ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/103 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2017/HC-A/103
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
• ޤަޟިއްޔާ ނަންބަރު: 103/HC-A/2017
• އިސްތިއުނާފު ކުރި ފަރާތް:
* ނަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައި.ޑީ.ކާޑު ނަންބަރު.
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޙުސައިން މުއާޒް
ދާއިމީ އެޑްރެސް: އަލިވާގެ/ ސ. މަރަދޫ
އައި.ޑީ.ކާޑު ނަންބަރު: A287012 * މިހާރުގެ އެޑްރެސް: ހދ. ހުޅުމާލެ ފްލެޓް 03-1-106/ ކ.މާލެ
**
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 26 ރަބީޢުލްއާޚިރު 1438
24 ޖަނަވަރީ 2017
ނިމުނު ތާރީޚް: 16 ޖުމާދަލްއޫލާ 1438
13 ފެބްރުއަރީ 2017
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2017
/
847/J
/
MD-145
• ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު (މަސްތުވާތަކެތި އެތެރެކުރުން ގެންގުޅުން ޓްރެފިކްކުރުން)
0
އަމުރު ނެރުއްވި ތާރީޚް: 30 ޖަނަވަރީ 2017
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު:ޢަބްދުﷲ ދީދީ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ، ދިޔާން
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/103
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
847/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ،
މަރަދޫ އަލިވާގެ ޙުސައިން މުޢާޒުއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
847/J
/
MD-145 ކޯޓު އަމުރު، އެކޯޓުން ނެރެފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
co
ccc
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
847/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު އަމުރު
ނެރެފައިވަނީ، 30 ޖަނަވަރީ 2017 ވަނަ ދުވަހުގެ 14:15 އިން 04 ފެބްރުއަރީ 2017 ދުވަހުގެ 14:14
އަށް ޙުސައިން މުޢާޒު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްކަމާއި، މިގޮތަށް ޙުސައިން މުޢާޒު ގޭގައި
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރެއްވި ސަބަބަކީ މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި،
ރައްކާތެރިކަމަށްޓަކައި” ކަން މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2017/HC-A/113
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
847/J
/
MD-145 ކޯޓު އަމުރު ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ އެއަމުރު އިސްތިއުނާފް ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ
ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؟
04
02
. ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2017
/
847/J
/
MD-145 ކޯޓު
އަމުރަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގައި ކުށްކުށަށް
މީހުން ބަންދުގައި ހެއްޓުމާމެދު ކަނޑައެޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވައި
ނެރުއްވާފައިވާ އަކަށްވާކަމަށް ބުނެ ހުށަހެޅި
2 ހ3 sޑ
هހ2
އަމުރަކަށްވާ
ނުކުތާއެވެ.
9
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ"
ކަމަށް ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 19/SC-A/2010 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ
ވަނަ ނަންބަރަށާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:
33/SC-A/2011 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:10/SC
-
A/2016
ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 52/HC
-
A/2016 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު:
440/HC
-
A/2016 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު:
467/HC
-
A/2016 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް، ކްރިމިނަލް ކޯޓުން އަމުރު
ނެރުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 29(3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2017/HC-A/113
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
847/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތްތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި
ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
4 e
އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
ކުށެއްގެ
(ހ) ފުރަތަމަކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު
ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯ؟
އެތްތޯކަމާއި، ޤާނޫނުއަސާސީގެ
49 ވަނަ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ
މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ރުވުމަށް މަސައްކަތް
ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ
މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި
ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއިގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ
ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/113
ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި،
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
. ,
4 e 4
ބޭނުންކުރުމުގެ
(ށ) ދެވަނަކަމަކީ، އިސްތިއުނާފުކުރެވޭ މައްސަލައިގައި މަރަދޫ އަލިވާގެ ޙުސައިން މުޢާޒުގެ
މައްޗަށް ތުހުމަތުކުރެވިފައިވަނީ، މީނާ އިތުރު ބަޔަކާ ގުޅިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް
އެތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ ކުށުގެ މައްޗަށްކަމާއި، އެހެންކަމުން ޙުސައިން މުޢާޒު
ދޫކޮށްލައިފިނަމަ ޙުސައިން މުޢާޒުގެ ފަރާތުން މުޖުތަމަޢަށް ނޭދެވޭ އަސަރެއްކޮށްފާނެކަމަށް ފެންނާތީ،
މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ޙުސައިން މުޢާޒު ބަންދުގައި ބަހައްޓަން
އަމުރުކޮށްދެއްވުން އެދޭކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 155795/MF [ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިންނާއި، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ
ވާހަކަތަކުން އެނގެން އޮންނަކަމާއި، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ
ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި
މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކުށްތަކެއްކަމާއި، ޤާނޫނު ނަންބަރު
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓްރެފިކްކުރުމުގެ ކުށަކީ
މުޠުލަޤު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައިބިލިޓީ) އުފުލަންޖެހޭ ކުށެއްގެ ގޮތުގައި ބަޔާންވެފައިވާ ކުށެއްކަމާއި
މިކުށަކީ އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ ޖިނާޔަތުގެ ކުށެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 10/SC-A/2016 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވާފައިވާ ކަމާއިގެ
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ، އެކުށްތަކުގެ
ބާވަތުން މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު
"17/2011
ކުށުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/113
ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
33/SC-A/2011 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވައި އެޤަޟިއްޔާގައި
ތުހުމަތުކުރެވުނު ފަރާތް އެމައްސަލައިގެ ޝަރީޢަތް ނިމެންދެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ
ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރު ނެރުއްވާފައިވާކަން އެނގެން
އޮންނަކަމެވެ.
29
332
4 ه
هހ2ކވެ
(ނ) ތިންވަނަކަމަކީ، ޙުސައިން މުޢާޒު ދިރިއުޅޭ ގޭގައި ޙުސައިން މުޢާޒު ދިރިއުޅޭ ކޮޓަރި
ބަލާފާސްކުރިކުރުމުން 8595.2609 ގްރާމްގެ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭތަކެތި ފެނިފައިވާކަމާއި،
ތ. ގުރައިދޫ ފަލްކަން އިބްރާހީމް އާޒިދު ދިވެހިރާއްޖެއަށް އެތެރެކުރިކަމަށް މަސްތުވާތަކެތި ހުރި
ފޮޅިގަނޑު ބަލާ ޙުސައިން މުޢާޒު އެއަރޕޯޓް އަށް ގޮސް އެފޮށިގަނޑާއި ޙަވާލުވެފައިވާކަމާއި، އެފޮށިގަނޑުގައި
ހުރި މަސްތުވާތަކެތި ލެބޯރޓްރީ ތަޙްލީލުކުރުމުން ޓެޓްރާހައިޑްރޯކެނެބިނޯލް އަށާއި ކެނަބިނޯލްއަށް ޕޮސިޓިވްކަމަށް
ދައްކާ ޖުމްލަ ބަރުދަނުގައި 9825.8 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާކަން އެނގެން އޮންނައިރު،
މިމައްސަލައިގައި ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ބެލުމުން ޙުސައިން މުޢާޒުގެ މައްޗަށް
ތުހުމަތުކުރެވޭ ކުށަށް ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ޤަރީނާ ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާކަން
އެނގޭކަމާއި، މިހެންކަމުން މިމައްސަލައިގެ ބާވަތަށާއި، ހުށަހެޅުނު އެކި ޤަރީނާގެ މައްޗަށާއި، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 33/SC-A/2011 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި
ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބެލުމުން، މިފަދަ ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި ހުރުމަކީ ނުވަތަ
ގޭ ބަންދުގައިވެސް ހުރުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމުގައި
ބެލެވެންއޮންނަކަމާއި، މިހެންކަމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ޙުސައިން
މުޢާޒު ބަންދުގައި ގޭގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވާ އެ ކޯޓުގެ ނަންބަރު
2017
/
847/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމަށެވެ.
ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/103
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކުރިމިނަލް ކޯޓުގެ
ނަންބަރު 2017
/
847/J
/
MD-145 ކޯޓު އަމުރު މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް، 2017 ފެބްރުއަރީ 13 ވަނަ ދުވަހުގެ 11:56 އިން
ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް މަރަދޫ އަލިވާގެ ޙުސައިން މުޢާޒު މިނިސްޓްރީ އޮފް ހޯމް
އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން އަމުރުކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv