ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/14 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/14
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 14/HC-A/2011
. އިސްތިއުނާފުކުރި ފަރާތް:
މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް
ރެޖިސްޓްރީ ނަންބަރ: 374
/
1996-C
ދާއިމީ އެޑްރެސް: ހ. ހޯލި
މިހާރުގެ އެޑްރެސް: ހ. ހޯލި
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
* ރެޖިސްޓްރީ ނަންބަރ: 531
/
2007-C
ދާއިމީ އެޑްރެސް:
1|
ޝީރީންވިލާ
މިހާރުގެ އެޑްރެސް:ހ. ޝީރީންވިލާ
ހުށަހެޅުނު ތާރީޚް: 16 ޖެނުއަރީ 2011
ނިމުނު ތާރީޚް: 04 ޖުލައި 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC/1129
ނިންމެވިކްޓް: މަދަނީކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 15-04-2010
* ނިމުނު ތާރީޚް: 28-09-2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފު ޙުސައިން
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/14
ދަޢުވާގެ ޚުލާޞާ:
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2010/MC/1129 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
އަށެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- މަދަނީކޯޓުގެ ނަންބަރު 2010/MC/1129 ޤަޟިއްޔާ އަކީ، މެރީޑިއަމް ސަރވިސަސް
ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސަންސްޕީޑް 1] (ރަޖިސްޓްރީ ނަންބަރު -C6868A
T-10
02) އަދި "ސަންސްޕީޑް 2] (ރަޖިސްޓްރީ ނަންބަރު C7072A
-
04 10
-
T) ލޯންޗް، ގުޑްލަކް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަށް ވިއްކުމަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި
ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާދެމެދު ކޮށްފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާއާއި
ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން ޚިލާފުވެފައިވާތީ އާއި، ބަޔާންކުރެވުނު އެއްބަސްވުމުގެ
6 ވަނަ މާއްދާގެ ދަށުން "ސަންސްޕީޑް 1، އަދި ސަންސްޕީޑް 2 ލާންޗާއި އެދެލާންޗްގައިވާ އެންމެހާ
ތަކެތި މިހާރުން މިހާރަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކުރުމަށާއި، މިއެއްބަސްވުމުގެ
ދަށުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިހާތަނަށް ދައްކާފައިވާ ފައިސާއަކީ
މިބަޔާންކުރެވުނު ދެލާންޗް ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ޙަވާލުގައި އޮތް ދުވަސްތަކުގެ
ކުރިކަމުގައި ކަނޑައަޅައިދިނުމަށާއި، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އަދި ގުޑްލަކް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާދެމެދު ކޮށްފައިވާ އެއްބަސްވުމަކީ ބާތިލް އެއްބަސްވުމެއްކަމުގައި
ކަނޑައަޅައި ދިނުމަށްއެދި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގުޑްލަކް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި؛
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/14
3 4
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ: [ދެންފަހެ، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 374
/
1996-C) ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ”ސަންސްޕީޑް 1“
(ރަޖިސްޓްރީ ނަންބަރު C6868A
-
02 10
-
T) އަދި ”ސަންސްޕީޑް 2“ (ރަޖިސްޓްރީ ނަންބަރު
C7072A
-
04 10
-
T) ލާންޗް، ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
531
/
2007-C) އަށް ވިއްކުމަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި ގުޑްލަކް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާދެމެދު ކޮށްފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާއާއި ގުޑްލަކް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން ޚިލާފުވެފައިވާކަމުގައި ބުނެ، ބަޔާންކުރެވުނު އެއްބަސްވުމުގެ 6
ވަނަ މާއްދާގެ ދަށުން ސަންސްޕީޑް 1“ އަދި ”ސަންސްޕީޑް 2] ލާންޗާއި އެދެލާންޗްގައިވާ އެންމެހާ ތަކެތި
މިހާރުން މިހާރަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކުރުމަށާއި، މިއެއްބަސްވުމުގެ
ދަށުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިހާތަނަށް ދައްކާފައިވާ ފައިސާއަކީ އެ
ދެލާންޗް ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ޙަވާލުގައި އޮތް ދުވަސްތަކުގެ ކުލިކަމުގައި
ކަނޑައަޅައިދިނުމަށާއި، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި ގުޑްލަކް އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑް އާދެމެދު ކޮށްފައިވާ އެއްބަސްވުމަކީ ބާތިލް އެއްބަސްވުމެއްކަމުގައި ކަނޑައަޅައި ދިނުން
އެދި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑްގެ މައްޗަށް ކުޅަ ދަޢުވާއަށް ބަލައި ނަޒަރު ކުރާއިރު،
ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ޚިލާފުވެފައިވާކަމަށް ބުނެ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާއަށް
އިންކާރުކުރާކަމަށާއި، މިއެއްބަސްވުމަށް ޢަމަލު ނުކުރެވޭގޮތް ހަދާފައިވަނީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ކަމަށާއި، ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ވިއްކަން އެއްބަސްވި
ލާންޗުތައް ހުރީ ވިއްކުމުގެ މުޢާމަލާތް ކުރުމުގެ ކުރިންވެސް ރަހުނުކޮށްފައިކަމުން، އެލާންޗުތަކުގެ މިލްކުވެރިކަން
މުދަލުކުރެވޭ ގޮތަށް ނޫންކަމަށާއި، މިމަޢުލޫމާތުވަނީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ސިއްރުކޮށްފައިކަމުން ބަޔާންކުރެވުނު އެއްބަސްވުމަކީ މަކަރާއި ހީލަތުން ގުޑްލަކް އެންޓަރޕްރައިސަސް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/14
ޕްރައިވެޓް ލިމިޓެޑްއަށް އޮޅުވާލައިގެން ކޮށްފައިވާ އެއްބަސްވުމެއްކަމުގައި ގުޑްލަކް އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާއަށް ޖަވާބުދާރީވަމުން ބުނެފައިވާކަން އެނގޭކަމާއި،
ޤަޟިއްޔާއާއި ގުޅިގެން ހުށަހަޅާފައިވާ ބަޔާންތަކަށާއި، ލިޔުންތަކަށް ބެލުމުން ދަޢުވާގައި
ބަޔާންކޮށްފައިވާ ސަންސްޕީޑް 1“ އަދި ”ސަންސްޕީޑް 2، ލާންޗަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް
ރަހުނުކޮށްފައިވާ ދެ އުޅަނދުކަމާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ 17 ނޮވެމްބަރު 2008 ތާރީޚުގެ ”ލެޓަރ
އޮފް މޯގޭޖް އެން ހައިޕޮލިކޭޝަން“ (އެގްރީމެންޓް ނަންބަރު 717
/
2008-MC
/
C) އިން އެތާރީޚުގައި
”ސަންސްޕީޑް l“ އަދި ”ސަންސްޕީޑް 2“ ލާންޗް ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިން މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އަށް ދޫކޮށްފައިވާ ލޯނަކާއި ގުޅިގެން ރަހުނުކޮށްފައިވާކަމާއި ބަޔާންކުރެވުނު
”ލެޓަރ އޮފް މޯގޭޖް އެން ހައިޕޮލިކޭޝަން“ ގެ 12 ވަނަ މާއްދާގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ
ޙައްޤުތަކަށް ޙަވާލާދީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ހުއްދަދީގެން މެނުވީ ރަހުނުކޮށްފައިވާ މުދާ
ވިއްކައިގެން ނުވާނެކަމުގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ދަޢުވާގައި ބަޔާންކޮށްފައިވާ، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި، ގުޑްލަކް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ކޮށްފައިވާ އެއްބަސްވުމުގައި ވިއްކުމަށް އެއްބަސްވި
އުޅަނދުތައް ރަހުނުކޮށްފައިވާކަން އެނގެން ނެތްކަމުންނާއި، ގަނެ ވިއްކުމުގެ އެއްބަސްވުމުގެ ކުރިން
އެއުޅަނދުތައް ރަހުނުކުރެވިފައިވާކަން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއަށް އެނގިފައިވާކަން
އެނގެން ނެތްކަމުން، އަދި ”ސަންސްޕީޑް 1، އަދި ”ސަންސްޕީޑް 2 ލާންޗް ވިއްކުމުގެ މުޢާމަލާތް
ކޮށްފައިވަނީ، އެ ދެއުޅަނދަކީ ރަހުނުކުރެވިފައިވާ މުދަލަށް ވާހިނދު، ރަހުނު ހިފި ފަރާތުގެ ހުއްދައެއް ނެތިކަން
އެނގެން އޮތަތީ، ޤާނޫނު ނަންބަރު 3193 (ރަހުނާބެހޭ ޤާނޫނު) ގެ 8 ވަނަ މައްދާއަށާއި، ޤާނޫނު ނަންބަރު
6/91 (މުރާވިއްކުމާބެހޭ ޤާނޫނު) ގެ 7 ވަނަ މާއްދާއަށާއި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ
ޤާނޫނު) ގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްއާއި، ގުޑްލަކް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ކޮށްފައިވާ އެއްބަސްވުމަކީ އެއްބަސްވުން ވުޖޫދަށް އައި
ހިނދުއްސުރެ އެމައްޗަށް ޢަމަލުކުރެވޭނެ އެއްބަސްވުމެއް ނޫންކަމުގައާއި،
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
aރejނ އެ 6 ންއި55
j.
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/14
ބަޔާންކުރެވުނު އެއްބަސްވުމަށް ވާޞިލުވެ، އެއްބަސްވުމުގެ ދަށުން އެހިނދަށް ދައްކަންޖެހޭ ފައިސާ
ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވަނީ އުޅަނދުތައް ކުއްޔަށް ހިފުމުގެ
ނިޔަތުގައި ނޫންކަމުގައިވާތީ އާއި، ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑްއަށް ފައިސާ ދައްކާފައިވަނީ އެއުޅަނދުތަކަކީ އެއްބަސްވުމާ އެއްފަދައިން
ޢަމަލުކުރުމުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ މިލްކަކަށްވާނެ ކަމުގައި ބަލައިގެން
ކަމުގައިވާތީއާއި، އެއްބަސްވުމުގެ ދަށުން ވިއްކުމަށް އެއްބަސްވި އުޅަނދުތަކަކީ ރަހުނު ކުރެވިފައިވާ
އުޅަނދުތަކެއް ކަން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގުޑްލަކް އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑްއަށް އަންގާފައި ނެތަތީ، އަދި ސާފުމަގުން ހެޔޮނިޔަތުގައި ކަން ކުރުމުން މެނުވީ މިޘްލީ
ކުއްޔެއް ނަގާދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމުން، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް
އާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާދެމެދު ކޮށްފައިވާ އެއްބަސްވުމުގެ ދަށުން ގުޑްލަކް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްއަށް ދައްކާފައިވާ
ފައިސާއަކީ ”ސަންސްޕީޑް l“ އަދި ”ސަންސްޕީޑް 2، ލާންޗް ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑްގެ ޙަވާލުގައި ހުރި ދުވަސްތަކުގެ ކުލި ކަމުގައި ބެލޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި ޙުކުމް
ކޮށްފީމެވެ.” މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޭ
c etc
4.8
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން މަދަނީ ކޯޓުގެ ނަންބަރު 2010/MC/1129
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު
ތަކާއި ޚިލާފަށް ކަމަށްބުނެ، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހަތަރު ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
ފުރަތަމަ ނުކުތާއަކީ: މަދަނީކޯޓުގެ ނަންބަރު 2010/MC/1129 ޤަޟިއްޔާގައި މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/14
ކޮށްފައިވާ ދަޢުވާގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތިން ކަމެއް ހިމަނާފައިވާއިރު،
އެންމެ ކަމެއްގެ މައްޗަށް ރިޢާޔަތްކުރައްވާ މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްއާއި ގުޑްލަކް އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑް އާދެމެދު ކޮށްފައިވާ އެއްބަސްވުމަކީ، އެ އެއްބަސްވުން ވުޖޫދަށް އައި ހިނދުއްސުރެ
އެމައްޗަށް ޢަމަލު ކުރެވޭނެ އެއްބަސްވުމެއް ނޫންކަމަށް ޙުކުމުގައި ކަނޑައަޅުއްވާފައިވާއިރު، އެ އެއްބަސްވުމުގެ
ދަށުން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްއިން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
އާއި ޙަވާލުކޮށްފައިވާ ލާންޗު ތަކާމެދު ޢަމަލުކުރަންޖެހޭ ގޮތެއް ކަނޑަނާޅުއްވާ މައްސަލަ ނިންމަވާފައިވުން
ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
. ތިންވަނަ ނުކުތާއަކީ: މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި ގުޑްލަކް އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ކޮށްފައިވާ އެއްބަސްވުމުގެ ދަށުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑް އިން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އަށް ދައްކާފައިވާ ފައިސާއަކީ "ސަންސްޕީޑް 1]
އަދި "ސަންސްޕީޑް 2“ ، ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ޙަވާލުގައި ހުރި ދުވަސްތަކުގެ
ކުރިކަމުގައި ބެލެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކުރެއްވިއިރު، އެފައިސާއާ މެދު ޢަމަލުކުރަންވީ
ގޮތެއް ކަނޑަނާޅުއްވާ މައްސަލަ ނިންމަވާފައިވުން ކަމަށް ބަލަންޖެހޭ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް
އާއި ގުޑްލަކް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ކޮށްފައިވާ އެއްބަސްވުމަކީ، އެ އެއްބަސްވުން ވުޖޫދަށް އައި
ހިނދުއްސުރެ، އެމައްޗަށް ޢަމަލުކުރެވޭ އެއްބަސްވުމެއް ނޫންކަމަށް ކަނޑައަޅުއްވާފައިވާއިރު، އެ އެއްބަސްވުމަކީ
ބާތިލް އެއްބަސްވުމެއް ކަމަށް ކަނޑަނާޅުއްވާ މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
3 0
03- މަދަނީ ކޯޓުގެ ނަންބަރު 2010/MC/1129 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/14
ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަދަނީ ކޯޓުގެ ނަންބަރު
2010/MC/1129 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަށް ބަލާއިރު އެދަޢުވާގައި ތިން ކަމަކަށް އެދިފައިވާކަމާއި،
(1) މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސަންސްޕީޑް
1“ އަދި ”ސަންސްޕީޑް 2] ލޯންޗް، ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ވިއްކުމަށް
މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާދެމެދު
ކޮށްފައިވާ އެގްރީމެންޓުގެ 5 ވަނަ މާއްދާއާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން
ޚިލާފުވެފައިވާތީ، އެގްރީމެންޓުގެ 6 ވަނަ މާއްދާގެ ދަށުން އެ ދެ ލޯންޗާއި، އެ ދެ ލޯންޗްގައިވާ އެންމެހާ
ތަކެތި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކޮށްދިނުމާއި؛
(2) އިޝާރާތްކުރެވުނު އެއްބަސްވުމުގެ ދަށުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އެހާތަނަށް
ދައްކާފައިވާ ފައިސާއަކީ އެ ދެލޯންޗް ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ
ޙަވާލުގައި އޮތް ދުވަސްތަކުގެ ކުލިކަމުގައި ކަނޑައަޅައިދިނުމާއިގެ
(3) މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑް އާދެމެދު ކޮށްފައިވާ އިޝާރާތްކުރެވުނު އެއްބަސްވުމަކީ ބާތިލް އެއްބަސްވުމެއްކަމުގަ
މުގައި ކަނޑައަޅައި
ދިނުންކަން، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިއިސްތިއުނާފުކުރެވޭ މައްސަލައިގާ
މަދަނީ ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ ފޯމުން އެނގެން އޮވެއެވެ.
(ށ) މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ”ސަންސްޕީޑް
1] އަދި "ސަންސްޕީޑް 2، ލޯންޗް، ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ގަތުމަށްޓަކައި
މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާދެމެދު
އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމާއި،
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/14
އެއްބަސްވުމުގެ 5 ވަނަ މާއްދާގައި، ކޮންމެ މަހެއްގެ ކުލި ނުވަތަ އަގު ކަމަށް ބުނާ ފައިސާ ކޮންމެ
މީލާދީ މަހެއްގެ 16 ވަނަ ދުވަހުގެ ކުރިން ދައްކަންވާނެކަމަށް ބަޔާންކުރެވިފައިވާކަމާއި؟
އަދި 6 ވަނަ މާއްދާގައި، ކޮންމެ މަހަކުވެސް ދައްކަންޖެހޭ ފައިސާ ދައްކަމުންދާނަމަ ލޯންޗު ވިއްކި
ފަރާތުން މި ލޯންޗުތައް އަތުލުމުގެ އެއްވެސް ބާރެއް ލިބިގެންނުވާ ކަމަށާއި، ނަމަވެސް ޖެހި ޖެހިގެން ދެމަހުގެ
ފައިސާ ނުލިބިއްޖެނަމަ ލޯންޗުތައް އަތުލުމުގެ ބާރު ލޯންޗުތައް ވިއްކިފަރާތަށް ލިބިގެންވާކަމަށާއި، އަދި
އެހާލަތުގައި ކުރިން ދައްކާފައިވާ ފައިސާއަކީ ފާއިތުވެ ގޮސްފައިވާ ދުވަސްތަކުގެ ކުލި ކަމުގައި ހަމަޖައްސާ
ލޯންޗުތައް ވިއްކިފަރާތާއި
ޙަވާލުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާކަމާއި،
އެ އެއްބަސްވުމަކީ އިޝާރާތްކުރެވުނު ލޯންޗުތައް ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް
ވިއްކުމުގެ ގޮތުން ސޮއިކުރެވިފައިވާ
އެއްބަސްވުމެއްކަން ދެފަރާތުގެ ބަހުން އެނގެން އޮތުމުގެ އިތުރުން އެ
އެއްބަސްވުމުގެ މާއްދާތަކުންވެސް އެނގެއެވެ.
440
(ނ) މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސަންސްޕީޑް
l“ އަދި ”ސަންސްޕީޑް 2“ ލޯންޗް، ގަނެވިއްކުމުގެ މުޢާމަލާތްކުރުމުގެ ގޮތުން މެރީޑިއަމް ސާރވިސަސް
ޕްރައިވެޓް ލިމިޓެޑާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާދެމެދު އެއްބަސްވުމުގައި
ސޮއިކުރެވުނުއިރު ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް
ދޫކޮށްފައިވާ ލޯނަކަށް އެ ދެ ލޯންޗު ރަހުނު ކުރެވިފައިވާކަން އެ ދެ ލޯންޗުގެ ވެރިފަރާތްކަމުގައިވާ މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ބަހުންނާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ލެޓަރ އޮފް މޯގޭޖް އެންޑް
ހައިޕޮތިކޭޝަން) ނަންބަރު 717
/
2008-MC
/
C އެގްރީމެންޓުން އެނގެން އޮންނަކަމާއި،
ރަހުނަކީ ދަރަންޏެއް ނަގާއިރު އެދަރަނި އަދާނުކުރެވިއްޖެނަމަ ދަރަނީ ދޭ ފަރާތުގެ ޙައްޤު ހޯދުމުގެ
ގޮތުން ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ ކޮންމެ މުދަލެއްކަމާއި، އެމުދަލަކީ ނުވަތަ އެމުދަލުގެ އެއްވެސް
ބަޔަކީ ދަރަނި އަދާނުކުރެވެނީސް ރަހުނު ހިފި ފަރާތުގެ ހުއްދަލިބިގެން މެނުވީ އަތުލެވޭނެ އެއްޗެއް ނޫންކަމާއި،
ރަހުނު ގޮތުގައި ބެހެއްޓޭ މުދަލަކީ، ދަރަންޏާ ގުޅޭ ގޮތުން ކޮށްފައިވާ ޝަރުތަކާއި ނުވަތަ ވަޢުދަކާއި
ޚިލާފުވެއްޖެކަން ސާބިތުވާ ހިނދެއްގައި ހަރުނު ހިފި މީހާގެ ޙައްޤު ޙިމާޔަތްކުރުމުގެ ގޮތުން ރަހުނު
3 21
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/14
ފަރާތަށް ތަޞައްރަފުކުރުމުގެ ޙައްޤު ލިބިދެވޭނެ މުދަލެއްކަމާއި، ހަމަ އެހެންމެ އެމުދަލާމެދު ދެފަރާތުގެ މެދުގައި
ކޯޅުމެއް ނުވަތަ ނިޒާޖެއް ނުފެދޭ ޙާލަތުގައިވެސް އިސްކަން ދެވޭނީ ރަހުނު ހިފި ފަރާތުގެ ޙައްޤު ޙިމާޔަތްކޮށް
ރަހުނާ ގުޅިފައިވާ އެފަރާތުގެ ޙައްޤު ލިބިދިނުމަށްކަމާއިގެ
ގަނެވިއްކުމުގެ ޢަޤުދު ނުވަތަ އެ މުޢާމަލާތް ޞައްޙަ ވާނީ، (ޝަރުޢީ ގޮތުން އިސްތިސްނާކުރެވިފައިވާ
ގަނެވިއްކުމުގެ ޢަޤުދުތައް ފިޔަވައި) ގަނެވިއްކާ މުދަލަކީ އެހެން ފަރާތެއްގެ ޙައްޤެއް އެކުލެވިގެން ނުވާ ހަމަ
އެކަނި ވިއްކާ ފަރާތުގެ ފުރިހަމަ ތަޞައްރުފު އެމައްޗަށް އޮތް މުދަލަކަށް ވެގެން ކަން ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކުން އެނގޭކަމާއި،
އެގޮތުން ބަލާއިރު މިއިސްތިއުނާފުކުރެވޭ މައްސަލައިގާ ހިމެނޭ މަޙައްލު ޢަޤުދު ނުވަތަ އެ މުޢާމަލާތުގައި
ހިމެނޭ މުދަލަކީ ރަހުނު ކުރެވިފައިވާ މުދަލެއްކަން އެނގެން އޮތުމުން ދެފަރާތުގެ މެދުގައި ކުރެވިފައިވާ އެ
ޢަޤުދަކީ އެ ޢަޤުދު ކުރެވުނު ހިނދުން ފެށިގެން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ޞައްޙަ ޢަޤުދެއް ކަމަށް
ބެލެވެން ނެތް ބާތިލް ޢަޤްދެއްކަން އެނގެއެވެ.
(ރ) އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ ދަށުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ފައިސާ ދައްކާފައިވަނީ، އުޅަނދުތައް ކުއްޔަށް ހިފުމުގެ ނިޔަތުގައި ކަމަށް ބެލެވެން
ނެތްކަމާއި، އެއާއި ޚިލާފަށް ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑްއަށް ފައިސާ ދައްކާފައިވަނީ އެއުޅަނދުތައް މިލްކު ކުރުމަށްޓަކައި އެ
ބޭނުމުގައިކަން އެނގޭކަމާއި،
އެ އުޅަނދުތަކަށް ފައިސާ ދެއްކުމުގެ ގޮތުން ދޫކުރެވިފައިވާ ޗެކްތަކަށް ފައިސާ ޖަމާކުރުން ގުޑްލަކް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުއްޓާލާފައިވަނީ އެ އުޅަނދުތައް ރަހުނުކޮށްފައިވާ ކަން
އެނގިގެން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ވާހަކަ ދައްކައިގެން ޙައްލު ނުކުރެވިގެން ކަމާއި،
ރަހުނުކޮށްފައިވާކަން ރަސްމީކޮށް އެނގި ޔަޤީންވެފައިވަނީ ޤާނޫނީ ފޯމު (ރަޖިސްޓްރީކޮށްފައި ހުންނަ މީހުންގެ
އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމަށް މައްސަލަ ސާފުކުރާ ފޯމު) ފުރުމުން ކަމަށް ގުޑްލަކް އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަން އެނގޭކަމާއި؛
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/14
ތަކުގެ
އެގްރީމެންޓަކީ ބަހުސްކުރުމުގެ ބޭނުމުގައި ޞައްޙަ އެގްރީމެންޓެއް ކަމުގައި ބަލައިގެން، ދެފަރާތުގެ
މެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ 6 ވަނަ މާއްދާއަށް ބަލާއިރު، ޖެހި ޖެހިގެން ދެމަހުގެ ފައިސާ
ނުލިބިއްޖެނަމަ ލޯންޗުތައް އަތުލުމުގެ ބާރު ލޯންޗުތައް ވިއްކިފަރާތަށް ލިބިގެންވާކަމާއި އެޙާލަތުގައި ކުރިން
ދައްކާފައިވާ ފައިސާއަކީ ފާއިތުވެ ގޮސްފައިވާ ދުވަސްތަކުގެ ކުލި ކަމުގައި ހަމަޖައްސާ ލޯންޗުތައް ވިއްކިފަރާތާއި
ޙަވާލުކުރަންވާނެކަމަށް ބަޔާންކުރެވިފައިވާކަން އެނގެން އޮންނަކަމާއި،
މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ލޯންޗު
އަދާކުރުމުގެ ގޮތުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދޫކޮށްފައިވާ
ޗެކްތައް ބައުސްވުމާއި ގުޅިގެން އެޗެކްތަކުގެ ތެރެއިން ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވަނީ ހަމައެކަނި ފުރަތަމަ
ބައުންސްވީ ދެޗެކްގެ ފައިސާ ހޯދުމަށް ނޫންކަމާއި، ދެ ލޯންޗުގެ އަގުގެ ގޮތުގައި ކަނޑައެޅިފައިވާ ފައިވާ -
/
1400000ރ. (ސާދަލައްކަ ރުފިޔާ) ގެ ތެރެއިން -/
350000ރ. (ތިންލައްކަ ފަންސާސްހާސް ރުފިޔާ)
ފިޔަވައި ހުރިހާ ފައިސާއެއް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން ކުންފުނީގެ ބަހުން
އެނގެން އޮންނަކަމާއި،އެގްރީމެންޓާއި ޚިލާފުވުމުގެ ސަބަބުން ލޯންޗްތައް ހޯދުމަށް ދަޢުވާކުރެވޭ ޙާލަތުގައި 6
ވަނަ މާއްދާގައި ބުނެފައިވާ 2 މަހުގެ ކުލި ނުލިބުމާއި ގުޅިގެން އެގްރީމެންޓް ބާތިލްކޮށް ލޯންޗްތައް ހޯދުމަށް
ލަސްނުކޮށް ދަޢުވާކުރަންވާނެ ކަމާއި،
އެއްބަސްވުމުގެ ދަށުން ވިއްކުމަށް އެއްބަސްވި އުޅަނދުތަކަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ތަޞައްރުފު
ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ނެތް ރަހުނު ކުރެވިފައިވާ އުޅަނދުތަކެއް ކަން މެރީޑިއަމް ސަރވިސަސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަން
ސާބިތުވާން ނެތުމުގެ އިތުރުން، އެ އެއްބަސްވުމަކީ ވުޖޫދަށް އައި ހިނދުން ފެށިގެން ބާތިލު އެއްބަސްވުމަކަށް
މާއެކު، އެ އުޅަނދުތައް މިލްކު ކުރުމުގެ ބޭނުމުގައި ދައްކާފައިވާ ފައިސާ އަކީ، އިޝާރާތްކުރެވުނު
އެއްބަސްވުމުގެ 6 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ އުޅަނދުތައް ބޭނުންކުރި ކުރުމުގެ މުޤާބިލުގައި ދައްކާފައިވާ
ކުރިކަމުގައި ކަނޑައެޅިދާނެ ފައިސާއެއް ކަމުގައި ޤާނޫނީ ގޮތުން ބެލެވެން ނެތްކަމާއި،
ލޯންޗުތަކުން މަންފާ ޙާޞިލުކޮށްފައިވާ ފަދައިން އަގުގެ ގޮތުގައި ދައްކާފައިވާ ފައިސާއިން މަންފާ
ލިބިފައިވާނެކަމީ ސަލާމަތް ބުއްދި ޤަބޫލުކުރާ ދެބަސްވެވެން ނެތް ޙަޤީޤަތެއް ކަމާއި، އެހެންކަމުން ދައްކާފައިވާ
ފަ2އ
oc
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/14
ފައިސާއަކީ ކުލި ކަމުގައި ބަލައި އެފައިސާ އާއި އުޅަނދުތައްވެސް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑަށް ލިބުމަކީ ނުޙައްޤު މަންފާ (Unjust enrichment) އެއް ލިބިދިނުން ކަމަށް ބެލެވެއެވެ.
¢ ¢ ¢ ¢ ¢
(ބ) މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ "ސަންސްޕީޑް
1“ އަދި ”ސަންސްޕީޑް 2]، ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ވިއްކުމުގެ ގޮތުން މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ސޮއި
ކުރެވިފައިވާ އެއްބަސްވުމަކީ އެއްބަސްވުން ވުޖޫދަށް އައި ހިނދުން ފެށިގެން ޢަމަލުކުރެވެން ނެތް ބާތިލް
އެއްބަސްވުމެއްކަން އެނގެން އޮތުމުން، މިޙާލަތުގައި ކަން ކުރަންޖެހޭ ގޮތަކީ އެއްބަސްވުމުގައި ސޮއި ކުރުމުގެ
ކުރިން ދެފަރާތުން
ޙާލަތަށް ރުޖޫޢަވުން ކަމާއިގެ
އެގޮތުން އެއްބަސްވުމުގައި ސޮއިކުރެވުނު ޙާލަތަށް ދެބައިވެރިން ރުޖޫޢަވުމަށްޓަކައި، އެ އެއްބަސްވުމުގެ
ދަށުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރެވިފައިވާ ދެ ލޯންޗާއި އެ ދެ ލޯންޗުގައި
ހިމެނޭ އެންމެހައި ތަކެތި އެކުންފުންޏާ ޙަވާލު ކުރެވުނު އިރު އޮތް ޙާލަތުގައި ނުވަތަ އެކޮންޑިޝަނުގައި
މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލު ކުރަން ޖެހޭނެ ކަމާއި، ހަމަ އެއާއި އެކުއެކީ
އިޝާރާތްކުރެވުނު ދެ ލޯންޗުގެ އަގުގެ ގޮތުގައި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ އެންމެހައި ފައިސާއެއް ގުޑްލަކް އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭނެ ކަން އެނގެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ މަދަނީކޯޓުގެ
ނަންބަރު 2010/MC/1129 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
4 *
0
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތް ކުރުމުން،
މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ދެ ލޯންޗު ކަމުގައިވާ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/14
ސަންސްޕީޑް l“ އަދި ”ސަންސްޕީޑް 2]، ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ވިއްކުމުގެ
ގޮތުން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
އާ ދެމެދު ސޮއި ކުރެވިފައިވާ އެއްބަސްވުމަކީ އެއްބަސްވުން ވުޖޫދަށް އައި ހިނދުން ފެށިގެން ޢަމަލުކުރެވެން
ނެތް ބާތިލް އެއްބަސްވުމެއްކަން ޝަރީޢަތަށް ސާބިތުވާތީ، އިޝާރާތްކުރެވުނު ދެ ލޯންޗު ގަނެވިއްކުމަށްޓަކައި
ދެފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމަކީ ސޮއިކުރެވުނު ހިނދުން ފެށިގެން ބާތިލް
އެއްބަސްވުމެއްކަމަށް ކަނޑައަޅައި،
ދެ ލޯންޗުގެ އަގުގެ ގޮތުގައި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ އެންމެހައި ފައިސާއެއް ގުޑްލަކް އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން، މިއަދު (2013 ޖުލައި 04 ވަނަ ދުވަހު) ން ފެށިގެން 30
(ތިރީސް) ދުވަހުގެ މުއްދަތުގައި ސިވިލްކޯޓަށް ދެއްކުމަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް
އަންގާ، އެ ފައިސާ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ދައްކާ
ޚަލާޞްކުރާ ދުވަހުން ފެށިގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑާއި ޙަވާލުކުރެވިފައިވާ ދެ ލޯންޗާއި އެ ދެ ލޯންޗުގައި ހިމެނޭ އެންމެހައި ތަކެތި އެކުންފުންޏާ ޙަވާލު
ރެވުނު އިރު ހުރި ޙާލަތުގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލު ކުރުމަށް ގުޑްލަކް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގާ، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
cc
***
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv