ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/11 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/11
بما ان المراسيم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:11/HC
-
A/2015
• އިސްތިއުނާފު ކުރިފަރާތް:
* ނަން: އަބްދުއްރައްޒާޤު މުޙައްމަދު
ދާއިމީ އެޑްރެސް: ވިލާޑީހައުސް / ދ. ވާނި
* އައި.ޑީ.ކާޑް ނަންބަރ: A113963
މިހާރުގެ އެޑްރެސް: ވިލާޑީހައުސް / ދ. ކުޑަހުވަދޫ
}
0
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާރސްޓްރަކްޗަރ)
ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް / ހ. ވެލާނާގެ 6 ވަނަ ފަންގިފިލާ މާލެ
މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް / ހ. ވެލާނާގެ 6 ވަނަ ފަންގިފިލާ މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް:
11 ޖަނަވަރީ 2015
ނިމުނު ތާރީޚް: 09 މާރިޗް 2015
އިސްތިއުނާފުކުރެވުނު އަމުރު.
z ނަންބަރު: 2014/Cv-C/921
* ކޯޓު: ސިވިލް ކޯޓު
* ނިންމެވި ތްރީޚް: 19 އޯގަސްޓް 2014
* ޤަޟިއްޔާގެ ބާވަތް: މަދަނީ މައްސަލަ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު އަބްދުއްރައޫފު އިބް
އިބްރާހީމް، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ،
ފަނޑިޔާރު އައްބާސް ޝަރީފް
ޒީހިރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް |35647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/11
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/921 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ދ. ވާނި، ވިލާޑީހައުސް ޢަބްދުއްރައްޒާޤު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ދަޢުލަތް (މިނިސްޓްރީ އޮފް ހައުސިންގ
އެންޑް އިންފްރާސްޓްރަކްޗަރ)އެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/921 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ދ. ވާނި، ވިލާހައުސް ޢަބްދުއްރައްޒާޤު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/921 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ދ. ވާނިއަކީ ފަޅުރަށެއްކަމުގައި ސަރުކާރުން ހަމަޖެއްސުމަށްފަހު
އެރަށުގައި ހުރި ގެދޮރަށް ބަދަލު ދިނުމުގެގޮތުން ދ. ކުޑަހުވަދޫގައި ގެދޮރު ޢިމާރާތްކޮށް ގެދޮރުގެ ބަދަލުގައި
ގެދޮރު ދޫކުރުމަށް ހަމަޖައްސާފައިވާއިރު، ބަދަލު ދޭތަންތަނުގެ ލިސްޓުގައި ޢަބްދުއްރައްޒާޤު މުޙައްމަދުގެ
ނަމުގައި ރަޖިސްޓްރީ ކޮށްފައިއޮތް ދ. ވާނި ސަބްނަންވިލާ އެވެ ކިޔާ ގޯއްޗާއި އެގޯތީގައިވާ ޢިމާރާތްތަކާއި
ނުއުފުލޭ މުދާ ހިމެނިފައިނުވާތީ، އެލިސްޓުގައި އެގޯތި ހިމަނައިދިނުމަށާއި، އެގޯއްޗަށްވެސް އެހެން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 13316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/11
ގޯތިތަކާއި ގެދޮރަށް ބަދަލުދިން ފަދައިން ބަދަލުދިނުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް
އިންފްރާރސްޓަކްޗަރ އަށް އަމުރުކޮށް ދިނުމަށް އެދި ޢަބްދުއްރައްޒާޤު މުޙައްމަދު ދަޢުވާކުރުމުން ބެލެވުނު
ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދ. ވާނި އަކީ ފަޅުރަށެއްކަމުގައި ސަރުކާރުން
ހަމަޖެއްސުމަށްފަހު އެރަށުގައިހުރި ގެދޮރަށް ބަދަލު ދިނުމުގެގޮތުން ދ. ކުޑަހުވަދޫގައި ގެދޮރު ޢިމާރާތްކޮށް
ގެދޮރުގެ ބަދަލުގައި ދޫކުރުމަށް ހަމަޖައްސާފައިވާއިރު، ބަދަލުދޭ ތަންތަނުގެ ލިސްޓުގައި ޢަބްދުއްރައްޒާޤު
މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިއޮތް ދ. ވާނި ސަބްނަންވި އެވެ ކިޔާ ގޯއްޗާއި އެގޯތީގެ
ޢިމާރާތްތަކާއި ނުއުފުލޭ މުދާ ހިމެނިފައިނުވާތީ، އެލިސްޓުގައި އެގޯތި ހިމަނައިދިނުމަށާއި އެގޯއްޗަށްވެސް
އެހެން ގޯތިތަކާއި ގެދޮރަށް ބަދަލުދިން ފަދައިން ބަދަލުދިނުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް
އިންފްރާރސްޓަކްޗަރ އަށް ޝަރީޢަތުން އަމުރުކޮށް ދިނުމަށް މިދަޢުވާގައި ޢަބްދުއްރައްޒާޤު މުޙައްމަދު
އެދިފައިވާއިރު،
ދ. ވާނީން ދ. ކުޑަހުވަދޫއަށް ބަދަލުވި ޢާއިލާތަކަށް ދ. ކުޑަހުވަދޫގައި ޢިމާރާތް
ގެތައް ލިބޭ ޢާއިލާތައް ކަނޑައެޅުމުގެ މަސައްކަތް މިހާތަނަށް ނިމިފައިނުވާ ކަމަށާއި،
ދަޢުވާގައި ބުނެފައިވާފަދައިން ލިސްޓެއް މިހާތަނަށް އެކުލަވާލާފައި ނުވާކަމަށް ދައުލަތުން ބުނެފައިވުމުން،
ދަޢުވާލިބޭ ފަރާތުގެ ޙައްޤެއް ގެއްލިފައިވާކަން އެނގެން ނެތުމުން ދަޢުވާކުރާ ފަރާތުން ނެރެދިނުމަށް
މިދަޢުވާގައި އެދިފައިވާފަދަ އަމުރެއް މިވަގުތު ނެރެދެއްވެން ނެތްކަމަށް ކަނޑައަޅުއްވައިކަން އެނގެން
4
ކެރަމް
އޮންނަކަމެވެ.
3- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/921 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ދ. ވާނީ، ވިލާޑީހައުސް ޢަބްދުއްރައްޒާޤު މުޙައްމަދުގެ ފަރާތުން މައިގަނޑު 03 (ތިނެއް) ނުކުތާއެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 7816471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ނިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/11
يسرا مرمی اتو مو
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ހުށަހަޅައި
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި-
(ހ) ފުރަތަމަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/921 ޤަޟިއްޔާ
ބައްލަވައި ނިންމެވިއިރު ދަޢުވާކުރާ ފަރާތުގެ ދަޢުވާއަށް ރިޢާޔަތް ކުރެއްވުމެއްނެތި މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ދަޢުވާކުރާ ފަރާތުގެ ދަޢުވާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ދަށުން ލިބިދޭ އަސާސީ ޙައްޤެއް ހޯދުމަށް ކުޅަ ދަޢުވާއެއް ކަމުގައި
ވީހިނދު މި މައްސަލަ ނިންމެވުމުގައި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި
ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ދަޢުވާކުރާ ފަރާތުން ދަޢުވާ ސާބިތު ކުރުމަށް ހެކިން
ޙާޟިރުކޮށްދިނުމަށްއެދި ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/921 ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލީހުގައި އެދިފައިވީހިނދު ހެކީން ޝަރީޢަތަށް ހާޟިރުކޮށްނުދެއްވައި މައްސަލަ ނިންމަވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
-4
ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/921 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ދ. ވާނީ، ވިލާޑީހައުސް ޢަބްދުއްރައްޒާޤު މުޙައްމަދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި
އެނުކުތާތަކާ
ގުޅޭގޮތުން ޢަބްދުއްރައްޒާޤު މުޙައްމަދުގެ ފަރާތުންނާއި މި އިސްތިއުނާފީ ދަޢުވާރައްދުވާ ދަޢުލަތް
(މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/921
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3816471*
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/11
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަނާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ދ. ވާނި، ވިލާޑީހައުސް | ޢަބްދުއްރައްޒާޤް މުޙައްމަދުގެ ފަރާތުން
ކޮށްފައިވާ ދަޢުވާއަކީ، ދ. ވާނިއަކީ ފަޅުރަށެއް ކަމުގައި ސަރުކާރުން ހަމަޖެއްސުމަށްފަހު އެރަށުގައި ހުރި
ގެދޮރަށް ބަދަލުދިނުމުގެ ގޮތުން ދ. ކުޑަހުވަދޫގައި ގެދޮރު ޢިމާރާތްކޮށް ގެދޮރުގެ ބަދަލުގައި ގެދޮރު
ދޫކުރުމަށް ހަމަޖައްސާފައިވާއިރު، ބަދަލު ދޭ ތަންތަނުގެ ލިސްޓުގައި ޢަބްދުއްރައްޒާޤު މުޙައްމަދުގެ ނަމުގައި
ރަޖިސްޓްރީ ކޮށްފައިއޮތް ދ. ވާނި ސަބްނަންވިލާ އެވެ. ކިޔާ ގޯއްޗާއި އެގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ
މުދާ ހިމެނިފައިނުވާތީ، އެ ލިސްޓުގައި އެގޯތި ހިމަނައިދިނުމަށާއި، އެގޯއްޗަށްވެސް އެހެން ގޯތިތަކާއި
ގެދޮރަށް ބަދަލުދިން ފަދައިން ބަދަލުދިނުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާރސްޓަކްޗަރއަށް
އަމުރުކޮށް ދިނުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަން އެނގެން އޮންނައިރު، ދ. ވާނީގެ ރައްޔިތުންނަށް
ދ. ކުޑަހުވަދޫގައި އަޅާ ގެތައް ލިބޭނެ ފަރާތްތަކުގެ ލިސްޓެއް އަދި ކައުންސިލުން ކަނޑައަޅާފައިނުވާކަމަށާއި
ދ. ވާނީ ވިލާޑީހައުސް އަދި ދ. ވާނީ ސަބްނަމްވިލާ، ގެ ލިސްޓުގައި ހިމެނޭކަން، އަދި ނުހިމެނޭކަންވެސް
ދަންނަވަން ނޭނގޭކަމަށާއި، އަދި ދ. ވާނީ ރައްޔިތުންނަށް އަޅާދިނުމަށް ސަރުކާރުން ހަމަޖެހިފައިވާ
ހައުސިންގ ޔުނިޓްތައް ލިބޭނެ ފަރާތްތައް އަދި ދ. ވާނީ ކައުންސިލުގެ ފަރާތުން ކަނޑައަޅާފައިނުވާ
ކަމަށްބުނެ 14 މާރޗް 2013 ގައި، ޢަބްދުއްރައްޒާޤް މުޙައްމަދު ދ. ވާނީ ކައުންސިލްގެ އިދާރާއަށް
ފޮނުވާފައިވާ ސިޓީގެ ޖަވާބުގައި، ޢަބްދުއްރައްޒާޤް މުޙައްމަދަށް އެކައުންސިލުން ފޮނުވާފައިވާ އެ
ކައުންސިލްގެ އިދާރާގެ ނަންބަރު 379
/
2013
/
08-A (17 މާރޗް 2013) "މަޢުލޫމާތު ހޯދުމަށް
އެދިހުށަހަޅާ ސިޓީއަށް ދެއްވާ ޖަވާބު" އަށް ބެލުމުން އެނގެން އޮންނަކަމާއި،
co
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
.މުނު ގޮތުގެ ޚުލާޞާ
2015/HC-A/11
ދޫ ހ3 3 ގދ ދވ
ބަދަލުވުމަށްވީ
ސުނާމީ ކާރިޘާއަށްފަހު، ވާނީން ދ. ކުޑަހުވަދޫއަށް ބަދަލުވި އާއިލާތައް
ށްފަހު، ދ. ވާނީގައި ދިރިއުޅެމުންއައި ބާކީ އާއިލާތައް ދ. ކުޑަހުވަދޫއަށް ބަދަލުވުމަށް ނިންމައި
ދ. ކުޑަހުވަދޫއަށް ބަދަލުވި ދ. ވާނީގެ އާއިލާތަކަށް ދ. ކުޑަހުވަދޫގައި ޢިމާރާތް ކުރެވެމުންދާ 53
ހައުސިންގ ޔުނިޓް ލިބޭ އާއިލާތައް ކަނޑައެޅުމުގެ މަސައްކަތް އަދި ކޮށްނިމިފައިނުވާކަމަށާއި، މި ވަގުތު
ކުރެވެމުންދާ މަސައްކަތަކީ، އެގެތަށް ލިބޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކާ، ކަނޑައަޅާ އުސޫލު ނުވަތަ
މިންގަނޑު ދ. ކުޑަހުވަދޫ ކައުންސިލާއި ދ. އަތޮޅު ކައުންސިލުގެ ލަފާއާއެކު ކަނޑައަޅާ ފާސްކުރުމުގެ
މަސައްކަތްކަމަށާއި، އެއުސޫލު ކަނޑައަޅައި ނިމުމުން، އެއުޞޫލު ޢާއްމުކޮށް އިޢުލާންކުރުމަށްފަހު ގެތައް
ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ހައުސިންގ
ސްޓްރަކްޗަރގެ ނަންބަރު DS1
/
32
/
2014
/
36-138 (11 މެއި 2016) ސިޓީގައި
4
8 0 s
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
6 2
ދު
(ށ) ދެވަނަ ކަމަކީ: ޢަބްދުއްރައްޒާޤު މުޙައްމަދުގެ ދަޢުވާ ބިނާކުރެވިފައިވާ އަސާސަކީ،
: ވާނީ ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސުމަށްފަހު އެރަށުގައި ހުރި ގެދޮރަށް ބަދަލު ދިނުމުގެ ގޮތުން ދ.
ކުޑަހުވަދޫގައި އިމާރާތް ކުރެވެމުންދާ ގެދޮރު ލިބޭ މީހުންގެ ލިސްޓުގައި ޢަބްދުއްރައްޒާޤު މުޙައްމަދުގެ
ނަމުގައި ރަޖިސްޓްރީ ކޮށްފައި އޮތް ދ. ވާނި ސަބްނަންވިލާ އެވެ ކިޔާ ގޯއްޗާއި އެގޯތީގައިވާ
ޢިމާރާތްތަކާއި ނުއުފުލޭ މުދާ ހިމެނިފައިނުވާތީ، އެލިސްޓުގައި އެގޯތި ހިމަނައިދިނުމަށް އެދި، އަދި އެހެން
ގޯތިތަކާއި ގެދޮރަށް ބަދަލު ދިންފަދައިން ޢަބްދުއްރައްޒާޤު މުޙައްމަދަށްވެސް ބަދަލު ލިބިދިނުމަށް ދައުލަތުގެ
މައްޗަށް އަމުރުކޮށް ދިނުމަށްއެދި ކޮށްފައިވާ ދަޢުވާއެއް
އެއްކަން އެނގޭކަމާއި، ގޯތި ލިބޭނޭ މީހުންގެ ލިސްޓެއް
ހަދާފައިވާކަމަށް ޢަބްދުއްރައްޒާޤު މުޙައްމަދު ބުނަނީ ދެމީހަކު އެފަދަ ލިސްޓެއް އޮތްކަމަށް އޭނާގެ ގާތުގައި
ބުނެފައިވާތީ ކަމަށް ބުނެފައިވާކަން އެނގޭއިރު، ޢަބްދުއްރައްޒާޤު މުޙައްމަދުގެ ދަޢުވާގައި ބަޔާންކޮށްފައިވާ
ފަދަ ލިސްޓެއް ހަދާފައިނުވާކަމަށް ދައުލަތުގެ ފަރާތުން ބުނެ ހުށަހަޅާފައިވާ ކިތާބީ
8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029 ، ފެކްސް 516471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/11
· 4 2 4 2 4
ސާބިތުވާން އޮންނައިރު، އެހެކި ނަފީކުރެވޭފަދަ ހެއްކެއް ޢަބްދުއްރައްޒާޤު މުޙައްމަދުގެ ފަރާތުން ދަށު
ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހުށަހެޅިފައިނުވާކަން އެނގެން އޮންނާތީ،
ޢަބްދުއްރައްޒާޤް މުޙައްމަދުގެ ދަޢުވާގައި އެދިފައިވާފަދަ އަމުރެއް ދައުލަތުގެ މައްޗަށް
ތަނެއްނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަކަށް
ޤަޟިއްޔާ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމެވެ.
)
މި
އެހެންކަމުން، ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް
ކޯޓުގެ ނަންބަރު 2014/Cv-C/921 ޤަޟިއްޔާގައި އެކޯޓުން ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުސޫލަކާ ޚިލާފަށް ކަމަށް ބަލަންޖެހޭ ފަދަ ސަބަބެއްނެތްކަމަ
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2014/Cv-C/921 ޤަޟިއްޔާގައި އެކޯޓުން ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލަކާ ޚިލާފަށް ކަމަށް ބަލަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ceo
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv