ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/286 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/286
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 286/HC
-
A/2013
އިސްތިއުނާފުކުރި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތްތައް:
ނަން: 1- ޢަލީ އަޙްމަދު
އައިޑީ ކާޑުނަންބަރު: A099340
*
ދާއިމީ އެޑްރެސް: ޖަނަވަރީމާގެ/ ފ.ނިލަންދޫ
މިހާރުގެ އެޑްރެސް: މއ.އޯކިޑްގެ މާލެ
* ނަން: 2- ޢާއިޝަތު ޢަބްދުލްވައްހާބް
އައިޑީ ކާޑުނަންބަރު: A130300
ދާއިމީ އެޑްރެސް: ދުވޭދާރުގެ/ ފ.ނިލަންދޫ
މިހާރުގެ އެޑްރެސް: ދަބުގެ/ ފ.ނިލަންދޫ
"1434
• ރަޖިސްޓްރީ ތާރީޚް: 09 ޛުލްޤައިދާ
15 ސެޕްޓެމްބަރ 2013
= ނިމުނު ތާރީޚް: 04 ޝަޢުބާން 1435
02 ޖޫން
2014
ދިވެހިރާއްa
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/L6C/60
ނިންމެވި ކޯޓް: ނިލަންދެއަތޮޅު އުތުރުބުރި ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެ ބާވަތް: އަމުރަށް ނުކިޔަމަންތެރިވުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/286
އއޅފަ.
ހު
ޖެހިރާއްޖޭގެ ހައި9
ދަޢުވާގެ ޚުލާޞާ
މިއީ، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/L6C/60
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު
ކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެ
ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ، ފ.ނިލަންދޫ ޖަނަވަރީމާގެ ޢަލީ
އަޙްމަދާއި ހަމައެރަށު ދުވޭދާރުގެ ޢާއިޝަތު ޢަބްދުލްވައްޙާބުވެ.
ހަގަކުރެވުނު ނުކުތާތައް:
01- ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ފ.ނިލަންދޫ، ޖަނަވަރީމާގެ ޢަލީ
އަޙްމަދާއި ފ.ނިލަންދޫ ދުވޭދާރުގެ ޢާއިޝަތު ޢަބްދުލްވައްޙާބުއާ ދެމީހުން، 10 ޖެނުއަރީ 2012 ވަނަ ދުވަހުގެ
23:45 އެހާކަންހާއިރު، ފ.ނިލަންދޫ ދަނބުގޭގެ ކޮޓަރިއެއްގައި ދޮރު ލައްޕައިގެން އެކަހެރިކޮށް ތިބެފައިވާތީ،
ޤާނޫނުލްއުޤޫބާތުގެ 80 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަލީ އަޙްމަދާއި ޢާއިޝަތު ޢަބްދުލްވައްހާބުގެ މައްޗަށް
އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ދައުލަތުން ދަޢުވާކުރުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، ބަޔާންވެދިޔަ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ޕްރޮސެކިއުޓަރ
ޖެނެރަލްގެ ފަރާތުން، ފ.ނިލަންދޫ ޖަނަވަރީމާގެ ޢަލީ އަޙްމަދާއި ފ.ނިލަންދޫ ދުވޭދާރުގެ ޢާއިޝަތު
ޢަބްދުލްވައްހާބާއާ ދެމީހުންގެ މައްޗަށް، ޤާނޫނުލްއުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރައްވާފައިވާ،
އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއަށް ޝަރީޢަތުން ބެލިބެލުމުގައި، މިދަޢުވާގައި ބަޔާންކުރާ ޢަމަލާއި
60/L6C/2012
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 331471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯ"
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/286
ގުޅިގެން، ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ފ.ނިލަންދޫ ޖަނަވަރީމާގެ ޢަލީ އަޙްމަދާއި ފ.ނިލަންދޫ
ދުވޭދާރުގެ ޢާއިޝަތު ޢަބްދުލްވައްހާބްއާ ދެމީހުންގެ މައްޗަށް، ހުށަހެޅި އަޞްލުދަޢުވާއަކީ، "ބަދުއަޚްލާޤީ ޢަމަލު
ހިންގުމުގެ ކުށުގެ ދަޢުވާ" ކަން، އެގެން އޮވެފައި، އަޞްލު ދަޢުވާއަށް ގެނެވުނު އިޞްލާޙެއްގެ ގޮތުން،
އަޞްލު ދަޢުވާ "އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ" އަށް ބަދަލުކުރިކަން، ޕްރޮސެކިއުޓަރ ޖެނެރަލްގެ
ފަރާތުން މިކޯޓަށް އެންގުމާއި ގުޅިގެން، އަޞްލު ހުށަހެޅުނު ދަޢުވާ ކުރިއަށް ގެންދެވެން ނެތްކަމަށް
ކަނޑައަޅައި މިކޯޓުން އިޖުރާޢީ ނިންމުމެއް ނިންމާފައިވާތީ، އެނިންމުން އެގޮތުގައި ދެމިއޮއްވާ، މިހާރު
ހުށަހަޅާފައިވާ ދަޢުވާއަކީ ފުރަތަމަ ހުށަހެޅި އަޞްލު ދަޢުވާއަށް ގެނެވުނު އިޞްލާޙެއް ކަމަށް ބަލައިގެން، އަދި
ދައުލަތުން ބަޔާންކުރި ފަދައިން މިދަޢުވާއަކީ، އަޞްލު ދަޢުވާ ނޫން އާދަޢުވާއެއްކަމަށް ބަލައިގެންވެސް ކުރިއަށް
ނުގެންދެވޭނެކަމާއި، މިދަޢުވާގައި ބަޔާންކުރާ ޢަމަލާއި ގުޅިގެން ހުށަހެޅުނު އަޞްލު ދަޢުވާ ކުރިއަށް ގެންދެވެން
ނެތްކަމަށް ކަނޑައަޅައި މިކޯޓުން ގޮތެއް ނިންމާފައިވަނިކޮށް، މިހާރު ހުށަހެޅިފައިވާ އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއަކީ އަޞްލު ދަޢުވާއަށް ގެނެވުނު އިޞްލާޙެއްގެ ގޮތުގައި ނުވަތަ
އާދަޢުވާއެއްގެ ގޮތުގައި، ކޯޓުން ބަލައިގަނެ ކުރިއަށް ގެންދާނަމަ، ދަޢުވާގައި ބަޔާންކުރާ ޢަމަލާއި ގުޅިގެން
ދެދަޢުވާއެއް ވުޖޫދުވާނެކަމާއި، އެހެންކަމުން، މިހާރު ހުށަހަޅާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ
ދަޢުވާއަކީ، މިކޯޓުގެ ނަންބަރު 2012/L6C/44 (15 ސެޕްޓެމްބަރ 2012 ޤަޟިއްޔާގައި ނިންމާފައިވާ
އިޖްރާޢީ ނިންމުން އެގޮތުގައި އޮއްވާ، ޝަރީޢަތުން ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅައި
ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
cucOc>
4
493 ހ
ހއޓއށ
02-ނިލަންދެއަތޮޅު އުތުރުބުރި ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/L6C/60 ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ އެއްނުކުތާކަމާއި،
ދައުލަތުން ފ.ނިލަންދޫ
ޖަނަވަރީމާގެ ޢަލީ އަޙްމަދާއި، ފ.ނިލަންދޫ ދުވޭދާރުގެ ޢާއިޝަތު ޢަބްދުލްވައްހާބުގެ މައްޗަށް ފ.ނިލަންދޫ
މެޖިސްޓްރޭޓް ކޯޓަށް ފުރަތަމަ ހުށަހެޅި ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ފަހުން އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއަށް ބަދަލުކޮށް، ދަޢުވާ ހުށަހެޅުމުން ފަހުން ހުށަހެޅުނު ދަޢުވާ ކުރިއަށް
ގެންދެވިދާނެކަމަށް އިޖުރާޢީ ގޮތުން ނިންމަވާފައިވާއިރު، ދައުލަތުން ހުށަހެޅި އަމުރަށް ނުކިޔަމަންތެރިވުމުގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/286
ކުށުގެ ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅުއްވައި، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާކަން އެނގޭކަމެވެ.
03- ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހެޅި ނުކުތާއަކާއި، އެނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މި މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާދިޔަގޮތުގެ މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުން ނަޒަރުކުރިއިރު،
ފ.ނިލަންދޫ ޖަނަވަރީމާގެ ޢަލީ އަޙްމަދާއި ފ.ނިލަންދޫ ދުވޭދާރުގެ ޢާއިޝަތު ޢަބްދުލްވައްހާބްއާ
ދެމީހުން 10 ޖެނުއަރީ 2012 ދުވަހު 23:45 އެހައިކަށްހާއިރު، ފ.ނިލަންދޫ ދަނބުގޭ ކޮޓަރިއެއްގައި،
ދޮރުލައްޕައިގެން އެކަހެރިކޮށް ތިބެފައިވާތީ މިދެފަރާތުގެ މައްޗަށް ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާގެ
ފޯމް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެއޮފީހުގެ ދަޢުވާފޯމް ނަންބަރު 4/L/776/2012 ގައި
29 އޮގަސްޓް 2012 މި ތާރީޚުގައި ފ.ނިލަންދޫ މެޖިސްޓްރޭޓުކޯޓަށް ފޮނުވުމުން، އެކޯޓުން މިމައްސަލަ އަށް
2012/L6C/44 މިނަންބަރު ޤަޟިއްޔާދީފައިވާކަމާއި، މިޤަޟިއްޔާގެ އަޑުއެހުމެއް 07 ނޮވެމްބަރ 2012
ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރެވިފައިވަނިކޮށް އެމައްސަލަ އަލުން ދިރާސާ ކުރުމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުން ބޭނުންވާތީ، އެދުވަހުގެ އަޑުއެހުން ކެންސަލް ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން ސިޓީ އެއް ފޮނުވުމުން އެސިޓީގެ ޖަވާބުގައި އެދުވަހުގެ އަޑުއެހުން ކެންސަލް ކުރެވިފައިވާކަމަށާއި،
މައްސަލަ އަވަސް ކޮށްދިނުމަށް މުއްތަހަމުން އެދޭތީ މައްސަލައިގެ އިތުރު އަޑުއެހުމެއް ނޮވެމްބަރ މަހުގެ
ފަހުކޮޅު ބޭއްވުމަށް
ޤަސްދުކުރެވިފައިވާތީ، މިމައްސަލައާއި މެދު ނިންމާގޮތެއް އަންގައިދިނުމަށް ފ. ނިލަންދޫ
މެޖިސްޓްރޭޓްކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ސިޓީއެއް ފޮނުވިކަމާއި، ނިލަންދޫ ކޯޓުގެ މިސިޓީއަށް
ޖަވާބު ދިނުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 13 ޑިސެމްބަރ 2012 މިތާރީޚުގައި ފޮނުވި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެMޓް ލިމިކެޓްގެ
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2013/HC-A/286
ސިޓީގައި ކުރިން ހުށަހެޅި ދަޢުވާގެ ސީޣާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއަށް ބަދަލުކުރުމަށްފަހު،
އެސިޓީއާއެކު އިސްލާޙުކުރެވުނު ދަޢުވާ ފޯމު ފޮނުވި ވާހަކަ ބަޔާންކޮށް މިސިޓީއާއި އެކު ދައުލަތުގެ ނަންބަރު
8/L/776/2012 (12 ޑިސެމްބަރު 2012 ) ދަޢުވާފޯމް އިޝާރާތްކުރެވުނު ދެފަރާތުގެ މައްޗަށް އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ކަމަށް ލިޔެ ހުށަހެޅިކަމާއި، އަދި މިފޯމް ނިލަންދޫ ކޯޓުން ބަލައިގަނެ
އެކޯޓުން މިމައްސަލައަށް ދީފައިވާ ޤަޟިއްޔާ ނަންބަރަކީ 2012/L6C/60 ކަމާއި،
ޕްރޮސިކިއުޓަރޖެނެރަލް އޮފީހުގެ ފަރާތުން ފ.ނިލަންދޫ ޖަނަވަރީމާގެ ޢަލީއަޙްމަދާއި ފ.ނިލަންދޫ
ދުވޭދާރުގެ ޢާއިޝަތު ޢަބްދުލްވައްހާބްގެ މައްޗަށް ކުރިން ހުށަހެޅި ދަޢުވާގެ ސީޣާ ބަދަލުކުރުމަށްފަހު އަލުން
ދަޢުވާފޯމެއް ހުށަހެޅުމުން ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/L6C/44 ޤަޟިއްޔާގައި ހިމެނޭ
މައްސަލައިގައި އެކޯޓުގެ އަމިއްލަ އިސްނެގުމަށް އިޖުރާއީ ނުކުތާއެއް ނިންމާފައިވާކަމާއި، މިއިޖުރާއީ ނުކުތާގައި
ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައިފައިވަނީ " ޢަލީ އަޙުމަދާއި އައިޝަތު ޢަބްދުލްވައްހާބުގެ މައްޗަށް
ހުށަހެޅުނު ކުށުގެ ދަޢުވާގެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކުރެވިފައިވަނިކޮށް،
މިމައްސަލަ އިތުރަށް ދިރާސާކުރުމަށް ދައުލަތުގެ ފަރާތުން ބޭނުންވާތީ، އެދަޢުވާގެ އަޑުއެހުން
ކެންސަލްކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދުނު އެދުމާއި އެއްގޮތަށް އެދުވަހުގެ އަޑުއެހުން ކެންސަލް
ކުރެވިފައިވަނިކޮށް، މިދެމީހުންގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ
އުފުލުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅާފައިވުމާއި، ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/L6C/60 ޤަޟިއްޔާއިން ޢަލީ އަޙުމަދާއި ޢައިޝަތު ޢަބްދުލްވައްހާބުގެ މައްޗަށް އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެދަޢުވާ އެކޯޓުގައި ކުރިއަށް ގެންދަންފަށާފައިވުމުން، މިދެމީހުންގެ މައްޗަށް ހުށަހެޅި
ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ދަޢުވާ ކުރިއަށް
ނެތްކަމުގައި ކަނޑައަޅައިކަން އެނގެން
· 46 8 2
4 22
دسترس
eނ އ
ހދ 4
2
އަންނަކަމެވެ.
(ށ) ދެވަނަކަމަކީ، އިސްތިއުނާފުމިކުރެވޭ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/L6C/60 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، އެޙުކުމް ބިނާކޮށްފައިވަނީ،
ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/L6C/44 މައްސަލައިގައި އެކޯޓުން ނިންމަވާފައިވާ
އިޖުރާއީ ނުކުތާގައި ކަނޑައަޅައިފައިވާ ކަނޑައެޅުއްވުމުގެ މައްޗަށްކަމާއި، މިގޮތުން އިސްތިއުނާފު މިކުރެވޭ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2013/HC-A/286
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/L6C/60 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބެލުމުން އެޙުކުމުގައި ނިލަންދެއަތޮޅު އުތުރުބުރި ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/L6C/60 ޤަޟިއްޔާގެ ޝަރީޢަތް އެކޯޓުން ކުރިއަށް ގެންދެވެން ނެތް ސަބަބެއް ގޮތުގައި
ފާހަގަކުރައްވާފައިވަނީ "ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/L6C/44 މައްސަލައިގައި އެކޯޓުން
އިޝާރާތްކުރެވުނު އިޖުރާއީ ނިންމުން ނިންމާފައިވާތީ އާއި، އެއިޖުރާއީ ނިންމުން އެގޮތުގައި ދެމިއޮއްވާ، ފަހުން
ހުށަހެޅުނު އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއަކީ އަޞްލު ދަޢުވާއަށް ގެނެވުނު އިޞްލާޙެއްގެ ގޮތުގައި
ނުވަތަ އާދަޢުވާއެއްގެ ގޮތުގައި، ކޯޓުން ބަލައިގަނެ ކުރިއަށް ގެންދާނަމަ، ދަޢުވާގައި ބަޔާންކުރާ ޢަމަލާއި
ގުޅިގެން ދެދަޢުވާއެއް ވުޖޫދުވާނެކަމަށް ބަޔާންކޮށް"
ދެސަބަބުގެ މައްޗަށް ބިނާކޮށްގެންކަން އެނގޭކަމެވެ.
(ބ) ތިންވަނަކަމަކީ، އިސްތިއުނާފު މިކުރެވޭ ނިލަންދެއަތޮޅު އުތުރުބުރި ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/L6C/60 ޤަޟިއްޔާ އެކޯޓުން ކުރިއަށް ގެންދެވެން ނެތް ސަބަބެއްގެ ގޮތުގައި
ފާހަގަކޮށްފައިވާ ފުރަތަމަ ސަބަބަކީ، ޢަލީ އަޙުމަދާއި ޢައިޝަތު ޢަބްދުލްވައްހާބުގެ މައްޗަށް ހުށަހެޅުނު
ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާއާމެދު ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/L6C/44
ޤަޟިއްޔާގައި އެކޯޓުން އިޝާރާތްކުރެވުނު އިޖުރާއީ ނިންމުން ނިންމާފައިވާތީ ކަމަށް ބަޔާންކޮށްފައިވާއިރު،
ތަޙްޤީޤުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ
ނޫންކަން ކަނޑައެޅުމާއި ،ކުށެއްކުރިކަމަށް ތުހުމަތުމަތު ކުރެވިފައިވާ މީހަކާމެދު ދަޢުވާއެއް އުފުލުމަށް ނުވަތަ
ދަޢުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖަޢާކޮށް އެ ނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދަޢުވާއެއް
އަނބުރާ ގެނައުމަކީ ޕްރޮސިކިއުޓަރ ޖެނެރަލް އަށް ލިބިގެންވާ ބާރެއްކަން ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ
ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ހ) އަދި އެމާއްދާގެ (އ) އަށް ބެލުމުން އެނގެން އޮންނަކަމާއި އަދި
ވާކުރުމާއި، ދަޢުވާއަށް ބަދަލުގެނައުމާއި، ދަޢުވާއަށް ޤާނޫނީސިފަ ދިނުމަކީ ޕްރޮސިކިއުޓަރ
ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
152/HC-A/2009 ނަންބަރު ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި
،މިމައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ނިލަންދެ އަތޮޅު އުތުރުބުރި ނިލަންދޫ
މެޖިސްޓްރޭޓްކޯޓާއި ދެމެދު ބަދަލު ކުރެވުނު އިޝާރާތްކުރެވުނު ސިޓީތަކަށް ބެލުމުން ޕްރޮސިކިއުޓަރ ޖެނެރަލް
އޮފީހުގެ މަޤްސަދަކީ އެއްޢަމަލަކަށް ދެދަޢުވާކުރުން ކަމުގައި ބެލެވެން ނެތްކަމާއި، އަދި މިމައްސަލާގައި
ޖިނާއީ ކުށުގެ ދަޢުވާކުރުމާ
ހައިކޯޑް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/286
ފެންނަން ހުރި ލިޔެކިޔުންތަކަށް ބެލުމުން ޢަލީ އަޙުމަދާއި، ޢާއިޝަތު ޢަބްދުލްވައްހާބުގެ މައްޗަށް
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ފަހުން ހުށަހެޅި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއަކީ،
ކުރިން އެދެފަރާތުގެ މައްޗަށް ހުށަހެޅި ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާގައި އޮތް ޤާނޫނީ
ސިފަކުރުން ބަދަލުކުރުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ބާރުގެ ތެރެއިން ކޮށްފައިވާކަމެއްކަމުގައި
ޤަބޫލުކުރެވެން އޮތްއިރު، އެކޯޓުގެ ނަންބަރު 2012/L6C/44 ޤަޟިއްޔާގައި ނިންމަވާފައިވާ އިޖުރާއީ
ނިންމުމުގައި "ޢަލީ އަޙުމަދާއި ޢައިޝަތު ޢަބްދުލްވައްހާބުއާއި މިދެމީހުންގެ މައްޗަށް
އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެކޯޓަށް
ހުށަހަޅާފައިވާތީއާއި، ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/L6C/60 ޤަޟިއްޔާއިން ޢަލީ
އަޙުމަދާއި ޢައިޝަތު ޢަބްދުލްވައްހާބުގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެދަޢުވާ އެކޯޓުގައި ކުރިއަށް
ގެންދަންފަށާފައިވުމުން، މިދެމީހުންގެ މައްޗަށް ހުށަހެޅި ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ދަޢުވާ ކުރިއަށް
ގެންދެވޭނެ ތަނެއް ނެތްކަމުގައި ބަޔާންކޮށް އިޖުރާއީ ގޮތުން ނިންމާފައި އެނިންމުމަކީ، ފަހުން ހުށަހެޅުނު
ދަޢުވާއަކީ ކުރިން ހުށަހެޅުނު ދަޢުވާގެ އިސްލާހެއްކަމަށް ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ
މެޖިސްޓްރޭޓްކޯޓުން ވެސް ބަލައިގަނެ މަތިން ނިންމާފައިވާ އިޖުރާއީ ނިންމުމެއްކަމަށް
ޤަބޫލުކުރެވޭކަމެވެ.
އެގޮތުގެ
2 4 2 2 4
ގޮތުގައި ނުވަތަ އާދައުވާއެމްޑީ
ވ މ އ
އދއފއއގެ
(ރ) ހަތަރުވަނަކަމަކީ، އިސްތިއުނާފު މިކުރެވޭ ނިލަންދެއަތޮޅު އުތުރުބުރި ނިލަންދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2012/60
/
6C ޤަޟިއްޔާ އެކޯޓުން ކުރިއަށް ގެންދެވެން ނެތް ސަބަބެއްގެ ގޮތުގައި
އެޤަޟިއްޔާ ނިންމެވުމުގައި ފާހަގަކޮށްފައިވާ ދެވަނަ ސަބަބަކީ، ޢަލީ އަޙުމަދާއި ޢައިޝަތު ޢަބްދުލްވައްހާބުގެ
މައްޗަށް ހުށަހެޅި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއަކީ އަޞްލު ދަޢުވާއަށް ގެނެވުނު އިޞްލާޙެއްގެ
ގޮތުގައި، ކޯޓުން ބަލައިގަނެ ކުރިއަށް ގެންދާނަމަ، ދަޢުވާގައި
ޢަމަލާއި ގުޅިގެން ދެދަޢުވާއެއް ވުޖޫދުވާނެތީކަމަށް މިޙުކުމުގައި ބަޔާންކޮށްފައިވާކަން އެނގޭއިރު، ޢަލީ އަޙުމަދާއި
ޢައިޝަތު ޢަބް
ޢަބްދުލްވައްހާބުގެ މައްޗަށް އެންމެ ފުރަތަމަ ހުށަހެޅުނު ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ނިލަންދެއަތޮޅު އުތުރުބުރި ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް
ހުށަހެޅުމަށް ފަހު އެމައްސަލައިގެ އަޑުއެހުންތައް ނުފެށިވަނިކޮށް އެމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުން އިތުރަށް ދިރާސާކުރުމަށްފަހު ކުރިން މިދެފަރާތުގެ މައްޗަށް ހުށަހެޅުނު ދަޢުވާގެ ސީޣާ އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއަކަށް ބަދަލުކޮށް އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
2013/HC-A/286
2013/HC-A/300
13 ޑިސެމްބަރ 2012 މިތާރީޚުގައި އެންގުމުން، އިސްލާޙުކޮށްގެން ހުށަހެޅުނު ފޯމް އެކޯޓުން
ބަލައިގަތުމަށްފަހު މިފޯމް އެކޯޓަށް ލިބުމުން ކުރިން ހުށަހެޅި ދަޢުވާއަކީ ކުރިއަށް ގެންދެވެން ނެތް
މައްސަލައެއްކަމަށް ބުނެ އެކޯޓުން އިޝާރާތްކުރެވުނު ފަދައިން އިޖުރާއީގޮތުން ގޮތެއް ކަނޑައަޅައިފައިވާއިރު،
ކުރިން ހުށަހެޅުނު އެމައްސަލައަކީ އެމައްސަލައިގެ މައުޟޫޢަށް ބެލިގެން ގޮތެއް ކަނޑައަޅާފައިވާ
މައްސަލައަކަށްނުވާއިރު، މިމައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދެ ދަޢުވާއަށް
ދީފައިވަނީ ދެ ޤަޟިއްޔާ ނަންބަރެއްކަން އެނގޭކަމާއި، އަދި ކުރިން ހުށަހެޅުނު އެދަޢުވާއަކީ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވާފައިވާ ގޮތުގެ މަތީން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާ ދަޢުވާއެއް އަނބުރާ
ގެންދެވޭނެކަމަށް ކަނޑައަޅާފައިވާ އުސޫލަށް ފެތޭގޮތަށް އަނބުރާ ގެންގޮސްފައިވާ ދަޢުވާއެއްކަން އެނގޭކަމާއި،
މީގެ އިތުރުން ކުރިން ހުށަހެޅުނު ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ދަޢުވާ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ
މެޖިސްޓްރޭޓް ކޯޓުން ބަލައި ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ މިދެފަރާތުގެ މައްޗަށް
ދައުލަތުގެ ފަރާތުން އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ހުށަހެޅި ހިންގަމުންދާތީ އެސަބަބުގެ މައްޗަށްކަން
އެނގެން އޮތުމުން ދައުލަތުގެ ފަރާތުން ދެވަނަ އަށް ހުށަހެޅި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާގެ
ޝަރީޢަތް ހިންގުމަކީ އެއް ޢަމަލެއްގެ މައްޗަށް ދެދަޢުވާއެއްގެ ޝަރީޢަތް ކުރިއަށް ގެންދިއުންކަމުގައި
ނުބެލެވޭކަމެވެ.
CCU cc>
ވީމާ، އިސްވެދިޔަ ސަބަބުތައް މިގޮތަށް ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ، ނިލަންދެއަތޮޅު އުތުރުބުރި ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/L6C/60
ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ފ.ނިލަންދޫ ޖަނަވަރީމާގެ ޢަލީ އަޙުމަދާއި އެރަށު ދުވޭދާރުގެ ޢާއިޝަތު
ހާބުގެ މައްޗަށް ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއަކީ އެކޯޓުގައި ކުރިއަށް
ކަނޑައަޅައިފައި
ބަދަލު ގެންނަންޖެހޭނެކަމުގައެވެ.
ހދ މ އ ދވ 92 ·
Mބދުލިފައެޗްގެ
cu COC
ހދ ތ ގތ
8 ހދ8
3ދން ދުޢިވާއެއް ނޫންކަމަށް
29
29 ހއ
އޗ އޏ2ށ
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/286
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ނިލަންދެއަތޮޅު އުތުރުބުރި
ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/L6C/60 ޤަޟިއްޔާގައި ފ.ނިލަންދޫ ޖަނަވަރީމާގެ ޢަލީ
އަޙްމަދާއި ފ.ނިލަންދޫ ދުވޭދާރުގެ ޢާއިޝަތު ޢަބްދުލްވައްހާބްއާ ދެމީހުންގެ މައްޗަށް، ޤާނޫނުލްއުޤޫބާތުގެ 88
ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރައްވާފައިވާ، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއަކީ، އެކޯޓުގެ
ނަންބަރު 2012/L6C/44 (15 ސެޕްޓެމްބަރ 2012) ޤަޟިއްޔާގައި ނިންމާފައިވާ އިޖްރާއީ ނިންމުން
އެގޮތުގައި އޮއްވާ، ޝަރީޢަތުން ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމަކީ
ބާތިލު ޙުކުމެއް ކަމުގައި ކަނޑައެޅުމާއިއެކު، ނިލަންދެއަތޮޅު އުތުރުބުރި ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/L6C/60 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ފ.ނިލަންދޫ ޖަނަވަރީމާގެ ޢަލީ އަޙްމަދާއި
ފ.ނިލަންދޫ ދުވޭދާރުގެ ޢާއިޝަތު
ޢަބްދުލްވައްހާބްއާ ދެމީހުންގެ މައްޗަށް ކޮށްފައިވާ އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއަކީ އެކޯޓުން ބަލައި އެދަޢުވާއާއި މެދު ފައިސަލާކުރަނިވި ޙުކުމެއް
ކުރަންޖެހޭނެ ދަޢުވާއެއް
ފައެއްކަމުގައި ކަނޑައަޅައި ނިލަންދެއަތޮޅު އުތުރުބުރި ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/L6C/60 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ޢަލީ އަޙުމަދާއި ޢާއިޝަތު ޢަބްދުލްވައްހާބުގެ
މައްޗަށް ކޮށްފައިވާ ދަޢުވާ ބައްލަވައި، ފައިދާ ކުރަނިވި ޙުކުމެއް ކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ނިލަންދެއަތޮޅު
ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/L6C/60 ޤަޟިއްޔާ އެކޯޓަށް ތަޙްލީލުކޮށް،
އެގޮތުގެ މަތީން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
CUCO
9
08ބރ
8
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv