ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/291 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/291
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 291/HC
-
A/2008
• އިސްތިއުނާފު ކުރިފަރާތް:
އިބްރާހީމް ނަޢީމް
އައިޑީ ކާޑު ނަންބަރ: A056187
ދާއިމީ އެޑްރެސް: ލ. އިސްދޫ / ގުލްފާމުގެ
މިހާރުގެ އެޑްރެސް: ލ. އިސްދޫ / ގުލްފާމުގެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ:-
ދާއިމީ އެޑްރެސް:
* މިހާރުގެ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް: 12 ޝައްވާލް 1429
12 އޮކްޓޯބަރ 2008
ނިމުނު ތާރީޚް: 30 ރަބީޢުލްއައްވަލް 1431
16 މާރޗް
2010
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2008/JC/184 * ނިންމެވިކްޓް: ޖިނާއީކޯޓް
• ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުން.
• ހުށަހެޅުނުތާރީޚް: 2008-01-22
ނިމުނު ތާރީޚް: 2008-07-14
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2008/HC-A/291
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
C
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/184 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފްކޮށްދިނުން އެދި ލ. އިސްދޫ / ގުލްފާމުގޭ
އިބްރާހީމް ނަޢީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
02
x
23 ދ ތތ
އއގތން ވާކަށް
OX
4 22
ހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖްލިސްގައި ދައްކާފައިވާ ވާހަކަތަކަށާއި،
ޝަރީޢަތުގެ މަޖްލީސްއަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، އަދި ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/184
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށްބުނެ ލ. އިސްދޫ / ގުލްފާމުގެ
އިބްރާހީމް ނަޢީމްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނާބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/184 ޤަޟިއްޔާގައި ދަޢުވާ ލިބުނު ލ.
އިސްދޫ / ގުލްފާމުގެ އިބްރާހީމް ނަޢީމްއާއި، މ. ރަންކޮކާގޭ ޙަސަން ސުމޭޙްއާއި، ވަސީމް ޢަބްދުﷲ އާއި،
މިތިންމީހުންނަކީ ދެކެފަރިތަ ތިންމީހުންކަމާއި، 2007 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހުގެރޭ
އިބްރާހީމް ނަޢީމްގެ އަތުން ފެނިފައިވާ 2191.3000 ގްރާމް މަނާކުރެވިފައިވާ މަސްތުވާ އެއްޗަކީ
އެތަކެއްޗާބެހޭގޮތުން ވަސީމް ޢަބްދުﷲ އާއި، ޙަސަން ސުމޭޙްއާއި، އިބްރާހީމް ނަޢީމްއާއި، މިތިންމީހުންގެ
މެދުގައި އިސްވެވާހަކަދެކެވިގެން އިބްރާހީމް ނަޢީމްއާ ޙަވާލުކުރެވިފައިވާ މަސްތުވާތަކެތިކަމާއި، އަދި އިބްރާހީމް
ނަޢީމް އެތަކެއްޗާއި ޙަވާލުވެފައިވަނީވެސް އިބްރާހީމް ނަޢީމަށް ފޯނުންގުޅައި، ވަސީމް ޢަބްދުﷲގެ ފަރާތުން
އިބްރާހީމް ނަޢީމްއާ ޙަވާލުކުރަންޖެހޭ އެއްޗެއް ހުރިކަމަށް ޙަސަން ސުމޭޙް ބުނެފައިވަނިކޮށް އޭގެފަހުން
އިބްރާހީމް ނަޢީމަށް ފޯނުންގުޅައި ވަސީމް ޢަބްދުﷲ އެކަން ކަށަވަރުކޮށް ދިނުމާއި ގުޅިގެންކަން މަސްތުވާތަކެތީގެ
ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާކަމުގެ ތުހުމަތުކުރެވޭ ފަރާތްތަކުގެ ކޯލްލޮގުގެ އިތުރަށް ތަޙްޤީޤަށާއި،
ޝަރީޢަތުގެ މަޖްލިސްއަށް ޙަސަން ސުމޭޙްއާއި، އިބްރާހީމް ނަޢީމްއާ ދެމީހުން ދިފައިވާ ބަޔާންތަކުން އެނގެން
އޮންނަ އޮތުމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2008/HC-A/291
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ށ) ދެވަނަކަމަކީ ބަރުދަނުގައި 02 ކިލޯއަށްވުރެ ގިނައިން ހުރި މަސްތުވާ ތަކެތި އިބްރާހީމް
ނަޢީމްގެ އަތުން ފެނިފައިވިޔަސް އެތަކެއްޗަކީ މަސްތުވާތަކެތިކަން އިބްރާހީމް ނަޢީމަށް އެނގިފައި ނުވާކަމަށް
އިބްރާހީމް ނަޢީމް ޝަރީޢަތުގެ މަޖްލިސްގައި ބުނެފައިވާއިރު، އެތަކެއްޗަކީ އިބްރާހީމް ނަޢީމްއާ އެއްވެސް
ގުޅުމެއްނެތް އެއްޗެއްކަމާއި، އެކަމުގައި އިބްރާހީމް ނަޢީމްގެ ދައުރަކީ، ހަމައެކަނި ކޮންއެއްޗެއްކަން ނޭނގޭ
އެއްޗަކާއި، އިބްރާހީމް ނަޢީމްގެ ރައްޓެއްސަކު ބުނިބުނުމަކަށް ޙަވާލުވުންކަން އިބްރާހީމް ނަޢީމަށް ޝަރީޢަތަށް
ޘާބިތުކޮށްދެވިފައި ނުވާކަން ފާހަގަކުރެވިފައިވާއިރު، އިބްރާހީމް ނަޢީމްގެ މައްޗަށް އުފުލިފައިވާ ދަޢުވާގައި
ބުނެފައިވާ މަސްތުވާތަކެތި ފެނިފައިވަނީ އިބްރާހީމް ނަޢީމްގެ ހިޔާޒަތުގެދަށުންކަމާމެދު ދެބަސްވުމެއްނެތްކަން
ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.
2
IF
(ނ) ތިންވަނަކަމަކީ އިބްރާހީމް ނަޢީމްގެއަތުން ފެނިފައިވާ ރަބަރު 06 ޕެކެޓްގައިހުރި މުށިކުލައިގެ
ކުނޑައަކީ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ އޯޕީއޭޓްސްކަމާއި، އަދި އެތަކެތީގެ ބަރުދަނުގައި
2191.3000 ގްރާމްހުރިކަން މިމައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖްލިސްއަށް ހުށަހެޅިފައިވާ މޯލްޑިވްސް
ޕޮލިސްސަރވިސްގެ ފޮރެންސިކް ޑިޕާރޓްމަންޓްގެ ނަންބަރު 2007
/
107/FSDO
)
-DR (2007 ޑިސެމްބަރ
02) ގެ ލެބޯޓްރީ ތަޙްލީލު ރިޕޯރޓުން އެނގެން އޮންނަކަމާއި، އަދި އެތަކެތި ތަޙްލީލުކޮށްފައިވަނީ ޤާނޫނު
ނަންބަރު 17/77 ގައި ބުނެފައިވާ ފަދައިން އެފަދަ ތަކެތި ތަޙްލީލުކުރުމުގެ ތަޢުލީމީ ޤާބިލްކަމާއެކު އެކަމަށް
ހުއްދަ ލިބިފައިވާ ފަރާތްތަކުންކަން ފާހަގަކުރެވިފައިވާއިރު، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ
ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގައި އެމާއްދާގެ (ހ) ގައިވާފަދަ ތަޢުލީމީ ފާސްލިބިފައިވާ މީހަކު
މަސްތުވާއެއްޗެއްގެ ބާވަތާއި ނަން، މަސްތުވާއެއްޗެއް ސިފަކޮށްދޭ ދިނުމާއި، އަދި އޭގެ ބަރުދަން އަދި
އެއްޗެއްގެ ތެރެއަށް އެހެން އެއްޗެއް އެއްކޮށްފައިވާނަމަ އެއެއްޗެއްގެ ބާވަތާއި، ނަން، އަދި އެމަސްތުވާ
އެއްޗެއް ބަހައްޓާފައިވާ އެއްޗެކާއި،
ތަޙްލީލުކުރެވުނު
ކުރެވުނުގޮތާއި، ނަތީޖާއާބެހޭގޮތުން
ޝަރީޢަތުގެ މަޖްލިސްގައިދޭ ބަޔާނަކީ އެކަމާބެހޭގޮތުން ޝަރީޢަތަށް ޤަބޫލުކުރެވޭނެ ބަޔާނެއްކަމަށް ސާފުބަހުން
ބުނެފައިވާކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.
(ރ) ހަތަރުވަނަކަމަކީ މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި އަދި ވިޔަފާރީގެ
ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމާއި، މިދެކަމަކީވެސް ޤާނޫނު ނަންބަރު 17/77 ގެދަށުން ކުށުގެ ޢަމަލުތަކެއް
ކަމަށް ބެލެވިފައިވީނަމަވެސް، މަސްތުވާތަކެތީގެ ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓިކަމަށް ނުބެލެވޭ
މިންވަރަށް މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ، އެމީހަކީ ވިޔަފާރީގެ ބޭނުމަށްޓަކައި މަސްތުވާތަކެތި
އަތުގައި ބެހެއްޓިމީހެއްކަމަށް ޤާނޫނީ ހަމަތަކުގެމަތިން ބެލެވިފައިވާއިރު، ވިޔަފާރީގެ ބޭނުމަށްޓަކައި
در مروہہ کر کر
22
ދ 0
83
2 ބޑތ
މަސްތުވާއެއްeއެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2008/HC-A/291
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަސްތުވާތަކެތި އަތުގައި ބަހައްޓައިފި މީހެއްގެ އަދަބަކީ އުމުރަށް ޖަލަށްލުންކަން ޤާނޫނު ނަންބަރު 17/77
މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ރ) އިން ރަނގަޅަށް
އެނގެން އޮންނައޮތުމެވެ.
0x ތ2
x
24
(ބ) ފަސްވަނަކަމަކީ އިބްރާހީމް ނަޢީމްގެ ހިޔާޒަތުގެދަށުން ފެނިފައިވާ 2191.3000 ގްރާމްގެ
މަސްތުވާތަކެއްޗަކީ މީހަކު ބުނެގެން އިބްރާހީމް ނަޢީމް ޙަވާލުވެފައިވާ އެއްޗެއްގެ ތެރެއިންފެނިފައިވާ
ތަކެތިކަމަށާއި، އިބްރާހީމް ނަޢީމް ޙަވާލުވިއިރު، އޭގެތެރޭގައި މަސްތުވާތަކެތި ހުރިކަން އިބްރާހީމް ނަޢީމަށް
އެނގިފައިނުވާކަމަށް އިބްރާހީމް ނަޢީމް ބުނެފައިވާއިރު، އިބްރާހީމް ނަޢީމްގެ ހިޔާޒަތުގެދަށުން ފެނިފައިވާ
މަނާކުރެވިފައިވާ މަސްތުވާތަކެއްޗާއި ގުޅިގެން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން އިބްރާހީމް ނަޢީމް
އުފުލަންޖެހޭ ޒިންމާއިން ބަރީއަވެވޭފަދަ ހަރުދަނާ ހެއްކެއް އިބްރާހީމް ނަޢީމަށް ހުށަހެޅިފައިނުވާތީއާއި،
އެތަކެއްޗާއި ޙަވާލުވުމަށް އިބްރާހީމް ނަޢީމަށް އެންގިކަމަށް އިބްރާހީމް ނަޢީމްގެ ފަރާތުން ބުނެފައިވާ ވަސީމް
ޢަބްދުﷲ އާއި، އަދި އެކަމުގައި އެހީތެރިވެދިން ޙަސަން ސުމޭޙް ޙުސައިނާއި، މިތިންމީހުންގެ މެދުގައި އެކަމުގެ
ތެރޭގައި ތަކުރާރުކޮށް، އެތައްފަހަރެއްގެމަތިން ފޯނުންވާހަކަދެކެވިފައިވާކަން މިމައްސަލައާއި ގުޅިގެން ޝަރީޢަތަށް
ހޯދިފައިވާ މިތިންމީހުންގެ ފޯނުކޯލްލޮގުން އެނގެން އޮންނާތީ، އިބްރާހީމް ނަޢީމަކީ މިކަމުގައި އިބްރާހީމް ނަޢީމް
ބުނާ ފަދައިން ބަރީއަ ޙާލަތެއްގައިހުރި ފަރާތެއްކަމަކަށް މިމައްސަލަ ބަލާ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް ބުރައެއް ނުވެވުނެވެ.
މިކަންކަން މިހެންހުރުމާއެކު، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/184 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބަދަލެއް ގެނެވިދާނެތަނެއް އޮތްކަމަކަށްވެސް
މިމައްސަލަ ބަލާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނުނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
މާލެ، ޓީޖީ
5
2008/HC-A/291
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް:
ޖިނާއީ ކޯޓްގެ ނަންބަރު 2008/JC/184 ޤަޟިއްޔާގައި ލ.އިސްދޫ/ ގުލްފާމްގޭ އިބްރާހީމް ނަޢީމްގެ
މައްޗަށް ޙުކުމް ކުރައްވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެ ވާކަމަށް، މިމައްސަލަ ބަލާ
ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އިއްތިފާޤް ވެވުނުހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ތާއީދުކޮށްފީމެވެ.
ހ2 02
2x
سر پر ہی کره
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
Cut
ޢަލީ ޙަމީދު މުޙައްމަ
އައުމުދ
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
(ފަނޑިޔާރު)
ފަނޑިޔާރު)
ދިވެހިރާޖްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv