވާ ޑްރައިވިންގ އިންސްޓްރަކްޓަރ ކާޑެއް
ވަޒީފާއާބެހޭ ޓްރައިބިއު
އިބިއުނަލްއަށް ހުށަހަޅާފައިކަން އެނގޭކަމެވެ.
އ ހ ށ ޑ 4
CUO
و سرور سرور
(ނ) ތިންވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ހެލްޕްޑްރައިވިންގ ސުކޫލުގެ ފަރާތުންނާއި،
ޙަސަން ރިޒްމީންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ
ވާހަކަތަކުގެ މައްޗަށް ޖުމްލަ ގޮތެއްގައި ބަލާއިރު، އަދި ހެލްޕް ޑްރައިވިންގ ސްކޫލުން އިސްތިއުނާފުކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށް ބެލުމުން މިދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ޚިލާފުގެ އަސްލު
(ވެގެންވަނީ
ޙަސަން ރިޒްމީންއަކީ ހެލްޕް ޑްރައިވިންގ ސްކޫލުގެ މުވައްޒަފެއްތޯ ނުވަތަ ނޫންތޯ މިކަމުގެ މައްޗަށްކަމާއި،
އަދި ހެލްޕް ޑްރައިވިންގ ސްކޫލުގެ ފަރާތުން ހުށަހެޅި އިސްތިއުނާޕީ ނުކުތާތަކުގެ މައިގަނޑަކީވެސް މިއީ
ކަމާއި، މިހެންކަމުން މިމައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ޙަސަން ރިޒްމީންއަކީ ހެލްޕް ޑްރައިވިންގ
ސްކޫލުގެ މުވައްޒަފެއްކަން ނުވަތަ ނޫންކަން ކަނޑައަޅައި އެކަމުގެ މައްޗަށް ގޮތެއް
ނިންމަން ޖެހޭކަން
#
އެނގޭކަމެވެ.
ދި
ހ3934 6
ރ 3
$
(ރ) ހަތަރުވަނަކަމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގައި "މުވައްޒަފު"
މާނަކޮށްފައިވާ ގޮތަށް ބަލާއިރު، މުވައްޒަފަކީ ވަޒީފާއަދާކުރުމު
އެއްބަސްވުމުގެ ދަށުން ޚިދުމަތް
ދޭމީހާކަމުގައި އަދި މިބަހުގެ މާނައިގައި، މިނިވަންނޫން ކޮންޓްރެކްޓަރާއި ވަޒީފާދޭފަރާތަށް، ކުރިން
މަސައްކަތް ކޮށްދީފައިވާ މުވައްޒަފުންވެސް ހިމެނޭ ކަމުގައި އޮންނަކަމާއި، އަދި ވަޒީފާދޭ
ފަރާތާއި ކޮންމެ މުވައްޒަފަކާ ދެމެދު ލިޔުމަކުން ނުވަތަ ލިޔުންތަކަކުން އެކުލެވިގެންވާ ވަޒީފާގެ
ދ ޏ ސ ޑ ވ
ހިރާއްޖޭގެ
ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމު ސާދުވާހެން
އީމެއިލް [email protected]
www.highcourt.gov.mv
7
2012/HC-A/271
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
42
ކަންއެނ#
އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެން
އޮންނައިރު އެޤާނޫނުގެ 15 ވަނަ މާއްދާގައި "ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް އެވަޒީފާގައި އަދާކުރަންޖެހޭ
އެތައް ހިމެނޭ ވަޒީފާ ބަޔާނެއް، ކޮންމެ މުވައްޒަފަކަށް، ލިޔުމުންދޭންވާނެ" ކަމަށް ބަޔާންކޮށްފައި
އޮންނަކަމާއި، މިހެންކަމުން ވަޒީފާއާބެހޭ ޤާނޫނު އެފަރާތެއްގެ މައްޗަށް ހިންގޭނެ މުވައްޒަފު ދެނެގަތުމުގެ
އެންމެ އަސާސީ ގޮތަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދު ވަޒީފާއަދާކުރުމުގެ އެއްބަސްވުމެއް އޮތްކަން
ނުވަތަ ނޫންކަން އަދި މުވައްޒަފުގެ ވަޒީފާ ބަޔާނެއް އޮތްކަން ނުވަތަ ނޫންކަން ދެނެގަތުންކަމާއި،
އެހެންނަމަވެސް ވަޒީފާގެ އެއްބަސްވުން އެކުލަވާލުމާއި މުވައްޒަފުގެ ވަޒީފާ ބަޔާންތައްޔާރު ކުރުމުގެ ބާރަކީ
ވަޒީފާދޭ ފަރާތަކުން އަދާކުރަން ލާޒިމްކޮށްފައިވާ ކަމެއްކަން އެނގެން އޮތުމުން، ވަޒީފާދޭ ފަރާތްތަކުގެ
މުކޮށްފައިވާ މިކަންކަން ނުކޮށް ދޫކޮށްލުމަކުން، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ
ޤާނޫނު) ގައި ބަޔާންކުރެވިގެންވާ މުވައްޒަފަކަށް
އަދާކުރުން
ވަޒީފާދޭފަރާތުގެ ކިބައިން ކެނޑިގެން ނުދާނެކަން އެނގެން އޮންނަކަމެވެ.
ހއދވ
ދުއިސަށް
84ޑ 4ދ01
ލިބިދޭންޖެހޭކަމަށް
ور
ޙައްޤުތައް
2 * *
44
(ބ) ފަސްވަނަކަމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ބާރު ހިންގޭނެ
"މުވައްޒަފު" ވަޒީފާއާބެހޭ ޤާނޫނުގައި މާނަކޮށްފައި އޮތްގޮތުން ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދު
ލިޔުމުން ވަޒީފާގެ އެއްބަސްވުން އެކުލަވާލެވިފައިއޮތުން ލާޒިމްކޮށްފައިވީ ނަމަވެސް ވަޒީފާދޭ ފަރާތްތަކުގެ
މައްޗަށް ލާޒިމުކޮށްފައިވާ މިކަން ކުރެވިފައި ނެތްނެތުމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ
ޤާނޫނު) ގައި ބަޔާންކުރެވިގެންވާ މުވައްޒަފަކަށް ލިބިދޭންޖެހޭކަމަށް ބުނާ ޙައްޤުތައް އަދާކުރުން
ވަޒީފާދޭފަރާތުގެ ކިބައިން ކެނޑިގެން ނުދާނެކަމެއްކަން އެނގެން އޮންނާތީ، މިފަދަ ޙާލަތުގައި
މުވައްޒަފު" ދެނެގަތުމުގައި މިދެފަރާތުގެ ދެމެދުގައި ޢަމަލުތައް ބަހައްޓާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް
އެއީ މުވައްޒަފެއްކަން ނުވަތަ ނޫންކަން ދެނެގަނެވިދާނެ ކަމާއި، މިގޮތުން ވަޒީފާއާބެހޭ ޤާނޫނުގައި
އިޝާރާތްކުރާ ފަދަ ވަޒީފާ އަދާކުރުމުގެ ލިޔުމުން އެކުލަވާލެވިފައިނުވާ ޙާލަތްތަކުގައި ތިބޭ
މީހުންގެ ތެރެއިން އެފަރާތްތަކަކީ މުވައްޒަފުންކަން ނުވަތަ ނޫންކަން ދެނެގަންނާނެ އިތުރު
ނުވަތަ
ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކުރެވިފައި ނުވިނަމަވެސް،
ދިވެހިރާއްޖެވެސް އެޖަމާޢަތުގެ މެންބަރެއް ކަމުގައިވާ އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން
4 22
ޑ 8
7
8
9 ، 8
އއސ2އ
4
CO
2
2 ދޑ 8
އދއ
4ދ9ދ، 4
ޙާލަތުތަކެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2012/HC-A/z71
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވަޒީފާގެ
(އައި.އެލް.އޯ ގައި މިފަދަ ޙާލަތްތަކުގައި ޢަމަލުކުރެވޭނެ ގޮތްތައް ބަޔާންކުރާ ގައިޑްލައިނެއްކަމުގައިވާ
އެމްޕްލޯއިމަންޓް ރިލޭޝަން ރިކޮމެންޑޭޝަން 2006 (ނަންބަރު 198) އަށް ބަލާއިރު، ދެފަރާތު ދެމެދު
ގުޅުން ވުޖޫދުގައިވާކަން ކަނޑައެޅުމަށްޓަކައި ރިޢާޔަތްކުރަންޖެހޭ މައްސަލައެއްގެ
ވާޤިއާތަކަށްކަމަށް ބަޔާންކޮށްފައިވާކަމާއި، އެގޮތުން، ރިޢާޔަތް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، މީހަކު
މަސައްކަތް ކުރާ ތަބީޢަތު ނުވަތަ އޭނާ މަސައްކަތްކުރާ ވަގުތުތަކާއި، މަސައްކަތްކުރަން ކަނޑައެޅިފައިވާ
ތަނާއި، އަދި އެމީހަކު ވަޒީފާ ދިން ފަރާތުގެ ކޮންޓްރޯލުގައި ހުރި މިންވަރާއި، މާލީ ގޮތުން ބަރޯސާވެފައިވާ
މިންވަރާއި، މުސާރަދޭ ގޮތަށާއި ، މަސައްކަތުގައި ބޭނުންކުރާ ސާމާނު ހޯދައިދޭ ފަރާތްތަކުގެ މައްޗަށާއި،
މަސައްކަތްކުރަނީ ޖުމްލަކޮށް ނުވަތަ ހަމައެކަނި އެހެން ފަރާތެއްގެ މަންފާއަކަށްޓަކާތޯއާއި، މިފަދަ ކަންކަމަށް
ބެލުމަށްފަހު އެފަދަ މީހަކީ މުވައްޒަފެއްކަން ނުވަތަ ނޫންކަން ކަނޑައެޅިދާނެކަމަށް
.ޑައެޅިދާނެކަމަށް ބަޔާންކޮށްފައިވާކަން
އެނގޭކަމާއި،
ޝާރާތްކުރެވުނު ބައެއް އުޞޫލުތަކަކީ ކެނެޑާ، އިނގިރޭސިވިލާތް،
އިޓަލީ އަދި ފަދަ ދުނިޔޭގެ ކުރިއަރާފައިވާ ތަހުޒީބީ މުޖުތަމަޢުތަކުގައި
ކަނޑައެޅުމުގައި ޢަމަލުކުރަމުން ގެންދާ އުޞޫލުތަކެއްކަން އެނގެން އޮންނަކަމެވެ.
ޑ 3
2
އެ 63
އިސްވެ އި
ހދ 4
0
8
އަޔަލެންޑް
3 ތތ ހ ޑއ ދ ތ
މުވައްޒަފެއްކަން
COC
(ޅ) ހަވަނަކަމަކީ، ޙަސަން ރިޒްމީން އާއި ހެލްޕް ޑްރައިވިންގ ސްކޫލާއި ދެމެދު ވަޒީފާއާބެހޭ
ޤާނޫނުގައި ބުނާ ފަދަ ވަޒީފާގެ އެއްބަސްވުމެއްވެސް އަދި ޙަސަން ރިޒްމީންގެ ވަޒީފާގެ ބަޔާނެއްވެސް
ނެތުމުން އަދި ޙަސަން ރިޒްމީންއަކީ އެސްކޫލްގެ މުވައްޒަފެއްކަމާއި މެދު އެސްކޫލުގެ ފަރާތުން އިންކާރު
ކޮށްފާވާވުމުން، ޙަސަން ރިޒްމީންއަކީ ހެލްޕް ޑްރައިވިންގ ސްކޫލުގެ މުވައްޒަފެއްކަން ނުވަތަ ނޫންކަން އަދި
މިދެފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުމެއްވާކަން
އެވާކަން ދެނެގަތުމުގައި ޙަސަން ރިޒްމީން އާއި މެދު އެސްކޫލުގެ
ފަރާތުން ޢަމަލުތައް ބަހައްޓާފައިވާ ގޮތުގެ މައްޗަށާއި، މިމައްސަލައިގެ ވާޤިޢާތަކުގެ މައްޗަށް ބަލާއިރު،
ޙަސަން ރިޒްމީން މެދު ނުކެނޑި ހެލްޕް ޑްރައިވިންގ ސްކޫލުގައި އެއްއަހަރަށް
އަހަރަށް ވުރެ ގިނަ ދުވަހު
މަސައްކަތް ކޮށްފައިވާކަން އެނގޭތީއާއި އޭނާއަށް މުސާރަ ދެމުން ގެންދިޔައީ މަހުންމަހަށްކަން ހެކިންގެ
ހެކިބަހުންނާއި މައްސަލައިގައި ހިމެނޭ ދެފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ދެއްކި ވާހަކަތަކުން
އެޓްރައިބިއުނަލުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައި އޮންނައިރު،
4 * *
هلހދ8
އިންޤިކމަށް އ
ހައިކޯޓް
، ދިވެހިންބޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/271
މިމައްސަލަގައި ޙަސަން ރިޒްމީންގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ޙަސަން ރިޒްމީން ކުރަމުން
ދިޔަ މަސައްކަތަށް ބޭނުންވާ ސާމާނާއި އެހެނިހެން ވަސީލަތްތައް ހޯދައިދެމުން ގެންދިޔައީ ހެލްޕް
ޑްރައިވިންގ ސްކޫލުންކަމަށް ބުނެފައިވާތީއާއި، މީގެ އިތުރުން ޙަސަން ރިޒްމީންއަށް އެސްކޫލުން އެދިގެން
ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިވެގެން "ޑްރައިވިންގ އިންސްޓްރަކްޓަރ" ކާޑެއް ހަދާދީފައި އޮންނައިރު،
ޙަސަން ރިޒްމީން ކުރި މަސައްކަތުގެ ތަބީޢަތަށް ބަލާއިރު، އޭނާ ކުރާ މަސައްކަތް މޮނިޓަރ ކޮށް
ސްޕަވައިޒް ކުރަމުގެ އެންމެހާ ބާރު އޮތީ ހެލްޕް ޑްރައިވިންގ ސްކޫލަށްކަން އެނގޭތީ އާއި މިމައްސަލައާއި
ގުޅިގެން ޙަސަން ރިޒްމީން އާއި ހެލްޕް ޑްރައިވިންގ ސްކޫލުގެ ފަރާތުން ދެއްކިވާހަކަތަކާއި، މައްސަލައިގައި
ހުށަހެޅުނު އެންމެހާ ހެކިތަކުގެ މައްޗަށާއި މި އެންމެހާ ކަންކަމުގެ މައްޗަށް ޖުމްލަ ގޮތެއްގައި ބެލުމުން
ޙަސަން ރިޒްމީން އަކީ ހެލްޕް ޑްރައިވިންގ ސްކޫލުގެ މުވައްޒަފެއްކަމު
ފެއްކަމުގައި ބެލެވޭކަން އެނގޭކަމެވެ.
8
ހ2 8
6
4
0
می رسمون
އފހރ
(ކ) ހަތްވަނަކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ
ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން
ސާބިތުކޮށް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި،
އެހެނިހެން ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި
އޮންނައިރު، އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނީ އެކަށީގެންވާ ސަބަބެއް
އޮވެގެން އަދި އެޤާނޫނުގައި ކަނޑައެޅިބަޔާންވެގެންވާ އިންތަކާއި މިންގަނޑުގެ ތެރެއިންކަން ވަޒީފާއާބެހޭ
21، 12، އަދި 23 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮތްއިރު، ޙަސަން ރިޒްމީން
ދާކުރަމުން ދިޔައީ ހެލްޕްޑްރައިވިންގ ސްކޫލުގެ ވަޒީފާއެއްކަން އެނގެން އޮތް އިރު އޭނާއަކީ މިހާރު
މުވައްޒަފެއް ނޫންކަމަށް ހެލްޕްޑްރައިވިންގ ސްކޫލުން ބުނާ ބުނުމުން ޙަސަން ރިޒްމީން އެވަނީ
އެތަނުގެ ވަޒީފާއިން ވަކިކުރެވިފައި ކަމުގައި ބަލަން ޖެހޭކަމާއި، މިހެންކަމުން އަދި ޙަސަން ރިޒްމީން އަދާ
ދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ އެއްވެސް އެންގުމެއް ނެތި، އަދި ސަބަބެއްވެސް
ނެތިކަން އެނގޭތީ، ޙަސަން ރިޒްމީން ހެލްޕް ޑްރައިވިންގ ސްކޫލުގައި އަދާކުރަމުން ދިޔަ
ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ހެލްޕް ޑްރައިވިންގ ސްކޫލަށް
ސާބިތުކޮށްދެވިފައިނުވާކަމަށް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާގެ (ރ) އިން ލިބިދޭ ޤާނޫނީ ޙައްލު ޙަސަން ރިޒްމީންއަށް ލިބިދިނުމަށް އެ ޓްރައިބިއުނަލް އިން
ޖަމިއްއްޖޭގެ ހައި
4ތން
0729
ވެރިން
ހ2 4
3 2ޑ 8
@7ނV/2އ
ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަމްބަރު ޖެރާ
އީމެއިލް: [email protected]
www.highcourt.gov.mv
އާޖެއނެތްކަ9
10
2012/HC-A/271
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނިންމާފައިވާ ނިންމުން ބަދަލުކުރަން ޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް މި މައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
އަކު
ދެންފަހެ،
އިސްވެ ފާހަގަކުރެވުނު ކަންކަން
އެގޮތުގެ މަތިން ހުރުމާއި އެކު،ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/47 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެމައްސަލައިގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް
މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/47 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ
ނިންމުމަށް ތާއީދުކޮށްފީމެވެ.
46 4
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv